Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ދަރިފުޅު

EXO
EXO Level 210 Stories100 Login
September 29, 2024 2 Mins Read
0 Comments

ބޮޑެތި ބަލިތައް ތަހައްމަލް ކުރުމަކީ ވޭންހުރި ކަމެކެވެ. އެތައް ބައިވަރު ބޭސްވެރިކަމެއް އެބައްޔަކަށް ކުރަން ހަދައިގެން އަތްމަތި ދަތިވެ ދިރިއުޅުން އެއްކޮއް ބަރުބާދުވާކަމެކެވެ. ނަމަވެސް ކިތަންމެ ބޮޑު ބައްޔަކަށްވެސް ޝީފާ ދެއްވަނީ الله سبحان و تعالىٰ އަޅުގަނޑުމެނަށް އޮތީ އުންމީދު ކަނޑާނުލާ އެފަރާތަށް ޝިފާއަށް އެދި ދެންނެވުމެވެ. ނިމިދިޔުން އޮތީ އެކަލާނގެ حَضْرَة އަށްށެވެ.

ލައިކާއަކީ ކުޑައިރުއްސުރެ އެންމެގެ ލޯބިހޯދަމުން އަންނަ ކުއްޖެކެވެ. ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ މޮޅު ވިސްނުންތޫނު ދަރިވަރެކެވެ. ލައިކާއަކީ ދީންވެރި މަޔަކާ ބަފަޔަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެދެމަފިރިންނަށް ލައިކާ ލިބުނީ އެތައް އަހަރެއްގެ އިންތިޒާރަށް ފަހުގައެވެ. ނަމަވެސް ލައިކާގެ ދިރިއުޅުމަކީ ތި ހީކުރާކަހަލަ އުފާވެރި ދިރިއުޅުމެއްނޫނެވެ. ލައިކާއަށްވަނީ ތުއްތު އިރުއްސުރެ ކެންސަރާ ހަނގުރާމަކުރަން ޖެހިފައެވެ. ލައިކާގެ މައިންބަފައިންގެ ދިރިއުޅުން ކިތަންމެ ހިތްދައްޗަސް ލައިކާއަށް އެކަން އެމީހުން އިހުސާސްވިއަކަނުދެއެވެ. އަބަދުވެސް އެ ލޯބި ދަރިފުޅު ބަހައްޓަނީ ހިނިތުންވުމާއެކުއެވެ.

މިއަދުވެސް ލައިކާ ދިޔައީ އެހެން ދުވަސްތަކެކޭ އެއްފަދައިން ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ދުވެލާ ކުޅެލާ ހަދަމުން ފަރި ޗާލު ހިނިތުންވުންތައް އެކި ކުދިންނަށް ބަހަމުންނެވެ. ލައިކާގެ ޓީޗަރު ދިޔައީ ލައިކާއަށް ހާއްސަކަން ބަހައްޓަމުންނެވެ. މިގޮތުގައި ވަގުތުތަށް ހޭދަކުރަމުންދަނިކޮއް ލައިކާ ޓީޗަރު ކައިރިއަށް އައިސް އޭނާގެ މެޔަށް ވަރަށްބޮޑަށް ތަދުވާ ވާހަކަ ބުނެލިއެވެ. ޓީޗަރު ލައިކާ ގޮވައިގެން އަރާމްކުރާ ކޮޓަރިއަށް ގޮސް ލައިކާ އަރާމްކޮއްލަން އެނދުގައި މަޑުކޮއްލުމަށް އެދުނެވެ. ލައިކާ ކައިރީ ޓީޗަރު މަޑުކޮއްލައިގެން އެއްގަޑިއިރު ހުރި އިރުވެސް ލައިކާގެ މެޔަށް ތަދުވުމަށް ބަދަލެއްނައެވެ. މިކަމާ ކަންބޮޑުވެގެން ޓިޗަރު ލައިކާގެ މައިން ބަފައިންނަށް ގުޅުމަށްފަހު ލައިކާއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ. މާކަށް ގިނައިރެއްނުވެ ލައިކާގެ މައިބަފައިން އައިސް އޭނާ ހޮސްޕިޓަލްއަށް ގެންދިޔައެވެ.

