ތީއޭ މިހިތުގެ ދިރުމަކީ (11)
ޢަސުރުވަގުތު ވާން ގާތްވެފައި ވަނިކޮށް އިޝްހާ އޭނާ ގެ ފޯނުން ރީހާން އަށް ގުޅާލަން އަވަސްވެގަތީ އޮފީސް ނިމުމުންނެވެ. އެއިރު އީމާ ޒިހާން އާއި އެކު ދިޔުމުން މަގުގެ އެއްފަރާތެއް ގައި ހުރެ އިޝްހާ ރީޙާން ގެ ނަންބަރު ޑައިލް ކޮށްލިއެވެ.
” އަހަރެން ނިމިއްޖެ މިހާރު ” މަޑުމަޑުން އިޝްހާ ބުނެލިއެވެ. ” އޯހް އޯކޭ އަހަރެން ވެސް ނިމިއްޖެ މިހާރު މިދަނީ އިނގޭ ” ލޯތްބާއެކު ރީހާން ބުނެލިއެވެ. އިޝްހާ ގެ ތުންފަތައް ލުއި ހިނިތުންވުމެތް ވެރިވެގެން ދިޔައެވެ.
ހެދުނުގެ ވަގުރު ހިނގާ ދިޔަ ހާދިސާ އަށް ފަހު ޔޫލީ އާއި ރީހާން ދިމާވެފައި ނުވުމުން އެކަމާ ހިތްހަމަ ޖެހިފައި ރީހާން ހުއްޓެވެ. މުޅިދުވަސް މޫޑް ގޯސްވެފައި ހުރެ ފައި އިޝްހާ ގެ ފޯންކޯލާ އެކު އޭނާ ގެ މޫޑް ވަގުތުން ބަދަލުވެގެން ދިޔައީއެވެ. އަވަސް ހިނގުމެއްގައި ނިކުމެގެން ގޮސް އެއްފަރާތެއް ގައި ޕާރކް ކޮށްލެވިފައި ވާ ކާރަށް އަރައި ރިޙާން އިޝްހާ ހުރި މަންޒިލާ ހަމައަށް ދާން މިސްރާބުޖެހިއެވެ.
މާގިނައިރު މަޑުކުރަން އިޝްހާ އަކަށް ނުޖެހުނެވެ. ރީހާން ގެ ކާރު މަގުމަތިން ދައްކާލުމާއެކު ހިނިތުންވެވުނެވެ. އިޝްހާ އާއި ދާދިކައިރީ ކާރު ޕާރކް މަޑޫކޮށްލުމާއެކު އިޝްހާ ކާރަތެރެ އަށް ވަދެގެން ދިޔައެވެ. ދެމީހުންގެ ދެމެދު މާގިނަ ޥާހަކަ ނުދެކުނެއް ކަމަކު ދެމީހުންގެ މޫނުމަތިންވެސް ހިތްހަމަ ޖެހުމުގެ ކުލަވަރު ފެނިގެން ދެއެވެ.
އިރުއޮއްސިގެން ދިޔަވަގުތެވެ. ނަމާދުކޮށްގެން ކޮޓަރިއަށް ރީހާން އަށް ވެދެލެވުނުގަނޑިއާ އިޝްހާ ނަމާދައް އިނދެފައި ސަލާމް ދިންގަނޑި އާ ވީ އެތްގަނޑިއެކެވެ. ބޭއިޙްތިޠާރުގައި ރީހާން އަށް ހިނިތުންވެވުނެވެ. އިޝްހާ އަކީ އޭނާގެ ހައްޤެކޭ ހިތައް އަރުމާއެކު ތުންފަތުގައި ވާ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އިޝްހާ އަށް ލޯބިހުށައަޅަން ރީހަން ހުރީ ވަރަށް ބޭނުންވެފައެވެ. ލަސްކުރުމެތް ނެތި އަމިއްލަ އެކުވެރިންގެ އެހީއާއެކު މިކަން ނިންމަން އަވަސްވެގަތެވެ.
