
ތިޔަ ލޯތްބަށް އެދެމޭ – 24
” އާނ އެއީ ތެދެއް… ” މަޔާން ވަގުތުން ޖަވާބު ދިނެވެ.” އޯ އެމް ޖީ.. ” ރާއިލް ވެސް ހޭން ފެށިއެވެ.” ތިޔަވީ ގޮތުން މިޖެހުނީ އެއުޅޭ އައިހާ މެންނަށް ގުޅަންތާ… ކައިގެން ގުޅަންވާނެ.. ” ސަނާ ހެވިފައި ބުންޏެވެ.” ދެން ދަރިފުޅު މެން ކައިވެނި ކުރަންވީ އޭ ” އަޒާމް ބުންޏެވެ. އެއާއި އެކު އިލްޔާ އާއި ލުޔާ އެކަކު އަނެކަކަށް ބަލައިލިއެވެ. ރާއިލް މަލާމާތް ކުރާ ގޮތަަކަށް ބަލަން އިނެވެ.
**24 ވަނަ ޕާޓު**
” ހެހެ.. އެކަމާ އުޅެން ވީ އޭ ދޯ.. ” ހިޝާ އިލްޔާ މެންނަށް ބަލައިލިއެވެ.” ނޫނޭ އަދި މާ އަވަސްނުން… އަށާރަ އެވީ މި އަހަރު… ” މަޔާން ރަކިވިއެވެ.” އެކަމް ވެސް ރަނގަޅު ގޮތަކީ އަވަހަށް ކައިވެނި ކުރުމޭ… ދެން ދަރިފުޅު މެންނަށް ފެންނަގޮތެއް ދޯ.. ” ސަނާ އަތް ދޮވެގެން ފޯނު ނެގިއެވެ.” އެބުނީ ވެސް ދޮގެއް ނޫނޭ… ބައްޕަ އަށްވެސް ފެންނަނީ އަވަހަށް ކައިވެނި ކުރަން.. ނޫންތަ ރާއިލް..” އަޒާމް ވެސް އަތްދޮވެލައިގެން ސަނާ ކައިރީގައި އިށީނެވެ. ވަގުތުން ރާއިލް އާއެކޭ ބުންޏެވެ.
” ހަލޯ… ” އައިހާ ފޯނު ނެގިއެވެ.” އައިހާ ދޯ… މިއުޅެނީ ކުޑަ ވާހަކަ އެއް ދައްކާކަންށޭ… ” ސަނާ ލުޔާއަށް ބަލާލިއެވެ.” އެހެންތަ. ކޮން ވާހަކަ އެއް.. ” ދެން އިވުނީ ޔާނީގެ އަޑެވެ.” އަނހަ… ޔާނީ އާ ނިހާ ވެސް އެބަތިބިންތަ.. ” އަޒާމް ހިނިއައެވެ.” އެބަ ތިބިން… ދެން ތި ބުނާ ވާހަކަ އެއް ބުނެބަލަ.. ” ޔާނީ ބުންޏެވެ. ” އައިހާގެ ދޮންބެ އާ ހިލްޔާ އާ ކައިވެނި ކުރަން ކަމަށް…އެމީހުން އުޅެނީ ރައްޓެހި ވެގެންނޯ.. ” ސަނާ އެހެން ބުނުމާއެކު އައިހާގެ ސަމާސާ ގޮތްގަނޑު ކެނޑުނެވެ.” ވޯވް ނުވެސް ބުނޭ… އަވަހަށް ތިކަން ކުރަންވީ… އެސޮރު ނޭނގެ ވީ ތަނެއްވެސް.. ” ނިހާ ހީގަތެވެ.” އައިހާ އަށް އިނގޭނެ ވީތަން… ” ޔާނީ އައިހާ ގައިގައި ޖަހާ އަޑު އިވުނެވެ. ވަގުތުން އައިހާ ނޫނެކޭ ބުންޏެވެ.
އެމީހުން ސަކަރާތް ޖެހިއިރު ވެސް އައިހާ އިނީ އަނގައިން ނުބުނެއެވެ. އަވަހަށް ދަނީ އޭ ކިޔާފައި އައިހާ ދިޔައީ މީހުންގެ ސުވާލު ތަކުން ސަލާމަތް ވާންށެވެ. އެއްގަޑިއިރުގެ ފޯނުކޯލުގައި ލުޔާ އާއި އީތަންގެ ކައިވެނި ރޭވުނެވެ. ލުޔާ ބޭނުންވީ އީތަން ކައިރީ ނުބުނެ ހުރިހާ ކަމެއް ކުރިއަށް ގެންދަންށެވެ. އެއީ އީތަން އެއްބަސްވާނޭ ކަން ލުޔާ އަށް ޔަގީން ވާތީއެވެ. ހަމަ އެރޭ ލުޔާ އީތަން އަށް މެސެޖެއް ކޮށްލިއެވެ.” ހެއި… މިހާރު މެރީ ކުރަން ޑިސައިޑް ކޮށްފިން… އިނގޭ އީތަން ނޫނެކޭ ނުބުނާނެކަން ވެސް… ހީވަނީ ދެ މަސްދުވަސް ތެރޭގައި މެރީ ކުރެވޭނެހެން… ” ލުޔާ އުފަލުން އެމެސެޖު ފޮނުވައިލިއެވެ.
