Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ މިހިތުގެ ދިރުމަކީ (17)

🌹YEOJA🌹 Level 610 Stories100 Login100 Comments
June 28, 2021 4 Mins Read
6 Comments

ހިތާމައިގެ ކޯރުގައި ފަތަމުން މިތާ ދެލޯބިވެރިންނަކަށް ހަޔާތުގައި އެއްވެސްއަލިކަމެއް ނުފެނެއެވެ. ހިތާމައިގެ ކަރުނައިން ދެހިތް ވަނީ ފޯވެފައިއެވެ. ކިތަންމެ ވަރަކަށް ރުޅިވެރިކަން އިޝްހާ ގެ މޫނުން ދެއްކިއެތް ކަމަކު ކުރަމުން ދާ ހިތާމައެއަށް ވުރެ ދެގުނައެވެ. އެކަން ކޮންމެސް ވަރަކަށް އަނަރޫފަ ވަމުން އަންނަ އިޝްހާ ހަށިގަނޑުން ވެސް އެނގިގެން ދެއެވެ. އިޝްހާ އެކޭ އެއްފަދައިން ރީހާން ގެ ޢާންމު ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނަމުން ދާކަން އޭނާގެ ވަށައިގެން އުޅޭމީހުންނަށާ ހުދު އޭނާ އަށް ވެސް ފާހަގަ ވަމުން ދިޔައެވެ. ދުވާލުދާ ހަތަރުދަމު ކޮޓަރިން ބޭރަށް ނިކުންނަނީ އިޝްހާ ކައިރިއަށް ދިޔުމަށް އެކަންޏެވެ. ކެއުމާބުޔުމަށް އެއްވެސް ވަރަކަށް ސަމާލުކަމެތް ނުދެއެވެ. ކޮންމެ ދުވަހަކުވެސް އެކިގަނޑިގަނޑީ ކޮފީ ތައްޓަކުން ފުއްދާލަނީއެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް އިޝްހާ ކައިރި އަށް ދިޔުމަށްޓަކައި ކޮޓަރިން ނިކުމެގެން ރީޙާން ދިޔައީ ވަށައިގެން ވާ ކަންކަމަށް އެއްވެސް ފިކުރުކުރުމެއް ނެތިއެވެ. އެހިތުގައި ހަމައެކަނި ވަނީ އިޝްހާ ގެ ހިތްގައިމު ސޫރަ ކުރެހިފައެވެ. ފޯނުން ޔުސްރާ އާއި ދެމީހުން އެދެމީހުން ގެ ދަރިންގެ ދިރިއުޅުމާ މެދު ކަންބޮޑުވެގެން ވާހަކަ ދައްކަން އިން ސަނާ އަށް ރީހާން ފެނުމުން ޔުސްރާ އަސް އެކަން އަންގާލިއެވެ. ” އަހަރެން ވަރަށް މަސައްކަތް ކުރަން އިޝްހާ އަށް ވިސްނައިދޭން އެކަމަކު އަހަންނަކަށް ނޭނގެ ކީއްވެކަމެއް އެދަރީގެ ބޮލަށް އެއްޗެއް ނުވަންނަނީކީ އަހަރެން އަދި ހުދު ހުމެއިދް ދައްކާ އެއްވެސް ވާހަކަ އެތް ޤަބޫލެއް ނުކުރޭ ، އެކަމަކު އަހަންނަށް އިނގޭ އަދިވެސް އެހިތުގައި ރީހާން ވާކަން އިޝޫ އަށް ނޭގުނަސް އަހަރެން އަޑުއަހަން އޭނާ ރޮއެއަޑު، އެންމެން ނިދާ މަރުވުމާއެކު އޭނާ ކަމަކީ ހިތާމަ ކުރުން ” ދެރަވެފައި އިނދެ ޔުސްރާ ބުނެލިއެވެ. ” އަހަރެންގެ ދުޢާ އަކީ އެދެކުދިން އަލުން ގުޅުން ” ސަނާ ބުނެލިއެވެ. ދެމީހުންވެސް ރީހާން އަދި އިޝްހާގެ ވާހަކައިގައި ތިބެ ފޯނުކުރުކޮށްލީ ސަނާ އަށް އަޙްމަދް ގޮވުމުންނެވެ. ” އައްސަލާމް އަލައިކުން ” ތަޅުނުލާ ހުރި ދޮރުހުލުވާލަމުން ރީހާން ފުރަތަމަވެސް ކޮންމެ ދުވަހަކު އަމަލުކުރާ ފަދައިން ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމް ސަލާމް ، ދަރިފުޅު ދޯ ” ބަދިގޭގައި ހުރެފައި ބޯދިއްކޮށްލަމުން ޔުސްރާ ބުނެލިއެވެ. ހިނިތުންވެލަމުން ބޯޖަހާލާފައި ރީހާން ދިޔައީ އިޝްހާގެ ކޮޓަރިއާ ހަމައަށެވެ. ދޮރުގެ ތަޅުގައި ހިފާލީ ތަޅުނުލާ ހުންނާނެ ކަމަކަށް ނޫނެވެ. އެހެންދުވަސްދުވަހު ތަޅުދަނޑީގެ އެހީގާ ދޮރުހުޅުވާގެން ރީހާން އިޝްހާ އާއި ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރެއެވެ. އެހެންނަމަހީވެސް އިޝްހާ ދެނީ އެހުރިހާ ވާހަކަ އަކަށް ބީރުކަންފަތެވެ. ކަރުއެލުވާލައިފައި ރީހާން ކޮންމެ ދުވަހަކު އެކޮޓަރިން ނިކުމެގެން ދަނީ އެހިތް ރޮއެ ހާލުގައެވެ.

