ލޯބި_17
ދިހަ މަސް ފަސް……..
މިއަދަކީ އަހަރެމެންގެ ކައިވެންޏަށް އެއް އަހަރު ފުރޭ ދުވަހެވެ. މިހާރުގެ ކުދިން ގެ ބަހުރުވައިން ނަމަ “އެނިވާރސަރީ” އެވެ. އަހަރެން ހުރީ ވަރަށް އުފާވެފަ އެވެ. އަންހެނުންވެސް މެއެވެ. އާއިލާ މީހުންވެސް މެއެވެ. އަހަރެންނަށް ފަތިހު ހޭލެވުނީ އިރު ފަތިސް ނަމާދު ބަންގި ގޮވަނީއެވެ. އަވަހަށް ފާހާނާ އަށވަދެ ވުޟޫ ކޮށްލައިގެން އައިސް ރީތި ވެގެން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައި އިރު މަންމަ މެން ސައި ހަދަން އުޅެއެވެ. އަހަރެން ކޮޓަރިއަށް ވަން އިރު އަންހެނުން ލޯގަނޑު ކުރި މަތީގައި ރީތިވާން ހުއްޓެވެ. އަހަރެން ފަހަތުން ގޮސް އަންހެނުންގެ ބަނޑުގައި ބައްދާލާފައި ކަންފަތް ދޮށުގައި “ހެޕީ އެނިވަރސަރީ. އައި ލަވް ޔޫ” މިހެން ބުނެލީމެވެ. އަންހެނުންވެސް އަހަރެންނާ ވީ ފަރާތަށް އެނބުރިފައި އަހަރެނާ ގަތަރު ކަޅި ހަމަކޮށް ލާފައި “ހެޕީ އެނިވަރސަރީ ޓޫ އެންޑް އައި ލަވް ޔޫ މޯރް” މިހެން ބުނެލިއެވެ. އަހަރެން އޭރު ވެސް ހުރީ އަންހެނުންގެ ދެ ލޮލަށް ބަލާށެވެ. އެ ދެ ލޮލުން ފެންނަނީ އަހަރެން ދެކެ އޭނަ ވާ ލޯތްބެވެ.
އަހަރެން ސިއްސައިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވި އަޑަށެވެ. އަނެއް ފަރާތަށް އެނބުރިފައި ކާކުތޯ ބަލާލި އިރު މަންމަ ދޮރު މަތީގައި ހުއްޓެވެ. އަދި ސައި ބޯން އަންނަން ބުނެފައި ދިޔައެވެ. އަހަރެމެން އަވަހަށް ސައި ބޯން ދިޔައީ ބަނޑު ހައިވެފައި ހުރިލެއް ބޮޑު ކަމުންނެވެ.ސައި ބޯން ހުރީ އަހަރެންނަށް ވަރަށް މީރު އެއްޗެއް ކަމަށްވާ ތެލުލި ރިހާކުރާ ރޮށްޓެވެ. އަހަރެން އަވަހަށް ސައި ބޯން ފެށީމެވެ.މަންމަ އަހަރެން ނަށް ތެލުލި ރިހާކުރާ އަހަރެންނަށް އަހަރެންގެ ޖައްސާ ދުވަސް ދުވަހު ހަދާދޭނެ އެވެ. އެހެންކަމުން މިއަދު އަހަރެންނަށް ތެލުލި ރިހާކުރާ ހަަދާދިނީ މިއަދު އަހަރެންގެ ކައިވެންޏަށް އަހަރު ފުރޭ ދުވަސް ވީމަކަން އަހަރެންނަށް އެނގުނެވެ. ސައި ބުއިން ކުރިއަށް ދިޔަ އިރު އަހަރެންގެ އާއިލާ މީހުން އަހަރެމެން ދެމީހުންނަށް “ހެޕީ އެނިވަރސަރީ” ކިޔަމުން ދިޔައެވެ. އެއިމް ކޮންމެ ޖުމުލަ އަކަށް އަހަރެމެން ދެމީހުން ދިޔައީ “ތެންކިއު” ބުނަމުންނެވެ. އޭގެ ބަދަލުގައި އެމީހުން “ވެލްކަމް” މިހެން ބުނެލައެވެ. ވާހަކައިގައި ތިބެގެން ސައި ބޮލުން ކުރިޔަށް ގެންދިޔަ އިރު އާއިލާ ތެރޭ އެންމެ ބޮޑަށް ދެކެވުނީ ވާހަކަ އަކީ އަހަރެންމެންގެ “އެނިވަރސަރީ” ދުވަހުގެ ވާހަކައެވެ.
ސައި ބޮއެ ނިމުމަށްފަހު އަހަރެން އަންހެނުންނާއެކު ދިޔައީ ރަށުގެ ތުނޑިއަށް ކުޑަކޮށް ހިނގާލާށެވެ. އަހަރެމެން ރަށުގެ ތުނޑި ވެސް ވަރަށް ރީތިވާނެއެވެ. ކެންދޫ ތުނޑިއަށް ވުރެވެސް މެއެވެ. އަހަރެމެން ކުޑަކޮށް ހިނގާލާފައި ރާޅު ޖަހާ ހިސާބުގައި ޖައްސާލީމެވެ. އެތަނަށް ވަރަށް ފިނި ވައި ޖެހެއެވެ. އަހަރެމެން ވަރަށް ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކާލުމަށްފަހު އެތަނުން ތެދުވެ ގައި ފޮޅާލުމަށްފަހު ގެއަށް ދާން ހިނގައިގަތީމެވެ. ނަމަވެސް އަންހެނުން ގެއަށް ދާ ހިތެއް ނުވިއެވެ. އެހެންކަމުން އެތާ ހުރި ހަޓަކަށް ވަދެ އިށީނީމެވެ. “އަހަރެމެންގެ އެނިވަރސަރީ ދުވަސް ވީމަ ކޮން ކަމެއްތާ އޮތީ ދެން މިއަދު؟” އަންހެނުން ސުވާލު ކޮށްލިއެވެ. އަހަރެން ޖަވާބުގައި “ހިނގާ ސެލެބްރޭޓްކުރަން” އަހަރެން ބުނެލީމެވެ. އަހަރެން އެހެން ބުނުމުން އަންހެނުން ބޯ ޖަހާލާފައި ހިނިތުންވެލާފައި އެކަމާ މަޝްވަރާ ކުރަން ފެށިއެވެ. އަހަރެން ވެސް އެ މަޝްވަރާގައި ބައިވެރިވީމެވެ. އެތާ ތިބެ ތިބެފައި އަހަރެމެން ގެއަށް ދިޔައިރު ގަޑިން ބާރަ ޖަހަނީއެވެ.
