Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ލޯބިވޭ……

haznahazoo23 Level 1
October 14, 2024 3 Mins Read
4 Comments

“މަންމާ! އެންމެ ރަނގަޅުތަ މިރޭ ކުލާސް ކުދިން ބާއްވާ ބާބަކިއު އަށް ދިޔަސް؟” ޔާނާ އޭނާ ގެ މަންމަ ޔުސްރާ ކައިރީ އަހާލީ ވަރަށް ލޯބިންނެވެ. “މަންމަ އަށް އެންމެ ރަނގަޅު. އެހެންނޫނަސް ދަރިފުޅުމެންގެ މަދަރުސާ ހަޔާތް ނިމުމުން އެންމެން އެއްވެލާރެއަށް ދަރިފުޅަށް ނުދެވިއްޖެނަމަ ދެރަ އެއްނު.” ޔުސްރާ ބުނެލިއެވެ. ޔާނާ ހިނުތުންވުމަކުން ފުއްދާލިއެވެ.

ޔާނާ އަކީ މަޑުމައިތިރިކަމަށް ލޯބި ކުރާ ކުއްޖެކެވެ. ވަރަށް ލަދުރަކި ކުއްޖެއްވެސްމެއެވެ. އޭނާ އަކީ ޔުސްރާ އާއި ޔާސިރުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. މައިންބަފައިންގެ ހުވަފެންތައް ހަގީގަތަކަށް ހަދާދިނުމަށްޓަކައި ކުރަމުން އައި ބުރަ މަސައްކަތަށް ނިމުމެއް އައީ އޯލެވެލް ގެ ނަތީޖާ ލިބުނު ދުވަހެވެ. ބޭނުންވި ކަހަލަ ރަނގަޅު ނަތީޖާއެއް ލިބުމުން އޭނާ ގެ ހިތަށް ކުރެވުނީ ބަޔާން ކުރަންވެސް ދަތި އިޚްސާސް އެކެވެ. އޭނާ ގެ މައިންބަފައިންވެސް އޭނާއަށްޓަކައި ވަރަށް ފަހުރުވެރިވެއެވެ.

އިރުއޮއްސި އަށެއް ޖެހީއެވެ. ޔާނާ ކޮޓަރިން ނުކުމެގެން މިސްރާބު ޖެހީ ބަދިގެއާދިމާލަށެވެ. ސަބަބަކީ ޔުސްރާ ހުރީ ބަދިގޭގައި ކަމުންނެވެ. “މިއީ ހަމަ މަންމަގެ ޔާނާ ތަ؟ މިރޭ ހާދަ ރީއްޗޭ މަންމަ ގެ ދަރިފުޅު. މާޝާﷲ.” ޔުސްރާއަށް ޔާނާ ފެނުނީމާ ތަޢުރީފް ނުކޮށްލާ ހަމަ ނުހުރެވުނީއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެއްނޫންހެއްޔެ، ކަޅުކުލައިގެ ދިގު ހެދުމެއްލައިފައި  ހަމަ އެކުލައިގެ ޝޯލް އެއް އަޅާލައިގެން ހުރި އިރު ޔާނާ ނުހަނު ރީއްޗެވެ. ކޮށްފައިވާ ލުއި މޭކަޕް ވެސް އޭނައާ ވަރަށް ގުޅެއެވެ. އަރައިފައިވެސް ވަނީ ކަޅު ކުލައިގެ ފައިވަނަކަށެވެ.

