ފަތިސް ނަމާދު ބަންގީގެ އަޑަށް ޖައިޝާ އަރާމު ނިދި ދޫކޮށް ލުމަށްފަހު ތެދުވެއްޖެއެވެ. ވުޟޭ ކުރުމަށްފަހު ނަމާދު ކޮއްލާގެން ޖައިޝާ ބޭރަށް ނިކުތީ ކަސްރަތު ކޮއްލާށެވެ. ޖައިޝާ ދުވަމުން ދަނިކޮށް މީހެއްގާގަ ޖެހި ވެއްޓެން ދިޔައެވެ. ނަމަވެސް އެމީހާގެ ބާރުގަދަ ދެއަތުން ޖައިޝާ ވެއްޓެން ދިޔަ ނުދީ ހިފެއްޓިއެވެ. ދެމީހުންގެ 4 ކަޅި ހަމަވި ވަގުތު ކުރެވުނީ ތަފާތު އިހުސާސެކެވެ. ޖައިޝާ އޮތީ އެ ރީތި ދެ ލޮލަށް ގެއްލިފައެވެ. ދެ މީހުންނަށްވެސް ހޭވެރިކަންވީ ސައިކަލެއް ދުއްވާލި […]