ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 7
“ދަރިފުޅާ ނަވް.. އަވަހަށް ނިކުމޭ އެކުއްޖާ އައިސް އެބައިން..” ޒާއިފް ގުޅަމުން ދިޔަ ފޯނު އަތަށް ލައިގެން އިން ނަވްޔާ ސިހުނީ ނިޝްފާގެ އަޑަށެވެ. ނަމަވެސް ހެޑްސެޓް ނަގަމުން ލަވައެއް އަޑުއަހަން ފެށީ ނިޝްފާގެ އަޑު ނީވޭކަމަށް ހަދަންވެގެންނެވެ. ނުކްޝާން ނަވްޔާގެ ފޯނު އަތުލިއެވެ.”ނުކް..” ނަވްޔާ ފޯނު ބަލައި ދުއްވައިގަތެވެ. ނުކްޝާންގެ މިސްރާބު ހުރީ ދޮރާއި ދިމާއަށެވެ. ނަވްޔާއަށް ނުކްޝާންގެ މަޤްސަދު އިނގުމުން އަނބުރާ އެނދުގައި އިށީނެވެ.”އައްސަލާމް ޢަލައިކުމް..” ކުއްލިއަކަށް އެއްކަލަ ފިރިހެން މީހާގެ އަޑު ނުކްޝާންމެންގެ ކަންފަތުގައި ޖެހުނެވެ. ތިން މީހުންގެ ދެލޯ އެއްފަހަރާ ބޮޑުވިއެވެ.
**7 ވަނަ ޕާޓު**
“ލަ..ލައިހާން…” ނިޝްފާގެ ހިތުގައި ގޮތް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.”ދަރިފުޅު އެހަށް ދާންވީނުން… އެހެން ދުވަހަކުން ގެންނާނަން އިނގޭ..” ނިޝްފާ އެހެން ބުނުމުން އެކުއްޖާ ބޯ ޖަހާލާފައި ގެއިން ނިކުތެވެ.”ނިޝްފާ ހާދަ ގިނަދުވަހެއް ކޮށްލާފައޭދޯ މި ފެނުނީ…އެހަށް ދުވަހު ފެނުނޭ ނިޝްފާގެ ދަރި އާ އެއްކަލަ ދެ އަންހެން ކުދިންނާ.. އަދިވެސް ނިޝްފާގެ ދަރިއަށް މަމީ ކާކު ކަން ނުބުނެދެނީ ދޯ..” ލައިހާން ގޭތެރެއަށް ނަޒަރު ހުއްޓާލިއެވެ.”އެއީ ހަމަ އެކަނި މަގޭ ދަރިއެއް ނޫން.. ކީއްކުރަން މަގޭ ކައިރިއަށް ތި އައީ..” ނިޝްފާ އެހިއެވެ.”ހަމަ ދެކިލާހިތުން.. ހާދަ ރީތި ގެއެކޭ ދޯ މީ.. މީހަކާ އިނީތަ ދެން..” ލައިހާން ނިޝްފާ މޫނުގައި ފިރުމާލިއެވެ.”ގައިގަ އަތް ނުލާ..” ނިޝްފާ ލައިހާންގެ އަތް ފޮޅާލިއެވެ.”އޭއި.. ކަލެއަށް ކޮން ހައްގެއް އޮތީ މަގޭ މަންމަގެ ގައިގަ އަތްލާން…” އެމީހުން ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ނުކްޝާން ކޮޓަރިން ނިކުތެވެ.”ހެހެ.. ނުކްޝާން އަށް ނޭނގުނަސް މަށަށް އޮވޭ އޭނަގެ ގައިގަ އަތްލަން ހައްގު.. މިވަގުތު ގޮސްލީ..” ލައިހާން ނުކްޝާން އާއި ދިމަ ބަލާލާފައި ގެއިން ނުކުމެގެން ދިޔައެވެ.”މަންމާ އެއީ ކާކު..” ނުކްޝާން އަހާލިއެވެ. ނިޝްފާ އެއްޗެއް ނުބުނެ އޭނާގެ ކޮޓަރިއަށް ވަނެވެ. ނީކިޔާ އާއި ނަވްޔާ އަދި ނުކްޝާން ތިބީ ވާނުވާގައެވެ.
