Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 1

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
December 2, 2020 11 Mins Read
5 Comments

ފެންނަމުން ދިޔައީ ފްރާންސްގެ ހޮސްޕިޓަލެކެވެ. އެކިއެކި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައިރު އެތަނުގައި ތިބި ބަލި މީހުންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ. އެގާރަ އަހަރުގެ އިޒްކާން ކުރިއަށް ދިޔައީ ލަސް ހިނގުމެއް ގައެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އެކުޑަ ދެއަތުން ފޮހެމުން އިޒްކާން ކުރިއަށް ދިޔައިރު ބަލާލާ ކޮންމެ މީހެއްގެ ލޮލުންވެސް ފާޅުވަމުން ގެންދަނީ ހަމްދަރުދީއެވެ. މަޑުމަޑުން ރޮމުން ދިޔަ އިޒްކާން ގޮސް އިށީނީ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އޭރުވެސް އިޒްކާންގެ މަޑު ގިސްލުމުގެ އަޑު ކައިރީގައި ތިބި މީހުންނަށް އިވޭނެއެވެ.

“ހޭ ޑިއަރ.. އާރ ޔޫ ލޮސްޓް..؟” ރޮމުން ދިޔަ އިޒްކާންއަށް ބަލާލެވުނީ މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. އޭރު ކުރިމަތީގައި ހިނިތުންވެލައިގެން ފްރެންޗް ނަރުހެއް ހުއްޓެވެ. ނަމަވެސް އެ އަންހެން މީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުން ކަމަށް ވާތީ އިޒްކާންއަށް އެ ބުނި ޖުމްލަ ފަހުމު ވިއެވެ. ޖަވާބުގައި އިޒްކާން ބޯ ހޫރާލިއެވެ. އެ ނަރުސް ކުއްޖާ ހިތްހެޔޮކޮށް ހިނިތުންވެލިއެވެ. “މަންމަ އާއި ބައްޕަ ކޮބާ..؟” ނަރުސް ކުއްޖާ އެހެން އަހާލުމުން އިޒްކާން ރުއިން ހުއްޓާލާފައި އެ ކުއްޖާ އާއި ދިމާލަށް ބަލާލިއެވެ. އިޒްކާން ޖަވާބު ދޭން އަނގަ ހުޅުވާލި ވަގުތުގައި ކުޑަ އަންހެން ކުއްޖަކު ރޮމުން ރޮމުން ދުވެފައި ރޫމްއަކުން ނުކުތް މަންޒަރު ފެނުނެވެ. އެ ކުޑަ އަންހެން ކުއްޖާގެ ފަހަތުން އަންހެން މީހެއްވެސް ނުކުތެވެ. “އެއީ ދޮގެއް ދޯ މާއްތާ..؟؟ މާމަ މަރެއް ނުވޭދޯ..؟؟” ރޮމުން ދިޔަ އަންހެން ކުއްޖާ ދިވެހި ބަހުން ވާހަކަ ދެއްކުމުން އިޒްކާން ހައިރާންވެފައި އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. އެ ކުޑަ އަންހެން ކުއްޖާގެ ގާތުގައި ކޮޅަށް ހުރި އަންހެން މީހާގެ ލޮލުން ކަރުނަތައް އޮހޮރިގަތް މަންޒަރު އިޒްކާންއަށް ފެނުނެވެ.

“ޝަލްކޮއްކޯ..” އެ އަންހެން މީހާ އެހެން ބުނެލުމުން އިޒްކާން ފުން ނަޒަރަކުން އެ އަންހެން މީހާއަށް ބަލާލިއެވެ. ރީތި ލޮލަކާއި މޫނެކެވެ. ފުދޭވަރެއްގެ އޮމާން އަނދިރި ހަންގަނޑެއް ލިބިފައި ވިޔަކަސް ނުހަނު ރީއްޗެވެ. ކަންފަތާއި ހަމައަށް އަރާވަރަށް ކޮށާލާފައިވާ އިސްތަށިގަނޑު ހުރީ ގަދަ މުށިކުލައެއް ގައެވެ. އެއަށްފަހު އިޒްކާންއަށް ބަލާލެވުނީ ރޯންހުރި ކުއްޖާއަށެވެ. އެކުއްޖާގެ ހަންގަނޑު އަނެއް އަންހެން މީހާއާއި ބަލާފައި ވަރަށް ދޮނެވެ. އަދި އެކުއްޖާގެ އިސްތަށިގަނޑުވެސް ނުހަނު ދިގެވެ. އެ ކުއްޖާގެ ލޮލުގައި ހުރީ އިޒްކާން މިއިން ދުވަހަކުވެސް ދެކިފައިވާ ކުލައެއް ނޫނެވެ. ކޮންމެވެސް ފެހިކުލައެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެ ރީތި މޫނުގައި ބޮސްދީފައި ތިރިއަށް ނީރާލަމުން ދިޔައެވެ، އެކަރުނަތައް ކޮންޓްރޯލް ކުރަންވެގެން އެކުއްޖާ ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު އެ ރީތި ތުންފަތުގެ ރަތްކަން ވަނީ ގަދަވެފައެވެ.

އެއަންހެންމީހާ ފްރެންޗް ބަހުން އެއްޗެކޭ ބުނެލާފައި ގުދުވެ އެކުއްޖާގެ ކޮނޑުގައި އަތްޖައްސާލިތަނާހެން އެ އަންހެންކުއްޖާ ބާރު ބާރަށް ރޮމުން އެ އަންހެންމީހާގެ އަތް ފޮޅުވާލިގޮތަށް ހޮސްޕިޓަލުން ބޭރަށް ނުކުންނަން ދުއްވައިގަތެވެ. އިޒްކާންއަށް ކޮޅަށް ތެދުވެ އެ އަންހެން ކުއްޖާގެ ފަހަތުން ދުއްވައިގަނެވުނީ ދެފަޔަށް ކޮން ބާރެއް ލިބިގެންކަމެއް ނޭނގުނެވެ. އިޒްކާންގެ ގާތުގައި ހުރި ނަރުހާއި އެ ކުއްޖާގެ ފަހަތުން ދުއްވައިގަންނަން އުޅުނު އަންހެންމީހާއަށް ވެސް ހުރީ ހައިރާންވެފައެވެ.

ވާރޭ ވެހެން ފެށިކަން އިޒްކާންއަށް އެނގުނީ ހޮސްޕިޓަލުން ބޭރަށް ނުކުމެވުމުންނެވެ. އޭރު ހޮސްޕިޓަލާއި މާ ދުރުނޫން ހިސާބެއްގައި ހުރި ކެފޭއެއްގެ އަސްކަނީގެ ދަށުގައި އެކުއްޖާ މަޑުކޮށްލައިގެން ހުއްޓެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ގެއްލިފައިހުރެ ދޭތެރެދޭތެރެއިން އެކުއްޖާ ލޯ ފޮހެލައެވެ. އިޒްކާން ވާރޭ ތެރެއަށް ނުކުތެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އިޒްކާން ކުރިއަށް ހިނގައިގަތްއިރު އޭނާ ކުޑަކޮށް ތެމިއްޖެއެވެ. އިޒްކާންއަށް އެކުއްޖާއާއި ހަމައަށް ފޯރުނުއިރު ހުރީ ފުދޭވަރަކަށް ތެމިފައެވެ. “ހޭ…” އެކުއްޖާއަށް ގޮވާލަން އިޒްކާން ފަހެއް ނުޖެހުނެވެ. އެކުއްޖާ ސިހިފައި އިޒްކާންގެ މޫނަށް ބަލާލިއެވެ. “ފިނިވެފައިތަ..؟” އެކުއްޖާ ދެއަތުން ގައިގައި ބައްދާލައިގެން އިންގޮތުން އިޒްކާން އަހާލިއެވެ. އިޒްކާން ދިވެހިބަހުން ވާހަކަ ދެއްކުމުން އެކުއްޖާ ހައިރާންވެފައި އިޒްކާން އާއި ދިމާލަށް ބަލާލިއެވެ. އިޒްކާން ހިނިތުންވެލިއެވެ. އަދި އަޅުވައިގެންހުރި ދަބަހުން ކުޑައެއް ނަގާ އެކުއްޖާގެ އަތަށް ލައިދިނެވެ. އެކުއްޖާ ހައިރާންވެހުރެ ނަމަވެސް ހިނިތުންވެފައި އެ ކުޑައިގައި ހިފިއެވެ.

