Skip to content
އެސްފިޔަ

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 8

 

މިހެން ބުނުމާއެކު ހުޒާމާ ފޯނު ކަނޑާލިއެވެ.ފޯނު ބޭއްވި ގޮތަށް ޖަޒްލާ އޮތީ ފުން ވިސްނުމެއްްގެ ތެރޭގައެވެ. ސްކޫލް މާހައުލުން ނިއަމް އަށް ކުރިމަތިވަނީ ކޮން ކަހަލަ އަނިޔާ ތަކެއް ބާއެވެ؟ އެވާހަކަ އޭނާ ކައިރީ ނިއަމް ނުބުނަނީ ކީއްވެ ބާއެވެ؟
އެހެނަސް ގިނައިރު ވިސްނުމުގައި ހުންނާކަށް ހާލަތު ތަނެއް ނުދިނެވެ. ކޮޓަރި ތެރެއަށް ދުވެފައި ނިއަމް އައުމުންނެވެ.
“މަންމީ. މަންމީ. ނިއަމް މިއައީ މާމަ އާ އެއްކޮށް ޕާރކަށް ގޮއްސަ.”
ނިއަމ ްގެ އަޑުގައި ވަނީއުފާވެރިކަމެވެ. އެވަގުތު ޖަޒްލާ އަމިއްލަ އަށް ވެސް ކަމެއް ފާހަގަ ވިއެވެ.ސްކކޫލުން އަންނައިރު ނިއަމްގެ އަޑުގައި އެ އުފާވެރިކަން ނުހުންނަ ކަމެވެ.
“އެހެންތަ. ދޫނި ސްލައިޑް އަށް އެރިންތަ؟”
ޚިޔާލް ތަކުގެ ތެރޭގައި ހުރުމަށް ވުރެޖަޒްލާ ބޭނުންވީ ދަރިފުޅުގެ އުފާވެރިކަމުގައި ބައިވެރި ވުމަށެވެ.
“މަންމީ އަދި ޕޮޕްކޯރން ވެސް ގަތިން. ކޮއްކޮ އާއި މަމާ އާއި ވެގެން ހުސްކޮށްލީ މަންމި އަށް ނުދީ”
ނިއަމް ލޯބި ކޮށް ހީލިއެވެ.
“އަޅޭ ދޫނި މަންމި އަށް ނުދީ ޕޮޕްކޯރން ތަށި ހުސްކޮށްލީ ތަ؟
ޖަޒްލާ ތުންކޮޅު އޫކޮށްލަމުން ދެރަވާ ކަމަށް ހެދިލިއެވެ.
“ދެން ޕޮޕްކޯރން ގަންނަ ދުވަހަކުން މަންމިއަށް ދޭނަން. ނައު ސްމައިލް” ނިއަމް ޖަޒްލާގެ ކޮލުގައި އަތްލަމުން ބުނެލިއެވެ. ތުއްތު ނިއަމްގެ އަޑާއި ހަރަކާތްތައް ހުރި ގޮތުން ޖަޒްލާ އަށް ހެވުނެވެ.

ަޖަޒްލާ ނިއަމް އަށް ލޯބިން ވިސްނައިދިނެވެ. ސްކޫލުގައި ހިނގާ ކަންތައްތައް ގެޔަށް އައިސް މަންމަމެނަށް ކިޔައިދޭން ޖެހޭނެ ވާހަކައެވެ. ކޮއްކަ އަށް އުދަގޫ ވާ ކަމެއް އޮތަސް ހައްލު ކުރެވޭނީ އޭރުންކަމުގައެވެ. ޖަޒްލާގެ ވާހަކަތައް ކަނުލާ އަހަން އޮތުމަށް ފހުގައި ނިއަމް ބުންޏެވެ.
“އަޅުގަނޑު މީގެ ފަހުން ސްކޫލްގައިވާ ކަންތައްތަކުގެ ވާހަކަ މަންމަ އަށް ކިޔައިދޭނަން. ޕްރޮމިސް”
ނިއަމްގެ ޖުމްލައިން ޖަޒްލާގެ ހިތަށް ހަމަޖެހުން ގެނުވައިދިނެވެ. އެއްދުވަހުން ހުރިހާ ވާހަކަ އެއް ކިޔައި ނުދޭނެކަނ ްޖަޒްލާއަށް އިނގުނެވެ. އެހެންކަމުން ދަރިފުޅަށް މަޖުބޫރު ކުރާކަށް އޭނާ ނޫޅެއެވެ.

