Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-26

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
November 10, 2020 5 Mins Read
4 Comments

އައިވިން އަށް ފަޒްލާގެ ފޯނުގެ ސްކްރީނަށް ބަލައިލެވުނެވެ. އެއީ ކޮންމެވެސް ނޫސް ޕޭޖަކުން ލިޔެފައިވާ ޚަބަރެކެވެ.

“ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އައިވިން ހަސަން ގޮތް ނޭނގޭ އަންހެއްކުއްޖަކާއެކު.” އައިވިން އަށް ޚަބަރުގެ ސުރުޙީ ކިޔާލެވުނެވެ. އެއާއެކު އައިވިން ފަޒްލާގެ އަތުން ފޯނު ދަމައި ގަތުމަށްފަހު އެޚަބަރު ކިޔަން ފެށިއެވެ.

“އައިވިން އަށް އަދިވެސް ތިކުރެވޭ ކަންތައް ރެޔަކާ ނުލާތަ..؟ ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވާނީ.. މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ އަމާޒު ފަތްގަނޑަކަށް ދަރިފުޅު ވާނީ… އެއަންހެންކުއްޖާ ގެނައިތާކަށް އަނބުރާ ގެންދޭ…” ފަޒްލާ އައިވިންގެ ކުރިމައްޗަށް އަރަމުން ވާހަކަ ދެއްކިއެވެ. ފޯނުގެ ޚަބަރަށް ގެއްލިފައި ހުރި އައިވިން ކުއްލިއަކަށް އިސްއުފުލާ ބަލައިލީ ފަޒްލާ އެންމެ ފަހުން ބުނެލި ޖުމްލައިންނެވެ.

“މަންމާ.. އަހަންނަކަށް ތިކަމެއްނުވާނެ..” އައިވިން ދެފަރާތައް ބޯ ހޫރުވާލަމުން ބުނެލިއެވެ. އެހިނދު ފަޒްލާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

“ކީއްވެ..؟ ކީއްވެ އޭނަ ގެނައި ތާކަށް ނުގެންދެވެންވީ…؟ ކޮބާތަ އައިވިންގެ މައްސަލައަކީ..؟” ފަޒްލާއަށް އައިވިންގެ ދެއަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. އެއަޑުގައިވަނީ ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަސަރެވެ. މިވަޤުތުން ވަޤުތަށްވެސް ޒޯޔާ އެގެއިން ނެރެ ބޭރުކޮށްލަން ފަޒްލާ ބޭނުންވެފައިވާ ކަހަލައެވެ.

“މައްސަލައަކީ އަހަރެން އޭނަ ދެކެ ލޯބިވާތީ..” އައިވިން ފަޒްލާގެ ދެއަތް ދުރުކޮށްލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހިނދު ފަޒްލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހީވީ ބިރެއްފެނުނު ހެންނެވެ. ދެފަރާތައް ބޯ ހޫރުވަމުން ދެފިޔަވަޅު ފަހަތަށް އެޅި އިރު ވާއަތުން އޭނާގެ މޭގައި ހިފަހައްޓާ ބާރުކޮށްލެވިފައިވެއެވެ.

“އައިވިން އަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް..؟” ފަޒްލާ ބިރުގަނެފައިވާ ހިތަކާއެކު އަޑުއިވުނު ވާހަކަ ޤަބޫލުކުރަން ބޭނުން ނުވެ ހުރެ ސުވާލު ކުރިއެވެ.

“އާން..މަންމާ..އަހަރެން ޒޯޔާ ދެކެ ވަރަށް ލޯބިވޭ… އަަހަރެން ކައިވެނި ކުރަން ބޭނުންވަނީ ޒޯޔާއާއެކު..ދިރިއުޅެން ބޭނުންވަނީ ހަމައެކަނި އޭނަ އާއެކު..އަހަންނަށް ކުރިންވެސް މިހުރިހާ ކަމެއްވާނެ ކަން އެނގޭ.. ޚަބަރު ލިޔާ މީހުން ޚަބަރުވެސް ލިޔާނެ.. ވާހަކަ ހަދަން ވެސް ހަދާނެ..އެކަމަކު މަންމާ.. އެހެނޭ ކިޔާފަ އަހަންނަކަށް ޒޯޔާ ދުލެއް ނުކޮށްލެވޭނެ.. އަހަންނަށް ޒޯޔާއާ ނުލާ ނޫޅެވޭނެ..” އައިވިންގެ އަޑު މަޑުވެ މޮޅިވެރިކަން ވެރިވެއްޖެއެވެ. އެހެނަސް އައިވިންގެ ވާހަކަތައް އަޑު އަހަން ހުރި ފަޒްލާއަށް އެވާހަކަތައް އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.