“މި އަޅައިގެންދޭ.. އެހެންނޫނީ ބަލިވެދާނެ…” އިޒްކާން ބުނެލިއެވެ. އެކުއްޖާ ހިނިތުންވެލާފައި ދުރު ބަލާލިއެވެ. އެކުއްޖާގެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތީ އިޒްކާން ބަލަބަލާހުއްޓައެވެ. “ކީއްވެ ތި ރޮނީ..؟” އިޒްކާން އެކުއްޖާ އާއި ކައިރިއަށް ޖެހިލަމުން އަހާލިއެވެ. އެކުއްޖާ ދެލޯފޮހެލި ނަމަވެސް ގިސްލުމުގެ އަޑެއް ނުކެނޑެއެވެ. “އަޅުގަނޑުގެ މާމަ… މާމަ މަރު……” އެކުއްޖާއަށް ޖުމްލަ ކުރިއަށް ގެންދެވުނީ އެހިސާބަށެވެ. އިޒްކާންގެ ގައިގައި އޮޅުލައިގަނެފައި އެކުއްޖާ ރޯންފެށިއެވެ. އިޒްކާން ސިހިފައި އެކުއްޖާ ދުރުކޮށްލަން އުޅުނެވެ. ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ.

އިޒްކާން މަޑުމަޑުން ގުޑިވެސްނުލާ ހުއްޓެވެ. އެކުއްޖާ ރޯނެ ވަރަކަށް ރޯން ފުރުސަތު ދޭންވެގެންނެވެ. “ނީޝަލް…” ކުއްލިއަކަށް ކުއްޖަކު ގޮވާލިއަޑަށް އެކުއްޖާ ސިހިފައި ބަލާލިއެވެ. އިޒްކާންއަށްވެސް އަޑު އައި ދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ހަމަ އެއުމުރުގެ ފިރިހެން ކުއްޖަކު އެކުއްޖާ އާއި އިޒްކާންއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ތެމިފައި ހުރިއިރު އެފިރިހެންކުއްޖާގެ އިސްތަށި ގަނޑުގައި ފެންތިކިތައް ހަރުލާފައިވަނީ މުތީތަކެއް ފަދައިންނެވެ. “އޭ… އަޅުގަނޑު ދާން ޖެހިއްޖެ.. ތެންކިއު..” އިޒްކާންއަށް ޝުކުރުއަދާކުރުމަށްފަހު އެކުއްޖާ އެފިރިހެންކުއްޖާގެ ފަހަތުން ހިނގައިގަތެވެ. “ދަރިފުޅާ.. އިޒްކާން..” އިޒްކާންގެ ކަންފަތުގައި ލިޔާންގެ އަޑު ޖެހުނެވެ. އިޒްކާންގެ ހަނދާނަށް މީގެ އިރުކޮޅެއް ކުރި އައެވެ. ރަނާގެ ބައްޕަ، އިޒްކާންގެ ކާފަ މަރުވުމުގެ ހިތާމައިގައި ލިޔާން އާއި ރަނާއަށް އަންގާވެސް ނުލާ ހޮސްޕިޓަލުން ބޭރަށް ނުކުމެގެން ދިޔަމަތިން ހަނދާންވިއެވެ. އިޒްކާން ދެލޯ ފޮހެލާފައި ލިޔާންއާއި ދިމާލަށް ބަލާލިއެވެ. ލިޔާން އިޒްކާންގެ ގާތުގައި ހުއްޓެމުން ހިނިތުންވެލިއެވެ. “ގުޑް ބޯއި.. ވަރަށް ރަނގަޅު.. އުނދަގޫ ހިތާމަވެރި ހާލަތްތަކުގައި ވެސް އެހެން މީހުންނަށް އެހީވާނީ ވަރަށް ބްރޭވް، މޮޅު ކުއްޖެއް…” ލިޔާން އިޝާރާތް ކުރީ އެކުއްޖާއަށްކަން އިޒްކާންއަށް ދޭހަވިއެވެ. ލިޔާން ހިނިތުންވެފައި އިޒްކާންގެ އަތުގައި ހިފަމުން އަލުން ހޮސްޕިޓަލުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ކުރިއަށް ހިނގަމުން އިޒްކާންއަށް އެންމެ ފަހުފަހަރަށް ފަހަތް ބަލާލެވުނީ އެކުއްޖާ ފެނޭތޯއެވެ. ލިޔާންގެ އަތުގައި ހިފައިގެން ހުރެ އިޒްކާންއަށް އެކުއްޖާ ދަންދެން ބަލަހައްޓައިގެން ހުރެވުނެވެ.

***********

“ދޮންބޭ..!!” އައިރީން ގޮވާލިއަޑަށް އިޒްކާންއަށް ޚިޔާލުތަކުގެ ތެރެއިން ބޭރަށް ދެވުނެވެ. އޭރު އިޒްކާންގެ ކޮއްކޮ އައިރީން ބެލްކަންޏަށް ބޯދިއްކޮށްލައިގެން ހުއްޓެވެ. “ދޮންބެ މިރޭ ފްރީތަ..؟” އައިރީން ހިނިތުންވެލާފައި އެއްސެވެ. އައިރީން އެފަދަ ގޮތަކަށް ހިނިތުންވާނީ ކަމެއް ބޭނުން ވެގެންކަން އެނގޭތީ އިޒްކާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ދޮންބެ މިރޭ ފްރީ..” އިޒްކާންގެ ޖަވާބުން އައިރީން ހުރިހާ ދަތްކޮޅެއް ފެންނަވަރަށް ހީނލިއެވެ. “މިރޭ އައި ގޮވައިގެން ފިހާރައަށް ދެވޭނެތޯ އަހާލަންވެގެން…” އައިރީން ބުނެލިއެވެ. އިޒްކާންއަށް ހެވުނެވެ. “އޯކޭ.. އެކަމަކު އައި… ފަނަރަ އަހަރު ވީއިރުވެސް ދޮންބެއާއި އެކީގައިތަ ޝޮޕިންގއަށް ދާންޖެހެނީ..؟ އައިގެ އެކުވެރިންކޮޅު ކޮބާތަ..؟” އިޒްކާން ބެލްކަނީގެ ދޮރުގައި ލެނގިލަމުން އެއްސެވެ. “ދެން އެމީހުންވެސް އުޅޭނެޔޭ އެކަމް ފިހާރައަށް ދާން ބޭނުންވަނީ ދޮންބެއާއި އެކީއޭ…” އައިރީން ބުނެލިއެވެ. “މަންމަވެސް މިރޭ ފްރީވާނެ..” އިޒްކާން ބުނެލިއެވެ. “ދެން.. އެކަމަކުވެސް ދާން ބޭނުންވަނީ އައިގެ ލޯބިވާ ދޮންބެއާއި އެކީގައޭ..” އައިރީން ޅަގޮތަކަށް ބުނެލިއެވެ. “އޯކޭ ދޮންބެގެ ލޯބިވާ ކޮއްކޮގަނޑާ.. މިރޭ ފިހާރައަށް ދާން ރެޑީ ވެގެން ހުންނަން ޖެހޭނީ…” އިޒްކާން ހިނިއައިސްފައި ހުރެ އެހެން ބުނެލުމުން އައިރީން އަތްތިލަބަޑި ޖަހާލާފައި ފުންމަމުން ފުންމަމުން ކަހަލަގޮތަކަށް އިޒްކާންގެ ކޮޓަރިން ނުކުތެވެ. “ދިސް ކިޑް..” އިޒްކާން ބޯހޫރާލާފައި ބެލްކަނިން ބޭރަށް ބަލާލިއެވެ.