“އޭ ފައު! ރޭގަ މެޗު ބަލަން ނުދިޔައީ ކީއްވެ ތަ ؟”
އޭރުޒީވާން އާ ކިޔާން އަދި ފައުޒާން ތިބީ ކޮފީ ޝޮޕެއްގައެވެ. މުޅި މާހައުލުހިސޯރު ކޮށްފައިވާ ކޮފީގެ ވަހުން ސިކުނޑި އަށް ތާޒާ ކަން ގެނުވާނެއެވެ.
ޒީވާންގެ ދުލުން ބޭރުވި ބަސްތައް އިވުމުން ފައުޒާން ސިހުނުކަން ގައިމެވެ.
“އަސްލު މަ ހަނދާން ނެތުނީ”
ފައުޒާން ހަމަޖެހިލަމުން ޖަވާބް ދިނެވެ.
“ހުވާތަ! ދެން ފައު ހަނދާން ނެތުނިއްޔޭ ބުނީމަ އަހަރެމެން ވީ ގަބޫލް ކުރަން. ފައު ތީ ދުވަހަކ ވެސް ފުޓްބޯޅަ މެޗެއް މިސްކޮށްލި މީހެއް ނޫން. ފައު ބުނާނެ އަމިއްލަ ނަން ހަނދާން ނެތުނަސް ފުޓްބޯޅަ މެޗެއް މައްޗަކުން ހަނދާނެއް ނުނެތޭނެޔޭ. ދެން ރޭގަ ކިއްވެ ތަ ނުދިޔައީ.؟ އައި ނޯ ފައު ހަނދާން ނެތިގެން ނޫންކަން؟”
ޒީވާން ގެ ވާހަކައިން އޭނާ ފައުޒާން ދެއްކި ވާހަކަ ގަބޫލް ނުކުރާކަން ދޭހަވެއެވެ.
“ތެދެއް ފައު ތީ ފުޓްބޯޅައަށްޓަކައި މަރުދޭ މީހެއް. އެވަރު މީހަކު އެހާ މުހިންމު މެޗެއް މިސް ކޮށްލީމަ އަދިވެސް މިހުންނަނީ ގަބޫލް ނުކުރެވިފަ.”ކުރާނަން
ކިޔާން ވެސް ޒީވާން އާއި އެއްބައި ވެލިއެވެ.
” އަސްލު ވެސް ހަނދާން ނެތުނިއްޔޭ. ތި މީހުން ގަބޫލް ތަ މަށަށް ކަމުދާ ކުއްޖަކު ފެނުނިއްޔޭ ބުނިއްޔާ. ރޭަގ ވެސް އެ ކުއްޖާގެ ފޮޓޯއަކަށް ބަލަން އޮތީމަ މެޗު ބަލަންދާން ހަނދާން ނެތުނީ.”
“ހުވާ ތަ! ކޮން ކުއްޖެއް؟”
ފައުޒާން އަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޒީވާން އެހިއެވެ.
“ތެދެއް! ހޫ އިޒް ދަ ލަކީ ގާރލް”
ކިޔާންގެ އަޑުގައި ވަނީ ޝައުގުވެރިކަމެވެ.
‘ޖަޒްލާ”
ހިޔާލެއްގައި ހުރި މީހަކު ފަދައިން ފައުޒާން ބުނެލިއެވެ.
“އޯ…” ޒީވާން ރާގުލައިފައި ބުނެލިއެވެ.
” ރޭގަ މަށަށް ނިދުނީވެސް އެކުއްޖާގެ ފޮޓޯ އަށް ބަލަން ހުރެގެން. ހާދަ ރީތި މޫނެކޭ. ފުރަތަމަ ނަޒަރުންވެސް ރީތިވި.ނަޒަރު ވަކިކޮށްލަން އުނދަގޫވި.އެފަދރީތި ކަމެއް ނުދެކެން”
ފައުޒާން އެކުވެރިންނަށް އޭނާގެ ހިތުގެ ހާލު ހާމަ ކޮށްދެމުން ދިޔައެވެ.
“އެކަމް ޖަޒްލާ އެއްބަސް ވާނެ ހެން ވަރަށް ހީނުވޭ. އެކުއްޖާ ވަރަށް ފިރެހެން ކުދިންނާ ވަހަކ ވެސް ނުދައްކާނެ.”
ކިޔާން ހާމަ ކޮށްލި ހިތު ހަގީގަތުން ފައުޒާންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.
“ނޫނެކޭ ބުންޏަޔަސް މަށަށް ވަރިހަމަ. މިހާތަނަށް އަހަރެން ބޭނުންވި ހުރިހާ އެއްޗެއް ލިބުނު. އެހެންވީމަ ޖޒްލާ ވެސް ލިބޭނެ. ރުހުމުގައި ނައްޔާއި ނުރުހުމުގަ ނަމވެސް ހާސިލް ކުރާނަން.”
ފައުޒާންގެ މޫނުން ފާޅު ވަމުންދިޔައީ ރުޅީގެ އަސަރެވެ.
އޭނާގެ އަޑުގައި ވަނީ ނުރުހުމެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮލެޖްގެ ކޯރިޑޯ ތެރެއިންލާފައި ހިނގަމުން ދިޔަ ޖަޒްލާގެ މޫނުގައިވީ ނުތަނަވަސް ކަމެވެ.އޭނާ ތަންކޮޅެއް އަވަހަށް އެކްސްޓްރާ އަށް އައީވެސް ޝަބާ އަދި އީރަމް ވެސް އަވހަށް އަންނާނެ ކަމުގެ އުއްމީދުގައެވެ.
