Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންމަޖާ

ކޮމެޑީ ލޭންޑް 14

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
August 24, 2021 8 Mins Read
12 Comments

ރީޝާ – (ދެލޯ ބޮޑު ކޮއްލަމުން) “މީމަކުން؟؟؟ ކާކު؟”

ރިޔާޝް – “ހެހެހެ… އިޓްސް ޔޫ މަރިޔަމް ރީޝާ ޝަރީފް… މަރިޔަނބު ކުރިމަތީ އެހެން މީހެއްގެ ވާހަކަ ދެން ދައްކާނެތަ؟”

ރީޝާ – “ދެން އޭގެ މާނައަކީ އެހެން މީހުން ކައިރީ އެހެން މީހުންގެ ވާހަކަ ދައްކާނަމޭތަ؟”

ރިޔާޝް – “އޯހ ނޯ.. އެހެންނެއް ނޫނޭ… ދެން ޔޫ ނޯ ވަޓް އައި މީން”

ރީޝާ – “ހެހެހެ އޯކޭ އޯކޭ… ބައި ދަވޭ ތެންކްޔޫ..”

ރިޔާޝް – “ފޯ ވަޓް؟”

ރީޝާ – “ފޯ ވަޓް އޭ؟ ފޯ ނަތިންގ”

ރީޝާ – (ވޭޓަރު ކާ އެއްޗިހި ގެނައުމުން) “ވާއޯ…. ވަރަށް މީރު ވާނެހެން ހީވަނީ”

ރިޔާޝް – “މީރިއްޔާ ކާލާ ހުރިހާ އެއްޗެއް”

 

ނަޔާ – (ވޭޓަރު ގެނައި ބިރިޔާނީ ތަށިތަށް ފެނިފައި) “ވާ ސަރީ ވާ…. އިތުރަށް އަދި އެއް ތަށި ލިބުނީ ޔޯ.. ހްމްމްމް ޔަމްމްމް…”

ރިއާޝް – “ކަލޯ ގަޔާ… މަ ބަލާނަން ހުސް ވޭތޯ… ހިނގާ އެންމެ ކުރިން ހުސް ވަނީ ކާކަށްތޯ ބަލަން”

އަހުޝަމް – “އާން އޯކޭ… އެކެއް ދޭއް ތިނެއް… (އެއް ނޭވާއިން މިލްކް ޝޭކް ތަށި ހުސް ކޮށްލުމަށް ފަހު) އާހްހްހ މަ ބާކީ އިނީ ބާރގާ އިނގޭ… ނިއުޓްރޯ އަދި ތިން ބަތް ތަށި އެބަ އިން… (ރިއާޝް ހޮޓް ޗޮކްލެޓް ތަށި ހުސް ކޮށްލުމަށް ފަހު ބާރގާ ކާން ފެށި ތަން ފެނި) އޭތް އޭތް އޭތްތް އާޝް ބްރޯ މަޑު… ”

ރިއާޝް – (ބާރގާ އިން ތަންކޮޅެއް ކާލާފައި ފޯނު ބަލަން ފަށަމުން)” ހަ ހާ… މަ ދިޔަޔަސް ދާނީ އެއްވަނަ ނޫނީ ދެވަނަ އަށް… ޔޯޔޯ ބަތް ތަށި ކާން ވާއިރަށް މަ ނިންމާލާނަން ”

ނަޔާ – (އަނގަ ފުރާ ބަތް އަޅައިގެން އިނދެ)” އޭތް މަ ހޮސް ކުޅާނަމޭ… ”

އަހުޝަމް – (ރީޝާ މެންނާ ދިމާއަށް ބަލައިލަމުން)” ކަލޯ އޭ.. ބަލާބަލަ އެތިބަ ދެ ލޯބިވެރިން… ހީހީފަ ތިބެގެން އެބަ ކައެއްނު… ޕިސް ޕިސް ބަލާ ރީޝްޓީ ކިރުތަށި ވެސް ބޯލާ ގޮތްތްތް… ފޮންޏޭ… ހަމަ އެންމެ ބޮޑެތި މުއްސަނދިން ބޯ ހެން ”

ނަޔާ -” އޯހޯތްތްތް… ބަތް ސަމްސާ ވެސް ނަގާ ގޮތަށް ފުކެއް އަނގަޔަށް އަޅަނީ ވެސް… ހަފާލާ އިރު ވެސް އަނގަޔަށް އެއޮއް ހަދާލާ ގޮތެއް… ފޮޓޯ ނަގާބަލަ އަހުއްޓީ… ”

އަހުޝަމް -” މި ނަގަނީ ނު… އޭ އުޅެބަލަ މި ދެމީހުންނަށް ލަވައެއް ހަދަން… ވީޑިއޯ ލަވަ އެއް ”

ނަޔާ -” އޭ މަޑު.. އަދި ތިކަން ކުރާނީ އިނީމަ އެއްނު… އެ ދެ މީހުންނެއްނު ލަވަ ކިޔާނީ ވެސް… ”

