Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ފަސްވަނަ ބައި)

Flame Gurl Level 210 Stories
May 9, 2021 4 Mins Read
0 Comments

“އެކަމަކު ބައްޕާ! އެހާ އަވަހަށްތަ ކައިވެނިކުރަނީ؟“ ޖީޒާން ކޮޅަށް ތެދުވެ މޭޒުގައި ޖަހައިލަމުން އެހެން ބުނުމާއިއެކު އިސްދަށަށް ޖަހައިގެންއިން ޒަޖާއަށް ލިބުނީ ސިހުމެކެވެ.

“އާނ! ޒަޖާ! ތެދަށް މިސުވާލަށް ޖަވާބު ދޭތި އިނގޭ.. ޒަޖާއަށް ޖީޒާންދެކެ ލޯބިވެވިއްޖެތަ؟“ ސުލައިމާން މިހެން ބުނުމާއިއެކު މޭޒު މަތީގައި ތިބި އެންމެންގެ ނަޒަރު ޒަޖާއަށް ހުއްޓުނެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޒަޖާ ޖަވާބުދޭނެ ވަގުތަކަށެވެ. ޖީޒާން ވެސްމެެއެވެ. ޒަޖާ ދެން ބުނި އެއްޗަކުން ޖީޒާންގެ ރުޅި އެއްކޮށް ފިލައިގެން ދިޔައެވެ.

“ބޭބޭ! އަޅުގަނޑު ޖީޒާންދެކެ ލޯތްބެއް ނުވޭ. އެކަމަކު ބޭބެމެންނާއި މަންމަމެންގެ އެދުމުގެ މަތިން އަޅުގަނޑު މި ކައިވެންޏަށް އެއްބަސްވީީ. އެއީ ޖީޒާންދެކެ ލޯބިވާތީއެއް ނޫން ބޭބޭ. އައި ހޭޓް ޖީޒާން! މި ދުނިޔޭގައި އޅުގަނޑު އެންމެ ފަހުން އިންނާނެ މީހަކީ ޖީޒާން. އަޅުގަނޑަށް މަޢާފުކުރަށްވާ!“ ޒަޖާ ކޮޅަށް ތެދުވުމަށްފަހު އެއްވެސް ޖެހިލުމެއްނެތި ކެރުންތެރިކަމާއިއެކު ބާރަށް މިހެން ބުނުމަށްފަހު ވަރަށް ބާރަށް އެތަނުން ނިކުމެގެން ދިޔައެވެ.

