Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 6

Baby Devil Level 610 Stories100 Stories
August 30, 2021 5 Mins Read
4 Comments

“ނަވް ތީ ހަމަ އެއްވަނައިގެ މީހެއް..” ނަވްޔާ ހެދުން ބަދަލު ކޮށްގެން އައުމުން ނީކިޔާ ހޭން ފެށިއެވެ.”ދެން ހުއްޓާލަން ވެއްޖެއްނު.. ނަވްޔާ ލަދުން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.”އަވަސް ރަށަށް ދާން ރެޑީވޭ ލަވް ވާރޑް..” ނުކްޝާން ވެސް ދިމާ ކުރިއެވެ.”ވަރަށް ފޫހި..” ނަވްޔާ ޕެކް ކުރަމުން ބުންޏެވެ. ނަވްޔާ ޕެން ކޮށް ނިމެންދެން ދެން އޮތީ ހުސް ދިމާ ކުރުމެވެ. ބޯޓު ކައިރިއަށް ގޮސް ވެސް ނުކްޝާންމެން ދިމާ ކުރިއެވެ.”ނަވް..” ޒާއިފް ނަވްޔާ ކައިރިއަށް އައެވެ.”ހްމްމްމްމްމް ލަވް ބަރޑްސް ވާހަކަ ދައްކާލާ އަހަރެމެން މީ ދަނީ..” ނީކިޔާ ބޯޓަށް އެރިއެވެ.”އަޅޭ ދެން ދިމާ ވެސް ނުވާނެ..” ނަވްޔާ ހުރީ ދެރަވެފައެވެ.”ސޮރީ ނަވް.. ޑިއުޓީ އޮންނަ ގޮތުން ނުދެވޭނެ.. އެހެން ނޫންނަމަ ދާނަން..ރަށަށް ދެވުނީމަ ގުޅާތި.. ވަރަށް ބަލައިގެން އުޅޭތި.. އެންމެ ގެއްލުމެއް ނަވްއަށް ވިޔަސް އަހަރެންނަށް ނޭނގެ ވާނެ ގޮތެއް..” ޒާއިފް ނަވްޔާގެ ގައިގައި ބައްދާލިއެވެ. ނަވްޔާ ވެސް ރޮމުން ޒާއިފް ގައިގައި އޮޅުލައިގަތެވެ.

 

**6 ވަނަ ޕާޓު**

 

“އައި ލަވް ޔޫ ސޯ މަޗް ޒާއި..ދެން ދަނީ..” ބޯޓު ނައްޓައިލަން އުޅޭތީ ނަވްޔާ ޒާއިފް ގައިގައި އެންމެ ފަހު ފަހަރަށް ބައްދާލާފައި ބޯޓަށް އެރިއެވެ.”ދެން ނުރޯތި ނަވް..” ނުކްޝާން ދިމާ ކުރުން ހުއްޓާލާފައި ބުންޏެވެ.”ބާއި.. އައިމް ގޮނަ މިސް ޔޫ ސޯ މަޗް..” ނަވްޔާ އަތް ހޫރާލިއެވެ.”ދެން ނިދާ… މަ ގޮވާނަން ރަށަށް ދެވުނީމަ..” ނުކްޝާން ޑޭޓާ ޖައްސާލައިގެން ޔޫޓިއުބަށް ވަނެވެ. ނަވްޔާ އާއި ނީކިޔާ ލޯ މަރާލިއެވެ. ނަމަވެސް ނުކްޝާން ބަލާ ވީޑިއޯގެ އަޑު އިވޭވަރުން ނިދޭ ކަމަކަށް ނުވިއެވެ.”ހެޑްސެޓް ޖަހާބަލަ މޮޔަ..” ނީކިޔާ ބޯ ހިއްލާލާފައި ބުންޏެވެ. ނުކްޝާން ދެލޯ އަޅާލާފައި ދަބަހުން ހެޑްސެޓް ނެގިއެވެ.

