Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ – 25

Baby Devil Level 610 Stories100 Stories
April 27, 2021 5 Mins Read
3 Comments

ވަޓް ދަ ހެލް… މަޔާންމެން ކައިވެނި ކޮށްފި؟؟.. ދެރަ ކަމެކޭ… ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާންފެށިއެވެ.” ހަލޯ… ” ލީޝާ.ވީގޮތް ނޭހެނީސް އެމީހަކު ދެއްކި ވާހަކަ އިން ލީޝާ ހިތް ބިރުގަތެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށް ވަނީ އެއްޗެހި ޕެކް ކުރުމުގެ ބޭނުމުގައެވެ.

ލުޔާ އާއި އީތަން ކައިވެނި ކުރުމަށް ފަހު މީދޫ އަށް ދާން ފުރީ އީތަންގެ އެދުމުގެ މަތީންނެވެ. އެ ރެއަކީ ވައިގަދަ ވިއްސާރަ ރެއެކެވެ. ނަމަވެސް ކައިރީގައި އެއިނީ އަމިއްލަ ފިރިމީހާ ކަމަށް ހަނދާން ކޮށްލާފައި ލުޔާ އީތަން ކޮނޑުގައި ބޯ އަޅާލިއެވެ. ދިރިއުޅުމުގައި ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

3 އަހަރު ފަސް….

**25 ވަނަ ޕާޓު**

” ބައްޕިގެ ލޯބި މާން… ކިހިނެއްތަ.. ” އިލްޔާގެ އުނގުގައި އިން ލޯބި ފުށްގަނޑެއްދަފަ ނުވަ މަހުގެ މާއިން ނަގާ އުރާލަމުން މަޔާން އިށީނެވެ. އެއާއި އެކު ތުއްތު މާއިން އަޑެއް ލައްވާލިއެވެ. ދެބެންނަށް ބަލަން ހިނިތުންވެފައި އިލްޔާ އިން އިރު މިއަދު ލުޔާ އަށް ގުޅަން ހަނދާންވެސް ނެތްކަހަލައެވެ.” މަގޭ މަތިން ހަނދާން ނުވަނީތަ.. ” އިލްޔާ ދެރަވާ ކަމަށް ހެދުނެވެ.” ނޫނޭ މަގޭ ލޯބި އިލްޔާ މަތިން މަ ހަނދާން ނެތޭނެތަ… ” މަޔާން އިލްޔާ އަތަށް ބޮސް ދިނެވެ.

” އައްސަލާމް ޢަލައިކުމް… ކޮބާތަ މިގޭ މާއިން.. ” ރާއިލް ތިން އަހަރުގެ ރާކިން ގޮވައިގެން ގޭތެރެއަށް ވަންނަމުން އަހާލިއެވެ.” މިއޮތީ ނުން… އަބަދު ހިނގާލަން ގޮސް އުޅޭ ބައެއް މި ރާއިލްމެން މީ… ކޮބާތަ ދޮންބެދައްތަ… ހަނދާން އެބަ ހުއްޓޭ އެދުވަހު ބުނީމެއްނު ދެން ކިޔާނީ ދޮންބެ ދައްތައޭ.. ” މަޔާން ރާކިން ކޮލުގައި ހިފާލިއެވެ.” ހެހެ… އެބަ އާދޭ… ފިހާރައަކަށް ވަދުނީ.. ” ރާއިލް ސޯފާގައި އިށީންނަމުން އަހާލިއެވެ.” ލޫ ކޮބާތަ… އިއްޔެ ވެސް ހަބަރެއް ނުވޭ.. ” ރާއިލް މާއިން އުރާލިއެވެ.” އޯހ ގޯޑް… ރާލްބެ ތެންކިޔު… ތި ހަނދާން ކޮށްދިނީ.. ” އިލްޔާ އަވަސް އަވަހަށް ފޯނު ނަގާފައި ލުޔާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

