ތީއޭ މިހިތުގެ ދިރުމަކީ (9)
ހަވީރުގެ ވަގުތެވެ. ހަލުވި ހިނގުމެއްގައި ގެއަށް ވަން އީނާ ހުއްޓުންއެރީ ރީހާން އާއިއެކު އޭނާ ގެ ކޮޓަރިން ނިކުން މާއިޒް ފެނިފައެވެ. ” އަހަ އީނޫ ތިއައީ ދޯ ” މާއިޒް އަށް ވައް ކަޅިން ބަލައިލަމުން ރީހާން ބުނެލިއިރު އަޑުގައި ލާނެތްކަމެއް ވެއެވެ. ލަދުން ހުރެ އީނާ ބޯޖަހާލިއެވެ. ” އީނޫ ދެން ހަމަ އީނޫގެ އަނގައަކުން ނުބުނާނަން ތަ ދޮންބެ ކައިރިއަކު ” ރީހާން ބުނެލިއެވެ. ” ދޮންބޭ ކޮންވާހަކައެއް ؟” ޙައިރާންވެ ހުރެ އީނާ ސުވާލުކޮށްލިއެވެ. ” ދޮންބެ ގެ ބެސްޓްފްރެންޑް ވަގަށް ނަގައިގެން އުޅޭވާހަކަ ، އައިމީން މާއިޒް އާއެކު ރިލޭޝަން އެތްގައި އުޅޭވާހަކަ ، ދޮންބެ ކައިރި މާއިޒް ބުނީ ” . ހިނިއައިސްފައި ހުރެ ރީހާން ބުނެލިއެވެ. ” ސޮރީ ދޮންބޭ ، މާއިޒް ބުނާނެކަން އިނގޭތީ ނުބުނީ ، ދޮންބެ ކައިރި ފަހުން ބުނަން ކަމަށް އަސްލު ހުރީ ، ދޮންބެ އޯކޭތަ؟ ” ނުތަނަވަސްވެފައި ހުރެ އީނާ އަހާލިއެވެ. ”އާން ދޮންބެ އޯކޭ އީން އަކަށް މާއިޒް އަށް ވުރެ ރަނގަޅު ބޯއީ އެތް ނުވާނެ ، ދޮންބެ ވަރަށް އުފާވެއްޖެ ” ރީހާން ބުނެލިއެވެ. ރަކި ހިނިތުންވުމަކުން ހީލާފައި އީނާ އޭނާ ކޮޓަރިއަށް ދިޔައީ މާއިޒް އަށް ހިނިތުންވުމެތް ހަދިޔާކޮށްފައެވެ.
***************
ދުވަސްތައް އޭގެ ބާރުމިނުގައި ފާއިތުވެގެން ދާއިރު ރީހާން މެންގެ ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ވާންޖެހޭ އެންމެ ފަހު ތައްޔާރީތައް ނިމިފައިވާއިރު އާދައިގެ ގޮތަކަށްކައިވެނި ރޭވިގެން ދިޔައީ އިޝްހާ އަދި ރީހާން ވެސް އެގޮތް ބޭނުން ވާތީއެވެ. އާއިލާ ގެ އިތުރުން އެކުވެރިންނާ އަދި ރީހާން ގެ އޮފީހުގެ މުއައްޒަފުންނާ އެކު ބާއްވާ ގޮތަށް މި ހަފްލާ ކުރުވެގެން ދިޔައެވެ. ކައިވެނީގެ ދުވަސް ބޯމަތިވެގެން ދިޔައިރު އިޝްހާ އަދި ރީހާން ގެ ގުޅުން ވެސް ފުދޭވަރަކަށް ވަނީ ގާތް ވެފައެވެ. މެސެޖް ގެ ޒަރީޢާޢިން ދެމީހުންގެ މެދު މަދުންނަމަވެސް ވާހަކަ ދެކެވިގެން ދެއެވެ. ދެހިތުގައި ވެސް އައު ވިންދެއް ޖަހަން ފެށީ ނޭނގިހުރެއެވެ. ޔޫލީ ގެ ހިތުގައި ދިޔައީ ރީހާން ހާސިލް ކުރާނެ ގޮތަކާ މެދު ރާވަމުންނެވެ. އިޝްހާ ރީހާން ގެ ހަޔާތުން ނެރެ އެތްލައިލާން އޭނާ ދިޔައީ ރާވަމުންނެވެ.
