ކާރު ތެރޭގައި އިން އައިވިންގެ ލޯ ދަތުރު ކުރީ ކާރުގެ ބިއްލޫރި ގަނޑުން ރޮނގު ހަދާފައި ފައިބަމުން ދިޔަ ވާރޭގެ ފެން ތިކި ތަކަށެވެ. އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވީ އިރު އައިވިން ދެރަވީ އައުމުގެ ކުރިން އޭނާގެ ހިތުގެ ހާލު ޒޯޔާއަށް އަންގައި ނުދެވުމުންނެވެ.
“އަހަންނަށް ކަންތައް މިކުރެވުނީ ރަނގަޅަށްތަ..؟އަހަންނަށް އަދި ޒޯޔާ ފެންނާނެބާ..؟ ނޫން..ނޫން.. އަހަރެން.. އަހަރެންގެ އިޙްސާސްތައް ނުކިޔައިދެވުނީ ކީއްވެތަ..؟ އަހަރެން މީ ހަމަ އެހާވެސް ފިނޑި މީހެއްތަ..؟” ކުއްލި އަކަށް އައިވިން ހާސްވާ ގޮތް ވެއްޖެއެވެ. އޭނާގެ އަމިއްލަ ނިންމުން ތަކާ މެދު ސުވާލު އުފެދިއްޖެއެވެ. ބޮޑު ގޯހެއް ހެދިއްޖެ ކަމުގައި އޭނާގެ މުޅި ހަށިގަނޑުވެސް ބުނަމުން ދާފަދައެވެ.
“ކާރު ހުއްޓާ..! ” އައިވިން އަށް އެއްވެސް އިޚްތިޔާރެއްނެތި ބުނެވުނެވެ. އޭނާގެ އަޑުވެސް ނިކުތީ ހީކުރި ވަރަށް ވުރެ ބާރަށެވެ. ހައިރާންވެފައި އައިވިންގެ ބޮޑީގަރޑް ބަލައިލި އިރު ޑްރައިވަރުގެ އަތުގައި ހިފަހައްޓާލަމުން ޓެކްސީ މަޑު ކުރުމަށް އަންގާލިއެވެ.
“ކިހިނެއްތޯވީ..؟” އައިވިންގެ ބޮޑީގަރޑް ސުވާލު ކޮށްލީ ކާރު ހުއްޓަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށެވެ.
“އަހަރެން.. އަހަރެން ކުރަންޖެހޭ އެއްކަންތައް އަދި އެބަ އޮތް.. ގެސްޓް ހައުސް އާ ދިމާއަށް ކާރު އަނބުރާލާ..” އައިވިން ސީޓުގައި ހަމަޖެހިލަމުން ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ދިނެވެ. އޭނާގެ މޫނު މަތިން ސާބިތުކަން ފެނިގެން ދިޔަ އިރު ކުރަން އުޅޭ ކަންތަކަށް ތައްޔާރުވެފައި ވާކަން ހާމަވެއެވެ.
އައިވިންގެ އެދުމާއި އެއްގޮތުގެ މަތިން ކާރު އަނބުރާލީ ފްލެކްސް ގެސްޓް ހައުސް އާ ދިމާއަށެވެ. ކެތްތެރިކަން ކުޑަ ވެފައި އިން ފަދައިން އައިވިން ކާރުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ޒޯޔާގެ ފަރާތުން ކޮންމެ ޖަވާބެއް ލިބުނު ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. މިހުރިހާ ދުވަހު އެހިތަށް ލިބުނު ނުތަނަވަސް ކަމުގެ އަސްލަކީ ކޮބައިކަން އައިވިން އަަށް އަދި ކިރިޔާ ވިސްނުނީއެވެ. އިޙްސާސްތައް ހިތުގައި އަޅާ އޮއްބައިގެން ހުރުމަކީ ވޭނެކެވެ. އޭނާ ބޭނުން ވަނީ އެވޭނުން މިންޖުވާށެވެ. ޒޯޔާ އޭނާގެ ލޯބި ޤަބޫލު ނުކުރިޔަސް އެލޯބި ހޯދަން މަސައްކަތް ކުރެވުނު ކަން އޭރުން އަމިއްލަ ހިތްވެސް ޤަބޫލު ކުރާނެއެވެ.
