ކެތްތެރިވާށޭ ބުނަން ކޮންމެ މީހަކަށްވެސް ފަސޭހަވާނެއެވެ.އެކަމަކު އެއީ ކިހާވަރެއްގެ ކަމެއްކަން އިނގޭނީ އެފަދަކަމެއް ކުރިމަތިވީމައެވެ.އާނއެކެވެ.މިއަދު އަހަރެންނަށްވެސް “ކެތްތެރިވާށޭ” މިބުނާ ބަހަކީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްވެއެވެ.އެއީ ކިހާ ވޭންދެނިވި ކަމެއްކަން އަންދާޒާ ކޮށްލެވިއްޖެއެވެ.އޮއްސެމުން ދިޔަ އިރުގެ ދޯދިތަކަށް ބަލަހައްޓައިގެން އިން އިރު އަހަރެންގެ މާޒީ ލޯކުރިމަތީގައި ތަކުރާރުވަމުން ދިޔައީ އިއްޔެ ވީ ކަމެއް ފަދައިންނެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ލޯބީގެ ޗަމަންގައި ފޮޅުނު ހަމައެކަނި މަލެވެ.އެހެންކަމުން އެދެމީހުން އަހަރެން ބަލަމުން އައީ ލޮލުގެ ކޮއިފަދައިންނެވެ.ހިތުގެ ފަނާރު […]
“ޕޭޝަންޓްގެ ހާލު މިހާރު ރަނގަޅު..އެކަމަކު ބުނެލަން އޮތީ އަދި ޕޭޝަންޓް އެހާ ބޮޑަށް ކަންކަމާ ވިސްނުމުގެ ފުރުސަތު ނުދެއްޗޭ..އެއީ ވިސްނި ވަރަކަށް ސިކުނޑިއަށް ބާރު ބޮޑުވަމުން ދާނެތީވެ.އެންމެ ރަނގަޅު ވަދެލިއަސް.”ޑޮކްޓަރުގެ ޖަވާބާއިއެކު ހުރިހާ އެންމެނަށް ފުން ނޭވާއެއް ދޫކޮށްލެވުނު އިރު ﷲއަށް ހަމްދު ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.ފަހަރަކު މީހަކު ވަދެ ޒައިނާގެ ހާލު ބަލާލައިފައި ނުކުމެގެން ދަމުން އެންމެ ފަހުން އައިސް މާޢިޝް އާއި ޖެހުނެވެ. މަޑުމަޑު ފިޔަވަޅުތަކެއްގައި މާޢިޝް ގޮސް ޒައިނާ ބާއްވާފައި އޮތް އެނދުކައިރީގައި […]
ފޯނުން އިވިގެން ދިޔަ ޒައިނާގެ ހަޅޭއްކުގެ އަޑާއި އެކު ކޮންމެސް ކަމެއް ނުބައިވެއްޖެ ކަމުގެ ސިގްނަލް ޒައިންމެނަށް ލިބުނެވެ.ދުވެފައި ގޮސް ތިންމީހުން އިމާރަތުގެ ތެރެއަށް ވަތްއިރު ފެނުނު މަންޒަރުން ތިންމީހުނަށްވެސް ހުއްޓެން މަޖޫބޫރުވިއެވެ. ************************************** ޔޫލީގެ ފައިކައިރިއަށް ޒައިނާވެއްޓިފައި އޮތް އިރު މުޅިތަން އޮތީ ލެއިން ކަޅިވެފައެވެ.އޭރު ޔޫލީ ހުރީ ދެލޯބޮޑުވި ގޮތަށް ހުއްޓުން އަރައިފައެވެ.އެންމެ ގާތް އެކުވެރިޔާ އޮތް ހާލު ފެނި އޭނާގެ ހިއްސުތަށްވެސް މަސަތްކަތް ކުރުން ހުއްޓިފައިވީ ކަހަލައެވެ.ކައިރީގައި ހުމެއިދްވެސް ހުރީ ކުރަންވީ ކީއްކަން […]