“ޝަލްކޮއްކޮ.. ނީޝަލް..” އިޒްކާންގެ ދުލުން ބޭރުވިއެވެ. މީގެ ހަތްއަހަރު ކުރީގެ ހަނދާނަކަށް ފީނައިގަނެވުނު ސަބަބެއް އިޒްކާން ވިސްނަވިސްނާވެސް ނޭނގުނެވެ. ފުންނޭވާއެއް ލަމުން އިޒްކާން ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހާލާފައި ކޮޓަރިއަށް ވަނެވެ.

***********

އާދައިގެ މަތިން އެއާރޕޯޓްތެރެ ހަލަބޮއްޔެވެ. “ދޮންތާ..!!” ކޮފީ ކްލަބްތެރޭގައި ހުރި ނީޝަލް ސިހުނީ އޭނާގެ ކޮއްކޮ ނައިލް ގޮވާލި އަޑަށެވެ. “ތިއްތިބޭ އަދި ޒާންބެ އެބަ ހުރި ދޮންތަ އަންނަންދެން..” ނައިލް ވަރުބަލިވެފައިވާވަރު އަންގައިދިނެވެ. ނީޝަލް ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ. ނައިލްވެސް ނީޝަލް އާއި އެއްވަރަކަށް ހިނގައިގަތީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ.

ކުރިއަށް ދިޔަވަރަކަށް މީހުންގެ ތޫނު ބެލުންތައް އޭނާއަށް އަމާޒުވާން ފެށުމުން ނީޝަލް ޖެހިލުންވެ ލަދުގަންނަގޮތްވިއެވެ. ވާނީވެސް އެހެންނެވެ. ކަކުލަށްވުރެ ތިރިއަށް އަރާވަރުގެ ދިގު އިސްތަށިގަނޑާއި އެ ރީތި މޫނާއި ހަށިގަނޑުގެ ސަބަބުންވެސް މީހުންގެ ބެލުންތައް އޭނާއަށް އަމާޒު ނުވާންވީ ސަބަބެއް ނެތެވެ. އޭރުވެސް ނައިލް ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައެވެ. ހާސްވެ ފިނިވާގޮތްވެފައި ހުރި ނީޝަލްއަށް ނައިލް ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. “ދޮންތަ ދެން ކީއްތަ ކުރާނީ..؟” ނައިލް ހުއްޓެމުން އެއްސެވެ. “ކީކޭ..؟” މީހުންގެ ބެލުންތަކުން ހިތްއަވަސްވެފައި ހުރެ ނީޝަލް އަހާލިއެވެ. “ސާބަހޭ ދޮންތާ.. މިބުނީ ދޮންތަ މިކޮޅަށް އައިސްފައި ދާ ކޮލެޖަކީ ކަޑަ ތަނަކަށް ވެއްޖެނަމަ ދޮންތަ ދެން ކީއްހެއްޔޭ ކުރާނީ..؟” ނައިލް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. “ދެން ދޮންތަ.. ދެން… ޖޮބަކަށް ދާނީ..؟” ނީޝަލް ހިނިތުންވެލާފައި ބުނެލިއެވެ. ”އޯހް.. މަ ހީކުރީ އަދި ދޮންތަ އަނބުރާ ފްރާންސްއަށް ދާނީ ކަމަށް…” ނައިލް ހީނގަތެވެ. “ދޮންތަ ކީއްވެގެން އަނބުރާ ފްރާންސްއަށް ދާންވީ..؟” ނީޝަލް އަހާލި ސުވާލުން ނައިލްގެ މޫނުމަތިން ކުލަ އޮއްސުނެވެ. ނަމަވެސް ނީޝަލް ބަލާލުމުގެ ކުރިން ނައިލް ގަދަކަމުން ހިނިތުންވެލާފައި ފުދޭވަރަކަށް ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. “ހެހެ ދެން ހަމަ އަހާލީއޭ.. ބަލަ އެހެރަ އަންނަނީ ތިއްތިބެ އާއި ޒާންބެ..” އަވަހަށް މައުޟޫ އޮޅުވާލުމުގެ ގޮތުން ނައިލް ކަނާތްފަރާތަށް އިޝާރާތްކޮށްލިއެވެ.

“ޒާންބޭ..!!” ނީޝަލް ހަނާ އަޅާލިއެވެ. އޭރު އެދިމާލަށް އައި އަލާން އާއި ޒާއިން ފެނިފައި ނައިލް ކުރިއަށް ހިނގައިގަތެވެ. ލަގޭޖްތައް ދަމަމުންނެވެ. ނީޝަލްވެސް އޭނާގެ ލަގޭޖްތައް ހިފައިގެން ކުރިއަށް ހިނގައިގަތެވެ. “ތިއްތިބޭގެ ފްރެންޗް ކުދިންކޮޅަށް ރާއްޖޭގެ ފަސްގަނޑާއި ހަމައަށް އާދެވިއްޖެ ދޯ އެންމެފަހުން..” އަލާން ނައިލްގެ ގައިގައި ބައްދާލަމުން އަހާލިއެވެ. “ބަލަ ތިއްތިބޭ.. ދޮންތަވެސް އަޅުގަނޑުވެސް މިއީ ރާއްޖެ ކުދިންނޭ..” ނައިލް ބޮޑުވެފައި ބުނެލިއެވެ. އެއާއި ވިއްދާ އަލާން އެއްޗެކޭ ބުނެލުމުން ނައިލް ފްރެންޗް ބަހުން އަލާންއަށް ކުދިކިޔާލިއެވެ. “ޒާންބެގެ ކުޑަކުޑަ ނީޝަލް ވެސް ބަލާބަލަ ބޮޑުވެފައި ހުރިވަރު..” ޒާއިން ހީނލާފައި ނީޝަލްއާއި ސަލާމް ކޮށްލިއެވެ. ނީޝަލް ކުޑަކޮށް ހިނިތުންވެލިއެވެ. “ޒާންބެ ކިހިނެތްތަ..؟” ނީޝަލް އެއްސެވެ. “ހުން.. ނީޝަލް މީ އަދި ޒާންބެގެ ކުއްޖެއްދޯ..؟” އަލާން ތުންއަނބުރާލިއެވެ. “ޒާންބެ ހަމަ ބަރާބަރޭ…” ޒާއިން ހީނލާފައި ބުނެލިއެވެ. “ދުރުން ފެނުނީމައި ތިއްތިބެއަށް ހީވީ ހަމަ އަވް ފެނުނުހެން ނީޝް ފެނިފައި.. އަވް އާއި ނީޝް ހާދަ ވައްތަރޭ..” އަލާން ފާޑަކަށް ބޯއަރިކޮށްލާފައި ބުނެލިއެވެ. ނީޝަލްގެ ގާތަށް ހިނިއައެވެ. އެއީ ނީޝަލްއަށް އަބަދުވެސް އިވޭ ޖުމްލައެކެވެ. ނީޝަލް އޭނާގެ މަންމައާއި ވައްތަރު ވާހަކައެވެ. ދިމާވާ ކޮންމެ މީހަކު ކަހަލަގޮތަކަށް ނީޝަލް އާއި އަވްލީންގެ ވައްތަރުކަން ފާހަގަ ކުރެއެވެ.

