ކާމިޔާބަށްޓަކައި
ކާމިޔާބަށްޓަކައި.!
ކިޔަވާށެވެ.
ކަށިން ހިތްވަރު ނެރެގެނެވެ.
އާ ޢަޒުމާއި އެކުއެވެ.
އިމްތިޙާނު ކައިރިވަނީހެއްޔެވެ؟
ހިތް ބިރުގަނޭހެއްޔެވެ؟
ހަމަޖެހޭށެވެ.
އުންމީދު ކަނޑާ ނުލާށެވެ.
މާތްﷲގެ މަތިން ހަނދުމަކުރާށެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ.
ބިރު ނުގަންނާށެވެ.
ހިތްވަރާއިއެކު ގަދަޔަށް މަސައްކަތް ކުރާށެވެ.
ނޭނގޭ އެއްޗެހި އެހެން މީހުންގެ ފަރާތުން އޮޅުންފިލުވާށެވެ.
ޓީޗަރުން ގާތު ސުވާލު ކުރާށެވެ.
ހިތްހަމަޖައްސަން އެކުވެރިން ނާއެކު ވަގުތު ހޭދަކުރާށެވެ.
އާއިލާގެ މެމްބަރުންނާ ވާހަކަތައް ހިއްސާކުރާށެވެ.
އިމްތިހާނު ކައިރިވުމުން ރުޅި ގަދަވާގޮތް ވަނީ ހެއްޔެވެ؟
ގޮނޑުދޮށުގެ ހޭޅިފަށުގައި އިށީނދެބަލާށެވެ.
ލޯމަރާލާށެވެ.
ސިކުނޑީގައި ވާޚިޔާލުތައް ދޫކޮށްލާށެވެ.
މޫދުގެ ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑު އަހާށެވެ.
ކަނޑުން އަންނަ ވައިރޯޅީގެ އިޙުސާސް ކުރާށެވެ.
ދެން ވިސްނާށެވެ.
މަންޒަރު ސިފަކުރާށެވެ.
ތިބާ އަށް މަތީ ވަނަ ތައް ލިބޭތަނެވެ.
އެކުވެރިން ނާއި ޓީޗަރުން ތިބާއަށް މަރުޙަބާ ކިޔާ ތަނެވެ.
އާއިލާގެ މެމްބަރުން އުފާފާޅުކުރާތަނެވެ.
މީހުންގެ ލޯބި ލިބޭތަނެވެ.
ތިބާގެ އުފާވެރި ދިރިއުޅުމެވެ.
ދެން ލޯ ހުޅުވާލާށެވެ.
ތިބާ އަކީ ތަފާތު މީހަކައްވެ އެހެން މީހުންގެ ކުރިމައްޗަށް ނިކުންނާށެވެ.
ހަމަ ޔަގީނުންވެސް މި ޢަޒުމާއިގެން ކުރިއަށް ގޮސްފިނަމަ ތިބާ ކާމިޔާބު މީހަކަށް ވާނެއެވެ.
އިންޝާﷲ…..
⊱⋅ ─ ރާޔާ ─ ⋅⊰