ނުކްޝާން ނިޝްފާ ފަހަތުން ކޮޓަރިއަށް ވަނެވެ. އޭރު ނިޝްފާ އިނީ ދެން ހަދާނެ އިތުރު ގޮތެއް ނޭނގިގެންނެވެ.”މަންމާ އެއީ ކާކުތަ..” ނުކްޝާން އަނެއްކާ ވެސް އެސުވާލު ކޮށްލިއެވެ. ނިޝްފާ އަނގައިން ނުބުނެ އިނީއެވެ.”މަންމާ؟؟..” ނިޝްފާ ޖަވާބު ނުދީ އިންނަން ފެށުމުން ނުކްޝާން އިތުރަށް ހާސްވަމުން ދިޔައެވެ.”އެއީ ލައިހާން ނުން…” އެންމެފަހުން ނިޝްފާ ޖަވާބު ދިނެވެ.”އޭނައަށް ކިހިނެއް…” ” އެހަށް ނުކް ސުވާލު ނުކޮށްބަލަ.. އިރާދަކުރެއްވިޔާ މަންމަ މަރުވުމުގެ ކުރިން ނުކްމެންނަށް ކިޔާދެވޭތޯ ބަލާނަން..” ނިޝްފާ ނުކްޝާން ކުރަން އުޅުން ޖުމްލަ ހުއްޓުވުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ. ނުކްޝާން ވެސް ފަހަތުން ނިކުތެވެ.
ނަވްޔާ ގެއިން ނިކުތީ ފިހާރައަށް ދާންށެވެ.”ނަވް..ހާދަ ދުވަސް ކޮށްލާފަ މި ދިމާވީ..” ނަވްޔާ ފިހާރައަށް ވަންނަން އުޅެނިކޮށް ފަހަތުން ވާހަކަ ދެއްކިއެވެ.”ސުދާ… ކޮންތާކު އުޅެފަ ތި އައީ..” ނަވްޔާ ހީލިއެވެ.”މެލޭ އަށް ގޮއްސަ މި އައީ..” ސުދާ ވެސް ނަވްޔާ ފަހަތުން ފިހާރައަށް ވަނެވެ.”ދެން އަލުން މާލެ ދާކަށް ނުވިސްނަންތަ.. ތީ ދުވަހަކު ވެސް މިކަހަލަ ރަށަކަށް ނާންނާނަމޭ ކިޔައިގެން މާލޭގަ އުޅުނު މީހާ..” ނަވްޔާ ހެމުން ބުންޏެވެ.”ދެން ކީއްކުރާނީ ދޯ.. މިރަށަށް ޖައްސާލީ ކޯސް ނިމުނީމަ..” ސުދާ ހިނިގަނޑެއް ޖަހާލިއެވެ.”އޭއި ނަވް..ކޮބާތަ އެއްކަލަ ނުކްޝާން…” ސުދާ އަހާލިއެވެ. ނަވްޔާ ހިނިގަނޑު ހިފަހައްޓާލިއެވެ.”ތީދޯ ނުވެގެން އުޅޭ ކަމަކީ… ނުކް މީހަކާ އިނދެގެން އެބަ އުޅޭ..” ނަވްޔާ އަށް ސުދާގެ އަސްލު ބޭނުމަކީ އެއީކަން މާ ރަނގަޅަށް ވެސް އިނގެއެވެ.”ނުވާނެ އެހެނެއް..ހެކި ދައްކާ..” ސުދާ ދެލޯ އަޅާލިއެވެ.”އާދޭ އަހަރެމެން ގެއަށް.. އޭރުން ހެކި ދައްކާނަން..” ނަވްޔާ އެހާ ސާބިތުކަމާ އެކި ބުނުމުން ސުދާ ޖެހިލުންވިއެވެ. ނަމަވެސް ނަވްޔާ ފަހަތުން ގެއަށް ދިޔައެވެ.
