ސާޔާ..
ހިމޭންވައިރޯޅިތައް ސާޔާގެ ހަށިގަނޑު ބޮސްދެމުންދިޔައެވެ. މީހުން އަތިރިމަތިން ހުސްވަމުން ދިޔަނަމަވެސް ސާޔާ އިނީ ދާން ނޭނގިފައިކަހަލައެވެ. މަޑު އޮރެންޖްކުލައަކުން އުޑުގައި ހީވަނީ އަލިފާން ރޯކޮށްލެވިފައިވާހެނެވެ. ސާޔާ އޭނާގެ ދަބަހުން ދަނބުކުލައިގެ ޑައިރީނަގައި މިއަދުހިނގައިދިޔަ ހުރިހާވާހަކައެއް ލިޔަންފެށިއެވެ.
“ޑައިރީއެވެ. އަޅުގަނޑުގެ މި ބޭޑް އޯރ ވޯރސްޓް ލައިފް އަށް ދުވަހަކުވެސް ބަހާރު މޫސުން އަންނާނެހެއްޔެވެ؟ ހިތުގެއެދުމަށް ނުވަތަ މިކުރާ ފޮނި އިންތިޒާރަށް ނިމުމެއް އަންނާނެހެއްޔެވެ؟ ނޫނެކެވެ. ހިތަށް ކިތަންމެ ޒަޙަމެއްލިބުނެއްކަމަކު އޭނާއަށް ކީއްހެއްޔެވެ. ރުޔާން އަށް އަހަރެންމިއީ ކާކުހެއްޔެވެ؟ ކުރިން ކިތަންމެ އެއްކޮށް އުޅުނެއްކަމަކު މިހާރު މިދެމެދުގައި ވަނީ އުސްފާރެއް ރޭނި ނިމިފައެވެ. ނަމަވެސް އަދިވެސް ހިތްވަރު ނެއެލުމަށް ހިތްބުނެއެވެ. ހިތުގެ މިއާދޭހަށް އިޖާބަދޭތާ މިހާރު ކިތައް މަސްހެއްޔެވެ؟” ސާޔާ ޑައިރީ ލައްޕައިލީ އިރުއޮއްސެން ފެށުމުނެވެ. އަވަހަށްގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.
“ކޮންތާކުން؟ ހާދަލަހޭ؟” ސާޔާގެ ބައްޕަ ޒަރީރު ސުވާލުކޮށްލިއެވެ. “ޑޭޑް އެއީ އަތިރިމައްޗަށް ގޮސްލާފަ އިރުއޮއްސޭމަންޒަރު ބަލަން އިނދެވުނީ..ސޮރީ..” ސާޔާ މާފަށްއެދުނެވެ. ސާޔާގެ އުމުރުން ދެ އަހަރުގައި ސާޔާގެ މަންމަ ނިޔާވިއެވެ. އެހެނެއްކަމަކު އެތަނެއް އޭނާގެ ބައްޕައެއް ނުދައްކައެވެ. ސާޔާއަށް މަންމައަކާއި ބައްޕައެއްގެ ދެ ރޯލުވެސް އަދާކުރަމުންދަނީ ޒަރީރެވެ. “އިޓްސް އޯކޭ ޕްރިންސެސް..” ޒަރީރުއޭނާގެ ފިނިފެންމަލެއް ފަދަ ރީތި ދަރިފުޅުގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. “އޯވްހް..ޑޭޑް ހަނދާންނެތުނީއޭ.. އެބަޖެހޭ މިރޭ ތަނަކަށް ދާން ޒޫ އާއި އެކު.. މާ ދުރަކަށް ނޫން ޝޮޕިންއަށް ގްރެޖުއޭޝަން ނިމިގެން އޮތް ޕާޓީ އަށް އެއްޗެހިތަކެއް ގަނެލުމަށް..އޯކޭތަ ދިޔަޔަސް؟ ޕްލީޒްޒް..” ސާޔާ އަވަސް އަވަހަށް ބަސް ކިޔަމުން ދިޔައެވެ. ޒަރީރު އާނއެކޭ ބުނެލިއެވެ.
