Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ހަތަރުވަނަ ބައި)

Flame Gurl Level 210 Stories
May 2, 2021 4 Mins Read
0 Comments

“ހޫ އިޒް ތޫ؟” ޖީޒާން ދެބުމަ ކައިރިކޮށްލަމުން އަދިވެސް އެހިނިތުންވުމުގައިހުރެ އަހައިލިއެވެ.

“އެއީ ޖަޝޫގެ ވާންއުޅޭ ފަހަރިއެއްނު.. ޒަޖާ!” ޖަޝަމް މިހެން ބުނުމާއިއެކު ހިނިތުންވެލައިގެންހުރި ޖީޒާންގެ ހިނިތުންވުން މުޅިންފިލިއެވެ.

ޖަޝަމްއަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ޖީޒާން ސިޑިން ފައިބައިގެން ދިޔައެވެ. މިތަން ބަލަން ހުރި ޖަޝަމް ހުރީ އޭނާގެ ދޮންބެގެ ޢަމަލުތައް ހުރިގޮތުން ޙައިރާންވެފައެވެ. ޒަޖާ ކޮޓަރިއަށް ވަދެ ދޮރުޖަހައި ރަނގަޅަށް ކޮޓަރިތެރެ ބަލައިލުމާއެކު ދެލޯ ބޮޑުކޮށްލެވުނީ ކޮޓަރިހުރި ގޮތް ފެނިފައެވެ. އޭނާހުރީ އަނގަ މަތީގައި އަތްވެސް އަޅައިގެންނެވެ. މުޅި ކޮޓަރި ތެރޭގައި ލެވިފައިވަނީ ‘ޕިންކިޝް އޮރެންޖް’ ކުލައެވެ. ޒަޖާ ކުރިން އުޅުނު ކޮޓަރިއަށްވުރެ ދެގުނަ ބޮޑު ތަނަވަސް ކޮޓަރިއެކެވެ. އެކޮޓަރީގައިހުރި ކުޑަދޮރުގެ ކައިރީގައި ހުރި މަޑުމަޑު ކުއީން ސައިޒްގެ އެނދާއި އެނދުގެ އެއްކައިރީގައި ކުޑަކުޑަ މޭޒެއް ހުއްޓެވެ. އެމޭޒަށްފަހު ޑްރެސިން ޓޭބަލްހުރިއިރު ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ބޮޑު އަލަމާރިއެއް ބަހައްޓައިފައިވެއެވެ. އެއަލަމާރީގެ ކައިރީގައި ދޮރާއި ފުރަގަސްވާގޮތައް ހުރި ސޯފާއިން އެ ކޮޓަރިއަށް އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ. ޒަޖާ ކުޑައިރުކޮޅަކަށް މި ރީތި ކޮޓަރިއަށް ބަލަހައްޓަން ހުރުމަށްފަހު ފޮއްޓާއިއެކު ގޮސް ހުއްޓުނީ އެނދުގެ ކުރިމައްޗައް ވާގޮތައްހުރި ދޮރެއްގެ ކުރިމަތީގައެވެ. ޒަޖާ ވަރަށް ފަރުވާތެރިކަމާއިއެކު ދޮރު ހުޅުވައިލިއެވެ. ޒަޖާއަށް ފެނުނީ އޭނާއަށް މީގެ ކުރިން ފެނިފައިނުވާފަދަ ރީތި ތަނަވަސް ފާޚާނާއެކެވެ. ހަމަ ކޮޓަރީގައި ލެވިފައިވާ ‘ޕިންކިޝް އޮރެންޖް’ ފާޚާނައިގަވެސް ލެވިފައި ހުއްޓެވެ. ޒަޖާ ބަލަންނުހުރެ ފާޚާނާ ދޮރު ލައްޕައިލުމަށްފަހު ފޮށި ހިފައިގެންގޮސް ސޯފާގައި އިށީނދެ ފޮށި ހުޅުވައިލިއެވެ. އެއަށްފަހު