 

“އޭއި ނުކް.. ނަވް..” ނީކީޔާ ހޭލައިގެން ގޮވަން ފެށިއެވެ. އޭރު މީހުންތައް ފައިބަނީ އެވެ.”ތީ އަހަރެމެންނަށް ގޮވަން ބުނި މީހާ.. އެންމެފަހުން މަށަށްނު މިޖެހުނީ ކަލޭމެންނަށް ގޮވަން..” ނީކިޔާ ދަބަހެއް ހިފައިގެން ފޭބިއެވެ. ލަމާން މާކުރިން ނިޝްފާ އާ އެކީ ފައިބައިގެން ހުއްޓެވެ.”ވަރަށް ވަރުބަލި..” ނަވްޔާ ކަންނެތް ގޮތަކަށް ހިނގާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ނީކިޔާ އާއި ނުކްޝާން ވެސް ފަހަތުން އައެވެ. ގެއަށް ދިޔައިރު ޔަމްހާ ނުކްޝާންމެންގެ އިންތިޒާރުގައި އިނެވެ.”ނުކްޝާން ޔޫއާރ ފައިނަލީ ހޯމް..” ޔަމްހާ އުފަލުން ތެދުވިއެވެ. ނަމަވެސް އަލުން އިށީނީ ނުކްޝާންގެ ހިތްހަމަ ނުޖެހިފައިވާ މޫނު ފެނުމުންނެވެ. ދަބަސް ހިފައިގެން ނުކްޝާން ވަނީ ކޮޓަރިއަށެވެ. ފަހަތުން ވަންނާކަށް ޔަމްހާއަކަށް ނުކެރުނެވެ.

 

ފެންވަރައިގެން ނުކްޝާން ސޯފާގައި އޮށޯތީ ވެފައިވާ ވަރުބަލިންނެވެ. ޖެހުނުކަމަށް ނޭނގި ނުކްޝާންއަށް ނިދުނެވެ. ޔަމްހާ ކޮޓަރިއަށް ވަދެ ކުނިކަހަން ފެށިއެވެ. ނަމަވެސް ނަޒަރު ހުއްޓިފައި ވަނީ ނުކްޝާން އަށެވެ. ކޮޓަރި ކުނިކަހާފައި ޔަމްހާ ނުކްޝާން އާއި ދިމާއަށް އައެވެ. އިސްތަށިގަނޑުގައި އަތްލާން އުޅެފައި ވެސް ނުކްޝާން އަނެއް ފަރާތަށް އެނބުރުމުން ނުކެރުނެވެ. އެންމެ ފަހަރަކު ނަމަވެސް ނުކްޝާން ގައިގައި ބައްދާލަން ޔަމްހާ ބޭނުމެވެ.”ޔަމް ދަރިފުޅާ..” ޔަމްހާ ނުކްޝާންގެ ގައިގައި ފިރުމާލަން އުޅެނިކޮށް ނިޝްފާ ގޮވަން ފެށިއެވެ. އަވަސް އަވަހަށް ޔަމްހާ ހިނގައިގަތީ ނިޝްފާގެ ކޮޓަރިއަށެވެ.”ދަރިފުޅާ.. މިއަދު ގޭތެރެ ސާފުކުރަން މިއުޅެނީ..ދަރިފުޅު ބަލި ނޫނިއްޔާ އަންނާތި އިނގޭ މަންމައަށް އެހީ ވާން..” ނިޝްފާ ބުންޏެވެ. ޔަމްހާ ބޯ ޖަހާލާފައި ކޮޓަރިން ނިކުތެވެ.

 