ދޮރުހުޅުވާލަމުން މަޑުމަޑުން އެތެރެ އަށް ވަދެފައި ރީހާން ދޮރުލައްޕާލިއެވެ. އެއިރު އެނދުމަތީގައި ފޯނުހިފައިގެން އިން އިޝްހާ ގެ ނަޒަރު ވަނީ އެދިމާލަށް ހުއްޓިފައެވެ. ބަދަލުތަކެއް އައިސްފައިވާ އެ ފިރިހެންވަންތަ ހިތްގައިމު ހަށިގަނޑަށް ބަލައިލުމާއެކު އެހެންދުވަސްދުވަހެކޭ އެއްފަދައިން އިޝްހާ އިސްޖަހާލީ އެދެލޮލަށް ބޮނޑިވިކަރުނަތައް ރީހާން އަށް ސިއްރުކުރުމަށެވެ. ” އިޝޫ ” ރީހާން އަށް ހަމައެކަނި ބުނެވުނީ މިހެންނެވެ. އޭނާ އަކަށް އިޝްހާ ގެ ދެލޮލެއް ނުފެނެއެވެ. ”އަހަރެން ކޮންމެ ދުވަހަކު ބުނަން ރީހާން ކައިރި އަހަންނާ ބައްދަލު ކުރަންނާންނާށޭ ، އަހަރެން ހިތުގައި ރީހާން އަށް އޮތް އިތުބާރު ފުނޑުފުނޑު ވެއްޖެއޭ ކިތައްދުވަހު އަހަރެން ބުނާނީ ދައްކާ އެތްވާހަކައެތް ދައްކާ އަހަރެން ވަރުބަލިވެއްޖެ ” ކަށީގައި ނެތް ހިތްވަރެތް ލައިގެން އިޝްހާ ރުޅިވެރިކަމާއެކު ބުނެލިއެވެ. ” އިޝޫ އަހަރެން އިޝްހާ ހީކުރި ގޮތަކަށް ކަމެއް ނުކުރަމޭ ، އެދުވަހު އެއީ ވެވުނު ކުށްހީއެއް އަހަރެން ވަރަށް ދެރަވޭ އިޝޫ އަހަންނަން އިތުބާރު ނުކުރާތީ އެކަމަކު ދެން މީ އަހަރެން މިތަނަށް އަންނަ ފަހުފަހަރު ދެން އަހަރެން ނާންނާނަން އިޝޫ ހޯދާކަށް ، ” ލޮލަށް ބޮޑިވި ކަރުނަތައް ރީހާން ގެ ކޯތާފަތުގައި ބޮސްދިނުމާއެކު އަވަސްއަވަހަށް ފޮހެލަމުން ކޮޓަރިން ނިކުން އިރު އޭނާ ގެ ހިތްއެދެމުން ދިޔައީ އެއްފަހަރު ނަމަވެސް އިޝްހާ ރީހާން އަށް ގޮވާ ހުއްޓުވުމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ކޮޓަރިން ނިކުމެ ދޮރުލެއްޕިއިރުވެސް އިޝްހާ ގެ އެއްވެސް ހިލަމެއް ނުވެއެވެ. ހުއްޓުން އަރާފައި އިން އިޝްހާ ގެ ހިތް ފަޅައިގެން ދިޔައެވެ. ރީހާން ގެ ލޮލުން އައި ކަރުނަތަކާއެކު އޭނާ ގެ ހިތް ޗިސްޖިސްވި ކަހަލަ އެވެ. އެދެލޮލުން ވެސް ކަރުނަ އަންނަމުން ދިޔައި ހުއްޓުމެއް ނެތިއެވެ.

ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގައި ހިޔާލުތަކުގައި އޮތް އިޝްހާ އަށް ދޮރުހުޅުވުއަޑަށް އެދިމާލަށް ބަލައިލީ ރީހާން އަށް ވެދާނެކަމަށްޓަކައި ނުހަނު އަވަސް އަވަހަށެވެ. ނަމަވެސް އެހިތް މޯޅިވެގެން ދިޔައީ ކޮޓަރިތެރެ އަށް ވަތީ ރީހާން ގެ ބަދަލުގައި އީމާ އަށް ވީމައެވެ. އަދިއަދަށް ދާން ދެން ވެސް ނުދަންނަ ނަންބަރުން އައިސްފައިވާ މެސެޖްތައް އިޝްހާ އެކަކަށް ވެސް ނުދައްކައެވެ. އީނާ ގެ ފަރާތުން ވާނުވާ އީމާ އަށް ވަނީ އޮޅުން ފިލާފައެވެ. ނަމަވެސް މިދަނޑިވަޅުގައި އެއްޗެއް ބުނުން ރަނގަޅުނުވާނޭތީ އީމާ ގިނައިން ބަލަނީ އިޝްހާ ހިތްހަމަ ޖައްސާދެވޭތޯއެވެ. ” އިޝޫ މީހަކަށް އިންތިޒާރުކުރަނީތަ ، ” އިޝްހާ ގެ އަވަސްވެފައިވާ ހަރަކާތްތައް ފާހަގެވެގެން އީމާ އަހާލިއެވެ. އޭނާ ގެ ހިތުގައި ވަނީ ރީހާން ގެ ނަމަވެ. ” ނޫން ” ނުވާކަމަކަށް ހަދާލަމުން އިޝްހާ ބުނެލިއެވެ. ” އޯހް އޯކޭ ، އެން ދެން ހިނގާ ކާން އަހަރެން މިއައީ އިޝޫ އެންމެ ފޭވަރިޓް ނޫޑްލްސް ހިފާގެން އެން ގެސްވަޓް ގެންއިން ބައިވަރު ޗޮކްލެޓްސް ވެސް ” އަތުގައި އޮތް ކޮތަޅުން ތަށި ނަގަމުން އީމާ ބުނެލިއެވެ. އިޝްހާ އަށް ކުރެވުނުކަމަކީ ހަމައެކަނި ހިނިތުންވެލުމެވެ. އީމާ އާއި ދެމީހުން އެކިވާހަކައިގައި ތިބެގެން އެތިކޮޅެއް ކާލިއެވެ. ތަށީގައި ޥާ ނޫޑުލްސް އަށް ނަޒަރު ހުއްޓާލައިގެން އިން އިޝްހާ ގެ ހިތުގައިވަނީ ރީހާން ކޭކަމާމެދު ސުވާލު އުފެދިފައެވެ. އެތައް ވާހަކަ ތަކަކާއެކު މިރޭ އިޝްހާ އީމާ އަށް އޭނަ އަށް އަންނަމުން ދިޔަ މެސެޖް ތަކުގެ ވާހަކަ ކިޔާދިނެވެ. އަދި އެމެސެޖް ތައް ވެސް ދައްކަން ވެސް ދެއްކިއެވެ.

