“ނިހާ… އެކަމް ކީތްވެ މިތަނަށް ތި ގެނައީ…؟ މާލެ ދާން ހިނގާބަ… މިހާރު ބާރަ ޖަހަނީ އެއޮށްގެން ހިގާ……..” “ކޮން ތާކަށް؟… އެއްވެސް ތާކަށް ނުދެވޭނެ… މައިޝަ ކަލޭ ހީކުރީ އަހަރެން މީ މޮޔައެއް ކަމައްތަ؟؟ ފޯނުން ފުލުހުންނަށް ގުޅާފަ ރައްޓެއްސަކު ގުޅީ އޭ މަގޭ ކައިރި ކީ… މަށަށް އިނގޭ… ހުރިހާއެއްޗެއް އަޑު އިވުނު… މަށަށް އިނގޭ ރޭގަ މަ މާހިލް އަށް ކުރި ވަރު، ކީއެއްޗެހި މައިޝާ އަށް އިނގޭ ކަން… ނޭނގޭ ތި އަކީ އެއްނޫން މަ މަޑުން ހުރީ… އާނ… މާހިލް އެއީ އަހަރެންގެ އަންބެއް…!!! އެކަމް ވަރިކޮށްފަ… އަހަރެން އޭނަ އަށް އަނިޔާ ކުރި ތަން ފެނުނެއް ނުން… އަހަރެން އޭނަޔާއެއްކޮން ގުޅުން ހިންގި އިރުވެސް އިނގުން ތަ؟؟ އާން އެއީ އަހަރެންގެ ދަރިއެއް… މާހިލް ބަލިވެ އިނީ އަހަރެންގެ ދަރިއަކަށް… ރޭގަ އެވާހަކަ ބުނި އަޑު އިވުނެއްނުން.. ފަހުން ވީގޮތްވެސް… އަހަރެން އޭނަޔާ އަހަރެންގެ ދަރި ވެސް މަރާލީ… މި ދުނިޔޭން އޭނާގެ ވަސް ވެސް ފިލުވައިފިން… އެވަރުވެސް ނޭނގުނެއްނުން… ފުލުހުންނަށް ގުޅާފަ އަދިވެސް މައްސަލަ ހުށައަޅާ.. އެކަމަކު ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނީ ހެކި ހުރެގެންނެއްނުން… ހެކި ވެސް ދޭން ހުރި މީހަކީ ތި… ދެން އެކަމެއް ނުވާނެ… މަރުވާން ތައްޔާރު ތަ؟… ހެހެހެ… ބިރު ގަނެއްޖެ ދޯ… ކުރިންވެސް މަޑުން ހުރި ނަމަ މިހެން ނުވީހެއްނުން އެކަމް ދެން އެންމެ ކުށެއްގެ ސަބަބުން….. ހަހަހަހ…. ކަލޭގެ… މަރު…”

“ނޫން ނިހާލް ޕްލީސް… ތިހެން ނުހަދާ… ޕްލީސް… އަހަރެން ދޫކޮށްލާ… ޕްލީސް… ޕްލީސް… ތިހެން ނަހަދާ ހެޔޮ ނުވާނެ… އާހ!!! މަންމާ!!!!

މައިޝާ ނިހާލް ގެ އަތުން އޭނާގެ އަތް ނެއްޓޭ ތޯ މަސައްކަތް ކުރަމުން ނިހާލް ކައިރީ އާދެސް ކުރަމުން ދިޔައެވެ. އެހެންނަމަވެސް މައިޝާގެ މޫނު މައްޗަށް ލިބުނު ހޫނު ހަމަލާއިން މައިޝާގެ އަނގަ ބަންދު ވި ކަހަލަ ވީ ތަދަކުން މަންމަ އަށް ގޮވުނު ކަމުގައި ވިޔަސް އެ ހިސާބުގައި އެ އަޑު އަހާނެ މީހަކު ނެތެވެ.