ފޮށީގައިހުރި ހެދުންތައްނަަގައި ވަރަށް ތަރުތީބުކޮށް އަލަމާރީގައި އެޅުވައި ކުޑަކޮށް ކޮޓަރި ހަމައަކަށް އަޅުވައިލިއެވެ. އެއިރުހުރީ މެންދުރު ބާރަ ޖަހަން ކައިރިވެފައެވެ. މެންދުރު ނަމާދަށް ބަންގި ގޮވަންވާއިރަށް ޒަޖާ އަވަހަށް ތުވާއްޔާއި ހެދުމަކާއި ހިފައިގެން ފާޚާނާއަށްވަދެ ފެންވަރައިލިއެވެ. ފެންވަރައިގެންނިކުމެ ކުޑަގޮތަކަށް ރީތިވެލައިގެން ނަމާދުކުރާ ޤިބުލަ ނޭނގޭތީ ޤިބުލަ ހުންނަ ދިމާއެއް އަހަން ޖަޝަމްގެ ކައިރިއަށް ދާންވެގެން އޭނާ ކޮޓަރި ދޮރު ހުޅުވައިލިއެވެ. ނަމަވެސް އަވަހަށް ދޮރުލެއްޕީ ޖީޒާން ސިޑިން މައްޗަށް އަރާތަން ފެނުމުންނެވެ. ޖީޒާންއަށް ޒަޖާ ނުފެނުމަކީވެސް އޭނާގެ ނަސީބު ކަންނޭނގެއެވެ. ޒަޖާ ގޮތްހުސްވެގެން ދެކޮޅުން ދެކޮޅަށް ހިނގައިލަ ހިނގައިލަ ހުއްޓާ ހަނދާންވީ ޖަޝަމް އޭނާއަށް ދިން ކަރުދާސްކޮޅު މަތިންނެވެ. ޒަޖާ އަވަހަށް ޑްރެސިން ޓޭބަލް އާއި ދިމާއަށް ދުއްވައިގަތީ އޭނާއަށް އެ ކަރުދާސްކޮޅު ބޭއްވުނީ ޑްރެސިން ޓޭބަލް މަތީގައި ކަމަށްވީމައެވެ. ޒަޖާ އެގަނޑުކޮޅު ނިއުޅުވައިލުމާއިއެކު މޫނުމަތި އުޖާލާވީ ޖަޝަމްގެ ފޯނު ނަމްބަރު އެގަނޑުކޮޅުގައި ލިޔެފައިވުމުންނެވެ. ޒަޖާ އޭނާގެ ފޯނުގައި ޖަޝަމްގެ ނަމްބަރު ސޭވްކުރުމަށްފަަހު އެ ނަމްބަރަށް ގުޅައިލިއެވެ. އެކޮޅުން ފޯނު ނެގުމާއިއެކު ޒަޖާ ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ. ޖީޒާން ސިޑިންއަރައި ކޮޓަރިއަށް ވަނުމަށްފަހު އެނދުގައި އިށީންތަނާހެން ސިހުނީ އޭނާ ލައިގެންހުރި ޖިންސްގެ ޖީބުގައިއޮތް ފޯނު ވައިބްރޭޓްވާ އަޑަށެވެ. ޖީޒާން ޖީބުން ފޯނުނަގައި ބަލައިލުމާއިއެކު ދެލޯ ބޮޑުވީ އޭނާގެ އަތުގައި ޖަޝަމްގެ ފޯނު އޮތުމުންނެވެ. އޭނާއަށް ޖަޝަމްގެ ފޯނު ފެނުނީ ދެންމެއަކު ގެއަށް ވަތްތަނާ ބަދިގެ މޭޒުމަތީގައި އެ ފޯނު އޮއްވައެވެ. ޖީޒާން އެންމެ ބޮޑަށް ޙައިރާންވީ ޖަޝަމްގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅާތީއެވެ. ޖީޒާން ދެވަނަ ވިސްނުމަކަށް ނުގޮސް ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ. އެއާއިއެކު އިވުުނު އަޑަކުން އޭނާގެ ދެބުމަގޮއް ޖެހިގެން ދިޔައެވެ.