*******************
އާދުވަހަކަށް އިރު އެރީ އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ރީހާން މެންގެ ގެ ހަލަބޮލިވެފައިވަނީ ރޭގަނޑު އޮންނަ ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވެގެން ދާތީއެވެ. އެކުވެރިޔާގެ ކައިވެނިކަމުން އީމާ އަދި އީނާ ވެސް އިޝްހާ އާއި ނުހަނު ގާތުގައި ހެލިފެލިވެ އުޅެއެވެ. ހަމައެފަދައިން މާއިޒް އަދި ޒިހާން ގެ އެކިއެކި ދިމާކުރުންތަކާ ރީހާން ކުރިމަތިލަމުން ދިޔައިރު އޭނާ ހުރީ ބޯގޮވާހާ ވަރުވެފައެވެ. ” ސާބަހޭ ކަލޭމެންދެމީހުންނަށް ، އަދި ތިދެމީހުން ކައިވެނީގައި ނޭނގެ ވާނެ ވަރެއް ވެސް ، ހަނދާން ކޮށްލާތީ އަހަންނަށް ތި ކުރާ ވަރު ކޮށްލާނަން ، ދެން ދެމީހުން ދާން ވީނު ދެމީހުންގެ ލޯބިވެރިޔާކައިރިއަށް އަހަންނަށް ރެސްޓެއް ދީފައި ” ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން ރީހާން ބުނެލިއެވެ. ” ހޫމް ދެން ތިވަރަށް ފޮނުވާލަން ނޫޅުނަސް ގޮސްފާނަމޭ ތިއޮޅެނީ މިހާރު ފަހަރި އާ ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ނުލިބިގެންނެންނު ” ހެމުންހެމުން ޒިހާން މާއިޒް ގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. ” ހިނގާ އަހަރުންދާ އަވަހަށް އަހަރުމެން ކާލަން ވެސް މިއަދު ރީހާން ފަސްނުޖެހޭނެކަން ޔަޤީން ” އެނދުމަތިން ތެދުވަމުން މާއިޒް ބުނެލިއެވެ. އެއާއެކު ޒިހާން ވެސް އެނދުން ފުންމާގެން ކަހަލަ ގޮތަކަށް ތެދުވެފައި މާއިޒް އާއެކު ކޮޓަރިންނިކުތެވެ.
*****************
ރޭގަނޑުގެ ވަގުތެވެ. އިޝްހާ ކައިރީގައި ތިބި އީނާ އަދި އީމާ ވެސް ތިބީ ޕާޓީއަށް ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. ޕާޓީގެ ކުލައަކީ ދަނބުކުލަކަމުން އެދެމީހުން ވެސް ތިބީ އެއާއެތްގޮތަށް ހެދުން އަޅާއިގެންނެވެ. ގަދަ ދަނބުކުލައިގެ މިހާރުގެ ގޮތްގަނޑެއް އެކުލެވިފައިވާ އަބާޔާގެ މަތިން މަޑު ދަނބުކުލައިގެ ޝޯލް އެތް އަޅާފައިވާއިރު އީނާ ހުރީ ކަކުލުން ތިރިއަށް އަންނަ ގަދަ ދަނބުކުލައިގެ ހެދުމެއް ލައިގެންނެވެ. ލޯގަނޑުކުރިމަތީގައި އިޝްހާ އިން އިރު އެކިއެކި ހުނަރުވެރި ކުދިން އިޝްހާ ވަށާހަރަކާތްތެރިވަމުން ދިޔައީ ވީހާވެސް ފުރިހަމައަށް އިޝްހާ ރީތިކޮށްނިންމާލުމަށެވެ. ލޯގަނޑުކުރިމަތީ ހުރެ ދެފަރާތަށް އެނބުރެލި އިޝްހާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ހުދުކުލައިގެ ފުއްޕިވެޑިން ޑްރެސް ގައި ލޭސްފޮތި ހުރުމުން އިތުރަތް ފުރިހަމަ ކަން ދައްކައިދެއެވެ. ހެދުމައި