“މަޑު ކުރޭ ނުކް ގޮވައިގެން އެބަ އަންނަން..” ސުދާ ސޯފާގައި ބައިންދާފައި ނަވްޔާ ވަނީ ނުކްޝާންގެ ކޮޓަރިއަށެވެ.”ނުކް.. އެއްކަލަ ސުދާ އައިސް އަހައިފި ނުކް ކޮބާ ހެއްޔޯ.. އޭނާ އެބައިން ބޭރުގަ..މަ ބުނިން މީހަކާ އިނދެގެން އެބަ އުޅެއޭ..މަ ބޭނުމެއް ނޫން އޭނައާ ނުކް ގުޅޭކަށް..” ނަވްޔާ ބުންޏެވެ.”ސޭމް..ނަވް ރަނގަޅަށް ތިހެދީ.. ޔަމްހާ.. އާދެބަލަ..” އެނދުގައި އޮށޯވެ އޮތް ޔަމްހާ އަށް ގޮވާލުމުން ކިޔަމަންތެރިކަމާއެކު ޔަމްހާ އައެވެ. ނުކްޝާން ޔަމްހާ ކޮނޑަށް އަތް ވައްޓާލަމުން ގަޔާއި ކައިރިކޮށްލައިގެން ކޮޓަރިން ނިކުތެވެ.”ނަވް ބުނީ ސުދާ އައިސް އެބައިނޯ.. ކޮބާ ކިހިނެއްތަ..” ނުކްޝާން އަހާލިއެވެ. ސުދާ ހަމަ ރަނގަޅަށް ވެސް ރުޅި އައިއްސި އެވެ.”އެއީ ކާކުތަ ނުކްޝާން..” ސުދާ ވާހަކަ ދެއްކީ ރުޅި އައިސްގެން ގޮސް ހަލާކުވާވަރުގައެވެ.”މީ މަގޭ ވައިފް ޔަމް… ސުދާ އަށް ކިހިނެއް ތި ވަނީ..” ނުކްޝާން ޔަމްހާ އިތުރަށް ކައިރިކޮށްލިއެވެ.”ނުވާނެ އެހެނެއް.. ނުކްޝާންގެ އަންބަކަށް ވާން ޖެހޭނީ މަ.. އެއޮށް ވަރުން އެކަމާ އައީމަ ވެސް… މަށާ އިނދޭ…” ސުދާ ހަޅޭއްލަވައި ގަތެވެ.
” ނީނދެވޭނެ ކަލެއަކާ..” ނުކްޝާން ސަމާސާ ގޮތްގަނޑު ސީރިއަސްކަމަށް ބަދަލު ވިއެވެ.”ސުދާ ހީކުރަނީ ދޯ ނީކިޔާ އަށާ ނަވްޔާއަށް އެދުވަހު އެކި އުނދަގޫ ކޮށްފައި ސިއްރުން އުޅެވޭނެ ކަމަށް… އެދުވަހު އެންމެ ކަމެއް ކުރި ނަމަވެސް ސުދާ ހުންނާނީ ޖަލުގަ..” ސުދާ އާއި ދިމާއަށް ނުކްޝާން އެއްޗެހި ގޮވައިގަތެވެ.”ދެން މިގެއަށް ނާންނާތި..!!! ނިކުމޭ!!..” ނުކްޝާން އަމުރު ކޮށްލިއެވެ. ނަމަވެސް ސުދާ އެހުރި ގޮތަށް ހުރީއެވެ.”ރީއްޗަށް ނިކުންނާނީތަ ނޫނީ ތަޅައިގެން ނެރޭނީތަ..” ނުކްޝާން ދަތްކުނޑި ވިކާލިއެވެ. ސުދާ ބިރުން ގެއިން ނިކުތެވެ. ސުދާ ހަމަ ނިކުތުމާއެކު ނުކްޝާން ޔަމްހާ އާއި ދުރުވީ ފަކުރުންނެވެ.
