ރޭގަނޑުގެ ކެއުން މޭޒުމަތީ އަތުރާލުމާއެކު އައިވިން ވެސް ހަމަޖެހިލަމުން ކާއެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. ނަޖުމާ އައިސް ޒޯޔާގެ ކައިރީ އެކި ކަހަލައިގެ މޭވާ އާއި ތަރުކާރީ ހުރި ތަށިތައް އަތުރާލަމުން ހުސްކުރަން ވާނެކަމަށް ބުންޏެވެ. އެހިނދު ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔަގޮތުން އައިވިން ކައިރިއަށް ހިނި އަންނަ ގޮތްވިއެވެ.
“އެކަމަކު މިހުރިހާ އެއްޗެއް..” ޒޯޔާ އުޅުނީ ހުސްނުވާނެ ކަމަށް ބުނެ ބަހަނާއެއް ދެއްކޭތޯއެވެ. ނަމަވެސް އެ ފުރުސަތު ނަޖުމާ ޒޯޔާއަކަށް ނުދިނެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ގިނައިން ކާންވާނެ ކަމަށް ބުނެލިއެވެ. އައިވިންވެސް ނަޖުމާގެ ވާހަކައަށް ބާރުދޭން ފެށިއެވެ. ކެއުން ކުރިޔަށް ދިޔަވަޤުތު ޒޯޔާގެ ތައްޓަށް އިރު ކޮޅަކާ އައިވިން ތަރުކާރީގެ ބާވަތެއް ލައިދެއެވެ. އެކަންތައް ތަކުރާރުވާން ފެށުމާއެކު ޒޯޔާ އައިވިން އާ ދިމާއަށް ލޯ އަޅާލިއެވެ. ޒޯޔާ ބަލާލުމާއެކު ހުނުން ހިފަހައްޓާލައިގެން އިން އައިވިން އަވަހަށް އިސްޖަހާލަމުން ކަމެއްނުވާކަމަށް ހަދާފައި ކާން ފެއްޓިއެވެ.
ކެއުން ނިންމާލުމަށްފަހު އައިވިންގެ ފަހަތުން ޒޯޔާވެސް ކާގެއިން ނުކުތެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް އޭނާއަކަށް ހުރިހާ އެއްޗެއް ހުހެއްނުވިއެވެ. ތަށިތައް ނެގުމުގައި ނަޖުމާއަށް އެހީވާން އުޅުމުން އެކަންވެސް އޭނާ މަނާ ކުރިއެވެ.
ޒޯޔާ އާއެކު އޭނާގެ ކޮޓަރިއާ ހަމައަަށް އައިވިން ހިނގާފައި އައެވެ. ކޮޓަރީގެ ތެރެއަށް ވަންނަން އައި ޒޯޔާ ދޮރު ކަނީގައި ހިފަހައްޓާލަމުން އެނބުރި އައިވިން އަށް ބަލައިލިއެވެ. އޭނާ އައިވިންގެ ހިޔާވަހި ކަމުގައި އުޅޭތާ އަދި ސައުވީސް ގަޑި އިރުވެސް ނުވެއެވެ. އެހެނަސް އައިވިންގެ އަޅާލުމާއި އޯގާތެރިކަން އެމަދު ވަޤުތު ކޮޅު ތެރޭގައިވެސް ޒޯޔާއަށް އިޙްސާސް ކުރެވިއްޖެއެވެ. އައިވިންގެ މައްޗަށް އެހިތް ޝުކުރުވެރިކަމާއި ލޯބިން ފުރިއްޖެއެވެ. ޒޯޔާއަށް އައިވިން އާ ދިމާއަށް ބަލައިލި އިރު އެދެލޮލުގައި ވިދަމުން ދިޔައީ އެ އަސަރުތަކެވެ.