ގެސްޓް ހައުސްއާއި ޒަފަރް ގޭގެ ދޮރު މަތީ ކާރު ޕާކު ކޮށްލުމާއެކު ބޮޑީގަރޑް ކަޅު ކުޑައެއް ހިފައިގެން ނިކުމެ އައިވިން ނިކުތުމަށް ފަހަތު ސީޓުގެ ދޮރު ހުޅުވާލަދެން އައެވެ. އޭރު ކެތްތެރިކަން ކުޑަވެފައި ހުރި އައިވިން އޭނާގެ ބޮޑީގަރޑް އަކަށް ބެލުމެއް ނެތި ކާރުގެ ދޮރުފަތް ހުޅުވާލާފައި ނިކުންނަނީއެވެ.
“އަހަރެން އެކަނި ގޮސްލަން ބޭނުމީ.. ލަސްނުވެ އަންނާނަން.. އެހަށް ކާރުގައި މަޑު ކުރޭ..” ވާރެއިން ހިޔާ ކުރުމައްޓަކައި އައިވިންގެ ބޮލަށް ކުޑަ އަމާޒު ކުރި ވަޤުތު އޭނާގެ ބޮޑީގަރޑް އަށް އައިވިން ބުނެލިއެވެ. ދެކޮޅު ހެދުމެއް ނެތި އޭނާ އައިވިން އާ ކުޑަ ހަވާލު ކުރުމަށްފަހު އަވަސް އަވަހަށް ކުރީ ސީޓުގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަދެއްޖެއެވެ.
ކުޑައިން ބޯ ހިޔާކޮށްލައިގެން ހުރި އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާ ހިނގައިގަތީ ގޭގެ ގޯތި ތެރެއާ ދިމާއަށެވެ.
އަވަސް ފިޔަވަޅުތަކުގައި ގޯތި ތެރެއަށް ވަދެގެން އައި އައިވިންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ގޯތި ތެރޭގެ މެދެއްހާ ހިސާބުގައި ކުޑަ ކަކޫ ޖަހައިގެން މީހެއް އިންހެން ހީވުމުންނެވެ. ވާރެއާއި އަނދިރި ކަމުގެ ތެރެއިން ކާކު ކަމެއް ސާފު ވާވަރެއް ނުވިއެވެ. އެހެނަސް އެ ގިސްލުމުގެ އަޑު ޖެހުމާއެކު އައިވިން އަކަށް ނޯޅުނެވެ. އެއީ ފުރަތަމަވެސް އެ އަޑަކުން އޭނާގެ ހިތަށް އަސަރު ކުރުވި އަޑެވެ. އެވަޤުތު އޭނާގެ ކަންފަތުގައި ޖެހުނީ އޭނާގެ ނަމުން ޒޯޔާ އަސަރާއެކު ގޮވާލި އަޑެވެ.
އައިވިންގެ މޫނުމައްޗަށް ވެރިވި ހާސްކަމާއެކު ޒޯޔާއާ ދިމާއަށް ދުއްވައިގަނެވުނެވެ. އައި ގޮތަށް އައިސް ޒޯޔާގެ ކުރިމަތީ ކުޑަ ކަކޫ ޖަހާލަމުން ތެމި ފޯވެފައިވާ ޒޯޔާގެ ބޮލަށް ހިޔާވާނެހެން ކުޑަ އަޅާލިއެވެ.