ހޮސަޕިޓަލްގައި ލައިކާ އޮންނަތާ މީ ހަތަރުވަނަ ދުވަހެވެ. އަޅާ ވޭނަށް ކުޑަކޮއް ލުއިކަން ލިބުމުން ލައިކާ އޭނާގެ މަންމަ ގާތު ސްކޫލްއަށް ދާން އެދޭ ވާހަކަ ބުނެލިއެވެ. ލައިކާގެ މަންމަ އޭނާގެ ދަރިފުޅު ބޮލުގައި ފިރުމާލިއެވެ. އަދި ސްކޫލްއަށް ދެވޭނީ ކުޑަ ދުވަސްކޮޅެއް ފަހުންކަން ބުނެލިއެވެ. ލައިކާ މިކަމާ އެއްވެސް ޝަކުވާއެއްނުކޮއް އަރާމްކުރުމުގައި ވަގުތުތަށް ހޭދަކުރިއެވެ. އެހިނދު ލައިކާގެ ބައްޕަ ދިޔައީ ޑޮކްޓަރާ ބައްދަލްކޮއް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާދޭން އެދެމުންނެވެ. އެތައް އާދޭހަކަށްފަހު ޑޮކްޓަރު ދިނީ އިތުރު ހިތާމަވެރި ޙަބަރެވެ. ލައިކާގެ ކެންސަރު މީހާރު ހުރީ ސްޓޭޖް ތިނެއްގައިކަން ރިޕޯޓްތަކުން ދައްކާކެމެވެ. އަދި އަވަސް މުސްތަގްބަލެއްގައި ފަހު ސްޓޭޖްއަށް ބަދަލްވާނެކަމެވެ. މިޙަބަރު އިވުމާއެކު ލައިކާގެ ބައްޕަގެ ދެލޯ ކަރުނުން ފުރި ބަންޑުންދިޔައެވެ. ނަމަވެސް ކެތްތެރިކަމާއެކު އަންހެނުންނަށް ކިޔާދީ އަދި ލައިކާ ކުރިމަތީ އެއްވެސް ހިތާމަވެރިކަމެއް ނުދެއްކުމަށް އެދުނެވެ.

ހޮސްޕިޓަލްގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ލައިކާ މިހާރުވަނީ އިތުރަށް އެތަނުގައި މަޑުކުރަންޖެހިފައެވެ. މިހާރު އެއީ ލައިކާގެ ގެއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެއްޖެއެވެ. އަދި މަސްތައް އަހަރަކަށް ވެއްޖެއެވެ. ލައިކާގެ ހަށިގަނޑު މިހާރުވަނީ ހިކި އަނަރޫފަވެފައެވެ. ބޮލުގައި އިސްތައްޓެއްހާ ހިސާބުވެސްނެތެވެ. ކޮންމެ ދުވަހަކު އެނިކަމެތި ހަށިގަނޑަށް ދިޔައީ އެތައް އިންޖެކްޝަންތަކާ ބޭސްތައް ވައްދަމުންނެވެ. އަދި އެތައް ވޭނެއް އެހަށިގަނޑުގައި ދިޔައީ އަޅާ ގަދަވަމުންނެވެ. މަންޒަރު ބަލަން ނުހުރެވުނު ލައިކާގެ ބައްޕަ އަތްމަތި އެއްކޮއް ހުސްވުމުން އިތުރަށް އެހީ ހޯދުމަށް މީސް މީޑިއާގައި ޖެހިއެވެ. އެތައް ބައެއްގެ ދީލަތި އެހީ ދިޔައީ ލައިކާއަށް ލިބެމުންނެވެ

ލައިކާގެ ބައްޔަށް ފަރުވާކުރާތާ މިހާރު ދެއަހަރުވީއެވެ. އޭނާ އެދަނީ ކެންސަރުގެ ފަހު ސްޓޭޖާ ހަނގުރާމަކުރަމުންނެވެ. ލައިކާގެ މައިންބަފައިން އޭނާ ކައިރިން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. الله سبحان و تعالىٰ ގެ އަރިހަށް އެދެމައިން ދިޔައީ އަބަދުވެސް ދުއާ ދަންނަވަމުންނެވެ. ލައިކާގެ ބައްޔަށް ފަރުވާ ދެއްވުމަށް އެދި ދަންނަވަމުންނެވެ. ނަމަވެސް الله سبحان و تعالىٰ މިއަދުވަނީ އެހަށިގަނޑަށް ލުއިކަން ދެއްވާފައެވެ. މިއަދު އެފުރާނަވަނީ މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ލޯބިން ބަލާލީމާ 18

Next

ކަމަނަ

Next
September 29, 2024

ކަމަނަ

Previews
September 28, 2024

ލޯބިން ބަލާލީމާ 18



All Right Reserved!