“ގުޑް ނައިޓް..” ލައިގެން ހުރި ޖިންސުގެ ދެއަރީގެ ޖީބަށް އަތް ޖަހާލައިގެން ހުރެ އައިވިން ބުނެލިއެވެ. ޒޯޔާވެސް ބަދަލުގައި ހިނިތުންވެލަމުން އުފާވެރި ރޭގަނޑަކަށް އެދުނެވެ. އައިވިން ހިނިތުންވެލަމުން ދާން ހިނގައިގަތުމުން ޒޯޔާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
އައިވިން އޭނާގެ ކޮޓަރިއަށް ވަދެ ކައުޗްގައި ހަމަޖެހިލިއެވެ. ޖީބުގައި އޮތް ފޯނުނަގާ ހުޅުވާލި އިރު ޖޫންގެ ފަރާތުން އިތުރު މިސްކޯލު ތަކެއް ލިބިފައި ހުއްޓެވެ. އެއާއެކު އެ ނަންބަރުން މެސެޖެއް ލިބިފައި އިނުމުން އައިވިން އަވަސް އަވަހަށް މެސެޖު ހުޅުވާލިއެވެ.
“ވީ ނީޑް ޓު ޓޯކް..” މެސެޖުގައި ވާ އެއްޗެއް އައިވިން ކިޔާލިއެވެ. ޖޫންއާއި ކުރިމަތިނުލާ ނުވާނެކަން އައިވިން އަށް މާކުރިންވެސް އެނގެއެވެ. އެކަން ކުރާނެ ރަނގަޅު ގޮތެއް އައިވިން ވިސްނަމުން ދިޔައެވެ. ކުރިޔަށް ނަގާ އެންމެ ފިޔަވަޅަކުންވެސް ޒޯޔާއަށް ދެރަގޮތެއް ވާކަށް އައިވިން ނޭދެއެވެ. މަސްލަހަތު ހޫނުވިޔަ ނުދީ ޖޫން އަށް ވިސްނައިދިނުމަށްފަހު ސުލްހަވެރިކަމާއެކު ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ނިމުމަކަށް ގެންނަން އޭނާ ބޭނުންވެއެވެ. ޖޫން އާ ކުރިމަތިލާން ޖެހޭނީ ދުރާލާ ތައްޔާރުވެގެން ކަމުގައި އައިވިން އަށް ވިސްނުނީ އެެހެންވެއެވެ.
*****
ފަތިހު ހޭލަން އާދަވެފައި ހުރި ޒޯޔާއަށް ތެދުވެވުނު ވަޤުތު ކޮޓަރީގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. ގަޑިން ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ވުޟޫ ކޮށްލައިގެން އައިސް ޒޯޔާ ފަތިސް ނަމާދު ކޮށްލިއެވެ. ނަމާދުން އަވަދިވެގެން ޒޯޔާ އައިސް ކައުޗްގައި ދެފައި އަރުވައިގެން އިށީނެވެ. ބިއްލޫރި ފާރުގެ ބޭރުން ފެންނަން އޮތް މަގުމައްޗަށް ޒޯޔާގެ ނަޒަރު ހުއްޓުނެވެ. ފަތިސް ވަޤުތުގައި މަގުމަތީގައި ކުރިން ނުވާފަދަ ހަމަހިމޭންކަމެއް ވިއެވެ. އިރުކޮޅަކު އެގޮތުގައި ބޭރު ބަލަން އިން ޒޯޔާގެ ވިސްނުން އެކި ދިމަ ދިމާއަށް ދަތުރު ކުރަން ފެށިއެވެ. ޒަފަރް މިހާރު ވާނީ ކޮންތާކުބާއެވެ؟ އޭނާ ހޯދަން ޒަފަރް މަސައްކަތް ކުރާނެ ބާއެވެ؟
ޒޯޔާ ދެފަރާތަށް ބޯ ހޫރުވާލަމުން އެޚިޔާލުތަކާ ދުރުވަން މަސައްކަތް ކުރިއެވެ. އައިވިން އާއެކު ރަނގަޅު ހަޔާތެއް ހޭދަކުރުމާ މެދު ވިސްނުން މާރަނގަޅު ވާނެއެވެ. އައިވިންގެ ދުލުން ޒޯޔާ ދެކެ ލޯބިވާ ވާހަކަ ބުނި ހަނދާންތައް އާވުމަައެކު ޒޯޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އައިވިން ފަދަ މީހެއް އޭނާ ކަހަލަ އާދައިގެ މީހެއް ދެކެ ލޯބިވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
***
ޒޯޔާ ހެނދުނު ރީތި ވެލައިގެން ކޮޓަރިން ނިކުމެ ސިޓިންގްރޫމަށް މިސްރާބުޖެހިއެވެ. ކާގެ ބައިގާ ނަޖުމާ ހަރަކާތްތެރިވާތަން ފެނުމާއެކު ޒޯޔާ އައިސް ކާގެއަަށް ވަނެވެ. ޒޯޔާ ފެނުމާއެކު ނަޖުމާ ވާހަކަ ދައްކަން ފެށިއެވެ. ރަނގަޅަށް ނިދުނުތޯ ސުވާލު ކުރި އިރު އޭނާގެ އަޑުގައިވަނީ ހިތް ހެޔޮކަމެވެ.