ހމަހިމޭން ކޯރިޑޯގެ ތެރެއިން ލާފައި ގޮސް ޖަޒްލާ ކްލާސް ތެރެއަށް ވަނެވެ.
ކުލާހަހށް ވަންނަން ދިޔަ ފައުޒާނ ްއޭނާގެ ފޯނު ބަލައިލީ ނޮޓިފިކޭޝަން އެއް އައި އަޑަށެވެ. މިރޭގެ ކްލާސް ކެންސަލް ކމަށް ބުނެފައި އޮތުމުން އޭނާ ހަރަކާތް ކޮށްލީ އެނބިރި ދިޔުމަށެވެ. ނަމވެސް އޭނާގެ ހަރަކާތައް ހުއްޓުނީ ކްލާސްތެރެއިން އަޑެއް އިވުނު ހެން ހީވެގެންނެވެ.
ކްލާސް ރޫމް ތެތެ ބަލައިލުމާއެކު ފައުޒާންގެ މޫނު އަލިވެގެން އައީ މޭޒު ކައިރީ އިޝިންދެގެން އިން ޖަޒްލާ ފެނުމުންނެވެ.
“ޖަޒްލާ.” ފައުޒާން އައިސް ޖަޒލްާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށިންނިއެވެ. އަދި ފަސްއެނބުރި ބަލައިލުމަށް ފަހު އޭނަގެ ނަޒަރު ހުއްޓައިލީ ޖަޒްލާގެ މޫނަށެވެ.
ފައުޒާންގެ ބެލުމުން އުނދަގޫވެ ޖަޒްލާ އެހެން ދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.
މިކަމުން ފައުޒާންގެ ހިތަށް އުނދަގުވިއެވެ. އަދި އޭނާގެ ހިތުގައި ޖަޒްލާ ހާސިލް ކުރުމަށް އޮތް އެދުނ ްގަދަވިއެވެ.
“ޖަޒްލާ އައި ލަވް ޔޫ. ވިލް ޔޫ ބީ މައި ގާރލް ފްރެންޑް؟” ފައުޒާންގެ ދުލުން ބޭރުވި ބަސްތަށް ޖަޒްލާގެ ސިކުންޑީގައި ޖެހިގަތީ އެތައްހާސް ޓަނުގެ ބަރުދަނާއެކުގައެވެ.
ޖަޒްލާ އެތަނުން ތެދުވެގެން ދާން ހަރަކާތް ކޮށްލުމާއެކު ފައުޒާން ޖަޒްލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ކުރިޔަށްވުރެ ބާރަށް ޖަޒްލާގެ އަތަށް ފިތާލިއެވެ.
ޖަޒްލާ ފައުޒާންގެ އަތުތެރެއިން އޭނާގެއ ަތް މިންޖު ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ފައުޒާން ޖަޒލްާގެ އަތުގައި ހިފާ ދަމއިގަތެވެ. ޖަޒްލާ ގޮސް ޖެހުނީ ފައުޒާންގެ މޭގައެވެ. ފައުޒާން ގެ އަތުތެރެއިން ސަލާމަތް ވާން ޖަޒްލާ ގަދަހަދަމުން ދިޔައެވެ.
“މީ ކޮންކަމެއް؟” ޖަޒްލާ ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ފައުޒާން ސިހިގެން ދިޔައީ ކޮލެޖްގެ ޕްރިންސިޕަލް ޝާހިދުގެ އަޑުންނެވެ. ޝާހިދު އައިސް ފައުޒާންގެ އަތުތެރެއިން ޖަޒްލާ ސަލާމަތްކުރިއެވެ. އަދި ފޯނު ނަގައި ޕޮލިހަށް ގުޅާލިއެވެ.އިރުކޮޅެއްނުވެ ޕޮލިހުން އައިސްފިއެވެ. ޝާހިދު އޭނާ އަށް ފެނުނު މަންޒަރު ޕޮލިހުންނަށް ކިޔައިދިނެވެ. ޕޮލިހުން ފައުޒާން ހައްޔަރު ކޮށްގެން ގެންދިޔައެވެ.
ބިރާއި ސިހުމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔަ ޖަޒްލާ އަށް ޝާހިދު ބަލައިލިއެވެ. ޖަޒްލާ ގާތު މަަންމަގެ ނަމްބަރ ކިޔައިދިނުމަށް ޝާހިދު އެދުނެވެ. ނަމަވެސް ތުރުތުރު އަޅަމުން ދިޔަ ޖަޒްލާ އަށް އެއަކަށް ރައްދެއް ނުދެވުނެވެ. ވަގުތާއި ހާލަތުގެ ގޮތުން ޝާހިދު އެދުނީ ޖަޒްލާ އާއި އެކު އިހަށް އޭނާގެ ގެޔަށް އައުމަށެވެ. ބަހެއްނުބުނެ ޖަޒްލާ ވެސް ޝާހިދު ގެ ފަހަތުން ދިޔައެވެ.
