ތީއޭ މިހިތުގެ ދިރުމަކީ (13)
ދެއަތް ގުޅާލަމުން ދެމީހުންވެސް އެތްވަރަކަށް ހިނގައިގަތީ އެމީހުން އުޅޭ ގެއާއި ހިސާބަށް ދިޔުމަށެވެ. އެއިރު އެތަނުގައި އެމީހުންނޫނަސް އެތައް ޓުއަރިސްޓުން ވާރޭގައި ތެމި ފޯވަމުން ދިޔައެވެ.
*****************
އުފާވެރި އަދި ހިތްހަމަ ޖެހުމުގެ ކުލަވަރާއެކު ޖެހިގެން އޮތް ދުވަހު ހަމީހުން މާލެ އައިރު ކުރިއަށް ވުރެ ބޮޑަށް އެކަކު އަނެކަކު ގެ ދެމެދުގައި ވާ ގުޅުން ވަނީ ކުރިއަރާފައެވެ.
އެކިއެކި ވާހަކައިގައި ތިބެގެން ގޭތެރެ އަށް ވަން އީނާ އިޝްހާ އަދި ރީހާން ގެ މޫނުމަތީގައި ވަނީ ހިތްހަމަ ޖެހުމެވެ. ގުޅާލެވިފައިވާ އިޝްހާ އަދި ރީހާންގެ އަތައް ބަލައިލި ކޮންމެމީހަކަށް އެދެމެދުގައި ވާ ފުން ލޯބިދެނެގަންނާ ކަށް އުނދަގުލެތް ނުވާނެއެވެ. ” އަހަ ދަރިފުޅުމެން އައީ ދޯ ” އެވަގުތު ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ސަނާ އަށް ގެއަށް ބަޔަކު ވަންކަން އިނގިގެން ނިކުން އިރު ކުރިމަތީ ތިބި ތިން މީހުން ފެނިގެން އަހާލިއެވެ. ބަދަލުގައި ތިން މީހުންވެސް ހިނިތުންވެލުމަތްފަހު އެކެތް އަނެކަކުގެ ކޮޓަރިއަށް ދިޔައީ ދަތުރު ވަރުބަލިވެފައި ވުމުންނެވެ.
*************
އިރުގެ އަލިކަން ދުނިޔެއަށް ދައްކާލީ އާދައިގެ މަތިން އިޝްހާ ތެދުވެ ބަދިގޭގައި ހަރަކާތްތެރިވާން އުޅުނުގަނޑީގައެވެ. ސަނާ އެކޭ އެތްވަރަށް އިޝްހާ އަދި އީނާ ވެސް ދިޔައީ ހަލުވިކޮށް ސައިހެދުމުގައި އަވަދިނެތި އުޅެމުންނެވެ. މިއަދަކީ އިޝްހާ އަލުން ވަޒީފާ ގެ މައިދާނަން ނިކުންނަން ވެގެން ތައްޔާރުވާ ދުވަހެވެ. އެހެން ކަމުން ތަންކޮޅެތް އަވަހަށް ތައްޔާރުވާން ކޮޓަރިއައް ވަނީ ރީހާން އެކޭ އެތްވަރަށް ތައްޔާރުވެ ނިންމާލުމަށެވެ.
**********************
” ނިމުނީ މާ އަހަންނަން ގުޅާ ލާއްޗޭ އިނގޭ ” އިޝްހާ ކާރުން ނިކުމެގެން ދާން އުޅުމުން އޭނާގެ އަތުގައި ހިފާ ހުއްޓުވަމުން ރީހާން ބުނެލިއެވެ. ހިނިތުންވެލަމުން އިޝްހާ އެކަމަތް އެއްބަސް ވުމާއެކު ފަހުކަމަކަށް ރީހާން އިޝްހާ ގެ ނިތްކުރިމައްޗައް ބޮސްދިނެވެ. އެކަމުގެ އަރާމު ފުރިހަމަ ގޮތުގައި ލިބުމަތް އިޝްހާ ދެލޯ މަރާލިއެވެ. ” ވަރަށް ލޯބިވޭ ” ރީހާން ބުނެލިއެވެ. ލަދުވެތިކަމާއެކު އެއްޗެއް ނުބުނެ އިޝްހާ ކާރުން ނިކުމެގެން އޮފީސްދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. ރީހާންވެސް އޭނާ ގެ ކާރު ދުއްވާލީ އަވަސް އަވަހަށް އޮފީހަށް ދިޔުމަށެވެ.