“ޒޯޔާ.. ކިހިނެއްވީ..؟ ކީއްވެ ވާރޭގަ ތީނީ..؟” އައިވިންގެ އަޑުގައިވަނީ އިންތިހާ ތަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. އިސްޖެހި ގިސްލަމުން ދިޔަ ޒޯޔާގެ ކޯތާފަތިގައި މިނިވަން ކޮށް އޮތް އަތުން ހިފާލަމުން އައިވިން ޒޯޔާގެ މޫނު އުފުލާލިއެވެ.
“އައިވިން.. އަހަރެން.. އަހަރެން… މި..މިތަނުން..ގެންދޭ..” ޒޯޔާގެ ތުންފަތުގައި ހުރި މަޑު ތުރު ތުރުލުމާއެކު އޭނާ ކިޔަމުން ދިޔަ އެއްޗެއް ސާފުވަނީވެސް ކިރިޔަ ކިރިޔާއެވެ. އައިވިން ލައިގެން ހުރި ޓީޝާޓުގައި ހިފާ ބާރުކޮށްލަމުން ޒޯޔާ އަނެއްކާވެސް އޭނާ ގެންދިޔުމަށް އެދިއްޖެއެވެ. ޒޯޔާއަށް ހީވީ އޭނާގެ ކުރިމަތީ އިން އައިވިން އަކީ އަސްލެއް ނެތް ޚިޔާލެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހިތުގެ އިޙްސާސްތައް އާދެހާއެކު ބޭރުކުދަމުން ދިޔައެވެ.
“އަހަރެން ބޭނުމެއް ނޫން.. މިތާ ހުންނާކަށް.. އައިވިން ޕްލީސް ޕްލީސް.. އަހަރެން ގެންދޭ..” ޒޯޔާ ހުއްޓާ ނުލާ ކިޔަމުން ދިޔައެވެ. އެއީ މިވަޤުތު އޭނާގެ ހިތުގެ އެދުމެވެ.
“ޒޯޔާ.. ދެން ނުރޮއެ.. އަހަރެން ޒޯ ގެންދާނަމޭ.. ބަހައްޓާފަކާ ނުދާނަން.. އެއަށްވުރެ އަހަރެން ޒޯ ދެކެ މާ ލޯބިވޭ..” ޒޯޔާގެ ދެލޯ ފޮހެލަ ދެމުން ނުހަނު ލޯތްބާއެކު އައިވިން ބުނެލިއެވެ. އެއާއެކު ޒޯޔާއަށް ސިހިފައި އައިވިންގެ ދެލޮލަށް ބަލާލެވުނެވެ. ކުރިމަރީގައި އެހުރީ ޚިޔާލެއްވިޔަސް ނުވަތަ ވާރޭގެ ފެންތިކިތަކުން އުފެދުނު އަސްލެއްނެތް މަންޒަރެއް ނަމަވެސް އެއީ އޭނާ ހުވަފެނުގައިވެސް އެސޫރައެއް ދުށުމަށް އެދޭ ފަރާތެވެ. އެދުލުން އެހާމަ ކުރީ އޭނާ އެ ލަފްޒުތައް އަހާލުމަށް ބޭޤަރާރުވެފައިވާ ލަފްޒު ތަކެވެ.
“ދެންތެދުވޭ.. އަން.. ޒޯ ވާރޭގަ އިންދަ ބަލިވެއްޖިއްޔާ އަހަރެން ވަރަށް ހާސްވާނެ..” ތުރު ތުރު އަޅަމުން ދިޔަ ޒޯޔާގެ އުނަގަނޑުގައި ހިފަހައްޓާލަމުން އައިވިން ޒޯޔާ ކޮށްޅަށް ނެގިއެވެ. ޒޯޔާ އޭނާއާއެކު ގެންދެވޭނެ ކަމުގެ ޚިޔާލާއެކު އައިވިންގެ ނަފްސަށް ތަފާތު އުފާވެރިކަމެއް ލިބިގެންދިޔައެވެ. އޭނާ ޒޯޔާއަށް މުޚާތަބު ކުރީވެސް ކުރިން ނުކުރާފަދަ ގާތް ނަމަކުންނެވެ.