” އޯހ.. އޯކޭ.. ” ކުރު ކުރު ޖަވާބުން ވެސް ލުޔާ ހިތް އުފަލުން ނަށާލިއެވެ. އެވަގުތު ދޮރުގައި ޓަކިޖަހާ އަޑު އިވުނެވެ.
ޔަޒާން ލުޔާ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ސިކުންތެއް ނުވެ ލުޔާ ދޮރު ހުޅުވިއެވެ.” ކޮން ކަމަކުތަ.. ” ލުޔާ އެތެރެއަށް ވަންނަމުން އަހާލިއެވެ.” މީ… ” ޔަޒާން ބޯކަހާލިއެވެ.” ކޮން ކަމަކާތަ މާ ލަދުން ތި އުޅެނީ… ” ލުޔާ ހީލިއެވެ.” އައި ލައިކް ޔޫ.. ” ޔަޒާން ބުނި ޖުމްލައިން ލުޔާގެ ދެބުމަ ގޮށްޖެހުނެވެ.” ސޮރީ… އެކަމް މިއުޅެނީ މީހަކާ މެރީ ކުރަން… އައި ކާންޓް ބީ ޔުއަރ ގާރލްފްރެންޑް… ދެން ތި ވާހަކަ ދައްކަން ނާނައްޗޭ… ހިއެއް ނުކުރަން ޔަޒާން މަދެނެ ލައިކް ވެދާނެ ކަމަކަށް… ސޯ ޕްލީޒް ގޯ…” ލުޔާ ރުޅިމަޑު ކުރަމުން ވާހަކަ ދެއްކިއެވެ.” ވައި.. ލޫ… ކީއްވެ ކުރިން ލޯބިވެރިއެއް ހުންނަ ވާހަކަ ނުބުނީ… އެންމެ ރަނގަޅު… މަ ގޮސްދާނަން… އެކަމް މިއަދަށް ފަހު މި ގެއަކަށް ނާންނާނަން.. މިރަށަކު ވެސް ނޫޅޭނަން.. ” ޔަޒާން މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ.” އެކަމް ހަނދާން ކުރައްޗޭ… އަހަރެން ޔަޒާން ދެކެ ލޯބިވަނީ އެކުވެރިއެއް ގޮތަށް… ތިކަހަލަ އެއްވެސް ފީލިންގއެއް ނެތް… އުންމީދު ކުރަން އެއްބަސް ވާނެކަމަށް… ” ލުޔާ ވާހަކަ ނިމުނުތަނާ ޔަޒާން ކޮޓަރިން ނުކުމެގެން ދިޔައެވެ.
ދުވަސްތައް ހަލުވިކަމާއި އެކު ފާއިތުވަމުން ދިޔައެވެ. ސަނާ މެން ތައްޔާރު ވަމުން ދިޔައީ އިލްޔާ އާއި ލުޔާމެންގެ ކައިވެންޏަަށެވެ. އެމީހުން ނިންމާފައި ވަނީ އެއްދުވަހަކާ ދެމީހުން ކައިވެނި ކުރަންށެވެ. އީތަން ވެސް ކައިވެނި ކުރެވުމުގެ ހަފްތާއެއް ކުރިން އިލްޔާމެން ރަށަށް އައެވެ. މަޔާން އާއި އިލްޔާއަށް ވެސް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ގޭގެ ޓެރަސްގައި ހުރިހާ ތައްޔާރީތައް ވަމުން ދިޔައީ މަގުމަތިން ދާ މީހުންނަށް ނުފެންނާނެހެންނެވެ. އެކިވައްތަރުގެ ޑިޒައިން ކުރާ ގޮތްގޮތް ބަލައިގެން ރީތިހާ ގޮތަކަށް ތަން ހަދަމުން ދިޔައެވެ. މަޔާން، އިލްޔާ އަދި ލުޔާގެ މޫނު މަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. އީތަން އަބަދުހެން އުޅެނީ ބޭރު ތެރޭގައެވެ. އެކަމާ އަޅައި ނުލައި ލުޔާ ހުރީ އީތަން އާއި މެދު ފޮނި ހުވަފެން ތަކެއް ދެކެމުންނެވެ. އިލްޔާމެން ކައިވެނި ކުރަން ހަމަޖެހިފައި އިނީ ހުކުރު ދުވަހެވެ.