“ހަލޯ! ޖަޝޫ މީ ތޫ އިނގޭ! އަސްލު ޖަޝޫއަށް މިގުޅީ ނަމާދުކުރާ ޤިބުލަ ނޭނގޭތީވެ. ތޫގެ ކޮޓަރިއަށް ޤިބުލަ ބުނެދެން އައިސްދެވިދާނެތަ؟ ތޫ ބަހައްޓާނަން ކޮޓަރީގެ ދޮރު ހުޅުވައިފަ އިނގޭ. ޖަޝޫ އާދޭ!” ޒަޖާ އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނެލުމަށްފަހު ފޯނު ކަނޑައިލީ ޒަޖާގެ ވާހަކަ އަޑު އަހަން ހުރީ ޖީޒާންކަން ނޭނގިހުރެއެވެ.

ދެބުމަގޮއް ޖަހައިގެންހުރި ޖީޒާން ކުއްލިއަކަށް އެހެން އިދެފައި އެނދުން ތެދުވިއެވެ. ކުރީގައި އޭނާގެ މޫނު މަތީގައިވި ރުޅިވެރިކަން ފިލައި މިހާރު އެ މޫނު މަތީގައިވަނީ މަކަރުވެރިކަމެވެ. ޖީޒާން ޖަޝަމްގެ ފޯނު އޭނާގެ ޖިންސުގެ ޖީބަށްލުމަށްފަހު ކޮޓަރިންނިކުމެ ކުރިމަތީގައިހުރި ޒަޖާގެ ކޮޓަރި އާއި ދިމާއަަށް މިސްރާބުޖެހިއެވެ. ޒަޖާ ސޯފާގައި އިށީނދެ އިންދައި ސިއްސައިގެންދިޔައީ ތެދުވެވުނީ މީހަކު ކޮޓަރިއަށްވަދެ ދޮރުޖެހި އަޑަށެވެ. ނަމަވެސް ޒަޖާ ފަހަތެއް ނުބަލައެވެ. ޖީޒާން ސިއްރުސއްރުން އައިސް މަޑުކޮށްލީ ޒަޖާގެ ފަހތުގައެވެ.

“ޖަޝޫ! އައީ ދޯ؟ ވަަރަށް ހެޕީވެއްޖެ ތޫ މިގެއަށް އައިއްސުރެ ވަރަށް ކެއާރ ކުރާތީ. ތެންކިއު ވެރީ މަޗް.. ސޯ ކޮބާތަ ޤި…“ ޒަޖާ ސޯފާއިން ތެދުވެ ކާކުކަން ބަލައިލުމެއްނެތި ޖީޒާންގެ ގައިގައި ބައްދައިލެވުމާއިއެކު ކުއްލިއަކަށް ދުރުވެވުނީ އޭނާގެ އިސްކޮޅަށްވުރެ ދިގު މީހެއްގެ ގައިގައި ބައްދައިލެވުމުންނެވެ.

“ޖީ…ޖީޒާން؟!؟“ ޒަޖާގެ ދޮލޯހުރީ ހުޅުވޭނެ އެންމެ ބޮޑަކަށް ހުޅުވިފައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ! އަންނަން ބުނެފައި އޮންނަ މީހަކު ނޫން އެހެން މީހަކު އައުމުން ޙައިރާންނުވާނީ ކާކުހެއްޔެވެ؟

“ޖީޒާން.. ވަޓް އާރ ޔޫ ޑޫއިން ހިޔާރ؟“ ޒަޖާ ޙައިރާންވެފައިހުރި ވަރުން އެހުނީވެސް ފާޑަކަށެވެ.

“އަހަރެންގެ ކޮއްކޮއަށް ގުޅީމަ!“ ޖީޒާން ސޯފާގައި ލެނގިލަމުން ބުންޏެވެ.

“ޖަޝޫތަ ޖީޒާން ފޮނުވީ މިތަނަށް؟“ ޒަޖާ މިހެން ބުނުމާއިއެކު ޖީޒާން ބޯހޫރުވައިލިއެވެ.

