ތީއޭ މިހިތުގެ ދިރުމަކީ (15)
ކޮންމެ ދުވަހެކޭ އެއްފަދައިން ރީހާން އިޝްހާ އޮފީހަށް ލުމަށްފަހު އޭނާ ވެސް އޮފީހަށް ދާން މިސްރާބުޖެހިއެވެ. ކައިވެންޏާ ގުޅިގެން އީމާ އޮފީހުން ޗުއްޓީއެއް ނަގާފައިވާތީ އާދަޔާ ހިލާފަށް އިޝްހާ ފޫހިވިއެވެ. ބްރޭކް ގަނޑީގައި ވެސް އޮފީހުގެ ކެންޓީނުން ކާލުމަށް ފަހު މަސައްކަތް ކުރަން އިޝްހާ ފެއްޓީ ރީހާން ކުރި މެސެޖް އަށް ރިޕްލައި ދެމުންނެވެ. ގެއަށް ދާން ކައިރިވެފައި ވަނިކޮށް ފޯނުން އަޑެއްކިޔާލުމާއެކު އިޝްހާ އޭނާގެ ފޯނުހުޅުވާލީ ރީހާން ގެ މެސެޖް އެތްކަމަށް ހީކޮށެވެ. ނަމަވެސް އައިސްފައިވަނީ ވައިބާރ އިން ނުދަންނަ ނަންބަރަކުން ކޮށްފައިއިން މެސެޖް އެކެވެ. މެސެޖް އަކާ އެކު ދެތިން ފޮޓޯގަނޑުއިން އިރު ވައިފައި ސްލޯކަމުން އެތަނުން އެއްފޮޓޯވެސް ނުފެނެއެވެ. ފޮޓޯތައް ލޯޑުވާން ހެދުމުން އައިސްފައިވާ މެސެޖް މަތިން ހަނދަން ވުމާއެކު އިޝްހާ މެސެޖް އަށް ނަޒަރު ހިންގާލިއެވެ. އެ މެސެޖް ކިޔާލުމާއެކު އިޝްހާ ގެ އަތުން ފޯނު ދޫވެ މޭޒްމައްޗަށް ވެއްޓުނެވެ. ދެލޯބޮޑުވެފައި ޥާއިރު އަނގަމަތީ އަތްއަޅާލަމުން ދެފަރާތައް ބޯހޫރުޥާލީ އެ މެސެޖް ގައިވާ އެއްޗެއް ގަބޫލުނުކުރާނަމޭ ބުނާފަދައިންނެވެ. އަދިއެތްފަހަރު މެސެޖް ކިޔާލުމަށް އިޝްހާ ފޯނުނެގިއެވެ. ” ކަލޭ ކަލޭ ގެ ފިރިމީހާދެކެ ވަރަށް ލޯބިވޭ ދޯ އެކަމަކު އޭނާ ނުވޭ ، ބޭވަފާތެރިކަމުގެ ހިތިކަން ކަލޭގެ ކަރުބުޑުގައި ލާކަށް ގިނަދުވަހެއް ނެތް ” ހިތާހިތުން އިޝްހާ އެމެސެޖް ކިޔާލިއެވެ. އެއާއެކު އައިސްފައިވާ ފޮޓޯތައްވެސް ސާފުވެގެން ދިޔައެވެ. އަންހެން ކުއްޖަކާ ގައިގޯޅިވެގެން ހުރި ރީޙާން ފެނުމާއެކު އިޝްހާ ގެ ހިތްހުއްޓުނުކަހަލައެވެ. އެކަކު އަނެކަކާ ތައްވެގެން އެދެމީހުން ތިބިއިރު އެދޭތެރެ އަށް ވައިރޯޅިއެތް ހާހިސާބުވެސް ނުވަދެވޭނެކަން ޔަޤީނެވެ. އެކިދުވަސްތަކުގެ މަތިން ޔޫލީ ނަގާފައިހުރި ފޮޓޯތައް އިޝްހާ ގެ ލޯކުރިމަތިން ފެންނަމުން ދިޔައިރު އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެތް ޤަބޫލުކުރަން އިޝްހާ ގެ ހިތަށްވަނީ އުނދަގޫވެފައެވެ. ދެލޮލަށް ބޮނޑިވި ކަތުނަތައް ހިންދާލަމުން އިޝްހާ އިންގޮނޑިން ތެދުވެ ބޭރަށް ނިކުން އިރު ރީހާން ކާރުގައި އެތާ މަޑުކޮށްލައިގެން ހުއްޓެވެ. އިޝްހާ ފެނުމާއެކު އަތްހޫރާލިއިރު ފިރިހެންވަންތަ ހިނިތުންވުމެތް ތުންފަތައް ވެރިކޮށްގެން ރީހާން ހުއްޓެވެ. ރީހާން ފެނުމައެކު ވަކިން