” ހަލޯ.. ” ލުޔާ އެހެން ބުނި އިރު އަޑުން ހުރީ ރޮވިފައި ކަން އެނގެއެވެ.” ކިހިނެއްވީ… އީތަން ކަމެއް ކުރީތަ… ” އިލްޔާ ހާސްވިއެވެ.” ކަމެއް ނުވޭ… ” ލުޔާ ޖަވާބު ދިނުމާއެކު އެއްޗެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ.” ލޫ… އޭއި… ކިހިނެއްވަނީ.. ” މަޔާން އެހެން ބުނިތަނުން ލުޔާ ފޯނު ކަނޑައިލިއެވެ.” ކިހިނެއް އެވަނީ… މިހާރަކަށް އައިސް ވަރަށް ފާހަގަ ވާ ކަމެއް އެއީ… އީތަންގެ ވާހަކަ އެހިޔަސް ލޫ ޖަވާބެއް ނުދޭނެ… އެހާ މަދުން ވާހަކަ ދެއްކެނީ ވެސް.. ” އިލްޔާ ދެލޯ ފެންކަޅިވިއެވެ.” ހާސް ނުވެބަލަ… ހިނގާ އަހަރެމެން އެ ރަށަށް ދާން…. އޭރުން ވީގޮތް އިނގިދާނެ ފަހަރެއްގާ.. ” ރާއިލް ހިޔާލެއް ދިނެވެ. އޭރު ރާކިން މާއިން އުރަން މަސައްކަތް ކުރަމުން ދިޔައެވެ. ރަނގަޅު ހިޔާލެކޭ ބުނެފައި މަޔާން ވެސް އެއްބަސްވިއެވެ.

” މާ ލަހުން ދޯ މި އާދެވުނީ… ” ހިޝާ ޔޯގަޓް ތައްޓެއް ހިފައިގެން ގެއަށް ވަންނަމުން އަހާލިއެވެ.” ނޫނޭ އެހާ ލަހެއް ނޫނޭ… އަސްލު މި އުޅެނީ މީދޫ އަށް އަނެއްކާ ދާން ކަމަށް… ” މަޔާން ބުންޏެވެ.” އެންމެ ރަނގަޅު… އޭރުން ލޫ ވެސް ގޮވައިގެން އަންނަން ވާނީ… ” ރާކިން އުނގަށް ލާފައި ޔޯގަޓް ކާންދެމުން ހިޝާ ބުންޏެވެ. ރާކިން ނުކާން ބޮޑާ ހޭކުމުން ހިޝާ އަށް ޖެހުނީ ބޭރަށް ނިކުންނާންށެވެ.” އޭ މަވެސް އެބަ އަންނަން އިނގޭ… ނޭނގެ އެސޮރު ކާނެ ކަމެއް… ” ރާއިލް މާއިން ކޮލުގައި ކޮއްޓާލަމުން ގެއިން ނިކުތެވެ.

” ހިނގާބަލަ ބޭރަށް ނިކުމެލަން… އިލޫ ވިހި ފަހުން ދެމީހުން އެކީ ނުވެސް ނިކުމެވޭ އަދި އެއް… ” މަޔާން އާދޭސް ކުރާ ރާގަކަށް ބުންޏެވެ.” ފެން ނުވަރާ މިހުރީ… ” އިލްޔާ ދެކޮލަށް ރަތްކުލަ ފާއްދާލިއެވެ.” ޕިސް މަޑު ކޮށްފާނަމޭ ފެންވަރައި ނިމެންދެން… ގެނޭ މާން.. ” މަޔާން މާއިން އުރާލަމުން ގޯތިތެރެއަށް ނިކުންނަން ހިނގައިގަތެވެ. އިލްޔާ ލަދުން ހުރެ ކޮޓަރިއަށް ވަނެވެ.

” މާން ބޭނުންތަ ހިނގާލަން ދާން.. މަންމި އާ ބައްޕި އާ އެއްކޮށް… ” މަޔާން ވާހަކަ ދެއްކުމުން މާއިންގެ ލޯބި އަޑުން ހިނިގަނޑެއް ޖަހާލިއެވެ.” ހޭނީތަ ދަރިފުޅޫ… ބައްޕި ވަރަށް ފޫހި ވެއްޖެ މިހާރު.. ހިނގާ މަންމި އަންނަން ވާއިރަށް ސަޕްރައިޒް އެއް ދޭން… އޯކޭތަ؟؟ ” މަޔާން މާއިން ކޮލަށް ދޮނެއް ދެމުން ގޯތިތެރޭގައި އޮންނަ ގަސްތަކާއި ދިމާއަށް ގޮސް ފިލިއެވެ.” އެއްވެސް އަޑެއް ނުލައްވައްޗޭ މާން… ” މަޔާން ހިނިތުންވެލަމުން މާއިން ކައިރީގައި އެދުނެވެ.