މާޒީއިން ޔޫލީއަށް ބޭރުވެވުނީ އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުންނެވެ.އިންބޮކްސް ހުޅުވާލުމާއެކު ޔޫލީގެ އަތް ތުރުތުރު އަޅާއިގެން ދިޔައެވެ. *********************************************** “އޭ މިހާރު އެއޮއްގެން ބާރަ ޖަހަނީ…އަދިވެސް ޒައިމެން ނާދެ؟؟”ސޯފާގައި އިން ޒައިންގެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ އަސަރުތަކެވެ.”އަނ.ޒައިއަށް ގުޅައިފިން.ފޯންއޮތީ ނިއްވާލާފަ..”ޔަޢީޝް ބުނެލިއެވެ.”ހަލޯ..ޒައި އިބައިންތަ؟”ޒައިން ގުޅީ މާއިޝްއަށެވެ.”ނޫން.ކިހިނެއްވީ ޒައިއަށް.؟”ހާސްކަމާއެކު މާއިޝް އަހާލިއެވެ.”މިއުޅެނީ ޒައިމެން ބޭރަށް ދިޔަގޮތަށް ނައިސްގެން.ގުޅައިވެސްފިން .ޒައިގެ ފޯން އޮތީނިއްވާލާފަ..ޔޫލީއަކަށް ނުއެއް ގުޅެ..”ޒައިން ބުނެލިއެވެ.”ބުރޯ މަޑެއް..މަ އެބަދަން..”މާއިޝް މިހެން ބުނެ ފޯން ކަނޑާލިއެވެ. “ޒައިނާ އިނީ އަހަރެންގެ […]
“އޭ ކޮބާ؟ނުނިމޭތަ؟”ގަޔަށް ސެންޓުކޮޅެއް ބުރުވާލަމުން ބުނެލިއެވެ.”ނޫން މިނިމުނީ..”ހަމަހިމޭން ކަމާއެކީ ޔޫލީ ބުނެލިއެވެ.”އޯކޭ.ހިނގާ ދާން..”ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން ޔޫލީ ބުނެލިއެވެ.އެހެންނަމަވެސް އޭނާގެ ހިތުގައި މިރޭ ކަމެއް ވާން އުޅޭކަމުގެ ސިގުނަލް އަޅަމުން ދިޔައެވެ.ބާރުބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތަށް ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެކަމަށް ވިސްނައިދެމުން ޔޫލީގޮސް ޒައިނާ ފަހަތުން ކޮޓަރިން ނުކުތެވެ. “އަނހަ..ދެމީހުން މާ ފަރިވެގެން ކޮންތާކަށް؟؟”ސޯފާގައި އިން ޒައިންއަށް ޒައިނާއާއި ޔޫލީ ފެނުމުން އަހާލިއެވެ.”ބޭރަށް…”ޒައިނާ ޖަވާބުދިނެެވެ.”މަންމައާ ބައްޕަ ރަށުގަ ނެތީމަ […]
ރޭގަނޑެވެ.ހިޝާން ފިޔަވާ އެންމެން ތިބީ އާޓިފިޝަލް ބީޗްގައެވެ.އޭނާ މިދަނީކަމަށް މެސެޖުކުރުމުން ޒައިނާ އެވާހަކަ އެންމެން ގާތުބުނެލިއެވެ.އިރުކޮޅަކުން އެތަނަށް އައިސް މަޑުކޮށްލި ޒުވާނާފެނި ޔޫލީގެ ދެލޯ ބޮޑުވިއިރު ހިތް ހީވީ އޭގެ މަޤާމުން ފުއްމާލައިފާނެހެންނެވެ. “ހުމެއިދް”ހިތާހިތުން ޔޫލީއަށް އެނަން ކިޔާލެވުނެވެ.ކަމެއްވިކަން މޫނުމަތިން ނުދައްކާއިންނަމަވެސް ޔޫލީގެ ހިތްދިޔައީ ނޭނގޭބާރުމިނެއްގައި ތެޅެމުންނެވެ.”ހައި.ހިޝާން.”ހުމެއިދް ޔޫލީއަށް ބަލާލަމުން ހީލިއިރު އެ ހީލުމުގެ ފަހަތުގައިވީ ސިއްރުވެރިކަން ޔޫލީގެ ގައިން ހީބިހި ހިލުވާލިއެވެ.ޒައިނާ”ހުމެއިދް”އަށް އެންމެން ތަޢާރަފު ކޮށްދިނެވެ. އަތިރިމަތީގައި އަށްމީހުން ހިނގަމުން ދިޔައިރު ތަފާތުވާހަކަ ދެކެވެމުން ދިޔައެވެ.އެވަގުތު […]
