Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…12

luvza Level 310 Stories100 Login
April 26, 2021 2 Mins Read
0 Comments

ނިހާލް ބޭރުގައި ހުރެ ހުރެ މައިޝާ ނުނިކުތުމުން މައިޗާ ބަލާ ދިއުމަށް ނިންމިއެވެ. އެޕާރޓްމަންޓް ދޮރު ހުޅުވައިލި އިރު މައިޝާ ސިޓިންގ ރޫމުން ފެންނަން ނެތުމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރި ދޮރާ ކައިރި ވީ ވަރަކަށް ނިހާލް އަށް މައިޝާ މީހަކާއި ވާހަކަ ދައްކަ އަޑު އިވުނެވެ. ނިހަލް އައިސް ދޮރު ކައިރީ ހުއްޓުމުން އިވުނު އަޑަކުން ނިހާލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މައިޝާ ވާހަކަ ދައްކަމުން ދިޔައީ ކޮން ބަޔަކަ ކަމާއި ދައްކަމުން ދިޔައީ ކޮން ވާހަކަ އެއް ކަމުން ނިހާލްގެ ހިތަ ފާޑަކަށް ބިރުގަންނަން ފެއްޓިއެވެ. އެހެންނަމަވެސް އެ ބިރުވެރިކަމުގެ މައްޗަށް ކުރިހޯދީ އޭނާގެ ރުޅިވެރިކަމެވެ. ހުރިހާކަމެއްވެސް ހިންދާލަމުން ނިހާލް ކޮޓަރި ދޮރު ހުޅުވައިލީ މައިޝާ ފޯނު ބޭއްވިކަން އެނގުމުންނެވެ.

ތެޅިގަންފަ މައިޝާ އަށް ފަހަތް ބަލާލެވުނީ ފަހަތުގަ ހުންނާނީ ނިހާލް ކަން އެނގުމުންނެވެ. އަވަސް އަވަހަށް ނިހާލް އެއްޗެކޭ ބުނުމުގެ ކުރިން ވާހަކަ ދައަކަން ފެއްޓިއެވެ. ނަމަވެސް ހިތުގައި ބިރުވެރިކަން އޮތީ އިންތިހާ އަށެވެ. ނިހާލް އަށް އެފޯނުކޯލުގައި ދެކެވުނު ވާހަކަތައް އަޑު އިވުނުކަމާއިމެދެ ހިތުގައި ޝައްކު އުފެދުނެވެ.

“ހެއި ލަސްވީ… ދޯ… ސޮ…ސޮރީ ނިކުންނަން އުޅެނިކޮށް ރަ… ރައްޓެއްސަކު ގުޅީ އެހެންވެ ވަ…. ވާހަކައިގަ ހުރެވުނީ” މައިޝާގެ ހިތުގެ ތެޅުން އަވަސްވުމުން އޭނާގެ އަޑުވެސް އައީ ކުރެހިގެންނެވެ. ވާނީވެސް އެހެންތާއެވެ. ނިހާލް މާހިލް އަށް ކަނތައް ކުރި ގޮތުން ނިހާލް ދެކެ މިހާރު މައިޝާ ޖެހިލުންވެއެވެ.

“ހެހެހެ… އެވަރު ކަމެއް ނޫނޭ… މައި ލަސްވެގެން އައި އިރު އަދި ރެޑީ ނުވަނީ ކަމަށް ހީކުރީ… ހުމްމްމްމް… ދެން ހިނގާ ދާން ދޯ…!” ނިހާލް މައިޝާގެ ކައިރިއަށް އައިސް މައިޝާގެ އަތުގައި ހިފާލަމުން ބުނަޏެވެ.

“ހިނގާ އަވަހަށް.. ފިހާރަތައް ބަންދުކުރުމުގެ ކުރިން ކިރިޔާދެވޭވަރު ވާނީ… މިއަދު ދެން ނިހާ އޮފްނަގައިގެން ތިއައީ އެހެން ވީމަ.. މިއަދު ޖެހޭނެ ބޭނުންވާ އެއްޗިސް ގަންނަން… ސޯ…” މައިޝާ އެއްނޭވައިން ފަތިވަރު ދަމާލުމުން ނިހާލް ހުރީ ފާޑާކަށް ހިނި އައިސްސައެވެ.

އިތުރު ވަގުތެއް ބޭކާރު ނުކޮށް އެ ދެމީހުންވެސް ގެއިން ނިކުމެގެން ހިނގައިގަތީ ފިހާރަ ޔަކަށެވެ. މައިޝާ ފަހަރަކު ފިހާރައަކުން ހެދުން ކޮޅެއް ހެޔޮވަރުކޮށްލާ ބޭނުންވާ ތަކެތި ބަލަމުން ދިޔައިރުވެސް މޫނުމަތީގައިވި ހިނިތުންވުމުގެ ފަހަތުން މައިޝާ ވިސްނަމުން ދިޔައީ މާހިލް ހޯދޭނެ ގޮތަކާއިމެދުއެވެ.