ފެންވަރާލައިގެން ނަވްޔާ ފުރަތަމަ ވެސް ގުޅާލީ ޒާއިފް އަށެވެ.”ބޭބީ ކިހިނެއްތަ.. ކޮބާ ނީކިޔާ މެން..” ޒާއިފް އަހާލިއެވެ.”އަހަރެން ރަނގަޅު.. ނީކް އޮތީ ނިދާފަ..ނުކް ވެސް އޭނަ ކޮޓަރީގަ ވީ..ހީވަނީ ނިދާފަހެން..” ނަވްޔާ ބުންޏެވެ.”އޯހ.. ނަވް ވެސް ނިދާލާ.. މިރޭ ގުޅާނަން އިނގޭ..” ޒާއިފް ވަރަށް ލޯބިން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. ނަވްޔާ ހިނިތުންވުމަކާއެކީ ލޯ މަރާލިއެވެ. ފޯނުން ވާހަކަ ދެއްކި ނަމަވެސް ނަވްޔާ ބޭނުމީ ބައްދަލް ކުރަންށެވެ. ރޭގަ ދިޔަ ގޮތަށް ކޮންމެ ދުވަހަކު ވެސް ހިނގާލަން ދާން ނަވްޔާ ބޭނުމެވެ. ނަމަވެސް ވަޒީފާގެ ގޮތުން ދެމީހުން ކުރެ އެކަކަށް ވެސް އެކަން ކުރެވޭކަށް ނެތެވެ.

 

ނުކްޝާން އަށް ހޭލެވުނީ ހަވީރު ހަތަރެއް ޖަހަނިކޮށްނެވެ. އޭރު ކޮޓަރިތެރޭގައި ޔަމްހާ ފެންނާކަށް ނެތެވެ. ނުކްޝާން ފެންވަރާލައިގެން ކޮޓަރިން ނިކުތެވެ. ޔަމްހާ އާއި ނިޝްފާ އޭރު ގޭތެރެ ސާފުކުރުމުގައި އުޅެއެވެ. ނުކްޝާން ބަލާވެސް ނުލައި ނަވްޔާމެން ކޮޓަރިއަށް ވަނެވެ.”އަދިވެސް ނުދަނީތަ ލަވް ބަރޑް… ނީކް މީ އަދި ކާކުގެ އަނބި މީހެއް ކަމެއް ނުވެސް އިނގޭ..” ނުކްޝާން ދެމީހުންގެ ކަންފަތުގައި ހިފާފައި ދަމައިގަތެވެ. “އާ… ޕިސް ޕިސް..” ނީކިޔާ ކަންފަތުގައި އަތް އަޅައިގެން ތެދުވިއެވެ.” ހަމަ މިހާރު ހޭލާ ..” ނަވްޔާ މޫނުގައި ފަންސޫރަކުން ޖަހަމުން ނުކްޝާން ބުންޏެވެ.”މި ވެސް ބޮޑު ވެއްޖެ ކަމެއް..” ނަވްޔާ ދެލޯ ހުޅުވާލިއެވެ.”އާނ ނުދޭނަމޭ.. ދެން ތެދުވޭ.. ޒާއިފް ހުރެދާނެ އިންތިޒާރުގަ..” ނުކްޝާން ހޭން ފެށިއެވެ. ނަވްޔާ ތުން ދަމާލާފައި ފާޚާނާއަށް ވަނެވެ.”ތީނަގެ ލޯބިވާ ކޮބާތަ..” ނީކިޔާ ނުކްޝާން ނިއްކުރީގައި އަޅާ ކޮށްޕާލިއެވެ.”މަގޭ ނުހުރޭ.. ހުންނަނީ ފާޑެއްގެ މޮޔަ އަންބެއް..މަ ލޯތްބެއް ނުވެސް ވޭ އޭނަ ދެކެއެއް..” ނުކްޝާން މޫނުމަތިން ފޫހިކަން ފާޅުވިއެވެ.”ލޮލް..ދެން ކީއްކުރަންށޯ އަހަރެމެން ތި ނެގީ..” ނީކިޔާ އެހިއެވެ.”ކުރާނެ ކަމެއް ނެތީމަ.. ހިނގާބަލަ ވޯކް އަކަށް..” ނުކްޝާން އެދުނެވެ.”އޯކޭ އޯކޭ..” ނީކިޔާ ބުންޏެވެ.