” އިޝޫ ހައި މޯރްނިން” ދޮރުމަތިން އީމާ އަށް އިޝްހާ ފެނުމާ އެކު ބުނެލިއެވެ. ” ޔާ ” ކުރުގޮތަކަށް އިޝްހާ ބުނެލިއެވެ. ” ބައިދަވޭ ވާހަކަ އެތް ބުނަން އެބަ ބޭނުން ވޭ ވަރަށް ހެޕީ ނިއުސް އެތް ” ވަރަށް ފޯރިއާއެކު އީމާ ބުނެލިގޮތުން އުފާވެރި ޙަބަރެތް ކަން ދެނެގަންނާކަށް އިޝްހާ އަކަށް އުނދަގުލެތް ނުވިއެވެ. ” ކޮންވާޙަކަ އެތް އަނެތްކާ ” ޝައުޤުވެރިކަމާ އެކު އިޝްހާ އަހާލިއެވެ. ” މިގަނޑިއަކު ނޫނޭ ފަހުން ލަންޗް ބްރޭކް ގާ ބުނާނަން އެގަނޑީ އީން ވެސް ފްރީވީމާ އަންނާނެ މިތާ ކައިރި ހުރި ރެސްޓޯރެންޓް އަށް ސޯ ބީ ރެޑީ ” އިޝްހާ އާއި އެތްވަރަށް ހިނގަމުން އީމާ ބުނެލިއެވެ.
” ހޫމް ހޫމް އޯކޭ ކަމަނާ ފާނު ހުރިހާ ކަމެތް ތައްޔާރު ކޮށްފާ ދޯ އަހަރުން ކައިރި ތިބުނީ ” ލާނެތް ރާގަކަށް އިޝްހާ ބުނެލިއެވެ. ” އާނއެކޭ” ފޮނިވެލާފާ އީމާ ބުނެލިއެވެ.
****************
އޮފީސްދޮރުން އެތެރެ އަށް ވަން ރީހާން އަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން އެންމެން ވެސް ކޮޅަށް ތެދުވެލިއެވެ. ހެދުނުގެ ތަހުނިޔާ ކިޔާލަމުން ރީހާން އޭނާ ގެ ކެބިން އާއި ދިމާލަށް މިސްރާބުޖެހީ މަސައްކަތް ތައް ފުނިޖެހިފާ ވާތީ އަވަހަށް ނިންމާލުމަށެވެ. ކެބިން ގެ ދޮރާގާތުން މީހަކު ރީހާން ގެ އަތުގައި ހިފާދަމާލިތަނުން ނުވިސްނާ ހުރުމުގެ ސަބަބުން ރީހާން އަށް އެއްވެސް ބާރަކާ ނުލާ އެމީހެއް ގެންދަން ބޭނުންވާ މިސްރާބަކަށް ނުހަނު ފަސޭހައިން ދެވުނެވެ. ކައިރީގައި ހުރި ފާރުގައި ރީހާން ލައްގަނެލިއިރު ކުރިމަތީ ގައި ދައްޕިލަ ސޭލުއަޅުވާގެން ހުރި ޔޫލީ ފެނުމާއެކު ރީހާން ގެ ލޭކެކުނެވެ. ” ޔޫލީ މީކޮންކަމެއް، އަހަރެން ގައިން ދޫކޮށްލާ ، އެން މިކަހަލަ ކަންކަން ކުރުމުގެ ކުރިން އަހަރެން މީ މީހެއްގެ ފިރިއެއް ކަމާ ޔޫލީގެ ބޮސްކަން ހަނދާން ކުރީ އާ ވަރަށް ރަނގަޅު ” ހިތްހަމަ ނުޖެހިހުރެފައި ރީހާން ބުނީ އޭނާގެ އަތުގައި ހިފަހަށްޓައިލެވިފައިވާ ޔޫލީގެ އަތް ފޮޅާލަމުންނެވެ. ” އަހަންނަށް ހެޔޮ ، އައި މިސްޔޫ ” މިހެން ބުނެ ޔޫލީ ރީހާން ގެ މެދުހަށީގައި ބައްދާލިއެވެ. ޔޫލީގެ މިކުއްލި ހަރަކާތާ އެކު ރީހާން ގެ ހަރަކާތްތައް ގަނޑުވިއެވެ. ” ޔޫލީ!!!” ޔޫލީ އަށް އިވޭހާ ބާރަށް ރީހާން ބުނެލަމުން ޔޫލީގެ ދެކޮނޑުގައި ހިފާލީ އޭނާ ދުރުކޮށްލުމުގެ ބޭނުމުގައެވެ. ގަޔާދުރަށް ރީހާން ޔޫލީކޮށްޕާލަމުން ހަރުފިޔަވަޅުތަކެއް ގައި މިސްރާބުޖެހީ ކެބިން އަށް ވަންނަން ދިޔުމަށެވެ.