“ނައިލްވެސް ވަރަށް ދިގުވެއްޖެ..” ނައިލް ހިމޭނުން ހުރުމުން ޒާއިން ބުނެލިއެވެ. “އަދިވެސް ޒާންބެ މަށަށް ވުރެ ދިގެއްނު..؟” ނައިލް ހީނގަތެވެ. “އަދި ދުވަސްކޮޅަކުން ނައިލް ޒާންބެ އަށްވުރެވެސް ދިގުވާނެއޭދޯ..؟” އަލާންވެސް ހީނގަތެވެ. ނީޝަލްވެސް ހޭންފެށިއެވެ. “ލޯންޗް އަންނާނެ އިރުކޮޅަކުން.. އާދޭ ދާން..” އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ހުރުމަށްފަހު އަލާން ބުނެލިއެވެ. “އާނ ހިނގާ ދާން.. ތިއްތަ މިހާރުވެސް ހުންނާނެ ލަސްވެފައި..” ނައިލް ބުނެލިއެވެ. “އޭ..” ނައިލް ހިނގައިގަތުމުން ޒާއިން ނައިލް މަޑުކުރުވިއެވެ. “އަން.. މިއޮތީ ނައިލްގެ ސިމް..” ނައިލްގެ އަތަށް ސިމް ދީފައި ޒާއިން ގޮސް ނީޝަލްގެ އަތަށް ސިމް ލައިދިނެވެ.

ފޯނަށް ސިމް ލައްވާފައި ނީޝަލް ފެށީ ފޮޓޯ ނަގާށެވެ. މޫދާއި ފެހިކަން ގަދަ ގަސްތަކަށް ގެއްލިފައި ހުރެ ނީޝަލް ފޮޓޯ ނަގަމުން ދިޔައެވެ. “ނީޝް..” ފޮޓޯނަގަން ހުރެފައި ނީޝަލްއަށް ހޭވެރިކަންވީ އަލާން ގޮވާލި އަޑަށެވެ. “އާދޭ ދާން.. ލޯންޗް އައިސްފި..” އަލާން އެހެން ބުނެލުމުން ފޯނު ދަބަހަށް ލާފައި ނީޝަލް ހިނގައިގަތެވެ.

ލޯންޗަށް އަރާފައިވެސް ނީޝަލް އިނީ މަޑުންނެވެ. މިއީ އެންމެ ހަތަރު އަހަރުގައި ފްރާންސްއަށް ބަދަލުވިގޮތަށް ނީޝަލް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. ދޭތެރެދޭތެރެއިން އަލާންމެން ފްރާންސްއަށް އައި ނަމަވެސް ނީޝަލް އަދި ދުވަހަކުވެސް ރާއްޖެއަކަށް ނާދެއެވެ. ރާއްޖޭގެ ރީތިކަމަށް ގެއްލި ބަސް މަދުވެފައި ނީޝަލްއަށް ހުރެވުނީވެސް އެހެންވެއެވެ. އޭރު ނީޝަލް އާއި ޖެހިގެން ނައިލް އިނެވެ. ޒާއިންއާއި އަލާން ހުރީ ފަހަތުގައެވެ.

ތިން ގަޑިއިރުގެ ދަތުރަކަށް ފަހު ރަށާއި ހަމައަށް ދެވިއްޖެއެވެ. ދަތުރުކުރި ހުރިހާ ވަގުތެއްގައިވެސް ނީޝަލް ހުރީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. ނައިލް ފޯނުން ގޭމެއްގެ ފޯރީގައި ޖެހިފައި ހުރިއިރު ޒާއިން އާއި އަލާން ހުރީ ކޮންމެވެސް ވާހަކައެއްގައި ޖެހިފައެވެ. ލޯންޗު ރަށާއި ގާތް ކުރަން ފެށުމުން ނައިލް ލޯންޗުގެ ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ނައިލް އަވަހަށް ނީޝަލްއަށް ގޮވާލިއެވެ. “ދޮންތާ އެހުރީ ތިއްތަ..!!!” ނައިލް ނީޝަލްގެ ކޮނޑުގައި ކޮއްޓާލީ ނީޝަލްގެ ސަމާލުކަން އޭނާއަށް ނުލިބުމުގެ ސަބަބުންނެވެ. ނީޝަލް ބަލާލާއިރަށް ނައިލް ބަނދަރުދޮށުގައި މަޑު ކޮށްލައިގެން ހުރި ޒިވީން ދައްކާލިއެވެ. ޒިވީން އުރާލައިގެން ހުރި ދެ އަހަރުގެ ޒުކާން ފެނިފައި ނީޝަލް ހުރީ ލޯންޗުން ފޭބުން ލަސްވެފައެވެ. ނައިލްވެސް ހީވަނީ ދެންމެދެންމޭން ލޯންޗުން ބޭރަށް ފުންމާލަފާނެހެންނެވެ. އެދެމީހުންނަށް ވީގޮތުން އަލާންގެ ގާތަށް ހިނިއައެވެ.

“ކޮންއިރަކުންތަ މީގެން ފައިބާނީ..؟” ނީޝަލްއަށް އެހުނެވެ. ޒިވީން ފެނުމުން ޒިވީންގެ ކައިރިއަށް ދާން ކެތްމަދުވެފައި ހުރި ވަރުންނެވެ. ޒާއިން ހޭންފެށިއެވެ. “ދެން ނުވާނެ ދެ މިނެޓްވެސް..” އަލާން ބުނެލިއެވެ. ލޯންޗުން ފައިބަން ޖެހޭ ވަގުތުޖެހުމުން އެންމެ ފުރަތަމަ ތެދުވީވެސް ނީޝަލް އާއި ނައިލްއެވެ. ރަށުގެ ފަސްގަނޑުގައި ފައި ބީއްސާލެވުމުން ނީޝަލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

“އަޅެ ދޮގު ނުހަދާ ތެދައް ބުނެބަލަ…” ލޯންޗުން ފައިބާފައި އަލާން ބުނެލިއެވެ. “ކޯޗެއް..؟” ނީޝަލް އެއްސެވެ. “ޒުކާން ވައްތަރީ ތިއްތިބެއާއި އެއްނު..؟؟” އަލާން ބުނެލިއެވެ. “ނޫން.. ޒުކާން ވައްތަރީ ތިއްތައާއި.. ޒިވީން އާއި..” ނައިލް އެހެން ބުނެލީ ގަސްތުގައިކަން ނީޝަލްއަށް އެނގުމުން ހިނިއައީ އިޚްތިޔާރަކާއި ނުލައެވެ. “އެއީ ތެދެއް… ޒުކާން އެއީ ހަމަ ތިއްތަގެ ކޮޕީ ޕޭސްޓްއެއް..” ނީޝަލްވެސް ނައިލްއާއި އެއްބައިވުމުން އަލާން ތުންއަނބުރާލިއެވެ.