“ދެން ކީތްކުރަން؟“ ޒަޖާ ދަތްކުނޑި ވިކައިލުމަށްފަހު އެއްސެވެ.

“އަހަރެންގެ ކޮއްކޮއާއި މާ ރަނގަޅު މީހަކަށްވެގެން އުޅޭ ސަބަބު އޮޅުން ފިލުވަން.“ ޖީޒާން ބުންޏެވެ.

“ވަޓް؟ ދެން ޖަޝޫ އާއި މެދު އަހަރެން ދެކެންވީ ނުބައިކޮށްތަ؟“ ޒަޖާއަށް އަހައިލެވުނެވެ.

“އެހެންނެއްވެސް ނުބުނަން. ނައު ޒަޖާ މައި ޑިއަރ.. ޓެލް މީ…“ ޖީޒާން ވާހަކަ ދައްކަންފެށި ގޮތުން ޒަޖާގެ އަނގައަށް ގޮތެއް ހަދައިލެވުނެވެ.

“ޕްލީޒް ސްޓޮޕް ޓޯކިން ލައިކް ދެޓް. އިޓް އިޒް ސޯ އިރިޓޭޓިން!!“ ޒަޖާ އެހެން ބުނަމުން ސޯފާއަށް ވެއްޓިގަތެވެ.

“ވަޓްއެވާރ! ކޮން ބޭނުމަކު އަހަރެންގެ މައިންބަފައިންނަށާއި އަހަރެންގެ ކޮއްކޮ އާއި މެދު އެހާ ރަނގަޅަށް ކަންތައްކުރަނީ؟“ ޖީޒާން ޒަޖާގެ ކައިރީގައި އިށީންނަމުން ޒަޖާއަށް މާނަފުން ބެލުމަކުން ބަލައިލުމަށްފަހު އެއްސެވެ.

“ނޯ ނީޑް ޓު ނޯވް.. ގެޓް އައުޓް އޮފް މައި ރޫމް.“ ޒަޖާ ތެދުވުމަށްފަހު ދޮރާއި ދިމާއަށް ޢިޝާރާތްކުރަމުން ބުންޏެވެ.

އެއަށްފަހު ޒަޖާ ދޮރާއި ދިމާއަށް ދާން އުޅެނިކޮށް ސިހުނީ ޖީޒާން ޒަޖާގެ އަތުގެ ހުޅުގައި ހިފެހެއްޓުމުންނެވެ. ޒަޖާ ޖީޒާން އާއި ދިމާއަށް ބަލައިލި ވަގުތަކީ ޖީޒާން ތެދުވި ވަގުތެވެ. ޒަޖާގެ އިސްކޮޅުހުރީ ޖީޒާންގެ ކޮނޑާއި ހަމައަށް ކަމުން އޭނާހުރީވެސް ކުޑަކޮށް ޖެހިލުންވެފައެވެ.

“ލެޓް ގޯ އޮފް މައި ހޭންޑް ޔޫ…“ ޒަޖާ ޖެހިލުންވެފައިހުރި ނަމަވެސް އަޑަށް ރުޅިވެރިކަން ގެންނަމުން ބުންޏެވެ.

“ނޯވް. ކުރިންވެސް ބުނެފަ އޮންނާނީ ދެން ފަހަރަކުން އަހަރެންގެ ކައިރިން ސަލާމަތެއް ނުވާނެއޭ.. ނޫންތަ؟“
ޖީޒާން ދެބުމަމައްޗަށް އަރުވަމުން ބުނެލިއެވެ.

“އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ ފުރަތަމަ ސަލާމަތްވާން ބޭނުމިއްޔާ.“ ޖީޒާން ބުނެލީ ބޮޑާ ގޮތަކަށެެވެ.

“ކޮންމެހެންވެސް މުހިންމުތަ ޖަވާބުދިނުން؟“ ޒަޖާ ޖީޒާންއަށް ލޯ އަޅައިލުމުން އެއްސެވެ.

“އާނ! ތެދަށް ޖަވާބުދޭނަންތަ؟“ ޖީޒާން އެއްސެވެ.

