Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އަބަދުވެސް…19

luvza Level 310 Stories100 Login
June 28, 2021 3 Mins Read
0 Comments

ނިހާލް ބުނަމުން ދިޔަ ކޮނަމެ ލަފުޒެއް މައިޝާ ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަމުން ދިޔަ އިރު އެ މައުސޫމް އަންހެން ކުއްޖާ އަށް ނޭންގި އޮތް ކަމަކީ އޭގެން އެއްވެސް ބަހެއްގެ ފަހަތުގަ ހަގީގަތެއް ނުވާކަމެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އެ މައުސޫމް އަންހެން ކުއްޖާ އެވަނީ ނިހާލްދެކެ ވާލޯބިން އިތުބާރު ނުކުރަން ވާ ވަރަށް ނިހާލް އަށް އިތުބާރު ކުރެވިފައެވެ. އަދި މީގެ ނާޖާއިޒު ފައިދާ ނިހާލް ދަނީ ވަރަށް ރަނގަޅަށް ނަގަމުންނެވެ. އެ ހިލަ ހިތުގައި އަމިއްލަ އަބިމީހާއާއި މެދު ހަމްދަރުދީއެއް ކީއްކުރަން ލޯބީގެވެސް އެންމެ ކަންފުޅެއްވެސް ނެތީ ތާއެވެ.

މައިޝާމެން ރެސްޓޯރެންޓުން ނުކުތް އިރު ގަޑިން އެގާރަ ގަޑި ބައި ވާކަށް މާކަށް ގިން އިރެއް ނެތެވެ.އުޑު މަތި ވެސް ފާޑަކަށް ބަނަ ކޮށް އޮތް އިރު ހީވަނީ ދެންމެ ދެންމެ އޮއްސާލަފާނެ ހެންނެވެ. މައިޝާ ނިހާލް އާއި އެކު ނިހާލް ބުނި ގޮތަކަށް ހިންގަމުން ދިޔްއީ އެއްވެސް ހިޔާލެއް ފިކުރެއްނެތި ނިހަލް އަށް އިތުބާރު ކުރަމުންނެވެ. އެންމެ ފަހަރަކުވެސް މައިޝާ ވިސްނާލި ނަމަ ކުރިމަތީ އޮތް ކޮޅި ގަނޑުގެ ހިލަން އޭނާއަށް ވީހެވެ. މޫސުން ވެސް އެކަމަށް ހެކި ދޭކަހަލަ އެވެ. އެހެންނަމަވެސް ކުރާނީވެސް ފަހެ ކީހެއްޔެވެ. އެ އަންހެން ކުއްޖާ އެހެރީ ނިހާލްގެ ލޯބީގައި ކަނުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިހާލް މައިޝާ ގޮވައިގެން ވިލިނގިލީގައި މީހުން އާންމުކޮށް ގޮސް ނޫޅޭ ތަނަކަށް ދާން ނިންމާފައި ވުމުން އޭނާގެ ރޭވުމާއި އެއްގޮތަށް ކަން ކުރަން ނިންމިއެވެ.

މައިޝާ ނިހާލް އާއި ދިމާލަށް ބަލައިލީ ސުވާލުވެރި ނަޒަރަކުންނެވެ. ނިހާލް މިއޮށް ދަންވަރު ވާން ކައިރިވެފަ އޮއްވާ އޭނާ ގޮވައިގެން ވިލިނގިލީގެ އެންމެ އެތެރެއަށް ދަނީ ކީތްވެގެން ކަމާއި މެދު ސުވާލު އުފެދުނެވެ. ކުރިމަތިން ފެންނަށް އެއޮތީ ވިލިނގިލީ ކުނި ގޮނޑެވެ. އޭގެ ފަހަތުން އެއޮތީ ބޯކޮށް ހެދިފައިވީ ގަސްތަކެކެވެ. ބަލަލުމުންވެސް ވައްތަރީ ވަލުތެރެއާއި އެވެ. މައިޝާގެ ހިތުގައި ނިހާލްދެކެ ގަންނަ ބިރު އަނެއްކާވެސް ހޭލައިފި އެވެ. އެތަކެއް ފަހަރު ނިހާލް ކައިރީ އެތަނަށް އައީ ކީތް ކުރަން ތާ އަހަން ބޭނުން ވިއެވެ. ނަމަވެސް އެ ހިތްވަރު އޭނާގެ ނެތެވެ. މިހާރުވެސް އޭނާގެ ލޯކުރިމަތިން ކުރިން ރޭ ނިހާލް މާހިލް އަށް ކުރި ވަރު ހިތަށް އަރުވާލެވުމުން މުޅި ގައިން ހީބިހި ނަގައިގަތެވެ.