“ހަލޯ..ޒޫ..ކޮންތަނެއްގަ؟ ޔެއާ ޑޭޑް ޕާރމިޝަން ދީފި..އޯކޭ..އާން..” ސާޔާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒޫހާ އަށް ގުޅައިލިއެވެ. ބޯރންޓު ބީ ކިއުޓް މިހެން ލިޔެވިފައިވާ ރަތްކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއް ލުމަށްފަހު ފަން ދިގު އިސްތަށިގަނޑު މައްޗަށް ރަތް ވޫލްކޮޅަކުން އައްސައިލިއެވެ. ތުންފަތުގައި ލިޕް ގްލޮސް ކޮޅެއް ހާކައިލުމަށްފަހު މަސްކަރާއަޅައިލިއެވެ.ސާޔާ ދާން ހިނގައިގަތީ ދެކުދިން ދިމާވާން ނިންމި ތަންކަމަށްވާ ހައިވޭއަށެވެ. “ހާއި ސާޔޫ ޔޫލުކް ގޯރޖަސް.. އެނީވޭ އަވަހަށް އަރާ..” ޒޫހާ ސައިކަލް ސްޓާރޓް ކުރަމުން ބުނެލިއެވެ. ދެކުދިން ގޮސް މަޑުކުރީ ލެވެންޑާރ ފިހާރަ އަށެވެ.
“ބޭނުން ހުރިހާއެއްޗެއް ހަމަކުރާތި ޒޫ..ކުރިންފަހަރުގޮތަށް ނުހަދާތި..” ސާޔާ ބުނެލިއެވެ. ލެވެންޑާރ ފިހާރައަކީ އެތަނަކުން އަންހެން އަދި ފިރިހެން ދެ ޖިންސު ބޭނުންވާ ހުރިހާ އެއްޗެއް އެތަނަކުން ލިބެންހުންނަ ފިހާރައެކެވެ. “ޔޭސް ބޮސް” ޒޫހާ ބުނެލިއެވެ. “ސާޔޫ..ބަލަ..ރުޔާން..” ޒޫހާ ރުޔާން ފިހާރައިގެ ތެރޭގައި ހަރަކާތްތެރި ވާތަންފެނުމުން ބުނެލިއެވެ. “އޭންން..ކީކޭ؟ ނޯ.. ހި..ހިނގާ އެ..އެހެން ފި..ފިހާރަޔަކަށް..ޕް..ޕް..ލީޒް..” އުނދަގުލުން ނަމަވެސް ސާޔާ އަށް ބުނެލެވުނެވެ. “ޑޯންޓް ވޮރީ..އައިމް ހިއާރ..ހިނގާބާ އެތެރެއަށް..އެހެން ޝޮޕަކުން ނުލިބޭނެޔޭ..ހޭވް ކޮންފިޑެންސް..ޔޫ އާރ އަ ބްރޭވްގާރލް.. ނުދަންނަ މީހެއް ކަމަށް ހީކޮށްލާ.. ސިންޕަލް..” ޒޫހާބުނެލިއެވެ.
ފިހާރައިގެ ތެރެއަށް ވަނދެގެން ދިޔަ ސާޔާ އަށް ސިއްރުންބަލަން އިން ރުޔާން ސިއްސައިގެންދިޔައީ ގާތް އެކުވެރިޔާ ކަމަށްވާ އަނާން އައިސް އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ. “އޭހް..ކޮންތާކަށް ގެއްލިފަ؟ އެއިންދަ ފިނިފެންމަލަށް ދޯ؟” އަނާން ރުޔާން އާއި ދިމާކޮށްލިއެވެ. “ކާކު؟” ރުޔާން ހައިރާންވިއެވެ. “އާން އޭ ނޭނގި ރުޔާން ދުވަހަކުވެސް ނުބަލާނެޔޭ ސޮރީ އިނގޭ ބްރޯ..” އަނާން ހެމުން ބުނެލިއެވެ. “އޭ ދެން ހިނގާ އެކޮޅު ބަލަން މާސްކް ގަނެލަން..” ރުޔާން ބުނެލިއެވެ.
“އޯވްހް..ހާއި ރުޔާން..އަނާން އަށް ނައަންގައްޗޭ ޒޫ އިންކަން.. ” ޒޫހާ ރުޔާން ފެނުމުން ބުނެލިއެވެ. އަދި އެއްލޯ މަރައިލިއެވެ. ސާޔާ ޒޫހާގެ އަތުގައި ބާރަށް ހިފާފިތާލިއެވެ. “ހާއި.. އޯކޭ”ރުޔާން އާދައިގެ ގޮތަކަށް ބުނެލިއެވެ. އަނާން އެވަގުތުވީ މާދުރުގައެވެ. “ސާޔޫ.. ތި އައިސްބްލޫ ބަޓާރފްލައި މާސްކް ވަރަށް ގުޅޭނެ ހެދުމާވެސް އަދި ސާޔޫ އާއިވެސް..” ޒޫހާ ރުޔާން އަށް އަޑުއިވޭ ވަރަށް ބާރަށް ބުނެލިއެވެ. “އަސްލު؟” ސާޔާ މާސްކު އަޅައިލަމުން ބުނެލިއެވެ.