“މަންމާ ދެން ދަނީ އިނގޭ އަންނާނަން ވަރަށް އަވަހަށް މިހާރު އެލީ އައިއްސި ބަލާ، ދެންމެ މެސެޖް ކުރި.” ޔާނާ އެހެން ބުނެފާ ހިނގައިގަަތީ ބޭރަށް ނުކުތުމަށެވެ. އެލީޒާ އަކީ ޔާނާ ކުޑަ އިރުއްސުރެ ފަށާގެންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. “އައްދެ، މިތާމިހުރީ ހަމަ ޔާނާ ތަ؟ ނޫނީ ޖިންނިއެއްތަ؟” އެލީޒާއަށް ވެސް ޔާނާގެ ރީތިކަމަށް ތައުރީފް ކޮށްލެވުނެވެ. “އެލީވެސް ވަރަށް ރީތި” ޔާނާ ހިނިތުންވެލަމުން ހާމަކޮށްލީ ތެދެކެވެ. އެލީޒާ ވެސް ނުހަނު ރީއްޗެވެ. ލައިގެން ހުރި ދަނބު ކުލައިގެ އަބާޔާ އޭނަ އާ ނުހަނު ގުޅެވެ. ހަމަ ދަނބުކުލައިގެ ޝޯލް އެއް އަޅަފައިވުމުން ވަރަށް ހިތްގައިމުކަމަށްދައްކައެވެ.

“ޔާ! މިރޭ ސައިފް މޮޔަ ވާނެ ދޯ ޔާފެނިފަ” އެލީޒާ ބުނެލީ ލާނެއް ހުނުމަކާއެކީގައެވެ. “އަޅެ ދެން އެލީވެސްދޯ” ޔާނާ ލަދުގަތްކަން ފޮރުވަން މަސައްކެތްކުރިއެވެ. ސައިފް އަކީ ޔާނާ ގެ އުމުރުން ތޭރަ އަހަރުގަ ވެވުން ލޯތްބެވެ. އަދިވެސް ސައިފް ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ސައިފް ކައިރީ އެ ވާހަަކަ ބުނާނެ ހިތްވަރެއް ޔާނާ އަކަށް ނުލިބުނެވެ. ސައިފް އާއި ޔާނާ އާއި މަދު މަދުން ވާހަކަ ދައްކާއުޅެއެވެ. ބައެއްފަހަރު ފަހަރު ސައިފް އޭނާ އާ ގަޔާވާހެން ވެސް ހީވެއެވެ.

ޔާނާ އާއި އެލީޒާ އަށް ބާބަކިއު ހަދާތަނަށް ދެވުނީ އެކި ވާހަކަތަކުގައި ތިބެއެވެ. އެތަނަށް ދެވުނު އިރު ސައިފް ވެސް އެތާ ހުއްޓެވެ. ސައިފް ހުރީ ކަޅުކުލައިގެ ގަމީހަކާ ނޫ ކުލައިގެ ޖިންސް އެއް ލައިގެންނެވެ. އެތަނަށް ދެވުނީއްސުރެ ސައިފް ގެ ކަޅި އޭނާ އަށް އަމާޒުވެފައި ވާކަން ޔާނާ އަށް އިޚްސާސް ވިއެވެ.

“ޔާނާ…. މީ.. އަމް…… މަށާ އެކީ މިތާ ކައިރީ ހިނގާލަން ދެވިދާނެތަ؟ ވާހަކަ އެއް ބުނަން ވެފަ އެބައޮތް.” ބޯ ކަހާލަމުން ސައިފް ޔާނާ ގާތުގާއި ބުނެލިއެވެ. ޔާނާ ބަލައިލީ ދުރުގައި އޭނާ އާ ދިމާލަށް ބަލަން ހުރި އެލީޒާ އަށެވެ. އެލީޒާ މަޑުމަޑުން ބޯޖަހާލުމުން އެންމެ ރަނގަޅޭ ބުނެ ސައިފް އާއި އެއްކޮށް ޔާނާ ހިނގައިގަތެވެ.