ގުޅިގެން އަޅާފައިވާ ހުދުކުލައިގެ ޝޯލް ވެސް ވަނީ ޒަމާނީ ފެންވަރަށް އަޅާލެވިފައެވެ. މޫނުގައި ކޮށްފައިވާ ލުއިމޭކަޕުން އިޝްހާ ގެ ރީތިކަމަށް އެތައް ގުނައެތް ރީތިކޮށްދެއެވެ. ” ވާވް އިޝޫ ޔޫ ލުކް ގޯރޖަސް ، އައުޓް އޮފް ވޯޑްސް ، ހަމަ ރަނގަޅަށް ވެސް އެ އުޅޭ ރީހާން މިރޭ ހޭނެތޭނެ ، ” އިޝްހާގެ ދެއަތުގައި ހިފާލަމުން އީމާ ބުނެލިއެވެ. ” ތެދެއް ވަރަށް ލޯބި އިޝޫ މިރޭ ދޮންބެ ހުންނާނެ ފޯރިއެއް ” ހެމުން ހެމުން އީނާ ބުނެލީ އީމާ ކޮނޑަށް އަތް ވައްޓާލަމުންނެވެ. ” ތެންކިޔޫ ދެމީހުން ، ބަޓް އަހަރެން ވަރަށް ނާރވަސް ، ބަނޑުގައި ވެސް ހީވަނީ ކޮކާ އުދުހޭހެން ” ބަނޑުގައި ދެއަތް ވަށާލަމުން ނުތަނަވަސްވެފައި ހުރެ އިޝްހާ ބުނެލިއެވެ. ” އެ އޯކޭ ވާން ، އަހަރުން އެކްސްޕީރިއަންސް ނެތީމާ ބުނެދޭން ނޭނގެނީ އެކަމަކު އީނޫ އަހަރުމެންގެ ދުވަހު ހުންނާނެ އެތް ނު ނަސޭހަތް ދޭން އިޝޫ ” ލާނެތް ކަމާއެކު އީމާ ބުނެލިއެވެ. އީމާ އާއި އެއްބަސް ވުމުގެ ގޮތުން އީނާ ވެސް ބޯޖަހާލިއެވެ. ތިން އެކުވެރިން އެހެންތިއްބާ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން ޔުސްރާ އަދި ހުމެއިދް ފެނި އެ އާއިލާ އަށް ވަގުތު ދޭން އީމާ މެން ނިކުމެގެން ދިޔައެވެ. ”މާޝާﷲ ، ދަރިފުޅު ވަރަށް ރީތި މިރޭ ” އިޝްހާގެ ބޮލުގައި ފިރުމާލަމުން ހުމެއިދް ބުނެލިއެވެ. ” ތެދެއް ދަރިފުޅާ މަންމަ ގެ ދަރިފުޅުވެސް ބޮޑުވީއޭ ދޯ، ދަރިފުޅާ މަންމަމެން ކައިރީގައި ނެތެއް ކަމަކު ސަނާ މެންނަށް އިޙްތިރާމް ކުރާތި އިނގޭ އެއީ ވެސް މިހާރު ހަމަ ދަރިފުޅުގެ ދެވަނަ މައިންބަފައިން ކަހަލަ ބައެއް ، އެންމެ މުހިންމުކަން ތައް ، ފިރިމީހާ އަށް ކިޔަމަންވާން ވާނެ ، މިބުނީ ރަނގަޅުގޮތުގައި ، ދަރިފުޅުވާނެ ރަނގަޅުގޮތުގައި އުޅެން ނަމާދުކޮށް ޤުރުއާން ކިޔަވާ . މަންމަ މެން ވަރަށް ހަނދާން ވާނެ ދަރިފުޅު މަތިން މަންމަ މެން ކައިރިއަށް އަންނަން ވާނެ އިނގޭ ” ފެންކަޅިވެފައި ހުރެ ޔުސްރާ ބުނެލިއެވެ. އެއިރު އިޝްހާ ވެސް ހުރީ ރޮވޭގޮތްވެފައެވެ. ” ދަރިފުޅު ނުރޯއްޗޭ ، މޫނުމަތި ހަޑިވާނެ އެތް ނު” އިޝްހާ ގެ ކޮލުގައި ލޮއިއްބާއެކު ފިރުމާލަމުން ޔުސްރާ ބުނެލިއެވެ. އިޝްހާ ވަގުތުން ބޯޖަހާލިއެވެ. ” ކޮބާ ނިކުންނަން ވީނު މިހާރު ހުރިހާ ކަމެތް ވެސް ތައްޔާޜުވެއްޖެ އިޝޫ އައުން ދެން އޮތީ ” ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން ސަނާ ބުނެލިއެވެ. ” އާން މިހާރު މިނިމުނީ ނިކުންނަން ހިނގާ ދޯ ” ޔުސްރާ ބުނެލިއެވެ.
