Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކޮފީއަކުން

EXO
EXO Level 210 Stories100 Login
September 28, 2024 3 Mins Read
3 Comments

ކޮފީއަކީ ޒުވާނުންގެ ތެރޭ އަބަދުވެސް ވަރަށް މަގުބޫލުއެއްޗެކެވެ. މަޖާ އަނގަ ތަޅާލުމަށް ގިނަޒުވާނުން ކޮފީމޭޒުތައްދޮށުގާ އެތައްއިރެއް ހޭދަކުރެއެވެ. އަދި އެކި މިޒާޖުގެ ނުދަންނަ މީހުންނާ ދިމާވެ ރަހުމަތްތެރިކަން އާލާވެއެވެ. ނަމަވެސް އެކަނި ކޮފީއެއް ބޯލަންދާ މީހުންވެސް ވަކި މަދެއްނޫނެވެ.

އައްސަދު އަކީ މިފަދަ ޒުވާނެކެވެ. އޭނާއަކީ އެކަނި ކޮފީބުއިމަށް ލޯބިކުރާ ޒުވާނެކެވެ. އަދި އޭނާ ހޮބީއަކަށް ވާހަކަ ލިޔެ އުޅެއެވެ. އެހެންރޭތަކެކޭވެސް އެއްފަދައިން މިރޭވެސް އައްސަދު ކޮފީއެއްބޯލަން ދިޔައެވެ. މިރޭ އޭނާ ދިޔައީ ލެޕްޓޮޕްވެސް ހިފާން ވާހަކަ އެއްލިޔެލާނަމޭހިތާއެވެ. އޭނާ އަބަދުވެސް ކޮފިބޯން ދަނީވެސް އެއްތަނަކަށްކަމުން އެތާ މުވައްޒިފުންނާ އޭނާއާ ދެމެދުވަނީ ވަރަށް ހާއްސަ ގުޅުމެއް އުފެދިފައެވެ. އަދި އޭނާއަށް ހާއްސަކޮށް ވަކިން މޭޒެއްދީފާ އިންދެއެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު އޭނާ އިނީ ވާހަކައިގެ ސުރުހީއާމެދު ވިސްނާށެވެ. އިރުކޮޅަކުން މީހަކު އައްސަދުއަށް ސަލާންގޮވާލިއެވެ. ސަލާމް ބަލައިގަނެ ކާކުތޯބަލާލިއެވެ. ކުރިމަތީގާހުރީ މުސްކުޅިވަރެއްގެ ފިރިހެނެކެވެ.

“ކޮއްކޯ ހާދަބޮޑު ފިކުރެއްގަ” އެމީހާ ބުނެލިއެވެ.

“ނުނޭ. މިއުޅެނީ ވާހަކައެއް ލިޔަންވެގެން ކުޑަކޮއް ވިސްނާލަނީ މި” ޖަވާބުގައި އައްސަދު ބުނެލިޔެވެ.

ހިނިގަނޑެއް ޖަހާލާފަ އެމީހާ އައްސަދު ކައިރިން ހުއްދަހޯދުމަށްފަހު އިށީނެވެ. އަދި އައްސަދުއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު ބުނެލިއެވެ.

“ބޭބެ ކިޔާދީފާނަން ހަގީގީ ހާދިސާއެއް ވަރަށްކުރުކޮށް. ދޮންކަލޯ އެވާހަކައަށް ފަހުން ނަމެއްދޭނީ ކިހިނެއްވާނީ އެގޮތް”.

ޖަވާބުގާ އައްސަދު ބޯޖަހާލިއެވެ. ނަމަވެސް ފެށުމުގެ ކުރިން ކޮފީއެއް ގެންނަން އަހާލުމުން އެމީހާ ބުނެލިއެވެ. “ތީ ބޭބެމެން އެއްވެސް އިރެއްގާ ބޮއެއުޅޭ އެޗެއްނޫން”. ދެން އެމީހާ ވާހަކަ ފަށާގަތެވެ.