ރީޝާ – (ރިޔާޝް ބަތް ތަށި ހުސް ކޮއްލި ތަން ފެނި)” އިލާހީ… މިހާރު ހުސްވީ؟؟؟؟  (ހިތާ ހިތުން) ޖަމަލު ބުރަކަށި!! ވަރިހަމަ އޭނަ ހުސް ކުރިޔަސް ނުކުރިޔަސް…  މަ ނުނިމެނީހެއް އެ ގޮނޑިން ފޫ ހިއްލާލާކަށް ނުކެރޭނޭ… މަ މިތަނުން ތެދުވާނީ މި ތަށި ހުސް ކޮއްފަ… ކަލޯ ޔާއްޕެ ބަލަން ހުންނައްޗޭ ”

ރިޔާޝް – (ހިތާ ހިތުން)” ތަތް ކަމެއް ވެސް ހުރެޔޭ… ހަހަ މި މަންޖެ އާ އިނދެގެން މަށަށް ކިހާ ވަރަކުން ދުއްވާލެވޭނެބާ؟ ހެވެއްނު… ކިތަންމެ ތަ ތަސް އައިސްތު ދެކެ މަ މާ ލޯބި ވެޔޭ… ”

ރީޝާ – (ހިތާ ހިތުން)” ހާދަ އަވަސް ބެޔެކޭ… ތަޤުދީރުގައި ލިޔެވިފައިވަނީ އަހަރުމެން ދެމީހުން ކަމަށް ވަންޏާ މިސޮރު ކިހިނެއްބާ މަ ގޮވައިގެން ޑޭޓަކަށް ދާނީ… އޯ ޔޫ ގަޅި ސަންތި.. ދެން ވެސް އަވަސް ކުރަން ދަސްކޮށްބަލަ ”

ރިޔާޝް – (ރީޝާ ކައި ނިމުމުން)” ނިމުނީ ދޯ… އަވަހަށް ހިނގާ ބަޗަން، ލާރިދައްކަން އެމީހުންނަށް ހަވާލު ކޮއްފަ ”

 

ނަޔާ – (ކައި ނިންމާލުމަށްފަހު)” އާހްހްހ ހާދަ މީރޭ ހާދަ މީރޭ… (ރިއާޝް ފޯނު ބަލަން އިނދެފައި އޭނާގެ މިލްކް ޝޭކް ތަށި ނަގައި ބޯން ދިމާކޮށްލުމުން ތަށި ޖަހައި ގަން ފައި) އޭތްތްތް ބަލާބަލަ މާތް ޖާނު…. މަގޭ ތައްޓޭ ބޯން ދިމާކޮށްލީވެސް… ނަސީބެއްނު ތުން ނުޖެހި ކަން ”

އަހުޝަމް -” ބުންޏެއްނު ތިމަންނަ ދާނީ ދެވަނަ އަށޭ… ފޯނު ބަލަން ހަދައިގެން ނުދިޔައެއްނު އެއް ވަނަ އަކަށް ވެސް ”

ނަޔާ -” ކާކާތަ މީނަ މާ ފޯރި އަރުވާލާފަ މި ވާހަކަ ދަށްކަނީ… ދީބަލަ ބަލާލަން… ”

ރިއާޝް – (ފޯނު ނުދޭން ވެގެން އަތް ހިއްލާލަމުން)” އޭތް އޭތް އޭތްތްތް ނުދޭނަން ”

އަހުޝަމް -” ބިޓެއް ތޯއްޗެއް ”

ނަޔާ -” ތެދޭއްއްއް؟؟؟؟ އަންގާލައިގެން އުޅެއްޗޭ ބްރޯ…. ”

އަހުޝަމް -” އަހަރުންނަށް ފަހަރި ދައްކާލާނީ ކޮން ދުހުކުންތަ؟”

ރިއާޝް – “ފުރަތަމަ މަގޭ ފަހަރި ލިބިގެނެއްނު.. އެހައް ކަލޭމެން ރީޕުޓްސް ދޮންބެއާ ސެޓު ކޮއްބަލަ… އޭގެ ފަހުންނެއްނު އަދި މަ ފަށާނީ”

އަހުޝަމް – “އޭ އަނެއްކާ ކޮބާ އެ ދެގޮލާ”

ނަޔާ – “ލާ………. ހަނދާން ކުރާތި ކަލޭ މެން ދެމީހުން މަށަށް ބިލު ދަށްކަން ދީފިއްޔާ ތި ދެމީހުން އިނަކަ ނުދޭނަން”

ރިއާޝް – (ވޭޓަރު އައިސް ބިލު ދިނުމުން) “ކަލޯ ގަޔާ…… އެއް ހާސް ނުވަސަތޭކެ…. ނާސްތާ މަންޖެ ކަންތަކޭ މީ… އަދި މޮޅުވާން ވެގެން ތިން ބިރިޔާނީ ނެގި އެއްނު… މަ ދަށްކާނީ މާ ނެގި އެއްޗިއްސަށް”

އަހުޝަމް – (ރިއާޝް އަތުން ބިލު ދަމައިގަންނަމުން) “ދަށްކަބަލަ….. ޔާ ﷲ……… ހަރުވާޅުގެ މުންޑު… މި ބިރިޔާނީ އަށޭ ހުރިހާ ވަރެއް އަރާފައި މި އޮތީ… މަންޖެ ޖެހޭނީ މިއަށް ދަށްކަން… އެމީހަކު ނެގި އެއްޗަކަށް އެމީހަކު ޖެހޭނީ ދަށްކަން… މަގޭ  240 ރުފިޔާ ލީ…”