ވައި ބާރުވެ ފިނި ގަދަވެފައި ހުރުމުން ނަސީބަކުން އައިވިން ހުރީ ޓީ ޝާޓުގެ މަތިން ޖެކެޓެއް ލައިގެންނެވެ. އެ ޖެކެޓު ބާލަމުން ޒޯޔާގެ ގަޔަށް އައިވިން ޖެކެޓު ލައްވާލިއެވެ.
“ތީ ހަމަ އައިވިން ތަ..؟” އައިވިންގެ ހަރަކާތްތަކަށް ކަޅި ޖަހާ ނުލާ ބަލަން ހުރި ޒޯޔާއަށް ސުވާލުކޮށްލެވުނެވެ. ޒޯޔާގެ މަޢުސޫމު ލޮލުން އައިވިން އަށް ބަލަހައްޓައިގެން ހުރެ ކޮށްލި ސުވާލުން އައިވިން ކައިރިއަށް ހިނި އަންނަ ގޮތްވިއެވެ.
“ކިހިނެއްވީ އަނެއްކާ..؟ އައިވިން އާ ވައްތަރު ނޫނީތަ..؟ ސަމާސާ ކަން އެކުލެވޭ ރާގެއްގާ އައިވިން ބުނެލިއެވެ.
“ޒޯޔާ..!” ޒޯޔާގެ ގަޔަށް ޖެކެޓު ހެޔޮ ވަރު ކޮށްލި ވަޤުތު ގޭގެ ދޮރު ހުޅުވާލާފައި ނިކުން ޒަފަރް ބާރު ބާރަށް ގޮވައިގަތެވެ. އައިވިން އާއި ޒޯޔާއަށްވެސް ޒަފަރް އާ ދިމާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނެވެ.
“ހަމަ މިހާރު އެތެރެއަށް ވަދޭ..!” ޒަފަރް އަޑު ފަށް ލައްވައިގަންނަމުން ޒޯޔާއަށް އަމުރު ކުރިއެވެ. އެވަޤުތު ޒުވާން އަންހެން ކުއްޖެއް ނުކުމެ ޒަފަރްގެ ވާއަތު މުލައްދަނޑީގައި ހިފަހައްޓާލަމުން ޒޯޔާއާއި އައިވިން އަށް ބަލާލީ މަލާމާތުގެ ހިނިތުންވުމަކާ އެކުއެވެ.
އައިވިން އަށް ޒޯޔާ ވާރޭގައި ރޯން ހުންނަން ޖެހުނު ސަބަބާއި އޭނާ މިތަނުން ގެންދަން އާދޭސްކޮށްފައި އެދުނީ ކީއްވެކަން ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ރުޅިވެރި ކަމާއެކު ދަތްކުނޑި ވިކާލެވުނު އައިވިން އަށް ޒޯޔާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލީ ޒޯޔާ ނުގެންދެވޭނެ ކަން ޒަފަރް އަށް އަންގާލަން ބޭނުންވީ ވަރުންނެވެ.
އައިވިންގެ އަމަލާއެކު ހީވީ ޒަފަރްގެ ރުޅިގަނޑު ފަޅައިގެން ދިޔަހެންނެވެ.
“ބުނީމަ ބުނާ ވާހަކަ އަޑެއް ނީވޭތަ.. އަންނާށޭ ހަމަ މިހާރު.. ގަދަކަމުން ކޫއްތާފަ ގެންނަން ވީތަ..؟” ޒަފަރް ދުން ޖަހާފައި އައީ ޒޯޔާއާ ދިމާއަށެވެ. އައިސް ޒޯޔާގެ އަތުގައި ހިފަން އުޅުމާއެކު ހުށިޔާރުވެ ހުރި އައިވިން ޒަފަރްގެ އަތުގައި ހިފެހެއްޓިއެވެ.