“ނައިސް..” ނަވްޔާ ނުކްޝާން އަތުގައި ޖަހާލިއެވެ. ޔަމްހާ އިށީނެވެ.”ނުކް ސުދާ ދެކެ ލޯބި ވޭތަ.. އަހަރެމެން ދެމީހުންނަށް އެހެން ހެދީމަތަ ސުދާއާ ރައްޓެހި ނުވަނީ..” ނަވްޔާ ސުވާލުކޮށްލިއެވެ.”މަ ބުނިން ދޯ މަ ހަމަ އެއް އަންހެން ކުއްޖެއް ލައިކް އެއް ނުވެއޭ… ދެން އެ ސުދާ ނުގެންނާތި..” ނުކްޝާން ކޮޓަރިއަށް ވަނެވެ. ނަވްޔާ ދެކޮނޑު އަރުވާލާފައި ކޮޓަރިއަށް ވަނެވެ. ނަވްޔާ ފޯނު ނެގިއިރު ޒާއިފްގެ ސާޅީސް މިސްޑް ކޯލްސް އިނެވެ. ނަވްޔާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ބޮލުގައި ރިހުމެއް ހުރުމާއި އެކު ނަވްޔާ ފޯނު ބާލީސް ދަށަށް ލާން އުޅެނިކޮށް މެސެޖެއް އައެވެ.”ނަވް.. ވީ އާރ ގޮއިންގ ޓު ގެޓް މެރިޑް…” ޒާއިފް ކޮށްފައި އިން މެސެޖެކެވެ. ނަވްޔާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާއަށް ޒާއިފް އާއި ކައިވެނި ކުރެވޭކަށް ނެތް ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟
“ނަވް..” ނީކިޔާ ކޮޓަރިއަށް ވަދުނީ އެވަގުތެވެ.”ހްމްމް..” ނަވްޔާ އޮށޯތެވެ.”ރޮނީތަ.. ކިހިނެއްވީ..” ނީކިޔާ އަހާލިއެވެ.”މަ ނުރޮން..” ނަވްޔާ ދެލޯ މަރާލިއެވެ.”އޯކޭ..” ނީކިޔާ ދެލޯ ކުޑަކޮށްގެން ބަލަން ހުރުމަށްފަހު ފާޚާނާއަށް ވަނެވެ.”ނަވް..” ނުކްޝާން ކޮޓަރިތެރެއަށް ވަނެވެ.”ކިހިނެއްވީ..” ނުކްޝާން އާއި ދިމަ ބަލާލަމުން ނަވްޔާ އެހިއެވެ.”ރަނގަޅުތަ ހުރިހާ ކަމެއް..” ނުކްޝާން އައިސް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.”ހްމްމް..” ނަވްޔާ މޫނު މަތީގައި ބާލީސް އެޅިއެވެ.”ސާބަސް.. ޒާއިފް ކަންތައް ވެސް ހައްލުވީ..؟؟..” ނުކްޝާން އެހިއެވެ.”ދެން ތިވާހަކަ ނުދައްކާބަލަ… ކޮން އިރަކުންނޯ ކައިވެނި ކުރަނީ..” ނުކްޝާން ކައިރީގައި ނަވްޔާ އެހިއެވެ.”މަންމަ ބުނީ ވަރަށް އަވަހަށް ބަލާނަމޯ..” ފާޚާނާއިން ނިކުތް ނީކިޔާ ޖަވާބު ދިނެވެ.”ވަރަށް ފޫހި..އެ ފިރިހެނަކު ހުންނާނެ އުފަލުން ގޮތެއް ނެތިފަ.. ހީވަނީ… ދެން ނޭނގެ ބުނަން ވެސް..” ނަވްޔާއަށް އެއްޗެހި މިކިޔެނީ ކާކަށްކަން ނޭނގެނީއެވެ.” ތިހާ ވަރަށް އެއްޗެހި ނުކިޔާބަލަ..” ނުކްޝާން ކޮމްޕިއުޓަރ ކައިރިއަށް ޖެހިލިއެވެ.