ބޮޑަށް އިޝްހާ ގެ ހިތަށް ތަދުވެލިއެވެ. މަޑުހިނގުމެތްގައި ރީހާން އާއި ހަމަ އަށް އިޝްހާ ދިޔުމާއެކުހެން ރީހާން ލޮއިއްބާއެކު އިޝްހާގައިގައި އޭނާގެ ދެއަތް ވަށާލިއެވެ. މާޔޫސްވެފައި ހުރިއެތްކަމަކު ރީހާންގެ އެހަރަކާތަކަށް އިންކާރުކުރާކަށް އިޝްހާ އަކަށް ނުކެރުނެވެ. ދެމީހުން އެކުގައި ކާރަށް އެރާފައި ގެއަށް ދާން މިސްރާބުޖެހިއެވެ. އިރުކޯކޮޅާހެން އިޝްހާ އަށް ރީހާން އާ ދިމާލަށް ބަލައިލެވެނީ އިޙްތިޔާރަކާ ނުލައެވެ. ” ކިހިނެތް ވީ އިޝޫ ވާހަކަ އެތް ބުނަން ބޭނުން ވަނީތަ ؟” އިޝްހާ ގެ ބެލުންތައް ފާހަގަ ވެގެން ރީހާން އަހާލިއެތް ކަމަކު އޭނާގެ ނަޒަރު މަގުމައްޗަކުން ވަށްކެތް ނުކުރެއެވެ. ” ނޫން ކަމެތް ނުވޭ ؟ ” ހިތްވަރުކޮށްލާފައި އިޝްހާ ބުނެލިއެވެ.
************
އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން ޔޫލީގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ފޯނަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ނަޒަރުވަނީ އިޝްހާ އަށް މެސެޖް ކުރިބަޔަށެވެ. ކޮށްފައި ހުރި މެސެޖް ތައް ސީން ކޮށްފާ ހުރިކަމުގެ ނިޝާން ފެންނަން ހުއްޓެއްކަމަކު އެއްވެސް ރިޕްލައި އެތް ފެންނާކަށްނެތެވެ. އިޝްހާ ގެ ހާލުހިތާހިތުން ވިސްނާލަމުން ޔޫލީގެ ތުންފަތުގައި ނުލަފާ ހިނތުންވުމެތް ދެމިގެން ދިޔައެވެ. ” ކޮބާ އިޝްހާ ދެން އޮތީ ކަލޭމެން ދެމީހުން ވަކިވެގަތުން ” އަމިއްލަ މީހާ އަށް އިވޭ ވަރަށް ޔޫލީ ބުނެލިއެވެ.
އިޝްހާ އަށް ފޮޓޯތައް ލިބުނުފަހުން ހަފްތާ އަކަށް ވީއިރުވެސް އިޝްހާ ގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މިކަން އޭނާގެ ދެއެކުވެރިން ކުރެ އެކަކަށް ވެސް ހިއްސާކުރަން އޭނާ ބޭނުން ނުވާފަދައެވެ. ކޮންމެސް ވަރަކަށް އިޝްހާ ގެ މިޒާޖަށް ބަދަލެއް އައިކަން ރީހާން އަށް ފާހަގަ ވާކަން މާ ގިނަދުވަހެއް ނުނަގައެވެ. އަބަދުހެން ހިނިތުންވެފައި އިންނަ އިޝްހާ މިހާރު ފެންނަނީ މާޔޫސްވެ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންނަ ތަނެވެ. މިކަމާ ސުވާލުކޮށް ކިތަންމެ ވަރަކަށް ހެދިޔަސް އިޝްހާ ގެ ފަރާތުން އެދެވޭ ޖަވާބެއް ރީހާން އަކަށް ނުލިބެއެވެ. ރީހާން އަށްޓަކައި ހިތުގައި ވީ އިތުބާރު ކޮންމެސް ވަރަކަށް ކުޑަވެފައިވާކަން އިޝްހާ އަށް އިނގެއެވެ. ކޮންމެ ދުވަހަކުހެން ގިނައިން ވިސްނެނީ އޭނާ ގެ އުފާވެރިހަޔާތަށް ވިހަލާވެގެން އެ ފޮޓޯތައް ފޮނުވިމީހަކާ ދެމެދުއެވެ.