ދެން އެއާ ޖެހިގެންހުރީ ނިހާލް އެވެ. މާހިލް އާއި އޭނާގެ ހަގީގަތް ފަޅާއެރުމުން އެކަމުން ރެކިގަންނާނެ ގޮތަކާމެދު ވިސްނަމުން ދިޔައީ މައިޝާ ފުލުހުންނާއިވެސް އެވާހަކަ ދައްކާފަ އޮތުމުންނެވެ.

“ހެއި ލަސްވީ… ދޯ… ސޮރީ ނިކުންނަން އުޅެނިކޮށް ރައްޓެއްސަކު ގުޅީ… އެހެންވެ ވާހަކައިގަ ހުރެވުނީ… އޭނަ ބުނީ މިހިރީ ވިލިނގިލީގަޔޯ… އަންނަންވީ ނުންހޯ އަހަރުމެން ދެމީހުން… ހިނގާބަ ޝޮޕިން ނިންމާލާފަ ޖައްސާލަން…” ނިހާލް ހިޔާލް ތެރޭން ހަނދާންވި މައިޝާ އޭނާއަށް އޮޅުވާލުމަށް ދެއްކި ވަހަކަ އެވެ. މި ވާހަކަ ތަކުންވެސް ނިހާލް އޭނާގެ ސިކުނޑި ތެރޭ ކުޑަ ޕްލޭނެއް ރާވާލިއެވެ.

ނިހާލް އާއި މައިޝާ ޝޮޕިންކޮށް ނިންމާލާ، އެއްޗިސް ގެއަށް ލުމަށްފަހު މިސްރާބު ޖެހީ ވިލިނގިލި ފެރީ ޓަރމިނަލް އާ ދިމާލަށެވެ. ދެމީހުންނަށް ދެ ޓިކެޓު ނެގުމަށްފަހު މައިޝާ ފޯނެއްގައި ހުރުމުން ނިހާލް މައިޝާ ކައިރިއަށް ދާން ހިނގައިގަތީ މައިޝާ ވާހަކަ ދައްކަނީ ކޮން ބަޔަކަތޯ ބެލުމަށެވެ.

ފޯނު ކަނޑާލުމަށްފަހު ފަހަތަށް އެބުރިލި މައިޝާ އަށް ހުއްޓުން އެރީ ކައިރިއަށް އަންނަމުން ދިޔަ ނިހަލް ފެނުމުންނެވެ. މައިޝާ ހިތަށް ނަސީބެކޭ ހިތަށް އެރީ ނިހާލް އަށް އެފޯނުކޯލުން އެއްވެސް އެއްޗެއް އަޑުނީވުމުންނެވެ. މައިޝާ އޭނާގެ ރައްޓެއްސަކަށް ގުޅާފަ އެގެއަށް އޭނާ ދާވާހަކަ ބުނީ އެގޭނީހުންނަށް ސަޕްރައިޒެއް ނުދިނުމަށެވެ.

ނިހާލް އައުމުން މައިޝާ ނިހާލް އާއިއެކު ދާން ހިނަގައިގަތީ އެތަނަށް ފެރީއެށް އަހުމުންނެވެ. ނިހާލްވެސް އައިސް މައިޝާގެ އުނަގަނޑުގައި އަތްއަޅުވައިގެން ހިނގައިގަތީ މައިޝާ އޭނައަށް ޝައްކު ކުރުމަށް އިތުރުފުރުސަތެއް ނުދިނުމަށެވެ.

ފެރީން ފޭބި މީހުން ހުސްވުމުން މައިޝާ އާއި ނިހާލް ހިނގައިގަތީ ފެރިއަށް އެރުމަށެވެ. މައިޝާ ފެރީއަށް އަރާ ހަމަޖެހިލީ ކުރިއަށް އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލުއެވެ….

އުންމީދު ކުރަން ކަމުދާނެ ކަމަށް

އެންޑް މިބައި ލަސްވުމުން މައާފަށް އެދެން…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ބްލެކް އެންޑް ވައިޓް

Next

އެހެނަސް ޔާރާއޭ – ޓްރެއިލާ

Next
April 26, 2021

އެހެނަސް ޔާރާއޭ – ޓްރެއިލާ

Previews
April 26, 2021

ބްލެކް އެންޑް ވައިޓް



All Right Reserved!