
ތިޔަ ލޯތްބަށް އެދެމޭ – 22
” އިލްޔާ.. ނޫން އިލްޔާއަށް އެހެން ނަހަދާ !!!… ” ނަބާ އަށް ނުހުރެވިގެން އިލްޔާ ކުރިމައްޗަށް އެރިއެވެ. އިލްޔާ ހައިރާންވެފައި އިސްއުފުލާ ބަލާލީ ދަންނަ އަޑެއް އިވުމުންނެވެ.” އޭއި ކަލޭ މަޑުން ހުރެބަލަ… ” ހައިމަން ނަބާ ދުރަށް ކޮށްޕާލާފައި ލަކުޑިގަނޑު މަޅާލިއެވެ. އޭގެކުރިން ނަބާ ދުވެފައި ގޮސް އިލްޔާގެ ކުރިމަތީގައި ހުއްޓުނެވެ. ހައިމަން ނުލާހިކު ބާރަށް ޖެހުމުން ނަބާގެ އަތް ބިންދައިގެން ދިޔައެވެ.” ހެޔޮނުވާނެ ތިހެން ހަދާކަށް… ” ނަބާ މާސްކް ނެގިއެވެ. އޭރު ނަބާ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.” މަ ހުއްޓަކާ އޭނައަށް ކަމެއް ނުވާނެ.. ” ނަބާ ރޮމުން ބުންޏެވެ.” އޭނަ ވެސް ހަމަ އިލްޔާ އައްސައިފަ ހުރި ގޮތަށް އައްސާ.. ” ލީޝާ ޗޮކެއް ކަނޑާލާފައި އަމުރު ކޮށްލިއެވެ. ހައިމަން އަވަސް އަވަހަށް ނަބާ ބަނދެލިއެވެ. މިފަހަރު ހައިމަން ޖެހީ ސީދާ އިލްޔާގެ ބަނޑުގައެވެ. އިލްޔާ މިފަހަރު ވެސް ހަޅޭއްލަވައި ގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަނގައިން ވެސް ލޭތައް އޮހިގަތެެވެ. މީ އެންމެ ފަހު ވަގުތު ބާއޭ އިލްޔާ ހިތަށް އެރިއެވެ.
**22 ވަނަ ޕާޓު**
” އޭއި އެ އިވެނީ އިލޫގެ ހަޅޭކުގެ އަޑު.. މަށަށް ހަމަ ޔަގީން.. ” މީހެއް ހަޅޭއްލަވައި ގަތް އަޑު އިވުމުން މަޔާން ތެދުވެފައި އަޑު އިވުނު ދިމާއަށް ދުއްވައިގަތެވެ. އޭރު ވެސް އިރު ކޯކޮޅުން އިލްޔާ ހަޅޭއްލަވާ އަޑު އިވެއެވެ. ރާއިލް މެން ވެސް މަޔާން ފަހަތުން ދިޔައެވެ. އެމީހުންނަށް ހުއްޓެވުނީ ފަޅު ގެއެކެވެ. އިލްޔާގެ އަޑު އިވެނީ އެގެއިން ކަމާއި މެދު މަޔާން ހިތުގައި ޝައްކެއްނެތެވެ.” އިލޫ!! ” މަޔާން ދޮރު ހަލާކު ކޮށްލައިގެން ގޭތެރެއަށް ވަދުނެވެ. ހެވިފައި ހުރި ލީޝާ ވަގުތުން ދެލޯ ބޮޑު ކޮށްލާފައި މަޔާން އާއި ދިމަ ބަލާލިއެވެ. ހައިމަން ބާރު ހިނިގަނޑެއް ޖަހާލިއެވެ. އިލްޔާ ކައިރީގައި އިތުރު އަންހެން ކުއްޖަކު ވެސް އިނެވެ.” އިލޫ.. ” މަޔާން ކަރުނަވީ ލޮލަކާއި އެކު އިލްޔާ ކައިރިއަށް ދާން ހިނގައިގަތެވެ. ” ކަލޭ ދުރުގަ ހުރެބަލަ.. ” ހައިމަން މަޔާން ކޮއްޕާލިއެވެ.” ކަލޭ ތީ ކާކުތަ މަށަށް އަމުރު ކުރަން.. ” މަޔާން އައި ރުޅީގައި ހައިމަން ގައިގައި ޖެހިއެވެ.
