ތީއޭ މިހިތުގެ ދިރުމަކީ (12)
ދެލޯ ބޮޑުކޮށްލަމުން އިޝްހާ މުޅި ކޮޓަރިތެރެ އަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރިތެރޭގެ އެކި ދިމަދިމާލުގައި ފިނިފެންމާ ފިޔަވާއިރު އޮރެންޖް ކުލައިގެ އަލި ހުރި އުއްބައްތި ތަކުގެ ހުޅުތައް ދެކޮޅަށް ނަޝާލަ ނަޝާލަ ހުއްޓެވެ. މިވަނީ ކީއްކަން ނޭނގިހުރެ އިޝްހާ ފަހަތް ބަލައިލީ ރީހާން ގެ ހިލަމެތް ނުވުމުންނެވެ.
އެއްފައި މައްޗަށް ކޮޅަށް އިން ރީހާން ގެ އަތުގައި ރަތް ކުލައިގެ ފިނިފެންމަލެއް ވާއިރު އެމޫނުމަތީގައި ވަނީ އަންހެން ކުދިން ގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. ދެލޯ ބޮޑުވެފައި ހުރި އިޝްހާ ގެ ކަނާއަތުގައި ރީހާން ގެ ފިނިއަތުން ހިފާލުމާއެކު އިޝްހާ ގެ ގައިން ހީބިހި ނެގިއެވެ.
” މީ …. ” މުޅިކޮޓަރިއަށާ ރީހާން އަށް ބަލައިލަމުން އިޝްހާ އަށް ބުނެވުނީ ހަމައެކަނި މިހެންނެވެ. ހިތުގެ ކަނެއްގައި ޓަކިދިން ހިޔާލުން ފުރަތަމަ ވެސް އިޝްހާ ގެ ހިތް އުފަލުން ނަޝާލި ކަހަލަ އެވެ. ” މީ އަހަރެން އިޝްހާ ކައިރި މިވާހަކަ ބުނަން އުޅޭތާ ވަރަށް ދުވަސް ވެއްޖެ ، އެކަމަކު ވެސް ރަނަގަޅު ފުރުސަތެއް ނުފެންނާތީ ނުބުނެވުނީ ، ބަޓް މިރޭ އަހަރެން އިޝްހާ ކައިރި މިވާހަކަ ބުންނަން ވަރަށް ބޭނުން ، އައިލަވް ޔޫ އިޝޫ ، ކައިވެނީގެ ކުރިންވެސް އަހަރެން ގެ ހިތުގައި އިޝްހާ ގެ ނަންވި ބަޓް އަހަރެން ޤަބޫލުކުރަން ބޭނުންނުވީ ބަޓް މިހާރު އަހަރެން ހިތާ ފުރާނަ އިން އިޝްހާ ދެކެ ލޯބިވޭ އައިލަވް ޔޫ ސޯމަޗް ބުނެބަ އަހަރެންގެ ލޯބި ޤަބޫލުކޮށް އަހަރެންނާ އެކު އުފާވެރި ދިރިއުޅުމެތް ފަށަން ތައްޔާރުތަ ” އިޝްހާ ގެ އަތަށް ބާރުކޮށްލަމުން ވަރަށް އަސަރާއެކު ރީހާން ބުނެލިއެވެ. އިޝްހާ ގެ ދުލުގައި ތަޅެއް ލެވުނު ކަހަލަ އެވެ. އަނގައިން ބަހެއް ނުނިކުންތާ މޫނުމަތިން ވަކި އަސަރެއް ނުފެނެވެ. ފެންނަހާވެސް އެއްޗަކީ އޭނާ ގެ ދެލޮލުގައިވާ ތެއްކަމެވެ. ރީހާން ގެ ބަސްތައް އިޝްހާ ގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. ލޯބީގެ ފޮނިކަން އެވަގުތު އިޙްސާސްވިއެވެ. ރީހާން ގެ އަތުތެރެއަށް ވަންނަން ހިތް ގޮވަމުން ދިޔައެވެ. ހިތުގެ އެދުމަށް އިޖާބަ ދިނުމަށްޓަކައި އިޝްހާ ދެކަކޫ މައްޗައް ތިރިވެލަމުން އޭނާ ގެ ދެއަތް ރީހާން ގެ ކަރުގައި ވަށާލިއެވެ. ލިބުނު ހައިރާން ކަމެތްގެ ސަބަބުން ރީހާން އޭނާގެ ދެއަތް އިޝްހާ ގެ އުނގަނޑުގައި އަޅުވާލިއެވެ. ” ޔެސް ޔެސް އައިލަވްޔޫ ޓޫ ރީހާން ، އަހަރެން ތައްޔާރު ރީހާން އާއެކު އުފާވެރި ދިރިއުޅުމަކަށް ވެސް ތައްޔާރު ” ކުރަކިވެފައި ވާ އަޑާއެކު އިޝްހާ ބުނެލިއެވެ. ވީ އުފަލަކުން ރީހާން އިޝްހާ އިތުރަށް އެމޭތެރޭގައި ބޮޑިކޮށްލިއެވެ. އެހެން ތިބުމަށް ފަހު އިޝްހާ ރީހާން ގެ ގައިން ދޫކޮށްލި އިރު އޭނާގެ މޫނުމަތީގައި ލަދުރަކި ކަން ވެއެވެ. ލުއިލުއިކޮށް ރީހާން އިޝްހާ ގެ ތުންފަތަށް ބޮސްދިނީ އިތުރަށް ކެތް ނުވުމުންނެވެ. އަތްދަނޑި މައްޗަށް އިޝްހާއުފުލާލަމުން ރީހާން ތެދުވީ މިރޭ އެދޭތެރޭ އިތުރު އެއްވެސް ފާރެތް ނެތުމުންނެވެ.