“ނީޝަލް…! ނައިއްކޯ..!” އެދިމާލަށް އައި ނީޝަލް އާއި ނައިލް ފެނިފައި ޒިވީންއަށް ހީވީ އެއްފަހަރާ ދެ އީދު އައީ ހެންނެވެ. ނީޝަލްވެސް ބާރުބާރަށް ހިނގާލާފައި ގޮސް ޒިވީންގެ ގައިގައި ބައްދާލިއެވެ. ނައިލް ގޮސް ފުރަތަމަވެސް އުރާލީ ޒުކާންއެވެ. ޒުކާންވެސް ހުރީ ނައިލްއަށް އިންތިޒާރުކޮށްގެން ކަހަލައެވެ. ނައިލް ޒުކާން އުރާލުމުން ޒުކާން ބާރުބާރަށް ނައިލްގެ ކަރުގައި އޮޅުލައިގަތެވެ. “އައި މިސްޑް ޔޫ ޓޫ ސޯ މަޗް..!” ޒިވީން ނީޝަލްއަށް ބަލާލަމުން ބުނެލިއެވެ. ނީޝަލް ހިނިތުންވެލިއެވެ. “ކޮބާތަ އެއުޅޭ ނައިލް..؟” ޒިވީން ނައިލް ހޯދާލިއެވެ. ޒުކާން އުރާލައިގެން ނައިލް ހުރިތަން ފެނި ޒިވީންގެ ގާތަށް ހިނިއައެވެ. “ތިއްތައަށް ވެސް ހަގްއެއް ދީބަލަދޯ..” ޒިވީން ގޮސް ނައިލްގެ ގައިގައި ވެސް ބައްދާލިއެވެ. ނައިލް ތެޅިގަތްގޮތުން ނީޝަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ފަނަރަ އަހަރު ވިޔަސް ނައިލް ހަމަ ހީވަނީ ބޭބީއެއްހެންދޯ ނީޝް..” ޒިވީންގެ ގާތަށްވެސް ހިނިއައެވެ. “އެހެންވެއެއް ނޫން.. ނައިލް އަންހެން ކުދިންނަށް އެލާރޖިކް ވާނެ..” ހިނިއައިސްފައި ހުރެ ނީޝަލް ބުނެލި ޖުމްލައިން ލަގޭޖްތައް ހިފައިގެން އައިސް މަޑުކޮށްލި ޒާއިންގެ ގާތަށްވެސް ހިނިއައެވެ. “ނައިލް..؟ އަންހެން ކުދިންނަށް އެލާރޖިކް ވަނީ..؟” އަލާން އެއްސެވެ. ނީޝަލް ބޯ ޖަހާލިއެވެ. ނައިލް ރަކިވެފައި ހުރެ ބޯކަހާލިއެވެ. “ދޮންތާ ތިހެން ނުބުންޏަސް ރަނގަޅުވާނެއޭ..” ނައިލް ވައިއަޑަކުން ބުނެލިއެވެ.

“އާދޭ ގެއަށް ދާން.. އައިން.. މި ބުނީ އައިންދައްތަ އެބަހުރި ނީޝްމެން ނައިސް ލަސްވެގެން..” ޒިވީން ބުނެލިއެވެ. “ފުޑް..؟” ނައިލް ހިނގައިގަންނަމުން އަހާލިއެވެ. “ބައިވަރު ހުންނާނެ ކައްކާފައި.. ނައިލްއަށް އެންމެ މީރު އެއްޗެހި ހަދާފައި ވެސް ހުންނާނެ…” ހީނލާފައި ޒިވީން ބުނެލިއެވެ. “ގަދަ…” ނައިލް ޒުކާން އުރާލަމުން ބުނެލިއެވެ. “ދެން ޒުކާން އަތުން ދޫވެސް ނުކުރާނެ…” ހިނިގަނޑެއް ޖަހާލާފައި ޒާއިން ބުނެލިއެވެ. ނައިލް ހޭންފެށިއެވެ. ނީޝަލް ރަށުގެ އެކި ދިމަދިމާލަށް ބަލަމުން ހިނގައިގަތެވެ. ބައެއް ފިހާރަ ތަކާއި ގެތައް އޭރުވެސް ފެންނަން ހުއްޓެވެ. ކޮންމެވެސް ގެއެއްގައި ހުރި އުނދޯއްޔެއް ފެނުމުން ނީޝަލް އުނދޯލި ހެއްލާ ހިތްވިއެވެ. “ތިއްތިބޭ… ތިއްތިބޭމެން ގޭގައި ހުރޭތަ އުނދޯއްޔެއް..؟” ނީޝަލް އެއްސެވެ. “ހުންނާނެ… ނީޝްމެން ހަމަ ބޭނުންވަރަކަށް ހެއްލަންވީ ގެއަށް ގޮސްފައި..” އަލާން އެހެން ބުނެލުމުން ނީޝަލް ހިތްހަމަ ޖެހުނެވެ.

“ވަރަށް ވަރުބަލިވެއްޖެ..” ނައިލް ބުނެލިއެވެ. ނީޝަލްވެސް ހުރީ ވަރުބަލިވެފައެވެ. ހިނގާހިނގާ ފައި ވާޅުވާވަރުވެއްޖެއެވެ. “ރަށުތެރެ ބަލާލަންވެސް ވާނެއްނު..؟ އެހެންވެ ޒާންބެ ކާރު ނުލާ މި އައީވެސް..” ޒާއިން ހީނލާފައި ބުނެލިއެވެ. ނީޝަލް ވަރުބަލިވެހުރެ ނަމަވެސް ހިނިތުންވެލިއެވެ. ދެން ކުރިއަށް ނެގި ފިޔަވަޅުމަތީ ނީޝަލްއަށް ހުއްޓެން ޖެހުނީ ނައިލްގެ ހަޅޭކުގެ އަޑު އިވުމުންނެވެ.

މެންދުރުވެ ގަޑިން އެކެއް ޖެހީ އިޒްކާން އިންތިޒާރު ކޮށްގެން ހުއްޓައެވެ. ކަޅުކުލައިގެ ޖިންސް ޓައިޕް ސޯޓަކާއި އަތްދިގު ރަތް ޓީޝާޓެއްލާފައި އިޒްކާން އޭނާގެ ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަދި ކޮނޑުގައި ދަބަހެއް އަޅުވަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އަށާރަ އަހަރު ފުރުނުއިރު ވެސް އިޒްކާން ހުންނަނީ ނުހަނު ރީތިކޮށެވެ. ކަންފަތާއި ހަމައަށް ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑުގެ ތެރެއިން އެޖާދުވީ މޫނު ފެންނަނީ ނުހަނު ހުވަފެނީ ގޮތަކަށެވެ. ރީތި ބައްޓަމެއްގައި ހުރި ގަދަ ބުމައިގެ ދަށުގައި ހުރި ތޫނު ދެލޮލުން އެކަނިވެސް އަންހެން ކުދިންގެ ހިތްތައް ދަމައިގަތުމުގައި ކާމިޔާބު ކުރާނެކަން ގައިމެވެ. ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން ހުއްޓާ މީހަކު ދޮރު ހުޅުވާފައި ވަތް އަޑަށް އިޒްކާން ދިޔައީ ސިއްސައިގެންނެވެ.

“މިހިރަ މީހެއްދޯ… އަދިވެސް ލޯގަނޑު ކުރިމަތީ ފަރި ބަލަން ހުރީ ލަސްވާއިރުވެސް..” ދޮރު މަތީގައި ހަށަން ބަނދެލައިގެން ހުރި ހިޔާން ފެނި އިޒްކާން ހީނގަތެވެ. “މަ އަދި ހީކުރީ ނާންނާނެކަމަށް.. ރޭ ޔާން ނިދީވެސް ފަތިސްނަމާދަށް ބަންގި ގޮވަނިކޮށް ވިއްޔަ… އެހެންވެ މިއަދު އަސުރުގެ ކުރިން ކަލޭ އެނދުން ނުހިއްލާލާނެކަމަށް މަ ހުރީ..” އިޒްކާން ހިނިއައިސްފައި ހުރެ ޖަވާބުދިނެވެ. “އެވަރުކަމެއް ނޫން އެއީ.. ދެން މި އައީނު..؟ ދެންވެސް އަވަހަށް ހިނގާ ދާން.. އާހިލް ވެސް ކަލޭ ނައިސްގެން އެބަހުރި ކުދިކިޔާލަ ކިޔާލަ..” ހިޔާން ޖަވާބު ދިނެވެ. “އާހިލް ހުރީ މިގޭގައިތަ..؟” އިޒްކާން އަހާލިއެވެ. “ނޫން.. އަތިރިމަތީގައި.. ޓުވިންސް ވެސް އެބައުޅޭ..” ހިޔާން ޓުވިންސްއޭ ބުނުމުން އިޒްކާން ހީނގަތީ އެ ބުނީ ފައިލަމް އާއި އައިހަމްގެ ވާހަކަ ކަން އެނގުމުންނެވެ.