 

“ބޯރިންގް ބޯރިންގް ބޯރިންގް..” ނަވްޔާ ހިނގަމުން ދިޔައީ ފޫހިވެގެންނެވެ.”ހޫނ ޒާއިފް ނެތިއްޔާ ފޫހި ވާނެއޭ ދޯ.. އެންމެ ފަހު ފަހަރަށް ވެސް ކިސް އެއް ވިއްޔަ..” ނުކްޝާން އެއްލޯ މަރާލިއެވެ. އެވަގުތުކޮޅު ހަނދާން ވުމުން ނަވްޔާ މޫނުރަތްވީ ނަމަވެސް ހީލެވުނެވެ.”މުޅި އުމުރަށް އެވަގުތުކޮޅު ފެނިގެން ދިޔަނަމަ..” ނަވްޔާ ހުވަފެނީ ގޮތަކަށް ބުންޏެވެ.”ހާނ ހާނ.. ފެނޭނުން އިޝްގުގައި ޖެހިފަ ތިބޭ މީހުން.. އަދި މިމީހުން އިންނަދުވަހަކުން ކިހާ ވަރެއް ވާނެ…” ނީކިޔާ ވެސް ނުކްޝާން އާއި ބައިވެ ދިމާ ކުރަން ފެށިއެވެ.”ދެންންންންންންންން !!!!..” ނަވްޔާ މޫނުގައި އަތް އެޅިއެވެ. ނުކްޝާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު މީހަކު ނުކްޝާންގެ ގައިގައި ޖެހުނެވެ.”ބަލާލައިގެން އުޅެބަލަ..” އެމީހަކު ދެބުމަ ގޮށްޖަހާލިއެވެ. ހިތްހަމަ ނުޖެހިފައި ނުކްޝާން އެމީހާއަށް ބަލާލިއެވެ. ނުކްޝާން އަށް އެމީހާ ފެނުމުން ދެލޯ ބޮޑުވިއެވެ. ހީވަނީ ނުކްޝާންގެ ކޮޕީ އެއް ހެންނެވެ. ނަމަވެސް އެމީހާ ހުރީ އުމުރުން ދުވަސް ވެފައެވެ.”ތިއީ ދޯ ނުކްޝާން..އުފާވެއްޖެ ބައްދަލު ވީތީ.. ކަލޭ މަންމަ ކޮބާ..” އެމީހާ ނުލަފާ ގޮތަކަށް ބުންޏެވެ.”ތީ ކާކު.. ނުބުނާނަން..” ނުކްޝާން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެމީހާ ފާޑަކަށް ބަލާލާފައި ހިނިގަނޑެއް ޖަހާލިއެވެ.”ތިހެން ވީރު އެއްވެސް މައްސަލައެއް ނެތް..” އެމިހާ ދަމުން ބުންޏެވެ.

 

“އެއީ ކާކު..” ނަވްޔާ ހުރީ އަޖައިބުވެފައެވެ.”ނޭނގެ.. ކީއްކުރަންބާ މަންމަ އެހޯދަނީ..ކިހިނެއް އަހަރެންގެ ނަން އޭނާއަށް އިނގުނީ..” ނުކްޝާން ސިކުނޑި އެކަށް ހާސްވިއެވެ.”ދެން އެކަމާ ނުވިސްނާ.. އުޅޭނެ ފާޑު ފާޑު މީހުން..” ނީކިޔާ ވެސް ވަނީ ހާސްވެފައެވެ. ނަމަވެސް އެކަމާ ވިސްނައިގެން ބޯ ގޮއްވަން ބޭނުން ނުވާތީ ބުންޏެވެ. ނުކްޝާން އާއި ނަވްޔާ ބޯ ޖަހާލާފައި އެއްބަސްވިއެވެ.