“މިއަދަކު ކަލެއަކަށް މަގޭ ކައިރިއަކުން ސަލާމަތް ވެވޭކަށް ނޯންނާނެ!… މިފަހަރަކު މަ ނެތިން ކުޑަ ގޮޅިއަށް ދާކަށް… އެއްފަހަރު އެތަނުން ސަލާމަތް ވެވިއްޖެ… މި ފަހަރު އެތަނަށް ދާކަށް މަ ބޭނުމެއް ނޫން… މީ ކަލޭގެ ފަހު ދުވަސް ކަމަށް ބަލާ އިނގޭ…” ނިހާލް މައިޝައަށް އެއްޗިހި ގޮވަމުން ދިޔައިރުވެސް މައިޝާ ނިހާލް ކައިރިން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ މަރު ހަނދާން ކޮށްދޭ ކޮންމެ ފަހަރަކު މަޑު ޖެހުނު ނަމަވެސް ހުއްޓާނުލާ އޭނާ ދިޔައީ ނިހާލް ގެ ކިބައިން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުންނެވެ.

“ނިހާލް… ނިހާލް އަށް ވެސް އިނގޭނެ އެއީ ކުށެއްކަން… ގާނޫނީ ކުށެއްކަން… ނިހާލް މިއަދު އަހަރެން މަރާލައިގެން ސަލާމަތް ވިޔަސް… މި ދުނިޔެ މަތިން އޭގެ ސަޒާ ނުލިބުނަސް…  ކޮންމެވެސް އެއްދުވަހަކުން ނިހާލް އަށް އޭގެ އަދަބު ލިބޭނެ… ބިރުގަންނަން ޖެހޭނެ ފަރާތެއް ވާކަން ހަނދާން ބަހައްޓަބަލަ……. “ކަލޭ ތީ ވަކި ކާކު މަގޭ ކައިރި ތިހެން ކިޔަން މާ ޞާލިހު ކަމަށް ހެދިގެން އުޅެން ކީތް ކުރެވޭނީ ބުނެބަލަ ކީތް ކުރެވޭނީ… އެއްކަމެއް ވެސް ނުކުރެވޭނެ…” މައިޝާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑުވާލަމުން އަނެއްކާވެސް ނިހާލް ވާހަކަ ދައްކަން ފެއްޓިއެވެ. އެތަކެއް ފަހަރު އެތަކެއް ގޮތަކުން ނިހާލް މައިޝަ އަށް އަނިޔާ ކުރަމުން ދިޔައިރުވެސް މައިޝަ ދިޔައީ ނިހާލް ގެ ވިސްނުން ބަދަލު ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންވެ. އޭރުވެސް ނިހާލް މައިޝާ ގެ އަތުގަ ހިފަހައްޓާފަ އޮތުމުން މައިޝާ އަސް އިތުރު ގަދަ ތަކެއް ދެއްކޭ ކަށް ނެތެވެ. މައިޝާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހަކާއި އެކު ނިހާލް ހިތުގައި ރޯވެފައި އޮތް އަލިފާން ގަނޑަށް އިތުރަށް ދަރު އެޅުން ކަހަލަ ކަމަކަށެވެ.

 

ހާލަކުން މަސައްކަތް ކުރަމުން ގޮސް ނިހާލްގެ އަތް ދަށުން ސަލާމަތް ވުމުން މައިޝަ އަވަސް އަވަހަށް އެތަނުން ދާން ދުއްވައިގަތެވެ. އޭރު ނިހާލް ބިންމަތިން ތެދުވަނީއެވެ. މައިޝާ ނިހާލް އަށް ބެލުމެއް ނެތި ނިހާލް އާ ދުރަށް ތަންދޮރު ނުބަލާ ދުއްވައި ގަތުމުން ގޮސް ވަދެވުނީ އެތާނގައި އޮތް ގަސްގަނޑު ތެރެއަށެވެ.