“އޭނާ ކޮންސިފައެއް ހުރެގެންތަ ދަރިފުޅަށް ތިވަރު ތިވީ..؟ އޭނަ…އޭނަ ބަނޑުވެސް ބޮޑެންނު.. ސުބުޙާނަﷲ..މީހެއްގެ އަންބެތްތަ ދަރިފުޅު ގެނެސްގެން ތިޔައުޅެނީ..؟ މީހުންނަށް އެކަން އެނގިއްޖިއްޔާ ވާނެ ގޮތް އައިވިން އަށް އެނގޭތަ..” ފަޒްލާ އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނު އިރު ހީވީ ބޯފަޅާ ސިކުނޑި ނިކުންނަށް އުޅޭ ހެންނެވެ. އައިވިންގެ ޢަމަކުތަކުން އޭނާގެ ސިކުނޑި ސުމަކަށް ގޮސްފިއެވެ. ދަރިފުޅުގެ ފަރާތުން މިފަދަ ކަމެއް ފެންމަތި ވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

“މަންމާ.. ހަމަޖެހިބަލަ…ޒޯޔާ މިހާރު އެއީ މިނިވަނެއް.. އަހަރެން ބޭނުންވަނީ ޒޯޔާ ވިހާ ގަދަވިހާ އަވަހަކަށް ކައިވެނި ކުރަން.. އާންމުން ކޮންމެ ގޮތަކަށް ދެކުނަސް އަހަރެންގެ ފަރުވާލެއް ނެތް.. އަހަރެން ދެކޭނީ ޒޯޔާގެ ދަރިފުޅަކީ އަހަރެންގެވެސް ދަރިއެއް ކަމުގަ..” އައިވިން މަސައްކަތް ކުރީ ފަޒްލާއަށް ވިސްނައިދެވޭތޯއެވެ.

“އެކަމަކު..ތިއީ ހާދަ ބޮޑެތި ޒިންމާތަކެކޭ..ދަރިއެއް ބެލުމާއި ގެންގުޅުމަކީ ކިހިނެއް ކުރާ ކަމެއް ކަމެއްވެސް އައިވިން އަކަށް ނޭނގޭނެ.. ބައްޕަ އަކަށް ވާން އައިވިން އަދި ތައްޔާރެއް ނޫނޭ.. ކީއްވެތަ އައިވިން އަށް ނުވިސްނިގެން ތިއުޅެނީ..” ފަޒްލާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އައިވިން ކުރަން އެއުޅޭ ކަންތަކާ ހިލާ އޭނާއަކަށް އެއްބަހެއް ނުވެ ވޭނެއެވެ.

” އަހަރެންނަށް ކީއްވެ ވަކި ބައްޕަ އަކަށް ނުވެވެންވީ..މަންމަ ވެސް އަހަރެން ބެލީ ވަކި ތަޖުރިބާ ތަކެއް ހޯދައިގެނެއް ނޫނެންނު.. އަހަންނަށްވެސް ވާނެ..އެނގޭތަ މަންމާ.. އެކުޑަ ކުޑަ ފުރާނަ އުފަންނުވާ އިރުވެސް އެފުރާނައަށް އަހަރެންގެ ހިތް ދެވިއްޖެ.. އަހަރެންގެ ހިތުގައި އެކުއްޖާއަށްޓަކައި ލޯތްބާއި ކުލުނު އުފެދިއްޖެ.. އެ ތުއްތުފުރާނަ އުފަންވާނެ އިރަކަށް އަހަންނަށް އިންތިޒާރު ކުރެވެން ފަށައިފި..” އައިވިންގެ ދެލޯ ވިދަމުން ދިޔައީ ކުލުންވެރިކަމުންނެވެ.

