ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ދުވަހުގެ އިރު އޮއްސޭ ގަނޑިޔަށް ނަސީބަކުން ވިއްސާރަ ތުނިކޮށްލިއެވެ. އެހެންނަމަވެސް އުޑުމަތި ބައްދާލެވިފައިވަނީ ކަޅު ވިލާތަކުންނެވެ. ވިލާތަކުގެ ތެރެއިން ފޭދިގެން އަންނާތީ ފެންނަނީ އިރުއޮއްސޭ ދަނޅައިގެ ކުލަތަކެވެ. އެހެންކަމުން އެހެންދުވަސްތަކެކޭ ވެސް އެއްފަދައިން ވަރަށް އާދައިގެ ގޮތަކަށް ރީތިވެލާއިގެން އަތިރިމައްޗާއި ދިމާލަށް ހިނގައިގަތީ އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ކޮޅެއް ނެގުމަށެވެ. ގެއިން ނިކުންނަމުން ލޯބިވެރިޔާ ކައިލާން އަށް ގުޅާލީމެވެ. ގުޅާލުމާއެކު ކައިލާން ގެ ކުޑަކޮއްކޮ ކައްޔިސް ގެ ލޯބިވެތި ވާހަކަތަށް އަޑުއަހަމުން މަޑު ހިނގުމެއްގައި ހިނގަމުންދިޔައީމެވެ. އޭރު ގަޑިން ގާތްގަނޑަކަށް 5:45 ވީއެވެ.
ގުޅައިގެން ވާހަކަ ދައްކަމުން އަހަންނަށް އަތިރިއާއި ހަމައަށް ދެވުނު އިރު 6:05 ވަނީއެވެ. އަތިރީގައި ހުރި ޖޯލިތަކުގެ ތެރެއިން ޖޯއްޔެއްގައި ޖައްސާލުމަށް އުޅުނުވަގުތު ވެސް އެ މީހަކު އަަހަރެންގެ ފަހަތުގައި ހުރިހެން ހީވިއެވެ. އެހެންނަމަވެސް އެކަމަކާ ފަރުވާލެއް ނުބަހައްޓާ ނުހަނު ރީތިކޮށް އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ކޮޅެއް ނެގުމަށްފަހު އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެލީނާ އަށް ގުޅާލީމެވެ. އެލީ އަށް ނުގުޅާތާ ދުވަސް ތަކެއް ވެފައި ވުމާއެކު ގުޅާލުމާއެކު ވާހަކާގެ އަވައިގައި ޖެހެން މާކަ ގިނައިރެއް ނުނެގިއެވެ. އެހެންނަމަވެސް އަނދިރި ވާން ފެށުމާއެކު ގެއަށް ދިއުމަށް ހިނގައިގަތީމެވެ.
މީހަކު އަހަރެންގެ ފަސް ފަހަތުގައި އުޅޭހެން އަނެއްކާވެސް ހީވެއްޖެއެވެ. އަދި އެލީ ގާތު މި ވާހަކަ ބުނުމުން އެލީ ބުނެލީ މިހެންނެވެ. ” ތިއީ ޔަޝް އަށް ހީވާ ގޮތެއް ކަމަށް، އެހެންޏާ ފަހެ ބޭރަށް ނިކުންނަން ވެސް އިނގޭ ގަޑިއަކީ މިއީ ވިއްޔާ؟ ދެން ވެސް ކުރުޝި ކިޔައިގެން އަވަހަށް ގެއަށް ދެވޭތޯ ބަލާ “. އެހެންކަމުން ހަލުއި ހިގުމެއްގައި ގެޔާ ދިމާލަށް ހިނގައިގަތީމެވެ. އަދި ރަށުގެ ބޮޑު މަގަށް އަޅާ އަލި ހިސާބަކަށް ދެވުމާއެކު ފަހަތަށް އެބުރި ބަލާލީމެވެ. އަދި އަހަންނަށް ހީވި ހީވުން ޔަޤީނަކާއި ހަމައަށްް ވާސިލުވިއެވެ. އަހަރެންގެ ފަހަތުން ނައްޓަން ނޭނގިގެން އުޅޭ މީހާ އެނގިއްޖެއެވެ. އެއީ ކަތީބުގެ ގޯތި ވާފިރެވެ. ވަގުތުން އެލީ ކައިރީ އޭނަ ވާހަކަ ބުނީމެވެ. އަދި އޭނާ އުޅޭ ގޮތުން ކޮންމެވެސް ކަމަކަށް ފާރަލާހެން ހީވާ ވާހަކަވެސް ބުނީމެވެ. އޭނާއަކީ މުޅިރަށުގައި ނުބައި އަރުވާ މީހުންގެ ތެރެއިން ވެސް އެއްވަނައެވެ. ސަބަބަކީ އޭނާގެ ބައްޕަައަކީ ރަށުގެ ބޮޑު ކަތީބަށް ވާތީވެ ކަންވެސް ނޭނގެއެވެ.