ޒަޖާގެ މިޢަމަލުން އެންމެ ޙައިރާންވީ ޖީޒާންއެވެ. އެންމެ ފަހަރަކުވެސް ޒަޖާއަށްވުރެ ބޮޑު މީހަކާއި ދިމާއަށް ބާރަށް އެއްޗެކޭ ނުބުނާ ޒަޖާ މިއަދު އެހެން ހެދުމުންނެވެ. ސުލައިމާން އާއި ޖުމްނާވެސް ޒަޖާ އެދިޔަ ދިމާއަށް ބަލަންހުރިއިރު އެދެމީހުންގެ މޫނު މަތިންވެސް ފެންނަނީ ޙައިރާންކަމެވެ. ޖަޝަމްގެ މޫނުމަތިން ވެސްމެއެވެ. ޒަޖާ ދުވެފައި ސިޑިން މައްޗަށްއަރައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއިރު އޭނާގެ ދެލޮލުން ކަރުނަތަށް އޮހެގެންފިއެވެ. ދުވަހަކުވެސް ބާރަށް ބޮޑު މީހަކާއި ދިމާއަށް އަމިއްލަ އިޚްތިޔާރާއި ބޭރުން އެއްޗެކޭ ބުނެވުމުން އޭނާހުރީ ދެރަވެ ލަދުގަނެފައެވެ. ދެން އޭނާއަށް އެމީހުންނާއި ކުރިމަތިލާން ކެރޭނެކަމެއްވެސް ނޭނގެއެވެ. އޭނާ ބޮލުގައި އަތް އަޅަމުން ގޮސް އެނދުގައި އިށީނެވެ. އިރުކޮޅަކު އެހެން އިނދެފައި ގޮސް އަލަމާރީގައިހުރި ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ހަމަ އެއާއިއެކު އޭނާ ހަނދާންވީ ޒިޔާދަށް އަދި މިއަދު ނުގުޅޭކަމެވެ. ޒަޖާ ފޯނު ހޯދަން ކޮޓަރީގެ ހުރިހާ ތަނެއް ބެލިއިރުވެސް ފޯނު ފެންނަކަމަކަށް ނުވިއެވެ. ޒަޖާ ދެން ކޮޓަރިން ނިކުނެ ސިޑިން ފައިބައި ކާގެއަށް ދާން އުޅުނު ތަނާ ހުއްޓެވުނީ ޖުމްނާ ގޮވައިލި އަޑަށެވެ. ޒަޖާ ސިހިފައި ފަހަތަށް އެނބުރުނުއިރު ކުރިމަތީގައި ޖުމްނާ ހުރިތަން ފެނުމުން ޒަޖާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ޖުމްނާހުރީ ރުޅިއައިސްފައިކަމަށް ހީކުރެވުމުންނެވެ. ނަމަވެސް ކަންވީ ޒަޖާ ހީކުރިގޮތާއި މުޅިން އިދިކޮޅަށެވެ. ޖުމްނާ ހިނިތުންވެލުމަށްފަހު ‘ދަރިފުޅާ އާދޭ’ އޭ ބުނުމަށްފަހު ޒަޖާގެ ދެކޮނޑުގައި ހިފައިގެންގޮސް ސޯފާގައި ބޭންދިއެވެ. ޒަޖާ ޖުމްނާއަށް ބަލައިލުމާއިއެކު ޒަޖާއަށް ރޮވުނެވެ.

“ދައްތާ! އަޅުގަނޑަށް މަޢާފުކުރޭ. އަޅުގަނޑު އެހެން ބުނީ ގަސްތަކު ނޫން. އަޅުގަނޑު އެގަޑީގައިހުރީ ވަރަށް ބޮޑަށް ސްޓްރެސްވެފަ. ދައްތާ އަޅުގަނޑު….“ ޒަޖާ ދައްކަ ދައްކަ ހުރި ވާހަކަ ހުއްޓައިލީ ޖުމްނާ ޒަޖާގެ ގައިގައި ބައްދައިލުމުންނެވެ.

“ޒަޖާ… ދެން އޯކޭ. ދެން އޯކޭ. އެއީ އެވަރުގެ ކަމެއް ނޫން. އަވަހަށް ހުއްޓައިލާ. ދެން ނުރޯތި. ދަރިފުޅު ގަސްދުގައިކުރިކަމެއް ނޫނެއްނު ދޯ އެއީ؟ ދެން އަވަހަށް ހުއްޓައިލާ!“ ޖުމްނާ ޒަޖާގެ ބޮލުގައި ފިރުމަމުން ކުޑަ ކުއްޖަކު މަސްލަހަތުކުރާ ގޮތަށް ބުންޏެވެ.

ޖުމްނާ ކަންތައްކުރަން ފެށިގޮތުން ޒަޖާއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. އަމިއްލަ މަންމަ ކަންތައް ކުރަން ޖެހޭ ގޮތަށް ޖުމްނާ ކަންތައްކުރުމުން ޒަޖާ އަދި އިތުރަށް ހިތްދަތިވިއެވެ. ނަމަވެސް ގަދަކަމުން ހުއްޓައިލުމަށްފަހު ޖުމްނާ އާއި ދުރުވެލިއެވެ. ޒަޖާ އެކަމަށް މަޢާފަށްއެދުނެވެ.

“އެ އޯކޭވާނެ ދަރިފުޅާ. އެކަމަކު ދައްތަ ސުވާލެއްކޮށްލަންތަ؟ ތެދަށް ޖަވާބު ދޭތި އިނގޭ.“ ޖުމްނާ އަހައިލުމާއިއެކު ޒަޖާ ބޯ ޖަހައިލިއެވެ.