”އޯކޭ.. ހިނގާ ދާން.. އެހެންނޫނީ އެ މީހުން ރުޅިއައިސްދާނެ..” އިޒްކާން ބޮކި ނިއްވާލަމުން ކޮޓަރިން ބޭރަށް ނުކުތެވެ. “ރުޅިއައިސްދާނެ އޭ..؟ މިހާރުވެސް އެމީހުން އެހުރީ ރަތުގައި..” ހިޔާން ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. “ހުވާ..؟ ސައިކަލުގައި ދޯ ތިއައީ..؟” އިޒްކާން އެއްސެވެ. “ސައިކަލު ބަހައްޓާފައި މަ އަންނާނެތަ..؟” ހިޔާންވެސް އެހީ ސުވާލެކެވެ. “ނޫނޭ ނޫނޭ..” އިޒްކާން ބޭރަށް ނުކުތްއިރު އައިރީން އިނީ ފަހާފޮށި ދޮށުގައި އެއްޗެއް ފަހާށެވެ. “އައި..” ހިޔާން ގޮވާލިއެވެ. “ހިޔާން ބޭބޭ.. ދޮންބެ އާއި ދެމީހުން ކޮންތާކަށް..؟” އައިރީން އަހާލިއެވެ. “މޫދަށް..” ހިޔާން ދިނީ ކުރު ޖަވާބެކެވެ. “އައި ވެސް ގޮވައިގެން ދާނަމަ..” އައިރީން ޝަކުވާ ކޮށްލިއެވެ. “ދޮންބެ އާއި ހިޔާން އާއި އިތުރު ތިން ފިރިހެނުން ގޮވައިގެން އައިއަށް މޫދަށް އެރެން ކެރޭނެ..؟” އިޒްކާން ހިނިއައިސްފައި އެއްސެވެ. އައިރީން އަވަހަށް ދެފަރާތަށް ބޯހަލުވާލުމުން ހިޔާންވެސް ލާނެތް ގޮތަކަށް ހީނލިއެވެ. “އޯކޭ އަވަހަށް އަންނައްޗޭ.. މިރޭ އަދި ޝޮޕިންގއަށް ވެސް ދާންވާނެ..” އައިރީން އޭނާ ފަހަން ތައްޔާރުކޮށްފައި ހުރި ހެދުން ނެގިއެވެ.

“މަ ހިތަށް އަރާ އައިރީން މިހާ ހެދުން ފަހާހިތްވާއިރު އެވަރުން ޝޮޕިންގއަށް ދަނީ ކީއްވެގެންބާއޭ..؟” ހިޔާން އެއްސެވެ. “ތެދެކޭ އައި..” އިޒްކާން ބުނެލިއެވެ. “ހަމަ ދާހިތްވަނީ.. އެހެންނޫނަސް އެއީ ބްރަދަރ އެންޑް ސިސްޓަރ ގެ ކުއަލިޓީ ޓައިމްއެއްނު..؟” އައިރީން ޖަވާބުދިނެވެ. “މިހާ ކުޑަކުޑަ މީހަކަށް އެހާ މޮޅަށް ފަހަން އެނގޭތީ މަ ހައިރާންވޭ..” ގެއިން ނުކުންނަމުން ހިޔާން ބުނެލިއެވެ. “އައި އެކަން ވަރަށް ކުރާ ހިތްވާނެ ކުޑައިރުވެސް.. އެއީ އައިގެ ހުނަރެއް..” އިޒްކާން އަމިއްލަ ކޮއްކޮ އާއި ދޭތެރޭ ފަޚުރުވެރި ވެލިއެވެ. “އަދި ތީ ނަމޫނާ ދޮންބެ ވިއްޔާ..” ހިޔާން ބުނެލިއެވެ. އިޒްކާން ހިނިގަނޑެއް ޖަހާލާފައި ގެއިން ނުކުތެވެ.

ކުޑަކޮށް އަވި ދިއްލާފައި އޮތެވެ. ދޭތެރެ ދޭތެރެއިން ޖެހިލަނީވެސް ފިނިފިނ ވައިރޯޅިތަކެވެ. ގެއިން ނުކުމެ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް އިޒްކާންގެ ދަބަހުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. “އާހިލް، ފައިލަމް ނޫނީ އައިހަމް..” ހިޔާން ހިނިއައިސްފައި ބުނެލީ މިވަގުތު ގުޅަންޏާ ގުޅާނީ އެތިން މީހުންގެ ތެރެއިން އެކަކު ކަމަށް ވާނެތީއެވެ. އިޒްކާން ފޯނު ނެގިއެވެ. “ކަލޭމެން ދެމީހުން ކޮންތާކު..؟؟؟ އެ ހިޔާން ވެސް ކަލޭ ބަލާ ފޮނުވިގޮތަށް އުޑަށް އެރީކަމެއް ނޫނީ ބިންފަޅާ އަޑިއަށް ދިޔައީކަމެއް ނޭނގެ..!” ފަނަރަ އަހަރުގެ އާހިލްގެ އަޑު ފޯނު މެދުވެރިކޮށް އިޒްކާންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އިޒްކާންއަށް ފޯނު ކަންފަތާއި ދުރުކޮށްލެވުނީ ވެސް އާހިލްގެ ބާރު އަޑުން ކަންފަތުގެ ތޫރި ފަޅައިގެން ހިނގައިދާނެކަމުގެ ބިރު އޮތުމުންނެވެ. ސްޕީކަރއަށް ލާފައި ނެތްކަމުގައިވިޔަސް ގާތުގައި ހުރި ހިޔާންއަށް އާހިލް ދެއްކި ވާހަކަ ސާފުކޮށް އަޑު އިވުނެވެ. “މި ނައްޓާލަނީ..” އިޒްކާން އެހެން ބުނެ އާހިލްއަށް އިތުރަށް ބަހެއް ބުނުމުގެ ފުރުސަތެއް ނުދީ އަވަހަށް ފޯނު ކަނޑާލިއެވެ.

“ހިނގާ ދާން.. އެކަމަކު މަށަށް ހީވަނީ ވާރޭ ވެހެން އުޅޭހެން..” ސައިކަލަށް އަރަމުން ހިޔާން ބުނެލިއެވެ. ފަނޑުވަމުން ދިޔަ އަތްވަށް ބަލާލަމުން އިޒްކާން ވެސް ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. “ހައިނާދައްތަ ގެއަށް އަންނަނީ ކިހާއިރަކު..؟” އިޒްކާން އެއްސެވެ. “މަންމަ ގެއަށް އަންނާނީ ހަވީރު ހާއިރު.. ކިހިނެތްވީ..؟” ހިޔާން އެއްސެވެ. “ހޫރު ކަނބުލޭގެ އަތުން ކޮލެޖްގެ ފިލާވަޅުތައް ހޯދަން ވެގެން..” ސައިކަލަށް އަރަމުން އިޒްކާން ބުނެލިއެވެ. “ހެހެ މަވެސް އެއްބައި.. ފިލާވަޅު ނުހަދާ މަވެސް މި އުޅެނީ..” ހިޔާން ވެސް ހިނިގަނޑެއް ޖަހާލިއެވެ. އިޒްކާން އާއި ހިޔާން ސަކަރާތް ޖަހާތަން ފެންނަ ކޮންމެ ބަޔަކަށް ވެސް އެއީ އެންމެ ގާތް ދެ އެކުވެރިންކަން އެނގޭހާ އެދެމީހުން ގާތެވެ. “ހޫރީން މިއަދު ހަވީރު ގޭގައި ހުންނާނެތަ..؟” ހިޔާން ސައިކަލު ދުއްވާލުމުން އިޒްކާން އެއްސެވެ. “ނޭނގެ.. ނާހަން..” ހިޔާން ބުނެލިއެވެ. “ހޫރު ކަނބުލޭގެ ގޭގައި ބައިންދާތި.. އޭރުން ފިލާވަޅުތައް ނެގޭނީ..” އިޒްކާން ބުނެލިއެވެ. “ޔަގީނެއްނު..” ހިޔާން ހޭން ފެށުމުން އެ ހުނުމުގައި އިޒްކާންވެސް ބައިވެރިވިއެވެ.