ޖަޒްލާ ގެޔަށް ނައިސް ލަސްވެގެން ޝިފާނާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޝިފާނާގެ އެދުމަށް މާޒިން ޖަޒްލާ ފެނޭތޯ އޭނާ ހޯދަން ދިޔަތާ ވެސް ކިތަންމެ އިރެކެވެ.
ކުއްލިއަކަށް ޝިފާނާއަށް ސިހުނީ އޭނާގެ ފޯނުގެ ރިންގުގެ އަޑުންނެވެ. ގުޅީ ޖަޒްލާ މެން ކޮލެޖުގެ ޕްރިންސިޕަލް ޝާހިދެވެ. ޝާހިދު އގެޔަށް އަންނަން އެދުމުން ނިއަމް ގޮވައިގެން ޝިފާނާ އެގެޔަށް ދިޔައެވެ. ގޭގެ ސިޓިން ރޫމަށް ވަން ހިނދު ފެނުނު ސޫރައަކުން ޝިފާނާ އަށް ލިބުނީ ކުއްލި ޝޮކެކެވެ.
“ރިޒްނާ” ޝިފާނާގެ މޫނު އުފަލުން ފޮޅުނީ ކުޑައިރުގެ އެކުވެރިޔާ އާއި ދިމާވުމުންނެވެ. “ޝިފާ” ރިޒްނާގެ މޫނުންވެސް ފާލު ވަމުން ދިޔައީ އުފާ ވެރި ކަމެވެ. ދެއެކުވެރިން އެކަކު އަނެކަކު ގައިގައި ބައްދާލިއެވެ. ނިއަމް ދުވެފައި ގޮސް އެރީ ޖަޒްލާގެ އުނގަށެވެ.
ރިޒްނާ ޖަޒްލާ އަށް ދިމާވި ހާދިސާ ޝީފާނާއަށް ކިޔައިދިނެވެ. އަދި އޭނާގެ ފިރިމީހާގެ ގޮތުގައި ޝާހިދު ތާރަފް ކޮށްދިނެވެ. މާހައުލުގައި މިހާރު ވީ އުފާވެރިކަމެވެ. 2 އެކުވެރިން އެކި ވާހަކަ ތައް ދައްކަމުން ދިޔައެވެ.
އަނެއްކާ ވެސް ޝިފާނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޮނު ނަގައި ކަންފަތުގައި ޖައްސާލި ޝިފާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކުޑަހިނދު ކޮޅެއްގެ ތެރޭގައެވެ.
“ކިހިނެއްވީ؟ އެކުވެރިޔާގެ މޫނަށް އައި ކުއްލި ބަދަލު ފާހަގަ ކުރެވި ރިޒްނާ ދުވާލު ކުރިއެވެ.
“މާޒިން އެކްސިޑެންޓް ވީ”
ޝިފާނާގެ އަގައިން ބޭރުވިއެވެ.އެންމެން އެކުގައި ހޮސްޕިޓަލަށް ދިޔައެވެ. ޝިފާނާއަށް ހިތްވަރު ދޭން އެންމެ ގާތުގައި ރިޒްނާ ހުއްޓެވެ. ޝިފާނާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ދިގު އިންތިޒާރުގެ ނިމުން ގެނުވަމުން ޑޮކްޓަރ އޮޕްރޭޝަން ތިއޭޓަރ އިން ނިކުތެވެ.
“ޕޭޝަންޓް އޮތީ ކޯމާގައި”
ޑޮކްޓަރްގެ މޫނު މަތީގައި ވީ ހިތާމވެރި ހިނިތުންވުމެކެވެ. އަޑުއ ިވުނު ޖުމްލައިން ޝިފާނާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމި ގަތް ހެންނެވެ.
“ޝިފާ. ހިނގާ އަހަރެމެން ގެޔަށް ބަދަލު ވާން”
“އަހރެން ވެސް ބޭނުމީ ތިގޮތް”
ކުރެހިފައި ހުރި އަޑަކުނ ްޝިފާނާ ޖަވާބު ދިނެވެ.
***
2 ހަފްތާ ފަސް
މިހާރު ޝިފާނާ މެން ދިރިއުޅެނީ ރިޒްނާ މެން ގޭގައެވެ. ވަގުތާ އެކު ޖަޒްލާގެ ހިތަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ޝިފާނާވެސް ހުރީ މިހާރު ކޮންމެވެސް ވަރަކަށް ހަމަޖެހި ފައެވެ. މިއަދު ރިޒްނާ މެން އެންމެން ތައްޔާރު ވަމުން ދިޔައީ ރިޒްނާގެ ދޮށީ ދަރި ފުޅު އެނބުރި މާލެ އަންނާތީ އޭނާ އަށް މަރުހަބާ ކިޔުމަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Nayaa