ރިއާޝް – (އަހުޝަމް ރުފިޔާ ބިލު ތެރެއަށް ލުމުން) “މަގޭ ތިންސަތޭކަ ވެސް ލީ… މަންޖޭ ބާކީ މަންޖެގެ ބައި… އެއްހާސް ތިންސަތޭކަ ފަސް ދޮޅަސް…”

އަހުޝަމް – (ނަޔާ އަނގަ ހުޅުވިފައި އިނުމުން) “ތިހެން އަނގަ ހުޅުވައިގެން އިނަސް ބިރިޔާނީ އެއް ނާންނާނެ އަނގައަށް އެރޭކަށް… ލާރި ދަށްކަބަލަ ދެން ވެސް”

ނަޔާ – (އަތުން ގޮތް ހަދަހަދާފައި) “އޭ އޭ އޭ…. ނޫންންން…. ހަމަ ޔާޝް ދޮންބެ ޖެހޭނީ ދަށްކަން… މަގޭ ވޮލެޓު ހުލި ވާނެ ކަލޯ”

ރިއާޝް – “ވަރިހަމަ އޭ… ދެން ދަށްކާފަ އަވަހަށް ބަޗަން އުޅޭ މިތަނުން”

އަހުޝަމް – “މާދަން ހޭ އަރުވާލާނީ އެ ދެމީހުން”

ނަޔާ – “މަގޭ އަތުގައި ޖެހޭއިރަށް ހަމަ ހާލެއް ހެން ނޮޅާލާނީ”

ރިއާޝް – (ރެސްޓޯރެންޓުން ނުކުންނަމުން) “މަގޭ އަތުގައި ޖެހޭ އިރަށް ބޯ ބާލާނީ”

އަހުޝަމް – “މަގޭ އަތުގައި ޖެހިއްޖެއްޔާ ބޮލުގަ ޖަހާނީ ޓަކި”

ނަޔާ – “ކޮން މަގޭ އަތެއް މަގޭ އަތެއް ކިޔާކަށް… އެކަކު ވެސް އެއްކަމެއް ވެސް ނުކޮށް މަ ކަމެއް ކުރަން ދެން ހިމޭނުން ހުރޭ …”

އަހުޝަމް – (ރިއާޝްގެ ކޮނޑުގައި ކޮއްޓާލަމުން) “ކަލެއަށް ހުރެވޭނެތަ؟”

ރިއާޝް – “އަހުޓްސް އަށް ހުރެވޭނެތަ؟”

އަހުޝަމް – “ބަލަ މަ ދޯ މި ސުވާލުކުރީ… އެހެންމަ ކަލޭ ޖަވާބު ދީ”

ރިއާޝް – “މަ ދޯ ފަހުން މި ސުވާލު ކުރީ… އެހެންމަ ޖަވާބު ދީ…”

އަހުޝަމް – “ބަލަ ސުވާލުގެ ޖަވާބު ސުވާލަށް ވީމަ ޖަވާބު ޖަވާބަކަށް ނުވެއެއްނު… ސުވާލުގެ ޖަވާބު ޖަވާބަށް ވާނީ އެ ސުވާލަށް ފުރިހަމަ އަށް ޖަވާބު ދެވިގެން… އެހެންނޫނީ ސުވާލު ސުވާލެއްގެ ގޮތުގައި އޮވެ ޖަވާބު ޖަވާބެއްގެ ގޮތުގަ އޮވެ ނިމިގެން ދާނީ… އެހެންވުމުގެ ބަދަލުގައި ސުވާލުގެ ޖަވާބަށް ސުވާލެއް ކުރީމަ އެދިޔައީ އެކޮޅު ކޮޅުންނެއްނު… ސުވާލަށް ޖަވާބު ދޭންޖެހޭނީ ސުވާލުގެ ޙައްޤު ވެރިޔާގެ އަނެއް މީހާ އެއްނު… އެހެންމަ ޖަވާބު ދޭން ޖެހޭނީ ކަލެއެއްނު.. ހެހެ ”

ރިއާޝް -” އަޅެ ބޮޑު ދައިތަ ބުނެދީބަލަ މި ސުވާލުގެ ޖަވާބު ”

ނަޔާ – (އުނަގަނޑުގައި އަތް އަޅުވާލަމުން ފިލްމީ ގޮތަކަށް)” ނޭނގޭ މަށަކަށް… އަޅެ ކަލޭމެން ނަށް ތި ތިބީ ރާކަނި މަސް ކެވިފަތ؟ ހުހް”

 

އަހުޝަމް – (ނަޔާ ސުޓޫޑިއޯގެ ދޮރު ކުރިމަތީ ރިޔާޝްގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރުމުން) “އޭ މަންޖެގެ ޑިއުޓީ ހަމަ ވީ… ދެން ޝިފްޓް އިންނާނީ މަށަށް… ދޭ ބްރޭކަށް”