މުޅިޓެރެސް ތެރެ ރީތިކޮށްފައިވަނީ ދަނބުކުލައިގެ މާމެލާމެލިންނާ ފޮތިންނެވެ. އެ ޓެރެސްއަކީ ބޮޑުތަނަކަށް ވުމާއެކު އެތަނުގެ ރީތިކަން ނުލާހިކު ރީއްޗަށް ފާޅުވާން ހުއްޓެވެ. ކައިވެނިކުރެވޭ މޭޒު ކައިރި ހުރި ރީހަން މިރޭ މޮޑެލް އަކަށް ދޫނުކުރާހާ ރީއްޗެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރި އިރު އެތެރެއިން އަޅާފައި އިން އޮފީސްޓައީ އިނީ މަޑު ދަނބުކުލައެތްގައެވެ. ފަން އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ހިއްލާލައިފައެވެ. އޭނާ ކައިރި ތިބި ޒިހާން އަދި މާއިޒް ވެސް އެހާމެ ފުރިހަމައެވެ. ދެމީހުންވެސް މަޑު ދަނބުކުލައިގެ ގަމީހެތް ލާފައިވާއިރު ގަމީސްވަނީ ބެގީކޮށްލާފައެވެ. އެންމެންގެ ލޯތައް އަމާޒުވެގެން ދިޔައީ ޓެރެސްތެރެއަށް ވަން ޔުސްރާ އަދި ސަނާ ގެ މެދުގައި އިސްޖަހާލައިގެން ހުރި އިޝްހާ ފެނުމުންނެވެ. އޭނާ ގެ ފަހަތުގައި ހިނިތުނެވެލައިގެން ހުރެ އަންނަމުން ދިޔަ އީމާ އަދި އީނާ ވެސް ޒިހާންމެން ކައިރިއަށް އަވަސް ފިޔަވަޅުތަކެއް ގައި ދިޔައެވެ. އިޝްހާގެ ރީތިކަމަށް ރީހާން ދިޔައީ ހިތާހިތުން ތަޢުރީފްކުރަމުންނެވެ. އިޝްހާގެ ރީތިކަން މިރޭ އޭނާ ގެ ހިއްސުތަކާ ކުޅެލިކަން ޔަޤީނެވެ. އިސްޖަހާލައިގެން ހުރެ އިޝްހާ ރީހާން އާއި އެތް ވަރުވުމުން އިސްއުފުލާލިއެވެ. ނަމަވެސް ހަމަ އެބާރުމިނުގައި އިސްޖަހާލީ ރީހާން ގެ ކަތިނަޒަރު އޭނާ އަށް އަމާޒުވެފައި ޥާކަން އިނގުމުންނެވެ. ” ވަރަށް ރީތި މިރޭ މާޝާﷲ ” އިޝްހާ ކަންފަތް ކައިރިއަށް ގުދުވެލާފައި ރީހާން ބުނެލިއެވެ. އިޝްހާގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލަ އެވެ. ހިތުގެ ހިނގުން ބާރުވެގެން ދިޔައީ ހިތް އެދޭމީހާ ކިބައިން ތަޢުރީފް ގެ ބަސްކޮޅެއް ލިބުމުންނެވެ. އުފަލުން އޭނާގެ ހިތްދިޔައީ ނަށަމުންނެވެ. ކައިވެނީގެ ކަންތައް ފެށުމާއެކު މުޅިތަން ހަމަހިމޭން ވެގެން ދިޔައެތް ކަމަކު ގާޒީ ހުތުބާލައިދޭ އަޑު އެތަނުގައި އިވެމުންދިޔައެވެ. ކައިވެނިކުރެވޭ އަލަތު ދެމަފިރިންވެސް ތިބީ ނުތަނަވަސްވެފައެވެ. ނަމަވެސް ދެމީހުންވެސް ދިޔައީ ގާޒީ ކިޔާއެއްޗެހި ފުރިހަމަ އަށް އަޑު އަހަމުންނެވެ.