“ނަޖުމާއްތާ ކޮފީ..” އައިވިންގެ އަޑު ދުރުން އިވިގެން ދިޔުމާއެކު ނަޖުމާ އޭނާގެ އަތްމަތި އަވަސް ކޮށްލިއެވެ. އާވި އަރަ އަރާ ހުރި ކޮފީ ޖޯޑު ހިފައިގެން ނަޖުމާ ހިނގައިގަތުމުން ޒޯޔާވެސް އެކަނި ނީންނަން ވެގެން ބަދިގެ ބައިން ނިކުތެވެ. އޭރު އައިވިން އޭނާގެ ޓައީ ރީތިކުރަމުން ސިޓިންގް ރޫމުން ހިނގާފައި އަންނަނީއެވެ. ޒޯޔާ ހައިރާންވީ އައިވިން ރަސްމީ ހެދުމުގައި ހުރުމުންނެވެ. އެއް އަތުގައި އަޅުވާލާފައި އޮތް ކޯޓު ސޯފާގައި ބާއްވާލަމުން އައިވިން ނަޖުމާ ދިއްކޮށްލި ކޮފީ ޖޯޑުގައި ހިފިއެވެ. އައިވިންގެ ހަރަކާތް ތަކުގައިވަނީ އަވަސް އަރުވާލުމެވެ. ކޮފީ ޖޯޑު ހުސްވެސް ކޮށްނުލާ ނަޖުމާ އަތަށް ދިނުމާއެކު އެ ހިފައިގެން ނަޖުމާ އަނބުރާ ކާގެއާ ދިމާއަށް ހިނގައިގަތެވެ.
” މަޖިލީހައްތަ..؟” ޒޯޔާއަށް ސުވާލު ކޮށްލެވުނެވެ.
“އާން.. ޗުއްޓީވެސް ހަމަކޮށްފަ ޒޯ މެން ރަށުން އައީ.. އަދި މި ދުވަސްކޮޅު މިއީ މަޖިލީހުގެ ޖަލްސާތައް އެންމެ ގިނައިން ތާވަލުކޮށްފަ އޮތް ދުވަސްކޮޅު..އެހެންވީމަ އެންމެދުވަހެއްވެސް ނުގޮސް ނުހުރެވޭނެ އެންނު.. މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ ..އެހެންވެ ލަސްވާތީ މިއުޅެނީ..ދެން ދަނީ އިނގޭ..” އައިވިން އަވަސް އަވަހަށް ބުނެލުމަށްފަހު އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން މައިދޮރާ ދިމާއަށް ހިނގައިގަތެވެ. ސޯފާގައި ބާއްވާފައި އޮތް އައިވިންގެ ކޯޓު ޒޯޔާގެ ލޮލުގައި އަޅައިގަތީ ދެނެވެ.
“އައިވިން..” އައިވިންގެ ސަމާލުކަން ހޯދުމަށް ތަންކޮޅެއް ބާރަށް ގޮވާލުމަށްފަހު ޒޯޔާ ބާރު ހިނގުމުގައި އައިސް އައިވިން ކައިރީ މަޑު ކޮށްލީ ކޯޓު ހިފައިގެންނެވެ. އައިވިންގެ ހައިރާންކަން ފިލާ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ޒޯޔާގެ އަތުން ކޯޓު ނަގަމުން ޝުކުރު އަދާކޮށްލިއެވެ.
“..މެންދުރެއްހާ އިރު ކަންނޭނގެ އަހަންނަށް އާދެވޭނީ..ޒޯ ރަނގަޅަށް ކައިގެން ހުންނާތި..ޓޭކް ކެއަރ..” އައިވިން ލޯތްބާއެކު ޒޯޔާގެ ކޯތާފަތުގަައި އަތް ޖައްސާލިއެވެ. ޒޯޔާ ހިނިތުންވެލަމުން ބޯޖަހާލުމާއެކު އައިވިން ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ.
