Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ފޭހުނު އިލޮށި

EXO
EXO Level 210 Stories100 Login
November 26, 2024 2 Mins Read
4 Comments

މުސްކުޅިން ބުނެއުޅެއެވެ. ތިމާ ފޭހުނު އިލޮށިހެރޭނީ ތިމާގެ ލޮލަށްށެވެ. މި ބަސްކޮޅުގެ މާނަ ފިސާރެ ފުނެވެ. އެތައް އިބްރަތެއް މި ބަސްކޮޅުގައި ހިމެނެއެވެ.

އައްޔޫބްއަކީ ވަރަށްބޮޑު ނިކަމެއްޗެކެވެ. ގިނަ ފަހަރު ކާނެ އެއްޗެއް ނުލިބި ދުވަސްތައް ގުނަންވެސް ޖެހެއެވެ. އައްޔޫބް ލައްވާ އެތައް ބަޔަކު އެތައް މަސައްކަތެއް ކުރުވުމަށްފަހު އޭނާއަށް ދޭންޖެހޭ އުޖޫރަ ނުދެއެވެ. ނަމަވެސް އައްޔޫބު އެކަމާ އެއްވެސް ޝަކުވާއެއްނުކުރެއެވެ. ސަބަބަކީ އޭނާއަށް މި ދުނިޔެއަކީ އެހާ މުހިންމު އެއްޗަކަށް ނުވާތީއެވެ. އޭނާގެ ހިތަކީ މުއްސަނދިކަމުން ފުރިގެންވާ ހިތެކެވެ. އީމާންކަން ގަދަ އައްޔޫބް އެންމެ ނަމާދެއްވެސް ވައްޓާނުލައެވެ. ސަހަރާތަކާ ވާދީ ތަކުގައި ދަތުރުކުރިޔަސް ގަޑިއަށް ނަމާދަށް އަރައެވެ.

އެއްދުވަހެއްގެ ހެނދުނެވެ. އައްޔޫބް ބަނޑުހައި ހޫނުކަން ފިލުވާލުމަށް ކާއެއްޗެއް ލިބޭތޯ މަގުމައްޗަށް ނުކުމެ ހިނގަންފެށިއެވެ. އެތައް ބަޔަކަށް އާދޭސްކޮއްގެންވެސް ކާނެ އެއްޗެއް ނުލިބި މެންދުރުވުމުން ނަމާދުކޮއް ނިންމާލައިގެން ގޭދޮށުގައި ކެތްތެރިކަމާއެކު މަޑުކޮއްލައިގެންއިނެވެ. މިހެން އިންދާ އަވަށުގެ މަހުޖަނަކު އައިސް އައްޔޫބް ގާތު އޭނާއާއެކު ދަތުރެއް ގޮސްދިނުމަށް އެދުނެވެ. އައްޔޫބް މަހުޖަނު ކައިރިން ކާއެއްޗަކާ ބޯނެ ފެންފޮދެއް ދިނުމުން ދާނެކަން ބުނެލިއެވެ. މަހުޖަނު ގޮސް ފާނަކާ ފެންޖަގެއް ގެނެސް އައްޔޫބްއަށް ދިނެވެ. އައްޔޫބް ކައި ނިމިގެން މަހުޖަނާއެކު އޭނާ އެބުނާ ދަތުރެއް ކުރުމަށް ހިނގައިގަތެވެ. މަހުޖަނު އާއެކު އައްޔޫބްގޮސް އޭނާ މުދަލާއެކު ތައްޔާރުކޮއްފައިވާ ދެޖަމަލާ ހަވާލުވެ ހިނގައިގަތެވެ. މަހުޖަނު އޭނާގެ އަހުގައި ޖަމަލުތަކުގެ ފަހަތުން އާދެއެވެ.

ދަތުރުގެ ތެރޭގައި އަސުރު ވަގުތު ޖެހުމުން އައްޔޫބް ދެ ޖަމަލުއަށް ފެންފޮދެއް ދިނުމަށްފަހު ނަމާދަށް އެރިއެވެ. އަހުގައި އިން މަހުޖަނު މީހާ އިނީ މޫނު ހަދައިގެންނެވެ. ސަބަބަކީ އޭނާގެ ދަތުރު ލަސްވާތީއެވެ. ނަމާދުކޮއް ނިމުމުން އަނެއްކާވެސް ދަތުރު ފަށައި އިރުއޮއްސެންދެން ފަރުބަދަ ތަކުގެ ތެރެއިން ދަތުރު ކުރިޔަށް ގެންދިޔައެވެ. އިރުއޮއްސުމުން އައްޔޫބް ޖަމަލުތައް ބަހައްޓާފައި މަޢްރިބްއަށް އެރިޔެވެ. މަހުޖަނު ކަލޭގެ މަންޒަރުބަލަން އޭނާގެ އަހުގައި ނުފައިބާ އިނެވެ. ނަމާދުކޮއް ނިމުމުން އައްޔޫބްއަށް ރޭގަނޑު ދަތުރު ނުކުރެވޭނެ ވާހަކަ މަހުޖަނު ކައިރީ ބުނެލިއެވެ. ސަބަބަކީ ރޭގަނޑު ދަތުރުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ވާތީއެވެ. ނަމަވެސް ދަހިވެތި މަހުޖަނު ބޭނުންވީ ކުރާށެވެ. މިކަމާ އައްޔޫބަކަށްވެސް ދެކޮޅު ހަދާކަށް ބޭނުންނުވީ އޭނާއަށް މަޖުބޫރުވެގެންނެވެ.