” އަނބި ޤަބޫލުކޮށްފިން ” އިވިގެން ދިޔަ ރީހާން ގެ އަޑާއެކު ތެޅެމުން ދިޔައިޝްހާ ގެ ހިތް މޭފަޅާފައި ނިކުންނާހާ ބާރަށް ތެޅިގަތެވެ. އެންމެން އެތް އަޑަކުން ހޯބޯލަތް ވަމުން ދިޔައެތް ކަމަކު ރީހާން އަދި އިޝްހާ އަށް އެ އަޑު ނީވޭ ކަހަލަ އެވެ. ދެމީހުން ވެސް އަމިއްލަ ދުނިޔޭގައި ދިޔައީ އުފާކުރަމުންނެވެ. ” ކޮންގްރެޓްސް އިޝޫ ” އީމާ އަދި އީނާ އިޝްހާ ގައިގައި ބައްދާލަމުން ބުނެލިއެވެ. ހިނިތުންވެލުން ނޫންކަމެތް އިޝްހާ އަކަށް ނުކުރެވުނެވެ. ކައިވެނި ކުރެވުނު ދެ ޖޯޑު އެދެމީހުންނަށް ޙާއްސަ ކުރެވިފައިވާ ތަނުގައި ހަމަޖެހިލިއެވެ. ދަނބުކުލައިގެ މަލާ ފޮތިން އެތަން ވެސް ވަނީ ނުހަނުހިތް ގައިމު ގޮތަކަށް ހަދާފައެވެ. އެތަންފެނި އިޝްހާ ހިތްހަމަ ޖެހުނެވެ. ޕާޓީ އަށް މީހުންތައް އަންނަން ފެށީ ދެނެވެ. އެކިއެކިމީހުންގެ ތަޢުރީފް ގެ ބަސްތައް ދެމަފިރިން ނަށް އަމާޒުވާއިރު ދުރުގައި ކޯކުތައްޓެއް ހިފައިލައިގެން ހުރި ޔޫލީ ގެ ރުޅިވެރި ނަޒަރުވަނީ އިޝްހާ އަށް އަމާޒުވެފައެވެ. ޔޫލީގެ ބެލުމުގައި އިޝްހާ ފިއްސާލާހާ ނުރައްކާތެރިއެވެ. ” ކަލޭ ހީކުރީދޯ ، ހުރެބަލަ ނިކަން ދެން ވާގޮތް ގޮތް ބަލަން އަހަރެން ހުއްޓާ އުފަލުގައި އުޅޭކަށް ކަލެއަކަށް ނުކެރޭނެ ” ޔޫލީގެ ދުލުން މި ލަފްޒް ތައް ބޭރުވިއިރު ވެސް ހުރީ ތުންފިއްތައިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Hello readers❤️❤️
Hope u love this part ❤️❤️
Next part ISA vrh avaha❤️❤️
Keep waiting ❤️❤️
Stay safe❤️❤️ and tvgc❤️❤️
Varah varah varah reethi and can we frnd???????
heyy.. hama bunelan othee mi prt vx vvvvv reehchey.. vrh sali ey.. hama completely speechless ey.. raihaan and Ish’ha ge suhagraath liyam and ahu brw ge suhaagraah ga v gothah binhelun nugennahchey.. Binhelun aranyaa kuree baiga angaalahchey.. endhga tape alhahvx ingeynee eyrunney.. Yooly gandu dheke vrh rulhi aadhey.. Manje dheke vr lwbi veyey.. xeentha mathin vrh handhaanvey.. aattey aa dhekudhin bas ahaigen dhen avahah dhariyaku hoadhan ulheyshey.. Aattey ah vrh salaamey.. manje maitashaa bafaibe ah vx vrh salaamey.. thi goathi kuda manje ah vx vrh salaamey.. vrh handhaanvey.. dhen hanee ey.. bye bye ey.. love u ey.. miss u ey..
hahahahahaha majaa cmnt eh dhw.. lol
In reply to gigs
Aleyyy thank uuu soo much ❤️❤️
Vrh vrh happy vehje mi part kamudhiyaamaa❤️❤️❤️❤️
Yhh sure we can be frnds I would love to ❤️
Hehehee ❤️❤️
Stay safe ❤️❤️and tvgc❤️❤️
Okk ?