ބަރާބަރު އަށެއްޖެހިއިރު އަޙްމަދް ގެ އާއިލާ ތިބީ ކައިމޭޒުދޮށުގައެވެ. ކެއުމުގައި އަވަދިނެތި ކޮންމެ މީހެއް ވެސް އުޅެއެވެ. ކެއުމަތްފަހު ސޯފާގައި އެންމެން ހަމަޖެހިލިއެވެ. ” އެބައަންނަން އިނގޭ ވަރަށް އަވަހަށް މާއިޒް މެންނާ ބައްދަލުކޮށްލާފާ ” އިޝްހާ ގެ ކަންފަތް ބުޑުގައި މިހެން ބުނެލުމާއެކު އިޝްހާ ހިނިތުންވެލަމުން ބޯޖަހާލީ ރީހާން ދިޔަޔަސް ރަނގަޅުކަމުގައި ބުނުމުގެ ގޮތުންނެވެ. ” ދޮންބެ ދައްތާ ހިނގާބަ އަހަންނާ އެކު ފިހާރައަކަށް ދާން ” ރީހާން ދިޔުމާއެކު އީނާ ސޯފާއިން ތެދުވެލަމުން ބުނެލިއެވެ. ފޫހިވެފައި އިނުމުން އިޝްހާ ވެސް ބޯޖަހާލައިފައި އީނާ އާއެކު ތެދުވުމާއެކު އަޙްމަދް އަދި ސަނާ ވެސް އެމީހުންގެ ކޮޓަރިއައް ދިޔައެވެ.
******************
” އޭއި އަހަރެން ބޭނުން ތިމީހުންގެ ހެލްޕެއް ” ކުރިމަތީގައި ތިބި ޒިހާން އަދި މާއިޒް އަށް ބަލައިލަމުން ރީހާން ބުނެލިއެވެ. ” އަނެތްކާ ކޮންކަމަކާ ، އެހާ އަވަހަށް ފަހަރިއާ ދެމީހުން ޒުވާބެއް ހިންގީތަ ” ލާނެތް ރާގަކަށް މާއިޒް ބުނެލިއެވެ. ” ޕިސް އެހެންނެތް ނޫން ، އަހަރެން ބޭނުން އިޝްހާ އަށް ލޯބިހުށައަޅަން ، މިހެން ތިބޭއިރު އިޝްހާ ހީކޮށްފާނެ އަހަރެން އޭނާދެކެ ލޯބިނުވަނީއޭ އެހެންވެ ވަރަށް ބޭނުން ” ދެއަތްދެއަތާ ޖޯޑުކޮށްލާމުން ރީހާން ބުނެލިއެވެ. ” އޭން ކަލޭ ލޯބިވެވުނީ ތަ ؟ ” ޒިހާން އަހާލިއެވެ. ” އާން ނޭނގިނަމަވެސް ވެވިއްޖެ ” އިޝްހާ ގެ ތަސްވީރު ހިތަށް ސިފަކޮށްލަމުން ރީހާން ބުނެލިއެވެ. އެއާއެކު މާއިޒް އަދި ޒިހާން އަށް ވެސް ހިނިތުންވެވުނެވެ. ” އޭ މަށައް ފެންނަ ގޮތެއް ބުނަން ، ހިނގާ އެންމެން އޯވާ ނައިޓަކަށް ދާން ރިސޯޓަކަށް، އެތާ ވަރަށް ސްޕެޝިއަލް ކޮށް އިޝްހާ އަށް ލޯބިހުށައެޅިދާނެ އެތް ނު އަހަރުން އެހީވާނަމޭ ” ނިކަން ވިސްނަން އިނދެފައި މާއިޒް ބުނެލިއެވެ. ” އާންތީ ރަނގަޅުގޮތެއް އެހެންމާ މިކަން އަވަހަށް ނިންމަމާ މާދަމާ ނޫން އަނެތްދުވަހަށް ހަދަންވީނު ” ހިނިތުންވެލަމުން ރީޙާން ބުނެލިއެވެ. ” އާން އަހަރުންނަށް އޯކޭ ދޯ ޒިހާން ” ޒިހާން އަށް ދޯ އެތް އެތްލަމުން މާއިޒް ބުނެލިއެވެ. ” އާން ” ޒިހާން ވެސް ބުނެލިއެވެ.
” އެހެންމާ މިކަން އަދި އިޝްހާ ދެން އީން އީމާ އަށް އަންގަން ވާނެއެތް ނު އިޝްހާ ނިކަން އުފާވާނެ އެދެމީހުންވެސް ބާވެރިވަންޏާ” ހެވިލާފައި އިނދެ ރީހާން ބުނެލިއެވެ. އަނެތްދެމީހުންވެސް ބޯޖަހާލިއެވެ. މިކަމުގައި ތިންމީހުންވެސް މަޝްވަރާކުރަން ތިބެފައި ހޮޓަލުން ނިކުމެގެން ދިޔައެވެ. ރީހާން އާއެކު މާއިޒް އެގެއަށް ދިޔައީ އީނާ އާއި ބައްދަލުކޮށްލާށެވެ. މިކަމާ ރީހާން ވަރަށް ދިމާކުރިއެވެ.
****************
ފިހާރައިން އައިގޮތަށް އިޝްހާ ކޮޓަރި ބެލްކަނީ ހުރީ އެނާ ގެ މައިންބަފައިން ނާ ވާހަކަ ދައްކާލުމަށެވެ. ކޮޓަރި ދޮރުހުޅުވާލުމާއެކު ރީޙާން ވަނީކަން އިނގުމުން ފޯނުކުރުކޮށްލަމުން އިޝްހާ ކޮޓަރިތެރެ އަށް ވަތެވެ. ” އިޝްހާ އާދެބަލަ މިތަނަށް ވާހަކަ އެތް ދައްކާލަން ވެފާ އެބައިން ” ސޯފާގެއެތްފަޅީގައި އިށީންނަމުން ރީހާން ބުނެލިއެވެ. ބޯޖަހާލަމުން އިޝްހާ ރީހާން އާއި ތަންކޮޅެތް ދުރުގައި އިށީންދެލިއެވެ. ” ސޯ އަހަރެން މި ވިސްނަނީ ރިސޯޓަކަށް ދާން އޯވާ ނައިޓް އެތް ހަދާލަން މާއިޒް މެން ވެސް ދާނެ އެން އިޝްހާ ، އީމާ އެން އީން ކައިރި ބުނެލާއްޗޭ ، މާދަމާ ނޫން އަނެތްދުވަހު ދާން ކަމަށް” އިޝްހާ ގެ މޫނަށް ބަލައިލަމުން ރީހާން ބުނެލިއެވެ. ” އަސްލުތަ ؟ އާން ބުނެލާނަން ” އުފާވެފައި އިނދެ އިޝްހާ ބުނެލިއެވެ.
*****************
އޭގެ ދުވަހެއް ފަހުން އިޝްހާ މެން ހަމީހުން މާލެ ކައިރި އޮތް ރިސޯޓަކަށް ދިޔައެވެ. ރަށައް ފޭބުމާއެކު އެންމެން އުޅެން ހަމަޖެހިފައިވާ ގެސްޓް ރޫމް އަށް ދާން މިސްރާބުޖެހިއެވެ. ރީހާން އަދި އިޝްހާ އެއް ކޮޓަރިއެތްގައި އުޅެން ހަމަޖެހިފައި ވާއިރު ބާކީ ތިބި ހަތަރު މީހުން ގެ ތެރެއިން އީމާ އަދި އީނާ އެއްކޮޓަރިއެއްގައި އުޅޭން ހަމަޖެހުނެވެ. މާއިޒް އާއި ޒިހާން އަށް ވެސް އެއްކޮޓަރިއެއް ބޭނުން ކުރަން ހަމަޖެހުނެވެ.
އިޝްހާ އަށް ނޭނގޭނެ ހެން އީމާ އަދި އީނާ ގެ ވެސް އެހީ އާއެކު ރީހާން މިރޭ އަށް އޭނާގެ ޕްލޭން ކާމިޔާބުކުރަން ވިސްނިއެވެ. ތަނަކީ މީހުން ގިނަ ތަނަކަށް ވުމާއެކު ރީހާން ގެ ވިސްނުން ހުރީ އެމީހުން އުޅެން ހަމަޖެހިފައިވާ ކޮޓަރީގައި އެކަން ނިންމާލުމަށެވެ. އެހެންކަމުން ރީހާން އިޝްހާ ގޮވާގެން ހިނގާލަން ދިޔުމުން ބާކީ ތިބި ހަތަރުމީހުން ކޮޓަރި ތައްޔާރުކުރަން އުޅުނެވެ.
” ބާކީ ތިބި މީހުން ނައީ ކީއްވެ ؟ ” ވަކި ހިސާބަކަށް ހުއްޓެމުން އިޝްހާ އަހާލިއެވެ. ” އެމީހުން ވެސް ވަކިން ޓައިމް ސްޕެންޑް ކޮށްލަން ވެގެންނޯ ” ބޮލުގެ ފުށްކިބަ ކަހާލަމުން ރީޙާން ބުނެލިއެވެ. ” އޯ އޯކޭ ކޮބާ ކޮންތާކަށް މިދަނީ ” ދާނޭ ވަކި މިސްރާބެއް ނެތި ހިނގާތީ އިޝްހާ ސުވާލު ކޮށްލިއެވެ.
” ނޭނގެ ދެން މިރިސޯޓް ބަލައިލަން ދޯ ” ރީހާން ބުނެލިއެވެ. މެންދުރުގެ އަވިމަޑުކޮށްލުމާއެކު ހަމީހުން މޫދަށް އެރެން ރާވަމުން ދިޔައެވެ. ކުޅިމަޖާ މޮޑެގެން މޫދައް ދާން ހިޔާލުދިނީ އިޝްހާ އެވެ. މިކަމާ އެންމެންގެ ތާއީދު ލިބުމުން ހުރިހާ ސާމާނެއް އެތްކުރާން ތިން އަންހެން ކުދިން އަވަސްވެގަތެވެ. އެހެނީ ދެން މޫދައް ދާން މާގިނައިރެއް ނެތުމުން ނެވެ. ތިން ފިރިހެނުން އެމީހުންގެ އަމިއްލަ ވާހަކައިގައި މޭޒުދޮށުގައި ތިއްބެވެ. އެހާއިރުއް ސުރެ އިޝްހާ ކޮޓަރިއަށް ވަތަ ނުދީ ގެންގުޅެވޭތޯ އީމާ އަދި އީނާ ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ތިން ޖޯޑް ވަކިން މޫދުގައި މަޖާ ނަގަމުން ދިޔަ އިރު އެއީ އެންމެ ފުރިހަމަ ހަމީހުންނެވެ. އުފަލުގައި އެކަކު އަނެކަކާ ޖެއްސުންކޮށް އުޅުނެވެ. ނަމަވެސް ޒިހާން އަދި މާއިޒް މެން ޖަހާވަރަކަށް އިޝްހާ އަދި ރީހާން އަކަށް ނުޖެހެއެވެ. ކިތަންމެ ގާތް ވިޔަސް މިދެމީހުން ގެ މެދުގައި ވާ ބީރަށްޓެހިކަން މިކަމަށް ހުރަސް އަޅައެވެ.
ރޭގަނޑުގެ ވަގުތެވެ. ތަންކޮޅެއް ދަން ކޮށްލާފައި ހަމީހުން ސަކަރާތް ޖަހަން ތިބެފައި ރީހާން ގެ އިޝާރާތައް ކިޔަމަން ވެގެން ބާކީ ތިބި ހަތަރުމީހުން ނިދިއައީ ކަމަށް ބުނެ ކޮޓަރިތަކަށް ވަދެ ދޮރުޖެހިއެވެ.
ކޮޓަރިއަށް ވަން އިޝްހާ އަށް ކޮޓަރި އަނދިރިކަމުން ތަނެއް ދޮރެއް ހާހިސާބުވެސް ވަކި ނުވެއެވެ. ފަހަތުން އައި ރީހާން އިޝްހާ ސުވިޗް އާއި ދިމާލަށް އަށްދިކުރަމުން ދިޔަ އިޝްހާ ގެ އަތުގައި ހިފާ އޭނާ އާއި ކައިރި އަށް ދަމާގަތެވެ. އައިބާރުމިނުގައި އިޝްހާ ޖެހުނީ ރީހާން ގެ މޭގައެވެ. ހިތުގެ ތެޅުން އަވަސްވެފައި ހާލު އިޝްހާ އަށް މަޑޫމަޑުން ރީހާން އަށް ގޮވާލެވުނެވެ.
