ނޯޓް : މި ކުރުވާހަކަ އަކީ މުޅިން ހިޔާލީ ވާހަކަ އެކެވެ. މި ވާހަކައިގައި ވާގޮތަކީ މީގެ ކުރިން ދިމާވެފައިވާ ކަމެއް ކަމަށް ވާނަމަ ނުވަތަ ދުނިޔޭގައި ދިރިހުރި ނުވަތަ ނިޔާވެފައިވާ މީހަކަށް ނިސްބަތްވާނަމަ އެއީ އިއްތިފާގެކެވެ. _______________________ 1893 ވަނަ އަހަރުގެ ފަހުކޮޅު އެލްޑޯރިއާގެ ނަމުން މަޝްހޫރު ރަސްކަމެއްގައި، ހައިތަރު ކިޔާ ރަސްގެފާނެއް ދިރިއުޅުއްވިއެވެ. އަވަށްޓެރި ބިންތަކުގެ ބޮޑެތި ވެރިންނާ ހިލާފަށް ހައިތަރު ރަސްގެފާނު މަޝްހޫރުވެވަޑައިގަތީ “ނިކަމެތި ރަސްގެފާނުގެ” ނަމުންނެވެ. އޭނާގެ ރަސްކަން ސަގާފަތާއި ތާރީޚުން […]
ނިޔާޒުމެންގެ މި ދަތުރުގެ އެންމެ އިސް ފަރާތް ކަމުގައި ވާ ޕުރޮޖެކްޓް މެނޭޖަރ އާތިފް ގެ ފަހަތުން ރަށުގެ ވާޓަރު މައްޗައް ފޭބި ނިޔާޒުގެ ލޮލުގައި އެވަގުތު އަޅައިގަތީ ކައުންސިލް ޕުރޮކިއުމަންޓް އޮފިސަރ ހިމްނާއެވެ. ހިމްނާގެ ފުރަތަމަ ފެނިލުމުންވެސް ނިޔާޒުގެ ހިތަށް ދިޔައީ ބުނެދޭން ނޭންގޭ އިހުސާސް ތަކެއް ކުރުވަމުންނެވެ. ބޭރުފުށުން އަދި ފެންނަން ހުރި ސިފަތަކުން ނިޔާޒުގެ ސިކުނޑި ހިމްނާ އަށް ގޮސް ހުސްވިކަހަލައެވެ. ފަހަރަކު މީހަކާއި ސަލާން ކުރަމުން ގޮސް ނިޔާޒު ހިމްނާ އާއި […]
އިރުކޮޅެއްނުވެ ނިޔާޒައް ނިދުނެވެ. ދެން ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދަނީ އުމޭރު އެވެ. އަވަހަށް ފޯނު ނެގުމައްފަހު ނިޔާޒު ފޯން ކަންފަތުގައި ޖަހާލިއެވެ. ”ނިޔާޒު ކޮބާ ކަލޭ. ހަތަރު ގަޑި ބަޔައް ތައްޔާރު ވެގެން ފައިބާށޭ ބުނީމަ މަ މި ހުންނަނީ. މިހާރު އެޔޮއް ހަތަރު ގަޑި ފަންސާސްވީ“ އުމޭރު އެހާ ގިނައިރު ބަރު ދަބަހެއް އަޅުވައިގެން މަގުމަތީ ހުންނަން ޖެހުމުން ޝަކުވާތައް ފައްޗަކަށް އަމުނާލިއެވެ. ”އޭ ސޮރީ ބަޑީ. މަށައް ނިދުނީޔޭ. މިހާރު […]
އަވަހައް ނުވާ ކަމަކަށް ނިޔާޒުގެ މޫނު އަނބުރާލިއެވެ. ނިޔާޒު ކައިރި އައިސް ހުއްޓުނީ ޒުހާ އެވެ. ޒުހާ އަކީ ނިޔާޒު އެ އޮފީހުގެ ވަޒީފާއަށް ނުކުންނަން ފެށީންސުރެ ނިޔާޒުގެ ލޯބި ހޯދަން މަސައްކަތް ކުރާ ކުއްޖެކެވެ. ނަމަވެސް ނިޔާޒުގެ އެއްވެސް ޝައުގުވެރި ކަމެއް ޒުހާގެ މައްޗަކަށް ނެތެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޒުހާ އަކީ އެހާ އުޅުން ރަނގަޅު ކުއްޖެއް ނޫނެވެ. ޒުހާ އައް ކަމުދާ ސިފައެއް ހުންނަ ކޮންމެ މީހަކު ޒުހާއަށް ހަމަ ހެޔޮވަރެވެ. އެހެންކަމުން […]
ހެނދުނުގެ އިރު އަރައިގެން އައީ ވަރަށްވެސް ފާގަތި ކޮށެވެ. ފަތިހުގެ ވަގުތުތައް ނިމި ހެނދުނުގެ ދަންފަޅިއަށް ފެށުނު އިރު ވެރިރަށް މާލޭގެ މަގުތަކުގައި ފުދޭވަރަކަށް މީހުން ހޭލަމޭލަވެ އުޅެއެވެ. ނިޔާޒައް ހޭލެވުނީ އޭނާގެ މަންމަ ޒިޔާނާ ނިޔާޒުގެ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ”ދަރިފުޅާ އޮފީހައް ދާގަޑި އެއޮއް ޖެހެނީ “ ޒިޔާނާ ދޮރުގައި ޓަކި ޖަހަމުން ގޮވަމުން ދިޔައެވެ. ނިޔާޒުވެސް އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ހޭލެވިއްޖެ ކަމަށް ބުނުމުން ޒިޔާނާވެސް ނިޔާޒައް ގޮވުން […]
ނޯޓް:މި ވާހަކައިގަ ހިމެނޭ ރަށްރަށާއި ތަންތަނަކީ އަސްލު ހުންނަ ތަންތަން ކަމުގައި ވީނަމަވެސް މި ވާހަކަ އަކީ މުޅިން ހިޔާލީ ވާހަކައެކެވެ. ފަހަރުގައި މި ވާހަކައިން ކިޔާދޭ ހާދިސާ އަކީ އަސްލު ދިރިއުޅުމުގައި ދިމާވެފައިވާ ނުވަތަ މިހާރުވެސް ހިނގަމުން އަންނަ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ އެއީ އިއްތިފާގެކެވެ. މިއީ ސިލްސިލާ ވާހަކައެކެވެ. ………………………………… ނިޔާޒް އޮފީސް ދަތުރެއްގައި އއ.ރަސްދޫ އަށް ދަތުރެއް ކުރެއެވެ. އެ ދަތުރު ތެރޭން ނިޔާޒަށް އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރާ […]