Skip to content
އެސްފިޔަ

ސަމާސާ އަދަބު: ވަގުންނަށް ނުގެންދެވުނު ކަޅުފޮށި.

ދިރިއުޅުމުގައި އެއްބައި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އެއްބައި ފަހަރު މަޖާ ކަންތައްތަކެވެ. އަނެއްބައި ފަހަރު އަދި އެއަށްވުރެ މަޖާ ކަންތައްތަކެވެ. ހަމަ އެގޮތަށް ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާންޖެހޭ ފަދަ ކަންކަން ވެސް ދިމާވާނެ މެއެވެ. މިއީ އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި މަޖާ ކަމެކެވެ. މި ހާދިސާ ލިޔެފައި މިވަނީ ސީދާ ކަން ހިނގި ގޮތަކަށް ނޫނެވެ. ނަމަވެސް، ހާދިސާގެ އަސްލުގެ މައްޗަށް ބިނާކޮށެވެ.

އެއީ އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. ޑިއުޓީ ނިންމާލުމަށްފަހު އަހަރެންގެ މިސްރާބު ހުރީ ގެޔާ ދިމާލަށެވެ. އޭރު އެބުނާ “ހިމަފޮދު ވާރޭ”އޭ ބުނެވޭ ވަރަށް ވާރޭ ވެހެމުންދިޔައެވެ. ވަގުތަކީ ހަލަބޮލި މާލޭގެ މަގުތަކުން ދުއްވާ އެއްޗެހި މަދު ވަގުތަކަށް ވެފައި، ނުތެމި ގެޔަށް ދިޔުމުގެ ނިޔަތުގައި އަހަރެން ސައިކަލުގެ ދުވެލި ބެހެއްޓީ ތަންކޮޅެއް ބާރަށެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން އަހަރެންގެ ގެޔާ ހަމައަށް ދެވުނެވެ.

އަހަރެންނަށް ގޭގެ ދޮރު މައްޗަށް އެރުނުއިރު ކަމަކުދާކަށް ނެތެވެ. ސިޑިން ތިރިޔަށް ފައިބައިގެން ދެ ސޮރަކު އެބަ އާދެއެވެ. 10 ބުރީގެ އެ އިމާރާތުން ފައިބައިގެން އައި ދެ ސޮރު ތިބީ ކަޅުކުލައިގެ ފޮއްޓެއް ވެސް ހިފަަަހައްޓައިގެންނެވެ. އެމީހުން ހިފަައިގެން އެހުރީ ބަރު ފޮއްޓެއްކަމަށް އެމީހުންގެ މޫނުމަތީ ހުރި ދާތަކުން ހެކިދެއެވެ. އަހަރެން ފެނުމުން އެމީހުން ބުންޏެވެ. “ބޭބޭ މީތި މިހިރަ ގޯޅިގަނޑަށް ވައްދަން އެހީއެއް ވެދީބަލާ” ށެވެ. ދެން އަހަރެން އެ މީހުނަށް އެހީވާނަމޭ ހިތާ ގާތްވެލި ތަނުން އައީ ހިންޏެވެ. އެއީ އަހަރެމެން އެޕާޓަމަންޓުން ވަަައްކަންކުރާ މިކަހަލަ ލާޗާރުބިޗާރު ސޮރުންނަށް ދޯކާ ދޭން އަހަރެން ގެންގުޅޭ ކަޅުފޮއްޓެވެ. އޭގައި ހުންނާނީ ޔޫއެސް ޑޮލަރެއް ނޫނެވެ. ޔޫއެސް ކޮންކްރީޓެވެ. ބަރު ނުވިއްޔާ ދެރަތާއެވެ.

އިސާހިތަކު މާ ވަރުގަަދަ ހިނިގަނޑެއް ޖަހާލަމުން އެދެމީހުންނާ ދިމާލަށް އަހަރެން ބުނީމެވެ. “ކަލޭމެންނަށް އަޅެ މަގޭ ކަޅުފޮށި އުފުލާނުލެވުނުދޯ؟” އެވެ. ޅިނދުމަތީ ހަރުނުލައި ޖިންސު ސޮހިފައި ތިބި ދެވަގުންގެ ހާލަތެވެ.

ނޯޓް: މި ލިޔުމުގެ ކަވަރ ފޮޓޯގައި އެވަނީ ހަމަ އަަސްލު ހާދިސާގައި ވެސް ގެންގުޅުނު ކަޅުފޮއްޓެވެ.

Comments (8)

  1. Dhonthee

    Hahahaha?????Haadha majaley…… Adhi eiy samaasaa adhabu genesdheeba… Vv interesting ???and vv majaa???zidhaan ge vaahaka thakau hama????

  2. Ibsha

    Aharen zidhaan dhannan..masha Allah thy varah hunar veri kujje…Vaahaka varah reethi
    n varah reethi ??????????????❤❤❤❤❤❤❤❤❤❤❤❤❤????????????Varah majaa

  3. Hana

    Masha allah ? ????????❤????❤???????❤?❤?????????❤???

  4. someone

    zidhaan kurin liyunu ‘ secret princess ‘ akee binma ibrahim waheedge kuru vhk fothakun copy kohfa oiy ehcheh dhw… i read that story… zidhaan ge makaru verikan mi inguny kiriya

    1. Z I D H A N (Liyaa Kujjaa)
      someone

      secret princess kiyaa vaahaka eh liyunu handhaaneh nuvey!

  5. jiji

    Haha…vv majaa????..adhi vec mikahala samaasa adhabeh genesdhyba ingey brw?????????nd aishaa kiyaa vhk up kurany kon irakun thrr

  6. CR7

    Varah majaa vaahaka eh mee

  7. !y@@d#

    Vrh majaa

Comments are closed.