ހެނދުނު ގަޑިން އަށެއް ޖެހިއިރު ޒައިން ހުރީ އެސްއެން ކޮމްޕެނީގެ ކުރިމަތީއެވެ.އޭނާއަށްް ކާމިޔާބު ދެއްވުން އެދި ﷲއަށް ދުޢާދެންނެވުމަށްފަހު ޒައިން ގޮސް ކޮމްޕެނީގެ ތެރެއަށް ވަނެވެ.އެވަގުތު އޭނާ ސިހުނީ މީހެއްގެ ގައިގައި އޭނާ ޖެހުމުންނެވެ. ދެބުމަ ކައިރި ކޮށްލަމުން ޒައިން އޭނާއާ ދިމާލަށް ބަލާލިއެވެ.”ކަލޭ؟؟”ދެމީހުނަށް އެއްފަހަރާބުނެވުނެވެ.”އާނ.މަ!ކިހިނެއްވީ؟މަށަށް ވިއްޔާ މިތާކަށް ނުވަދެވޭތަ؟”ދެބުމަ ގޮށްޖަހާލަމުން ނިހާ ބުނެލިއެވެ.”މަ ނުބުނަން ދޯ ތިހެނެއް؟އެހެންނޫނަސް ކަލޭ ޖެހޭތަ ފެންނަހަތާކުން އައިސް މަގޭ ގައިގަ ލައިގަންނަން.އުޅެންޏާ ރީއްޗަށް ތިމަންނަ އުޅެމޭ ބުނީމަ ވީނު!”ޒައިން އެއްފަހަރާ […]
“ލަމް؟”ހައިރާންވެފައި ހުރެ ޔަޤީންކޮށްލުމުގެ ގޮތުން ޔޫލީ ގޮވާލިއެވެ.”ޔޫލް؟”ލަމްހާ ވެސް ހަމަ އެރާގުގައި ގޮވާލިއެވެ.ދެން ފެނުނީ ދެމީހުން އެކަކު އަނެކަކު ގައިގައި އޮޅުލާގަތް ތަނެވެ.”ވެއިޓް!ތި ދެމީހުން ދަންނަންތަ؟”ވާނުވާގައި ހުރެ ޔަޢީޝް އަހާލިއެވެ.”އަމްމްމް.އަހަރުމެން މީ ކުރީގަ ބެސްޓީޒް.ދެން ލަމް ބަދަލުވީ އެހެން ރަށަކަށް.ސޯ ވީ ލޮސްޓް ދި ކަނެކްޝަން”ޔޫލީ ކިޔައިދިނެވެ. ބާބަކިއު ހެދުމުގައި ޒައިންމެން އުޅެމުން ދިޔައިރު ހަތަރު އަންހެން ކުދިން އުޅުނީ ތަންތައްޔަރުކުރުމުގައެވެ.އެހެން އުޅުމުގެ ތެރެއިން ޒައިނާއަށް އެއްލި ކަޅިއަކުން މާއިޝް އޭނާއާ ދިމާލަށް ބަލަންހުއްޓަފެނުނެވެ.އޭނާ ބަލާލުމުން މާއިޝް […]
“މާއްޓެ…ކަލޭ ގަދަ އިނގޭ. މަހީކުރީ ޒައި ކަމަށް!”ވާނުވާގައި ހުރެ ޔަޢީޝް އަހާލިއެވެ.”މަށަށް ވަރަށް ފެނޭ ކުދިން ކުދިން ލޮލުން މާފޮޅުވާތަން.އެކަމު އެކުދިން އަމިއްލައަށް ބުނަންދެން މަހުރީ”ޝައިމް އެންމެ ފަހުން ބުނެލިއެވެ.”އޭ އެހެންމަ ޒައި ދޯ؟ކަލޭ ހާދަ ގަދަކޮށްފިއޭ ދޯ؟ކީކޭ ޒޭން ބުނަނީ؟”ޔަޢީޝް އަހާލިއެވެ.”މާއްޓެ ވިއްޔާ.މަށަސް ހެޔޮ ޒައިއަށް ދެރަ ގޮތެއް ނަހަދަންޏާ.”ޒައިން ބުނެލިއެވެ.ދެން ފެށުނީ އެންމެންގެ ދިމާކުރުންތަކެވެ. އާ ދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ.މާލޭގެ ބަނދަރުމަތީގައި ހުރި އައިކާގެ […]