ރިއާޝް – (އަތުން ކަސްރަތު ކުރާ ބަރެއް ހިއްލާލަ ހިއްލާލައި) “މިހާރު ދިހައެއް ޖެހީނު… އެހެންޏާ އެ ރޯސްޓް އަށެއް ޖަހާއިރު ހުންނާނީ މިތާ… ޔަގީނޭ ޔާޝް ދޮންބެ އާ ދެމީހުން ކަން”

ނަޔާ – (ސުޓޫޑިއޯގެ ދޮރު ހުޅުވުނުތަން ފެނި) “ލައްތަކެއް ވެއްޖެ އެއްނު….(އެތެރެއަށް ވަން ޒާނާ އާއި ރިހުލާ އަދި ޒައިޝާ ފެނުމުން) އުން މަންޖެ މެން ދޯ”

ރިހުލާ – “ކިހިނެއް ވީ”

އަހުޝަމް – “ކީއްތަ ނުވަނީ؟ އެއްކަލަ ދެގޮލާ ރޭގަ އަހަރެމެންނަށް ކާން ދިނީނު”

ރިއާޝް – “ކާން ދީނީ ކީ ވެސް ނޫން…. ބޯން ދިނީ”

ޒައިޝާ – “ކޯއްޗެއް އަނެއްކާ ބޯން ދިނީ؟ ޒަހަރު ތަ؟”

ޒާނާ – “ނޫނީ ރާ ތަ؟”

ރީޝާ – (ރިޔާޝް އާއި އެކު ސުޓޫޑިއޯ ތެރެއަށް ވަންނަމުން) “އަހަރުން ނުދެން އެކައްޗެއް ވެސް… އެމީހުން އަމިއްލަ އަށް ބުއި ބޮނޑިއެއް އެއީ”

ނަޔާ – “ދެމީހުން ކޯޓު ވެފައި ތި ތިބީ… ހަމަ އަހަރުން އަތުންނޭ ބިލު….”

ރިޔާޝް – (ޖީބުން ލާރި ނަގައި ކޮންމެ މީހެއްގެ ފައިސާ އެމީހަކާ ހަވާލު ކުރަމުން) “ހޮހޯ އޯކޭ އޯކޭ… މި އޮތީ ނަޔާގެ ތައުޒަން ތްރީ ސިކްސްޓީ… އާޝްގެ ތްރީ ހަންޑްރެޑް އެންޑް އަހޫގެ ޓޫ ފޯރޓީ… އެއްވެސް ކުއްޖެއްގެ އަތުން އެއްވެސް ރުފިޔާއެއްގެ ގިނަވަންޏާ ދޮންބެ އަށް އަންގާލާ”

ނަޔާ – (ވީ އުފަލުން ފުންމަ ފުންމާފައި) “ޔޭ ޔޭ ޔޭ…. މަގޭ ލާރި ކޮޅު… ތޭންކްސް ޔާޝް ދޮންބޭ… ތީ ހަމަ އެންމެ ބެސްޓް ޅިޔަނު”

ރިއާޝް – “ވަާއޯ ޝުކްރިއްޔާ ދޮންބޭ…”

އަހުޝަމް – “ސުކުރު ސުކުރު ބޮންދޫ”

ރީޝާ – “މަށަކަށް ޝުކުރިއްޔާއޭ ބުނާނެ މީހަކު ނުވިތަ؟ މާ ވިއްޔާ އެ އައިޑިއާ ދިނީވެސް”

ރިޔާޝް – (އެހެން އެކަކު ވެސް އެއްޗެކޭ ބުނުމުގެ ކުރިން ރީޝާގެ ކުރިމަތީ އެއްފައި މައްޗަށް ތިރިވަމުން) “އޯހ ނޯ މައި ޑިއަރ ނޮންނީ…. ތެންކްޔޫ ސޯ މަޗް ފޯ ގިވިން މީ ދެޓް އައިޑިއާ”

ރީޝާ – (ވަރަށް ވެލާފައި) “އޯވްން ޔުއަރ ވެލްކަމް ޑާރލިންގ”

ރިހުލާ – (ދެން ތިބި ކުދިން ކައިރީ ސިއްރު ސިއްރުން) “ގުޅުން ހާދަ ރަނގަޅު ކަމަށް ދައްކައޭ”

ނަޔާ – “އެހެންނެއްނު މި ކިޔަނީ… ރޭގަ އެދެމީހުން ޑޭޓް ކުރީއޭ”

ޒައިޝާ – “އޯހްހް ހަމަ އަސްލު ތަ؟”

ރީޝާ – “އޭ ކޮބާތަ ލަމް މެން… ހާދަ ޚަބަރެއް ނެތޭ…”

އަހުޝަމް – “އަސްލު މަށަށް ފެންނަ އެއްޗެއް ބުނަން… އުޅެބަލަ ބޯއީސް ތަންކޮޅެއް ގިނަ ކޮއްލަން… ހާދަ މަދޭ ފިރެހެނުން… އަހަރުމެން ދެމީހުން… ދެން ޔާޝް ދޮންބެ ވެސް އުޅޭނީ ފަހަރި ދައިތަ ގޮވައިގެން ވިއްޔަ އަބަދު…”

ރިއާޝް – “އާންންން… ތީ ރަނގަޅު ކަމެކޭ… އުޅެބަލަ ދެ ސޮރުން އިތުރު ކޮއްލަން… ފޯރި ނެގޭނީ ވެސް އޭރަކަށްނު”