“ދެން ހެޔޮ..ހުއްޓާލާ އައިވިން.. އެ އަންހެނާ ތިހިރީ އައިވިންގެ ބޯ ކާލާފަ.. ” ފަޒްލާއަށް ވިސްނެމުން ދިޔައީ އެންމެ ނުބައި ގޮތަށެވެ.

“މަންމަ އެންމެ ފަހަރަކުވެސް ޒޯޔާއާމެދު ރަނގަޅަށް ވިސްނަބަލަ..ޒޯޔާ ދެނެގަންނަން މަސައްކަތް ކޮށްބަލަ.. އޭރުން މަންމަވެސް އެ އަންހެން ކުއްޖާ ދެކެ ލޯބިވާނެ.. ” ފަޒްލާގެ ކޮނޑުގައި ހިފަހައްޓާލަމުން އުންމީދާއެކު އައިވިން ބުންޏެވެ.

“މިގަޑީ ދެން ނެތް ހުރެވޭކަށް..މަންމަ އަހަރެން މިދެއްކި ވާހަކަ ތަކާމެދު ވިސްނައްޗޭ.. އަހަރެން ދަނީ..” ފަޒްލާއަށް ލުއި ހިނުތުންވުމެއް ދެމުން އައިވިން ލައިބްރަރީ އިން ނިކުންނަން ހިނގައިގަތެވެ.
****

ލިފްޓަށް އެރުމާއެކު އައިވިން އޭނާގެ ފޯނު ހުޅުވާލިއެވެ. ފަޒްލާ ދެއްކި ޚަބަރު އޭނާގެ ފޯނުން ހޯދާލަމުން ޚަބަރުގެ ސުރުޚީގެ ތިރީގައި ދައްކާފައި އިން ފޮޓޯއަށް އައިވިން އަށް ފުންކޮށް ބަލައިލެވުނެވެ. އޭގައިވަނީ މާލޭގެ ތޮށިގަނޑުމަތިން ޒޯޔާ އާއި އައިވިން ކާރަށް އަރަނިކޮށެވެ. ކާރުގެ ދޮރު ހުޅުވާފައި ހުރުމުން ޒޯޔާގެ މޫނުގެ އެއްފަޅިއާއި ކަނާއަތް ނޫނީ ފެންނާކަށް ނެތެވެ. އެކަމުގެ ސަބަބުން އައިވިން އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ހާސްވަނީ މީހުން މީސްމީޑިއާގައި ހާމަކުރާ ޚަބަރުތަކުގެ ސަބަބުން ޒޯޔާގެ މިނިވަންކަމަށް ބުރޫ އަރާފާނެތީއެވެ. އައިވިން އޭ ކިޔައިގެން ކޮންމެ ކަހަލަ ޚަބަރެއް ފެތުރިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. ހާސްވަނީ ޒޯޔާއާ މެދުއެވެ.

ލިފްޓުގޮސް ޕެންޓް ހައުސްއަށް ހުއްޓުމުން އެޕާޓްމެންޓްގެ ތެރެއަށް ވަދެގެން އައި އައިވިން ސިޓިންގެ ރޫމްގެ ވަކި ހިސާބަކުން ހުއްޓުނެވެ. ހިތަށްވެރިވި ޚިޔާލާއެކު އެއްމިޔަކަނުން އޭނާއަށް ހިނިތުންވެވިއްޖެއެވެ. އޭނާގެ ޙަޔާތުގައި ހާދަ ބައިވަރު ކަންކަމެއް ބަދަލުވެއްޖެޔޭ ހިތަށް އެރިއެވެ. ކަންކަމާ މެދު ދެކޭ ނަޒަރިއްޔާތުވެސް ތަފާތު ވެއްޖެއެވެ. ކުރިން އަމިއްލަ ޤަދަރާއި އިއްޒަތަށް ނޫނީ ނުވިސްނާ އައިވިން އަށް މިހާރު އެއީ އޭނާ އެންމެ އިސްކަންދޭ ކަންތަކެއް ނޫނެވެ. މީހުންގެ ދޫތަކުގައި ނުހިފެހެއްޓޭނެ ކަން އޭނާ ޤަބޫލު ކުރެއެވެ. އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދާނެ ރާސްތާ އަމިއްލަ އަށް ކަނޑައެޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމުގައި އައިވިން މިހާރު ޤަބޫލު ކުރެއެވެ.
*****