މިހާލް ހިނގަމުން ގޮސް ގަސްގަޑާއި ކައިރިވަމުން ދާތީ އަނބުރާއައި ކޮޅަށް ދުއްވައި ގަންނަން މައިޝާގެ ހަވަނަ ހިއްސު އަންގަމުން ދިޔައެވެ. ސިކުޑިވެސް ސުމަކަށް ދާ ވަރު ވެފަ ހުރުމުން މައިޝާ ކުއްލިއަކަށް ހުއްޓުނެވެ. ގަތް ބިރެއްގެ ސަބަބުން މައިޝާ އަށް ފަހަތަށް ދެ ފިޔަވަޅު ވަރު އަޅާލެވުނެވެ. ނިހާލް އަށް މި މަންޒަރު ފެނުމުން ނަފްސު ހަމަޔަކަށް އަޅުވަމުން މައިޝާ ކައިރިއަށް ޖެހިލާ އޭނާގެ މަޑު އަތްތިލައިގައި ހިފާލިއެވެ.

“މައި… ބޭބީ ކިހިނެއް ވީ…؟ ބިރުގަތީތަ….؟ -ބިރުގަންނަވީ ގަޑި އައިސް ޖެހުނީމި…- އެއްވެސް ބިރެއް ގަންނާނެ ކަމެއް ނެތް… އިނގޭ… -ބިރު ނުގަނެ ނުދާނެ… މިހާރުވެސް ތި ހިރީ ވެފަހުރި ވަރު… އަދި ކުރިއަށް އޮތީ…- އަހަރެން މިހިރީނުން… -މަ މީ ކާކުކަން އަދި އެނގޭނެ… ބޭބީ ޔުއާރ ސޯ ސްޓުޕިޑް…- މައި އަހަންނަށް އިތުބާރު ކުރަމެއްނުން…؟ -ޔޫ އާރް ޓްރަސްޓިން މީ ބްލައިންޑްލީ ބޭބީ… ސީ ވަޓް އައި ޑޫ ނެކްސްޓް…- އެއްވެސް ކަމަކާ އަހަރެން ހުންނައިރު ބިރުގަންނާނެ ކަމެއްނެތް…. އިނގޭ… -ހެހެހެހެ… މަ މި ހީރޯ އެއްނޫން އެންޑް ނޮޓް ޔުއަރ ސޯކޯލްޑް ހަބީ… ހެހެހެ- ” ނިހާލް މައިޝާ އާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ސިކުނޑި ދިޔައީ ދުލުން ބޭރު ކުރަމުން ދިޔަ ކޮންމެ އެއްޗެއްގެ އިދިކޮޅު ބުނަމުންނެވެ. ދުލުން ބޭރުކުރަމުން ދިޔަ ބަސްތަށް ދޮގ ކުރަމުންނެވެ. ހަމަ އެހާވެސް ހިތް ހަރީ ހެއްޔެވެ. ނޫނީ ބަދަލު ދޭން އެހާ ބޭނުން ވަނީ ހެއްޔެވެ.