“ކީއްކުރަން ޒޯޔާ ގެންދަން ތިއުޅެނީ.ޒަފަރްގެ ބޭނުންތައް ފުއްދޭވަރުގެ އަންހެނެއް އެބަހުއްޓެންނު…” ސީދާ ޒަފަރްގެ މޫނަށް ބަލާލަމުން މަލާމާތާއި ރުޅިވެރިކަން އެކުލެވޭ ރާގެއްގައި އައިވިން ބުނެލިއެވެ.
“އައިވިން ކަލޭ ކޮންމެހެން މިދޭތެރެއަށް ވަންނާނެކަމެއް ނެތް.. މީ ކަލެއާ ބެހޭވެސް ކަމެއް ނޫން.. އަހަރެން ކަލެއަށް ކުރިންވެސް އިންޒާރު ދީފާ އޮންނާނީ.. އަހަރެންގެ ކަންކަމާ ބެހެންޏޭ ނަތީޖާ މާ ރަނގަޅެއް ނުވާނެ..” ޒަފަރް އާދައިގެ މަތިން އައިވިން ބިރުދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު އައިވިން އަށް އެކަމުން އަސަރެއް ނުކުރިއެވެ. ބަދަލުގައި އެއް މިޔަކަނުން ހިނިތުންވެލިއެވެ.
“ތިހާ އަމިއްލަ ބާރާ މެދު ފަޙުރުވެރި ވަންޏާ ތިޔަ ބުނާ ކަމެއް ކޮށްބަލަ.. ބާރު ހުރީ ޒަފަރްގެ އަތުގަ އެކަންޏެއް ނޫން..” މިފަހަރުވެސް އައިވިން ވާހަކަ ދެއްކީ މަލާމާތާއެކު އެވެ. ޒޯޔާ އަށް ޓަކައި އެންމެ ތަންފުކެއްވެސް ޒަފަރް އަށް ދޫކުރާކަށް އައިވިން ބޭނުމެއް ނުވިއެވެ.
“ޒޯޔާ..! ކަލޭ އައިވިން އާ އެކު ގޮށްސިއްޔާ ތީ މަގޭ އަންބެއް ނޫންކަން ހަނދާން ކުރާތި..! އޭގެ ފަހުގަ ކަލޭގެ ދެދުނިޔެ ވެސް ނަރަކަޔަކަށް ހަދާލާނަން..” ޒަފަރް އަނެއްކާވެސް ދިމާ ކުރީ ޒޯޔާއަށެވެ. އައިވިންގެ ކުރިމަތީ މިރޭ އޭނާ މޮޅު ނުވާނެ ކަން ވިސްނުނީއެވެ. އޭގެ ބަދަލުގައި ޒޯޔާގެ ހިތް ބިރުވެރި ކަމާއި ސިހުމުގެ ތެރެއަށް ވައްޓާލަން ޒަފަރް ބޭނުންވިއެވެ. އޭނާ ދިން އިންޒާރަށްފަހު ޒޯޔާއަށް އޭނާއާ ދެކޮޅަށް ތެދުވާކަށް ނުކެރޭނެކަން އޭނާއަށް ޔަޤީންވެއެވެ. މިހުރިހާ ދުވަހުވެސް އޭނާ ޒޯޔާ ކޮންޓްރޯލް ކުރަމުން އައީ އެގޮތުގެ މަތިންނެވެ.
އައިވިން އަށް ޒޯޔާގެ އަތްތިލާގައި ހިފާލާ ބާކޮށްލެވުނެވެ. ޒަފަރްގެ ރޭވުން އޭނާއަަށް ވިސްނުނެވެ. ޒޯޔާއަށް ބިރުދައްކައިގެން އޭނާގެ ޚިޔާލު ބަދަލުކޮށްލަން ޒަަފަރް މަސައްކަތް ކުރާތަން ފެނި އައިވިންގެ ހިތުގައި ޒަފަރް އާ މެދު އޮތް ނަފުރަތުކަން ހައްތަހާ ބޮޑުވެގެން ދިޔައެވެ.
