Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-18

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 7, 2020 7 Mins Read
9 Comments

ދެތިން ދުވަސްތެރޭ އަހުމަދާއި ރަޔާޝްގެ އެހީގައި ކައިވެންޏަށް ނިންމަންޖެހޭ ހުރިހާ ކަމެއް ނިމިގެން ދިޔައެވެ.އެ ދެތިން ދުވަހު ރައިހާ އޭނާގެ މައިންބަފައިންގެ ގެޔަށް އައިނަމަވެސް އަމީނާ އޭނާ އަކާ ވާހަކައެއް ނުދައްކައެވެެ. ރައިހާގެ ހިތަށް ކިތަންމެ އަސަރު ކުރިނަމަވެސް ބައްޕަ އާއި ދޮންބެ ދެމުން ދިޔަ ހިތްވަރުން އަދި މަންމަގެ ރުހުން ލިބޭނެކަމަށް އުންމީދު ކުރަމުން ދިޔައެވެ.

ކައިވެނިކުރަން އޮތްދުވަހުގެ ވިލޭރޭ ރައިހާ ގަސްތު ކުރީ ކައިވެނި ކުރުމުގެ ކުރިން ފަހު ފަހަރަށް މަންމަ އަށް ވިސްނަދޭން މަސައްކަތް ކުރާށެވެ. އެ މަންމަގެ ހެޔޮ ދުޢާ އާއި ރުހުމާ ނުލާ އޭނާގެ ކައިވެނި ބާއްޖަވެރި ނުވާނެ ކަމުގައި ހިތްބުނަމުން ދިޔައީތީއެވެ.

އަމީނާގެ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލުމާ އެކު ދޮރުހުޅުވިގެން ދިޔައެވެ. ދޮރުން ބޭރަށް ބޯ ދިއްކޮށްލި އަމީނާ އަށް ދޮރު ކުރިމަތީ ހުއްޓިގެން ހުރި ރައިހާ ފެނުމުން ފާޑަކަށް ސިހުނެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި މޫނު ކުނި ކޮށްލަމުން ފަހަތަށް އެނބުރި ގޮސް އެނދުގައި އިށީނދެލިއެވެ.

ރައިހާގެ ހިތަށް ތަދުވީ އޭނާގެ މޫނު ވެސް މިހާރު މަންމަ ދެކެން ބޭނުން ނުވާހެން ހީވުމުންނެވެ. ނަމަވެސް ހިތްވަރު ކޮށްފައި ކުރިއަށް ފިޔަވަޅު އަޅަމުން އައިސް އަމީނާ ކައިރީ ހުއްޓިލިއެވެ.

ކުއްލި އަކަށް ރައިހާ ތިރިވެ އަމީނާގެ ފައިގާ ބޯ އަޅާލިއެވެ.

“މަންމާ” ރައިހާ އަސަރުން ފުރިގެންވީ އަޑާއި އެކު އޭނާގެ މަންމަ އަށް ގޮވާލިއެވެ. އޭނާގެ ހާލަތު އިޙްސާސް ކުރާށޭ ބުނާފަދައިންނެވެ. އެ ގޮވާލުމުން އަމީނާގެ ހިތަށް އަސަރު ކުރިނަމަަވެސް ގޮތް ދޫނުކުރަން ވެގެން މޫނު ނުވަތަށް އަނބުރާލައިގެން އިނެވެ.

“މަންމަގެ މިދަރިފުޅު މާދަން މީހަކާ ކައިވެނި ކުރާނެ. އެކަމަކު މަންމަ އަށް އިނގޭތަ މަންމަގެ މިދަރިފުޅު ހުރީ އުފަލުން ނޫންކަން.” ބޯ ހިތްލާލަމުން އޭނާގެ މަންމަ އަށް ފެންކަޅިވެފައިވާ ދެލޮލުން ބަލައިލަމުން ރައިހާ ވާހަކަ ދެއްކިއެވެ.

އެހިނދު އަމީނާ އަށްވެސް އޭނާގެ ދަރިފުޅާ ހަތަރު ކަޅި ހަމަކުރެވުނެވެ. އެވަޤުތު ދަރިފުޅުގެ ލޮލުން އޭނާއަށް ބަސްމޮށުމަކާ ނުލާ އެތައް ވާހަކައެއް ކިޔައިދިން ފަދައެވެ.