ހިނގަމުންގޮސް ގޮނޑުދޮށުގައި ސައިފް އިށީނދެލައި އަތުގެ އިޝާރާތުން ޔާނާ ކައިރީ އިށީންނަން ބުނެލިއެވެ. ޔާނާ ގޮސް އިށީދުނީ ސައިފްގައިގައި ނުޖެހޭނެ ވަރަށެވެ. “ޔާނާ ކިހިނެއްތަ؟” ސައިފް ފެށީ ދުރުދުރުންނެވެ. “އަހަރެން ހަމަ ރަނގަޅު ސައިފް ކިހިނެއްތަ؟” ޔާނާ ވެސް ސައިފް ކޮށްލި ސުވާލު ތަކުރާރު ކޮށްލިއެވެ. “އަހަރެންވެސް ހަމަ ރަނގަޅު” ސައިފް ގެ ޖަވާބުއައެވެ. “އަހަރެން މިއުޅެނީ އަހަރެންނަށް ވަރަށް އުނދަގޫވާތީ، ހީވަނީ ޔާނާ ކައިރީ މި ވާހަކަ ނުބުނެވިއްޖެ ނަމަ ޔާނަ އަހަރެންނަށް ގެއްލިދާނެއޭ، ވަގުތުފާއިތުވެދާނެޔޭ.” ސައިފް އަނެއްކާވެސް ބުނެލިއެވެ. ޔާނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. “ޔާނާ! އަހަރެންނަށް ޔާނާ ފުރުތަމަ  ފެނުނު ދުވަހުން ފެށިގެން ވެސް އަހަރެންނަށް ޔާނާ ދެކެ ލޯބިވެވުނު. އަހަރެންގެ ހިތް ޔާނާަ އަށް މީގެ ހަ އަހަރު ކުރިން ދެވުނު. ފާއިތުވެގެންދާ ކޮންމެ ސިކުންތަކު އަހަރެންގެ ހިތުގައި ޔާނާ އަށް ޓަކައި އޮތް ލޯބި އަންނަނީ ބޮޑު ވަމުން. ޔާނާ ،އައި ލަވް ޔޫ…. އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ…. ޔާނާ އަހަރެންގެ ޚަޔާތުގެ ބައިވެރިޔާއަށް ވެދޭނަންތަ؟” ސައިފް އޭނާގެ ހިތުގެ ހާލަތު ބަޔާން ކޮށްދީނިމުނުއިރު ޔާނާ ހުރީ ގަނޑުވެފަ ކަހަލަ އެވެ. އޭނާ ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރިކަމުގެ ކަރުނައެވެ.

“ސައިފް… އަހަރެންވެސް ސައިފް ދެކެ ވަރަށް ލޯބިވޭ…. ތި ނޫން މީހަކަށް މިހިތަކުން ޖާގައެއް ނެތެ. އެންޑް ޔާ އަހަރެން ސައިފް ގެ ހަޔާތުގެ ބައިވެރިޔަކަށް ވާން ވަރަށް ބޭނުން. އައި ލަވް ޔޫ ސައިފް…” ޔާނާ ބުނެލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. އުފާވެރިކަމުގެކަރުނަ ދެމީހުންގެ ލޮލުން ފައިބަމުންދާ ޚާލު ދެމީހުންވެސް ﷲއަށް ޚަމްދުކުރިއެވެ. ކުރި އިންތިޒާރުގެ ފޮނި ނިމުމެއް ދެއްވީދީ ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.

ނިމުނީ

Share Article

Follow Me Written By

haznahazoo23

Level 1

Other Articles

Previous

ހަނދުވަރު ދިން އެރޭ … 7

Next

ރަސްފަގީރު – ކުރުވާހަކަ

Next
October 14, 2024

ރަސްފަގީރު – ކުރުވާހަކަ

Previews
October 14, 2024

ހަނދުވަރު ދިން އެރޭ … 7

4 Comments!

  1. Cutie girl says:
    October 16, 2024 at 9:26 am

    Mi vaahaka ves v Reethi masha allah
    Curiously waiting for next story
    Keep it up

    1. haznahazoo23 says:
      October 17, 2024 at 6:49 pm

      Inshaallah next story coming soon 💗
      Thankyou for the support 💕
      Lots of luv 💓

  2. Anonymous says:
    October 16, 2024 at 11:39 am

    I think i saw the same story line in this website before

    1. haznahazoo23 says:
      October 17, 2024 at 6:47 pm

      Miee alhugandu ge amihla hiyaalah liyefa in vhk eh. 🙂

Comments are closed.



All Right Reserved!