” ޔާ… ޔާން.. ” އިލްޔާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ.” މީނި ލީޝާ.. ކަލޭ ކުރާ ކަންތައް ދޯ މީ.. ” މަޔާން އަށް ލީޝާ ފެނުމުން ހަޅޭއްލަވައި ގަތެވެ.” އާނ މަ ކުރަނީ މި ހުރިހާ ކަމެއް.. ” ލީޝާ އަވަސް އަވަހަށް ތެދުވީ އެތަނުން ފިލުމުގެ ބޭނުމުގައެވެ. ރާއިލް ދޮރު ކުރިމަތީގައި ބޮޑު ގާބުރިއެއް ހިފައިގެން ހުއްޓެވެ. ހިޝާ އެތާ އޮތް ވަޅި ނަގައި އެމީހުންނާ ދިމާއަށް ދަރާލިއެވެ. ލުޔާ ގޮސް އެތާ އޮތް ލަކުޑިގަނޑު ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ.” މިވަގުތު ދިއުން އެންމެ ރަނގަޅު ވާނީ.. އަވަސް.. ” ލީޝާ ހައިމަން ކައިރީގައި ބުންޏެވެ. ހައިމަން އަވަސް އަވަހަށް އެތަނުން ލީޝާ ގޮވައިގެން ނިކުމެފައި ގަސްތަކު ތެރެއަށް ވަނެވެ.
” އިލޫ.. ދެން މިހުރީ ކޮން ކުއްޖެއްތަ.. ” މަޔާން އަހާލިއެވެ.” ނޭނގެ… ” އިލްޔާ އެހެން ބުނެފައި ކެއްސަން ފެށިއެވެ. ކެއްސި ވަރަކަށް ލޭވެސް އައެވެ. މަޔާން އިލްޔާ އައްސާފައި އޮތް ވާތައް ކަނޑާލިއެވެ. އެވަގުތު އިލްޔާ ދިޔައީ ވެއްޓެންށެވެ. މަޔާން ހުޝިޔާރު ކަމާއި އެކު އިލްޔާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އޭރު އިލްޔާ ލައިގެން އޮތް ހެދުން އޮތީ އެކަށްހެން ލެއިން ފޯވެފައެވެ. ރާއިލް ވެސް އެތާ ހުރި އަނެއް އަންހެން ކުއްޖާ ސަލާމަތް ކޮށްގެން އަވަހަށް އެ ގެއިން ނިކުތެވެ.” މީހުން މަދު މަގުތަކުން ދާން ޖެހޭނީ.. އެހެންނޫނީ ވަރަށް ސުވާލު ކުރާނެ.. ދާ ގޮތަށް ހޮސްޕިޓަލަށް.. ” ހިޝާ ނަބާ އަތުލަފިކޮށްގެން ބުންޏެވެ. ނަސީބު ރަނގަޅުކަމުން ނަބާއަށް މާ ބޮޑު ކަމެއް ވެފައެއް ނެތެވެ.