“ނޫން. ނުދޭނަން.“ ޒަޖާ އެހެން ބުނުމާއިއެކު އޭނާ ޖީޒާން އާއި ދިމާއަށް ދަމައިލިއެވެ. އޭނާގޮސް ތަތްވީ ޖީޒާންގެ ތަނަވަސް މޭމަތީގައެވެ. ގަތް ލަދުން އޭނާގެ މޫނު ޓޮމާޓޯއެއްހާ ރަތްވިއެވެ.

“ޖަވާބުދީ. އެހެން ނޫނީ މިއަށްވުރެ ކައިރިއަށް ގެންނަން ޖެހިދާނެ.“ ޖީޒާން ވާހަކަދެއްކި އަޑު އިވިފައި އޭނާގެ ލަދު ފިލައިގެންގޮސް ރުޅި ގަަދަވިއެވެ.

“ނޫނެކޭ ޖީޒާން! އަޅެ ކިހާ ދެރަކަމެއްތަ؟ ޖީޒާންއަށް ކިޔާ އެއްޗެއް އަޑެއް ނީވޭތަ؟ ޖީޒާންގެ މަންމަމެންނަށް ގޮވަންވީތަ؟؟“ ޒަޖާ ޖީޒާން އާއި ދުރުވެލުމަށްފަހު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ޒަޖާ..“ ޖީޒާން ވާހަަކަ ދައްކަން އުޅެފައިވެސް ހުއްޓައިލީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ.

ޖީޒާން ފޯނުނަގައި ސްކްރީންއަށް ބަލައިލިއެވެ. ޒަޖާއަށް ވެސް ސްކްރީން ފެނުނެެވެ. ސްކްރީންގައި އަރާފައި އިނީ ‘ލަވް’ މިހެންނެވެ. ވަގުުތުން އެއީ ޖީޒާންގެ ލޯބިވެރިޔާކަން ޒަޖާއަށް ދެނގަނެވުނެވެ. ޖީޒާން ޒަޖާ އާއި ދިމާއަށް ބަލައިލުމަށްފަހު ‘ދިސް އެއިންޓް އޯވާރ ޔެޓް ޒަޖާ’ އޭ ބުނެ ކޮޓަރިންނިކުމެ ދިޔައެވެ. ޒަޖާ ޖީޒާން ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ކޮޓަރިން ބޭރަށްނިކުމެ ސިޑިން ތިރިއަށް ފޭބުމަށްފަހު ޖަޝަމްގެ ކޮޓަރިއާއި ހަމައަށްގޮސް ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ޖަޝަމް ދޮރު ހުޅުވިއިރު ކުރިމަތީގައި ޒަޖާ ހުރުމުން ކުޑަކޮށް ޙައިރާންވިއެވެ.

“ތޫ މިތާ ކީތްކުރަނީ؟“ ޖަޝަމް އެއްސެވެ.

“ނަމާދުކުރާ ޤިބުލަ ބުނެދޭށޭ ބުނަން އަސްލު މިއައީ.“ ޒަޖާ ހިނިތުންވެލަމުން ބުންޏެވެ.

“އޯހ. އެހެންތަ؟ އެނދާއި ދިމާއަށް ކުރިމަތިލައިގެން ނަމާދުކުރޭ! އެއީ ޤިބުލަ.“ ޖަޝަމް ހިތްހެޔޮ ހިނިތުންވުމަކާއިއެކު ބުންޏެވެ.

“ތެންކްސް ޖަޝޫ.“ ޒަޖާ ޖަޝަމްގެ ގައިގައި ކުޑަކޮށް ބައްދައިލަމުން ބުންޏެވެ. “އެނީޓައިމް ތޫ!“ ޖަޝަމް ބުނެލިއެވެ.