ރީޝާ – “މިއޮއް އައީ ލަމް މެން… އަވަހަކަށް މަރެއް ވެސް ނުވާނެ… ލަމް ދަންނަންތަ ވަރަށް މަޖާ ދެ ފިރެހެންކުދިން…”

ރިއާޝް – “އިނގެންޏާ ހޯދަދީބަލަ ދެ ފްރެންޑުން”

ލަމްހާ – “އާން އުޅޭނެ ދެ ކުދިން…”

ރީޝާ – “ދެން އަދި އަންހެން ކުއްޖެއް ވެސް ބޭނުން މަ… ރައްނު ނެތީމަ މަ އެކަނި މި ހުރީ”

ނަޔާ – “އަންހެން ކުއްޖެއް ބޭނުންތަ؟ އަމްމްމް ނަޔާ ބޭނުން ކޮމީޑިއަން އަކަށް ވާން”

ރީޝާ – “އާތް ތިނެއް ސަޅި…. ލަމް ތި ދެސޮރާ އާންޓީ އާ މިރޭ އާދޭ އިންޓަވިއު އަށް އަށެއް ޖަހާއިރު”

ލަމްހާ – “ލަމް ހޯދާނަން އެކަކު… ޝިފް ހޯދާ އަނެކަކު”

އަހުޝަމް – “އޭ ލަމް އެސޮރު ހަމަ އަންނާނެތަ؟”

ރީޝާ – “އޯ ހޯތްތްތް… ހާދަ ލޯބިން ތި އަހާލީ”

އަހުޝަމް – “މަންޖެ އަށް ކޮން ކަމެއްތަ… އޭ ލަމް އެ ސޮރު ވަރަށް ސަޅިތަ؟ އައި މީން ހިކި ކޮށް ދޮން ކޮށްތަ؟ މިބުނީ އަހަރުމެން ތިބޭ ސްޓައިލަށް”

ރީޝާ – “އަކްޝޭ ކުމާރްރްރް…. ކިހިނެއްވީ ކުއްލިއަކަށް މާ ސުވާލު ގިނަ ކޮއްލީ؟؟؟”

ލަމްހާ -” ހެހެ އާން އަހޫ ބްރޯ ހުންނަހެން ވަރަށް ސްމާޓުކޮށް ހުންނާނީ ”

އަހުޝަމް -” ވާއޯ ”

ރީޝާ -” މަ ބުނަންތަ؟ އެސޮރު ވަރަށް ކަޅު ވާނެ… ފަލަ ވާނެ.. އޮންނާނީ ބުޅި އިސްތަށިގަނޑެއް… ”

ލަމްހާ -” ހޯތްތްތް… ހަހަހަ ނޭންގުނެއްނު ރީޝް އަކަށް… އެސޮރު ނުލާހިކު ސްމާޓު ވާނެ ”

ރީޝާ -” އައްތޭ ރީޝް މާ ސްމާޓު ވާނެ މިހާރު ވެސް… ދޯ ޔާޝް ”

ރިއާޝް -” އޭތްތްތް ޔާޝް ދޮންބެ ނުވެސް ނެތް މިތާކު މިހާރަކު ”

ނަޔާ – (ފޯނާއި ކުޅެން އިނދެފައި އޭނާއަށް ވައި ފައި ނުލިބުމުން)” އަޅޭ…. ކިހާ ދެރަ ކަމެއް… ދެން މަ ޖައްސާ އިރަށް ނުލިބިއްޖެއްޔާ ޝިފް ދައްކާ ސޮރާ މަ އިންނާނަން… ”

އަހުޝަމް – (އެންމެން އެއްފަހަރާ އޭންން އޭ ބުނުމުން) ‘ކަލޯ ގަޔާ… ޝިފް އެ ސޮރާ އިންނާނަމޯ”

ނަޔާ – “އޭ ލާ ޔެސް ނަސީބެއްނު… ލިބިއްޖެ ވައިފައި…”

ރީޝާ – “އަޅެ ނުލިބުނު ނަމަ ދޯ… އޭރަށް މަށަށް ބޮޑުބެ އެއް ލިބުނީ”

އަހުޝަމް – “އޭ ލަމް އެސޮރު އަހަރުންނާ އެއްވަރު ތަ؟”

ރީޝާ – “ޕިސް ޕިސް.. ކަލޯ ސާބަހޭ… ދާންވީނު ބަފާ ކައިރިއަށް ވަލީ ހޯދަން… މަ ބަކުރު ބެއަށް ގުޅާފަ ބުނެފާނަމޭ ތި ގޯތި އަހުޗަމު މީހަކާ އިންނަން އެބޯޅޭ”

އަހުޝަމް – “އަޅެ ގުޅާބަލަ… ބުނެފިއްޔާ މަ ދޭނަން އެއް ހާސް ރުފިޔާ”

ރީޝާ – (ފޯނު ނަގައި އަހުޝަމްގެ ބައްޕަ އަށް ގުޅަމުން) “ހަލޯ ބަކުރު ބޭ… ތިގޯތި އަހުޝަމް އެބަ އުޅޭ މީހަކާ… (އަހުޝަމްގެ ބައްޕަ ފޯނު ނަގައި ހަލޯ އޭ ބުނުމުން) އަމް…”