މިހުރިހާ ސަބަބަކާ ހުރެ އެލީ އަހަރެންނަށް ނަސޭހަތް ދިނީ އަވަހަށް ގެޔަށް ދިއުމަށެވެ. އެހެންކަމުން އަހަރެންގެ ހިގުން ބާރުކޮށްލީމެވެ. އޭނަވެސްް އަހަންނާ ދިމާލަށް ހިނގަމުން އާދެއެވެ. އަހަންނާއި އޭނަ އަރާ ހަމަވުމާއެކު ވަރަށް ބާރަށް އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން އަތުން ދޫކުރަން އެދި ބުނީމެވެ. ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ބުނީމެވެ. ނަމަވެސް ބުނި އެއްޗެއް އަޑު އެހިހެނެއް ހިއެއް ނުވެއެވެ. ދުލެއް ނުކުރި އެވެ. އެލީ ގާތު އަހަރެން ސަލާމަތް ކުރުމަށް ބުނީމެވެ. އެހެންނަމަވެސް އެވަގުތު ވާފިރު އަހަރެންގެ އަތުން ފޯނު ޖަހައިގެންް ފޯނު ބިންމައްޗަށް ހޫރާލިއެވެ. ފޯނުގެ ބެޓެރި ނެއްޓިގެން ފޯނު ނިވުނެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. ތެޅިގަނެވުނެވެ. ދުވެ ފިލުމަށް މަސައްކަތް ކުރީމެވެ. ނަމމަވެސް އަހަރެންގެ ގައިގާ އޭނާ ހިފެހެއްޓިއެވެ. ހަޅޭލައްވަން މަސައްކަތް ކުރީމެވެ. އެހެނަސް އަހަރެންގެ ބަދުނަސީބު ކަމުން އޭނާ އަގރެންގެ އަގަމަތީގައި އަތް އަޅާ ހަޅޭނުލެއްވޭ ގޮތަށް ހެދިއެވެ. އަހރެން ގަދަ ދައްކަން ފެށީމެވެ. އެގޮތަށް ގަދަ ދެއްކުމުގެ ތެރޭގައި ކުއްލިޔަކަށް އަހަރެންގެ މޫނުމަތީގައި ފޮތިގަނޑެއް ނޫނީ ހެދުމެއް ކަހަލަ އެއްޗެއް އެޅުނެވެ. އެޅުނުގޮތަކުން މޫނުގައި އޭތި ހަރުލިއެވެ. އަދި އޭނާ އަހަރެންގެ މޫނުމަތީގައި އެފޮތިކޮޅު އޮޅާލިއެވެ. އަހަންނަށް އެއްވެސް ތަނެއް ނުފެނުނެވެ. ބިރުން ރޯމަހެއް ތެޅެހެން ތެޅެން ފެށީމެވެ. އަހަރެން ތާކަށް ގެންދަން އުޅޭކަން އެނގޭތީއެވެ.
އެތަނުގައި އުޅެނީ އޭނާ އެކަނި ނޫންކަން އެގުނީ ދެނެވެ. ދެމީހެއްވެސް ނޫނެވެ. ހަތަރު ފަސްވަރަކަށް މީހުންނެވެ. އަހަރެންގެ ބަދުނަސީބަކީ އަހަންނަށް އެތަނުން އެނގުނީ އެންމެ މީހެއް ކަމެވެ. މޫނު ފެނުނީ ހަމައެކަނި ވާފިރުގައެވެ. އެމީހުން އަހަރެން ގެންދިޔައީ ވަރަށް ދުރު ހިސާބަކަށެވެ. މީހުން ނޫޅޭ ވާބޯ ހިސާބަކަށެވެ. އެކަން އަހަންނަށް އެނގުނީ އަހަރެން ތެޅިފޮޅުމުގެ ތެރޭގައި ގަސްގަހާއި ވިނަތަކުގައި ޖެހުމުންނެވެ. ވަކި ހިސަބަކަށް ގެންދިޔުމަށްފަހު އެމީހުން އަހަރެން ބިންމަށްޗަށް ހޫރާލިއެވެ. އެވަގުތު އަހަރެންގެ ބޯ ކޮންމެވެސް އެއްޗެއްގައި ޖެެހުނެވެ. އަދި ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ ހައިވާނުންތަކެއް ފަދަ މީހުންގެ ޝަޙުވާނީ ހުރިހާ އެދުމެއް ފުއްދުމަށަފަހު އަހަރެން ކަނު ބަދެފައި ބާއްވާ ބޭނުން ކުރުމަށްފަހު އަހަރެން އެ ޖަންގަލި ތެރޭގައި ރަށުގެ މީހުން ދިރިއުޅޭ ހިސާބާ ދުރު ސަރަހައްދަކަށް ޖަނަވާރެއް އެއްލާލާ ބީދައިން އެއްލާލުމަށްފަހު ހުރިހާ އެންމެން ފިލީއެވެ.
