ޝަޔާން ގެ ވާހަކަ ހުއްޓުމަކަށް އައީ 2 ޒުވާނުން ނަށް އިރުވިލާ ގެ އާއި ހަމަޔަށް އާދެވުމުން ނެވެ. ******************** ފުން ނޭވާއެއް ލުމަށްފަހު 2 ޒުވާނުން ވެސް ގޭތެރެއަށް ވަނެވެ. ޝަޔާން ރާއްޖެ އިން ބޭރަށް ދިޔުމުގެ ކުރިން އެ ގެ ސާފުކުރިގޮތައް، އޭގެފަހުން އެ ގެ ސާފު ނުކުރާ ކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ގޭގެ ކަންކަނުގައި މަކުނުވާ އަދި ހިރަފުސް ހުރީމަ އެވެ. ޒައިނާ އެކަނި ކޮށްފައި ކިޔަވަން ދާން ބޭނުން […]
އިރުގެ އަލިން ބިންމަތި ދިއްލާފައި ރަށުގެ އެކި ހިސާބުގައި ހެލިފެލިވެ ކުޑަކުދިންނާ ޒުވާނުންނާ މުސްކުޅިން ވީނަމަވެސް އިރުވިލާ ގެ ވަނީ މަރުވެފައި އެވެ. ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ޖަންގަލީގެ އައްސޭރީގައި ކަމުން އެއީ މީހުން ނާންނަ ދިމާލެކެވެ. އެ ގޭގައި ހަމައެކަނި ދިރިއުޅޭނީ 19 އަހަރުގެ ޒައިނާ އެވެ. އަރާމު ނިދީގައި އޮތް ޒައިނާގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ . ދޮން ހަންގަނޑެއް ލިބިފައިވާ ޒައިނާގެ ލޮލުގައި މަޑު މުށި ކުލައިގެ ކަޅި […]
އައިޝާ ޒައިނާ ޒާހިދު އަކީ ދުނިޔެއަށް އުފަންވި އިރު ސުރެ ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެހެންނަމަވެސް ހަމަ އެހެން މީހުން ފަދައިން އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޒައިނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އޭނާއަށް ނުވެސް އެނގެ ހުއްޓާ ކުއްލިއަކަށެވެ. ޒައިނާ އަށް ދިމާވި ހާދިސާ އަކީ ކޮބާބާ؟ ރަނގަޅައް ދިރިއުޅެމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލު ވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާ؟ މި ސުވާލު ތަކުގެ ޖަވާބު ހޯދުމަށް ‘ޒައިނާ’ މި ވާހަކައިގެ […]