ހޮސްޕިޓަލަށް ގެންދެވުމާއި އެކު އިލްޔާ އެމަޖެންސީ ރޫމަށް ވެއްދިއެވެ. އެންމެން ހާސް ވެފައި ވާ ވަރުން ނަބާގެ ނަން ވެސް އަހާލަން ހަނދާނެއް ނެތެވެ. ކުޑަމިނުން އިލްޔާގެ މައިންބަފައިންނަށް އަންގަން ވެސް ހަނދާން ނެތުނެވެ.” އަޅޭ ހާދަ ގިނައިރެކޭ… ” މަޔާން ދެކޮޅަށް ދެކޮޅަށް ހިނގަމުން ބުންޏެވެ. ރާއިލް ބޯ ހޫރުވާލީ އެއީ މަޔާން ހާސްވާއިރަށް އުޅޭ ގޮތްކަން އެނގޭތީއެވެ.” ތިހާ ހާސްނުވެބަލަ.. އިރާދަކުރެއްވިޔާ ބޮޑު ކަމެއް ނުވާނެ… ” މަޔާން ގެނެސް ބައިންދަމުން ރާއިލް ބުންޏެވެ.” ކަމެއް ވެއްޖެއްޔާ މަ ކިހިނެއްތަ ހަދާނީ… ” މަޔާން ބޮލުގައި އަތް އަޅާލިއެވެ.” ކަމެއް ނުވާނެ އޭ އިރާދަ ކުރެއްވިޔާ.. ޔާން މާ ހާސްވަނީ ތި… ” ހިޝާ ރާއިލް ކައިރީގައި އިށީނެވެ. ލުޔާ ވެސް ހުރީ ހަމަ މަޔާން ހުރި ހާލެއްގައެވެ.
ފަނަރަ ވަރަކަށް މިނިޓް ފަހުން އެމަޖެންސީ ރޫމްއިން ޑޮކްޓަރ ނިކުތެވެ.” އިލްޔާގެ ހާލު ރަނގަޅު.. އެކަމް ދެތިން ހަފްތާ ވަންދެން އެބަ ޖެހޭ އެޑްމިޓް ކުރަން… ” ޑޮކްޓަރ ހިނިތުންވެލަމުން ބުންޏެވެ.” الحمد لله….. ކޮން އިރަކުން ވޯޑަށް ބަދަލު ކުރަނީ.. ” މަޔާން އުންމީދާއި އެކު އަހާލިއެވެ.” ކުޑަ އިރުކޮޅަކުން… އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެ.. ” ޑޮކްޓަރ އެހެން ބުނެފައި އަލުން އެމަޖެންސީ ރޫމަށް ވަނެވެ.” ކޮބާ… މަ ބުނީމޭ އިރާދަކުރެއްވިޔާ ކަމެއް ނުވާނެއޭ… ” ރާއިލް ހިނިތުންވެލިއެވެ. ނަބާ އެމީހުންނާ ތަންކޮޅެއް ދުރުގައި އިސްޖަހާލައިގެން އިނެވެ.” އެނި އެއްކަލަ ކުއްޖަ ” ހިޝާ ނަބާ ދައްކާލިއެވެ.” ހައި.. ކޮން ކުއްޖެއްތަ ތީ.. ” ލުޔާ ނަބާ ކައިރިއަށް ގޮސް އިށީނެވެ.” އަޅުގަނޑަށް ކިޔަނީ ނަބާ.. ” ނަބާ އެއިން ގޮތަށް އިނދެ ޖަވާބުދިނެވެ.” އެހެންތަ.. ނަސީބަކުން ނަބާއަށް ބޮޑު ކަމެއް ނުވޭ ދޯ.. ” ލުޔާ ހިނިތުންވެލިއެވެ.