    heii laiii… masha allah vvv reethi mi prt vx
    keep it ur darl
    waiting for the nxt prt
    stay safe
    take care
    lysm

  2. Lailac Baby

    Hiii. Nayaaa. I’m really happy that u like the stry. Btw nayaa bunee ehah mail ah msg nukuraashey tha?
    Lysm
    Ss

    1. Nayaa
      Lailac Baby

      yhh ihah msg nukurahche… nayaa fahun habareh velaanan.. reesh gaathu vx bunefin ihah msg nukuraashey

  3. Lailac Baby

    Im reply to nayaa.
    I know this episode is not the best. But trust me next will be better. ❤️❤️❤️❤️Btw nayaa pls call me lailac. ❤️❤️❤️❤️❤️Nd im really happy that u like all my strys nd poems . Even though I’m not able to update on time❤️❤️❤️❤️❤️
    Ss
    Lyssssm

    1. Nayaa
      Lailac Baby

      alheyyyy noooo eyyy this episode vx hama habbu… kon irakutha nayaa ah mi prt best eh nooney bunevunee?? wlcm darla… yhh okkiii…
      ss
      lym

  4. Lailac Baby

    Aslu nayoo bunee stry vrh reechey dhw. Dhn aslu lailac readers ah dheyn beynun vi msg eh nayaa ah reply kuri iru liyevune
    Swwry fr that
    Hehe
    Ss
    Lysssm

Comments are closed.