Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ނަފްސު

EXO
EXO Level 210 Stories100 Login
October 21, 2024 3 Mins Read
1 Comment

ތިބާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކިހާ ބޮޑު ފާފައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟ އެއީ ކަނޑައެޅިގެން ﷲ سُبْحَانَهُ وَ تَعَالَى ހަރާމްކުރައްވާފާވާކަމެކެވެ. ތިބާގެ އަމިއްލަ ނަފްސު ގަތުލްކުރި ގޮތަކަށް ތިބާއަށް ނަރަކައިގަ އަބަދުގެ އަބަދަށް އަޒާބްދެވޭނެކަން މާތް ނަބިއްޔާ محمد‎ صلى الله عليه وسلم ވެސް ވަނީ ހަދީސްކުރައްވާފައެވެ.

ލުގްމާންއަކީ މޮޅަށް ކިޔަވަމުން އަންނަކުއްޖެކެވެ. ގްރޭޑް ބާރާގަ ތައުލީމް ހާސިލްކުރަމުން މޮޅު ވަނަތައް އޭނާވަނީ ގެންނަންފަށާފައެވެ. ލުގްމާންގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މައިން ބަފައިންނެވެ. އެމީހުންގެ އޯގާތެރިކަމާ ކެތްތެރިކަމުގެ ސަބަބުން ލުގްމާންއަށް އަބަދުވެސް ކުރިޔަށް ދިޔުން ފަސޭހަވެއެވެ. ބައްޕަ ބުރަ މަސައްކަތްކުރަމުން ހޯދާ ހަލާލް އާމްދަނީއިން ލުގްމާން ކިޔެވުމަށް ބޭނުންވާ ކޮންމެ އެއްޗެއް ހޯދާދެއެވެ. މީރު ކެއުންތައް ކައްކަން އެނގޭ މަންމަ އަބަދުވެސް ލުގްމާން ގެޔަށް އަންނައިރު ހުންނަނީ ލުގްމާންގެ ހަށިގަނޑަށް ފައިދާވާފަދަ މީރު ކެއުންތައް ތައްޔާރުކޮށްފައެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ލުގްމާންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. މަސައްކަތަށް ނުނިކުމެވޭތީ އަތުގާ އެއްޗެއްވެސް ނޯވެއެވެ. މިކަމާ ލިގްމާން ވަރަށް ފިކުރުބޮޑުވިއެވެ. އަދި ވަގުތީގޮތުން ބައްޕަ ރަނގަޅަުވަންދެކަށް ވަޒީފާއަކަށްދާންފެށިއެވެ. ނަމަވެސް ބައްޕަ ހޯދަމުންދިޔަފަދަ އާމްދަނީއެއް ނުލިބޭނެކަން ލުގްމާންއަށްވެސް އެނގެއެވެ. ހިތްވަރުކޮށްފާ ކުރިޔަށްދާން ނިންމި ލުގްމާންއަށް އަނެއްކާވެސް އިތުރު ދެރަޔަކާ ކުރިމަތިލާންޖެހުނެވެ. ލޯބިވާ މަންމަވެސް އެންމެ ފަހަށް ބަލިވެއްޖެއެވެ. މިކަމުގެ ސަބަބުން ލުގްމާން ކާބޮއެ ހަދަންޖެހެނީ ބޭރުންނެވެ. ކޮންމެއަކަސް ޖެހުނީ ހިތްވަރުކޮށް ކުރިޔަށްދާށެވެ. ލިބޭ މުސާރައިން ދެކޮޅުޖައްސާށެވެ.