ޒޯޔާއަށް ބަލާލެވުނީ ޒަފަރްގެ ލޮލުގައި ވާ އަލިފާނުގެ ބެލުމަށެވެ. އެއާއެކު އިސްއުފުލާލާ އައިވިން އަށް އޭނާ ބަލައިލިއެވެ. އައިވިން ޒޯޔާއަށް ބަލައިލި އިރު އެދެލޮލުގައިވަނީ ފިނި ކަމެވެ. ޒޯޔާގެ އަތައް ފިތާލި އިރު އެއްވެސް ކަމަކާ ހާސްނުވާށޭ ބުނަމުން ދާފަދައެވެ. އައިވިންގެ އެ ޢަމަލުން ޒޯޔާއަށް ދުވަހަކުވެސް އިޙްސާސް ކުރެވިފައިނުވާ ރައްކާތެރިކަން އިޙްސާސްވެގެން ދިޔައެވެ.
“އަހަރެން.. އަހަރެން ގެންދޭ އައިވިން..” ޒޯޔާ އައިވިންގެ އަތަށް ދަމާލަމުން ކުރިންވެސް އެދުނު ކަންތަކަށް އެދުނެވެ. ޒަފަރްގެ ފަރާތުން ފެނުނު ޢަމަލަށްފަހު ދެން އެގޭތެރެއަށް ވަންނަންވެސް ޒޯޔާގެ ހިތެއް ނޭދެއެވެ. އޭނާގެ ކެތްތެތިރިކަން ކޮޅުން ލައިފިއެވެ.
ޒޯޔާގެ ވާހަކަތައް އިވުނު އައިވިން ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ނުކުޅެދުނެވެ. އޭނާގެ ދެލޮލުންވެސް ކުރިން ނުފެންނަ ތަފާތު ވިދުވަރެއް ފެނިގެން ދިޔައިރު އޭނާގެ ތުންފަތް ފުރިހަމަ ހިނިތުންވުމަކަށް ދެމިލިއެވެ.
އެއާ ޚިލާފަށް ޒޯޔާގެ ވާހަކަ އާއެކު ހީވީ ޒަފަރްގެ ކަންކަށި މަތީ މީހަކު އެތިފަހަރެއް ވީއްލައިލިހެންނެވެ. ޤަބޫލު ނުކުރެވިފައި ޒޯޔާއަށް ބަލައިލެވުނީ އެފަދަ ހިތްވަރެއް އޭނާއަށް ލިބުނު ގޮތަކާމެދު ސުވާލު އުފެދި ހުރެއެވެ.
އައިވިން ހިތްހަމަޖެހި ހުރެ ޒޯޔާ އޭނާއާ ކައިރި ކޮށްލަމުން ގޭން ބޭރަށް ނިކުންނަށް ހިނގައިގަތެވެ.
“ކަލޭމެން ދެމީހުން ހަނދާން ކުރާތި..! ތި ކުރި ކަންތަކުގެ ބަދަލު ދެމީހުންނަށް ދައްކާލާނަން..!” ރުޅި އައިސްގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތަށް ގޮސްފައި ހުރި ޒަފަރްގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ޒޯޔާއަށް ސިހުމާއެކު ހުއްޓެވެން އުޅުނެއް ކަމަކު އައިވިން އޭނާގެ އަތުގައި ހިފާލަމުން ކުރިއަށް ދިއުމަށް އެދުނެވެ.
އައިވިން ފުރަތަމަ ޒޯޔާ ކާރަށް އެރުވުމަށްފަހު ފަހަތުން ކުޑަ ލައްޕާލަމުން ކާރަށް އެެރިއެވެ. ޒޯޔާ އެރުމާއެކު ކުރީގައި އިން އައިވިންގެ ބޮޑީގަރޑަށް ލިބުނީ ހައިރާން ކަމެވެ. ނަމަވެސް އެކަމާމެދު ސުވާލެއް ކުރުމަކީ އޭނާގެ ދަރަޖައެއް ނޫންކަމުން އޭނާ ހަނު ހުއްޓެވެ. އައިވިން ކާރު ދުއްވާލަން އެންގުމާއެކު ޓެކްސީ އަނެއްކާވެސް ބަނދަރާ ދިމާއަށް މިސްރާބު ޖެހިއެވެ.