**************
އޭގެ ދެތިން ދުވަސް ފަހެވެ. ސަރުކާރު ބަންދުދުވަހަކަށް ވީނަމަވެސް އޮފީހުގައި މިހާރު ހިނގާ މުހިންމު ޕްރޮޖެކްޓް ގެ މަސައްކަތާ ގުޅިގެން ރީހާން އަށް މިއަދުވެސް އޮފީހަށް ނިކުންނަން ޖެހުނެވެ. އޭނާގެ އޮފީހުގެ ގިނަ މުއައްޒަފުން ވެސް ބައިވެރިވެގެން ހަދާމި މަސައްކަތުގައި ޔޫލީ ވެސް ހިމެނިގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއް ގައި ރީހާން އޮފީހަށް ވަންއިރު ގިނައަދަދަކަށް މުއައްޒިފުން ވަނީ ހާޒިރުވެފައެވެ. ތެދުވެވުނުލެއް ލަސްކަމުން ރީހާން އަށް އޮފީހާ ހަމައަށް އަންނަން ޖެހުނީ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށެވެ.
ރީހާން އޭނާ އަށް ހަވާލުވެގެން ދިޔަ މަސައްކަތް ކުރަމުން ދިޔައިރު މެދުކެނޑުމެއް އައީ އެއަށް ބޭނުން ވާ ފައިލް މަތިން ހަނދާންވެގެން ނެވެ. މުޅި ކެބިން ހޯދާ ބެލުމަށް ފަހު ނުފެނިގެން އިޝްހާ އަށް ގުޅާލީ ގޭގައި އޮތްތޯ އަހާލުމަށެވެ. ” ހޫމް ، އެބައޮތް ފައިލް ” ރީހާން ގެ ސުވާލާއެކު މޭޒުމަތީގައި އޮތް ފައިލް އަށް ނަޒަރު ހިންގާލަމުން އިޝްހާ ބުނެލިއެވެ. ވަގުތުގެ ގޮތުން ދެވެން ނެތުމާއެކު ރީޙާން އެދުނީ އިޝްހާ ކައިރި ފައިލް އޮފީހަށް ގެންގޮސްދިނުމަށެވެ. އެކަމާ އެއްބަސް ވެލަމުން އިޝްހާ ތައްޔާރުވެލީ ރީހާން އަށް ލަސްވުމުގެ ކުރިން އަވަހަށް އޮފީހަށް ދިޔުމަށެވެ. ރީހާން އާއި އިޝްހާ އާ ދެމެދު ދެކެވުނު ވާހަކަ ތައް ދޮރުމަތީގައި ހުރި ޔޫލީގެ ކަންފަތާ ހަމަ އަށް ސާފުކަމާއެކު ފޯރިއެވެ. ހިތުގައި ޕްލޭން އެތް ރާވާލީ ސިކުންތެއްގެ ތެރޭގައެވެ. އިޝްހާ އަންނަން ވާއިރަށް އޭނާ އަށް ދައްކާލާނެ ރީތި މަންޒަރެއް ތައްޔާރުކުރުމައްޓަކައި ޔޫލީ ރީހާން ގެ ކެބިންގެ ތެރެއަށް ވަތެވެ.