“ވާއު ގޯރޖަސް.. ނިމުނީނު..ހިނގާ ޕޭ ކުރަން..” ޒޫހާ ބުނެލިއެވެ. އަދި ދެކުދިން ކައުންޓަރާއި ދިމާލަށް ދިޔައެވެ. “އޭހްހް..ނުދަނީތަ؟” ރުޔާން އަނާން އާއި ސުވާލުކުރިއެވެ. އަނާން ހިނގާށޭ ކިޔާ ރުފިޔާ ދެއްކުމަށް ފަހު ދެމީހުން ދާން ހިނގައިގަތެވެ.
ސާޔާއަށް ހޭވެރިކަމެއްވީ ފޯނު އެލާރމްއަޅަންފެށުމުންނެވެ. އެނދުން ފުންމައިލުމަށް ފަހު ސްކޫލަށް ދާން ތައްޔާރުވުމަށް އަވަސްވެގަތެވެ. “މޯރނިންގް ޕްރިންސެސް..ހައު އާރ ޔޫ؟” ޒަރީރު ކިޔަން އިން ނޫސް ލައްޕައިލިއެވެ. “މޯރނިން ޑާޑާ.. އަމް ފައިން..ޔޫ؟..އެން ކޮބާ އައިސާއްތަ؟..” ” ބައްޕަ ހަމަ ވަރަށް ގަދަ އިންޝާ ﷲ.. އައިސާއްތަ ވީ ބަދިގޭގައި..” ޒަރީރު ބުނެލިއެވެ. ހެނދުނުގެ ނާސްތާ ކުރުމަށްފަހު ސާޔާ އަވަސްވެގަތީ ސްކޫލަށްދިއުމަށެވެ.
“ސާޔޫ..އަވަސް ސޮއި ކޮށްލާފައި އާދޭ..” ޒޫހާ ބުނެލިއެވެ. އާއެކޭ ކިޔާ ގޮތަކަށް ބޯޖަހައިލުމަށްފަހު ސޮއި ކުރުމަށްފަހު ދަބަސް ބަހަށްޓަން ދެކުދިން ކްލާހަށް ދިޔައެވެ. “އޭ މަ މިއަދު އޮތީ އޭލެވެސް ސިޑީގައި ޑިއުޓީ ޒޫ ކޮންތަނެއް؟ އެންމެ ފަހު ދުވަހާއި އެންމެ ފަހު ޑިއުޓީ އެއްނު..” ސާޔާ ސިޑިން ފައިބަމުން އަހައިލިއެވެ. “މަ މިއަދު ގޭޓް.. އޭ އެސެންބްލީ ނޯވެޔޯ..އެހެންމަ އިނދޭ ތިތަނުގަ..ބާއި..” ޒޫހާ ދިޔައެވެ. ‘މައެކަނި ދެން ރުޔާން ފެނުނީމަޔޯ.. ޝިޓް.. އިންޗާރޖް ވެސް އެ ދުރުވަނީ ފިރިހެންކުދިންގެ ގޭޓަށް.. އަޅޭ… މިތަނުގައި ދެން ޑިއުޓީ ކުރާ މީހާ ކޮބާ..’ ސާޔާ ހިތާހިތުން ކިޔަމުންދިޔައެވެ. ‘އޭންން..މީނަ މިތަނަށް މިއަންނަނީ ކީއްކުރަން..ދަބަހެއްވެސް ނެތް..އަނެއްކާ..’ ދުރުން ސިޑި ކައިރިއަށް ރާއިޝް އަންނަތަންފެނުމުން ސާޔާ ފިނިވިއެވެ.
“އަގް..” ރާއިޝް އައިސް ހުއްޓުމުން ސާޔާ އަނގަޔަށް ގޮތެއްހަދައިލިއެވެ. ރާއިޝް އަކީ ޕްރިފެކްޓެއް ނަމަވެސް ނަމެއްގައެވެ. އޭނާ ބޭނުންގޮތަކަށް އުޅުނެއްކަމަކު ކިޔަވައެވެ. “ހޭއި ޕްރިޓީނާ.. އެކަނިތަ؟ އެކަމް އެކަނިއެއް ނުވާނެ ޑާރލިން.. އައިމް ހިއާރ ކޮންޕެނީދޭން.. އަޅޭ.. ފޮނިގަނޑާ ވާހަކަ ދައްކަބަލަ..އަސްލު ސާޔާ ދެކެ ހަމަ ހަގީގީ ލޯބި ވެޔޭ.. އޭ އަޑުއަހާބަލަ ލޯބި ކޮޅާ” ރާއިޝް ސާޔާ އަށްއުނދަގޫކުރަންފެށިއެވެ. ބަހުން ޖެހީއެވެ.
‘ޔާﷲ މިއަޅާ މި މުސީބާތުން ސަލާމަށް ކޮށްދެއްވާންދޭވެ.. އާމީން..’ ސާޔާ ލޯމަރައިލުމަށްފަހު ހެއްދެވިފަރާތަށް ދުޢާ ކޮށްލިއެވެ. “މަންޖޭ.. ދެލޯމަރައިލައިގެން ތިވަރަށް މަށާމެދު ނުވިސްނަބާ.. މަމިހިރީއޭ.. ލޯ ހުޅުވަންވީއެއްނު..” ރާއިޝް އަނެއްކާވެސް ބުނެލިއެވެ.
ހިފަހަށްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނީ ރަނގަބީލު ޖެއްސުމުންނެވެ. ސާޔާ އަވަސް ފިޔަވަޅުތަކެއްގައި ސިޑި ގިރާ ކުރުމަށްފަހު ހަލުވި ދުވެއްޔެއްގައި އޭނާގެ ކުލާހަށް ދިޔައެވެ. މިއަދު ސާޔާމެން މީޓިންގް އެއް އޮތުމުން އަވަހަށް ގެއަށްދެވޭގޮތެއް ނުވިއެވެ.މީޓިންއަށް އޭލެވެލް ކުދިން ދާން ޖެހެއެވެ. ލޯ އެ ސޫރައެއް ދެކުމަށް ‘ބޭގަރާރު’ ވާ ހިތްއެދޭ ސޫރަ ފެންނާނެތާއެވެ. ޒޫހާއާއި ދެކުދިން ގަޑިއަށް މީޓިންގް ރޫމް އަށް ދާން އަވަސްވެގަތެވެ. “އޭ ޒޫ.. ބަލާބަ އަޅެ ރުޔާން ފެނޭތޯ..” ވައިއަޑަކުން ސާޔާ ބުނެލިއެވެ. “އާންން..އެބައިން..އެދިމާލަށް ދަމާ..” ދެމީހުން އެކުގައި ގޮސް އިށީނދެލީ ރުޔާން އާއި ކުރިމަތިވާގޮތަށެވެ.
28 Comments
Comments are closed.
Hi all the readers.. here is a new story from me.. i hope that it is better than the other’s i’ve written.. Hope you like it.. pls comment.. 🙂
Hey wow heevany v reethi vaanehen
Hey wow heevany v reethi vaanehen waiting for next part
mee kurin mi site ga liyefa in vaahakeh. nt new stry dnt lie
Salhi when next part
Hello Twitty. V rythi vaane hen heevey..mi.part ves Hama superb…I lov it.
Hama yaqeen mibai kurin kyn. Mashakah neyge writer aky kaakukameh
i remember reading the very same story from this site
Me too
Wow.. nice story.. <3
v reethi when next part up koh dhenee?
I also remember… Kurin ves mi vaahaka kin mi site in
Varah rethi vaanehenhyvany…next part when ?
I have written this story previously also now i edited this one and again im updating it .. hope u like it.. thnQs for the feedbacks 🙂
Mifaharu ekkoh kiyaalan libijehya rangalhu
Varah reethi❤
heyyyy its me on the cover page 😀 SONG JOONG KI.. 😀 😀 so this story will be very nice i wish. feshun vx salhi. good luck dear 🙂 🙂
Hehe
🙂 😀
Kekeke??
🙂
cool story nice but …..you know nothing is perfact????in this world
Salhi
Nice .. Keep it up 🙂
Wow
nice igey.. waiting for next part……….
ThnQs everyone 🙂
wowww??? keep it up girl ??