 

“ދަރިފުޅާ ނަވް.. މަންމަ ވަރަށް ބޭނުންވާ ކަމެއް އެބައޮތް..” ގެއަށް ވަތް އިރު ނިޝްފާ ހުރީ ކަބަޑު ސާފު ކުރަންށެވެ.”ހްމްމް..؟” ނަވްޔާ ނިޝްފާއަށް އެހީވާން ފެށިއެވެ.”ދަރިފުޅާއި އިންނަން ކުއްޖަކު އެދިއްޖެ… މަންމަ ބޭނުމީ އެކުއްޖާއާ ދަރިފުޅު ކައިވެނި ކުރަން…” ނިޝްފާ އުފަލުން ބުންޏެވެ.”ވަޓް މަންމާ..” ނަވްޔާ ދެލޯ ބޮޑުވިއެވެ. އޭނަ ބޭނުމީ ޒާއިފް އާއި އިންނަންށެވެ.”މަންމަ ވަރަށް ބޭނުން.. އުންމީދު ކުރަން ދަރިފުޅު މިކަމާ ރުހެނޭ ކަމަށް..” ނިޝްފާ ބުންޏެވެ. ނަވްޔާ ރޮމުން ކޮޓަރިއަށް ވަނެވެ.”އަހަރެންނަކަށް އެބުނާ މީހަކާ ކައިވެންޏެއް ނުކުރެވޭނެ..” ނަވްޔާ ނީކިޔާ އާއި ނުކްޝާން އާ ދިމަ ބަލާލިއެވެ. ނުކްޝާން ވެސް ހަދާނެ ގޮތެއް ނޭނގިފައި އިނެވެ.”ޒާއިފް ކީކޭ ހިތަށް އަރާނީ.. އަހަރެން ބޭނުމީ ހަމަ އެކަނި ޒާއިފް..” ނަވްޔާ ކަރުނަތައް ފޮހެލިއެވެ.”ޒާއިފްއަށް އެހެން މީހެއްގެ ފަރާތުން އިނގުމުގެ ކުރިން ނަވް ބުނޭ.. އެހެންނޫނީ ޒާއިފް ހިތްހަމަ ނުޖެހިދާނެ..” ނުކްޝާން ވިސްނައިދިނެވެ.”ނުކެރޭނެ ގުޅާކަށް..” ނަވްޔާ ފޯނާއި ދިމަ ބަލާލިއެވެ.”މަ ގުޅަންވީތަ..” ނީކިޔާ އަހާލިއެވެ. ނަވްޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.”މަންމަ ކީއްވެތަ ގަދަކަމުން ކައިވެނި ކުރުވަނީ އަބަދު..” ނަވްޔާ އެނދުގައި އިށީނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ނީކިޔާ އަށާއި ނުކްޝާން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

 

ނަވްޔާ ރޭގަނޑު ވީރު ވެސް އޮތީ ވިސްނަންށެވެ. ކައިރީގައި ނީކިޔާ އާއި ނުކްޝާން އިނެވެ.”ނަވް..ފޯނު ނަގާބަލަ..” ޒާއިފް ގުޅަން ފެށުމުން ނީކިޔާ ބުންޏެވެ. ޒާއިފް މިރޭ ގުޅާނެ ވާހަކަ ބުނިކަން ވެސް ނަވްޔާ ހަނދާންވީ ދެނެވެ. ނަވްޔާ ފޯނު ނުނަގައި އެ އިން ގޮތަށް ބޭއްވިއެވެ. ފޯނު ނުނެގުމުން ޒާއިފް އަނެއްކާ ވެސް ގުޅަން ފެށިއެވެ.”ޒާއިފް ހާދަ ހާސްވާނެއޭ ނަވް ތިހެން ހަދަންޏާ..” ނުކްޝާން ބުންޏެވެ.”އެވާހަކަ ބުނާއިރު އަދި ވަކިން ބޮޑަށް ހާސްވެ ދެރަވާނެ.. އަހަރެން ބޭނުމެއްނޫން ޒާއިފް ދެރަ ކުރާކަށް..” ނަވްޔާ ފޯނު ސައިލެންޓަށް ލިއެވެ.”ތިހެންވީރު މަންމަ ކައިރީ ބުނޭ ތިމަންނަ އުޅެނީ ޒާއިފް އާ ރައްޓެހި ވެގެންނޭ..” ނީކިޔާ ޚިޔާލެއް ދިނެވެ.”އުހުނ.. އަހަރެންނަކަށް ނުފެނޭ މަންމަ އަދި އެހާ އުފާވެފައި ހުއްޓައެއް.. މަންމަ ދެރަކުރާކަށް ވެސް ނުކެރޭނެ.. ދެން..ކިހިނެއް ހަދާނީ…” ނަވްޔާ ބޮލުގައި ދެއަތް އަޅާލިއެވެ.”ކޮންމެސް އެކަކު ކައިރީ ބުނެގެން މިކަން ހައްލު ވާނީ.. ކޮންމެސް އެކަކު ދެރަކޮށްގެން…” ނުކްޝާން ބުންޏެވެ. ނަވްޔާ ފުން ނޭވާއެއް ލިއެވެ. ނުކްޝާންމެންނަށް ނިދުނީވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ތިއްބައެވެ.