ހެނދުނު ނަޖުމާއާއެކު ސަޔަށް އިންސާފު ކުރުމަށްފަހު ވާހަކަ ދައްކާލަން ޒޯޔާ މަޑު ކުރިއެވެ. އެގޮތުން ނަޖުމާގެ އަމިއްލަ ހަޔާތުގެ ބައެއް ވާހަކަތައް ވެސް އޭނާ ޒޯޔާއަށް ކިޔައިދިނެވެ. ފިރިމީހާގެ ކުއްލި މަރަށްފަހު އުޅުނު ހިތާމަވެރި ދުވަސްތައް ހިއްސާކުރި އިރު ނަޖުމާގެ އަޑުގައި ނުފިލާ ހިތްދަތިކަން ވިއެވެ. އެ ވާހަކަތައް އަޑު އަހަން އިން ޒޯޔާގެ ހިތަށްވެސް އަސަރު ކުރުވިއެވެ. އަޅާލާނެ މީހެއް ނެތި މަޤުމަތީގައި ސަލާން ޖަހަމުން ދަނިކޮށް އޭނާއަށް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދިނީ އައިވިން ކަމުގައި ނަޖުމާ ބުންޏެވެ. އެ ހެޔޮކަމުގެ ބަދަލުގައި ނަޖުމާ ބޭނުންވަނީ އޭނާގެ ބާކީ އޮތް ދުވަސްތައް އައިވިން އަށް ޚިދުމަތް ކުރުމުގައި ހޭދަ ކުރާށެވެ.
ޒޯޔާއާއެކު ވާހަކަ ދައްކަން އިނުމަށްފަހު ނަޖުމާ ހިނގައިގަތީ މެންދުރަށް ކައްކަން ތައްޔާރު ކުރުމަށެވެ. ޒޯޔާއަށް ކެއްކުމުގައި ބައިވެރިވެވެން ނެތުމާއެކު ސިޑިން ހާމަފެންޑާއަށް އެރިއެވެ. އެތާނގެ ލައުންޖް ގޮނޑީގައި އެތައް އިރަކު ޒޯޔާ އިނެވެ. އައިވިން ނެތުމުގެ ފަޅުކަން ޒޯޔާއަށް އިޙްސާސް ކުރެވުނެވެ. އިންތިޒާރު ކުރެވެމުން ދިޔައީ އައިވިން އެނބުރި އަންނާނެ ވަޤުތަކަށެވެ.
*******
މަޖިލީހުގެ ޖަލްސާ ނިންމާލުމަށްފަހު ގެއަށް އައުމަށްޓަކައި ކާރުގައި އިން އައިވިން ކާރުގެ ލޯގަނޑުން ބޭރު ބަލަން އިނުމަށްފަހު ވަކި ހިސާބަކުން ކާރު ހުއްޓުމަށް އެދުނެވެ. މަގުގެ އެއްފަރާތުގައި ހުރި ފޯނު ވިއްކާ ފިހާރަ ފެނުމާއެކު ޒޯޔާގެ އަތުގައި ފޯނެއް ނޯންނާނެކަން އައިވިން ހަނދާންވިއެވެ. ބޮޑީގަރޑް ކާރުގެ ދޮރު ހުޅުވާލުމާއެކު އަވަސް ހިނގުމެއްގައި އައިވިން ފިހާރައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ޑިސްޕްލޭ ކުރެވިފައިވާ ފޯނުތަކަށް ބަލަމުން އެންމެ މިޒަމާނުގެ ފޯނެއް އައިވިން ގަތެވެ. ފޯނުގަތް ކޮތަޅު ހިފައިގެން އެނބުރި ކާރަށް އަރާ އައިވިން ހަމަޖެހިލަމުން ސިމެއްވެސް ގަނެގެން ގެޔަށް ދިޔުމަށް އޭނާ ނިންމިއެވެ.