ކާރުގެ ތެރޭގައި އިން ޒޯޔާ އިނީ ހީކަރުވައި ގެންފައެވެ. ކުރެވެން މިއުޅޭ ކަންތައް އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނީ ވީ އަދި ކިރިޔާ ކަންނޭނގެއެވެ. މޫނު މަތިން ފެނިގެން ދިޔަ ހާސްކަމާއެކު އޭނާއަށް ތުންފަތް ހަފާލެވުނެވެ. އޭނާއަށް މިކުރެވެނީ ރަނގަޅު ކަމެއް ބާއެވެ. ޒަފަރްގެ އިންޒާރުތައް ހިތައް ވެރިވުމާއެކު ޒޯޔާގެ މެޔަށް ބާރުވެގެން ދިޔައެވެ.
ޒޯޔާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ އިން އައިވިން ކާރުގެ ހީޓަރ ޖައްސާލަ ދިނުމަށް ޑްރައިވަރުގެ ކިބައިން އެދުނެވެ. އެއަށް ފަހު އަނެއްކާވެސް އޭނާގެ ސަމާލުކަން ހުއްޓުނީ އިސްޖަހާލައިގެން ދެއަތް ދެއަތާ މޮޑެމުން ތުންފަތް ހަފަ ހަފާ އިން ޒޯޔާ އަށެވެ. އެހިތް ލޯބިން ފުރި އުތުރި އަރަމުން ދިޔަ އިރު ޒޯޔާ ގެނެސް އޭނާގެ އަތު ތެރެއަށް ލުމަށް އައިވިންގެ ހިތް އެދި ގޮވަމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Wow me first dhw…
Yes ???. U r first.. congratss!?❤️
yeyyy…. mee first dhww…. verh reethi mi part vx
Mifaharu second princess.. dhn faharakun first hoadhan try kurahchey. Thank u so much dear.. v ufaavejje mi bai ves kamudhiyaeema ?❤️
Varah salhi ekamu thankolheh kuree dhw. Next part konirakun. Thankolheh avaskohlahchey. End dhen zoyaa nurovahchey
Thank u so much ???. V ufaavejje dear ah mi part kamudhiyaeema.. In sha Allah next part dhigu kohlan masaihkaih kuraanan ingey.. hopefully before Thursday up kohla dheynan.?❤️
Masha Allah mi part vx vrh reethi…Alheyy poor Zoaya…. Pis pis this Zafar???? naseebeh Aivin aai ekkoh dhaan ebbas vikan
Waiting for the nxt part
?Luv u
Thank u so much ?PRINSWSS. V ufaavejje mi part dear ah kamudhiyaeema. Yes dhw.. naseebeh hama. Lymm dear?❤️
Wow salhi salhi??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ماشاءالله???????????? Reethi kamun bas huttijje????? mi part varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah Furihama??? aiy jahaa jahaa balivaavarah aiy jahaa varuvey hama????????????????????????????????????????????????????????????????????????????????????????????
Aivin aa eku Zoa dhanee???? yay??????????????? Zafar dhen hurey rakivefa??? Zoa dhen dhaathi Aivin aa eku???? Aivin asluves haadha rangalhey dho???????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Awwn thank u soo much Sher.. v ufaavejje mi part ehaa kamudhiyaeema dear ah.. thidhey support ah v bodah shukuriyya. Yes.. Aivin is the best dhw?❤️
Hi sis mi Part vx varah reethi masha Allah
Enme fahun zoya ehbas vee dhw
Mi zafar kaaree hurumah vure rangalhu vaane aivin aa ehkon dhiyayas dhw sis
Adhivex zafar maathiri vaakah noolhee ee dhw hurebala ma athugaa jehihjeyyaa kulhi dhahkaalaanan ???