ގެއާއި ހަމައަށް ފޯރުނުއިރުވެސް ނީޝަލްއަށް ހެވެނީއެވެ. ނައިލް އޭރުވެސް ރުޅިމޫނު ހަދައިގެން ހުއްޓެވެ. ނައިލް އިތުރަށް ރުޅިއައިސްފާނެތީ އަލާންއާއި ޒިވީންވެސް ހުރީ ހިނިގަނޑު މަތަކޮށްގެންނެވެ. ޒާއިން ވެސް ނުހޭންވެގެން ކެތްކުރެވުނު އެންމެ މައްޗަކަށް ކެތްކޮށްގެން ހުއްޓެވެ. އިރުކޮޅެއް ކުރިން ނައިލްއަށް ކުރިމަތިވި ހާދިސާ ހަނދާންވާވަރުން ނީޝަލް ގާތަށް ހިނި އަންނަނީއެވެ. ނައިލް ލޯ އަޅާލުމުން ނީޝަލް އަނގަމަތީ އަތްއެޅި ނަމަވެސް ތަނުގެ ހަމަހިމޭންކަން ފޫދުއްވާލީ ޒާއިންގެ ހުނުމުގެ އަޑުންނެވެ. “ޒާންބެ ވެސް..؟” ނައިލް ނިތްކުރިމަތީގައި އަތްއެޅިއެވެ. “ދެން ވާނީ އެހެންނު.. އެ ފިހާރައިން ނުކުމެގެން ދިޔަ އަންހެން ކުއްޖާ ނައިލްގެ ގައިގައި ޖެހި ތިރިއަށް ވެއްޓުނީމައިވެސް އެ ކުއްޖާއަށް ތެދުވާން އެހީއެއްވެސް ނުވެ ނައިލް ދުއްވައިގަތީ ދުރަށް ވިއްޔަ..” ނީޝަލްއަށް ހެވޭވަރުން ޖުމްލަ ފުރިހަމަ ކުރެވުނީވެސް އުނދަގުލުންނެވެ. ނައިލް ފުންނޭވާއެއް ދޫކޮށްލާފައި ފޫހިގޮތަކަށް ދުރު ބަލާލިއެވެ.

“އޭތް ބްރޯ ތި ތަންކޮޅެއް މަޑުން ދުއްވަން ވެއްޖެއެއްނު..؟؟” ހިޔާން ސައިކަލު ދުއްވަމުން ދިޔަ ސްޕީޑުގެ ސަބަބުން އިޒްކާން ބުނެލިއެވެ. “ލަސް ވެއްޖެ މިހާރު… މިހާރު އެ އެއްގަޑި ބައިވަނީ..” އިޒްކާން އެހެން ބުނުމާއި އެކީގައި ހިޔާންއަށް ލިބުނީ ހިތްވަރެއް ފަދައެވެ. އިތުރަށް ސްޕީޑް ބާރުކޮށްލިއެވެ. “އަލާންބެ މެންގެ ގެއާއި މިހާރު މި އަރާ ހަމަވަނީ.. ރަށުގައި އުޅޭ އެންމެ ކުޅަދާނަ ފުލުސް މީހާގެ ވާހަކަ މަ މި ދައްކަނީ…” އިޒްކާން ބުނެލިއެވެ. “އަލާންބެ ވާނީ ޑިއުޓީގައިހެން މަށަށް ހީވަނީ..” ހިޔާން ބުނެލިއެވެ. “މަޑުކުރޭ.. މަ މި ފައިބަނީ..” އިޒްކާން އެހެން ބުނެލުމުން ބޯހޫރާލާފައި ހިޔާން ސައިކަލު މަޑު ކުރިއެވެ. އިޒްކާން ފޭބުމުން ހިޔާން ސައިކަލު ދުއްވަން ފެށިއެވެ. ހިނގަން ފެށި އިޒްކާން އާއި ދާދި އެއްވަރަކަށެވެ.

މަގުމަތިންދާ ކޮންމެ އަންހެން ކުއްޖެއްގެ ސިއްރު ނަޒަރު ވަނީ ހިޔާން އަށާއި އިޒްކާންއަށް ހުއްޓިފައެވެ. ވާނީވެސް އެހެންނެވެ. ރީތިކަން ހުސްކޮށްގެން ހުރި ދެ ފިރިހެން ކުދިން ދިމާ ކުރިމަތީ ހިނގާނަމަ ނުބަލަން ހުންނަ މީހާއަށް ވެސް ބެލޭނެއެވެ. ސައިކަލު ދުއްވަން އިން ހިޔާންގެ ފަން އިސްތަށިގަނޑު ވަޔާއި އެކީގައި ވިހުރެމުން ދިޔައެވެ. އަޅައިގެން ހުރި އަވިއައިނުގެ ސަބަބުން އެ ރީތި ދެލޯ ވަންހަނާ ވެފައިވީ ނަމަވެސް އެ ރީތި ހިނިތުންވުން ފުރިހަމަ ކަމާއި އެކީގައި ފެންނަން ހުއްޓެވެ. ހުދާއި ކަނޑު ނޫކުލައިން ސްޓްރައިޕްސް ދަމާލާފައިވާ ޓީޝާޓަކާއި ވިލުނޫކުލައިގެ ސޯޓެއް ލައިގެން ހުރުމުން ހިޔާން ފެންނަނީ ނުހަނު ރީތިކޮށެވެ. އިޒްކާންވެސް ހިޔާންއަށް ދޫދޭން ތައްޔާރަށް ހުރިހެން ހިޔެއް ނުވެއެވެ. ކަޅު ސޯޓާއި ރަތްކުލައިގެ އަތްދިގު ޓީޝާރޓްގައި އިޒްކާން ހީވަނީ ފިރިހެން މޮޑެލްއެއް ހެންނެވެ. ބައެއް މީހުން ބުނެ އުޅެއެވެ. ތަރުތީބެއް ނެތި ހުންނަ އިސްތަށިގަނޑު އެހާ ރީއްޗެއް ނުވާނެއެވެ. ނަމަވެސް އިޒްކާންގެ ތަރުތީބެއް ނެތް ބުޅި އިސްތަށިގަނޑަކީ އިޒްކާން ރީތިކޮށްދޭ މައިގަނޑު އެއް ސަބަބެވެ. އެއް އަތް ސޯޓުގެ ޖީބަށް ޖަހާލައިގެން ހުރެ އަނެއް އަތުން ފޯނާއި ކުޅެމުން ދިޔައިރު އެ ތޫނު ދެލޯ އަމާޒު ވެފައިވަނީ ފޯނަށެވެ.

އަލާން އާއި ޒިވީންގެ އިތުރުން ޒާއިން އާއި އައިން ވެސް އުޅެނީ އަވީނާމެންގެ ގޭގައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އެގެއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޒިވީން އެގޭގައި ހައްދާފައިވާ މާ ގަސްތައް ފެނި ނީޝަލް މޮޔަވާވަރުވިއެވެ. އެ ކުޑަ ބަގީޗާއެއް ފަދަ ތަނުގައި ނީޝަލް ހިނގިއެވެ. ނީޝަލް އެކި ވައްތަރުގެ އެކިކުލަ ކުލައިގެ މާތައް ދިރާސާ ކުރަމުން ދިޔައިރު ނައިލް ހުރީ ޒުކާން ގޮވައިގެން އުނދޯލީގައެވެ. ނައިލް އަންހެން ކުދިންނަށް “އެލާރޖިކް” ވިޔަސް ކުޑަކުދިންނަށް ވަރަށް ފޯރި ހުރެއެވެ. ނައިލް އާއި އެކީ އުނދޯލީގައި އައިން ވެސް އިށީނދެލައިގެން އިނެވެ. ހަތްމަހަށް އަޅާފައިވާ ބަނޑާއި އެކީގައި އައިން ފެންނަނީ ނުހަނު ރީތިކޮށެވެ. ނައިލްއާއި އައިން ކުޑަކުޑަ ޒުކާން ގޮވައިގެން ވާހަކައެއްގައި ޖެހިފައި އިނެވެ.