ޒަޖާ މައްޗަށްގޮސް ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން ތިރިއަށް ފޭބިއެވެ. ތިރިއަށް ފޭބުމަށްފަހު ބަދިގެއާއި ޖެހިގެންހުރި ކާގެއަށްވަނެވެ. އެއިރު ސުލައިމާން އާއި ޖުމްނާ އާއި ޖަޝަމްގެ އިތުރުން ޖީޒާންވެސް ޒަޖާ ނައިސްގެން ކާން ނުފެށިގެން ތިއްބެވެ.

“ދައްތާ، ބޭބޭ. މަޢާފުކުރައްވާ ލަހުން އާދެވުނީމަ.“ ޒަޖާ އެއްވެސް މީހަކަށް ނޭނގޭނެހެން ޖީޒާންއަށް ލޯ އަޅައިލުމަށްފަހު ބުންޏެވެ.

“އެ ރަނގަޅުވާނެ ދަރިފުޅާ! ދެން އަވަހަށް ކާން އާދޭ. ޖީޒާން ކުރިމަތީގައި އެހުރި ގޮނޑީގައި އިށީނދޭ އިނގޭ ޒަޖާ.“ ޖުމްނާގެ ހިތްހެޔޮކަން ފެނިފައި އޭނާއަށް ހިތާހިތުން މާތްﷲއަށް ޙަމްދު ކުރެވުނެވެ.

“ލައްބަ ދައްތާ!“ ޒަޖާ ޖީޒާންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. އެއާއިއެކު އެންމެން ކާން ފެށިއެވެ.

“ޒަޖާ! ބޭބެމެންނަށް ތިހާ މާތްކޮށް ވާހަކަ ނުދެއްކިޔަސް އޯކޭ އިނގޭ.“ ސުލައިމާން މިހެން ބުނުމާއިއެކު ޒަޖާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

“ދަރިފުޅާ ޖީޒާން.. ޒަޖާ.. ބައްޕަމެން ކައިވެނީގެ ޑޭޓު ހަމަޖައްސައިފިން.“ ސުލައިމާން މިހެން ބުނުމާއިއެކު ޒަޖާ ކޮށިއެރިއެވެ. ޒަޖާ އަވަހަށް އެންމެ ކައިރީގައިހުރި ފެން ތަށިން ފެންފޮދެއް ބޮއިލިއެވެ.

“ކޮން ދުވަހަކަށް؟“ ޖީޒާން ދެބުމަ ކައިރިކޮށްލަމުން އެއްސެވެ.

“ހަތަރު ފަހުން ކައިވެނިކުރާ ގޮތަށް.“ ސުލައިމާން ބުންޏެވެ.

“އެކަމަކު ބައްޕާ! އެހާ އަވަހަށްތަ ކައިވެނިކުރަނީ؟“ ޖީޒާން ކޮޅަށް ތެދުވެ މޭޒުގައި ޖަހައިލަމުން އެހެން ބުނުމާއިއެކު އިސްދަށަށް ޖަހައިގެންއިން ޒަޖާއަށް ލިބުނީ ސިހުމެކެވެ.

“އާނ! ޒަޖާ! ތެދަށް މިސުވާލަށް ޖަވަާބު ދޭތި އިނގޭ.. ޒަޖާއަށް ޖީޒާންދެކެ ލޯބިވެވިއްޖެތަ؟“ ސުލައިމާން މިހެން ބުނުމާއިއެކު މޭޒު މަތީގައި ތިބި އެންމެންގެ ނަޒަރު ޒަޖާއަށް ހުއްޓުނެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޒަޖާ ޖަވާބުދޭނެ ވަގުތަކަށެވެ. ޖީޒާން ވެސްމެެއެވެ. ޒަޖާ ދެން ބުނި އެއްޗަކުން ޖީޒާންގެ ރުޅި އެއްކޮށް ފިލައިގެން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ހިތުގެ ޝަކުވާ… ނުވަވަނަ ބައި

Next

ނަފްރަތަކީ ލޯބީގެ ފެށުމެވެ.

Next
May 2, 2021

ނަފްރަތަކީ ލޯބީގެ ފެށުމެވެ.

Previews
May 2, 2021

ހިތުގެ ޝަކުވާ… ނުވަވަނަ ބައި



All Right Reserved!