Skip to content
އެސްފިޔަ

ވަކިވީ އަސަރާ މަންޒަރު

މާޒީގެ ސޮފުހާތަށް އަބަދުވެސް އަހަރެންގެ ހިތުގައި ހުންނަނީ އުކާލަ އުކާލައެވެ. އެ ހަނދާންތަށް އާވާ ކޮންމެ ފަހަރަކުވެސް އަހަރެންގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އާދެޔެވެ. އެއީ މީގެ ހަތަރު އަހަރު ކުރިއެވެ.
އަހަރެންގެ ޒަވާޖީ ހަޔާތް ފެށީ ކުޑައިރުންސުރެ އަހަރެންގެ ހިތުގައި އެމީހަކަށް ޚާއްސަ މަޤާމެއް ދެވިފައިވާ ނިޝާހް އާއެކީއެވެ. ނިޝާހް އަކީ މަޑުމައިތިރި ކަމާއި ހިތްހެޔޮކަމަށް ލާމަސީލު މިސާލެކެވެ. ކައިވެނީގެ ގޮށް ޖެހުމަށްފަހުވެސް އަހަރެމެން ދެމީހުންގެ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި އިތުރަށް ލޯބިވެވެނީއެވެ.
ނިޝާހްގެ އޯޤާތެރިކަމާއި އަޅާލުމުން އަހަރެންގެ ހިތް ފުރާލަ ދެއެވެ. ހަމަ އެގޮތަށް، އަހަރެންވެސް ފިރިމީހާއަށްޓަކައި ކޮއްދޭންޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އަދާކޮއްދެމެވެ. ނިޝާހް ވަޒީފާއަށްދާ ވަޤުތު ފިޔަވައި އެހެން ވަޤުތުތަކުގައި ގިނަވަޤުތު ހޭދަ ކުރަނީ އަހަރެން ގާތުގައި ގޭގައެވެ.
މި ލޯބި ރަމްޒު ކޮއްދޭނެ ނިޝާނެއް އަހަރެންގެ ރަޚިމުގައި ވާކަމަށް ޑޮކްޓަރ ބުނި ވަޤުތު ވިޝާހަށް ލިބުނު އުފާވެރިކަން އޭނަގެ މޫނުމަތިން ފާޅުވި ވަޤުތު އަހަންނަށް ރޮވުނެވެ. އެދުވަހުން ފެށިގެން އަހަންނަށް އަޅާލާ މިންވަރު އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އޭނާގެ ވަޒީފާއިން ޗުއްޓީ ނެގީވެސް ހަމައެހެންވެއެވެ.
އެއްދުވަހެއްގެ ހަވީރު ވިޝާހް ގެއިން ނުކުތީ ފޯނަށް ރާސްޓަސް އަޅަންވެގެންނެވެ. ބޭރަށް ދިޔަ ވިޝާހްގެ ޚަބަރެއް ނުވުމުން އަހަރެންގެ ހިތަށް ނުތަނަވަސްވެރިކަން ވެރިވިއެވެ. ކަންބޮޑުވެފައި މިހެން ހުއްޓާ، އަހަރެންގެ ފޯން ރިންގްވިއެވެ. އަވަސް އަވަހަށް ފޯން ނެގީމެވެ. ” އައްސަލާމް އަލައިކުމް، މޯލްޑިވްސް ޕޮލިސް ސާރވިސް. ފިރިމީހާ އެކްސިޑެންޓް ވެގެން އައި-ޖީ-އެމް ހޮސްޕިޓަލްގެ އެމާރޖެންސީ ރޫމްގައި ” އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަންހެންނެވެ. މީހާ ތުރުތުރު އަޅައިގަތެވެ.
އަވަސް އަވަހަށް ޓެކްސީ އަކަށް ގުޅައިފީމެވެ. މާ ލަސްތަކެއް ނުވެ ޓެކްސީ އައުމުން، ޓެކްސީގައި ހޮސްޕިޓަލަށް ގޮއްސީމެވެ. ބާރު ހިނގުމެއްގައި ގޮސް، ފުލުހުން ދެއްކި ރޫމްއަށް ވަންއިރު ފެނިގެން ދިޔައީ މުޅި ހަޔާތް އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓިގެންދިޔަ މަންޒަރެކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަހަރެންގެ ލޯބި އެވަނީ ކަފުނަށް ލެވިފައެވެ. އަހަރެންގެ ދަރިފުޅު އުފަންވާނީ ޔަތީމް ޚާލްގައެވެ.
އަހަނަށް ބާރު ބާރަށް ހަޅޭއް ލަވައި ގަނެވުނެވެ. މޫނުމަތީގައި އަތްއަޅާ ރޮއިގަނެވުނެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ. އެންމެ ލޯބިވި މީހާ ބީވެގެން އެދިޔައީ ކޮންފަދަ ހިތާމަވެރި ގޮތަކަށް ހެއްޔެވެ؟
މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ އަހަރެންގެ ދަރިފުޅު (ޝިފާ ބިންތް ނިޝާހް) އެވެ. ހެޔޮގޮތުގައި މި ދަރިފުޅު ތަރުބިއްޔަތު ކުރުމަކީ އަހަރެންގެ އަޒުމެވެ. އަހަރެން ދެން މީހަކާ ނީންނާނަމެވެ. އެއީ މި ދަރިފުޅުގެ ހައްޤުގައެވެ. އެ ދަރިފުޅަށް ދޮން ބައްޕައެއް ހޯދައިދޭން ބޭނުން ނުވާތީއެވެ. އެ ދަރިފުޅަކީ އަހަރެމެން ވި ލޯބި ރަމްޒުކޮއްދޭ ހަމައެކަނި ހެއްކެވެ.
ނިޝާހްއެވެ. ﷲ އިރާދަ ކުރެއްވިއްޔާ ސުވަރުގޭން އަދި އަހަރެމެން ބައްދަލުވާނެއެވެ. އެދުވަހަކަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ވަކިވެގެން ދިޔަ އަސަރު ހުރި މަންޒަރު ދުވަހަކުވެސް މިހިތަކުން ނުފިލާނެއެވެ.

Comments (7)

  1. sam♥

    nice

  2. Anaa

    Wowwww v v v reethi

  3. Sana

    ????
    Varah reethi story eh masha Allah ????

  4. Lily

    Vrh reethi story. Maashaa Allah.. Ekamm meega mistake eh ineemaa faahagakohlladheynan.. Ehfaharu vishaah kiuaafa aneh faharu nishaah kiyaafa inee.. Ehnve ethan rangalhu kohllahchey..

  5. aish_@

    alhey vr reethi..zidhaan pls long story eh liyebaaaa..aish
    vr kiyaa hihvey zidhan ge stories….you have the talent masha allah…?..plz plz plzzz

  6. Leen

    ???

  7. zoe

    Zidhaan ge firi eh ves hureytha
    I’m shocked!!!!!!!

Comments are closed.