“ދަރިފުޅުގެ މަންމަ މަޖުބޫރުންތަ ނޫނީ ނުރުހުމުގައިތަ މިކައިވެނި ދަރިފުޅު ލައްވަ ކުރުއްވަނީ؟“ ޖުމްނާކުރި ސުވާލާއިއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

“ނޫން ނޫން ދައްތާ. އެކަހަލަ ކަމެއް ނޫން.“ ޒަޖާ އަވަސް އަވަހަށް ބުންޏެވެ. ޒާހިޔާ ވަނީ ޒަޖާއަށް އެއްވެސް މީހަކު ކައިރީ ޒަޖާއަށް ކައިވެނިކުރެއްވުމަށް މަޖުބޫރުކުރުވި ވާހަކަ ނުބުނުމަށް ބުނެ ބިރުދައްކައިފައެވެ.

“އޯހް. ދައްތަ ހަމަ އަހައިލީ އިނގޭ. ދެން އެންމެ ރަނގަޅު ދަރިފުޅު ދިޔަސް.“ ޖުމްނާ އެހެން ބުނުމާއިއެކު ފުން ނޭވާއެއްލުމަށްފަހު ޒަޖާ ތެދުވެ ކާގެ އާއި ދިމާއަށް ހިނގައިގަތެވެ.

ޒަޖާއަށް ނޭނގުނު ކަމަކީ އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ތިންވަނަ މީހަކަށް އަޑު އިވުނުކަމެވެ. ޒަޖާ ކާގެއަށްވަދެ މުޅި މޭޒު މަތި ބެލިއިރުވެސް އޭނާގެ ފޯނު ފެންނަގޮތެއް ނުވިއެވެ. ޒަޖާ ކާގޭގެ ހުރިހާ ތަނެއް ބަލައި ފޯނު ނުފެނުމުން މާޔޫސްވެފައި ކާގެއިންނިކުމެ މައްޗަށް އެރިއެވެ. މައްޗަށް އެރުމާއިއެކު ފެނުނީ ޒަޖާގެ ކޮޓަރި ދޮރު ހަރުކޮށްފައިހުރި ފާރު ކައިރީގައި ޖީޒާން ހުއްޓައެވެ. އޭނާހުރީ ފާރުގައި ލެނގިލައިގެން އެއްއަތް ޖީބަށްލައި އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައި ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. މިހާރު އޭނާހުރި ގޮތުން ވަރަށް ސްމާޓްކަމަށް ދައްކައެވެ. ޒަޖާ ހަމަ މައްޗަށް އެރިތަން ފެނުމާއިއެކު ޖީޒާން ޒަޖާއަށް އެއްމިޔަނަކުން ހިނިތުންވެލިއެވެ.

“ބައި ލަވް… ސީ ޔޫ.“ ޖީޒާން މިހެން ބުނެ ފޯނު ކަނޑައިލުމަށްފަހު ޖީބަށްލިއެވެ.

“ޒަޖާ… ކޭން ވީ ޓޯކް؟“ ޖީޒާން މިހެން ބުނެ ޒަޖާ ވާހަކަދެއްކުމަށް ފުރުސަތެެއް ނުދީ ޒަޖާގެ އަތުގައި ހިފައިގެންގޮސް ޒަޖާގެ ކޮޓަރި އާއި ޖީޒާންގެ ކޮޓަރީގެ ދެމެދުގައިހުރި ސޯފާ ކައިރިއަށްގޮސް ސޯފާގައި ބޭންދިއެވެ.

“އަހަރެން ނުބުނަން އާއެކޭ.“ ޒަޖާ ހަރަމް ބަންނަމުން އެހެން ބުނެ ތުން ދަމައިލިއެވެ.

“ތިބުނީއެއްނު؟“ ޖީޒާން އެހެން ބުނެ ހިނިގަނޑެއް ޖަހައިލުމަށްފަހު ޒަޖާ ކައިރީގައި އިށީނެވެ.

“ވާރ ޔޫ ލުކިން ފޯރ ދިސް؟“ ޖީޒާން އޭނާ ލައިގެންހުރި ޖީންސްގެ ޖީބުން ޒަޖާގެ ފޯނުނަގައި ދައްކައިލަމުން އެއްސެވެ.

