ޑޮކްޓަރު ދިނީ އަހަރެންގެ އަންހެނުން ދަރި އަކަށް ބަލިވެ އިންކަމުގެ އުފާވެރި ޚަބަރެވެ. އަހަރެން ވަރަށް އުފާވިއެވެ. އަންހެނުންވެސް މެއެވެ. ވަރަށް އުފާވެފައި ހުރެ ޑޮކްޓަރަށް އަހަރުމެން ދެ މީހުން ޝުކުރު އަދާ ކުރުމަށްފަހު ގެއަށް ދިޔައީމެވެ. ގެއަށް ގޮސް އާއިލާ އެންމެނަށް އެ ޚަބަރު ދިނީމެވެ. އާއިލާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި އެރޭ އެކަން ސެލެބްރޭޓް ކުރަން ނިންމީމެވެ.
އަހަރެންނަށް ހޭލެވުނީ ފަތިހު 8 ޖެހި އިރުއެވެ. އަވަސް އަވަހަށް ނަމާދު ޤަޟާ ކޮށްލުމަށްފަހު ކޮޓަރިން ނިކުތީމެވެ. ކޮޓަރިން ނިކުމެ ބަދިގެ އަށް ވަން އިރު އަންހެނުން ބަދިގޭގައި ރޮށި ފިހަން ހުއްޓެވެ. އަހަރެން ބަދި ގެއަށް ވަދެ އިށީނީމެވެ. ”ދަރިފުޅާ މަންމަ މެން މި ކިޔަނީ އޭނަ ގާތުގަ އެހާ ގިނައިން މަސައްކަތް ކުރަން ނުލެފޭށޭ…..“އަހަރެންގެ މަންމަ އަހަރެން ގާތުގައި އިށީންނަމުން ބުންޏެވެ. އަހަރެން އަންހެނުން ގާތުގައި މީގެ ފަހުން އެހާ ގިނައިން މަސައްކަތް ކުރަން ނުލެފުމަށް ބުނީމެވެ. އަދި ޖަވާބުގައި އާއެކޭ ބުނުމަށްފަހު އަންހެނުން އަހަރެންނަށް ސައި އަޅައިދިނުމަށްފަހު އަހަރެން ގާތުގައި އިށީނެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރުމެން އެންމެންވެސް ވަދުނީ އެމީހެއްގެ ކޮޓަރި އަށެވެ.
8 އަހަރު ފަސް
އަހަރެން ނާއި އަހަރެންގެ އަންހެނުން ތިބީ އަހަރެމެންގެ 7 އަހަރު ގެ އަންހެން ދަރިފުޅު ގޮވައިގެން އަތިރި މަތީ ގައެވެ. އަހަރެމެންގެ ދަރިފުޅު އަތިރި މަތީގައި ކުޅޭތަން ބަލަން އަހަރެމެން ތިބީމެވެ. އޭރު އިރު އޮއްސެން ވަރަށް ގާތް ވެއްޖެ އެވެ. އިރު އޮއްސުމުގެ ކުރިން ގެއަށް ދިޔުމަށްޓަކައި އަހަރެެމެން ތެދުވީމެވެ. 9 މަހުގެ ބަނ ޑާއެކު އަހަރެންގެ އަންހެނުންވެސް ގެއަށ ދާން ތެދުވިއެވެ. އަހަރެން ގޮސް އަހަރެމެން ގެ ދަރިފުޅު އުރާލައިގެން އައިސް އަންހެނުން ގެ އުނަގަނ ޑުގައި އަތް އަޅުވާލައިގެން ގެއަށް ދާން ހިނގައިގަތީމެވެ. އަހަރެމެންގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރިއެވެ.
=ނިމުނީ=