“މަންމާ.. ނުކްޝާން ކަރިއީގަ ބުނަންވީތަ..” ޔަމްހާ އިނީ ނިޝްފާ އާ އެކީ ކާގޭގައެވެ.”ނޭނގެ ދަރިފުޅާ… ނުކް ރުޅި އައިސް ދާނެ.. މަންމައަކަށް ނޭނގެ ދެން..” ނިޝްފާ ބުންޏެވެ.”ނުކްޝާން ރުޅި އައިއްސިއްޔާ ކިހިނެއް ހަދާނީ.. އަހަރެން މަރާލަން ވެސް ފަހެއް ނުޖެހޭނެ..” ޔަމްހާ ފަންކާއަށް ބަލާލިއެވެ.”ދެން ދަރިފުޅު އެކަމާ ހާސް ނުވޭ.. އިރާދަކުރެއްވިޔާ ނުކް އަކަށް ނޭނގޭނެ..” ނިޝްފާ ޔަމްހާގެ ބޮލުގައި ފިރުމާލިއެވެ. ނަމަވެސް ޔަމްހާ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.”ހްމްމް..” ޔަމްހާ ފުން ނޭވާއެއް ލަމުން ފިޔާ ކޮށާ ނިންމާލާފައި ކޮޓަރިއަށް ވަނެވެ.
“ދެން އަޅޭ.. ހާދަ ފޫއްސޭ..” ނަވްޔާ މައްޗަށް ބާލީސް އުކަމުން ބުންޏެވެ.”ފޫހި ވެސް ވާނެ… ތި ފޯނު ނަގާފަ ޒާއިފް ކައިރީގަ ބުނާށޭ ތިމަންނައާ ކައިވެނި ކުރަން އައިއްސިއޭ މީހަކު… ނަވް ވެސް ދޯ..” ނީކިޔާ ނަވްޔާގެ ބޮލުގައި ޖަހާލިއެވެ.”ނުބުނާނަމޭ އޭނަ ކިހާ ދެރަވާނެ..” ނަވްޔާ އިށީނެވެ.”ދެން ތިހެން ހަދައިގެން ރަނގަޅު ވާކަށް ނެތެއްނު.. މަންމަ ކައިރީ ބުނަން ވީތަ..” ނުކްޝާން އެއްބުމަ އަރުވާލިއެވެ.”އުހުނ.. ދެން އެވާހަކަ ނުދައްކާބަލަ މޮޔައިންތަކާ..” ނަވްޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ޔަމްހާ ގަދަކަމުން ހަޅޭއްލަވާ އަޑެވެ.”ނުކް އޭއި..ހިނގާބަލަ ޔަމްހާ އެއޮށް ހަޅޭއްލަވަނީ…” ނުކްޝާން ކަންފަތުގައި ހިފާފައި ނަގަމުން ނީކިޔާ ހިނގައިގަތީ ނުކްޝާންމެން ކޮޓަރިއަށެވެ.