” ސާބަސް އިޝޫ ، އިޝޫ މިގޮތްނޭނގޭ މެސެޖް ތައް ޤަބޫލުކޮށްގެން ތަ ތިހުރީ ” އިޝްހާގެ ވާހަކައިން އެއްޗެއް ނަގައިގަނެވިގެން އީމާ އަހާލިއެވެ. ” ޤަބޫލް ކުރާކަށް ބޭނުމެއް ނޫން އެކަމަކު ކުރެވެނީ ހައްތަހާ ހެން އަހަރެން ގެ ދެލޮލަށް ފެނިގެން ދިޔަ މަންޒަރުތަކުގެ ސަބަބުން ” އިޝްހާ ބުނެލިއެވެ. ” އަހަންނަށް ހަމަ ސަތޭކަ ޕަސެންޓް ޔަޤީން މީގައި މިވާ ފޮޓޯތަކަކީ ވެސް އެޑިޓް އެތް ކަން މިއަށް ރަނގަޅަށް ބަލާލުމުން ވެސް އަހަންނަން ފާހަގަ ވެއްޖެ ” އިޝްހާ އަތުންފޯނު އަތުލަމުން އީމާ އޭގައި ހުރި ފޮޓޯތަކުން ފަހަރަކު ފޮޓޮއަކަށް ބަލަމުން ބުނެލިއެވެ. ” އަހަންނަކަށް ނޭނގެ ” އިޝްހާ ބުނެލިއެވެ. ” އެކަމަކު އަހަރެން ހަމަ ހައިރާން ވެއްޖެ ، ނުދަންނަން ނަންބަރަކުން ފޮނުޥާ މި ފޮޓޯތައް ޤަބޫލުކޮށްލައިގެން ހުރެ އަމިއްލަ ފިރިމީހާ އަށް އިޝޫ އިތުބާރު ނުކުރާތީ ، އެން މި ފޮޓޯތައް ފޮނުޥާމީހަކީ ވެސް ރީހާން އާއި ގާތް ކަމެއް އޮންނަ މީހެއްހެން އަހަންނަން ހީވޭ ” ހިތްހަމަ ނުޖެހިފައި އިނދެ އީމާ ބުނެލިއެވެ. އެއްވެސް އެއްޗެއް އަނގައިން ނުބުނެ އިޝްހާ އިނީ އޭނާގެ ދުލުގައި ތަޅެއް ލެވިފައި ވާފަދައިންނެވެ.  މާގިނަ އިރުނުކޮށް އީމާ ވެސް އެގެއިން ދިޔައީ ޒިހާން އޭނާ ބަލާއައުމުންނެވެ. ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެ އިޝްހާ ނިދަން ވެގެން އެނދުގައި ޖައްސާލިއެވެ.

**************

” އެކަމަކު ރީހާން ތިހެން އުޅެން ހެޔޮ ނުވާނެ އެތް ނު ، އަހަންނަށް ފެނޭ ދައްތަ އާއި ބޭބެ އަދި އީން ވެސް ކަންބޮޑުވެފައި ހުރި ވަރު ، އީން ވެސް އެތައް ފަހަރަކު އަހަރެން ކައިރި ބުނެފި ރީހާން އަށް ވިސްނާދޭން ، ތި ހަށިގަނޑަށް ބަލައިލަބަލަ ނިކަން މަސްދުވަސް ވަނީ އެހާއަވަހަށް ރީހާން ތިހުރީ މޯޅިވެފައި ، ނިކަން ކާލަބަ ، އަހަރެން ގެ ހިތް ބުނޭ އަދި އިޝްހާ އަންނާނޭ ރީހާން ގެ ހަޔާތައް ، އިންތިޒާރު ކުރޭ އިރާދަކުރެއްވީ އެ ނިމުން ފޮނުވާނެ ” ބެލްކަނީ ގެ ރެއިލިންގައި ދެއަތް އަޅުވާގެން ހުރި ރީހާން ގެ ކޮނޑުގައި އަތް ޖައްސާލަމުން މާއިޒް ބުނެލިއެވެ. ” މާއިޒް އަހަރެން ގެ އަރުތެރެއިން ރަނގަޅަށް ކާއެއްޗެއް ނުދިރޭނެ އިޝްހާ އަހަރެންގެ ހަޔާތައް ނާންނަނީހެއް ، އެއީ އަހަރެން ގެ ހިތުގެ ދިރުން ، އަހަރެން އިޝްހާ ބޭނުން ވަރަށް ވެސް ބޭނުން ، އިޝްހާ އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން ” މާއިޒް އަށް ބަލައިލަމުން ރީހާން ބުނެލިއެވެ. ” ނައު ދެޓްސް ލައިކް މައި ބެސްޓީ ” ހިނިގަނޑެއް ޖަހާލަމުން މާއިޒް ބުނެލިއެވެ. ރީޙާން ވެސް ލުއިލުއިކޮށް ހިނިތުންވެލިއެވެ.