“އެއީ މިދިޔަމަހު ހިނގި ހާދިސާއެއް. އަހަރެންގެ ލޮލަށް މީހާތަނަށް ފެނުން އެންމެ އަނިޔާވެރި އެއް ހާދިސާ. ސާދާ އަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ އަޙުލާގު ރަނގަޅު ހެޔޮލަފާ ކުއްޖެކެވެ. އޭނާ މައިންބަފައިން ނިޔާވިފަހުން ހުންނަނީ އަހަރެން އުޅޭގެގައެވެ. ކޮންމެ ރެޔަކުވެސް އޭނާ ނިދަން އޮށޯންނަމުން ކިޔުނު ހުރިހާ އެއްޗެއް ކިޔައިގެން ނިދައެވެ. އަދި އަހަރެން އޭނާގެ ހަށިފާރަވެރިއަކަށް ކޮންމެ ރެޔަކުވެސް ހުންނަމެވެ. އޭނާގެ ރީތި ހިނިތުންވުމާ ހަމުގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެނުންނެއް އޭނާގެ ފަހަތުން ނުނެއްޓިގެން ބޮލަށް އުދަނގޫ ވާހިސާބަށް އެކުއްޖާ ފަކީރަށްވަނީ ގޮސްފައެވެ. ނަމަވެސް އަހަރެންނަށް އޭނާއަށް ވެވޭނެ އެހީއެއްނެތެވެ. ރަށަށް އަލަށް އެރި ގުރޫޕްއަކުން ސާދާ ފެނި އޭނާއާ އެތައް ދުވަހަކު ފޮށެއެވެ. އަދި އެކުއްޖާ ފަކީރު ފެންވަރަން ވަންނައިރަށް ގިފިލި ބަލަން ނޫނީ ގިފިއްޔަށް ވަދެވޭނޭ ގޮތެއް އެމީހުން އަބަދުވެސް ހޯދަން މަސައްކަތްކުރެއެވެ. ނަމަވެސް އަހަރެން އެކުއްޖާ ފަކީރަށް އަބަދުވެސް ރައްކާތެރިވަމެވެ. އަދި އެމީހުން ލޮލަށް ނުފެންނަގޮތައް އެކުއްޖާ ފެންވަރާ ނިމެންދެން ރައްކާތެރިކޮށްދެމެވެ. ނަމަވެސް އިންސާނުންގެ ތެރޭގާ ޖަނަވާރުންވެސް މަދެއްނޫނެވެ. އެމީހުންގެ މަގުސަދު ހާސިލްކުރީ ރޯމާދުވާލުއެވެ. އަހަރެން އެއިރު އުޅުނީ ވަލުތެރޭގައެވެ. އިރުއޮސުމުން ގެއަށްަ ދިޔައިރު މީހުން ބޯވެ ފުރިފާ ގޭދޮށަށްވެއެވެ. އަހަރެން ގެއަށްވަދެ ބަލާލީމެވެ. އަހަރެންގެ ލޯ ކަރުނާން ފޯވިއެވެ. އަލޯބި ހިތްހެޔޮ ކުއްޖާވަނީ ދަންޖައްސާފައެވެ. އަދި އެކުއްޖާގެ އެތަންމިތާ ވަނީ ވަކިއަޅާ ނޮޅާފައެވެ. އަދި މެއަށްވަނީ ބޮޑު ވަޅިއެއްޖަހާފައެވެ. ހިތާމާންފޯވެ ރުޅިވެސްގަދަވިއެވެ. އަދި އަހަރެން އަމިއްލައަށް މީ ކޮންބަޔަކު ހިންގި ޖަރީމާއެއްތޯބަލަން ފެށީމެވެ. މިކަމުގާ އަހަރެންގެ އާއިލާގެވެސް އެއްބާރުލުން ލިބުނެވެ. ގިނަދުވަސްތަކެއްނުވެ އެއީ ކޮންބައެއްކަން އެނގިގެން ދިޔައެވެ. އެއީ ރަށަށް އަރާން އުޅުނު ގްރޫޕްގެ ކަމެއްކަން އެނގިގެންދިޔައެވެ. އެމީހުން ތިބިތަން ވަނީ ހޯދިފައެވެ.”

މިހިސާބަށް ކިޔާދިނުމަށްފަހު އެމީހާ އައްސަދުކައިރި އަހާލިއެވެ

“ކޮއްކޮއަށް ކެރޭނެތަ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން. އެމީހުން ތިބީ މި ކެފޭއާޖެހިގެން ހުރިގޭގަ”

މިހެން ބުނުމަށްފަހު ލޮލުން ކަރުނައޮހޮރިފާ އެމީހާ ތެދުވެގެން ދިޔައެވެ. އައްސަދު ވަރަށްފުންކޮށް ވިސްނަން އިނދެފާ ފޯނުނާގާ ފުލުހުންނަށް ރިޕޯޓު ކުރިއެވެ. މާގިނައިރެއްނުވެ އެމީހުން ވަނީ ފުލުހުން އައިސް ގެންގޮސްފައެވެ. އަދި އެމީހުންގެ މައްޗަށް ތަހުގީގު ހިނގި އެމީހުންވަނީ އުމުރުދުވަހަށް ޖަލަށްލެވިފައެވެ. މިޙަބަރުދޭން އައްސަދު އެއްކަލަ މުސްޅިމީހާ ފެނޭތޯވަރަށް މަސައްކަތްކުރިއެވެ. އަދި ކޮފީމޭޒުދަށު އޭނާގެ އިންތިޒާރުގާ ވަރަށް ގިނަދުވަހު އިންތިޒާރުކުރިއެވެ.

އެއްރެއަކު އައްސަދު އޭނާގެ ކޮފީމެޒުގާއިންދާ އަންހެން ކުއްޖަކު ސަލާންގޮވާލިއެވެ. އެކުއްޖާއަކީ މިހާތަނަށް މީހަކުދެކިފައިނުވާފަދަ ރީތި ކުއްޖެކެވެ. އައްސަދު އޭނާގެ ސަލާމްބަލާގަނެ އިށީނުމަށް އެދުނެވެ. އިށީނުމަށްފަހު އެކުއްޖާ ބުނެލިއެވެ.