އަބޫބަކުރު – (އަހުޝަމްގެ ބައްޕަ) “ހަލޯ… އައްސަލާމު އަލައިކުމް… ރީޝާ ކޮއްކޯ ކޮބާ ކިހިނެއް ވީ…”

ރީޝާ – (ދުލުގައި ދަތް އަޅާލަމުން ލަދުން ހުރެ) “އަނޭއްއް… މީ އަހުޝަމް ބުނެގެން… އަހުޝަމް ފޯނުގައި ލާރި ނެތިގެންނޯ އަޅުގަނޑު ފޯނުން ގުޅަން ބުނީމަ”

އަހުޝަމް – (އެންމެން ޕިސް ޕިސް ތަޅައިގަތުމުން)”ހުރެބަލަ.. މަށެއް ނުދައްކާނަން ވާހަކަ އެއް ”

ރީޝާ -” ލައްބަ މަޑުކޮށްލާ މި ދެނީ.. (އަހުޝަމް ދުއްވައިގަތުމުން ފަހަތުން ދުވަމުން ވައި އަޑުން) ޕިސް އޭ… ތި ބުނެބަލަ އެއްޗެކޭ… އަޅެ އަހޫ… ދެން ބުނެބަލަ (ދުވެ ދުވެ ވަރުބަލި ވުމުން) ހަލޯ އަނޭއްއްއް ބޭބޭ އަހުޝަމް ބުނީ ގަޑި ގޭގައި އޮތް ތޯ ބަލާލާށޯ ގުޅީ އެކަމަކު މިހާރު ފެނިއްޖެއޯ ގަޑި.. ”

އަބޫބަކުރު -” އެހެންތަ؟ އާން އެންމެ ރަނގަޅު ”

ރީޝާ -” އާން ލައްބަ (އަބޫބަކުރު ފޯނު ކަނޑާލުމުން) ކަލޯ ގަޔާ ”

ޒާނާ-” ޕިސް ޕިސް ހަދާލި ވާހަކަ ވެސް މޮޅެއްނު ”

ރިހުލާ -” މަންޖެ ދާންވީ ހަމަ ފިލްމު ކުޅެން ”

ޒައިޝާ-” ފިލްމުސްޓާ ރުދްރާކްޝް ކުރާނާގެ އަންހެނުންނެއްނު އެއީ ”

ރީޝާ -” އޭ….. މަ މީ ރޮކްސްޓާ ރައްޔާޝް ކޮރޯނާގެ އަންހެނުން ޝެފް ރީޝާ ކޮރޯނާ އިނގޭ ”

ރިއާޝް -” ދެން ރައްޔާޝް ކޮރޯނާ އަކީ މިހާރު ޔާޝް ދޮންބެ ދޯ ”

ޝިފާ -” ރީޝް އަވަސް މުސްތަޤްބަލެއްގަ ސައި ދޭން ވާނެ ”

ރީޝާ -” ދޭނަމޭ ދޭނަމޭ… އެކަމު އަދި ޔާޝް ދޮންބެ ކަމެއް ޔަގީނެއްނޫނެއްނު… އަދި އޭގެފަހުން ނުދައްކާ އެކަހަލަ ވާހަކައެއް ”

ނަޔާ -” ދެން ދައްކައިފިއްޔާ އާނއެކޭ ބުނާނަން ތަ؟”

ރީޝާ – “އެހެންޏާފަހެ…”

އަހުޝަމް – “މަށަށް ވުރެ ކުރިން ރީސާޓު ނިންމާނެ… ބަލަން ތިބޭ އެންމެން”

ނަޔާ – “އޭ އަހޫ ބްރޯ މަށަށް ވެސް ހޯދަދީބަލަ”

ޝިފާ – “އޭ ނާޔޫ ޝިފްގެ ބޭބެ އޯކޭ ތަ”

ނަޔާ – “ބޮޑުތާކުން ބިރިޔާނީ ކައްކަން އިނގެންވާނެ”

ރީޝާ – “ނަޔާ އިބުނު ބިރިޔާނީ… މީނަ މީ ބިރިޔާނީ ސޭޓު”

އަހުޝަމް – “ދެން ތިއޯ… ތީ ކޭމާޓު ހަމަ… ނުކާކަށް އެއްޗެއް ނެތް… ނާސިގޮރޭ ކައިގެން އެވަރަށް ގޮރަށް ދާނެ… ތެލުލި ބަނބުކެޔޮ ކައިގެން އެވަރަށް ވައި ބޭރު ކުރާނެ… ހަލުވިދާ ކޭކޭނުން މީހާ ވެސް ހުންނާނީ ހަލުވާ ގަނޑެއްހެން… ކިރުސަރުބަތުގެ ފިޔާތޮށި ގަނޑު މީހާގެ ތުންފަތުގައި އަބަދު ހުންނާނީ… ލާ އަރިފަޅި ތަކެކޭ ވަޔަށް ހޫރޭ އަލަ ފަތެކޭ އެއްވަރު… އިސްތަށިގަނޑުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ… ސަންތިމަރިޔަނބޭ ކިޔަނީ ހަމަ ހަލާލު ވެގެން… ”