އިރުގެ އަލިން ދުނިމަތި އަލިކޮށްލުމާއެކު ހެން އިޝްހާ އަށް ތެދުވެވުނެވެ. ކައިރީގައި ލޯބިގޮތަކަށް އިޝްހާ ގެ އުނގަނޑުގައި އަތް އަޅުވާލައިގެން ނިދާފައި އޮތް ރީހާން ގެ ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅުކޮށްލަމުން އެ ނިތްކުރިއަތް ބޮސްދިނުމަށް ފަހު މަޑުމަޑުން ތެދުވެލައިގެން ފާހަނަ އާހިސާބައް ދިޔައީ ރޭގައި ފަތިސްނަމާދު ނުކުރެވުމުން ނަމާދު ޤަޟޯ ކޮށްލުމަށެވެ. ރޭގެ ހިޔާލުތައް އިޝްހާ ގެ ސިކުނޑީގައި ވަށާލުމާއެކުހެން ލަދުން އިޝްހާ ގެ މޫނު ރަތް ވާވަރުވިއެވެ. ފެންވަރާ ތާޒާވެލައިގެން ފާހަނަ އިން ނިކުން އިރު ނިދިމޫޑާއެތްކޮށް އެނދުގެ ފަޑީގައި ލަތްގަނެލައިގެން ރީހާން އިން އިރު ރަނގަޅާށް ދެލޯވެސް ނުހުޅުވެއެވެ. ދެފަރާތައް ބޯހޫރުވާލަމުން އިޝްހާ ރީހާން ކައިރި އަށް ހުއްޓިލަމުން ރީހާން އަށް ގޮވަން ފެށިއެވެ. ދެލޯކުޑަކޮށް ހުޅުވާލުމަށް ފަހު ރީހާން އިޝްހާ ގެ އަތަށް ދަމާލުމަތްފަހު އެ ތަނަވަސް މޭމަތީގައި އިޝްހާ ލައްކޮށްލިއެވެ. ” ދެން ރީހާން އަހަރެން ދާން ވެއްޖެ އަދި ނަމާދުވެސް ކޮށްލަން ޖެހޭ ދެން ތެދުވެގެން އާދޭ އަވަހަށް ސައިބޯން ދާން މިހާރު އަނެތް ހަތަރު މީހުން ވެސް އުޅޭނެ ހޭލައިގެން ” ރީހާން ގެގައިން ދުރުވެލަން މަސައްކަތް ކުރަމުން އިޝްހާ ބުނެލިއެވެ. ” އޯކޭ ” މިހެން ބުނެލައިފައި އިޝްހާ ގައިން ރީހާން ދޫކޮށްލުމާއެކު އަވަހަށް ނަމާދުކޮށްލަން އަވަސްވެގަތެވެ. އެއިރު ރީހާން ފާހަނަ އާއި ދިމާލަށް މިސްރާބުޖެހިއެވެ. ދެމަފިރިން އެތްކޮށް ކޮޓަރިން ތައްޔާރުވެލައިގެން ނިކުން އިރު އީމާ އަދި އީނާ ކައްކާ ބައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އިޝްހާ މެން އައިކަން އިނގުމުން ދެމީހުންވެސް ފަހަތް ބަލައިލިތަނުން ފުރަތަމަ ވެސް އަޅާއިގަތީ ގުޅާލެވިފައިވާ އެދެމީހުންގެ ދެއަތެވެ. އެއިރު ދެމީހުންގެ ތުންފަތުގައި ވާ ހިނިތުންވުން ވެސް ފުޅާވެގެން ދިޔައެވެ. ” އިޝޫ ކޮންގްރާ ، ދެމީހުންނަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް އެދެން ” ނިކަން ހިނިއައިސްފާ އީމާ ބުނެލިއެވެ. ” ތެދެއް ދޮންބޭ އެން ދޮންބެދައްތާ ޔޫ ލުކް ސޯ ކިޔުޓް ޓުގެދާ ” ދެއަތްތިލަ ޖޯޑުކޮށްލަމުން އީނާ ބުނެލިއެވެ. ” ތެންކިޔޫ ދެމީހުން މިމީހުންގެ އެހީތެރިކަމާ އެކި ދޯ ރީޙާން ރޭގައި ރޫމް ޑެކެރޭޓް ކުރީ ” ރީހާން އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ޖަވާބުގައި އިޝްހާ ބޯޖަހާލިއެވެ. ” ކޮބާ މާއިޒްމެން ” މުޅިތަނަށް ނަޒަރު ހިންގަމުން ރީހާން ބުނެލިއެވެ. ” ބޭރަށް ނިކުމެފައި ވީ ދެމީހުންވެސް ” އީމާ ބުނެލިއެވެ. ވަގުތުން ހިނގުނު ހާ އެންމެ ބާރަކަށް ހިނގަމުން ރީހާން ނިކުމެގެން ދިޔައެވެ. ” ހިނގާ ދޯ ތިންމީހުންވެގެން ސައިގެ ކަންތަކާ އުޅޭން ” އިޝްހާ ބުނެލިއެވެ. ” ހޫމް މިއަދު ވަރަށް ވިއްސާރަ ވައްތަރަކަށް އުޅެނީވެސް ފަތިހު އޮތް ވިއްސާރަވެސް ވެހިފާ ، އައި ލަވް ރެއިން ” އެންމެނަށް ކޮފީގިރަން ތައްޔާރުވަމުން އީނާ ބުނެލިއެވެ. ” އަސްލުތަ ، ވާނެ އިނގޭ ތެމެން ވެހިއްޖެއްޔާ ” ނިކަން އުފާވެލާފައި އިޝްހާ ބުނެލިއެވެ. ” ހޫމް ” ނިކަން ފޯރީގައި އީނާ ބުނެލިއެވެ. ވާހަކައިގައި ތިބެގެން ނަމަވެސް ތިންމީހުން ނުލާހިކު އަވަހަށް ސައިތައްޔާރުކޮށްނިންމާލިއެވެ. މޭޒުމަތި ތައްޔާރު ކުރަން އީމާ އަދި އިޝްހާ ތިބުމަށް ފަހު އީނާ ދިޔައީ ތިން ފިރިހެނުންނަށް ގޮވާށެވެ. ދިޔަތާ އަވަހަކަށް އެމީހުންވެސް އައެވެ. އެއިރު އިޝްހާ މެން މޭޒު މައްޗަށް އެއްޗެހި އަރުވާވެސް ނިމިއްޖެއެވެ. ” މިއަދު ފުރަން ޖެހޭނެ ، މިހެން ނުތުބެވޭނެ އެންނު ދޯ މަސައްކަތައް ވެސް ނިކުންނަން ޖެހޭނެ ” ރޮށިކޮޅެއް އަނގަޔަށްލަމުން ރީހާން ބުނެލިއެވެ. ” އާން އެކަމަކު މިއަދު މޫސުން ތަންނުދިނީ އާ ކިހިނެތް ހަދާނީ ” އިޝްހާ ބުނެލިއެވެ. ” ދެން އެއިރަށް ބަލާނީ ދޯ މެންދުރައް ފުރަން ހަމަޖެހުނީ ” ރީހަން ބުނެލިއެވެ. އެކިއެކި ވާހަކައިގައި ތިބެގެން އެންމެން ކައި ނިންމާލިއެވެ. ގިނައިން އެމޭޒު ދޮށުގައި ދެކެވުނީ އިޝްހާ އަދި ރީހާން ގުޅުނީމާ އެކަމަށް އުފާވެފައި ތިބި ވާހަކަ އެވެ.