WELCOM❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????
In reply to Nayaa
Thank uuu soo much naayuu❤️❤️❤️
Vrh happy vehje mi part kamudhiyaamaa❤️❤️❤️❤️❤️❤️☺️☺️
Thanks a lot dhoonee❤️❤️
Hahahaha liyam aa ahuu ge suhaagraathugaa vee vareh nuvaane eh nu dhn . ???????????
Yooly dhw Ril vxx vrh ruli aadey yooly deke??????
Aleyyy naayuu deke lwbi veyy Ril vxx. ❤️❤️❤️❤️❤️❤️??
Aattey aa demeehun bas ahaagen mioleny vxx.? Hmm bunaana salaam .? Eyynnn noolen Dari Aku hoodaakah naayuu dhakaa vhk dhw. ?????
Hurihaa enmenah vxx salaam bunaana ingey ❤️❤️❤️❤️?
Lysssssmmmm❤️❤️
Mymmmmm❤️❤️
Stay safe ❤️❤️and tvgc ❤️❤️
Hahahaha aan vrh majaa cmnt eh mee ?????????
V salhi mi part vex e uly dhurah laabala dhen?????
Yeojaaaaaaaaa???????????manjehyyyyyyyy… Koba kihineh thr???
Adhi kiriyaa dhaitha ah vagutheh mi V ingey dhoongnaa ⏰mizamaanuge gadi thakuge molhu kamun dhaitha gadiakaa hure vx mi hunnanee hijura olhifa viyya ⏳⌛ehn V ma Mihaa lahun cmnt eh kohlevey varu mi vee… Mihaaru maama dharinnaa kaafa dharinnaa munimaama Dharin thah vx balan jehenee dhaitha ah viyya.. Ehn V ma vaa varu.. Dhn Ekoe ehchekey hee kohlliyas Varihama
Kobaa Miskithu Aarifu Anhenun dharifulhaa dhoongnaa bunaakah ma koe V ufaavehjjey manje ma faahaga kuri mahssala thah hallu kohllaafa hureema… ???Hama ufaluge kolheh nei…. Koyaa Mi Yoolee kumar gandu ethanah vx dhiyaeeeeeeee???? Ey Yoolee kumar Kaley heevanee thr ainn? Ma dhuniyeyga hurihaa hindhaku kale ah laahikeh noon Ish aa beheykah… Kaley jeheynee Hama dhe fiyagandu dhamaigen roala roalaa onnan… ????manjey yeoja V salaamey ingey ♥️♥️♥️♥️♥️♥️kobaa Aarifu lhiyambe… Miskithuga dhw
Bai Kaifin thr?
Corona jehihjjeyyaa Allah ah wakeelu kohllaa
Dhn dhanee ey ingey
V lwbi vey ingey
In reply to princess
Thank uuu soo much ❤️❤️
Vrh happy vehje mi part kamudhiyaamaa❤️❤️❤️❤️❤️❤️❤️
Hehehhe keep waiting adhi yoolee vxx dhaane❤️❤️❤️❤️❤️
Stay safe ❤️❤️and tvgc ❤️❤️
In reply to ReeshA CoronA
Heyyyy reeeshooo❤️❤️❤️
Alhamdhulihlaahi Hama vrh baraabaru ingeyy❤️❤️❤️❤️❤️
Reesh kihineh ❤️❤️❤️
E okk vaane cmnt eh kohlee maa vrh happy ❤️❤️❤️❤️vehje☺️☺️. Ehchekey hieh nukurameyy Ril eh ❤️❤️❤️
Dhaithage Darin fathi Uran dhw dhaan vee
Hehehehhehehe❤️❤️??????
Thank uuuu soo much reeshooo ❤️❤️
Ril vxx vrh happy ingey ❤️❤️
Hehehehe yoolee hunaanee birun thaa reesh aa hadaagen hahaha❤️❤️❤️??????
Reesh ah vxx vrh salaam ingeyy❤️❤️
Aarif liyanbe vxx uleyne eh nu dhw aan miskitha gos vee❤️❤️???????
Bai nukan adhi ❤️❤️
Aaan goslaaa❤️❤️
Vrh lwbi vey Ril vxx❤️❤️
Stay safe❤️❤️ and tvgc❤️❤️