Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 ޓްރެއިލަރ

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
November 28, 2020 4 Mins Read
11 Comments

“ކައިޔަން.. ކައިޔަން..” މާޔާގެ ދުލުން ބޭރުވަމުން ދިޔަ ނަން ވެހެމުން ދިޔަ ވާރޭގެ ތެރެއިންވެސް ސާފުވަމުން ދިޔައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ ތެރޭގައި ހުދުކުލައިގެ ފައިތިލައާއއި ހަމައަށް އަރާވަރުގެ ދިގު ހެދުމެއް ލައިގެން މާޔާ އިނީ ފްރާންސްގެ ހިސާބެއްގައި ހުރި ޕާރކެއްގެ ތެރޭގައި ބަހައްޓާފައި ހުރި ބެންޗްގައި އިށީނދެލައިގެންނެވެ. ކޯތާފަތުގައި ބޮސްދީފައި އޮހޮރެން ތައްޔާރަށް ހުރި ކަރުނަތައް ކޮންޓްރޯލް ކުރަންވެގެން ތުންފަތުގައި ދަތް އަޅާލައިގެން އިން މާޔާގެ ދެލޮލަށް ބަލާލި މީހާއަށް ވެސް އެ ދެލޮލުގައިވާ ވޭނާއި ރިހުން އަންދާޒާ ކޮށްލުން ވާނީ ދަތިކަމަކަށެވެ. އެދެލޮލުން ފެންނަމުން ދިޔަ ހިތްދަތިކަން އެއަށްވުރެވެސް ބޮޑެވެ.

“މަންމާ..!” މޮޔައެއް ފަދައިން އިސްތަށިގަނޑުގައި ހިފާއްޓާލައިގެން އިން މާޔާއަށް ސިހިފައި ފަހަތް ބަލާލެވުނީ އޭނާގެ ދަރިފުޅު ގޮވާލި އަޑަށެވެ. “ރޫހާން..” ކުޑައެއް ހިފައިގެން ފަހަތުގައި ހުރި ރޫހާން ފެނިފައި މާޔާއަށް ގޮވާލެވުނެވެ. “މަންމާ..” ރޫހާންގެ އަޑުން އެކަނިވެސް އޭނާ ވަރުބަލިވެފައި ވާވަރު އަންގައިދިނެވެ. މާޔާ ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް ވެހެމުން ދިޔަ ވާރޭގެ ސަބަބުން މާޔާގެ ދެ ލޮލުން ފައިބާފައިވާ ކަރުނަތައް ރޫހާންއަށް ފާހަގަވާ ގޮތެއް ނުވިއެވެ.

“މަންމަ މިތަނުގައި ކީއްތިކުރަނީ..؟” ރޫހާން ގޮސް މާޔާގެ ގާތުގައި ހުއްޓެމުން އެއްސެވެ. “ދަރިފުޅަށް އެނގެއެއްނޫންތަ މަންމަ މިތަނަށް އަންނަ ސަބަބު..” މާޔާ ކޮޅަށް ތެދުވިއެވެ. ”މަންމަ މިއަދު ބޭސް ކެއިންތަ..؟” ރޫހާން މާޔާގެ ގައިގައި ހިފާއްޓާލަމުން އަހާލިއެވވެ. “ނޫން.. މަންމަ މިއަދު އަދި ބޭހެއް ނުކަން.. ދެން އަވަހަށް ހިނގާ ގެއަށް ދާން އުޅެން..” މާޔާ ހިނިތުންވެލިއެވެ. ރޫހާންވެސް އިތުރަށް ވަކި އެއްޗެކޭ ނުބުނެ މާޔާގެ އަތުގައި ހިފަމުން ކުރިއަށް ހިނގައިގަތެވެ.

ކުރިއަށް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާއި އެކީގައި މާޔާގެ ސިކުނޑިއަށް ވެރިވަމުން ދިޔައީ ކައިޔަންގެ ހަނދާންތަކެވެ. “އަވްލީން..” މާޔާގެ ދުލުން އެ ނަން ބޭރުވިއިރު އެ އަޑުގައިވި ނުރުހުންތެރިކަން ރޫހާންއަށް ސިއްރެއް ނުވިއެވެ. “ރޫ.. އަނބުރާ ރާއްޖެއަށް ދާން ތައްޔާރުވޭ..” މާޔާ ދެން ބުނެލި ޖުމްލައިން ރޫހާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ދެކޮޅަށް އެންމެ ބަހެއްވެސް ނުބުނެ ރޫހާން ބޯ ޖަހާލިއެވެ. “ދެން މަންމަވެސް ރާއްޖެއަށް ދަނީތަ..؟” ރޫހާން އެއްސެވެ. “ނޫން.. މަންމަ ދެން އަނބުރާ އެކޮޅަކަށް ނުދާނަން.. މިފަހަރު ރާއްޖެއަށް ދާނީ ދަރިފުޅު.. ދަރިފުޅު އެކަނި..” މާޔާ ބުނެލިއެވެ. ރޫހާން އިތުރު އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ.