**********************
މޫނުހަދައިގެން އިން ޔޫލީ ގެ ނަޒަރުވަނީ ހުސްކޮށްހުރި ރީޙާން ގެ ކެބިން އާއި ދިމާލަށެވެ. އޮފީސް ކުއްޖެއް ގެ ފަރާތުން ރީހާން އޭނާގެ އަންހެނުންނާއެކު ރިސޯޓަކަށް ގޮސްފައިވާ ކަން އިނގުނީއްސުރެ އެމޫނުމަތީގެ ކުލަވަނީ ވެއްޓިފައެވެ. މޫނުގަނޑު ކުނިކޮށްގެން އިން އިރު ދޭތެރެ ދޭތެރެ އިން އިޝްހާ އާއި ދިމާލަށް ކުދި ކިޔައެވެ. އެދެމީހުން ދުރުކުރުމަށް ހިތް އެދި ގޮވަމުން ދިޔައެވެ. ” ސާބަސް ޔޫލީ ދެން މިހާރު ރީހާން ސަރ ހޯދުމުގެ ހުވަފެންތައް ނުދެކެން ވީނު ދެން އޭނާ އެތް ނުލިބޭނެ އޭ މިހާރު އެއީ މީހެއްގެ ފިރިއެއް ” ޔޫލީ ކައިރި ޖެހިގެން އިން ކުއްޖެއް ބުނެލިއެވެ.
” ހުއް ކަލެއަތް ކީއް އެ ! އަހަރެން ރީހަން ހޯދާފައި ނޫނީ ދުލެއް ނުކުރާނަން ، އަހަންނަށް ހަޔޯ އެއީ މީހެއްގެ ފިރިއަކަށް ވިޔަސް ” އެ ކުއްޖާ އަށް ކަޅިއަޅާލަމުން ދެއަތް މުއްކަވާލަމުން ޔޫލީ ބުނެލިއެވެ. އެކުއްޖާ ދެފަރާތައް ބޯހޫރުވާލީ ޔޫލީގެ ގޮތްގަނޑު އިނގޭތީއެވެ.
***********
މޫސުން ގޯސްވުމުގެ ސަބަބުން ރީހާން މެން ދެން ޖެހިގެން އޮތް ދުވަހަށް ދިޔުން ލަސްކޮށްލިއެވެ. އީމާ މެންގެ ފަރާތުން އިނގިފައި ވާ ގޮތުގައި ކަނޑުގަދަ ދުވަސްދުވަހު އިޝްހާ ދަތުރުކުރަން ބިރުގަންނަކަން އިނގުނީއްސުރެ ރީހާން ދިޔުން ލަސްކުރިއެވެ.
ވާރޭގެ ތިކިތައް ދުނިމައްޗަށް އޮއްސާލީ އިޝްހާ އަދި ރީހާން ބޭރަށް ނިކުމެ އުޅުނު ވަގުތެވެ. ވަގުތުން ފުރާލެތްގެ ހިޔާވެހިކަން ރީހާން ހޯދިއެތް ކަމަކު ވާރޭތެރެ އަށް ދެއަތް ފުޅާކޮށްލައިގެން ހެވިދިލިފައި އިޝްހާ ހުއްޓެވެ.
” އިޝޫ އާދޭ މިތަނަށް ބަލިވެދާނެ ” ކަންބޮޑުވެފައި ވާހާލު ރީހާން ތަންކޮޅެއް ބާރަށް ބުނެލީ ވާރޭގެ ސަބަބުން އޭނާ ގެ އަޑު އިޝްހާ އަށް ނީވިދާނޭތީއެވެ. ” ނޯ ވަރަށް ދުވަސް ވެއްޖެ އޭ ނުތެމޭތާ އައި ލަވް ރެއިން ޕްލީސް ރީހާން ، އެހެންނޫނީ އާދެބަ ރީޙާން ވެސް ވަރަށް މަޖަލޭ ” ރީހާން ކައިރި އަށް ޖެހިލަމުން އިޝްހާ ބުނެލިއެވެ. އިޝްހާ ކިޔާ ކިޔާ ކުރުނުކޮށްގެން އެންމެ ފަހުންރީހާންވެސް ވާރޭ ތެރެއަށް ނިކުތެވެ. ސިކުންތެއް ތެރޭގައި ރީހާން ވެސް ތެންމާލިއެވެ. އިޝްހާ އުޅެމުން ދިޔަ ބޭބީ ވައްތަރުން ރީހާން ހުރީ ހެވިފައެވެ. އިޝްހާ އަށް ރީހާން ބަލާކަން އިނގުނުތަނުން ހަރަކާތްތައް މަޑުޖައްސާލަމުން އިސްޖަހާލީ ލަދުގަތް ލެތްބޮޑުކަމުންނެވެ. ހިނިތުންވެލަމުން ރީހާން އިޝްހާ އާއި އެތްވަރުކުރުމަތްފަހު އެ ތުނިހަށީގަނޑުގައި ދެއަތް ވަށާލަމުން އެ އަތުތެރޭގައި ބޮޑިކޮށްލީ ނުހަނު ލޯބިންނެވެ. އިޝްހާ ވެސް އޭނާ ގެ އަތް ރީހާންގެ ބާމަތި ފުޅާ ހަށިގަނޑުގައި ވަށާލިއެވެ. ވާރޭގެ ސަބަބުން ދެހިތަށް ލިބިފައި ވާ ހަމަޖެހުން އެތައް ގުނައެތް ބޮޑެވެ. ” ދެން ހިނގާ ދާން މިހާރު ވަރަށް އިރުވެއްޖެ އެންނު ދޯ ” އިޝްހާ ގައިން ދުރުވެލުމަތް ފަހު އެދެ ކޮނޑުގައި ހިފާލަމުން ރީހާން ބުނެލިއެވެ. އިޝްހާ ވެސް ބޯޖަހާލީ ރީހާން އާއި ދެބަސް ނުވުމަށެވެ. ދެއަތް ގުޅާލަމުން ދެމީހުންވެސް އެތްވަރަކަށް ހިނގައިގަތީ އެމީހުން އުޅޭ ގެއާއި ހިސާބަށް ދިޔުމަށެވެ. އެއިރު އެތަނުގައި އެމީހުންނޫނަސް އެތައް ޓުއަރިސްޓުން ވާރޭގައި ތެމި ފޯވަމުން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Hello readers ❤️❤️