ކޮޓަރިން ނުކުމެގެން ދިޔަގޮތަށް މަޔާން ޓެރަސް އަށް އަރަން ހިނގައިގަތެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނަކާއި ކަޅުކުލައިގެ ބޫޓެއް ލައިގެން މަޔާން ހުރި އިރު އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ހަމަ އެވަގުތު އީތަން ވެސް މަޔާން އާއި އެއްވަރަށް ހިނގައިގަތެވެ. އީތަން ހެދުންއަޅާފައި ހުރީ މަޔާން އާއި އެއްގޮތަކަށެވެ. މަޔާން ތުންފަތުގައި ހިނިތުންވުމެއް ވީއިރު އީތަންގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.
” ޔޫ ލުކް ސޯ ބިއުޓިފުލް އިލޫ.. ” މަޔާން ޓެރަސް މައްޗަށް ދިޔައިރު އިލްޔާ ހުރީ މަޔާންގެ އިންތިޒާރުގައެވެ. ލުޔާ ވެސް އީތަން އަންނަންދެންނެވެ.” ތެންކިއު… އެއޮށް އައީ މީހުންތައް… ” އިލްޔާ މަޔާންގެ ނަޒަރުން ސަލާމަތް ވާންވެގެން ބުންޏެވެ. މަޔާން އިލްޔާ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި އިށީނެވެ. ކައިވެނި ކުރާ ވާހަކަ ދައްކަން ފެށީއްސުރެ މި ތިން މަހު މަޔާން ހުންނަނީ ކެތްތެރިކަން ކޮޅުންލައިފައެވެ. އަބަދުހެން އިންތިޒާރުކުރެވެނީ މިދުވަހަށެވެ. މިއަދު މަޔާން ބޭނުންވާ ކަންތައް ވުމުން މަޔާން އިންތިހާއަށް އުފާވެއެވެ.
” ރެޑީތަ.. ހާސް ނުވައްޗޭ އިނގޭ… ލޫ މެންވެސް އެތިބީ… އީތަން ހިއެއް ނުވެ މާ ހާސް ވެފަ އިންހެނެއް.. ” އެވަގުތު އެތަނަށް ދެ މަހުގެ ބަނޑާއި އެކު އައި ހިޝާ ބުންޏެވެ.” މަ ހާހެއް ނުވެއޭ… މީނި އިލްޔާ ހާސްވެފަ އިނީ.. ” މަޔާން އިލްޔާގެ ފިނިވެފައިވާ އަތުގައި ހިފާލިއެވެ. އެއާއި އެކު ހިޝާ ހިނިތުންވެލިއެވެ.
ލުޔާ އާއި އީތަން އަދި އިލްޔާ އާއި މަޔާންގެ ކައިވެނި ކޮށް ނިމުނީ އަށެއް ޖަހާ ބޮޑުވި ފަހުންނެވެ. މެހެމާނުންނަށް ދައުވަތު ދީފައި ވަނީ އަށްގަޑި ސާޅީސް ފަހަކަށް ޕާޓީ އަށް އައުމަށެވެ.” ފަޔަށް ތަދުވާނެ އިނގޭ އެހާ ގިނައިރު ވަންދެން ކޮޅަށް ހުންނަން ވެއްޖެއްޔާ… ” ހިޝާ އިލްޔާ އާއި އެކީގައި އިލްޔާމެން ހުންނަން ހާއްސަ ކޮށްފައިވާ ތަނުގައި ހުއްޓުނެވެ.” ޔާން އުރާނެ ދޯ.. ” ރާއިލް މަޔާން ކޮނޑުގައި ޖަހާލިއެވެ.” ހްމް މަ އުރައިފާނަން.. ” މަޔާން ހަމަޖެހިލިއެވެ.
ވަޓް ދަ ހެލް… މަޔާންމެން ކައިވެނި ކޮށްފި؟؟.. ދެރަ ކަމެކޭ… ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާންފެށިއެވެ.” ހަލޯ… ” ލީޝާ ވީގޮތް ނޭހެނީސް އެމީހަކު ދެއްކި ވާހަކަ އިން ލީޝާ ހިތް ބިރުގަތެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށް ވަނީ އެއްޗެހި ޕެކް ކުރުމުގެ ބޭނުމުގައެވެ.
ލުޔާ އާއި އީތަން ކައިވެނި ކުރުމަށް ފަހު މީދޫ އަށް ދާން ފުރީ އީތަންގެ އެދުމުގެ މަތީންނެވެ. އެ ރެއަކީ ވައިގަދަ ވިއްސާރަ ރެއެކެވެ. ނަމަވެސް ކައިރީގައި އެއިނީ އަމިއްލަ ފިރިމީހާ ކަމަށް ހަނދާން ކޮށްލާފައި ލުޔާ އީތަން ކޮނޑުގައި ބޯ އަޅާލިއެވެ. ދިރިއުޅުމުގައި ފޮނި އުންމީދުތަކެއް ކުރަމުންނެވެ.
3 އަހަރު ފަސް….
– ނުނިމޭ –
One Comment
Comments are closed.
Alhe keeve ehaa lasvy. Love this part too. When next part. Curiously waiting dear❤️❤️❤️