އެއިރު ވިހަ ހިނިތުންވުމަކާ އެކު ދެއަތްއުރާލައިގެން ޔޫލޫ ހުއްޓެވެ. ” އިޝްހާ އާ ރީހަން ވަކިކުރަން އަޅާން ޖެހޭ ފުރަތަމަ ފިޔަވަޅު މިއަދު މިއެޅުނީ ” އަމިއްލަ ނަފްސަށް އިވޭވަރަށް ޔޫލީ ބުނެލުމަތްފަހު އެދެމީހުން ފެންނާނެހެން ފާރާނިވާވެގެން ހުރި މީހާ އަށް އަތުގެ އިޝާރާތުން އައުމަތް އެންގިއެވެ. އަވަސްފިޔަވަޅު ތަކެއްގައި އައި ޒުވާން އަންހެން ކުއްޖާ އަށް ބަލާލުމާ އެކުވެސް އެއީ އެތަނުގެ މުއަށްޒަފެއް ކަން އިނގޭނެ އެވެ. ބަހަކުން ކުރެ ބަހެތް ނުބުނެ ޔޫލީ އޭނާގެ އަތް އެކުއްޖާ އާއި ދިމާލަށް ދިއްކޮށްލުމާއެކު އެކުއްޖާ ދެއަތުތެރޭގައި އޮތް ފޯނު ޔޫލީއަތައް ލާދިނެވެ. ” އަދިއެތްފަހަރު ހަނދާން ކޮށްދެން މިކަމާ ބެހޭގޮތުން އަނގަހުޅުވާލިޔަސް ކަލެއަށް ދެން އިނގޭނެ ވާނެ ގޮތް ސޯ ޑޯންޓްޔޫ ޑެއާރ ” އިންޒާރުދޭފަދަ ގޮތަކަށް ޔޫލީބުނެލިއެވެ. އެއަންހެން ކުއްޖާވެސްބޯޖަހާލަމުން އަވަސްފިޔަވަޅުތަކެއްގައި ހިނގައިގަތީ އެތަނުން ދިޔުމަށެވެ. އަތުގައި އޮތް ފޯނުން ފެންނަން އިން ޔޫލީ އަދި ރީހާން ގެ ފޮޓޮއަތް ބަލައިލަމުން ކާމިޔާބު ހިނިތުންވުމެތް ޔޫލީގެ ތުންފަތުގައި ކުޅެލިއެވެ.
******************
މެންދުރުގެ އަވިބާރު ވަގުތު ކަމަށް ވިޔަސް މަގުމަތި ހަލަބޮލިކަމުން ބޮލަށް އެނބުރުން އަރާ ވަރުވެއެވެ. ދެކޮޅަށް ދުއްވަމުން ދިޔަ އުޅަނދުތަކުގެ އަޑު މުޅި މާހައުލު ވަނީ ހިސޯރުކޮށްފައެވެ. ” އޭ އެހެރީ އީން ” ތަންކޮޅެއް ދުރުން އަތް ހޫރާލި އީނާ އިޝްހާގެ ލޮލުގައި އަޅާގަތުމާއެކު ބުނެލިއެވެ. ” އާން ހިނގާ ދާން މިތަނުން ސަލާމަތް ވެގެން ދާން މިހާޜު ވެސް އަހަރެންގެ ސިކުނޑި ހީވަނީ ގޮވާފާނެހެން ހަމަ ހުވާ ” މޫނަށް ވަތްތަރެއް ޖައްސާލަމުން އީމާ މިހެން ބުނިއިރު އޭނާ ގެ ފިޔަވަޅުތައް ވެސް އަވަސްވާން ފަށާފިއެވެ. އިޝްހާ ވެސް ހިނިގަނޑެއް ޖަހާލަމުން ހިނގައިގަތީ އީމާ އާ އެތްވަރު ކުރުމަށެވެ. ތިން މީހުން އެކީ ގްރީންބެލް އަށް ވަދެގެން އައިއިރު އެތާތިބި ގިނަބައެއްގެ ނަޒަރުތައް ވަނީ އެތިން އަންހެންކުދިން ނަށް ހުއްޓިފައެވެ. މިކަމާ އެތިންމީހުންނަށް ފަރުވާ ބަހައްޓާހެން ހިއެތްނުވެއެވެ. ތިންމީހުންވެސް ވަކިން ތަންކޮޅެތް އެތެރޭގައި އިންމޭޒެއްގައި އިންނަމުން ފިނިބުޔުމަކަށް އޯޑަރުޖަހާލިއެވެ. ” ދެން ބުނެބަލަ ތިބުނަން އުޅޭ ވާހަކަ އެތް ނޫނީ އަހަރުން ތަޅުވަން އިތުރަތް މަޑުކުރަން ތަ ތިއޮޅެނީ ” އޯޑަރު ކުރިއެއްޗެހި އައުމާއެކު ކެތްތެރިކަން ކުޑަގޮތަކަށް އީނާ ބުނެލިއެވެ. ” ހޫމް ހޫމް ހަމަޖެހިބަލަ އުފާވެރި ހަބަރެތް ދޭށޭ މިއޮޅެނީ ” ގެނެސްފައި ހުރި ޗޮކްލެޓްމިލްކް ޝޭކްތަށީގައި އިން ހޮޅިން އެތިކޮޅެތް ބޯލަމުން އީމާ ބުނެލިއެވެ. ” ދެން އެހެން ވީރުބުނެބަލަ އަވަހަށް ” އިޝްހާ ވެސް ބުނެލިއެވެ. ” ސޯ އަހަރެން ބުނަން އުޅުނީ ޒިހާން އާދެމީހުން ކައިވެނިކުރަން ނިންމާފިން އެން މަންމަ އޮތީ ކުރިން މިކަން ނިންމާފާ އެއްޔެ ރޭގައި ދެއާއިލާ އެތްވެ ޑޭޓް އެން ދެން ހުރި ހުރިހާ ކަމެތް ރާވާ ނިންމާފި ” އީމާ ބުނެލިއެވެ. ” އޯއެމްޖީ ، ހަމައަސްލުތަ ، ކޮންގްރާ ބެސްޓީ އެންމެ ފަހުން އީމް ގެ ކެއުން ވެސް ލިބެނީތާ ، އެކަމަކު ކޮން ދުވަހަކަށް ކައިވެނި ފިކްސް ކުރީ ” މޭޒުމަތީގައި އޮތް އީމާ ގެ އަތުގައި ހިފާލަމުން އިޝްހާ ބުނެލިއެވެ. އީނާ ވެސް އިޝްހާ އާއި ބައިވެރިވެލީ އެކުވެރިއާއަށް ޓަކައި އުފާކުރާ ހާލުއެވެ. ” ތެންކްސް ދެމީހުން ނަށް ވެސް ، މިބަލަނީ މިމަހު ނިމޭކޮޅުކަމަށް ދެންނެތްތާ މާގިނަ ދުވަހެއް ހަފްތާ އެތްވަރެއް ނުދޯއޮތީ ، ހަމަ އިންތިޒާރުކުރެވެނީ ޒިހާން ގެ މީހަކަށް ވާން ” ހުވަފެނީ ގޮތަކަށް ދެއަތް ޖޯޑުކޮށްލަމުން އީމާ ބުނެލިއެވެ. ” އޯވް ، ދެން އިންތިޒާރުކޮށްލާ ނިމުން ފޮނިވާނެ ” ޗޮކެތްކަނޑާލަމުން އީނާ ބުނެލިއެވެ. ތިންމީހުން ވެސް ހިނިގަނޑެއް ޖަހާލަމުން އަމިއްލަ ވާހަކައިގެން ކުރިއަށް ގެންދިޔައެވެ.