ފެން ވަރާ ރީތި ވެގެން އިލްޔާ ބޭރަށް ނިކުތީ މަޔާން މެން ތިބޭނެ ކަމަށެވެ.” ކޮބާތަ އެމީހުން… ޕިސް ޕިސް… މަގޭ ކައިރީގަ ތައްޔާރު ވާން ބުނެފަ އެ ދިޔައީ… މިހިރީ ވާ ކަމެއް… ހުރެބަލަ… ” އިލްޔާ ކުދި ކިޔައިގަތެވެ. އެވަގުތު ގަސްތަކުގެ ތެރެއިން މާއިން ގޮވާ އަޑު އިވުނެވެ.” ކަލޭމެނަށް ސާބަސް.. ” އިލްޔާ މަޔާން ކަންފަތުގައި ހިފާފައި ތުން ދަމާލިއެވެ.” އެސޮރު ވެސް މަޑުން ނީންނާނެ ދޯ އެސޮރު މަންމަގެ އަޑު އިވުނީމާ އެއް…ކަންފަތުން ދޫކޮށްލައިބަލަ… ” މަޔާން އާދޭސް ކުރާ ރާގަކަށް އެދުނެވެ. މަޔާން އެހެން ބުނުމުން އިލްޔާ އިތުރަށް ކަންފަތަށް ބާރު ކޮށްލި އެވެ.

” ދެން އިލޫ ލަދު ގަންނަ ގޮތެއް ހަދާނީ… ” މަޔާން އިލްޔާ ގައިގައި ބައްދާލިއެވެ.” ޔާން ދޫކޮށްލާ.. މީހަކަށް ފެނިދާނެއޭ… ” ކަންވީ މަޔާން ހީކުރި ގޮތަށެވެ.” އިލޫ ވެސް މަ ބުނީމަ ދޫ ނުކޮށްލިނުން… ” މަޔާން އިތުރަށް ބައްދާލަމުން ހީލިއެވެ. ވާނުވާ ނޭނގިފައި އިން މާއިން ވެސް އަތް ޖަހާލިއެވެ.” މީ ހިނގާލަން ދާން އުޅުން ބައެއްނުންތަ… ” އިލްޔާ ވާހަކަ ބަދަލުކޮށްލިއެވެ.” އާނ ދޯ.. ހިނގާދާން… މީހުން ވަރަށް ބަލާނެ އިނގޭ… ” މަޔާން މާއިން އުރާލަމުން އިލްޔާ އަތުގައި ހިފާލިއެވެ. ” ފަލަކަމުން ދޯ.. ” އިލްޔާ އަހާލިއެވެ.” ނޫނޭ ރީތި ވީމަ.. ” މަޔާން ލޯބިން އިލްޔާ ކޮލަށް ދޮނެއް ދިނެވެ.

” އެއްކަލަ ލީޝާގެ ހަބަރެއް ނުވޭ ދޯ މިހާރަކު… ” އިލްޔާ ފުން ނޭވާއެއް ދޫކޮށްލި އެވެ.” ހްމްމް… ވެދާނެ ރާއްޖޭގަ ނެތީ ކަމަށް… ހުރިނަމަ މިހާރު ނޭނގެ އަހަރެމެން ދުނިޔޭގެ ތިބޭނެ ކަމެއް ވެސް.. ” މަޔާން ވިސްނާލިއެވެ.” ޔާން ފަހަތުން ނޫޅޭނެ ނުން… އޭނާ އެ އަންނަނީ އަހަރެންނާ ދިމާއަށް… ކުރިން ބުރު ވެސް ކިޑްނެޕް ކޮށްގެން ގެންދިޔައެއްނު… ” އިލްޔާ ކުރީގެ ހަނދާނެއް އާކޮށްލަމުން ބުންޏެވެ.’ ޔާހ ދޯ.. އެކަމް ދެން އެހެނެއް ނުހެދޭނެ މަ ހުއްޓަކާ… މަ އިލްޔާ ރައްކާތެރި ކަމާއެކު ގެންގުޅެގޭތޯ ބަލާނަން… މާން ވެސް…އިންޝާ ﷲ… ” މަޔާން އިލްޔާ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.” އިނގޭ ޔާން ހުއްޓަ އަހަރެންނަށް ކަމެއް ނުވާނެ ކަން… ވިޔަކަ ނުވެސް ދޭނެކަން.. އެކަމް ލީޝާގެ ހަމަލާ އެއް އައިސްފާނެ ކޮންމެ ފަދަ ގަޑިއަކުވެސް… ” އިލްޔާ ބުންޏެވެ.