“އޭ ޖޫން.. މީ ކޮންކަމެއްތަ..؟ މަ ހީކުރީ ތިދެމީހުން އުޅެނީ ރިލޭޝަން އެއްގެ ކަމަށް..” ރިސޯޓުގެ ބަރ އެއްގައި އިން ޖޫންގެ ކައިރީ ހުއްޓުނީ އޭނާގެ އެންމެ އެކުވެރި ދަނާ އެވެ. އޭނާގެ ފޯނުގެ ސްކްރީނު ދައްކާލުމުން ޖޫން އެފޯނަށް ނަޒަރު ހިންގާލިއެވެ. ފެނިގެން ދިޔަ ޚަބަރުގެ ސުރުޙީއިން ވަޤުތުން އިށީނދެގެން އިން ގޮނޑިން ޖޫން އަށް ތެދުވެވުނެވެ. ހާސް ކަމާއެކު ކަޅި ހިންގާލަމުން ޖޫން ޚަބަރު ކިޔާލިއެވެ. މާބޮޑު ތަފްސީލެއް އެޚަބަރުން އިނގެންނެތް ކަމުގައިވިޔަސް ޖޫން ނުތަނަވަސް ވެެއްޖެއެވެ. އައިވިން އެހެން އަންހެންކުއްޖަކާއެކު ވާ ޚިޔާލު ކުރެވުނަސް އޭނާގެ ދަތްކުނޑި ވިކިގެން ދެޔެވެ. ވަޤުތުން ފޯނު ނަގާ ފަރިތަ ކަމާއެކު އައިވިންގެ ނަންބަރަށް ޑަޔަލް ކޮށްލި އިރު އެހިތް ބާރަށް ތެޅެމުން ދިޔައެވެ. ފަހަކަށް އައިސް އައިވިން އޭނާއާ ނުހަނު ދުރުވެފައިވާކަން ޖޫނަށް ވަނީ ފާހަގަ ކުރެވިފައެވެ. އޭނާގެ ކޯލުތަކަށް އައިވިން އެއްގޮތަކަށްވެސް ޖަވާބެއް ނުދެއެވެ.

ފޯނު ކަންފަތުގައި ޖައްސާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖޫނަށް ޗޮސް ކަނޑާލެވުނީ ރިންގް ކެނޑުނު އިރުވެސް އައިވިން ފޯނު ނުނެގުމުންނެވެ. މޫނު މައްޗަށް ވެރިފައިވާ ކުދި ބުޅި އިސްތަށިތައް އެއްފަރާތް ކޮށްލަމުން ޖޫނަށް ނިތްކުރީގައި ހިފަހައްޓާލެވުނެވެ. މިވަޤުތުން ވަޤުތަށްވެސް އޭނާ އައިވިން އާއި ބައްދަލު ކުރަން ބޭނުންވެއެވެ. ނަމަވެސް ސީ ޕްލޭން ގައި މާލެ ދިޔުމަށް ވަޤުތު ނަގާނެކަން އެނގި ޖޫނަށް އިތުރު ހާސްކަމެއް ލިބިގެން ދިޔައެވެ.

********

އައިވިން އެތެރެއަށް ވަދެގެން އައިސް މަޑުކޮށްލީ ބަދިގެ ބައިގައެވެ. އެތާ ތެރޭގައި ހަރަކާތްތެރި ވަމުންދާ ނަޖުމާ ކުރެން ރޭގަނޑުގެ ކެއުމާ ބެހޭގޮތުން އައިވިން ސުވާލު ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި ކެއުން ތައްޔާރުވާނެ ކަމަށް ނަޖުމާ ބުނުމުން އައިވިން ވެސް އެތަނުން ނިކުންނަން ހިނގައިގަތެވެ. ޕެންޓް ހައުސްގެ ބެލް އަޅާލި އަޑު އިވުނީ އެވަޤުތުއެވެ. އައިވިން އަވަސް އަވަހަށް ހިނގައިގަތީ އެއީ ޒޯޔާ ކަމަށް ޔަޤީން ކުރަމުންނެވެ.

މައިދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި ޒޯޔާއާއި ޝަބާ އެތެރެއަށް ވަނުމަށް އައިވިން ތަން ދެއްކިއެވެ. އަދި އަވަސް އަވަހަށް ޒޯޔާ ބާޒާރު ކުރި ކޮޓަޅުތައް އޭނާގެ އަތުން އައިވިން އަތުލިއެވެ. ސިޓިންގް ރޫމުގެ ސޯފާގައި އިށީން ޒޯޔާ ހިންދެމިލި އިރު އޭނާ އިނީ ވަރުބަލިވެފައެވެ. ޝަބާ ކުރުނުކުރުމުން އެތައް ފިހާރައަކަށް ގޮސް ލާނެ އަންނައުނާ ރީތިވާ ސާމާނު ބަލަން ޖެހުނެވެ.

ޝަބާ މަޑު ނުކޮށް ދާން އުޅުމުން ރޭގަނޑުގެ ކެއުމަށް މަޑު ކުރުމަށް އައިވިން އެދުނެވެ. ޒޯޔާވެސް ޝަބާއަށް ބަލައިލީ އެކަމަށް އެދިހުރެއެވެ. ނަމަވެސް އޭނާގެ މަންމަ ނުކައި އިންތިޒާރުގައި އިންނާނެކަމަށް ޝަބާ ބުންޏެވެ. އައިވިން އެދުނީ އޭނާގެ ކާރުގައި ގެއަަށް ދިޔުމަށެވެ. ޑްރައިވަރާ ގުޅާލުމަށްފަހު އެކަން އައިވިން ހަމަޖެއްސުމުން ޝަބާ އިންކާރު ކުރުމެއްނެތި އެއްބަސްވިއެވެ. ޝަބާ ގެއިން ނިކުންނަށް ހިނގައިގަތީ އެއްދުވަހަކުން އެގެޔަށް އައުމަށް އައިވިން އާއި ޒޯޔާއަށް ދަޢުވަތު ދެމުންނެވެ. ޒޯޔާވެސް ޝަބާގެ މަންމައަށް ސަލާމް ބުނުމަށް އެދުނެވެ.

“ވަރުބަލިވީ ދޯ..؟ ހިނގާ އަހަންނާއެކު ކާން ދާން.. ކައިގެން ނިދާލީމަ ރަނގަޅު ވާނެ..ދެން ޒޯތިކޮތަޅުތައް ކޮޓަރިއަަށް ގެންދަން ހަދާނެ ކަމެއްނެތް.. އަހަރެން އެކަން ކޮށްލަދޭނަން..” އައިވިން ޒޯޔާ ކޮތަޅުތައް ނަގަން އުޅުމުން އެކަން މަނާ ކުރިއެވެ. އެންމެ ފަހުން ޒޯޔާއަށް ޖެހުނީ އެކަންތައް ހުއްޓާލުމަށްފަހު އައިވިން އާއެކު ކާގެއަށް ދާށެވެ.

ސިޓިންގް ރޫމްގެ އެއްފަރާތުގައި ވަކިން ހެދިފައިވާ ކާގެއަށް ޒޯޔާ ވަތްމީ ފުރަތަމަ ފަހަރެވެ. ގޭގެ ކޮންމެ ތަނަކުންވެސް ބިއްލޫރި ފާރުތަކުގެ ބޭރުން މާލޭގެ މަގުތަކާއި އިމާރާތްތައް ފެންނަ ގޮތަަށް ހުރުމީ އޭނާއަށް އެ ޕެންޓް ހައުސް އެންމެ ކަމުދިޔަ އެއް ސަބަބެވެ. ހާއްސަކޮށް ރޭގަނޑު މާލޭގެ އިމާރާތްތައް މަސްނޫއީ ކުލަތަކުން ދިއްލާލެވިފައިވާ ގޮތް އެ ބިއްލޫރިތަކުގެ ބޭރުން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ.