**********
” ހުވާ އަހަންނަކަށް ނޭނގެ މި ޔޫލީ އަށް ހަދާނެ ގޮތެއް ، މިއަދުވެސް މިސްޔޫ އޭކިޔާފާ އަހަރެން ގައިގައި ބައްދާލީ ” ކުރިމަތީގައި އިން މާއިޒް އަށް ބަލައިލަމުން ރީހާން ވާޙަކަ ދެއްކިއެވެ. ” ކަލޭނޭ ތީއަދި މައްޗަކަށް ދާނެ އަންހެނެއް ” ދެފަރާތައް ބޯހޫރުވާލަމުން މާއިޒް ބުނެލިއެވެ. ލަންޗް ބްރޭކް އަށްނުދެވުމާ ގުޅިގެން ރީހާން އަދި މާއިޒް ވެސް މެންދުރުގެ ތަންކޮޅެއް ފަސްވަގުތެއްގައި ކައިރީ ހުރި ރެސްޓޯރެންޓްއަކަށް ވަދެލީ އަވަސްކުރުމަށެވެ. ވަގުތުގެ ގޮތުން ޒިހާން އަށް ހުސްނުވުމާ އެކު މާއިޒް އަދި ރީހާން ދިޔައީ ޒިހާން ނުލައެވެ.
އެހެން ދުވަސްދުވަހެކޭ އެއްފަދައިން އިޝްހާ އޮފީސް ނިމޭ ގަނޑިއަށް ރީހާން އެ އޮފީސް ކައިރި ކާރު ޕާކް ކޮށްލަމުން ކާރުން ނިކުމެލީ އިޝްހާ އަށް ނުފެނިދާނޭތީއެވެ. އޭރު ބާރު ސްޕީޑެއްގައި ޒިހާން ވެސް އެތާ ރީހާން ކައިރި އޭނާ ގެ ސައިކަލު މަޑޫކޮށްލިތަނުން އީމާ އަދި އިޝްހާ އޮލަވާހަކައިގައި އެމީހުން ކައިރިއަށް އައެވެ. ” ކޮބާ ކައިވެނީގެ ކެއުން ދޭންވާނެ އިނގޭ ޒިހާން އަހަރެންގެ ބެސްޓީ ގެންދިޔާމާ އޮންނަން ޖެހޭނެ އެތްނު ، ” ސަމާސާ ރާގަކަށް ޒިހާން އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” އާން އެއީ ޔަޤީން އެއްޗެއްކަމަށް ބަލާ ” ބޮލުގެ ފުށްކިބައިގައި އަތްހިންގާލަމުން ޒިހާން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




wowww… masha allah masha allah masha allah vvvvvvvv salhi ingey mi prt vx.. vrh lwbi.. hama speechless.. ehaavx reethi.. keep it up sisoooo.. lyssssssssssmmm.. myssssmm… ss nd tvgc ingey.. mifaharu aattey akah salaameh nbunaanan.. mifaharu salaam bunaanee ril sis ah.. hahahahaa vrh salaam ingey sisyyy….
Thank uuu soo much naayuuu ❤️❤️❤️
Vrh ufaavehje kamudhiyaamaa ❤️❤️
Hahahhahaha. Va alaikum salaam ingeyy ❤️❤️❤️☺️Naayuu ah vxx salaam ingeyy❤️❤️☺️
Lymmmmm❤️❤️❤️
Mymmmmm❤️❤️❤️
Stay safe❤️❤️ and tvgc❤️❤️
Hello readers❤️❤️
Hope u like this part ❤️❤️
Next ISA soon ❤️❤️
Keep waiting ❤️❤️
And stay ❤️❤️safe and tvgc❤️❤️
Lyssmm❤️❤️
V reethi Masha Allah ❣️❣️❣️❣️❣️❣️ next part v avahah genesdheeba ?
Thank uuu soo much princess❤️☺️
Vrh ufaavhej kamudhiyaaamaa❤️❤️❤️
Next part submit kohlan mioleny ❤️❤️
Soon kiyaalan libeyne ❤️❤️. Keep waiting ❤️❤️❤️❤️
Stay safe ❤️❤️and tvgc❤️❤️
This part is also awesome as usual
Thank uuu soo much Rishu ☺️❤️❤️
Vrh ufaavheje kamudhiyaamaa❤️❤️☺️
Stay safe❤️ and tvgc❤️❤️
Welcome yeoja
Mirey libeynetha kiyaalan?❣️❣️
in reply to princess
mihaaru stry vaany submit kohalaafaa. dhn yeoja akah neyge mirey upvaane kameh .
keep waiting. ISA avaha kiyaalan libeyne kama balamaa dhw 🙂