
އަހަރެމެންގެ ކުށަކީ ކޮބާ؟
ފުލުހުންގެ އިންވިސްޓިގޭޝަން ރޫމަށް ފިރާޝާ ހާޒިރު ކުރެވުނެވެ. ފުލުހުންގެ ދެ އޮފިސަރަކު ފިޔަވާ އިތުރު މީހަކު އެތާކު ނެތެވެ. ކޮޓަރީގެ މެދުގައި ހުރި ގޮނޑިއެއްގައި ފިރާޝާ ބޭންދީ ފުރަގަހަށް ވާގޮތަށް އަތުގައި އަޅުވާފައި އޮތް ބިޑި ނުނައްޓުވައެވެ.
އެއާ އެކު “ކީއްވެ އެކުދިން މަރާލީ؟” ފުލުހުން އޭނައާއި ސުވާލު ކުރިއެވެ. “ކީއްވެ ހޭ އެކުދިން މަރާލީ؟” ފިރާޝާގެ އަނގައިން ބަހެއް ނުނެރުމުން، ފުލުހުންގެ އޮފިސަރު ހަރުކަށި ކަމާ އެކު ރުޅިވެރި ރާގަކަށް ސުވާލު ތަކުރާރު ކުރިއެވެ.
“އެ ދެ ކުދިންނަށް ވަނީ އޮޓިޒަމް ޖެހިފައި. އަހަރެންނެއް ބޭނުމެއްނޫން އެފަދަ ކުދިންނެއް. އަހަރެން ބޭނުމީ އާދައިގެ ކުދިން” ޖަވާބުގައި ފިރާޝާ ބުނެލި އެވެ. އެއާއެކު އަޑުން އަޑ ުނަގައި ރޯންފެށިއެވެ.
އޮޓިޒަމްޖެހިފައިވާ ކުއްޖަކު ބަލާބޮޑުކުރުމަކީ ގިނަ ތަކުލީފުތަކެއް އެކުއްޖާގެ ބެލެނިވެރިން އުފުލަންޖެހޭ، ހާސްކަމާއި ފިކުރުންފުރިފައިވާ ކަމެކެވެ. ސަބަބަކީ އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ރުޅިއައުމާއި، ބޮޑާހޭކުމާއި، އަތުންފައިން ގޯސްހެދުމެވެ. ގިނަ ކުދިންނަކީ ވާހަކަ ނުދެއްކޭކުދިންކަމުން، މައިންބަފައިން ދަރިފުޅަށް ވިސްނައިދޭން ކުރާ މަސައްކަތް ކޮޅެއްގައި ނުޖެހުމެވެ. މިހުރިހާ ކަމަކަށްވުރެންވެސް، އެފަދަ މައިންބަފައިންނަށް ބޮޑު ހިތްދަތިކަމެއް ލިބެނީ، ދަރިފުޅު ބޮޑާހާކާއިރުގައި ތިމާ ވަށައިގެން އުޅޭ އެހެންމީހުންގެ ލޯއެޅުންތަކުންނާއި ތިމާ ވާށައިގެން އުޅޭ މާހައުލުގައި އުޅޭ އެހެންމީހުން ވިސްނާނުލައި ބުނާ ބަސްތަކުންނެވެ.
ފިރާޝާއަށް ވެސް ވީ އެހެންނެވެ. ގޭ ދޮށު މީހުންނާއި، ބައެއް ބެލެނިވެރިންގެ ބަސްތަކުން އޭނަގެ ލަގޮނޑިއަށް ކެތް ނުވީއެވެ. އާހިރުގައި އޭނަގެ ސިކުނޑި ގޮވާ، ހަމައިން ނެއްޓުނީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ދިއުމުން ކުށެއް ނެތް ދެ ކުދިން ބޭއިހްތިޔާރުގައި މޫދަށް އެއްލާލެވުނެވެ. އެއާއެކު ގެނބިގެން ލޯބި ލޯބި މަޢުސޫމު ދެ ހަށިގަނޑު މި ދުނިޔެއާއި ވަކިވީ އެވެ. އޭރު އެެ ކުދިންގެ އުމުރުން ވީ އެންމެ ހަތަރު އަހަރެވެ.އެވެ.