*******
ސިޑިން ފައިބައިގެން އައި ޒޯޔާއަށް ޕެންޓް ހައުސްގައި ހުރި ސެކިޔުރިޓީ ސިސްޓަމުން އެލާމެއްގެ އަޑު އިވިގެން ދިޔައެވެ. ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ނަޖުމާ ތުވާލިން އަތް ފޮހެލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ. ބޭރުގައި ހުރި މީހެއް ފެންނަ ގޮތަށް ހަރުކުރެވިފައިވާ ސްކްރީނުން ފެންނަން ހުރި އަންހެން ކުއްޖާ ފެނުމާއެކު ނަޖުމާއަށް ހައިރާންކަން ލިބުނެވެ. ދެވަނަ ފަހަރަށް އެލާމްގެ އަޑު އައުމާއެކު ފަހަތުގައި ހުރި ޒޯޔާއަށް ބަލައިލުމަށްފަހު ނަޖުމާ މަޑު މަޑުން ދޮރު ހުޅުވާ ފިތަށް އޮބާލިއެވެ.
” ކާކު..؟” ޒޯޔާއަށް ސުވާލު ކޮށްލެވުނީ ނަޖުމާގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދާހެން ހީވުމުންނެވެ.
“އައިވިންގެ ރަޙުމަތްތެރިއެއްހެން ހީވަނީ..” ހާސްކަން ފޮރުވާލަމުން ނަޖުމާ ބުނެލިއެވެ. އިރުކޮޅެއްގެ ތެރޭގައި ގޭގެ މައިދޮރުގައި ބެލް އަޅާލި އަޑު އިވުނެވެ. ނަޖުމާ މަޑު މަޑުން ދޮރު ހުޅުވާ ބޭރު ބަލާލިއެވެ.
ކުރިމަތީގައި ހުރި ޖޫންގެ ތުންފަތްމައްޗަށް ހިތްހެޔޮ ހިނިތުންވުމެއް ވެރި ކުރުވިއެވެ. ނަޖުމާ ވެސް ހިނިތުންވެލަމުން އެތެރެއަށް ވަނުމަށް ތަންދެއްކި ނަމަވެސް އޭނާގެ ސިކުނޑި ވަނީ ހާސްވެފައެވެ. އައިވިން ޖޫން ގޮވައިގެން ދެތިން ފަހަރަކު އެ ޕެންޓް ހައުސް އަށް އައެވެ. އޭރު އޭނާވެސް ހީކުރެވިފައިވަނީ އެއީ އައިވިން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާކަމަށެވެ. ނަމަވެސް އައިވިން ޒޯޔާ ގެނައުމުން އެއީ ކުށްހީ އެއް ކަމުގައި ނަޖުމާ ނިންމިއެވެ. އައިވިން ޒޯޔާއަށް ބަލާލާ ނަޒަރާއި އެ އަންހެއްކުއްޖާއަށް ދޭ އަހައްމިޔަތުކަން ފެނި އައިވިންގެ ހިތުގައި ޒޯޔާ އާ މެދު ވަނީ ކީކޭކަން ދެނެގަންނާކަށް ނަޖުމާއަކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް ޖޫން މިއަދު އެގޭތެރެއަށް ވަަނުމަކީ ނުބައި ފާލެއްކަމުގައި ނަޖުމާއަށް ހީކުރެވެން ފެށިއެވެ.
“ކޮބާ އައިވިން..؟” ޖޫން ނަޖުމާގެ ކުރެން ސުވާލު ކޮށްލަމުން އެތެރެއަށް ވަދެގެން އައެވެ. ނަމަވެސް ޖޫންގެ ފިޔަވަޅުތައް ހުއްޓިގެން ދިޔައީ ސޯފާތައް ކުރިމަތީ ހުއްޓިގެން ހުރި ޒޯޔާ ފެނުމުންނެވެ.
“އައިވިން އަދި ގެޔަކަށް ނާދެ..އިށީންނަން ވީނޫންތޯ އެއްޗެއް ބޯލަން..” ނަޖުމާ ޖޫން އަށް މެހެމާންދާރީ ދިނުމަށް އަވަސް ވެގަތެވެ. ނަމަވެސް ނަޖުމާގެ ވާހަކަ ތަކަށްވެސް ޖޫންއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ.
“ތިއީތަ..؟” ޖޫން އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ބުނެލީ ޒޯޔާއާ ދިމާއަށެވެ. ހީވަނީ ފަކުރު ގަނެފައި ހުރި ހެންނެވެ. އޭރު ނަޖުމާ ބަދިގެތެރެއަށް ވަދެއްޖެއެވެ.
