އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއު×ޒކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ބަލަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި ތަފާތު ޖިންސުތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ […]
ލައުހާ ރޮނީކަން އެނގުމުން ހައިކަލް ދެރަވިއެވެ. އެއްވެސް ބަހެއް ނުބުނު އެތަނުން ދާން އުޅުމުން ހައިކަލް އަނެއްކާވެސް ކުރި ބެއްދިއެވެ. ” ހައިކަލް… ޕްލީޒް.. އަހަރެން ދިޔަދީ… ލޯބިވާ އެހެން މީހަކުހުއްޓާ… ކީއްކުރަން އަހަރެން ދެކެ ލޯބިވެޔޭ ބުނީ… ކީއްވެ އަހަންނަށް އޮޅުވާލީ… އަހަރެން އެކަނިވެރިއަކަށް ވީމަ ދޯ…” ލައުހާ ހުރީ ވަރަށް ވެސް ބޮޑަށް ހިތުގައި ޖެހިފައެވެ. ހައިކަލް ލައުހާއަށް މިހެން ހަދައިފާނެކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެެއެވެ. ލައުހާ ހީކުރީ ހައިކަލް އެހެން މީހުނާ ތަފާތުވާނެ […]
ހައިކަލް ހޮސްޕިޓަލްއަށް ވަދެ އައިސިޔޫއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ހައިކަލްގެ ސަމާލުކަން ހޯދީ ޖީބުން ރިންގް ވާންފެށި ފޯނުގެ އަނޑުންނެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ، ލިބުނު ހަބަރާ ހުރ ހައިކަލްގެ އަތުން ފޯނު ދޫވިއެވެ. ފަޔަށް ލެވުނު ހާ ބާރެއް ލާފައި ދުއްވާއިގަތީ ލައުހާ ކައިރިއަށެވެ. ހައިކަލްއަށް ދެވުނު އިރު ފެންނަމުން ދިޔަ މަަންޒަރުތަކުން ހައިކަލްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ލައުޙާ ކައިރީގައި ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލާއި އުޅެނީއެވެ. ލައުހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން […]
ގުޑް ބާއި މައި ލަވްލީ އެކްސް ވައިފް” ލައުހާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ލުހުޝާން ކުށްލިއަކަށް ގެނައި ހަރަކާތަކުން ލައުހާގެ ފައި ކައްސާލައި އިމާރާތުން ވެއްޓެއް ދިޔައަެވެ.. ހައިކަލް އޭ ކިޔައި ލައުހާ އަށް ބާރަށް ގޮވައިލެވުނެވެ. ލައުހާ ގޮސް ޖެހުނީ ބާރަށްދުއްވާފައި ދިޔަ ކާރެއްގެ މަތީގައެވެ. ކާރުން ވެއްޓި މަގުމަތީ ޖެހުނު އިރު މަގުމަތިން ހިނގާފައި ދިޔަމީހުން ހައިރާން ވެފައި ބަލަން ތިއްބެވެ. ލައުހާގެ ލެއިން މުލިތަން ރަތް ކުރަމުން ދިޔަ އިރު ލައުހާ […]
ލައުހާއަށް ހޭވެރިކަންވީ އީރު އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަދިވެސް ލައުހާގެ ބަނޑުގއި ރިއްސަމުން ދެއެވެ. ލައުހާ ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލިއެވެ. ލައުހާއަށް މި އޮވެވުނީ ކޮޓަރީގެ އެދުގައެވެ. ކައިރީގައި ލުހްޝާން ލައުހާއަށް ބަލަން އޮތެވެ. އެ ދެލޮލުން ލައުހާ އަށް މިހާރު ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. ލައުހާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލުހްޝާން ލައުހާ ކައިރީ ނުތެވުމަށް އެދުނެވެ. ލައުހާގެ ގައިގައި ބައްދައިގަތެވެ. ” ބޭބީ … އަހަންނަށް މާފް ކުރޭ… އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް […]