“މަންމަގެ ރުހުން ނުލިބޭހާ ހިނދަކު އަޅުގަނޑު އުފަލެއް ނުވާނެ. ތިމޫނުން އަޅުގަނޑަށް ހިނިތުންވެލާފައި ނުބަލާލާ ހިނދަކު މި ހިތުގައިވާ ހުސްކަމެއް އެކަކަށްވެސް ފޫބައްދައެއް ނުދެވޭނެ. މަންމާ.. ކައިލް އަކީ ތި ހީކުރާހާ ގޯސްމީހެއް ނޫން. އަޅުގަނޑު ނޫނިއްޔާ މިއަދު އޭނާ އަށް އަޅާލާނެ އެކަކުވެސް ނެތް.” ރައިހާގެ ކަރުނަތައް ބަންޑުންވަމުން ދިޔަ އިރު ގިސްލެވެމުން ދިޔައެވެ

އަމީނާ އަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލިހެންނެވެ. ލޯބިވާ ދަރިފުޅު ރޯތަން ބަލަން މައި ލަގޮނޑިއަކަށް ކެތެއް ނުވިއެވެ. އޭނާގެ އަބަދުވެސް ހުވަފެނަކީ ރައިހާ އުފަލުގައި ހުރުމެވެ. ނަމަވެސް ކައިލް އާ ކައިވެނިކޮށްގެން އެ ދަރިފުޅު ބިކަވެ ހިތާމަ ކުރަންޖެހިދާނެތީ އެހިތް ބިރުގަންނަނީ އެވެ.

“މަންމަގެ ރުހުން ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑު އެދުވަހަކަށް ވަރަށް އިންތިޒާރު ކުރާނަން” ދެލޯ ފޮހެލަމުން ރައިހާ ކޮޅަށް ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މަންމަގެ ފަރާތުން އެންމެ ބަހެއްވެސް ނީވުމުން އެހިތްވަނީ މާޔޫސްވެފައެވެ. މަންމަގެ ރުހުން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫންގޮތެއް އޭނާ އަކަށް ނެތެވެ.

“މަންމަ ރުހުން ދީފިން” ރައިހާ ކޮޓަރިން ނިކުންނަށް ހިނގައިގަތް ފައިގާ ކަސްތަޅު އެޅުނު ފަދައެވެ. އަމީނާ އަށް ބަލައިލެވުނީ އޭނާ އަށް އަޑު އިވުންގޮތް އަނެއްކާ ގޯހީ ބާއޭ ހިތަށް އަރައެވެ.

” ރައިހާ ބޭނުންމީހަކާ ކައިވެނި ކުރޭ” އަމީނާ އެހެން ްބުނުމަށްފަހު އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަމީނާ ދިޔަ ދިމާއަށް ބަލަން ހުރި ރައިހާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ މަންމަގެ އަޑުގައި އަދިވެސް ހިތްހަމަނުޖެހުން ވިޔަސް ރައިހާގެ ކައިވެންޏަށް ރުހުން ދިނުމުން ބުނެދެން ނޭނގޭހާ ހިތްހަމަޖެހުން އެހިތަށް ލިބިގެންދިޔައެވެ.
*******

ކައިވެނި ޕާޓީއެއް ބާއްވަން އަހުމަދު އެދުމުންވެސް ރައިހާ ދެކޮޅު ހެދީ މާގިނަ މީހުންގެ ތެރޭ އުޅުމަށް ކައިލް އަށް އަދި އުނދަގުވާނެތީ އެވެ. ކައިލް އެއްކޮށް ރަނގަޅުވުމުން ސައެއް ބާވާނީ ކަމުގައި ބުނެ ރައިހާ އެކަން ފޫބައްދާލިއެވެ.

ކައިވެނި ކުރުން ކުރިއަށް ދިޔައީ ކޯޓުގައެވެ. ގާޒީ ދައްކަމުން ދިޔަ ވާހަކަ ދެމީހުންވެސް އަޑު އަހަމުން ދިޔަ އިރު ކައިލް އިނީ ފިނިވެފައެވެ. އޭނާ މީހެއްގެ ފިރިއަކަށް ވާން އެކަށީގެންވޭބާއޭ އެތައްފަހަރަކު ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ހުރި ނުކުޅެދުން ތެރިކަން ސިކުންތުކޮޅަކަށްވެސް ހަނދާނުން ފޮހެވިގެނެއްނުދެ އެވެ. އެކި ހިޔާލުތައް ބޮލުގައި ކޮށަމުން ދިޔަ އިރު ގާޒީ އަނބި ޤަބޫލު ކޮށްފިންތޯ އެހުމުންވެސް ކައިލް އަކަށް އަޑެއް ނީވުނެވެ. އޭނާ އަށް ހޭވެރިކަން ވީ ރައިހާ އޭނާގެ އަތުގައި ހިފާލުމުންނެވެ. ފުން ނޭވާއެއްދޫކޮށްލުމަށްފަހު އަނބި ޤަބޫލު ކޮށްފިން ކަމަށް ކައިލް ބުނެލި އިރު ތަފާތު އިޙްސާސެއް ކުރެވިގެން ދިޔައެވެ.