” އަހަރެން ބުނަން ދެން ލޯމަރައިގެން އިޝްހާ ހުރެބަ ޕްލީސް ބުނީމާ އިނގޭ ހުޅުވާނީ ” ވައިއަޑުން އިޝްހާ ކަންފަތް ދޮށުގައި ރީހާން ބުނެލިއެވެ. އިޝްހާ ގައިން ހީބިހިނަގައިގަނެވުނީ ރީހާން ގެ އަޑުގައި ވާ އަސަރުންނެވެ. ބޭއިޙްތިޔާރުގައި ލޯމަރާލީ ރީހާން އަށް އިތުބާރުކުރަމުންނެވެ. ” އިޝޫ ލޯމަރާފިން ދޯ ” އަލަށް އިޝްހާ އަށް ވަތަނަމުން ރީހާން މުހާތަބު ކުރިއެވެ. އިޝްހާ ގެ ހިތް އުފަލުން ނަޝާލިއެވެ. ” ހޫމް” މަޑުމަޑުން އިޝްހާ ހޫމް އަޅުވާލިއެވެ. ގަދަ އޮރެންޖް ގެ އަލިން އަލިވެގެން ދިޔަ ކޮޓަރިއަށް ބަލައިލުމަތް ފަހު ރީހާން ހިތްހަމަ ޖެހުމުގެ ނޭޥާ އެތް ދޫކޮށްލުމަތް ފަހު އިޝްހާ އަތުގައި ހިފައިގެން އެނދުގެ ކުރިމަތީ ގައި ރަތް ކުލައިގެ ފިނިފެން މަލުގެ ފިޔައިން ހަދާފައި އިން ހިތެއްގެ ތެރޭގައި އިޝްހާ ބެހެއްޓިއެވެ. ” ދެން ލޯހުޅުވާލަބަ ” އިޝްހާ ގެ ފަހަތުގައި ހުރުމަތްފަހު ރީހާން ބުނެލިއެވެ. މަޑުމަޑުން ލޯހުޅުވާލުމަށް ފަހު އިޝްހާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރިތެރޭގެ އެކި ދިމަދިމާލުގައި ފިނިފެންމާ ފިޔަވާއިރު އޮރެންޖް ކުލައިގެ އަލި ހުރި އުއްބައްތި ތަކުގެ ހުޅުތައް ދެކޮޅަށް ނަޝާލަ ނަޝާލަ ހުއްޓެވެ. މިވަނީ ކީއްކަން ނޭނގިހުރެ އިޝްހާ ފަހަތް ބަލައިލީ ރީހާން ގެ ހިލަމެއް ނުވުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




varah reethi mibaives maasha allah
Thank uuu sooo much Rishu❤️❤️
vrh ufaavehje kamudhiyaamaa ❤️❤️
Stay safe❤️❤️ and tvgc❤️❤️
Woww mi part ves vrh reethi.. MASHA ALLAH ??
So excited to read next one.. ?..
Thank uuu soo much Skyper❤️?
Vrh ufaavehje mi part kamudhiyaamaa❤️❤️
Next one vxx vrh avaha kiyaalan libeyne ❤️❤️
So keep waiting dear❤️❤️ ?
Stay safe ❤️❤️and tvgc❤️❤️
Helllo my dear readers ❤️❤️
Hope u love this part ❤️❤️
Next part ISA vrh avaha ❤️❤️
Stay safe ❤️❤️and tvgc ❤️❤️
V reethi Masha Allah v avahah genesdheeba next part ❣️❣️❣️❣️❣️❣️❣️❣️
Thank uuu sooo much princess❤️❤️
Vrh ufaavehje kamudhiyaamaa❤️❤️?
Next part mihaaru vaany submit kohlevifaa❤️
Keep waiting ❤️❤️?
Stay safe ❤️❤️ and tvgc❤️❤️
Wlc yeoja ? Yaya I m waiting dear?
Yesssuu dear . ❤️❤️??
Next part is now submitted . Soon kiyaalan libeyne ISA ?❤️❤️