ޒޯޔާއަށް ހުރެވުނީ ކުރިމަތިން ފެންނަން ހުރި އަންހެން ކުއްޖާއަށް ބަލާށެވެ. އެ އަންހެންކުއްޖާއަށް ލިބިފައިވާ އާދަޔާޚިލާފު ރީތިކަން އެވަޤުތުވެސް ޒޯޔާއަށް ފާހަގަ ކުރެވުނެވެ. ބަލާބެލުމަށް އެއްވެސް އުނި ސިފައެއް ލިބިފައެއް ނުވެއެވެ. ދޮން ހަންގަނޑަކާއި ބުޅި އިސްތަށިގަނޑެކެވެ. ކަޅި ރަވަ ރީތިބޮޑު ދެލޮލެވެ. ތުނި ހަށިގަނޑުގެ ވަނާތައް ހާމަވާގޮތަށް ލައިފައިވާ ބާރު ހެދުމާއެކު ހީވަނީ މޮޑެލް އެއް ހެންނެވެ. މިޒަމާނުގެ ގިނަ ފިރިހެން ކުދިންގެ ހިތްތައް އަތުލާނޭ ފަދަ ހުރިހާ ސިފައެއް ލިބި ހުރި ފަތް މިންޏެކެވެ.
“އައިވިން ނޫން މީހެއް ނުލިބުނީތަ ކަލޭ ފަހަތު އަޅުވާލަން..” ޖޫން ފަރި ހިނގުމެއްގައި އައިސް މަޑު ކޮށްލީ ސިދާ ޒޯޔާގެ ކުރިމަތީގައެވެ. ކަންފަތް ދޮށުގައި ސިއްރުންހެން ބުނެލި ވާހަކަ އާއެކު ޒޯޔާއަށް ހިންދިރުވާލެވުނެވެ.
“އަދި ބަނޑުވެސް ބޮޑު..؟؟” ހައިރާންކަމާއި މަލާމާތް އެކުލެވޭ ބަލާލުމަކާއެކު ޖޫން ބުނެލިއެވެ.
“ނަހަލާލައްތަ..؟” ނުލަފާ ވިހަގަދަ ހިނިތުންވުމަކާއެކު ޖޫން ސީދާ ބަލައިލީ ޒޯޔާގެ ލޮލަށެވެ.
“ތިކަހަލަ އަންހެނުން ވަރަށް މޮޅުވާނެ ފިރިހެނުން ވާވައްދަން.. އެކަމަކު ބުނަން.. އައިވިން ނޫން އެހެން މީހެއް ކަލޭ ހޯދާ.. އަހަރެމެން ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން.. މިދޭތެރެއަށް ކަތުރުފަންޏެއްހެން ވަަދެގަންނަން އުޅޭނެކަމެއް ނެތް..” ޖޫންގެ ވިހަ ގަދަ ބަސްތަކާއެކު ޒޯޔާއަށް އިސްޖަހާލެވުނެވެ. އޭނާއަށް ޖޫން އާ ދެކޮޅަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ. ދެލޯ ފުރިގެން އައި އިރު ހިތުގައި ޖެހިއްޖެއެވެ. އަސްލެއްނެތް ދޮގު އިލްޒާމްތަކެއް ބޮލުގައި އެޅުނު އިރު ދެލޯބިވެރިންގެ ދޭތެރެއަށް ވަދެވިއްޖެކަމުގެ ކުށްވެރި އިޙްސާސްކުރެވެން ފަށައިފިއެވެ.
“މާ ތާހިރު މީހަކަށް ވާން އިސްޖައިގެން ހުންނާނެ ކަމެއް ނެތް.. ފުރަތަމަ ލޯގަނޑު ކައިރި ހުއްޓި އަމިއްލަ ސިފައަށް ބަލާބަލަ..ރީތިސިފައެއް ލިބިފައި ހުރި ނަމަ އަދި ކޮންފަދަ.. އައިވިން ފަދަ މީހަކާ އެކަށީގެންވެސް ނުވޭ..ޗީ..ޗީ..” ޖޫންގެ މަލާމާތުގެ ބަސްތަކަށް ނިމުމެއް ނަޔެވެ.