މާޔާ ލައިގެން ހުރި ހެދުމުގެ ޖީބުން އެއްޗެއް ނެގިއެވެ. އެއީ ކޯޗެއްތޯ ބަލާލަން ވެގެން ރޫހާން ބޯ އަރި ކޮށްލިއެވެ. މާޔާގެ އަތުގައި އޮތީ ފޮޓޯގަނޑެކެވެ. މާޔާ އެފޮޓޯ ގަނޑު މޫނާއި ކައިރި ކޮށްލިއެވެ.

“ހައިނާ.. އިކުވާން.. ހިޔާން.. ހޫރީން..” މާޔާ ފުރަތަމަ ބަލާލީ އިކުވާން އާއި ހައިނާގެ އާއިލާ އަށެވެ. “ދެން މިހުރީ.. ރަނާ.. ލިޔާން.. އިޒްކާން އާއި އައިރީން..” އެއަށްފަހު މާޔާ ލަސްލަހުން ކިޔާލީ ރަނާ އާއި ލިޔާންގެ އާއިލާގެ މެންބަރުންގެ ނަންތަކެވެ. “ކައިޔަން.. އަވްލީން.. ނީޝަލް.. އަދި ނައިލް..” ކައިޔަން އާއި އަވްލީންގެ ކުޑަ އާއިލާގެ މެންބަރުންގެ ނަންތައް ކިޔާލިއިރު މާޔާގެ ދެބުމަ ކައިރިވިއެވެ. ރޫހާންގެ ނަޒަރު ހުއްޓިފައިވީ ނީޝަލްގެ މޫނަށެވެ. އެވަގުތުކޮޅުގައި ރޫހާންގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ލޯތްބެވެ. އިރުކޮޅެއް ވަންދެން މާޔާ އެ ފޮޓޯގަނޑަށް ސަމާލުކަން ދީގެން ހުއްޓެވެ. ދެވަނަ ސިކުންތު ކޮޅުގައި މާޔާ އެ ފޮޓޯގަނޑު ބޮނޑިބޮނޑި ކޮށްލުމަށްފަހު އަތުގެ ކޮޅަށް ހޫރާލިއެވެ.

“އަހަރެން އަދި އަނބުރާ އަންނާނަން… ކައިޔަން…..” މާޔާ އެހެން ބުނެލާފައި ހީނލިއެވެ. އެ މާނަވީ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ މާޔާގެ މާޒީއެވެ. ކުރިމަތިލާން ބޭނުން ނުވާ އެތަކެއް ހަގީގަތް ތަކަކާއި ބުނެދޭން ކުޅަދާނަ ނޫން ސިއްރުތަކެވެ. މާޔާ އެހެން ބުނެލުމުން ރޫހާންގެ ތުންފަތް މަތީގައި ދުވެލި ކުޑަ ހިނިތުންވުން މާޔާއަށް ސިއްރެއް ނުވިއެވެ. އެ ހިނިތުންވުން ފެނިފައި މާޔާގެ ހިނިތުންވުން ކުރިއަށްވުރެ ފުންވެގެން ދިޔައެވެ.

“ދަރިފުޅަށް އިނގޭތަ މަންމަ ރޫހާންގެ ނަމުން ދަރިފުޅަށް ނަން ދިނީ ކީއްވެގެންކަން..؟” މާޔާ ރޫހާންގެ މޫނަށް ބަލާލަމުން އަހާލިއެވެ. ޖަވާބުގައި ރޫހާން ބޯ ހޫރުވާލިއެވެ. އެ ސަބަބު ރޫހާންއަށް އަދި އެނގިފައި ނުވާތީއެވެ. “އެއީ ދަރިފުޅު ތިއީ މަންމައަށް ލިބުނު އެންމެ އަގުހުރި އެއް ހަދިޔާކަމަށް ވާތީ.. ރޫހާނީ ރީތިކަމެއް ލިބިފައިވާ މަންމަގެ ދަރިފުޅު ތިއީ.. މަންމަ އާއި އެކީގައި މަންމައަށް އެއްބާރުލުން ދެމުން ދާނެ ފަރާތަކީވެސް ހަމަ ދަރިފުޅު..” މާޔާ އެހެން ބުނެލުމަށްފަހު ރޫހާންގެ މޫނުގައި ދެ އަތުން މަޑުމަޑުން ހިފާލިއެވެ. “ދަރިފުޅަށް ލިބިފައި ތިހުރީ ހަމަ މަންމަގެ ދެލޯ.. ތި ރީތި ދެލޯ.. ތި ކަޅުކުލައިގެ ފުން ދެލޮލުގެ ތެރެއިން.. އައި ސީ ދަ އީވިލް ޑީޕް އިންސައިޑް..” މާޔާ އެ ކިޔައިދިން ވާހަކަ ނިންމާލީ މާނަވީ ޖުމްލައަކުންނެވެ. އެހެން ބުނެލާފައި މާޔާ ރޫހާންގެ ނިތުގައި މަޑުމަޑުން ބޮސްދިނެވެ. އަދި ފަހަތަށް ބަލާލިއެވެ.

“ކައިޔަން…. އަހަރެން އަދި އަންނާނަން….” މަޑު ހިނގުމެއްގައި ކުރިއަށް ހިނގައިގަތް މާޔާގެ ދެލޮލުގައިވީ އަނދިރި ކުލަވަރެކެވެ. ދެންމެއަކާއި ޖެހެންދެން ވޭނާއި ހިތާމައިން ފުރިފައިވީ މާޔާގެ ދެލޮލުން މިހާރު ފެންނަމުން ދިޔައީ މަކަރުވެރިކަމެވެ. މާޔާ އާއި އެއްވަރަކަށް ހިނގައިގަތް ރޫހާންގެ ދެލޮލުގައިވެސް ވީ ހަމަ އެ ކުލަވަރެވެ.

****************

ކައިޔަން އޭނާގެ އާއިލާ ގޮވައިގެން ފްރާންސްއަށް ބަދަލުވީ ފަހުން މިހާރު އެވީ ސޯޅަ އަހަރެވެ. މިހާރު ކައިޔަންއަކީ ފްރާންސްގެ ތެރޭ ނަންހޮވާލެވޭ ކާމިޔާބު އެއް ކޮމްޕެނީއެއްގެ ވެރިފަރާތެވެ. އަވްލީން އަކީ ފްރާންސްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ސައިކޭޓްރިސްޓެކެވެ. އިކުވާން އަކީ ހުނަރުވެރި ފިލްމީ ތަރިއެކެވެ. ހައިނާ މަސައްކަތް ކުރަމުން ގެންދަނީ ރެސްޓޯރެންޓެއްގައެވެ. ލިޔާންވެސް ރަށުގެ ހޮސްޕިޓަލަކާއި ގުޅުނުއިރު ރަނާ މަސައްކަތް ކުރަނީ ސެލޫންއެއްގައެވެ.

ކައިޔަން އާއި އަވްލީން އާއި އެކީގައި ނީޝަލް އުޅެބޮޑުވީ ފްރާންސްގައެވެ. ނަމަވެސް އުމުރުން އަށާރަ އަހަރުގައި އަނދިރި މާޒީއެއް ފްރާންސްއަށް ދޫކޮށްފައި ނީޝަލް އޭނާގެ ލޯބިވާ ކޮއްކޮ ނައިލްއާއި އެކީގައި ރާއްޖެއަށް ބަދަލުވެއެވެ. ކައިޔަންގެ އުފަން ރަށަށެވެ. ރާއްޖެއަށް އައުމާއި އެކީގައި ނީޝަލްގެ ހަޔާތަށް އާ ބަދަލުތަކެއް އާދެއެވެ. އަދި އެތަކެއް އާ މީހުންނާއިވެސް ދިމާވެއެވެ. އިޒްކާން އަދި ހިޔާން އާއި ނީޝަލް ދިމާވަނީވެސް އެހެންނެވެ.

އިޒްކާންއަށް ނީޝަލްއާއި ދޭތެރޭ އެހެން ނަޒަރަކުން ދެކެވެން ފަށަނީ ހިޔާންގެ ހިތުގައިވެސް ނީޝަލް އާއި ދޭތެރޭ އާދަޔާޚިލާފް އިހުސާސްތަކެއް އުފެދިފައިވާކަން ނޭނގިހުރެއެވެ. ނީޝަލްއަށްވެސް ހިތުން އިޒްކާންއަށް ތަފާތު މަގާމެއް ދެވެއެވެ.