“ސުދާ..” ނަވްޔާ ދެލޯ ބޮޑުވިއެވެ. ސުދާ ހުރީ ޔަމްހާގެ ކަރުގައި ހިފައިގެންނެވެ.”އޭއި ކަލޭ ނުޖެހޭ މަގޭ އަންހެނުންނަށް އަނިޔާ ކުރާކަށް..ދާން އުޅޭ މިތަނުން..” ނުކްޝާން ގޮސް ސުދާ ކޮށްޕާލިއެވެ.” ނޫޅެން.. ނުކްޝާން ލިބުނީމަ ދާނީ..” ސުދާ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. ނުކްޝާން އައި ރުޅީގައި ސުދާގެ މޫނުމަތީގައި ޖެހިއެވެ.”ދާށޭ ބުނީމަ އަޑުނީވޭ ކަމަށް ހަދައިގެން ނީންނާތި.. ދެން މިއަށްވުރެ ބޮޑު ވަރު ވެސް ކުރާނަން..” ނުކްޝާން ފަހަތަށް އެނބުރެނިކޮށް ސުދާ ކުޑަދޮރުން ފުންމާލައިގެން ދިޔައެވެ.”ސާބަސް ..” ނަވްޔާ ގޮސް ޔަމްހާ ކައިރީގައި ހުއްޓުނު އިރު ޔަމްހާ ކެއްސަނީއެވެ.”ނުކް އޭއި ކޮންތާކަށް ތި ދަނީ..” ނުކްޝާން ދާން ފެށުމުން ނަވްޔާ ގޮވާލިއެވެ.”ތިމީހުންގެ ކޮޓަރިއަށް.. ކީއްކުރަން މަ މިތާ ހުންނަންވީ..” ނުކްޝާން ކޮޓަރިން ނިކުތެވެ. ނީކިޔާ ފެންތައްޓެއް ގެނައުމުން ޔަމްހާ އެ ބޯން ފެށިއެވެ.
“ނުކްއަށް ސާބަސް..” ނީކިޔާ ނުކްޝާން އާއި ދިމާއަށް ދެލޯ އަޅާލިއެވެ.”މަ މިހާރު ކީއްކުރީ..” ނުކްޝާން ފާޑަކަށް ބަލާލިއެވެ.”ކަމެއްވާ ނުކުރޭ.. ޔަމްހާ އެގޮތަށް އޮއްވަ ނުކް ތި އައީ އޭނައާ ދިމަ ބަލާ ވެސް ނުލާ..” ނީކިޔާ ބުންޏެވެ.”ކާކު އޭނައާ ދިމަ ބަލާ ހިތް ވާނީ…” ނުކްޝާން އަޑުގައި ވަނީ ފޫހިކަމެވެ.”ދެން ކީކޭ ދޯ ބުނާނީ ވެސް..” ނަވްޔާ ބޯ ހޫރާލިއެވެ. އެވަގުތު އަތް ކަހާލައިގެން ނަވްޔާގެ ބޯ ގޮސް ޖެހުނީ މޭޒުގައެވެ. ނުކްޝާން އާއި ނީކިޔާ ތިބީ ކޮމްޕިއުޓަރ ބަލަންށެވެ. ކުއްލިއަކަށް އަޑެއް އިވުމުން ދެމީހުން އެއްފަހަރާ ނަވްޔާ އާއި ދިމަ ބަލާލިއެވެ. ނަވްޔާ އިސްޖަހާލައިގެން އިނެވެ.”ކޮންހާ ލޭތަކެއް މިއޮތީ..” ނުކްޝާންއަށް ފެނުނި ޓައިލްސްތައް މައްޗަށް ވެރުމުން ދިޔަ ލޭތަކެވެ. ނީކިޔާ ގޮސް ނަވްޔާގެ ކޮނޑުގައި ޖަހާލިއެވެ. އެވަގުތު ނަވްޔާގެ ލޮލުން މަތީގައި ލޭކޯރެއްހެއް އޮތް މަންޒަރު ނީކިޔާއަށް ފެނުނެވެ.”ސުބުހާނަﷲ ނަވް.. މިހާރު ކީއްކުރީ..” ނީކިޔާ އެހިއެވެ.”އަތް ކަހާލައިގެން ނިއްކުރި ޖެހުނީ މޭޒުގަ…” ނަވްޔާ ބޯ ކަހާލިއެވެ. ނަވްޔާގެ މޮޔަކަމުން ނުކްޝާން އާއި ނީކިޔާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.”ހާދަ ނުލަފާ ބައެކޭ.. މީހަކަށް ގެއްލުމެއް ވެގެން އުޅޭ އިރު ވެސް އެހެރަ ހެނީ..” ނަވްޔާ ފަރސްޓް އެއިޑް ބޮކްސް އިން ބެންޑޭޖް ނަގަމުން ބުންޏެވެ. ނީކިޔާ އާއި ނުކްޝާން ހެމުން ގޮސް ނަވްޔާގެ ނިއްކުރީގައި އެ އަޅަން އުޅުނެވެ.