” ދެން ތި ވާހަކަ ބާއްވަމާ… ލީޝާ އިލޫ އަށް ކަމެއް ކުރިޔަކަ ނުދޭނަން.. ” އެވާހަކަ ދައްކަން އެހާ ފަސޭހަ ނުވުމުން މަޔާން އެދުނެވެ.” އެންމެ ރަނގަޅު… ” އިލްޔާ ހީލިއެވެ. އެވަގުތު އެކަނި މާ އެކަނި އިން ކުޑަ މާއިން ގާ ކޮޅެއް އެއްލިއެވެ.” އިލޫ… މާން އެކަނި އިންނަތަން ފެނުނީމަ ދެރަވޭ ދޯ… ހިނގާބަ އަދި އެއްކުއްޖަކު ހޯދަން… ” މަޔާން އެހެން ބުނުމުން އިލްޔާގެ ކޯތާފަތް އެކަށްހެން ރަތްވިއެވެ.” ދެން ޔާން… ” އިލްޔާ މޫނު ފޮރުވާލިއެވެ.” ކިހިނެއްވީ… މައްސަލަ އެއްތަ… ” މަޔާން ގާތަށް ހިނި އައެވެ.” ތި ލަދު ފިލުވައިލަބަލަ… ކިހާ ދުވަހެއް ވެއްޖެތަ… ” އިލްޔާ އިތުރަށް ލަދުގަންނަވާލުމުގެ ގޮތުން މަޔާން ބުންޏެވެ.” ގަސްދުގަ ދޯ ތި ލަދުގަންނުވަނީ… ޔާން އަށް އިނގޭނެ ދޯ އަހަރެން ލަދު ގަންނާނެކަން.. ” އިލްޔާ އަރައިގެން ހުރި ބޫޓު ބާލަމުން ބުންޏެވެ.

” ހެހެ… ހިނގައިބަލަ ސައިކަލް ދުއްވާލަން ދާން… ” މަޔާން އެދުނެވެ.” މާން ހިޝްމެން އަތަށް ދޭނީ… ރާކިން އާ ދެމީހުން ސަކަރާތް ޖަހަން ބެހެއްޓިދާނެ ދޯ.. ” އިލްޔާ ހިތުގައި އޮތް ސުވާލު އިނގުމުން މަޔާން ޖަވާބުދިނެވެ. އަދި ރާއިލް އަށް ގުޅާލިއެވެ.” އާދެބަލަ ބީޗަށް… ވަރަށް އަވަހަށް… ” މަޔާން ބުންޏެވެ.” ވަން މިނިޓް… ރާކިން ރީތި ކުރަނީ މިހާރު…އެސޮރު ގޮވައިގެން ދޯ ދާންވާނީ… ވަރަށް އަވަސް ވާނެ.. ބާއި” ރާއިލް އަވަސް އަވަހަށް ފޯނު ބޭއްވިއެވެ.

ސައިކަލް ދުއްވާލަން ގޮއްސްފައި އިލްޔާ މެންނަށް ދެކެވުނީ މީދޫ އަށް ދާ ވާހަކައެވެ. އިލްޔާ ބޭނުންވީ ލުޔާއަށް ނާނގާ އެރަށަށް ދާންށެވެ. މަޔާން ވެސް ރަނގަޅު ހިޔާލެކޭ ބުނެ އެއްބަސްވިއެވެ. ސަޕްރައިޒް އެއް ލިބުމުން ލުޔާ ވާނެ އުފާ އިނގުމުން އިލްޔާ ހިނިތުންވެލިއެވެ.

” މިހާރު ޔަޒާންގެ ހަބަރެއް ވެސް ނުވެއޭ ދޯ… މަށަށް ވެސް ގުޅަނީ ވަރަށް މަދުން… ބުނީ ބިޒީ ކޮންނޯ މިއުޅެނީ… މީހަކާ އިނދެވެސް ނުލައި.. ” މަޔާން ޔަޒާންގެ ވާހަކަ ފެށިއެވެ.” އަޅޭ… މަށަށް ހީވަނީ ލޫގެ އިންތިޒާރުގައި ކަންނެ އެހުރީ… ލޫ ކިޔައިދިން އަހަރެންނަށް… ޔަޒާން ލޫ ދެކެ ލައިކް ވެގެން މެރީ ކުރުމުގެ ކުރިން އެވާހަކަ ބުނިކަން..އެކަމް އޭރު އޮތީ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފަ… ” އިލްޔާ ބުންޏެވެ. އެވަގުތު މަޔާން ކުއްލިއަކަށް ސައިކަލް ހުއްޓައިލުމުން އިލްޔާ އައިސް ޖެހުނީ މަޔާންގެ ގައިގައެވެ.” ވަޓް… ސީރިއަސްލީ.. ޔަޒާންގެ ކްރަޝް އަކީ ލޫ ތަ؟.. ” މަޔާން ދެލޯ ބޮޑުކޮށްލިއެވެ.” ހްމްމް… ދެން އެވާހަކަ ބާއްވަމާ… ޔަޒާން އަށް އެހެން އަންހެން ކުއްޖެއް ލިބިދާނެ ވަރަށް އަވަހަށް… ” އިލްޔާ ކުޑަކޮށް ރަކިވުމުން ބުންޏެވެ.” ހެހެ.. އެވަރު ކަމެއް ވިޔަސް ލަދު ގަނޭތަ.. ” މަޔާން ހިނިގަނޑެއް ޖަހާލިއެވެ. ” ދެން… ކޮން އިރަކުންތަ ދާނީ މީދޫއަށް… ” އިލްޔާ ޖަންބު ކުލަ އަރާފައިވާ މޫނު މަޔާން ބުރަކަށީގައި ފޮރުވާލިއެވެ.