“އަހަރެންގެ ބައްޕަ ހޯދަން ތިފަފަރާތުން ވަރަށް މަސައްކަތްކުރާކަން އެނގޭ. ” އައްސަދު ހައިރާންވެފައިނެވެ. އެކުއްޖާގެ ވާހަކަ ކުރިއަށްގެންދިޔައެވެ.

“ބައްޕަވަނީ މިވަގުތު ޖަލަށް ޒިޔާރަތްކުރަން ގޮސް ހައްޔަރުކުރެވުނު ކުއްވެރިންނާ ބައްދަލުކުރާށޭކިޔާފަ ދިޔައީ. އަދި ދަމުން ބުނި އައްސަދުއަށް ޝުކުރުައަދާކޮށްދޭން.

“މިހެން ބުނެފާ އެކުއްޖާ ތެދުވެގެން ދިޔައެވެ. އެރޭ ޙަބަރުތައް ބަލާލަން އައްސަދު ލެޕްޓޮޕް ހުޅުވާލިއެވެ. ފުރުތަމަވެސް ލޮލުގާއަޅާގަތީ ބްރޭކިން ނިއުސްއެވެ. ޖަލުގައި ގައިދީންތަކެއް ރަހުމްކުޑަ ގޮތްގޮތަށް މަރާ އެލުވާފަވާ ޙަބަރެވެ. ކޮންމެ ގައިދީއެއްގެ މޭވަނީ ކޮނެލާ މުޅިގައިގަގާ ވަކި ދަމާފާވާކަމަށް ޙަބަރުގާވަނީ ލިޔެފައެވެ.

މިހިސާބުން އައްސަދު އެއްކަލަ މުސްކުޅިބެ ކިޔާދިން ވާހަކަތަކަށް ފުންކޮށް ވިސްނާލިއެވެ. އަދި މުހިންމު ޕޮއިޓްތައް ނޯޓުކުރަންފެށިއެވެ.

* މަރާލި ކުއްޖާ އުޅުނީ އެމީހާގޭގައެވެ.
* އެކުއްޖާ ނިދާއިރު ހަށިފާރަވެރިއަކަށް ކޮންމެ ރެޔަކުވެސް ހުންނަކަމެވެ.
* އެކުއްޖާއަށް ފިރިހެނުން ޖެސުންކުރާއިރުވެސް އެއްވެސް އެހީތެރިކަމެ ފޯރުކޮނުދެވުން.
* މީހުން ލޮލަށް ނުފެންނަގޮތައް އެކުއްޖާ ފެންވަރާ ނިމެންދެން ރައްކާތެރިކޮށްދިނުން.

މިހަތަރު ޕޮއިންޓްއަށް އައްސަދު ވިސްނުމަށްފަހު އޭނާ ހިތައް ބިރުވެރިކަން ވަންނަންފެށިއެވެ. އަދި އެކެފޭގެ މުވައްޒަފެއް ކައިރީ އައްސަދު އަމިއްލައަށް އަހާލިއެވެ.

” ދޮންކަލޯ ބޭބެގެ ކޮފީމޭޒުގާ މިދިޔަހަފްތާ މުސްކުޅި މީހާކާއެކީ ވާހަކަ ދައަކަންއިންތަންދެކުނިންތަ؟ “.

“ނުނޭ ބޭބެ އަމިއްލައަށް އެކަނި އިނދެގެން ކޮންމެސް ވާހަކައެއް ދެއްކި އަޅުގަނޑު ހީކުރީ ބްލޫޓޫތް ހެޑްސެޓަކުން ވާހަކަދައަކަނީކަމަށް ”ޖަވާބުގާ އެމުވައްޒަފު ބުނެލިއެވެ. މިކަމާ ކަންބޮޑުވެ އަނެކާވެސް އައްސަދުއަހާލިއެވެ.

“އަހަރެން ކައިރީ އަންހެންކުއްޖަކު މިރޭ އިންދާ ދުށިންތަ؟”.

“ނޫން. އެކަމު ބޭބެ ކައިރިމަބުނަން ވާހަކައެއް. ބޭބެގެ ކޮފީމޭޒު ތި އިންނަނީ ނިކަގަހެއްދަށުގާ.” މުވައްޒަފު ހައިރާންވެފާ ބުނެލިއެވެ.

  • – ނިމުނީ –

 

 

 

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 3

Next

އިންސާފް (އެކާވީސްވަނަ ބައި)

Next
September 28, 2024

އިންސާފް (އެކާވީސްވަނަ ބައި)

Previews
September 26, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 3

3 Comments!

  1. ai says:
    September 28, 2024 at 1:57 pm

    vv reethi

  2. Nihaaya says:
    September 29, 2024 at 1:35 pm

    Hus Hageegy biruveri haadisaathah dhw
    Reethi Varah

  3. No one says:
    October 11, 2024 at 12:29 pm

    Does not make sense
    But good attempt

Comments are closed.



All Right Reserved!