ގައިގެ އެތަކެއް ތަނަކުން ލޭ އޮހޮރެމުން ދިޔަ އިރުވެސް މައިޝާ އެކަމަށް ފަރުވާ ނުބަހައްޓާ ދުއްވަމުން ދިޔައީ އެއްވެސް ކަމެއް ވިސްނޭ ހާލެއްގައި ހުރެގެންނެއް ނޫނެވެ. އަމިއްލަ ސަލާމަތަށް ދުވަމުން ދިޔަ މައިޝާ އަށް ހުއްޓެން މަޖުބޫރުވީ ދުވަމުން ގޮސް ގަސް ގިނަ ހިސާބަކަށް ދެވުމުންނެވެ. އެހާލަތުގައިވެސް އަމިއްލަ މޮޔަ ކަމާއި މެދު ހިތާއި ހިތުން މައިޝާ އަށް ޝަކުވާ ކުރެވުނެވެ. އެހެން ނަމެވެސް ކުރާނީ ކީތް ހެއްޔެވެ. އެވަގުތު އެ ފަކީރު ހުރި އެއްވެސް ކަމެއް ވިސްނޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އަމިއްލަ ފިރިމީހާ އަކީ މިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ހިތަށް އަރާނީ ކާކުހެއްޔެވެ. މީހުން ބުނަނީ ތެދެކޭވެސް މައިޝަގެ ހިތަށް އެރިއެވެ. ކިތަންމެ އެއްކޮށް އެކުވެރިކޮށް ލޯބިން އުޅޭ މީހުންނަކީ ފަހުން ތިމާއަށް ލަނޑު ދޭނޭ ބައެކެވެ.

ހުއްޓި ހުރެފަވެސް ނިހާލް މަތިން ހަނދާން ވުމުން ކުރިއަށް ވުރެން ބާރަށް މައިޝައަށް ދުއްވައި ގަނެވުނެވެ. ދުވަމުން ދިޔައިރުވެސް އެހެން އެއްވެސް ފަރުވާލެއް ނުބަހައްޓާ ދުވުމުން ގަސްތަކުގެ ތޫނު އަފިތަކުން ދައިގެ ތަންތަން މަށައިގެން ދިޔުމުންވެސް އެކަމަށް އަޅާނުލާ ހުއްޓާނުލާ ދުވަމުން ދިޔައީ ކޮންމެ ހާލެއްގައި ވިޔަސް އެތަނުން ސަލާމަތް ވެވޭތޯއެވެ. މައިޝާގެ ފަހަތުން ދުވަމުން ދިޔަ ނިހާލް ވެސް އިތުރު އެހެން ކަމަކަށް ސަމާލުކަން ނުދީ ބެލީ މައިޝަ ސަލާމަތް ނުވެ އޭނާ އެއްވެސް ގިތަކުން ފުލުހުންގެ އަތްދަށު ނުވެވޭތޯއެވެ.

 

އިސާހިތަކު މޫސުންވެސް އެއްކޮށް މި ތޫފާނާއި އެބައިވެއްޖެއެވެ. އޮއްސާލި ބޯވާރޭގެ ބޮޑެތި ތިކި ތަކުން ގަސްތަށްވެސް ތެމެމުން ފަތްތަކުން ފުރޭނިގެން އަންނަ ވާރޭގެ ފެންތިކި ތަކުން މައިޝާ އާއި ނިހާލް ދިޔައީ ތެމެމުންނެވެ. ލޭ އޮހޮރެމުން ދިޔަ ތަންތަނުން ދިލަ ނަގަމުން ދިޔަ އިރުވެސް އެކަކުވެސް ހުއްޓޭކަށް ހިޔާލެއް ނުކުރެއެވެ.

މައިޝާ އަސް ދުވަމުން ގޮސް ނުކުމެވުނީ ގަސް މަދު ހިސާބަކަށެވެ. ވިނަ ފަޅާފައި އޮތުމުން ވެލި ދަނޑު ވަނީ ފޮރުވިފައެވެ. ފުދޭވަރަކަށް ގަސް ހުރި ނަމަވެސް ދުރުދުރުން ފެންނަން ހުރި އަކިން ރަށުތެރެއާއި ކައިރި ވެއްޖެކަން މައީޝާ އަށް ރޭކާލިއެވެ. ވަރުބަލިވެގެން މާނޭފާ ލެވެމުން ދިޔައެވެ. ލައިގެން ހުރި ހެދުމާއި ޖިންސު ވެސް އޮތީ ކިލައިން ތަތް ތެޅިފައެވެ. އެހެމުން ދިޔަ ވާރެއިން ތެމިފައިވާ އިސްތަށި ގަނޑުވެސް ވަނީ މޫނުގަޔާއި ކަރުގައި ތަތް ލަވާފައެވެ.