އަހަރެން އެކަނިމާއެކަނި އެތާ އިނދެ ގިސްލާ ރުއީމެވެ. އަދި ދެލޯ މަތީގައި އަޅާފައިވާ ފޮތިގަނޑު މޮހާލުމަށް ފަހު އަހަރެންގެ ކަޝްފުވެފައިވާ އައުރަ ނިވާކޮށްލުމަށް އެތަނުން އަހަރެންގެ ހެދުން ފެނޭތޯ ހޯދަނެ ފެށީމެވެ. ހެދުން ވަނީ އެތައް ދިމާއަކުން ވީދާލާފައެވެ. ހެދުން ލައިގެން އެތައް އިރަކު އެތާގައި ނުހިނގިފައި އިންނަން ޖެހުނެވެ. މީހެއްގެ އެހީއެއް ލިބުމަށް އެދިއެދި އެވެ. ނަމަވެސް އެތަނަށް އެފަދަ ގަޑިއެއްގައި މީހަކު ނާންނާނެކަން ޔަޤީނެވެ. ހިތްވަރު ކޮށްލުމަށފަހު އަތިރިޔަށް ނުކުތީމެވެ. އަދި މީހުން އުޅޭ ހިސާބަށް ދިއުމަށް ހިނގައިގަތީމެވެ. ދިޔައިރު ޖަންގަލި ތެރޭގައި ބަޔަކު އުޅެހެން ހީވިއެވެ. ގަތްބިރާއި ސިހުމާއެކު އެދިމާއިން ދުރަށްގޮސް އެތަނުގައި ހުރި ރުކެއްގެ ބުޑު މަތީގައި އިށީނީމެވެ. އަދި އަމިއްލަ ނަފްސައްޓަކައި ދެރަވެ ހިތާމަ ކުރީމެވެ. އަހަރެން ހޯދަމުން އަހރެންގެ ދައްތަ އަހަރެން އިން ރުކާ ދިމާއަށް އަންނަތަން ފެނެއެވެ. މިއަދު އަހަންނަކީ ވެސް ބައެއްގެ ޝިކާރައަކަށް ވެފައިވާ މީހަކީމެވެ. މިފަދަ އަމަލު ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އަހަރެން ގޮވާލަމެވެ. އަހަރެނެގެ ހަޔާތަށް އެހައިވާނުން ގެނުވި ބަދުނަސީބު އެހެން އަންހެން ކުއްޖަކަށް ލިބެން އަހަންނެއް ނޭދެމެވެ. އެހައިވާނުންނަށް ނުވިސްނުނަސް އަހަންނަށް ހާދަ ވޭނެއް އެޅިއެވެ. ހާދަ ތަދެއް އިޙުސާސް ކުރެވުނެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ގަހަނާ ކަމަށްވާ ޢިއްފަތްތެރިކަން އެމީހުން ފޭރިގަތީ އަހަރެންގެ އެއްވެސް ހައްޤަކާއި ނުލައެވެ. އެހައިވާނުންނަށް އެކަމުގެ ހިތި ޝަޒާ މިދުނިޔެއިން ލިބުމަކީ އަހަރެންގެ ހިތް ނޭދުނަސް ކުރެވޭ ދުޢާއެކެވެ. ހަމަގައިމުވެސް މަޙްޝަރުގެ މައިދާނުގައި އެމީހުންނަށް އޭގެ ހައްޤު އަދަބު ލިބިގެންދާނެއެވެ.
~~~~~ ނިމުނީ ~~~~~
ނޯޓް: މި ވާހަކައަކީ އަމިއްލަ ޙިޔާލުގެ މައްޗައް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ ބޭނުންކޮށްފައިވާ ނަންތަކަކީ ވެސް އަސްލު ނަންތަކެއް ނޫނެވެ. އެހެންކަމުން ކިޔުންތެރިންގެ ތެރެއިން އެއްވެސް ކިޔުންތެރިއަކަށް މިގޮތަށް ވެފަައިވާ ނަމަ އެއީ އިއްތިފާޤެކެވެ. ޝައުގުވެރިކަމާއެކު ވާހަކަ ކިޔާނެ ކަމަށް އުންމީދު ކުރަން… ޝުކުރިއްޔާ…..
2 Comments!
Comments are closed.

Salaam dear readers, due to my exams, I couldn’t upload any story, so after a long break I’ve uploaded this story, ” Badhu Naseebu” , I hope you guys Enjoy reading this story, feel free to comment your ideas, thank you ❤️
Varah reethi vaahaka eh❤