Hope u love this part 2❤️❤️
Next part ISA vrh avaha❤️❤️
Stay safe ❤️❤️and tvgc❤️❤️
Brwww ehkala kahala grammar mistakes adhi vx eboalhe… Gadi kiyaa iru adhi vx hama gandi liyevenee dhw… Manje visnaalahcheyy ?
Amayyaaaaaiiiiiiii Ishhaa namaadhah ereeru wuloo gehlleynehnnu ???Reehaan gaiga aiy leema… Faahaanain nukun thanaa Reehaan Ish-Haa dhamaalee.. Dhn Ish-Haa eree namaadhah(ey Anehkka firimeehaa aiy liyas wuloo nugehleythr) ?
Klw gayaaaaaa Reehaan propose kuree ?????????????
Congratulations ? ? ? ? ? ? ?????????????
Mee Reesh ge faraathun dhey hadhiyaa eh ingey ?rangalhu dhw…
YEOJA manjey koba kihineh thr? Amayaa bafayaa enmenah salaam ingey… Koba magey fahari? Geyga dhw ?
Koba aarifu lhiyanbe? Miskithuga dhw ? lhiyanu hukuru dhuhu khuthubaa vx kee dhw Islaamee marukazu ga ????V salhi ey Aarifu lhiyanbe khuthubaa kiyaalaa iru vx ????
Ey manjey ma vehjje Aharumen ge jagaha ah vadhelan… Dhanee ey ingey.. Bye bye ? ? ?
Mistake ebahuri dhw . ❤️❤️Ril check eh nukuramey mifaharaku . Kurin check kohfaa hureemaa .❤️❤️❤️
But ISA dhn ragalu vaane ingey ❤️❤️❤️
Eyyy Ril akah neyge eyyy. Anehen nugosvxx faane eh nu dhw .❤️❤️ Ehn simply ahleemaa. Alsu neyge I just wrote it . ??????
Reehaan akah vxx dhn nuhureveyne eh nu dhw lwbi confess nukoshe kehvaany vaki varakah nu dhw ❤️❤️❤️❤️????
Alhamdhulihlaahi YEOJA Hama baraabaru ❤️❤️❤️❤️❤️. Reesh kihineh tha ???❤️❤️ Aaan enmenah salaam hunaanamey reesh ge salaam❤️❤️❤️❤️
Aaan dhn Aatte hunaanee miskie noon konthaaku dhw ??????
Sali dhw eyna huthubaa kiyan vxx hunanee misrun seedaa PHD ehchehi hadhaafaa ehaa Deen Veri vaane ????❤️❤️❤️
Aaan goslaa ingey me vx miaee Ethanah vadelaafaa❤️❤️❤️
Byeee stay safe❤️❤️ and take care ❤️❤️
Lysssmmm❤️❤️❤️
YEOJA this part is also awesome
you are one of my fav author
lyssm
In reply to Rishu
Thank uuu soo much ❤️❤️
Vrh ufaavehje mi part vxx kamudhiyaamaa❤️❤️❤️❤️❤️❤️??
Aslu aleyy vrh ufaavehje Rishu ge fav authors thaku therey himeneytheee❤️❤️❤️❤️❤️❤️???
Stay safe ❤️❤️and tvgc❤️❤️
Lymmmm❤️❤️