“މައިޝާ، ހީނުކުރައްޗޭ މަށަށް ފިލައިގެން އުޅެވިދާނެއޭ…. ކަލޭގެ ނިމުން މިހާރު ކަލެއާ ވަރަށް ގާތް ވެއްޖެ.” ގަސް ތަކުގެ ތެރެއިން ނުކުތް މީހާ ދުވަމުން ހަޅޭއް ލަވައިގަތެވެ.

“ނޫން، ނިހާލް އަހަންނަށް ތިހެން ނަހަދާ ހެޔޮނުވާނެ ދޫކޮއްލާ، މާތް ﷲ ރަސްކަންފުޅައްޓަކައި އަހަރެން ދޫކޮށްލާ، ޕްލީސް…..” މައިޝާ ރޮއެގަންނަމުން އާދޭސް ކުރިއެވެ.

“މައިޝާ އައް ހަމަ ރަނގަޅަށް ވެސް އިނގޭނެ އަހަރެން މީ އެއްވެސް އިރެއްގަ އެއްވެސް މީހަކަށް އިތުބާރު ކުރި މީހެއް ނޫން ކަން. ދެން ކޮންހާ ވާހަކަ އެއް ދައްކާކަށް….” މިހެން ބުނެ ނިހާލް މައިޝާ  ދުރަށް ކޮއްޕާލިއެވެ.

ނިހާލް މައިޝާ ކޮއްޕާލުމުން ގޮސް ޖެހުނީ ދުރުގައިހުރި ގަހެއް ގައެވެ. ބުރަކަށްޓާއި އެކު ބޯ ޖެހުމުން މުޅި ތަން އޭނާ އަށް ކަޅުވާން ފެއްޓިއެވެ. ކުރިމަތީގަ ހުރިމީހާ ކުރި ކަންތައް ތައް ވަރަށް ފުސްކޮން އެނާއަށް ފެނުނެވެ. މުޅި ތަން އޭނާއަށް ކަޅުވެގެން ދިޔަ އިރު އޭނާ އަށް ފެނުނީ ނިހާލް އޭނާ އާ ދިމާލަށް އަންނަ ތަނެވެ.

 

ނިހާލް މައިޝާ އާއި ދިމާލަށް އަންނަމުން ގޮސް ފިޔަވަޅު ތަކުގެ މިސްރާބު ބަދަލް ކުރަން ޖެހުނީ ކައިރި ހިސާބަކުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނީމައެވެ އަވަސް އަވަހަށް ކައިރި ހުރި ގަސްތަކެއްގެ ފަހަތަށް ވަދެ ނިވާ ވެލިއެވެ.

އެތަނަށް އައި ބަޔަކުތިބީ ހުދު ގަމީހާއި ކަޅާއި ނުލުގެ ފަޓުލޫނު ލާފައި ވުމުން އޮފީހެއްގައި މަސައްކަތް ކުރާ ބައެއްކަން ހާމަވެއެވެ. އެމީހުން މައިޝާ ގޮވައިގެން އެތަނުން ދިޔަ ތަން ބަލަން ނިހާލް އަށް ހުރެވޫނީ މޫނު މައްޗަށް ރުޅިވެރިކަން ވެރި ކުރުވައިގެންނެވެ.

~ނުނިމޭ~

މިބައި ކުދަކޮށް ލަސްވެދާނެ އަޅުގަނޑު ބަލިވެ އުޅުމުގެ ސަބަބުން މާލެ އަންނަން ޖެހިގެން މިވީ ވީކެއް ހާ ދުވަހު ވަރަށް ކުޑަ ވަގުތު ކޮޅެއް ހުސްކޮށް ލިބެނީ…😥😥 އެހެންވުމުގެ ސަބަބުން މިބައި އަޕްލޯޑް ކުރުމަށް ޑިލޭ ވީ.. ސޮރީ ގާއިސް🙏🙏 އުންމީދު ކުރަން އަންޑާރސްޓޭންޑް ވާނެ ކަމަށް😊😊

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!