Waiting for the next
Luv uuu ❤️❤️❤️❤️
Stay safe
Thank u so much Maany.. v ufaavejje mi bai vss dear ah kamudhiyaeema.. yess.. finally ehbas vee dhw.. ya.. zafar aa eku ulhumah vure maa rangalhu vaanehen wonder ah heevany. Hehe.. rangalhu landeh dheythi ingey. Lymm dear. U too stay safe?❤️
Varah reethi ishoo aneygun reethi kamun mi part nimun iruves ma bodhah vahakah thereya vadhevifa iny zoa aivin a ekon dhiyama adhima furihama mi vaahakah??
Masha allah varah reethi
Thank u so much Ishoo. V ufaavejje vaahak ehaa kamudhiyaeema..awwn.. yes ehen evy.. wonder ah ves vaahakaige there ah vadhevifa inihyaa dhn neyngeyne gadi dhaa goih ves. Glad u liked it?❤️
Wowwwwwwww..wonder…i love this part?????? finally aivin told Zoya that he loves her…yayyyyy…. Mi part vx varah furihama…love it?? waiting for the next part …
Thank u so much Kai. V ufaavejje mi part ves dear ah kamudhiyaeema.. yayy. Finally dhww! Next In sha Allah avahah up kohla dheveythoa balaanan?❤️
Wow sis Mi part vess vrh sali ❤️❤️❤️
Masha Allah keep it up sis ❤️❤️❤️
Fainally aivin aburaaa aeee dhw Ril vrh vrh happy vehje?❤️❤️???????
Seriously Zoya Hama egen ehbaa vee dhw Wow Double❤️❤️❤️❤️?????? happiness dhw sis Ril beynunvi gotha Evany vess ???❤️❤️❤️❤️???????
So happy??????❤️❤️❤️❤️❤️
Keekey hitha alaagen thr zafaru egen Zoya aa aivin Ah birudhakany ????moyavaashey soreh Eyyy vrh foohi ????????????
Waiting for the next part ingeyyy sisoo❤️❤️❤️❤️
Love u sooo muc❤️❤️❤️
Stay safe and take care ❤️❤️❤️❤️
Thank u so much Ril. V ufaavejje dear ah mi part ves kamudhiyaeema.. yess he came! Wondee ves v happy vi ingey aslu?. Haha.. zafar already moyavefa ehery. Lymm dear. U too b safe n tvgc❤️?
Vv reethi next part thankilheh dhigu kollacchey ?
Thank u so much unknown queen. V ufaavejje mi bai kamudhiyaeema.. In sha Allah v try kuraanan next part dhigu kohlan❤️?
Maasha allah v reethi mi part vx sis
Aee Zoya tha.. Gaboolu nukurevey.. Zoya Naseebehnu Aivin aa ehkon Dhaan ehbas vikan.. Ekamku Dhn jeheyne V samaalu vaan.. Thi Zafar Kameh kohfaane
Curiously waiting for nxt part
Stay safe n Tc sis
Lyyysssmmm
Thank u so much Lam. V ufaavejje mi part ves dear ah kamudhiyaeema.. yess that is zoa hama.. hehe.. yes.. dear bunaahen they should b careful. U too b safe n tvgc.. lymmm dear❤️?
If you don’t mind, can u change the cover please. Aslu story beautiful ekm cover ehaa ehaa noon veema bunely.. Aivin ah thankolheh handsome boy eh laafa zoa ah nulaahiku innocent kohlaafa.. this is myour view and I don’t know about you and others.. But I’ll be really happy if u put a new cover on the story??.. Take care and be safe by the way.
Thank u for the idea you her! Really appreciate ur view. N vaahaka kamudhiyaeema v ufaavejje.. Will think abt it n dear happy kohla dheveythoa v try kuraanan. U too tvgc n b safe dear?❤️
masha ahllah haadha reehchy mi part ?❤???