ރީޝާ -” ހޫން ހޫން ހޫން… ތީ ކާކު؟ އެއޮއް ބާމައްޗެކޭ ބޮއްކުރައެއްގެ ދިރުބާކޮޅެކޭ ތަފާތެއްނެތް… ދެއަތުގެ މުލައްދަނޑިއެކޭ ދިވެހި ރުއްބުޑެކޭ ތަފާތެއް ނެތް… ކާ މުގުރިހައިގެ ރީނދޫކަން މީހާގެ އުދަރެސް ފުރާ ހުރޭ… ދަތްޕިލައެކޭ ފޭރާ އެކޭ އެއްގޮތް… އަރާ ފައިވާނެކޭ ބޮނބި ދޯންޏެކޭ އެއްވަރު… މީހާގެ ދިގު ކަމާ ދިރާގު އެންޓެނާ އާ އަޅައި ކިޔައިފިއްޔާ މޮޅުވާނީ ކާކު ކަމެއް ވެސް ނޭނގެ… ތަކުރުފާނޭ ކިޔަނީ ހަމަ ތަކުރުފާނަކަށް ވީމައޭ ”

ނަޔާ -” މީ ވާ ފިސާރި ދެމީހުން… އޭ ހިނގާ ދާން ދެން… މިރޭ އިންޓަވިއު އަށް އަންނަން މަ ރެޑީވެސް ވާން ޖެހޭނެ ”

ރިއާޝް -” އޭ އަހުޓްސް އާ ރީ ކޮއްކޮ އާ އިންޓަވިއު އަށް ސުވާލު ތައް ހަދާތި ”

އަހުޝަމް، ރީޝާ -” ވިދާޅުވި ގޮތެއް ”

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އަބަދުވެސް ހިތުގައި (7)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތާވީސް ވަނަ ބައި)

Next
August 24, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތާވީސް ވަނަ ބައި)

Previews
August 24, 2021

އަބަދުވެސް ހިތުގައި (7)

12 Comments!

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 24, 2021 at 7:35 am

    assalaamu alaikummmmm????❣❣❣❣
    kobaahey magey dharin kolhu?????
    miothy bodu surprise ekeyyyyyy
    dhen avahah hiy halaas kohggen kiyaalaasheyyyyyyy…
    kiyaalaafa cmnt eh kohllahcheyyyyyy
    dhaitha miadhu ufaluge kolheh nei dharinneyyyyy????hama dhaiy pula meenee sale ga…
    ehennu vaaneee.. hurihaa kudhinnaa bahdhalu vee viyya anehkkaa…. dharinneyyyy meemakun feshenee hama mariyambeyyyyy

    1. Aminath Rabsherr says:
      August 24, 2021 at 1:06 pm

      Oh my god.. finally up vehje.??
      Btw vaahaka vrh reethi..❤️
      Waiting for the next part?

    2. 🌻LamHaa🌻 ?LamHaa? says:
      August 24, 2021 at 1:09 pm

      Dhaithaaa… Kihineh tha.. Kon dhuvaheh mihaaru habareh vx nuvaathaaa.. ??????????????????????????Dhn v v salaam ?☺️☺️☺️☺️☺️
      Lyyyyyyssssmmm n myyyyyyssmmmm bodu bodu kon❤️❤️❤️❤️❤️❤️❤️❤️❤️
      Stay safe n Tc ?❤️??❤️??❤️

  2. luvza says:
    August 24, 2021 at 1:32 pm

    MARIYAM RESHAA SHAREEF ! WELCOME BACK TO ESFIYA DHIVEHI VAAHAKA SITE ONCE AGAIN…..!!!!!
    reesh welcome dear
    i missed you alot nayooge vaahaka thakuge cmnts thakah balaaleema egeyne ekan hehe lol
    dhaithaa haadha dhuvaheh kohffaey dhaitha aa mi bahdhalu vee dhatha nubunyas dhaitha hunnaanee dhaipila sale alhuvaigen kan ingeyey ehaa ufaa vaane kan ingeyey ekam dhaitha aa ebaoii suvaaleh kuran vefa dhaithage haalu kihineh tha??
    dhiathaa kon kudhinneh tha mi join vanee cover ah balaafa yegeen kanne dhw vaanee
    alhugandu dhaithage stry up vefa in than fenunyma ufalun neyge vee gothahh ves haadha dhigu inthixaareh ge nimumekey mee
    riyaash “m” akunney bunyma ehisaabun garuneh fahun khabaru mi vee dhw
    nayoo ah rangalhah biriyaanee kevifa hunnaanee hehe lol dhen yaash ge rangalhu kan e manje ah gehllunu laari kolhu dhinkan ehehe
    ey dhaithaa nethey madu kureveykah ekam fahun dhimaavaane dhw insha allah
    tc
    ss
    buh bye

  3. ?herrr_fai? says:
    August 24, 2021 at 3:39 pm

    heyyyyy reeeeeeeeeeeeeeeeshh..
    varah dhigu inthizaarehge nimun aissi..
    mi part vx hama varah varah majaa..
    reeesh..I really missed this story..
    i am soooooooooo happyy…varah ginadhuvas kohfa reesh aa dhimaavyma..
    and reesh ge haalu kihinehtha..?
    lysssmm<3
    mymm
    take care