” މާ ލަހުން ދޯ މި އާދެވުނީ.. ” މަޔާން ކައިރިއަށް ގޮސްފައި ޔަޒާން އަހާލިއެވެ. އިލްޔާ ހޮސްޕިޓަލަށް ގެންގޮސްފައި ރާއިލް ޔަޒާން އަށް ގުޅާފައި ވީ ގޮތް ކިޔާދިނުމުން ޔަޒާން އައިއެވެ.” ނޫނޭ އޯކޭ ވާނެ.. މިހާރު އެއުޅެނީ ވޯޑަށް ބަދަލު ކުރަން.. މާ ބޮޑު ކަމެއް ނުވޭ ނަސީބަކުން.. ” ރާއިލް ބުންޏެވެ. ޔަޒާން އެހެން ދޯ އޭ ބުނެފައި ލުޔާ ކޮބާތޯ އަހާލިއެވެ.” ލޫ ވެސް ކިރިޔާ ހޭނުނެތުނީ އިލްޔާ އޮތް ހާލު ފެނުނީމަ… ” ރާއިލް ވަށައިގެން ލުޔާ ފެނޭތޯ ބަލާލިއެވެ.” ކީއްކުރަން އޭނަ އެކަނި ހޯދަނީ.. ” މަޔާން ބުމަ އަރުވާލިއެވެ.” އެއީ އެ ކުއްޖާގެ އާއިލާ މީހާ ވީމަނުން.. އެހެންނޫނަސް އޭނަ އެކަނި ދޯ މިތާ ފެންނަން ނެތީ.. ” ޔަޒާން މަޔާން ކައިރީގައި އިށީނެވެ.” އެހެންދޯ.. މަ ހީކުރީ ހިތް ކީ ކަމަށް.. ” މަޔާން މަޖަލަކަށް ބުންޏެވެ. ނަމަވެސް މަޔާން އާއި ރާއިލް އަދި ހިޝާއަށް ނޭނގުނީ މަޔާން އެބުނީ ތެދެއް ކަމެވެ.
އިލްޔާ ވޯޑަށް ބަދަލު ކުރުމުން މަޔާން އާއި ލުޔާ އިލްޔާ ކައިރިން ދުރަށް ނުދެއެވެ. އަބަދުހެން އިންނަނީ އިލްޔާ ކައިރީގައި ނޫނީ އިލްޔާ އަތުގައި ހިފާލައިގެންނެވެ.” ކަލޭ ވާ ރަނގަޅު… އޭނަ އަރާމުކޮށްލަން ބާއްވަބަލަ… އަދި މިވީ ދެ ގަޑިއިރު ތެރޭގައި އޭނަ އަރާމުގަ ނޯންނާނެ.. ” ރާއިލް މަޔާން އަށް މަލާމާތް ކޮށްލިއެވެ.” ލޯބިވާ މީހާ ކައިރީގަ އިންނަން ގަރުނަކަށް ވިޔަސް މާ ބޮޑު ކަމަކަށް ނުވާނެ ދޯ ޔާން.. ” ލުޔާ މަޔާން އަށް ދޯ އެއްލިއެވެ.” އާނ.. މަށާ އެއްކޮޅަށް އަރާނެ މީހަކު ލިބިއްޖެ ވިއްޔަ.. ” މަޔާން ދެބުމަ އަރުވާލިއެވެ.” ކަލޭމެން ދެމީހުންނަށް ސާބަސް.. އަބަދު ކޯޅުން ދޯ އޮންނަނީ.. ” ހިޝާ ވެސް ހޭން ފެށިއެވެ.” އެހެންނު ވާނީ ދޯ ލޫ… މިހިރަ ޔަޒާން އެއްޗެކޭ ވެސް ބުނެނުލާ އެބަ ހުރޭ… އަނގަ ތަޅުލާފަތަ..؟.. ” ރާއިލް ޔަޒާން ކޮނޑުގައި ޖަހާލިއެވެ.” ނޫނޭ.. ކަލޭމެން ސަޅިބައިސާ ކަނޑަންދެން މިހުރީ ބަލަން ހަމަ… ” ޔަޒާން ހިނިގަނޑެއް ޖަހާލިއެވެ.” އަހަރުން މި ކަނޑަނީ ސަޅިބައިސާ ތަ އަޅެ.. ” ލުޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.” މަށަކަށް ވާ ނޭނގެ.. ” ޔަޒާން ލުޔާ އާއި ދިމާއަށް ބަލާލިއެވެ.
