Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކައްވަޅުން ލިބުނު އިބުރަތް

EXO
EXO Level 210 Stories100 Login
November 23, 2024 3 Mins Read
1 Comment

ކައްވަޅަކީ އަޅުގަނޑުމެން މިދުނިޔެއަށް އަލްވަދާއުކިޔުމުން ލެވޭނެތަނެވެ. އެތަނަކީ އެއްބަޔަކަށް ނާމާން ބިރުވެރިތަނެކެވެ. އަނެއް ބަޔަކަށް އަމާން އުފާވެރިތަނެކެވެ. އެމީހެއްގެ ކައްވަޅު އަލިކުރުމަށްޓަކާ އެމީހަކު ގަދައަޅާ މިދުނިޔެމަތީ ހެޔޮގޮތުގައި އުޅެން އެބަޖެހެއެވެ. ހެޔޮކަން ދޫކޮށް ނުބައި ގޮތުގާއުޅެ ކައްވަޅަށް ގެންދެވޭ މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

އުބެއިދުއަކީ ސަހަރާއެއްގެ މަސައްކަތުމީހެކެވެ. އޭނާއާ ހަވާލުކުރެވިފައިވަނީ ކައްވަޅު ކޮނުމާ ވަޅުލުމާ މަހާނަ ސާފުކުރުމާ އަދި ސަހަރާ ބެލެހެއްޓުމެވެ. އުބެއިދު ކޮންމެ ދުވަހަކުވެސް ގެޔަށް އަންނައިރު ހުންނަނީ ވަރަށް މަޑުމައިތިރިކޮށްށެވެ. އަންނަ ގޮތަށް ފުރުތަމަވެސް ސާފުތާހިރުވެލައިގެން މުސައްލަ އަޅައިގެން މާތް ﷲ އަށް ސަޖިދަކޮށް އެތައް އިރަކު ސަޖިދައިގަ ހޭދަކުރެއެވެ. އުބެއިދުގެ އަންހެނުން ރޫމާ އަބަދުވެސް އުބެއިދުއަށް އަބަދުވެސް ތައުރީފްކޮށް  ޖެހިގެން އަންނަ ދުވަހު ވަޒީފާއަށް ދިޔުމަށް ހިތްވަރުދެއެވެ.

އެއްރެޔަކު އިރާކޮޅު އުބެއިދު ގެޔަށް އަތުވެއްްޖެއެވެ. މުޅި މީހާ ހުރީ ހުން އައިސް ރަތްވެފައެވެ. ދެލޯ ހުރީ ބޮޑުވެފައެވެ. ބިރުން ހުރީ ތުރުތުރު އަޅައެވެ. ލޯބިވާ އަނބިމީހާ ފެނުންމުން ރޮވުނެވެ. ބާރަށް ބައްދާގަތެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ރޫމާ ފޮހެދެމުންދިޔައެވެ. އެއަށްފަހު ފިރިމީހާއަށް ހިތްވަރުދީ ފެންވަރުވާ ސާފުތާހިރުކޮށް ނަމާދަށް ދިޔުމަށް އެދުނެވެ. މުސައްލަ އަޅާގެން ނަމާދަށް އެރި އުބެއިދު ދިޔައީ މުސައްލަމަތީ ސަޖިދާގައިއޮވެ ރޮއެ ހޭރެމުންނެވެ. މާތް ﷲ އަށް ކުއްތަންވެ ތައުބާ ގަބޫލުކޮށްދިނުމަށް ދިޔައީ އާދޭސްކުރަމުންނެވެ. މިހެން އޮއްވާ އޭނާ ހޭނެތިއްޖެއެވެ. ރޫމާ އައިސް ލޯބިވާ ފިރިމީހާ ބޮދަށަށް ބާލީހެއްލުމަށްފަހު މޫނުގައި ފެން އުނގުޅާހަދަމުންދަނިކޮށް އުބެއިދު ހޭ އަރާފިޔެވެ. ރޫމާ ފެނުމުން އުފާވިޔެވެ. އަދި ލޯބިވާ އަނބިމީހާ މޫނުމަތީ ފިރުމާލިޔެވެ. އެއީ އުބެއިދުގެ ފަރާތުން ރޫމާއަށް ލިބޭނެ އެންމެ ފަހުގެ ފިރުމާލުންކަން ރޫމާއަށް އެނގިގެންދިޔައެވެ. އެއި ފިރިމީހާ ޝަހާދަތްކިޔަންފެށުމުންނެވެ. ކުޑަ ހިނދުކޮޅެއްތެރޭގައި އުބެއިދުގެ ފުރާނަ ދުނިޔެއާ ވަކިވެއްޖެއެވެ. މޫނުމަތީން ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަމެވެ.