ކައިލްގެ ދުލުން އަނބި ޤަބޫލު ކޮށްފީމޭ ބުނި ހިނދު ހީވީ ރައިހާގެ ހިތް އުދުހިގެން ދިޔަ ހެންނެވެ. އެ ޖުމްލަ ކަންފަތުގައި ތަކުރާރު ވަމުން ދިޔަ އިރު ތުންފަތުގައި ދުވެލީ ހިތްގައިމު ހިނިތުންވުމެކެވެ. އެވަޤުތު މުޅި އުމުރަށް ކައިލް އާއި އެކު ވުމަށް އަމިއްލަ ނަފްސަށް އޭނާ ވަޢުދު ވިއެެވެ.

ރައިހާގެ ކައިވެންޏަށް އަހުމަދާއި ރަޔާޝް ކޯޓަށް އައިނަމަވެސް އަމީނާ އެއް ނާދެއެވެ. އެކަމާ ރައިހާ ދެރަވި ނަމަވެސް އަދި ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

ކޯޓުގެ މަރުހަލާ އަށްފަހު އެޕާޓްމެންޓަށް އާދެވުނު އިރު ގަޑިން 10 ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ވަނުމަށްފަހު ކައިލް ހުރީ ޖެހި ބުދެއްހެން ގަނޑުވެފައެވެ. އަތަކަށް ކިރިލަންވެސް ނޭނގިފައި ކަންނޭނގެ އެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. މިތަން ފެނުމުން ރައިހާގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. ކައިލްގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހި އޭނާ އަށް އަންދާޒާ ކޮށްލެވުނެވެ.

“ވަރަށް ވަރު ބަލި ވެއްޖެ ދޯ” ކައިލްގެ ގާތުގައި ހުއްޓިލަމުން ރައިހާ ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބެއް ނުދީ ކައިލް ހުރީ ރައިހާ އަށް ބަލަހައްޓައިގެންނެވެ. “ދާންވީނު ރެސްޓް ކޮށްލަން.” ކައިލްގެ ކޮޓަރިއަށް އިޝާރާތް ކޮށްލަމުން މި ފަހަރުވެސް ވާހަކަ ދެއްކީ ރައިހާއެވެ. އެވަގުތު ކައިލް ޤަބޫލު ނުކުރެވިފައި ރައިހާ އަށް ބަލައިލިއެވެ.

“އަހަންނަށް އިނގޭ ކައިލް އަށް ޓައިމް ބޭނުންވާނެ ކަން. ކުއްލިއަކަށް ދެމަފިރިންގޮތަށް އުޅެން ކައިލް ރެޑީ ނޫންކަން.” ރައިހާ ހީވަނީ ފޮތެއްހެން ކައިލް ދަސްކޮށްލާފައި ވާހެންނެވެ.

“ގުޑް ނައިޓް ހަބީ” ލޯބި ހިނިތުން ވުމަކާއެކީ ރައިހާ ކޮރާލަމުން ކައިލްގެ ކޯތާފަތަށް ބޮސްދިނެވެ. އަދި ދުވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

ދެލޯ ބޮޑުކޮށްލި ގޮތަށް ހުއްޓުން އަރާފައި ހުރި ކައިލް އަށް ހުވަފެނަކުން ހޭލެވުނުފަދައެވެ. ކޯތާފަތުގައި އަތް ހިންގާލެވުނު އިރު ބޭއިޚްތިޔާރުގައި އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.

ރައިހާގެ ހާލަކީވެސް އެއީއެވެ. ކޮޓަރިއަށް ވަދެ ދެއަތުން މޭގައި ހިފަހައްޓާލި އިރު އެ ތުންފަތުގައިވަނީ ރަކި ހިނިތުންވުމެކެވެ. ލިބިފައިވާ އުފަލާއެކު ދެލޯ މަރާލެވުނެވެ.
*******

“މޯނިންގް” ހޭލައިގެން ބަދިގެޔަށް ވަތް ކައިލް އަށް ފުޅާ ހިނިތުންވުމަކާ ރައިހާ ކޮފީ ތައްޓެއް ދިއްކޮށްލިއެވެ.