” ރޭވުން ނާކާމިޔާބު ވީ… ކަލެއަށް އެނޫން ތަނެއް ނުފެނުނީތަ އޭނަ ގެންދަން… އިނގެންޖެހޭނެ ދޯ މަޔާން މެން އަންނާނެކަން ހޯދަން.. ” ލީޝާ ރުޅިގަނޑު ހައިމަން އަށް ބާލަމުން ބުންޏެވެ.” ކަލޭ މާ ރަނގަޅުތަ..ނަބާ ކަހަލަ ކުއްޖަކު ނޫނީ ހޯދަން ނޭނގުން.. ” ހައިމަން ވެސް ލީޝާއަށް ދުލެއް ނުކުރިއެވެ.” އެންމެ ރަނގަޅޭ.. މަ ގަބޫލު ކުރަން..އެކަމު ކަލެއަށް ނުކެރޭނީ ގަބޫލު ކުރަން.. ” ލީޝާ ދެބުމަ ގޮށްޖެހާލިއެވެ.” އެންމެ ރަނގަޅު.. ދެން މި ކަންތައްގަނޑު ހުއްޓާލާ.. އަދި ވެސް ތި މީހާ ހޯދޭތޯނުން ބަލަން ވީ.. ” ހައިމަން ޒުވާބު ކުރާހިތް ނެތުމުން ބުންޏެވެ.” ހްމް.. ކަލޭ ކުރަންވީ ކަމަކީ އިލްޔާ އޮންނަ ވޯޑު ހޯދާފައި ޑޮކްޓަރަކަށް ވެގެން ދާންވީ.. ގޮއްސަ އޭނަ ހޭ ނައްތާފައި އަލުން ގެންނަންވީ.. ” ލީޝާ ހަމަޖެހިލަމުން ކިޔައިދިނެވެ. ހައިމަން ބޯޖަހާލިއެވެ.
” އިލޫ ކިހިނެއް… ” އިލްޔާ ހޭލުމުން މަޔާން އަހާލިއެވެ.” ރަނގަޅު.. ” އެ އޮތްގޮތަށް އޮވެގެން ޖަވާބުދިނެވެ.” އެކަމް ވަރަށް ބޮޑަށް ބޮލުގަ ރިއްސާ އެބަ… އެތާ ހުރި ފިރިހެން މީހާ ބޮލުގަ ވެސް ޖެހި ވަރަށް ބާރަށް… އެންމެ ބާރަށް ޖެހީ ބަނޑުގަ.. ދެން ބޮލުގަ.. ޑޮކްޓަރ ކީކޯ ބުނީ.. ” އިލްޔާ ލޯ މަރައިލިއެވެ.” މަށަށް ވެގެން ވަންޏާ އޭނަ މަރައިލާނަން…. ޑޮކްޓަރ ބުނީ އެހާ ބޮޑު ކަމެއް ނުވެއޯ… ދެތިން ހަފްތާ ވަންދެން ބާއްވަން ޖެހެނީ..ބޮޑަށް ހީވަނީ ހަފްތާ އެއްހެން… ” މަޔާން އިލްޔާ އަތުގައި ބޮސްދިނެވެ.” ހައޭ… އަހަރުން ވެސް އެބަ ތިބީމޭ.. ” ލުޔާ މަލާމާތް ކޮށްލިއެވެ. އިލްޔާ ލަދުން އިސްޖަހާލާފައި މަޔާން ގައިގައި ޖެހިއެވެ.” ހާސްނުވެބަލަ އެމީހުންނަށް އެނގެއޭ… ” މަޔާން އަނެއްކާ ވެސް އިލްޔާ އަތުގައި ހިފައިލިއެވެ. އެވަގުތު ނަބާ ވެސް ވޯޑަށް ވަދެގެން އައެވެ.” އެއްކަލަ ކުއްޖަދޯ ތީ.. އަހަރެން ގައިގައި ތަޅަން އުޅެނިކޮށް ހުއްޓުވަން އުޅުނު ކުއްޖަ.. ” އިލްޔާ ހިނިތުންވެލިއެވެ.” ސޮރީ އިލްޔާ… ވަރަށް ބޮޑަށް ސޮރީ.. ” ނަބާ ރޮމުން މާފަށް އެދުނެވެ.