އުބެއިދު ނިޔާވުމުން އޭނާގެ އަންހެނުން އަވަށްޓެރިންނާ ސަހަރާ ބަލަހައްޓާ މީހުންގެ އެހީގައި އުބެއިދު ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދިޔައެވެ. އުބެއިދުގެ މޫނު ބަލާލަން އައި ކޮންމެ މީހަކަށްވެސް ލިބިގެންދިޔައީ އުފާވެރިކަމެވެ. މުޅި ތަނުގައިވަނީ މީރުވަހެއް ހިއްޕާލާފައެވެ. އުބެއިދުގެ ކަށުނަމާދުގައި ބައިވެރިވުމަށް އެތައް ބަޔަކުއައެވެ. އުބެއިދު ވަޅުލާ ނިމުމުން ރޫމާ ގެޔަށް ދިޔުމަށްޓަކާ ހިނގާގަތެވެ. އިރުކޮޅަކުން މީހަކު ފަހަތުން ގޮވާލިޔެވެ. އެއީ ޒުވާނެކެވެ. އުޅުންވެސް ވަރަށް ގޯސްމީހެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އޭނާ ރޫމާއަށް އިހްތިރާމް ކުރުމުގެ ގޮތުން ފަސް ފޫޓު ދުރުގައި މަޑުކޮށްލިޔެވެ.

ޒުވާނާ : ރޫމާގެ ފިރިމީހާ ނިޔާވި ޙަބަރު އަހަރެން އަޑުއެހިން. އަހަރެން އޭނާގެ މޫނު ބަލަން ނުވަނީ އަހަރެން މަސްތުގެ ހާލުގަ ހުރީމާ. އަހަރެން އެތާ ކައިރީ މަޑުކޮށްގެން ހުރިއިރު ވަރަށް އާދަޔާ ޙިލާފު މީރުވަހެއް ދުވަމުންދިޔަ. އެއީ ހެޔޮ ނިމުމެއްކަން އަހަރެންނަށް ވަގުތުން އެނގުން. އެވަރުގެ ހެޔޮ ނިމުމެއް އޭނާ ހޯދިގޮތް އަހަރެންނަށް ކިޔާދީފާނަންތަ؟