ނަމަވެސް ނީޝަލްގެ އަނދިރި މާޒީއިން އެޅެމުން ދިޔަ ކަޅު ހިޔަނިތަކާއި ހުރެ ހުރިހާ ކަމެއްވެސް އޮޅުން ބޮޅުންގަނޑަކަށް ބަދަލުވެގެން ދެއެވެ. އަދި މަކަރުވެރި އަނދިރި ފަރާތެއް ދައްކަމުން އަންނަ މާޔާ އާއި ރޫހާން ވެގެންދަނީ އެ އޮޅުންބޮޅުންގަނޑަށް އިތުރުވާ ބޮޅަކަށެވެ. އަދި އެ ދެމީހުންގެ ސަބަބުން ނީޝަލްގެ އަނދިރި މާޒީގައި ޚުދު ނީޝަލްއަށްވެސް ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއް ފަޅާއަރައެވެ.

ކައިޔަން އާއި މާޔާ އާއި އަވްލީންގެ ދެމެދުގައިވަނީ ކޮން ގުޅުމެއް ބާވައެވެ.؟ މާޔާ އެހާވަރަށް އަވްލީންއަށް ނަފްރަތު ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ.؟ މާޒީގައި ސިއްރު ވެފައިވާ ހަގީގަތްތަކަކީ ކޮބައިބާވައެވެ.؟ ނީޝަލްގެ އަނދިރި މާޒީގައި ފޮރުވިފައިވަނީ ކޮން ސިލްސިލާއެއް ބާވައެވެ.؟ އިޒްކާން އާއި ހިޔާންގެ ތެރެއިން ނީޝަލް ލިބޭނީ ކާކަށް ބާވައެވެ.؟

ކިޔުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް ކުރިއަށް ހުރި ބައިތައް ކިޔާލާނެ ކަމަށް ޔޫން އުންމީދު ކުރަމެވެ.

 

ނޯޓް : އެ ކުއްޖާ ސީޒަން 1 ގައި ޔޫން ލިޔެފައިވާނީ ކައިޔަންމެން ބަދަލުވީ މެލޭޝިޔާއަށް ކަމަށެވެ. ނަމަވެސް އެކުއްޖާ ސީޒަން 1 ގައި ލިޔުނު މެލޭޝިޔާ، މިހާރު އެކުއްޖާ ސީޒަން 2 ގައި ވާނީ ފްރާންސްއަށް ބަދަލު ކުރެވިފައެވެ.

 

އައްސަލާމު އަލައިކުމް ޔޫންގެ ހުރިހާ ކިޔުންތެރިންނަށް.. މިއީ ޔޫން މި ސައިޓަށް ތިންވަނަ ވާހަކައެވެ. ”އެކުއްޖާ ސީޒަން 2” މި ވާހަކައަކީ ޔޫން އަމިއްލަ ޚިޔާލަށް ލިޔުނު ވާހަކައެކެވެ. ޓްރެއިލަރގައި ޔޫން އާއިލާތަކުގެ ކުރު ތައާރަފެއް ދިނީ މި ސީޒަންގައި ފުދޭވަރަކަށް ކެރެކްޓަރސް ގިނަވުމާއި ގުޅިގެންނެވެ.

އެ ކުއްޖާ ވާހަކައިގެ ފުރަތަމަ ސީޒަން އަދި ފިޔަފަތް ވާހަކައިގައި ޔޫންއަށް ސަޕޯޓް ދިން ހުރިހާ ކިޔުންތެރިންނަށް އަނެއްކާވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާލަމެވެ. އަދި އެ ދެ ވާހަކައިގައި ޔޫންއަށް ހެދުނު ކުށްތައް ފާހަގަ ކޮށްދީ އަދި އެކުށްތައް ރަނގަޅު ކުރަން ހިތްވަރު ދިން ފަދައިން މި ވާހަކައިގައި ވެސް ކިޔުންތެރިން ޔޫންއަށް ލިޔެވިފައިވާ ކުށްތައް ފާހަގަ ކޮށްދޭނެކަމަށް އުންމީދު ކުރަމެވެ. ކިޔުންތެރިން ފާހަގަ ކޮށްދޭ ކުށްތައް ޔޫން ވަރަށް އުފަލާއި އެކީގައި ބަލައިގަނެ އެ ކުށްތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. ކިޔުންތެރިން ކުރިން ވެސް ޔޫންއަށް ދިން ސަޕޯޓް މި ވާހަކައިގައިވެސް ދޭނެ ކަމަށް އުންމީދު ކުރަމެވެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މަންޒިލް 19

Next

ޔުމްނު 18 (ފަހުބައި)

Next
November 28, 2020

ޔުމްނު 18 (ފަހުބައި)