” ކޮން ކަމަކާތަ.. ” އިލްޔާ ހައިރާންވިއެވެ.” އަސްލު އަހަރެން ލީޝާ މެންނާ ބައިވެގެން އިލްޔާ ކިޑްނެޕް ކުރީ.. އެއީ ވެސް އަހަރެންނަށް އިތުރު ގޮތެއް ނެތުމުން.. އަހަރެންގެ ބަލި މަންމަ ބަލަން ޖެހޭނީ އަހަރެންނަށް.. ދެން އޮޕަރޭޝަނެއް ކުރާހާ ފައިސާ ނެތުމުން ލީޝާ ކައިރިއަށް ދިޔަތަނާ ބުނީ ކަމެއް ކުއްދީފިއްޔާ ދޭނަމޭ ބުނި ވަރަކަށް.. އެހެންވެ އަސްލު… އެކަމް ފަހުން ދެން އަހަރެންނަށް ކެތް ނުވީ…. ” ނަބާ ރޮމުން ކިޔައިދިނެވެ.” ކޮބާ މަންމަ.. ” ލުޔާ އަހާލިއެވެ.” ރަށުގަ ވީ…. ” ނަބާ އިސްޖަހާލިއެވެ.” އެ އޯކޭ ވާނެ… އެހާ ހާސް ނުވައްޗޭ… އަހަރުން އެހީ ވާނަން ނަބާގެ މަންމަ އޮޕަރޭޝަން ކުރަން ބޭނުންވާ ފައިސާއަށް.. ” ހިޝާ ނަބާ ކޮނޑުގައި ހިފައިލިއެވެ.” ޝުކުރިއްޔާ ވަރަށް ބޮޑަށް… ” ނަބާއަށް އުފަލުން ރޮވުނެވެ.
” އަސްލު ވެސް…. އެކަމް ނަބާ ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ… އަހަރެން ސަލާމަތް ކުރަން ކުޑަ މިނުން ނަބާ މަސައްކަތް ކޮށްފި.. ” އިލްޔާ ނަބާ އަތުގައި ހިފާލިއެވެ. ނަބާ ހިނިތުންވެލިއެވެ.” ދެން އެހާ ބޮޑަށް ދެރަ ނުވައްޗޭ.. މާލެ ދާ ވަރަށް ވެސް ރުފިޔާ ދެވޭތޯ ބަލާނަން… ” ރާއިލް ބުންޏެވެ.” ޝުކުރިއްޔާ… އެހަށް މިވަގުތު ގޮސްލީ.. މާދަމާ ނޫން އަނެއް ދުވަހު ފުރަން ހަމަ ޖެހިފަ އޮތީ..” ނަބާ އުފަލުން ޝުކުރު އަދާކުރިއެވެ.” އެހެންތަ… އެހެންމަ ނަބާގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްދޭނަން މިރޭ.. އިރާދަކުރެއްވިޔާ.. ” މަޔާން އިލްޔާ އަތުގައި ހިފައިގެން އިނދެ ބުންޏެވެ. ނަބާ ބޯ ޖަހާލާފައި ވޯޑުން ނިކުމެގެން ދިޔައެވެ.