ރޫމާ : އަހަރެންގެ ފިރިމީހާއަކީ ކައްވަޅު ކޮންނަމީހެއް އަދި ސަހަރާ ބަލަހައްޓާ މީހެއް. އޭނާގެ މަސައްކަތަކީ މާތް މަސައްކަތެއް. އޭނާ އެއްބައި ދުވަސް ދުވަހު ގެޔަށް އަންނައިރު ހުންނަނީ ވަރަށް އުފަލުން އަނެއްބައި ދުވަސްދުވަހު ގެޔަށް އަންނައިރު ހުންނަނީ ވަރަށްވެސް ބިރުން. ރަނގަޅަށް ކަނުލާ އަޑުއަހާތި މި ކިޔާދެނީ. އޭނާ އަހަރެންނާ ކައިވެނިކޮށްގެން ވަޒީފާއެއް ނުލިބިގެން ވަރަށް ހާލުގަ އުޅުނީ އެހެން އުޅެނިކޮށް އަހަރެން އޭނާ ކައިރިން އެދުނީ ސަހަރާއަށް މަސައްކަތު މީހަކަށްދާން. ފުރުތަމަ ހިލޭ ސާބަހަށް. މާތް ﷲ އާ ވަކީލްކޮށް އޭނާ އެތަނަށް ދާންފެށިފަހުން ގިނަ ދުވަސްތަކެއްނުވެ އެތަނުން ވަޒީފާ އޭނާއަށް ދިނީ. ދެތިން މަސް ވީތަނާހެން މީހާއަށް ބަދަލްތަކެއް އަންނަމުންދިޔަ. އަހަރެން އެހިން އަނެއްކާ ނާމަން ކަމަކާ ދިމާވަނީތޯ ނަމަވެސް އޭނާ އެެއްޗެކޭ ނުބުނެ ގޮސް އަރަނީ ފެންވަރާން ނަމާދަށް ދެން ފައްޓަނީ ގިސްލަން. ބައެއްފަހަރު ވަޒީފާއަށް ނުދާންވެސް އުޅޭ ނަމަވެސް އަހަރެން އޭނާއަށް ވިސްނާދެން. މިގޮތައް އެއްރެޔަކު އައިސް އަހަރެންނަށް ކިޔާދިން އެއްދުވަހަކު އޭނާ މަހާނަތައް ކައިރިން ހިނގާލަން ދިޔައިރު އެއް މަހާނައެއްގައި ދުވަމުން ދިޔައީ މީރުވަސް އަދި އެ މަހާނަ މަތިން ކުދި މާތަކެއްވެސްވަނީ ފަޅަން ފައްޓާފައި. ދެން ތަންކޮޅަކަށް ދިޔަތަނުން މަހާނައަކުން ދުވަން ފެށީ ނުބައިވަސް. ވަރަށްވެސް ނުބައި ވަސް. އެވަހުގެ ސަބަބުން އޭނާ އޯކަށްވެސް ދެމުން. ހަމަ އެގޮތަށް އެހެން ދުވަހަކު ވަޅުލެވުނު މައްޔިތެއްގެ މަހާނަ ސާފުކުރުމަށް އޭނާ ދިޔަ އެހިނދު އޭނާއަށް ފެނިގެން ދިޔައީ އެ މަހާނައިން މަޑުމިނެއްގައި ދުންއަރަމުންދިޔަތަން. އަދިވެސް މިފަދަ އެއް ހާދިސާއެއް. އޭނާ ކައްވަޅު ކޮނެގެން މައްޔިތާގެ ސަންދޯކު ތިރިކޮށްލުމާއެކު މުޅި ކައްވަޅު ދިޔައީ ހަރުފައިން އިސާހިތަކު ފުރިގެން. އެކަންތައްތައްކުގެ ސަބަބުން އޭނާގެ އީމާންތެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަވަމުން. ހުސްވަގުތެއް ވެއްޖެނަމަ ޙަތިމް ނަގާން ކިޔަވަން އިންނާނެ. އޭނާ ނިޔާވި ދުވަހުގެ ކުރީ ދުވަހު ކަންތައް ވީ ގޮތް އެތަނުގައި ހުރި މީހަކު އަހަރެންނަށް ކިޔާދިން. އެދުވަހު އޭނާއަށް ޖެހުނީ މައްޔިތަކު ހިނަވަން. އޭނާ ވަތް އިރު އެތަނުގާ ތިބި މީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަން. މައްޔިތާއަށް ނަޒަރު ހިންގާލިއިރު ފެނިގެން ދިޔައީ މޫނު އެއްކޮށް ކަޅުވެފައިވާތަން. ނަމަވެސް މުޅި ގައިގެ ހަންގަނޑު އެއްކޮށް ދޮން. އެމީހާ ހިނެވުމަށް އަތްލާންވެސް ނުކެރޭވަރަށް ނުބައިވަސް އެތަނުގައި ވަނީ ހިތްޕާލާފަ. އެހެންކަމުން އަވަސް އަވަހަށް ފޮތިގަނޑަކުން ނިވާކޮށް އެމީހާ ސަންދޯކަށްލީ އެއަށްފަހު ގެންގޮސް ކަށްވަޅަށް ތިރިކުރަނިކޮށް ކަށްވަޅުން ކެތްނުވާ ވަރަށް ހޫނުއަރަންފެށީ. އެހެންވެސް އަވަސް އަވަހަށް ތިރިކުރުމަށްފަހު ވަޅުލާފައި އޭނާގެ މަސައްކަތް ނިމުމުން އަވަހަށް ފޮނުވާލީ.