” ތިކަމާ އުޅެންވީ… ” މަޔާން ހީލިއެވެ. އޭރު މަޑު މަޑުން އިރު އޮއްސެމުން ދެއެވެ.” ދެން ތަންކޮޅެއް އަވަސް ކޮށްލާތި…. ވަރަށް އަވަހަށް ދާން ބޭނުން… ” އިލްޔާ އެ އިންގޮތަށް އިނދެ ބުންޏެވެ.” އޯކެއި.. ހިނގާދާން މިހާރު އިރުއޮއްސެނީ.. ” މަޔާން ސައިކަލް ދުއްވާލަން ތައްޔާރުވަމުން ބުންޏެވެ.

” ޕިސް.. މި ދެން ކޮން ކަމެއް… މަ ބޭނުމެއް ނޫނޭ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް… ބޮޑު އުނދަގުލެއް … ” ލީޝާ ހައިމަން އާއި ދިމާއަށް ބުންޏެވެ. އޭރު ހައިމަންގެ އަތުގައި އެއްމަސް ވެފައިވާ ތުއްތު ލީކާ ނިދާފައި އޮތެވެ.” ލީޝާ މޮޔަވީތަ… ލީޝާގެ ހިތް ހަމަ އެހާ ހަރީތަ.. މަންމައެއްގެ އިހުސާސް ވެސް ލީޝާ އަށް ނުކުރެވޭނީތަ.. ބަލަ މަގޭ މީ ލީކާގެ ބައްޕަ އޭ… މަށަށް ހިއެއް ނުވޭ މަށަށް ނުކުރެވޭ އިހުސާސް އެއް ވަކި ލީޝާ އަށް ކުރެވޭނެހެނެއް… ” ހައިމަން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.” ކަލޭ ނުން މޮޔަ ވީ… މަށަކީ ކުއްޖާގެ މަންމަ އަކަސް ކޮން ކަމެއް… ހައިމަން އަށް ރަނގަޅީ ނުކުޅެދޭ ގަމާރެއްތަ… ” ލީޝާ ރުޅި ގަދަވިއެވެ.” ހަމަޖެހިބަލަ.. މިކުއްޖާ ރީއްޗަށް ދުނިޔޭގަ އުޅުނަ ދީބަލަ.. އޭރުން ލީޝާ އަށް އޮތީ ކޮން ގެއްލުމެއް؟.. ” ހައިމަން ބެލީ ލީޝާ އަށް ވިސްނައި ދެވޭތޯއެވެ.” މަ އަނގައިން ނުކިޔަސް ބައިވަރު ގެއްލުން އަބޯތޭ… ” ލީޝާ ހަޅޭއްލަވައި ގަތެވެ. ހައިމަން ބޯ ހޫރާލީ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ލީޝާ އަށް ނުވިސްނޭނެކަން އިނގޭތީއެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ޖަވާހިރުގެ ބާރު 1

Next

އެ ގޭތެރެއިން – 3

Next
April 28, 2021

އެ ގޭތެރެއިން – 3

Previews
April 27, 2021

ޖަވާހިރުގެ ބާރު 1

3 Comments!

  1. Rainberry says:
    April 28, 2021 at 7:26 am

    When next part. Curiously waiting

    1. UNKNOWN GIRLL says:
      April 28, 2021 at 4:14 pm

      Thanks ?

  2. StoryyQuyyn says:
    April 28, 2021 at 2:55 pm

    oh my godddddddddddd..wowwwwwwwwwwwwwwwwww.. dhen ekam luya ah kihineytha v.. mayaan n ilu cute kan..hehe..waiting for next part curiously

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 26←


All Right Reserved!