“ފްރާންސް އިން މިކޮޅަށް އައިފަހުން ނީޝް ވަރަށް ހަމަހިމޭން ވެއްޖެދޯ..؟” ނީޝަލްގެ ހަރަކާތްތަކަށް ބަލަން ހުރެފައި ޒިވީން ބުނެލިއެވެ. “މިހާރު އަނގައިން ބުނެލަނީވެސް ވަރަށް މަދުފަހަރަކު..” އަލާން ވެސް އެއްބަސްވިއެވެ. “އެ ވެދާނެ މާހައުލު ބަދަލު ވީމައި މި ތަނަށް އެޖަސްޓް ވަނީކަމަށްވެސްދޯ…” ޒާއިން ގަސްތުކުރީ އިތުރަށް އެމައުޟޫއަށް ވާހަކަ ނުދައްކާށެވެ. ކައިޔަންއަށް ވެފައިވާ ވައުދު އުވާލަން ޒާއިން ބޭނުމެއް ނުވެއެވެ. ޒާއިންގެ ވިސްނުން ނަގައިގަނެވުމުން ޒިވީންވެސް އެވާހަކަ ނުދައްކާ އެހެން ވާހަކައެއް ދައްކަން ފެށިއެވެ.

މާތައް ފޮޓޯ ނަގަން ހުއްޓާ ނީޝަލްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ކާކުކަން އެނގުމުން ނީޝަލްގެ ތުންފަތްމަތީގައި ދުވެލި ހިނިތުންވުން އެކަކަށްވެސް ސިއްރެއް ނުވިއެވެ. “ހަލޯ މަންމާ..؟” ނީޝަލް އަވަހަށް ފޯނު ނަގާފައި ގޮވާލިއެވެ. “ދަރިފުޅާ ނީޝް..” އެކޮޅުން އަވްލީންގެ އަޑު ޖެހުމުން ނީޝަލް އަވަހަށް އާނއެކޭ ބުނެލިއެވެ. ހާލުއަހުވާލު އޮޅުން ފިލުވުމަށްފަހު އަވްލީން އެތައް ނަސޭހަތެއް ދިނެވެ. އަލާން އާއި ޒިވީންގެ ބަސް އެހުމަށެވެ. ކޮލެޖަށް ގޮސް ރަނގަޅަށް ކިޔަވަންވެސް ބުނެލިއެވެ. އަވްލީން ނައިލް އާއި ވާހަކަ ދައްކަން ބޭނުންވުމުން ނީޝަލް ނައިލްގެ އަތަށް ފޯނު ދީފައި އަލުން މާގަސްތަކުގެ ތެރެއަށް ވަނެވެ. ދަތުރު ވަރުބަލިވެފައި ހުރި ނަމަވެސް ނީޝަލް ބޭނުންވީ މާގަސްތަކުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނީޝަލްއަށް ފްރެންޗް ބަސް ހިތުދަސްވެފައި ހުރުމުން އެ މާގަސް ތަކަށް ގިނައިން ތައުރީފް ކުރެވެމުން ދިޔައީވެސް ފްރެންޗް ބަހުންނެވެ. “ނީޝް.. ނީޝްގެ ދަބަސް އެއޮތީ އަދި ބޭރުގައި.. އެ ހިފައިގެން އާދެބަލަ..” ލަގޭޖްތައް ގޭތެރެއަށް ވައްދަމުން އަލާން އެދުނެވެ. ބޯ ޖަހާލާފައި ނީޝަލް ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“އޭތް މާ ބާރަށް ކީއްވެގެން ތި ދުއްވަން ފެށީ..؟” ހިނގަމުން ދިޔަ އިޒްކާން އާއި އެއްވަރަށް ސައިކަލު ދުއްވަދުއްވާފައި ސްޕީޑް ބާރުކުރުމުން އިޒްކާން އެއްސެވެ. ރައްދުގައި ހިޔާން ޖަހާލީ ހަމައެކަނި ހިނިގަނޑެކެވެ. ބަލި ނުވާންވެގެން އިޒްކާން ދުއްވައިގަތެވެ. އުމުރުން އަށާރަ އަހަރުވިއެއްކަމަކު އެދެ މީހުންގެ އުޅުން ހުންނަނީ ތުއްތު ދެކުދިންގެ އުޅުން ހުންނާނެ ހެންނެވެ. ނަމަވެސް އެކަމުން އެ ދައްކުވައިދެނީ އިޒްކާން އާއި ހިޔާންގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމެވެ.

ނީޝަލްގެ ކޮނޑާއި ހަމައަށް އަރާވަރުގެ ވަށާފާރު މަތީގައި ބަހައްޓާފައި ހުރި ކުޑަ ދަބަސް ނަގަންވެގެން އަތް ދިމާކޮށްލި ތަނާހެން މީހެއްގެ ގައިގައި ލައިގަތެވެ. ދުވެފައި ދިޔަ އިޒްކާންއަށް މީހެއްގެ ގައިގައި އޭނާ ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ކުށްކުރީ އަހަންނެވެ.

Next

ނޭދެމޭ ވަކިވުމެއް-31

Next
December 2, 2020

ނޭދެމޭ ވަކިވުމެއް-31

Previews
December 2, 2020

ކުށްކުރީ އަހަންނެވެ.

5 Comments!

  1. yooon yooon says:
    December 2, 2020 at 3:42 pm

    Thanks a lot all my lovely readers… Insha allah I will upload part 2 soon as well… Love u all a lot.. I hope you all are doing fine.. And also take good care everyone

  2. ?Ril? says:
    December 2, 2020 at 4:21 pm

    Heiiii Yoon darl❤️
    Vrh Sali mi parts vsss❤️
    Omg izkaan and neeshal haadha cute eyyyy❤️ hehe I mean vrh lwbii edemeehun vss❤️❤️
    Neyge dhn neeshal libeynee kaakah kameh vss dhw hehehhee?❤️❤️❤️
    Nail allergic vany girls ah hahahhah ??
    Yoon liyunu two stories hen this will be❤️ awesome ur my fav author❤️ love uuuuu Yoon❤️❤️❤️
    Btw vrh digu vaahaka eh tha mee❤️
    Waiting for the next parts ❤️
    Love u again heheh❤️
    Stay safe and take care❤️
    I purple u Yoon borahae???

    1. yooon yooon says:
      December 2, 2020 at 8:30 pm

      Heiii Ril dearlss ??? Aww Thanks a lot Ril I am so happy that you enjoyed it ?? ahahaha yesh dhe kudhin vxx lwbi dhw ?? labba dhw who will get her ? ?? ahahaha I am so glad that you liked it ? Awwnn thats so sweet of u thank u so much Ril dear ?? Not sure like 25 + parts hunnaane hen yoon ah hyvany ?? Insha allah will upload it soon ingeii ?? Love u more n more ??? Aww I ? U too Ril.. you stay safe and take good care too ingeiii

  3. Nafha says:
    December 2, 2020 at 6:52 pm

    Nayl Girls ah allergic veyey buni bain I lost it?? hama hee hee edhun ves nuvettunee kiriyaa.. Hevvan ves rovvan ves yoon haa molhu author eh naf adhi nudhan nan.. Izkaan, Nyshal and Hiyaan dhw… Maayaa men ey kon baeh tho hoadhan Impatient gey varah… And lots of love ❤❤❤❤ varah rythi story eh.. And kon dhuhukun next part libeynee kiyan..? taeke care

  4. Xem says:
    December 2, 2020 at 6:58 pm

    Beautiful and amazing as always ????
    Xem varah beynun dhevana bai ves avahah kiyan????
    Love you ????

Comments are closed.

Next Episodeއެކުއްޖާ 2 – 2←


All Right Reserved!