ލުހުޝާން އަށް މިރޭ ކުއްލިއަކަށް އައިސްފައިވާ ބަދަލާހުރެ ލައުހާ ހުރީ ބިރުގެންފައެވެ. އަޅަމުންދާވޭނަށް ކެތްކޮށްގެން އެހެން ނުހެދުމަށް ކުރި އާދޭސްތަކަށްވެސް ލުހުޝާން ދިނީ ބީރުކަންފަތެކެވެ.ލައުހާ ހީކުރި ފަދަ މީހަކަށް ލުހުޝާން ނުވިއެވެ. އެއަށްވުރެ މަކަރުވެރި މާހުށިޔާރު މީހެކެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ފެންނަން ނެތެވެ. ލައުހާ ގިނައިރު ރުއިމުގެ ސަބަބުން ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ބަޑުގައި ބާރަށް ހިފަހައްޓައިގެން އޮތްއިރު އިރު އިރު ކޮޅާ ލުހުޝާން ހޮސްޕިޓަލަށް ގެންދިޔުމަށް އާދޭސް ކުރަމުން ގެންދެއެވެ. ” ލުހުޝާން.. ޕްލީސް […]
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކަށް ލައުހާ ބިނާކުރި އުފާވެރި ދުނިޔެ ކިލަބުވަމުންދިޔައެވެ. ލައުހާގެ ބަނޑަށް މިހާރު ހަތްމަސް ވެފައިވާތީ މިހާރު ލައުހާ ހުންނަނީވެސް ވަރަށް ލޯބިކޮށެވެ. ބަލިވެއިން ކުރީކޮޅުގައި ބަލިވި ވަރަށް މިޙާރު ބަލި ނުވިއެއްކަމަކު ހަށިގަނޑަށް އިހްސާސް ކުރެވެމުން އައި ވަރުބަލިކަން އިތުރުވިއެވެ. ލުހުޝާންގެ މަންމަ މެދުކެނޑުމެއް ނެތި ކުރަމުން އައި މަސައްކަތުގެ ކާމިޔާބީގެ ކޮޅުމަތި ދައްކާފައިވާތީ ލުހުޝާންގެ ފަރާތުން ކުރިން ލިބެމުން އައި އަޅާލުމާއި އޯގާތެރިކަން މިހާރު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. […]
ލައުހާ މާޔޫސް ވެފައި ހުރެ ލުހުޝާން އާ އެކީ ގެއަށް ދިޔައެވެ. ހިތުގައި އެތަށް ޝަކުވާތަކެއް ފޮރުވަމުންނެވެ. ހައިކަލް ކަންތައް ކުރިގޮތުންނެވެ. އެއީ ލައުހާ އުއްމީދު ކުރި ގޮތެއްނޫނެވެ. ލުހުޝާން އާ އެކު ލައުހާ ގެއަށް އައުމުން ލުހުޝާންގެ މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލައުހާ ގެއަށް ގެނައީތީ އެގެއިން ނިކުމެގެންދާނެ ކަމުގައި ބުނެ ނިކުންނަން ދިޔައެވެ. ލައުހާ ހައިރާންވީ ލުހުޝާން އޭނާގެ މަންމަ ހުއްޓުވަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރުމުންނެވެ.މަންމަ ނިކުމެގެން ދަންދެން ބަލަން […]
ހަވީރުގެ ވަގުތެވެ. ލައުހާ އިނީ ހައިކަލް އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ. ހައިކަލްގެ ކިބައިން މާފަށް އެދެން ލައުހާ ބޭނުންވާތީވެސް މެއެވެ. ދޮރުން މީހަކު ވަދެގެން އައިކަމުގެ އިހްސާސެއް ލައުހާއަށް ފެނުނެވެ. ދޮރުމަތީގައި ހުރި ހައިކަލް ފެނުމުން ލައުހާ އުފާވިެއެވެ. އެދިމާލަށް ހިގަނއިގަންނަށް ފިޔަވަޅުނެތި ތަނާހެން ހައިކަލްގެ ފަހަތުގައި ހުރި މީހަކު ފެނުމުން ލައުހާއަށް ހުއްޓުނުން އެރިއެވެ. ހީވަނީ ލައުހާގެ ފައިގައި މީހަކު ހިފައިގެން ހުރިގެންނެވެ. ކުރިމަތިން ފެންނަން ހުރި މަންޒަރު ގަބޫލުކުރަން ދަތިވެފައި ލައުހާއަށް ހުރެވުނީއެވެ. އެއްފަހަރު […]