ޓެކްސީ އިން ފައިބަމުން އިޝްހާ ކުރިމަތީހުރި އޮފީހުގެ ދޮރަށް ބަލައިލަމުން އެތެރެ އަށް ވެންނަން ފިޔަވަޅެއް އެޅީ ކުރިއަށް އޮތީ ކިހާވަރެއް ގެ ކަމެތްކަން ނޭނގިހުރެއެވެ. ކެބިން ގެ އެތެރެ އަށް ވަން ޔޫލީ އަށް ސޯފާކައިރި ހުއްޓިލާގެން ހުރެ ފައިލް އެތް ބަލަމުން ދިޔަ ރީހާން ފެނުނެވެ. އަވަސް ހަރަކާތަކާއެކު ރީޙާން ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. މީހެއްގެ ހިލަމެއް ވެގެން ރީހާން އޭނާ ބަލަން އިން ފައިލް އިން ނަޒަރު ވަކިކޮށްލަމުން ކުރިމަތީ ހުރި ޔޫލީ އަށް ބަލާލިއެވެ. ވަގުތުން އޭނާގެ ދެބުމަ ގޮތްޖެހުނެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއެކު ޔޫލީ އައިސް ރީހާން ފަހަތުގައި އޮތް ސޯފާ އަށް ކޮށްޕާލަމުން އޭނާ ގެ އުނގުމައްޗަށް އެރިއެވެ. އެއާއެކު ރީހާން ގެ ކަންފަތުން ދުންއަންނަ ހާވަރަތް ރުޅިއައެވެ. ޔޫލީ ދުރުކޮށްލަން އޭނާ ގެ އުނަގަނޑުގައި އަތް އަޅުވާލިތަނުން ޔޫލީ ރީހާން ގެ ކަރުގައި ދެއަތް ވަށާލަމުން އެތުންފަތައް ބޮސްދިނެވެ. ޔޫލީގެ މި ކުއްލި ހަރަކާތާއެކު ރީހާން ގަނޑުވިއެވެ. ދުރައްދާން މަސައްކަތް ކޮށްކޮށްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެތް ނުލައެވެ.
” ޝުކުރިއްޔާ ” ރީހާން ގެ ކެބިން ދޮރުމަތީ ހުއްޓިލަމުން އިޝްހާ އޭނާކައިރި ހުރި ޒުވާން އަންހެން ކުއްޖާ އަށް ޝުކުރު އަދާކުރީ މިހިސާބަށް އޭނާ ގެނެސްދިނުމުންނެވެ. މަޑުމަޑުން ކެބިން ދޮރުހުޅުވާލަމުން އެތެރެ އަށް ބޯކޮށްޕާލުމާއެކު ފެނިގެން ދިޔަ މަންޒަރުން އިޝްހާ ގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ލިބުނު ކުއްލި ސިހުމާއެކު އިޝްހާ އަތުގައި އޮތް ފައިލް ޓައިލްސް ތައް މައްޗައްވެއްޓުނެވެ. ރީހާން އަށް މިއަޑުއިވުމާއެކު ޔޫލީ ކޮށްޕާލިއެވެ. ޔޫލީވެސް އެއްވެސް މަޖްބޫރުކަމެއް ނެތި ރިޙާން ގައިން ވަކިވެގަތީ އޭނާ ގެ މަސައްކަތް ކާމިޔާބުވީކަން އިނގުމުންނެވެ. ކަރުނައިން ފުރިފައިވާ އިޝްހާ ގެ ދެލޯ ފެނުމާއެކު ރީހާން އަށް ވީގޮތް ނަގައިގަނެވުނެވެ. ފެނިގެން ދިޔަ މަންޒަރުން އިޝްހާ އަށް ނުބައި މާނައެއް ނެގިގެން ދިޔަކަން އޭނާ ގެ ސިކުނޑިއަށް ދެވަނަ ވިސްނުމަކާ ނުލާ ދެނެގަނެވުނެވެ. ރުޅިވެރިކަމާ އެކު ޔޫލީ އަށް ބަލައިލިއިރު އޭނާ ދޮރުން ނިކުންނަން ހިނގައިގަތެވެ. ހުއްޓުމެއް ނެތި އަންނަމުން ދިޔަ ކަރުނަތައް އިޝްހާ ފޮހެމުން ދިޔައެތް ކަމަކު އެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ” އިޝޫ ތިހީކުރި ގޮތަކަށް ނޫނޭ މިވަނީކީ އަހަންނަށް އިތުބާރުކޮށްބަލަ ” އިޝްހާ ކައިރި އަށް ޖެހިލަމުން ރީހާން ބުނެލިއެވެ. ” ދެން ކިހާވަރަކަށް އަހަރެން ރީހާން އަށް އިތުބާރުކުރަންވީ ، ފެންނަ އެތް މަންޒަރެއް ދެވަނަ ފަހަރަކު ފެނުމުން ވެސް އަހަރެން ވީ ހަނު ހުންނަން ތަ ؟ ” މޫނުމަތީން ހިތާމަވެރި މަންޒަރެއް ފެނުނަކަސް އިޝްހާ ގެ އަޑުގައިވާ ރުޅިވެރިކަން ރީހާން އަށް ފާހަގަވިއެވެ. ” ތިބުނިއެއްޗެއް އަހަންނަކަށް ނުވިސްނުނު ،ދެވަނަ ފަހަރަށޭ ” ހައިރާން ވެފައިހުރެ ރީހާން ބުނެލިއެވެ. ” ރީޙާން ހައިރާން ވާ ވަރުވީމާ އަހަރެން އަޖައިބުވެއްޖެ ، ދެން އެހެންވީރު މީކޮން ހާ އެއްޗިއްސެއް ” ފޯނުގައި ހުރި ފޮޓޯތަކުން ފަހަރަކު ފޮޓެއެއް ދައްކަމުން އިޝްހާ ބުނެލިއެވެ. ހައިރާން ކަމާއެކު ރީހާން އަސް ވަކި ވަކި ފޮޓެއެތް ބަލެމުން ދިޔައެވެ. އަންނަމުން ދިޔަ ރުޅިގަނޑުވެސް ފަޅާއިގެން ދާހާވަރުވިއެވެ. ބަލާލުމާއެކު ހެންވެސް މީ ޔޫލީގެ ކަމެތްކަން ރީހާން އަށް އިނގުނެވެ. ” އިޝޫ ތީ ޔޫލީ ގަސްދުގައި ކޮށްފާ ހުރި ކަންތައް ” އިޝްހާ އަށް ވިސްނާދޭން މަސައްކަތް ކުރަމުން ރީހާން ބުނެލިއެވެ. ” ދެން ހެޔޮ ރީޙާން ކިހާވަރަކަށް ދޮގުހަދާނީ އަހަންނާ އޮޅުވާލާނީ ، ފުރަތަމަ ވެސް އަހަންނަން މި ފޮޓޯތައް ފެނުމާއެކު ހެން އަހަރެން ހަނު ހުރިން އެއީ އަހަރެންގެ ހިތް ބުނި މީ ތެދެއް ނޫނޭ ،އަހަރެން ރީހާން ދެކެ ވާ މަތިވެރި ލޮއިތްބަށް ޓަކައި އަހަރެން މި ފޮޓޯތަކަކަށް އިތުބާރެތް ނުކުރަން އެކަމަކު މިއަދު އަހަރެން ގެ ހަމަ ލޮލަށް މި މަންޒަރުތައް ފެނުމާއެކު އަހަރެން ކިހިނެތް މި ފޮޓޯތައް ދޮގުކުރާނީ ، އަހަރެންގައިން ރީހާން އަށް އުނިވީ ކޮންކަމެތް އެހެން އަންހެނަކާ އެކީ މިވައްތަރަށް އުޅެން ، ރީހާން ތި ހިތައް ނުވިސްނޭ ހާ ވަރަށް އަހަރެން ލޯބިޥޭ ރީހާން ދެކެ އަދިވެސް ރީހާން ދެކެ ލޯބިވޭ ކުރިއަށްއޮށްތާ ވެސް އަހަންނަން ރީހާން ދެކެ މިވާ ލޮއިތްބެއް ނުހުއްޓުވޭނެ އެކަމަކު މިއަދު ރީހާން އަހަރެންގެ އިތުބާރު ގެއްލުވާލާފި ، އަހަރެން މިދަނީ ދެން އަހަރެން ހޯދަންނާން ނާތި ” ދެލޮލުން އައި ކަރުނަތައް ފޮހެމުން ހިތުގެ އުދާސް ތައް ބޭރުކޮށްލުމަތްފަހު ރީހާން އަސް ބަލާވެސް ނުލާ އިޝްހާ އެކެބިން އިން ނިކުމެގެން ދިޔައެވެ. ރީހާން ގެ ހިތް ފުޑުފުޑުވީކަހަލަ އެވެ. އިޝްހާ ގެ ހިތުގައި އޭނާ އަށްޓަކައި އިތުބާރު ނެތުމުން ދެރަވިއެވެ. ކަމުގެ ހަޤީޤަތް ނޭނގި އެއްޗެހި ކިޔުމުން ރީހާން ވެސް ދެރަވިއެވެ. ނަމަވެސް އޭނާ އިޝްހާ ގެ އިތުބާރު ހޯދަން އަލުން މަސައްކަތް ކުރާނެއެވެ. އިޝްހާ އޭނާގެ ހަޔާތަށް އަލުން ގެންނަން އަޒުމް ކަނޑައެޅިއެވެ. އިޝްހާ ފަހަތުން ކަހަލަ ގޮތަކަށް ރީހާން ދިޔައެއް ކަމަކު ހިނދުކޮޅެއްގެ ތެރޭގައި އެލޮލަށް އިޝްހާ ގެއްލުނެވެ. މަގުމަތިން އިޝްހާ ގެ ހިލަމެއް ނުވުމާއެކު ކާރުގައި އެކިއެކި މަގުތަކުގައި ރީހާން ދުއްވަމުން ދިޔައެވެ. އެންމެ ފަހުން ގެއާހިސާބަށް ދިޔައީ އިޝްހާ ގެއަށް ގޮސްފާނޭތީއެވެ. އެއްފަރާތެއްގައި ކާރުޕާކުކޮށްލަމުން އެތެރެ އަށްވަންއިރު ކަންބޮޑުވެފައި ހުރެ ދެކޮޅަށް ހިނގަމުން ދިޔަ ސަނާ ފެނި އެދިމާލަށް މިސްރާބުޖެހިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




hello Readers
hope u all love this part
next part ISA soon
keep waiting
stay safe and tvgc
Hey yeoja!!
Comment nukuriyas mi vaahaka kiyan hama up kuraairah. Vrh reethi mi vaahaka. Btw when next part?!? Vrh avahah up kohdhehchey. I love your stories.
Heyyy maiherr.r❤️❤️
Vrh ufaavehje stry kiyaakan inguny maaa❤️❤️
Thank uuu soo much maiher❤️❤️
Vrh ufaavehje stry kamudhiyaa ma❤️a❤️
Next part ISA vrh avaha ❤️❤️
Thanks ingey ❤️❤️
Stay safe❤️❤️ and tvgc❤️❤️
Hey yeoja!!
vrh reethi mi vaahaka.. i luv thiss. konme bayakah comment nukuriyas baraabarah kiyan mi stry.. vrh curious dhen vaane gothakaa medhu… arghhhh.. that yoolee….i hate her…
stay safe….
Wow this part is also fantastic… ???..
Alhey mi yooli dhw?.. Haadha gohey?..
Vrh loabi mi part ves?❤️
Keep it up sis❤️
I m waiting for the next ?❤️
Stay home❤️
Stay safe ❤️
Thank uuu soo much Skyper❤️❤️❤️
Vrh ufaavehje mi part vxx kamudhiyakan inguny maa❤️❤️
I know right yoolee is the worst hehe???
Keep waiting ❤️❤️next part submit kohlan mioleny ❤️❤️❤️❤️
Stay safe ❤️❤️and tvgc❤️❤️
Hey kon irakun next part v reethi mi partvex Masha Allah❤️❤️❤️❤️❤️❤️❤️❤️❤️
In reply to Ninni0910
Yess hiii ❤️❤️
Thank uu soo much vrh ufaavehje kiyaakan ❤️❤️inguny maa and stry kamudhaakan inguny ❤️❤️maa vxxx. ❤️❤️❤️
Hehehehhe yoolee dhw even I hate her ❤️❤️
Stay safe❤️❤️ and take care ❤️❤️
In reply to princess
Hiiii❤️❤️❤️
Thank uuu soo much❤️❤️ . Vrh ufaavehje part kamudhiya Kan inguny maa❤️❤️
Next part mioleny submit kohlan❤️❤️
Keep waiting ingey ❤️❤️
Stay safe❤️❤️ and tvgc❤️❤️