މިއަދުވެސް ލުގްމާން ވަޒީފާއަށްނުކުތީ ހިތްވަރާއެކުގައެވެ. މަންމައާ ބައްޕައަށްޓަކައެވެ. ކެތްތެރިކަމާއެކު ވަޒީފާއަދާކުރަމުން ދަނިކޮށް ތަނުގެ މެނޭޖަރު ލުގްމާންގެ ތައުލީމީ ފެންވަރު ރަނގަޅުވެފާ މަސައްކަތަށް ރަނގަޅުކަމުން ލުގްމާންއަށް އިތުރު މުސާރައަކާއެކު މަތީ މަގާމްއެއްދިނެވެ. ލުގްމާން މިކަމާ ވަރަށް އުފާކުރިއެވެ. މި އުފާވެރި ޙަބަރު އެންމެ ފުރުތަމައަށްވެސް ދޭންބޭނުންވީ މައިންބަފައިންނަށްށެވެ. ނަމަވެސް އުފާވެރިކަން ހިތާމައަށް ބަދަލްވީ ހިނދުކޮޅެއްތެރޭގައެވެ. ލުގްމާންގެ ބައްޕަ އެދުވަހު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއުކިޔާފިއެވެ. އޭގެ ދެމަސްފަހު ލޯބިވާ މަންމަވެސް މި ފަނާވަމުންދަނިވި ދުނިޔެއަށް އަލްވަދާއުކިޔެވެ. ލުގްމާން މުޅިންހެން އެކަނިވީޔެވެ. ލުގްމާންގެ ހިތާމަތަކާ އެކަނިވެރިކަމަށް އާދިރުމެއް ގެނެސްދިނީ ލުގްމާންގެ ކްލާސް ކުއްޖެއްކަމުގާވާ ޒައިނަބެވެ. ޒައިނަބްއަކީ ލުގްމާންއަށް ވަރަށް އޯގާތެރި ރަހްމަތްތެރިޔެވެ. ނަމަވެސް އެ އޯގާތެރިކަން ފަހަތުގައި އޮތީ ނުބާ ރޭވުމެކެވެ. ލުގްމާންގެ އެކަނިވެރިކަމުގެ ފައިދާނަގާ ޒައިނަބް ގިނަ ގިނައިން އެގެޔަށް އަންނަންފެށިއެވެ. އޯގާތެރިކަމުގެ ތެރެއިން ފާހިޝް އަމަލުތަކުގެ ތެރެޔަށް ލުގްމާން ވައްދާ ލުގްމާންގެ ހިތުގާ ޒައިނަބްގެ މައްޗަށް ލޯބިޖެއްސިއެވެ. މިހާރު ލުގްމާން ހުންނަނީ ޒައިނަބްއާހެދި ހޭބަލިވެފައެވެ. އެއްދުވަހު ނަޔަސް ގުޅާ އާދޭސްކޮށްގެންވެސް އެގެޔަށް ގެނެއެވެ. ނައިސްފިނަމަށް އެތައް ޒުވާބެއް ދެމީހުން ދެމެދުގާ ހިނގައެވެ. އެންމެ ފަހަށް ޒައިނަބްގެ ބޮލަށްވެސް ލުގްމާންއާހެދި އުނދަގޫވާންފެށިއެވެ. ލުގްމާން ދޫކޮށްލުމަށް ޒައިނަބް ކުރެވުނުހާ މަސައްކަތެއްކުރިޔެވެ. ނަމަވެސް ލުގްމާން ވަކި ދުލެއްނުދިނެވެ. އޭނާއަށްވަނީ ޒައިނަބްދެކެ ވަރަށް ބޮޑަށް ލޯބިވެވިފައެވެ. އެންމެ ފަހަށް ޒައިނަބްއަށް ބިރުވެސް ދައްކަންފެށިއެވެ. ނައިސްފިނަމަ އަމިއްލައަށް މަރުވާނެކަމަށްވެސް ބުނަންފެށިއެވެ. މިކަމުގެ ސަބަބުން ޒައިނަބް ހިތުގާ ބިރުވެރިކަން އުފެދި އެގެޔަށް ދާންފެށިއެވެ.

ދުވަސްގަނޑަކަށްފަހު ޒައިނަބް އާދަޔާ ހިލާފަށް ބަލިވާންފެށިއެވެ. މިވަނީ ކީއްކަން އޭނާއަކަށްވެސް ނޭނގެއެވެ. ބޯ އަނބުރާ ހޮޑުލަވައެވެ. މީހާ ގަޔަކު ވަރެއްނުހުރެއެވެ. އެންމެ ފަހަށް ލުގްމާންއާއެކުގޮސް ޑޮކްޓަރަށް ދެއްކުމުން ބަނޑުބޮޑުކަން އެނގުނެވެ. މިކަމާ ދެމީހުން ވަރަށް ބިރުގަތެވެ. ފަލީހަތްވެދާނެތީއެވެ. ހާސްވެފާހުރި ލުގުމާން ޒައިނަބް ގޮވައިގެން ގެޔަށްދިޔަގޮތަށް ޒައިނަބްގެ ކޯމަތީ އެތިފަހަރެއްއެޅިޔެވެ. އަދި އެއީ ޒައިނަބްގެ ކުށެއްކަމަށް ބުންޏެވެ. ޒައިނަބް އައިރުޅީގާ ލުގްމާން ގާގަ ތަޅާގަތެވެ. ނަމަވެސް ލުގްމާންގެ އަނިޔާވެރިކަން އެޔަށްވުރެ ވަރުގަދައެވެ. ގޮއްމުށުން ޒައިނަބްގެ ބުރަކަށިގާ ތަޅާގަނެ މުޅި މީހާ ތިރިކޮށްލިޔެވެ. ރޯން އޮތް ޒައިނަބް އިރުކޮޅަކުން ތެދުވެގެން އެގެއިން ނުކުމެގެންދިޔައެވެ.