” ކީކޯ ދެންބެ ބުނީ ” ރީހާން ކޮޓަރިން މާއިޒް ނިކުތުމާއެކު އޭނާ އަތުގައި ހިފާލައިގެން ހުރެ ބޭރަށް ނިކުންނަމުން އީނާ އަހާލިއެވެ. ” ދެން ވަކިއެއްޗެއް ނުބުނޭ ، އެކަމަކު އަހަރެން އުފާކުރަން ރީހާން އިޝްހާ ދެކެ އެވަރަށް ލޯބިވާތީ ” އީނާ ގެ އަތާއަތް ގުޅާލަމުން ލުއިލުއި ކޮށް ހީލަމުން މާއިޒް ބުނެލިއެވެ. އީނާ އަށް ވެސް ހިނިތުންވެލެވުނީ މާއިޒް ގެ ފިރިހެންވަން ތަ ހިނިތުންވުން ފެނިފައެވެ. ދެމީހުން އެކިއެކި ލޯބީގެ ސަމާސާ ކުރުމަށް އީނާމެންގޭ ގައި ހުންނަ ހަޓް ދޮށުގައި އިށީދެގެން ތިއްބެ . މިދެމީހުންގެ ހަރަކާއްތަކަށް ބަލަހައްޓައިގެން ހުރި ސަނާގެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. އީނާ ގެ ދިރިއުޅުމަށް ވެސް ޙާއްސަ ފަރާތެއް އައިސްފިކަމަށްޓަކާ އޭނާ އުފާކުރިއެވެ. އަދިވަކިން ބޮޑަށް އެއީ މިއޮތް ހުރިހާ ދުވަހު އޭނާ ލޯކުރިމަތީ އުޅޭ އެންމެ އިތުބާރު ކުރެވޭ އެކަކަށް ވީމައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

އަބަދުވެސް…19

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 12

Next
June 28, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 12

Previews
June 28, 2021

އަބަދުވެސް…19

6 Comments!

  1. Princess says:
    June 29, 2021 at 6:20 am

    V reethi Masha Allah ❤️

  2. ?YEOJA? says:
    June 29, 2021 at 9:01 am

    Hello readers ❤️❤️
    Hope u like this part ❤️❤️
    Dhn othy last part so keep waiting❤️❤️
    ISA soon up kohlaana❤️❤️
    Stay safe and tvgc❤️❤️
    Lysssmmm ❤️❤️

  3. ★ Amy ★ says:
    June 29, 2021 at 10:00 pm

    This part is so awesome ??
    Can’t wait for the next part
    Masha Allah v v v reethi vhk
    Daily I read this story ?♥️
    Lymmm ♥️♥️
    Stay safe tvgc
    Hope u will upload next part soon

  4. ?YEOJA? says:
    June 29, 2021 at 10:50 pm

    In reply to princess
    Thank uu soo much ❤️❤️
    Ufaavehje mi part kamudhiya Kan inguny maa❤️❤️
    Stay safe ❤️❤️and tvgc❤️❤️

  5. ?YEOJA? says:
    June 29, 2021 at 10:53 pm

    In reply to Amy
    Thank uuu soo much ❤️❤️
    Vrh ufaavehje mi part kamudhiya Kan inguny maa❤️❤️❤️
    Glade to hear that u read my stry❤️❤️ . Vrh happy ❤️❤️
    Next part ISA tmrow submit kohlaana❤️❤️
    Lymmm❤️❤️
    Stay safe ❤️❤️and tvgc❤️❤️

  6. Skyper says:
    June 30, 2021 at 11:34 pm

    Vrh reethi masha Allah ♥️?
    Keep it up♥️
    Stay home ♥️
    Stay safe♥️?

Comments are closed.

Next Episodeތީއޭ މިހިތުގެ ދިރުމަކީ (ފަހުބައި)←


All Right Reserved!