” މަންމަ ކައިރީ ބުނިންތަ މި ވާހަކަ.. ” އިލްޔާ ސަނާ މަތިން ހަނދާން ވިއެވެ.” ނޫން އަދި ނުބުނަން.. މި ބުނަނީ.. ” މަޔާން އަވަހަށް ފޯނު ނަގާފައި ސަނާއަށް ގުޅަން އުޅުނެވެ.” ނޫނޭ ރަނގަޅު ވާނީ ނުބުނިއްޔާ… ދެން އެންމެ ހަފްތާއެއް ވަރުނުން.. ” އިލްޔާ އިންކާރުކުރިއެވެ.” އޯކޭ.. ދޭބަލަ ކާއެއްޗެއް ގަނެގެން އަންނަން… އިލޫ އަށް ކާން ދޭން ޖެހޭނެދޯ.. ” މަޔާން ރާއިލް ކައިރީ ބުންޏެވެ.” އާނ.. ހިޝް އާ ލޫ އާ ދޭ ގެޔަށް.. މަށާ ޔަޒާން އާ ދާނަން ކާ އެއްޗެހި ގަންނަން… ޔަޒާން ވެސް ބޭނުން ވީމަ ދާންވީ ގެއަށް… އޭރުން މަޔާން އާ މަށާ ހުންނާނަން އިލޫ ކައިރީގަ.. ” ރާއިލް ބުންޏެވެ.” މިރޭ އަންނާނަން… ” ލުޔާ އެހެން ބުނެފައި ހިޝާ އާއި އެއްކޮށް ގެއަށް ދާން ނިކުތެވެ. ޔަޒާން އާއި ރާއިލް ވެސް ފިހާރައަކަށް ދާން ނިކުތެވެ. މަޔާން އާއި އިލްޔާ އެކަނި ވުމުން އިލްޔާ ހިތް އަވަސްވިއެވެ.
” އިލޫއަށް ބޮޑު ކަމެއް ވިނަމަ އަހަރެން މަރުވީސް… ޕްލީޒް ބަލައިގެން އުޅެއްޗޭ ދެން.. ” މަޔާން އިލްޔާގެ އަތް ގެނެސް ނިއްކުރީގައި ޖައްސާލިއެވެ.” ހްމްމް.. ދެން އެހާ ކަންބޮޑު ނުވައްޗޭ… ” އިލްޔާ މަޔާން އިސްތަށިގަނޑުގައި ފިރުމާލިއެވެ.” އަސްލު ކީއްވެގެން ލީޝާ އެގޮތަށް ހެދީ.. ” މަޔާން އިލްޔާ އަށް ބަލައިލިއެވެ.” މަޔާން އާ މާ އެކުވެރިކޮށް އުޅޭތީއޯ… އޭނަ ޖޭ ވަނީ… ދެން އަހަރެން ބުނެފިން މިހާރު ޔާން އުޅެނީ މީހަކާ އިންނަންށޭ.. އެހެންބުނީމަ އޭނަ ހުރީ އަނދަ އަނދާާ.. ” އިލްޔާ ދުރު ބަލާލިއެވެ. މަޔާން ދެއަތް މުއްކަވާލާފައި ފާރުގައި ޖެހިއެވެ.” ދެން މަށެއް ނުދާނަން އިލޫ އާ ދުރަކަށް އެންމެ ސިކުންތު ކޮޅަކަށް ވެސް… ދެން ނޭނގެ ލީޝާ ހަދާލާނެ ގޮތެއް ވެސް..” މަޔާން އިލްޔާ ގެނެސް ބައްދާލިއެވެ.” ދެން… ޔާން… ” އިލްޔާއަށް ލަދުން ބުނެވުނެވެ.” ކިހިނެއްތަ ވީ.. އުނދަގޫވީތަ މަ އަތްލީމަ.. ” މަޔާން ހިނިތުންވެލިއެވެ. ވަގުތުން އިލްޔާ ނޫނެކޭ ބުންޏެވެ.