“ޔެސް! ދީބަލަ!“ ޒަޖާ ދެލޯ ބޮޑުކޮށްލަމުން މިހެން ބުނުމަށްފަހު ޖީޒާންގެ އަތުން ފޯނު އަތުލުމަށް އޭނާގެ އަތް އެދިމާއަށް ގެންދިޔައެވެ.

“ވެއިޓް… މިފޯނު ޒަޖާއަށް ދޭނީ އަހަރެންގެ މަންމަމެންގެ ކުރިމަތީ ތި ޑްރާމާ ހުއްޓައިލި ދުވަހަކުން.“ ޖީޒާން ކޮޅަށް ތެދުވުމަށްފަހު ބުންޏެވެ.

“ކޮން ޑްރާމާއެއް؟ ލުކް ޖީޒާން.. އަހަރެންނަކީ މީހުން ކުރިމަތީ މާ ރަނގަޅުކަމަށް ހެދިގެން ޑްރާމާ ކުޅޭ ކުއްޖެއް ނޫން. ނައު ގިވް މީ މައި ފޯން!!!“ ޒަޖާވެސް ކޮޅަށް ތެދުވުމަށްފަހު ޖީޒާންގެ އަތުން ފޯނު އަތުލުމަށް އުޅެގަތެވެ.

ނަމަވެސް ޖީޒާން ޒަޖާގެ އަތް ނުފޯރާނެހާ ހިސާބަށް އަތް މައްޗަށް ނަގައިގެން ފޮނު ޒަޖާއަށް ނުދޭން ގަދަ ހަދަމުން ދިޔައެވެ. މިދެމީހުން އުޅޭގޮތުން ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ދޫނުކުރާނެކަން ޔަޤީނެވެ. ޒަޖާ ފޯނު އަތުލަން އުޅުމުގެ ތެރޭގައި ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔައެވެ. ވެއްޓެން އުޅުމުގެ ތެރޭގައި އޭނާއަށް ޖީޒާންގެ ޓީޝާރޓުގައި ހިފައި ދަމައިގަނެވުނެވެ. ޖީޒާންވެސް ބެލެންސްނުވެގެން ވެއްޓުނީ ސޯފާއަށް ވެެއްޓުނު ޒަޖާގެ ގައި މައްޗަށެވެ. ޒަޖާ ‘އައު’ އޭ ބުނެލި ވަގުތު ޖީޒާން ޒަޖާއަށް ބަލައިލެވުނެވެ. އެއާއިއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ހަމަ އެވަގުތު ޒަޖާ ޖީޒާންގެ އަތުގައި އޮތް ފޯނު ޖަހައިގަނެ ޖީޒާން ފޮރޮޅުވައިލައި ސޯފާއިން ތެދުވެ ‘ޔެސް!’ އޭ ކުޑަކޮށް ފުންމައިލަމުން ބުންޏެވެ. ޖީޒާން ކަޑަވެގެން ތެދުވެ ބޯ ކަހައިލިއެވެ. ޒަޖާ ދާން އުޅުމާއިއެކު ޖީޒާން ޒަޖާގެ އަތުގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ.

“ވަޓް ނައު؟“ ޒަޖާ ފޫހި ގޮތަކަށް ޖީޒާންއަށް ބަލައިލުމަށްފަހު އެއްސެވެ.

“ޒަ…“ “ދޮންބޭ! ދޮންބޭ..!“ ޖީޒާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޖަޝަމް ގޮވަން ފެށިއެވެ.

“މިދަނީ ޖަޝޫ!“ ޖީޒާން މިހެން ބުނުމާއިއެކު ޖަޝަމް ގޮވުން ހުއްޓައިލިއެވެ.

“ނޮޓް އެެގެއިން.“ ޖީޒާން މަޑުމަޑުން މިހެންބުނެ ޒަޖާގެ މުލައްދަނޑިން އަތް ނައްޓުވައިލުމާއިއެކު ޒަޖާ ހީލަމުން ދޫ ނެރެލިއެވެ. އެހެން ހެދުމުން ޒަޖާގެ މައުސޫމުކަން ފާޅުވެގެން ދިޔައެވެ.