ނުކްޝާން ކޮޓަރިއަށް ވަތް އިރު ޔަމްހާ އެނދުގައި އޮށޯވެ އޮތެވެ. ޓީޝާޓަކާއި ސޯޓެއް ހިފައިގެން ފާޚާނާއަށް ވަދެފައި ފަސް ވަރަކަށް މިނެޓް ފަހުން ފެންވަރާލައިގެން ނިކުތެވެ. ޔަމްހާއަށް ނުކްޝާން އާއި ދިމަ ބަލަން އޮވެވުނެވެ.”ކިހިނެއްވީ.. ކީއްކުރަން މާ ވަރަކަށް ތި ބަލަނީ.. ޓީޝާޓުގައި އެއްޗެއް އޮތީތަ..” ސޯފާގައި އިށީންނަމުން ނުކްޝާން އެހިއެވެ.”ނު..ނޫން..” ޔަމްހާ ސިހިފައި ކަހަލަ ގޮތަކަށް ނުކްޝާން ގައިން ނަޒަރު ވަކިކޮށްލިއެވެ. ނުކްޝާން އެއްބުމަ އަރުވާލަމުން ފޯނު ހިފައިގެން ސޯފާގައި ޖައްސާލިއެވެ. އޭރުވެސް ދޭތެރެއަކުން ޔަމްހާ ބަލަމުން ދިޔައެވެ.”އަޅެ މަ މިތާ އޮތީމަ ޔަމްހާއަށް އުނދަގޫ ވަނީތަ..” ނުކްޝާން އަށް ބޮލަށް އުނދަގޫ ވެގެން އަހާލިއެވެ. ޔަމްހާ ހިންދިރުވާލާފައި ބޮލުން ނޫނެކޭ ބުންޏެވެ. ޔަމްހާއަށް ދެން ނުކްޝާން އާއި ދިމާއަށް ބަލާކަށް ނުކެރުނެވެ.” ނުވަގަޑި ބައިގަ އާދޭ އިނގޭ ހަމް..” ނުކްޝާން ގަޑިއަށް ބަލާލާފައި ބުންޏެވެ. ޔަމްހާ ވާނުވާގައި އޮތެވެ.
ނުކްޝާން އިރުކޯކޮޅާ ގަޑި ބަލަމުން ދިޔައެވެ. ހީވަނީ ގަޑި ހިނގާލެއް ލަސްވެގެން އުޅޭހެންނެވެ. ނުވަގަޑި ބައި ނުވަނީސް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.”ހާދަ އަވަހަކަށް ތި އައީ.. އަދި ބައި ނުވެސް ވޭ…” ހަމްނާ އާއި ދިމަ ބަލާލަމުން ނުކްޝާން ގާތަށް ހިނިއައެވެ.”ނޭނގޭނެނުން.. އަސްލު މިތާ ކައިރިގެއެއްގަ އިނީމަ އެހާ އަވަހަށް އާދެވުނީ..” ހަމްނާ ބުންޏެވެ.”އާދޭ އިށީންނަން.. އަސްލު އެއްކަލަ ފައިލް ހަވާލު ކޮށްލަން މި ގެނައީ… އެބަ އަންނަން…” ނުކްޝާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.”އެއީ އަހަރެންގެ ލޯބިވެރިޔާ އެއް ނޫން.. ޖެލެސް ވިޔަސް ނުވިޔަސް މަމި ބުނީ ތެދު..” ޔަމްހާ ވާހަކަ ދައްކަން އަނގަހުޅުވާލުމާ އެކު ނުކްޝާން ބުނާނެ އެއްޗެއް ބުނެފައި ފައިލް ހިފައިގެން ކޮޓަރިން ނިކުތެވެ. އެވަގުތު ސިހުނީ ކުރިމަތީގައި ހުރި މީހާ ފެނިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