 

“ނަވް.. މިއަދު ޗުއްޓީ ހަމަ ވެއްޖެ.. ޑިއުޓީއަށް ދާނަންތަ..” ނީކިޔާ އަށް ހޭލެވުނީ އެނދުން ވެއްޓިގެންނެވެ.”ހްމްމް..” ނަވްޔާ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ނުކްޝާން ވެސް ތައްޔާރު ވާން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެ ނުދަންނަ ފިރިހެން މީހާ އާއި ނަވްޔާގެ މައްސަލައިގައި ނުކްޝާން ސިކުނޑި އެކަށްހެން ވަނީ ފުރިފައެވެ. ނުކްޝާން ފެންވަރައިގެން ނިކުތް އިރު ޔަމްހާ ހުރީ ޔުނިފޯމް އިސްތިރި ކޮށްފައެވެ. ނުކްޝާން ބޮލަށް ތަންކޮޅެއް ފަސޭހަ ވިއެވެ. އަވަހަށް ޔުނިފޯމް އަޅާލައިގެން ކޮޓަރިން ނިކުތް އިރު ނަވްޔާ އިނީ ރެޑީ ވެގެންނެވެ. ނީކިޔާ ވެސް ރެޑީވެގެން ނިކުތެވެ.”ދަރިފުޅުމެން އަދިވެސް އެކަމާ ވިސްނަނީތަ..” ސައިބޯން އިން އިރު ނީކިޔާ އާއި ނަވްޔާ އަދި ނުކްޝާން މާ މަޑުން އިނުމުން ނިޝްފާ އަހާލިއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ ސައިތަށި ބޯލައިގެން ކާގެއިން ނިކުތެވެ. ނީކިޔާ އާއި ނުކްޝާން ވެސް ނިކުތެވެ.

 

އޮފީހުގައި އިން އިރު ވެސް ޒާއިފް ނަވްޔާއަށް ވަރަށް ގުޅަމުން ދިޔައެވެ.”ނަވް.. ކަމެއް ގޯސް ވީތަ.. ކީއްވެ ފޯނު ނުނަގަނީ.. ހެޔޮނުވާނެ ވީގޮތް ބުނެބަލަ.. އޭރުން ހެލްޕް ވާން އިނގޭނީ…” އެންމެ ފަހުން ޒާއިފް ކުރީ މެސެޖެކެވެ. ސީދާ މެސެޖް ސީން ނުކޮށް ނަވްޔާ ކިޔާލީ ޒާއިފް އިތުރަށް މެސެޖް ކޮށްފާނެތީ އެވެ. ނަވްޔާ ފޯނު ބަންޑުން ބާއްވާލާފައި މަސައްކަތަށް ސަމާލުކަން ދިނެވެ. ނީކިޔާ އާއި ނުކްޝާން ނަވްޔާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އައެވެ.”އޭނައަށް އެހެން ނުހަދާބަލަ ނަވް…އޭނަ ވެސް ހާސް ވާނެ..” ނީކިޔާ ބުންޏެވެ.”ދެން އެހަށް ތި ވާހަކަ ނުދައްކާ…” ނަވްޔާ ބުންޏެވެ. ނީކިޔާ އާއި ނުކްޝާން އެންމެ ރަނގަޅޭ ބުނެފައި އެމީހުންގެ މަސައްކަތަށް ދިޔައެވެ.