ފިރާޝާގެ ދެ ދަރިން ކަމަށް ވާ ޝިފާޒް އާއި ޝިނާޒަަކީ އުފެދުމުގައި އޯޓިޒަމް ބަލި ހުންނަ ދެ ކުދިންނެވެ. ހަމަ އެހެންމެ މިއީ އެއްމާބަނޑު ދެ ކުދިން ވެސް މެއެވެ.
“ހާދަ ބަސްނާހާ ކުއްޖެކޭ.. އެކުއްޖާ އެހުރީ ލޯބިން ހަލާކުކޮށްފައޭ.. ދަރިން ތަރުބިއްޔަތު ކުރާކަށް ނޭގެއޭ.. ހާދަ ގޯސް ބެލެނިވެރިންނެކޭ.. ” މިފަދަ ބަސްތަކަކީ ކޮންމެ ދުވަހަކު ހެން މީހުންގެ ފަރާތުން ފިރާޝާއަށް އަޑު އިވެމުން ދިޔަ ބަސްތަކެވެ.މިކަން ވެގެން ދިޔައީ އޭނައަށް ލިބުނުު ކެތް ނުކުރެވުނު ހިތާމައަކަށެވެ. މިފަދަ ބަސްތައް ބުނާ ގިނަ މީހުންނަކީ އޮޓިޒަމްއަކީ ކޮންއެއްޗެއްކަމާއި، އެކުދިންގެ ފަރާތުން އެފެންނަ ކަންތައްތަކަކީ ހަގީގަތުގައި އޮޓިޒަމްގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއްކަން ނޭނގޭ މީހުންނެވެ.
ބުނާއަޑުނޭހުމާއި ބޮޑާހޭކުމާއި އަތްފައިންގޯސް ހެދުމަކީ އާދައިގެ ކުދިންގެ ތަރުބިއްޔަތާ ގުޅިފައިވާކަމަށް ވާއިރު، މިއީ އޮޓިޒަމްގެ ހާއްސަ އަލާމާތްތަކެވެ. އޮޓިޒަމްޖެހިފައިވާ ކުއްޖާ އޭނާގެ އިހުތިޔާރުގައި ކުރާ ކަންތައްތަކެއް ނޫނެވެ. އޮޓިޒަމަކީ ކުއްޖާ އުފެދުމުގައި ސިކުޑި ހެދިބޮޑުވާންވީގޮތަށް ތަރައްގީނުވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ.
އާދައިގެ ކުދިން ބަލާބޮޑުކުރާ މައިންނަށްވުރެ، އޮޓިޒަމްޖެހިފައިވާ ކުއްޖަކު ބަލާބޮޑުކުރާ މަޔަކު ނަފުސާނީގޮތުންނާއި ކުދިން ބަލާބޮޑުކުރުމުގައި ކުރަންޖެހޭ ފިކުރުތައް ބޮޑުކަަން ފިރާޝާ ވަނީ ތަޖުރިބާ ކުރެވުނެވެ.
ވަރަށް ލޯބިން ފިރާޝާ ބަލަމުން އައި ދެ ކުދިންގެ މަރާލާ ހިސާބަށް ދިޔައީ މުޖުތަމު ތެރޭން އޭނައަށް އަމާޒުވި މަލާމާތާއި ފުރައްސާރައިގެ ސަބަބުންނެވެ. މިކަން މިހެން މި ދިމާވީ މުޖުތަމަޢުގެ ހޭލުންތެރިކަން ކުޑަވުމުންނެވެ.
އޯޓިޒަމް ކުއްޖެއްގެ މަޔަކަށް ވީތީ ފިރާޝާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ނުވަތަ އޯޓިޒަމް ބަލި ހުރީތީ ޝިފާޒްއާއި ޝިނާޒްގެ ކުށެއް އަޅެ ކިޔުންތެރިން ބުނެބަލާށެވެ؟
5 Comments!
Comments are closed.
I really like the msg given in the story… mujthamau ah v muhimmu msg eh
Masha Allah ….. Mi vaahaka in varah muhinmu ibratheh libihjje…❤❤❤keep it up zidhaan. Waiting for your next story…???
Varah ragalau message eh mi story in libuney
Nice ibraittheri vaaka eh but sorry to say this autism akee bayyeh noo its not a disease ethan kolhu nei nama v salhi vees.
Autism jehifa vaa kudhinnah nukiyaane. Rangalhu gothakee autistic kudhin. Eyeekee aadhaige balithah gothah jehey echeh noonennu