ލުގްމާންއާ ޒައިނަބް އެކަކު އަނެކަކާ ދިމާނުވާތާ އެތައް ދުވަހެއްވެއްޖެއެވެ. މިކަމާ ލުގްމާން ވަރަށްވެސް ހާސްވިއެވެ. އެތައް ފަހަރަކު ކޮންމެ ދުވަހަކު ފޯނަށް ގުޅައެވެ. ނަމަވެސް ޒައިނަބްގެ ޙަބަރެއްނުވާތީ އެންމެ ފަހަށް އެގަޔަށްދިޔައެވެ. ނަމަވެސް ޒައިނަބް ނެތުމުން ކޮންތާކުތޯވީ އޮޅުންފިލުވުމުން އެނގުނީ އޭނާ ރާއްޖެ ދޫކޮށްދިޔަކަމެވެ. ލުގްމާން އައި ރުޅީގަ ގޮސް ފޭސްބުކް ހުޅުވާގެން ޒައިނަބްއަށް އެތައް މެސެޖެއްކުރަނިކޮށް ޒައިނަބް ޖަވާބުދިނެވެ. ދަރިފުޅު ވައްޓާލިވާހަކަ ބުނުމާއެކު ލުގްމާންއަށް ހީވީ ދެފާދަށުން ބިންގަނޑު ދަމާގަތްހެނެވެ. މޮޔައެއްހެން ތެޅިތެޅިފާ ޒައިނަބްއަށް އަނބުރާ އައުމަށް އާދޭސްކުރިޔެވެ. ނަމަވެސް ޒައިނަބް ދެން ލުގްމާންއަށް ނުފެންނާނެކަމަށް މެސެޖްކުރިއެވެ. އެއަށްފަހު ލުގްމާން ބްލޮކްކޮށްލިޔެވެ.

ލުގްމާން ކޮޓަރިން ނުނުކުމެ އޮންނަތާ އެތައް ދުވަހެކެވެ. އޭނާގެ މުޅި ހަށިގަނޑުވަނީ ހިކި އަނަރޫފަވެފައެވެ. ޒައިނަބްނޫން މީހަކު އޭނާ ފެންނާކަމަށް ބޭނުމެއްނުވެއެވެ. ދޭތެރެޔަކުން ތޫނު އެއްޗަކުން އަމިއްލަ ހަށިގަނޑުގާ ޒައިނަބްގެ ނަން ލިޔެލައެވެ. މިގޮތަށް އޭނާގެ އަމިއްލަ ހަށިގަނޑު ކަފަމުން ގޮސް އެންމެ ފަހަށް ކަފާލާނެ ތަންކޮޅެއްވެސްނެތެވެ. އެންމެ ފަހަށް ވާގަނޑެއް ހޯދިއެވެ. އަދި ފަންކާގާ ވާގަނޑު އައްސާލުމަށްފަހު ދަންމަޅިއެއްހަދާލިޔެވެ. އެއަށްފަހު ކޮޓަރީގެ މުޅި ފާރުގާ ޒައިނަބްދެކެ ލޯބިވާކަން މާކަރަކުން ލިޔެލިއެވެ. އެއަށްފަހު ގޮނޑިއެއްގެނެސް އޭގެ މައްޗަށްއަރާ ކަރަށް ދަންމަޅި މަހާލިއެވެ. ކަރުނައަޅާ ގިސްލަމުން ގޮނޑިން ލުގްމާން ފުންމާލިޔެވެ. އިރުކޮޅަކުން ނޭވާ ހާސްވެ ތެޅެންފެށި ލުގްމާންއަށް މިހެދެނީ ގޯހެއްކަން އިހްސާސްވިއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. މަރުގެ މަލާއިކަތާ އެހުރީ ލުގްމާން ބަލާ އައިހެވެ.

– ނިމުނީ –

ލޮބުވެތި ކިޔުންތެރިންނޭވެ. ތިބާގެ އަމިއްލަ ނަފްސަށް ގެއްލުންދީ މަރަށް ތިޔަ ހުށަހަޅަނީ އަލުން އަނބުރާ އަންނާނެކަމަށްހެެއްޔެވެ. ނުވަތަ ތިބާ ދަނީ މިދުނިޔެ ދޫކޮށް ސުވަރުގެޔަށް ކަމަށްހެއްޔެވެ. ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. މިއީކީ ފިލްމެއްނޫނެވެ. ތިބާގެ މަރާމެދު ބަޔަކު ހަމްދަރުދީވެ ވާހަކަދައްކާ އަދި ހިތާމަކުރާނީ ކުޑަދުވަސްކޮޅަކުއެވެ. އެއަށްފަހު އެމީހުންގެ އާއްމު ދިރިއުޅުމަށް އަނބުރާދާނެއެވެ. ތިބާމަތިން ހަނދާންވެސް ނުހުންނާނެއެވެ. ތިބާގެ އަމިއްލަ ނަފްސު މަރަށް ހުށަހަޅަން ހިތަށްއަރާނަމަ ދެ ރަކްއަތް ނަމާދެެއްކޮށް ސަޖިޖާގާއޮވެ ތިބާގެ ރައްބަށް ހުރިހާ ޝަކުވާއެއްދަންނަވަބަލާށެވެ. ފަހެ އެއީ އެންމެ އޯގާވެރިވަންތަ އިލާހެވެ.

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

އަނިޔާ

Next

އެ ދަތުރު

Next
October 21, 2024

އެ ދަތުރު

Previews
October 21, 2024

އަނިޔާ

One Comment

  1. Who says:
    October 22, 2024 at 8:06 pm

    Nice ekam thankolheh short dhw

Comments are closed.



All Right Reserved!