ގެއަށް ވަދެ އަހަރެމެން ފައި ދޮވެލައިގެން ގެއަށް ވަން އިރު މަންމަ މެން ސޯފައިގައި ތިއްބެވެ. “ދަރިފުޅުމެން ކޮންތާކަށް ގޮއްސަ ތަ ތިއައީ…. މަންމަ މެން ހާދަ ވަރަކަށް ހޯދައިފިމޭ؟…….” މަންމަ ބުނެލިއެވެ. އަހަރެން ޖަވާބުގައި “މި އައީ ތުނޑިއަށް ގޮއްސަ އޭ މަންމާ”…. ބުނެލުމަށްފަހު އެންމެނަށް ހިނިތުންވުނެއް ރައްދު ކޮށްލުމަށްފަހު އަންހެނުން ނާއެކު ކޮޓަރިއަށް ވަދުނީމެވެ. އަދި މެންދުރު ނަމާދަށް ދިޔުމަށްޓަކައި ފެންވަރަށް ފާހާނާ އަށް ވަނީމެވެ. ފެންވަރައިގެން ވުޟޫ ކޮށްލައިގެން ނުކުމެ ހުދު ކުލައިގެ އަތްދިގު ގަމީހަކާ ކަޅު ކުލައިގެ ޖިންސް އެއް ލީމެވެ. އަދި ރީތިވެލުމަށްފަހު ރީތި ގޮތަކަށް އިސްތަށިގަނޑު ފުނާ އަޅާލީމެވެ. އެކަމުންވެސް އަހަރެންނަކީ ފެޝަނަށް ލޯބިކުރާ މީހެއް މީހުންނަށް އެނގޭނެއެވެ. ގަޔަށް ސެންޓް ބުރުވާލުމަށްފަހު އަހަރެން ކޮޓަރިން ނުކުތް އިރު އަންހެނުން ފެން ވަރާލުމަށްޓަކައި ފާހާނާ އަށް ވަދެއްޖެ އެވެ.
މިސްކިތުން އައިސް ގެއަށް ވަން އިރު ބިރިޔާނީ ވަސް ދުވާތީ އަހަރެން ބަދިގެއަށް ވަނީމެވެ. މަންމަ މެން އޭރު ބިރިޔާނީ ހަދަން އުޅެއެވެ. އަހަރެން ދެން ދިޔައީ އަންހެނުން ކޮބާތޯ ބަލާލުމަށްޓަކައި ކޮޓަރި އަށެވެ. އަންހެނުން ކޮޓަރީގައި އިސްތިރި ކުރަން ހުއްޓެވެ. އަހަރެން ވެފައި ހުރި ވަރުބައްޔެއްގެ ޖައްސާލެވުނީ ލައިގެން ހުރީ ގަމީހާ އެއްކޮށެވެ. ޖައްސާލިތަނާ އިރުކޮޅެއް ނުވެ ކޮންމެސް މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑު އިވެއެވެ. އަހަރެން ކުއްލިއަކަށް ތެދުވެ ކާކުތޯ ބަލާކަށް ވެގެން ދޮރު ހުޅުވަން އުޅެނިކޮށް އަންހެނުން ދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީގައި އަހަރުމެން ކާން ބަލައި އައިސް ހުއްޓެވެ. އަހަރެން އަވަސް އަރުވާލައިފައި ދިޔައީ ބިރިޔާނީ ކާ ހިތުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



vvvvvvvv salhi mi bai vx madamoooo… yayyy finally cover pic levijje dhw.. alheyyyyy biriyaniiiiiii… mashah vx dheebala brwwww… eyy asluvx vrh lwbi ngey.. keep it up.. proud of u sisyy.. lysssssssssmmmm… mysssssmmm
Salaam my dear readers….. Mee mi vhk ge 17 vana part mi part vex reethi vaane kamah ummeedhu kuran v avahah next part genesdheveytho balaanan Insha Allah ????stay home stay safe all readers❣️❣️❣️❣️❣️
In reply to magey loabi nayoooo
V bodha thanks ingey heheh aan levijje mihen ulhemun ulhemun cover pic vex hahahahahah ????? ?????? biriyanni kolheh dhw nayooo ge mom gaathu buney hadhaadheyshey nayooo ge mom v molhu vaane hadhan and luv u toooooo nayooo I am missing u soooo much fennaane dhuvahehge inthizaaruga mihuree maadhan ebaoyyy test vex dhw onvebala eyrah kiyaadheynamey hurihaa ehcheh❣️❣️❣️❣️❣️❣️❣️❣️stay home stay safe❣️❣️❣️❣️❣️♥️♥️❤️❤️♥️♥️❤️❤️?????