  4. magnummm says:
    August 25, 2021 at 12:45 pm

    So glad that i got to read this againn ?? It’s amazinnn & funny as always ? And i do like theze characters very much ngey hehehehe ? waitin curiouslie for the nextuuu ? take a very gud care and stay healthy and safeee darlss ❤

  5. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 25, 2021 at 5:12 pm

    Heii aiminath rabsherr dear.. thank you Soo much❤️❤️ ISA v avahah next anaane

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 25, 2021 at 5:17 pm

    Lahbba fai dhooneeee??? aan reesh he vx vvv dhigu inthizaarehgge nimumehnnoon feshun mi are.. dhn terget akee cl avahah ninmaalaafa reesha ah preesha ge life hoadhaidhinun..aawwwnn❤️❤️❤️ yes yes.. thank you dear.. I also missed you all a lot..ahaaaannn reesha Corona Mee baraabaru agent eh nnu.. Hama full bettri ???btw how are you my lovely fai dear…
    My more
    Missed Hama ehvanaiga
    As ingey dhoonee

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 25, 2021 at 7:55 pm

    Heyyyyy magnummm sissyyyyy ????? how are you darling…. Aawwwnn thank you soooo much for the lovely words ?? lahbba.. U too tc and stay in a perfect health

  8. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 25, 2021 at 8:06 pm

    This reply goes to my master friend KHADHEEJAA LUVZA HAKEEM ???❣️❣️❣️❣️
    THANK YOU THANK YOU LUVZA DHAITHAAAAA…. ALHUGANDAH THIYA DHEHVVAA AHANMIYYATHU KAMAH FAH FASHUN SHUKURIYYAA ❣️❣️❣️❣️
    aan ey aan eyyy…. Miss vaa varun nuhurevigenehnnu maa Las nukoh mi up kureee manjeyyyy… Oih… Dhon kanbulow adhi nuveynu maa gina dhuvaheh… Dhethin dhuvahey mi vee heekohllaa… Dhimaavehjje ehnu dhw iraadha fulhun… AL HAMDHU LI ALLAH… Aaaan dhaitha meehunge angaiga dhaiy jahaairu dhaitha angaiga vx sahvees meylu dhurah dhalha gandu fenna dhaiy pila eh bahahttan jeheynu… Keekey bunanee????
    Aha avahah suvaalu kohllaa..
    Haalu dhw? Dhaitha ge haaleh nethihyyaa ekoe menge haaleh vx noannaanu… Ehenveema dhaitha hama gadha fadha… Manje kihineh thr.. Kaifin thr boefin thr? Nidhaifin thr heylaifin thr? Fen verin thr dhaiy ungulhin thr?
    Ahaaaaaannn cover balaileema inge ehnu eba… Nikan balan hurebala kon moyain thakeh thw E annanee… Comedy land ge foari gandu gennan mi ulhenee Ingey mihaaru… Adhi yaash dhonbege kaiveneege vhk vx otheenu dhw… Aan Ingey ekoe ah vaanee thivaru kan… Kaleyney aan ekey luvza dhaithaaaaa… Manjege gues rangalhu vee eyyy. Kaleyney adhi evaru nuvegen laari gandu vx athulaifi ey dhwww….. Aaaan dhaitha vx eba jehey miulhey dhefaraathah irudhey maa jahaigen ulhey lamhaa ge call ah javaabu dheyn… Dhanee ey dhen… Bye bye.. Taa taaaa???
    See you soonnnnn
    Love uuuuu❣️❣️

  9. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 25, 2021 at 8:14 pm

    Ahdhihyyooaaaaai… ???? thi varah nugovabala.. Ma beereh nooneyyy…. Ooih lupreezaa manjeyyyy ?????????koyaaaaa… Dhaitha haaleh nooney balan veekeee… Manje goathi kudhi golain thakuge haaley Dhaitha ah kiyaidhen vee… Ekamaku Dhaitha midhuvas kolhu miulhenee kuda varehgge roagaa akaa alhaiganegen… Huvaa neyfathah ava laifa hunnanee eythi… Kon dhuvaheh Heyyyyy???. Gandiyaaa mihaaru Dhethin maheh vedhaane khabreh nuvaathaaa…. Hevehnnu Manje maale aissa vx Dhaitha gaohchah vadhenulaa rahkkaavegen thi ulhenee… Aan aan v v salaam hama…. Shihpuri ashaa arhpuddin ashaa ahul Bro ashaa… Dhn ulhey meehaa ah mihaaru magey salaan fonuvaakah nujeheyne dhw.. Mihaaru eii CL in beyru meeheh ?? mulhin beykaaru… Israafu… Uvaalaifin… Ey klw Dhn kendee ey.. Ey aan ehkala lhen thah adhi fonuvaalabala… Eyhchihi delete vee ey.. Ingey lupreezaa… Taa taaaa

    Lwbi vey konmes varakah… Handhaan vey hama heskiyaafa

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      August 25, 2021 at 8:15 pm

      Mee magey lwbi lamhaa ge ehcheh ingeyyyyy

Comments are closed.

Next Episodeކޮމެޑީ ލޭންޑް 15←


All Right Reserved!