” ހްމްމްމް.. މީ ދޯ މަ ކާއެއްޗެހި ގަންނަން ފޮނުވި ސަބަބަކީ… ތެދަށް ބުނި ނަމަވެސް މަ ދިޔައީމުހޭ.. ” އެވަގުތު ވޯޑުން ވަދެގެން އައި ރާއިލް ހިނިގަނޑު ފަޅައިގެން ދިޔައެވެ. މަޔާން ވަރަށް ނޫން ކަމަށް ހަދާފައި އިލްޔާ ގައިން ދޫކޮށްލިއެވެ.” ނޫނޭ..ދެން.. ހަމަ ފޮނުވީ… ” މަޔާން ބުންޏެވެ.” ތިކަން އެނގޭ އަހަރުންނަށް… ދެން ވެސް އެމަންޖެ އަށް ކާން ދީބަލަ… ” ރާއިލް ކޮތަޅު ދެމުން ބުންޏެވެ.” އާނ އެހެންޏަ… މީހަކަށް ތާކު މާ ފޮޅުވޭކަށް ނޯވެވޭނެ ވިއްޔަ މިތިބަ މީހުންގެ ސަބަބުން.. ދިމާ ކުރާނެ ފުރުސަތެއް ނުލިބިފަ ދޯ ތިބެނީ ކަލޭމެން.. ” މަޔާން އެއްޗެހި ކިޔަންފެށިއެވެ.” އާނ ގައިމެއްނު… މަށަށް ބޭނުން ނަމަ ކަލޭމެން ދެމީހުންގެ ފޮޓޯ ވެސް ނެގޭނެ ނުބުނެ… މަގޭ ރަނގަޅު ކަމަށް ޝުކުރު ކޮށްބަލަ… ” ރާއިލް ވެސް މަޔާން ބުނި ރާގުގައި ބުންޏެވެ.” އަދި މީނަ އިންނާނީ ގޭމަށް ގޮސް ހުސްވެފަ… ކީކޭ ދޯ ބުނާނީ ވެސް… ބޯ ހަލާކު.. ” ރާއިލް ބޫ ހޫރާލަފައި އައިސް ޔަޒާން ބޮލުގައި ޖަހާލިއެވެ.
އެގޮތުގައި ވަގުތު ފާއިތު ވަމުން ގޮސް މަޣުރިބު ނަމާދަށް ގޮވައިފިއެވެ. އޭރު އިލްޔާއަށް އޮތީ ނިދިފައެވެ.” އޭއި.. ހިނގާ މިސްކިތަށް… މިހާރު ހިޝްމެންނަށް ގުޅައިފިން އަންނާށޭ ބުނަން… ” ރާއިލް މަޔާން އަތުގައި ހިފައި ދަމައިގަތެވެ.” ޝްޝްޝް.. ކައެ އަނގަ މަޑުން ލައިބަލަ… އޭނަ ހޭލަ ފާނެއޭ… ނުބުންޏަސް މަ ދަންދޯ މިސްކިތަށް… މިރޭ ކޮން މޮޔައެއް ވެގެން ތިއުޅެނީ.. ” މަޔާން ތެދުވެފައި ރާއިލް ގައިގައި ތަޅައިގަތެވެ.” ކަލޯ މަގޭ ގައިން ހަންގޮއްސި ތޯއްޗެއް.. މަގޭ ވާޖިބެއް ދޯ އެއީ މަގޭ ކޮއްކޮއަށް ނަމާދަށް ދާން ހަނދާންކޮށްދިނުން… ” ރާއިލް ވެސް ވަކި މަޔާން އަށް ދޫކުރާނެހެނެއް ހިޔެއް ނުވެއެވެ.” ދުވަހަކު ވެސް ތިހާ ޞާލިޙް މީހެއް މަ ނުދެކެން… އަޅެ ފަހެ މަ ދާނަމޭ ކައެ ނުބުންޏަސް.. ” މަޔާން މަޑު މަޑުން ހަޅޭއްލަވަމުން ދިޔައެވެ.” ހަމަޖެހޭ ބްރޯ… ހިނގާ މިސްކިތަށް… މިހެން ޒުވާބު ކުރަން ތިއްބައި ނަމާދު ވަގުތު ގޮސްދާނެ.. ” ރާއިލް މަޔާން ގޮވައިގެން ވޯޑުން ނިކުންނަން ހިނގައިގަތް ވަގުތު މީހެއްގެ ގައިގައި ޖެހިފައި ރާއިލްއަށް ހުއްޓެވުނެވެ.
– ނުނިމޭ –