“ނިހާ… އެކަމް ކީތްވެ މިތަނަށް ތި ގެނައީ…؟ މާލެ ދާން ހިނގާބަ… މިހާރު ބާރަ ޖަހަނީ އެއޮށްގެން ހިގާ……..” “ކޮން ތާކަށް؟… އެއްވެސް ތާކަށް ނުދެވޭނެ… މައިޝަ ކަލޭ ހީކުރީ އަހަރެން މީ މޮޔައެއް ކަމައްތަ؟؟ ފޯނުން ފުލުހުންނަށް ގުޅާފަ ރައްޓެއްސަކު ގުޅީ އޭ މަގޭ ކައިރި ކީ… މަށަށް އިނގޭ… ހުރިހާއެއްޗެއް އަޑު އިވުނު… މަށަށް އިނގޭ ރޭގަ މަ މާހިލް އަށް ކުރި ވަރު، ކީއެއްޗެހި މައިޝާ އަށް އިނގޭ ކަން… ނޭނގޭ ތި އަކީ އެއްނޫން މަ މަޑުން ހުރީ… އާނ… މާހިލް އެއީ އަހަރެންގެ އަންބެއް…!!! އެކަމް ވަރިކޮށްފަ… އަހަރެން އޭނަ އަށް އަނިޔާ ކުރި ތަން ފެނުނެއް ނުން… އަހަރެން އޭނަޔާއެއްކޮން ގުޅުން ހިންގި އިރުވެސް އިނގުން ތަ؟؟ އާން އެއީ އަހަރެންގެ ދަރިއެއް… މާހިލް ބަލިވެ އިނީ އަހަރެންގެ ދަރިއަކަށް… ރޭގަ އެވާހަކަ ބުނި އަޑު އިވުނެއްނުން.. ފަހުން ވީގޮތްވެސް… އަހަރެން އޭނަޔާ އަހަރެންގެ ދަރި ވެސް މަރާލީ… މި ދުނިޔޭން އޭނާގެ ވަސް ވެސް ފިލުވައިފިން… އެވަރުވެސް ނޭނގުނެއްނުން… ފުލުހުންނަށް ގުޅާފަ އަދިވެސް މައްސަލަ ހުށައަޅާ.. އެކަމަކު ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނީ ހެކި ހުރެގެންނެއްނުން… ހެކި ވެސް ދޭން ހުރި މީހަކީ ތި… ދެން އެކަމެއް ނުވާނެ… މަރުވާން ތައްޔާރު ތަ؟… ހެހެހެ… ބިރު ގަނެއްޖެ ދޯ… ކުރިންވެސް މަޑުން ހުރި ނަމަ މިހެން ނުވީހެއްނުން އެކަމް ދެން އެންމެ ކުށެއްގެ ސަބަބުން….. ހަހަހަހ…. ކަލޭގެ… މަރު…”

“ނޫން ނިހާލް ޕްލީސް… ތިހެން ނުހަދާ… ޕްލީސް… އަހަރެން ދޫކޮށްލާ… ޕްލީސް… ޕްލީސް… ތިހެން ނަހަދާ ހެޔޮ ނުވާނެ… އާހ!!! މަންމާ!!!!

 

ނުނިމޭ

ނޯޓް: މި ވާހަކަ އަކީ ފިކްޝަނަލް ވާހަކައަކަށް ވުމުން އަޅުގަނޑު މި ވާހަކައިގައި ބައެއް ތަންތަނުން އަސްލާއި އަނެއްބައި ތަންތަނުން އަސްލުނޫން ބައިތަށް ލިޔެފައި ހުންނާނެ… މާލެ ކައިރި ރަށް ރަށުގައި ވަލުތެރެ އޮތުން އެއީ ނުވާނެ ކަމެއް އެހެން ވުމުން އެބައި ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވަށް

އަދި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ޖަވާހިރުގެ ބާރު 4

Next

ތީއޭ މިހިތުގެ ދިރުމަކީ (17)

Next
June 28, 2021

ތީއޭ މިހިތުގެ ދިރުމަކީ (17)

Previews
June 28, 2021

ޖަވާހިރުގެ ބާރު 4



All Right Reserved!