“އާރްގް… މިފަހަރު ޒަޖާ ލަކީވިއަސް ދެން ފަހަރަކުން ލަކީއެއް ނުވާނެ.“ ޖީޒާން ޒަޖާއާއި ދިމާއަށް އިނގިލި ދިގުކޮށްލަމުން ރުޅިވެރިކަމާއިއެކު މިހެން ބުނުމަށްފަހު ސިޑިން ފައިބައިގެން ދިޔައެވެ.

ޒަޖާ ދެކޮނޑު އަރުވައިލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުޖަހައި ޒިޔާދުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ޖީޒާން ތިރިއަށް ފައިބައިގެންގޮސް ސިޓިންރޫމްގައި ދެކޮޅުން ދެކޮޅަށް ހިނގައިލަ ހިނގައިލަހުރި ޖަޝަމް ކައިރީގައި ހުއްޓުނެވެ.

“ކޮބާ ޖަޝޫގެ ފޯނު؟“ ޖަޝަމް ތުން ދަމައިލަމުން އެހެން ބުނުމާއިއެކު ޖީޒާންއަށް ކުޑަކޮށް ހެވުނެވެ.

“މިއޮތީ. ޖަޝޫ ފޯނު ބަދިގޭގަ ބާއްވާފަ ދިޔައިމަ ދޮންބެ ހިތަށްއެރީ ޖަޝޫ އާއި ދިމާވާ އިރަކުން ދޭނީއޭ.“ ޖީޒާން މިހެން ބުނެ ސޯފާއަށް ވެއްޓިގަންނަމުން ޓީ.ވީ އަޅުވައިލިއެވެ.

“އޯ މައި ގޯޑް! ޖުވެންޓަސް ވާސަސް ބާރސިލޯނާ ފުޓްބޯލް މެޗް!! އައިމް ސަޕޯރޓިން ބާރސިލޯނާ. ޔަޤީން ޖަޝޫ ސަޕޯރޓްކުރާނީ އެގުއި ޖުވެންޓަސްއަށް ކަން.“ ޖީޒާން ބުންޏެވެ.

“ހެކް ޔެއަހް… ޖުވެންޓަސް އިޒް މައި ފޭވް.. އެންޑް ރޮނާލްޑޯ.. އާހ.. ހީ އިޒް ސޯ ސޯ ސޯ ހޭންޑްސަމް. އައި ވިޝް އައ ކުޑް ބީ ހިޒް ގާރލް ފްރެންޑް.“ ޖަޝަމް ހުވަފެނީ ގޮތަކަށް ބުންޏެވެ.

“ޕިސް ޕިސް.. އަދިވެސް؟ ހީ ހޭޒް އަ ވައިފް. އޭނަ އުޅެނީ މެރީކޮށްގެނޭ. އޭނާގެ ދަރިއެއްވެސް ހުރެޔޭ.“ ޖީޒާން މަލާމާތްކޮށްލިއެވެ.

“އައި ނޯވް ރައިޓް؟ އައި ހޭޓް ހާރ..“ ޖަޝަމް އެހެން ބުނެލިގޮތުން ޖީޒާންއަށް ހެވުނެވެ.

“އަޅޭ! އެއޮތް ޖުވެންޓަސްއިން ގޯލް ޖެހީ.. ޔޭސް!!! ދެންވެސް ބުނޭ ގުއި ޖުވެންޓަސްއޭ.“ ޖަޝަމް ކުޑަކޮށް ފުންމައިލަމުން ބުންޏެވެ.

“ދެން އެ އެންމެ ގޯލްއެއް ދޯ އަދި ޖެހީ. ކުރިއަށް އޮތް ތާނގަ ބާރސިލޯނާ ގޯލް ޖަހާނީ.“ ޖީޒާން ޖަޝަމްއަށް ލޯ އަޅައިލަމުން ބުންޏެވެ.

“ވީލް ސީ..“ ޖަޝަމް ފަޚުރުވެރިވެފައި ބުނެލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 14

Next

ހިތް ބޭނުމޭ ދުލުން 1

Next
May 9, 2021

ހިތް ބޭނުމޭ ދުލުން 1

Previews
May 9, 2021

ނަފްރަތުން ވެވުނު ލޯބި 14



All Right Reserved!