ޒުވާނާ : (އިސްދަށަށް ޖަހާލާން ހުރެ) سُـبْحانَ الله އަހަރެންނަށް މިއުޅެވެނީ ކިހިނެއް.

ރޫމާ : އަދިވެސް ވަގުތު އެބޮތް. މަސައްކަތްކޮށްފިއްޔާ ކާމިޔާބު ލިބޭނެ.

ޒުވާނާއާ ދިމާވިތާ އެއްއަހަރު ފަހެވެ. ރޫމާ އޭނާގެ ގޭގައި އިންދާ މީހަކު އައިސް ޓަކި ޖަހާލިޔެވެ. އެއީ މުސްކުޅި އަންހެނެކެވެ. އެމީހާ ފެނުމުން ރޫމާ އިހްތިރާމް އަދާކުރިޔެވެ.

ރޫމާ : ކޮން ކަމަކު ދުރުވި ބޭފުޅެއްތޯ ތިޔައީ؟

މުސްކުޅި އަންހެންމީހާ : އަހަރެން މިއައީ ރޫމާއަށް އަހަރެންގެ ދަރިފުޅުގެ މަރުގެ ޙަބަރު ދޭން. އޭނާގެ ވަރަށް ބޮޑު އެދުމެއް އެއީ. އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކޮށް ވަރަށް ގޯސްކޮށް އުޅުން ކުއްޖެއް ނަމަވެސް އައި ކުއްލި ބަދަލާއެކު އަހަރެން ހަމަ ހައިރާންވި. އޭނާ އަބަދުވެސް ބުނޭ. މަންމާއޭ އަހަރެން މަރުވެއްޖެނަމަ ރޫމާއޭ ކިޔުނު ކުއްޖާއަށް އެ ޙަބަރު ދެއްޗޭ.

ރޫމާ : އަހަރެންނަ އެނގިއްޖެ އެއީ ކާކުކަން އަހަރެންނާ އޭނާއާ ދިމާވެފައިހުރީ. އެންމެ ރަނގަޅު ތިބާގެ ދަރިފުޅު މަރުވެގެން ދިޔައީ ކޮންހާލެއްގައި.

މުސްކުޅި އަންހެންމީހާ : މާތް ﷲ ގަންދީ ބުނަން. އޭނާގެ މޫނުމަތި އުޖާލާ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ހިނިތުންވުމެއް. މާޝާ ﷲ ހަމަ ސީދާ ހެޔޮ މަރެއް.

  • – ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ތިނެސްކަން ލޯބި (18)

Next

ކުށްކުރީ މިހިތޭ …

Next
November 23, 2024

ކުށްކުރީ މިހިތޭ …

Previews
November 23, 2024

ތިނެސްކަން ލޯބި (18)

One Comment

  1. Shaleen says:
    November 25, 2024 at 4:58 pm

    Varah reethi vaahaka eh … V ibraitheri ma sha Allah.
    Exo ge vaahakathakah v inthizaaru kurevey

Comments are closed.



All Right Reserved!