ރޭގަނޑުގެ ކަނު އަނދިރީގައި ދަތުރުފަށައިގޮސް މެންދަމު އަތަށް އަޅާފިއެވެ. އައްޔޫބް ވަރުބަލިވެގެން ނިދަން ބޭނުންވާ ވާހަކަ މަހުޖަނު ކައިރީ ބުނުމުން މަހުޖަނު ކަލޭގެ އަހުން ފައިބާ އަލިފާންގަނޑެއް ރޯކުރިއެވެ، އަދި އައްޔޫބް ކައިރީ ނިދަން ބުނިއެވެ. އައްޔޫބް ނިދުމުން މަހުޖަނު ކަލޭގެ މަޑުމަޑުން ޖަމަލްތަކާ އަސް ހިފައިގެން ހުނގައިގަތެވެ. އައްޔޫބް އެކަނި ދޫކޮއްލާފައި އޭނާގެ މުދާތަކައިގެން ދާންވީ މަންޒިލްއަށް ދިޔުމަށް ދަނިކޮއް ދެ މަގަކާ ޖެހިއްޖެއެވެ. ކަނައަތުން ފެންނަން އޮތީ ވަލުތެރެއެވެ. އަދި ވައަތުން އޮތީ ސަހަރާ ފެންނާށެވެ. މަހުޖަނު ކަލޭގެ ކަނައަތުމަގުން ވަދެ އޭނާގެ ދަތުރު ފެށިއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭގެއެވެ. މިހާލުގައި ހުއްޓާ ވަލު ޖަނަވާރު ގޮވާއަޑު އިވެންފެށުމުން އޭނާ ހިފަހައްޓައިގެން ހުރި އަހާ ދެ ޖަމަލު އޭނާ ދޫކޮއް ފިލައިފިއެވެ. މަހުޖަނު ކަލޭގެ އެކަނިވުމުން ބިރުން ހުރެ ކުރިއަށް ދާންފެށިތަނާ ވަލު ކުއްތާ ބައިގަނޑަކާ ދިމާވެ މިކަލޭގެ އެ ކައްތާތަކުގެ ޝިކާރައަކަށް ވެއްޖެއެވެ.

އައްޔޫ ފަތިސް ނަމާދަށް ހޭލިއިރު މަހުޖަނުއާ އޭނާގެ ދެ ޖަމަލު ނެތުމުން ހޯދަންފެށިއެވެ. ތާޒާ ފިޔަވަޅުތައް ހޯދަމުން ވަކި ހިސާބަކަށް ދެވުނުތަނާ ދެޖަމަލު ފެނިއްޖެއެވެ، އެ ދެ ޖަމަލު ގަހެއްގައި އައްސާ ފަތިސް ނަމާދުކޮއްގެން އައްޔޫބް މަހުޖަނު ހޯދަން ފެށިއެވެ. މިގޮތުގައި އުޅެނިކޮއް އެއްކަލަ ދެ މަގާ ހަމައަށް އާދެވިއްޖެއެވެ. އެ ދެމަގު ފެށޭ ހިސާބުގައި މަހުޖަނުގެ އަސް އޮތެވެ. ދުވާލުގަޑިކަމުން އައްޔޫބް ވަލުތެރެއަށް ވަދެލިއެވެ. މާކަށް ދުރުނޫން ހިސާބުގައި މަހުޖަނުގެ ފުރާނަނެތް މަސްގަނޑު އެކި ތަންތަނުން ކައި ދެބުރި ކޮއްލާފައި އޮތެވެ. މި މަންޒަރު ފެނިފައި ވީ އެންމެ އަވަހަކަށް އަވަށް އެނބުރިގޮސް އިމާމަކު ހޯދިއެވެ. އަދި ވީކަންތައް ކިޔާދިނެވެ. އިމާމް މީހާ އައްޔޫބް ގާތު ހިތްވަރުކުރުމަށް އެދުނެވެ އަދި އައްޔޫބްގެ އެއްވެސް ކުށެއް ނެތްވާހަކަ ބުނިއެވެ. މަހުޖަނު އައްޔޫބްއަށް ލަނޑުދޭން ހަދައިގެން އޭނާއަށް އެކަމުން ލިބުނީ ރަނގަޅު ފިލާވަޅެއްކަން އިމާމް މީހާ ބުނެލިއެވެ.

  • ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ކޮއްކޮ

Next

ހަނދުވަރު ދިން އެރޭ … 15

Next
November 27, 2024

ހަނދުވަރު ދިން އެރޭ … 15

Previews
November 26, 2024

ކޮއްކޮ

4 Comments!

  1. Your fav bab says:
    November 28, 2024 at 3:14 pm

    Bro chill
    Hehhehehehhehehehehehhe
    Nice and have some morals
    So I don’t type of reply eh…

  2. Your fav bab says:
    November 28, 2024 at 7:24 pm

    Hello when another story up kohlaanee

  3. Your fav bab says:
    November 28, 2024 at 7:24 pm

    Come on answer you stupid hideous Dummeee
    hehehehehehhehehhe
    Bro
    Chill
    Just
    Chill

  4. Your fav bab says:
    November 28, 2024 at 7:25 pm

    I said
    JUST CHILL

Comments are closed.



All Right Reserved!