Previews
November 28, 2020

މަންޒިލް 19

11 Comments!

  1. Xem says:
    November 28, 2020 at 4:55 pm

    Maasha allah hama varah vara varah furihama
    Xem ge favourite author xem ge favourite story laidhinee
    varah ufaavi
    tanks yoon
    Trailer hama vv interesting kamaa eky kiyaa levun
    Maayaa akee kaakuba dho..?
    hama suvaalu hus suvaalun furifa
    Yageen hama kuree ge stories haa mi vaahaka ves salhi vaane kan
    Eagerly waiting for the first episode
    Love you yoon
    <3 <3 <3 <3 <3

    1. yooon yooon says:
      November 30, 2020 at 11:01 am

      Aww thanks a lot Xem dear ?? means a lot to me ? I am all vv happy to meet u all again ? own awnn ur welcome dear ?? I am so happy that u liked it ? labba maayaa make kaakuba dhww ?? insha allah i hope u all like it ?? insha allah 1st part today.. Love u more n more Xem ? take care

  2. ?Ril? says:
    November 28, 2020 at 5:14 pm

    Heiiii Yoon sis?????❤️❤️❤️??
    Vrh miss vi Yoon mathin vrh bigu koh??????????❤️❤️❤️❤️❤️
    Yoon fahun duvahaku nerefaa in iulaan eh kahala ehche vess Ril ah fenuny kuree duvahaku vrh dera vi eah cmnt eh nukohlevuny maa
    And I was waiting for this from a long time
    Happy to see tha trailer
    Talking about this
    Trailer vrh Sali Masha Allah
    Hama vrh fahkaaa
    Heevany mifaharu vrh curious koh hen dhaany dhw so many secrates ehn ve hehehh
    And mi stry ge furathama part kiyaalan mihuree inthizaaru gaa heheheh??❤️❤️❤️❤️❤️❤️❤️❤️❤️❤️
    And I will be with u in this stry tooo???
    So exited for this?????????
    Waiting for the first part❤️❤️❤️
    Love u sooo soo much❤️❤️❤️
    Stay safe and take care❤️❤️❤️❤️

    1. yooon yooon says:
      November 30, 2020 at 11:06 am

      Heii Ril ?? alheii missed u a lots too Ril ? alheii issoke dearlss I am just happy that u got to read it ? swry for the long wait dear… Aw thank u so much Ril dearlss ?? yesh i hope u like nd enjoy it ? insha allah 1st par todat ingeii ? aw i am so happy to hear dat dearlss thanks a lot ?? love u more n moore ?? u stay safe too Ril ?? nd tc

  3. Dominator says:
    November 28, 2020 at 5:15 pm

    Oh yay finally. Thankyou yoon ah mihaa reethi stry eh genesdheythi. Mi vaahakaves ehen vaahaka thah haa furihama vanaekamah heekuran. Good luck

    1. yooon yooon says:
      November 30, 2020 at 11:09 am

      Yeshh finally dhww ?? aw your welcome dearlss ?? n thank u so much dominator ?? insha allah I will try my best ingeii ?? Hope u all enjoy reading it ?? Thanks dearlss… Also take good car

    2. yooon yooon says:
      November 30, 2020 at 11:10 am

      Care ** ? yoon ge autocorrection aa hedhi car ey othyma hehe

  4. Nafha says:
    November 28, 2020 at 5:47 pm

    Yoon you were an amazing author and Now you shine as bright as a star.. Absolutely loved the trailer of E kuhja Season 2.. Its just so thrilling and amazing.. I love it.. Cannot wait for the next part.. When are you gonna up that part darls ..??? I just cant wait for it… Thank u so much for the lovely story.. You never fail to impress your readers as always..

    Take care, Be safe

    1. yooon yooon says:
      November 30, 2020 at 11:13 am

      Awwnn thats so sweet of u dearlss thanks a lot ?? I am s glad dat u enjoyed it ?? Insha allah 1st par today ingeii ?? Aw ur welcome dear.. It makes me so happy after reading all ur swee lovely comments??? Thanks a lot Nafha ?? U stay safe 2 and take good care dear

  5. raul says:
    November 28, 2020 at 5:56 pm

    varah thafaathu reethi vhk eh hn heevey……
    Good luck yooon…
    1st bai keen mi vhk ge thankolhe kurin..
    eves varah reethi..
    gavadhun up kohdheni koh nimuni.. eh vana bayah inthixaar kuran

    1. yooon yooon says:
      November 30, 2020 at 11:16 am

      Thank u so much Raul ?? owhh S1 dhw ?? I am so happy that u liked it ?? insha all will try m best ham gavaidhun stry genesdheveythw ingeii ?? insha allah u will get part 1 of this stry today ?? once again thanks a lot.. Take good care dearlss

Comments are closed.



All Right Reserved!