 

ޑިއުޓީ ނިންމާފައި ނަވްޔާމެން ގެއަށް އައިއިރު ނިޝްފާ އިނީ ފޯނު ހިފައިގެންނެވެ.”ދަރިފުޅު އެއްޗެކޭ ނުބުނީމަ އޯކޭ ކަމަށް މަންމަ މި ނިންމީ… އެކުއްޖާ އަންނާނެ ބައްދަލު ކޮށްލަން .. ދަރިފުޅު ރެޑީވެގެން ހުންނައްޗޭ..” ނިޝްފާ ހިނިތުންވުމަކާއެކު ބުންޏެވެ.ނަވްޔާ އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެފައި ނީކިޔާ ވަނުމުން ދޮރު ތަޅުލިއެވެ.”ނަވް.. އޭނައާ ބައްދަލް ކޮށްލަން ދާންޖެހޭނެ…މަ ޒާއިފްއަށް ގުޅާފަ ބުނެފާނަން ނަވްއާ އިންނަން އެދިގެން ކުއްޖަކު އައިއްސިއޭ..” ނީކީޔާ އަލަމާރިން ހެދުމެއް ނަގަމުން އެނދުގައި އިށީނެވެ.”ނޫޅެން އޭނައާ ބައްދަލް ކުރާކަށް..” ނަވްޔާ ހެދުން ހިފައިގެން ފާޚާނާއަށް ވަނެވެ. ނީކިޔާ ބޯ ހޫރާލިއެވެ. ކުއްލިއަކަށް ނީކިޔާ ސިހުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ.”މީ މަށޭ..” ނުކްޝާންގެ އަޑު އިވުމުން ނީކިޔާ ދޮރު ހުޅުވިއެވެ.”ނަވް ކޮބާ..” ނުކްޝާން އަހާލިއެވެ.”ފެންވަރަން ވަދެއްޖެ..” ނީކިޔާ ސޯފާގައި އިށީނެވެ.

 

“ދަރިފުޅާ ނަވް.. އަވަހަށް ނިކުމޭ އެކުއްޖާ އައިސް އެބައިން..” ޒާއިފް ގުޅަމުން ދިޔަ ފޯނު އަތަށް ލައިގެން އިން ނަވްޔާ ސިހުނީ ނިޝްފާގެ އަޑަށެވެ. ނަމަވެސް ހެޑްސެޓް ނަގަމުން ލަވައެއް އަޑުއަހަން ފެށީ ނިޝްފާގެ އަޑު ނީވޭކަމަށް ހަދަންވެގެންނެވެ. ނުކްޝާން ނަވްޔާގެ ފޯނު އަތުލިއެވެ.”ނުކް..” ނަވްޔާ ފޯނު ބަލައި ދުއްވައިގަތެވެ. ނުކްޝާންގެ މިސްރާބު ހުރީ ދޮރާއި ދިމާއަށެވެ. ނަވްޔާއަށް ނުކްޝާންގެ މަޤްސަދު އިނގުމުން އަނބުރާ އެނދުގައި އިށީނެވެ.”އައްސަލާމް ޢަލައިކުމް..” ކުއްލިއަކަށް އެއްކަލަ ފިރިހެން މީހާގެ އަޑު ނުކްޝާންމެންގެ ކަންފަތުގައި ޖެހުނެވެ. ތިން މީހުންގެ ދެލޯ އެއްފަހަރާ ބޮޑުވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ތި ސޫރަ ނޫން 16

Next

އައިލީ 3

Next
August 30, 2021

އައިލީ 3

Previews
August 30, 2021

ތި ސޫރަ ނޫން 16

4 Comments!

  1. Anuu says:
    August 30, 2021 at 6:36 pm

    is that Kim seok-jin as nukshaan?

    1. Baby Devil says:
      August 30, 2021 at 8:41 pm

      Maybe… ??

  2. Anuu says:
    August 31, 2021 at 3:39 pm

    I think zaaif kan ne ey

    1. Baby Devil says:
      August 31, 2021 at 9:36 pm

      Ahah… Hingaa dhw vaa gotheh balamaa ?❤

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 7←


All Right Reserved!