********
“ކީކޭ މަންމާ..” ކާރުން ފޭބި އައިވިން ގެ ފޯނު ރިންގް ވާން ފެށުމުން ކޯލު ނެގުމަށްފަހު އައިވިން ވާހަކަ ދައްކަން ފެށިއެވެ.
” މިރޭ ރޭގަނޑު ކެއުމަށް މިބަޔަށް އަންނާށޭ ބުނަން މިގުޅީ..އަނެއްކާ މިރޭ ބިޒީތަ..؟” ފަޒްލާ ވާހަކަ ދެއްކިއެވެ.
“ނޫން..ބިޒީއެއް ނުވާނެ.. އަށެއް ޖަހާއިރު ދާނަން އިނގޭ..”ފަޒްލާ އާންމު ގޮތެއްގައި ރޭގަނޑުގެ ކެއުން ކާގަޑި އެނގި ހުރެ އައިވިން ބުނެލިއެވެ.
“މަންމާ..ޒޯޔާވެސް ގޮވައިގެން ދަންތަ..؟ މަންމަ އަށް ޒޯޔާ އިތުރަށް ދަސްވާނީވެސް އޭރުން..” އައިވިންގެ އަޑުން އެކަމަށް އެދި ހުރި ވަރު ހާމަ ވަމުން ދިޔައެވެ. އިރުކޮޅެއްގެ ހުސްކަމަކަށްފަހު ފަޒްލާ ހޫން ލައްވާލި އަޑު އިވިގެން ދިޔައެވެ. އައިވިން ގެ ހިނިތުންވުން ފުޅާވެގެން ދިޔައިރު މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނަމުން ފޯނު ބާއްވާލިއެވެ.
ހަމަޖެހިފައި ހުރި ހިތަކާއެކު ލިފްޓުން އަރައިގެން އައިސް ޕެންޓް ހައުސްގެ ދޮރުމަތީ ހުއްޓި ކީ ކާޑުން އައިވިން ދޮރު ހުޅުވާލިއެވެ. އެތެރެއަަށް ވަދެގެން އައި އައިވިން ސިޓިންގް ރޫމްގެ ވަކި ހިސާބަކުން ފިޔަވަޅުތައް ގަނޑުވިއެވެ. ސޯފާތައް ކައިރީ ހުރި ޖޫން އާއި ޒޯޔާ އައިވިން އަށް ފެނުމުންނެވެ.
******
ދޮރު ހުޅުވިގެން ދިޔަ އަޑަށް ސިހިފައި ޒޯޔާއަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔަކަމެއް އެވަޤުތު އިޙްސާސެއް ނުވިއެވެ. އެހެނަސް އެމަންޒަރު ފެނުނު އައިވިންގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮށްސާލި ހެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Heii sis❤️❤️❤️
Vrh Sali mi part ves❤️❤️❤️
Masha Allah❤️❤️❤️❤️
Pis pis mi Joon haadha kantha bodey dhw???????? joon aa Zafar vee eh goliakah laafaa bandukuran ??????????haadha nulafaeyyy chee? Zoya eh noon hadeekee Joon hadee???????????
Dhen kihineh baa vaany so curious❤️❤️❤️
Waiting for the next part❤️❤️❤️
Love you sisoo❤️❤️❤️❤️
Stay safe and take care❤️❤️❤️❤️
Thank u soo much Ril. V ufaavejje mi bai ves dear ah kamudhiyaeema. Ahaha. Joon and zafar ehkahala dhemyhunnah dhw mivee.. yes.. beyru fushuge reethu kamakee adhi meehaa reethi vumeh nun dhw dear. Hingaa dhw dhn vaagotheh ves balamaa. Lymm dear.. u too b safe❤️☺️
Wowww… I hate Joon ingeyyyyy? ekam mi part vx v reethi… Dhn vaanee kihineh baa??? Sooo curious to know… Next part up kohlladhehchey avahah… Ly❤️❤️❤️
Thank u soo much Ninthy. V ufaavejje mi bai ves kamudhiyaeema.. yess dhw.. joon ves rangalhu meehakah nuvi. Hingaa dhw dhn vaagotheh ves balamaa. In sha Allah avahah up kohla dheveythoa balaanan ingey.. lymm dear❤️☺️
Rasheedha Ali