ކާމޭޒު ކައިރިއަަށް އައިސް އިށީންނަން އުޅުނު އައިވިންގެ ފޯނު ރިންގްވާން ފެށިއެވެ. ސޭވް ކޮށްފައި ނެތްނަމަވެސް އަދިވެސް އޭނާގެ ހަނދާނުގައި ޖޫންގެ ނަންބަރު އެބަހުއްޓެވެ. އައިވިންގެ ނިތްކުރިއަށް ވެރިވި ރޫތައް ފެނުނު ޒޯޔާއަށް ހުރެވުނީ އައިވިން ހަދާގޮތެއް ބަލާށެވެ. އައިވިން ފޯނު ސައިލެންޓަށް ލަމުން އޭނާގެ ޖީބަށް ލައިފާ ޒޯޔާއަށް ބަލައިލަމުން  ގަދަކަމުން ހިނިތުންވެލިއެވެ. އެހެނަސް ޖޫން ގުޅުމާއެކު އައިވިންގެ ޡަބީއަތަށް އަސަރު ކޮށްފިއެވެ. ޖޫން އެގުޅާ ސަބަބު އައިވިން އަށް ވިސްނުނު އިރު، ދެން އޭނާ ކަންތައް ކުރާނެ ގޮތަކާމެދު އައިވިން އަށް ވިސްނެން ފެށިއެވެ. ޚުދު ޖޫން އައިވިން އާ ހެދި އުޅޭވަރު އޭނާއަށް އެނގެއެވެ. އައިވިން އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ ލޯބި ނުވާ އިރުވެސް ޖޫން އާއެކު ގުޅުންތައް ކުރިއަށް ގެންދެވުނީމައެވެ. ހަޤީޤަތަކަށް ވުމެއްނެތް ދަޅަ ތަކެއް ދައްކާ ޖޫންގެ އުންމީދު އާލާކުރެވުނީމައެވެ.

ކުރިމަތީގައި އިން ޒޯޔާއަށް ބަލައިލެވުނު ވަޤުތު އައިވިން އަށް ހިންދިރުވާލެވުނެވެ. ދެމީހުންގެ ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތައް އޮމާންކަމާއެކު ނުދާނޭ ކަމަށް އޭނާގެ ހިތްބުނަމުން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އިންތިހާ – 18

Next

ތިން ލަފްޒުން (14)

Next
November 10, 2020

ތިން ލަފްޒުން (14)

Previews
November 10, 2020

އިންތިހާ – 18

4 Comments!

  1. Wonder says:
    November 10, 2020 at 11:27 pm

    salaam dear readers. Mi part ehaa dhigeh nuvaane. Ekamaku 1000 words hama kohfa innaane. Enme madhuvegen 1000 words konme baehga ves himeneythoa wonder balany. Mirey vaahaka up kohla dheyn vegen mi varah liyevunyma mi up kohla dhiny. In sha Allah kuriyah oih bai dhigu kohla dheefa mi bandhu thereyga up kohla dheynan.. baahjaveri reygandakah edhen. Enjoy reading n leave a comment ??❤️

  2. Ninthy says:
    November 11, 2020 at 9:45 am

    Awww Aivin is sooo cute❤️Mi part vx varah reethi ingeyyy.. keep up the good work wonder sis? am really curious to know what will happen next… Please update soon?
    Take care and stay safe

    1. Wonder says:
      November 11, 2020 at 3:28 pm

      Dhww! Aivin is hama best. Thank u so much Ninthy. V ufaavejje dear ah mi part ves kamudhiyaeema. In sha Allah mi bandhu thereyga up kohla dheynana kuriyah oih bai. U too tvgc n b safe?❤️

  3. ?Ril? says:
    November 12, 2020 at 8:11 am

    Heiii sis❤️❤️❤️
    Srry for the late cmnt ingeyy❤️❤️❤️❤️
    Mi part vess vrh Sali ❤️❤️❤️
    Masha Allah.❤️❤️❤️❤️
    Aleyy aivin dhw he is sis nice mihaaru ❤️❤️❤️❤️
    Pis pis mihaaru edemeehun ge gulumah nuruhey 3 enemies ebathibu dhw Joon fazlaa and that zafaru ?????????
    Aleyy kihineh baa dhaany mikanthatha ????❤️❤️❤️❤️❤️❤️❤️❤️
    And sis mee vrh dhigu vaahaka eh tha .❤️❤️❤️
    Waiting for the next part ❤️❤️❤️❤️
    Love uuu ❤️❤️❤️
    Stay safe And take care❤️❤️❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-27←


All Right Reserved!