ކައިލް ހުއްޓުން އެރީ ރައިހާ ދިއްކޮށްލި ކޮފީތަށީގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް ރައިހާ އެފަދަ ގޮތަކަށް ކުރިން ފެނިފައި ނުވުމުންނެވެ. ސްވެޓް ޕޭންޓްސް އާއެކު ގަޔަށް ނުހަނު ދޫ އަތް ކުރު ޓީ ޝާޓެއް ލައިގެން ހުރި އިރު އުނަގަނޑާ ހަމައަށް އަންނަ އިސްތަށިގަނޑު އޮތީ މިނިވަންކޮށްލާފައެވެ. ބޯ ދޮވުނުތާ ގިނަ އިރެއް ނުވާނެކަންދޭހަވަނީ ރޭގަނޑެއް ފަދަ އެފަން އިސްތަށިގަނޑުން ތެތްކަން ފެންނަމުންދާތީ އެވެ. ކައިލް އަށް ހިންދިރުވާލެވުނީ ރައިހާގެ އެ ރީތި ކަން ފެނުމުންނެވެ. އެ ތާޒާ މޫނުގައި ބީހިލަން ހިތުގެ ކަނަކުން އެދި ގޮވަމުން ދިޔައެވެ.

ކޮފީ ތަށީގައި ނުހިފާ ކައިލް ހުރުމުން ރައިހާ ވަކިން ބޮޑަށް ކައިލް އަށް ޖޯޑު ކައިރި ކޮށްލިއެވެ. ކައިލްވެސް އަވަސް އަވަހަށް ޖޯޑުގައި ހިފައިގެން ގޮނޑީގައި އިށީނދެލިއެވެ.

” ހަފްތާ އަކަށް ފަހު އަހަރެން ޖެހޭނެ ޖޮބަށް ނިކުންނަން. ކައިލް ވަރަށް ފޫހިވާނެ ދޯ އޭރުން” ރައިހާ ކަންބޮޑުވަނީ ކައިލް ގޭގައި އެކަނި ވާނެތީއެވެ.

“ކައިލް ކުރާހިތްވާ މަސައްކަތެއް އެބައޮތްތަ؟ ކިޔަވައިގެން ޖޮބަކަށް ދާން ފެއްޓީމަ އެކަންޏެއްވެސް ނުވާނެ.” ރައިހާގެ ވާހަކަ އާއެކު ކުއްލި އަކަށް ކައިލް ގޮނޑިން ތެދުވިއެވެ.

“ހިތްހަމަ ނުޖެހުނީތަ؟” ކައިލް ކޮޓަރި އާ ދިމާއަށް ހިނގައިގަތުމުން ރައިހާ މާޔޫސް ވިއެވެ.

“ރައިހާ އަށް އަހަންނާ ހެދި އުނދަގުވަންޏާ ގެނައި ތާކަށް އަނބުރާ އަހަރެން ލީމަ ނިމުނީނު.” ކައިލްގެ ރުންކުރު ޖަވާބުން ރައިހާ ހައިރާން ވެގެން ދިޔައެވެ.

“ސޮރީ. ކައިލް ރުޅި އަންނާނެ ކަމަކަށް ނުން އެވާހަކަ ދެއްކީ. އަހަރެން ހީކުރީ ކައިލްވެސް އެގޮތް ބޭނުން ވާނެ ކަމަށް”

މަޑުކުރުމެއް ނެތި ކައިލް ގޮސް ކޮޓަރިއަށް ވެނެވެ. ބޮލަށް ސަވާރު ވަމުން ދިޔަ ރުޅިގަނޑާއެކު ފާރުގައި ގޮށް މުށުން ޖަހާލެވުނެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު ނަފްސު ހަމައަކަށް އަޅުވަން ކައިލް މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ރައިހާ ބުނާހެން އޭނާވެސް ކިޔަވާ ޒިންމާދާރު މީހަކަށް ވާން ބޭނުމެވެ. ނަމަވެސް އޭނާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ އުމުރުގެ މީހަކު އެންމެ ފުލުން ކިޔަވަން ފެށުމަކީ އެއްވެސް މީހަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. މީހުންވެސް ކުރާނީ މަލާމާތެވެ. ގިނަ ބައެއްގެ ތެރެއަށް ނިކުމެ އާދައިގެ ދިރިއުޅުމެއް އުޅޭކަށް އޭނާ އާދަވެފައެއް ނުވެއެވެ.
******

” ހޭ ފަރޫ.. ވަރަށް ގިނަ މީހުން ޕާޓީއަށް ދާނެތަ؟” ރައިހާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ސުކޫލު ދަޢުރުގެ އެންމެ ގާތް ރަޙުމަތްޔެރިޔާ އާއެވެ.

“އޯ އެހެންތަ. އާން. ދާނަމޭ. ދެން ފަރޫގެ ވެޑިންގް އަށް ނުގޮސް ކާކުގެ ވެޑިންގް އަށް ދާނީ” ހިތުގައިވީ ނުތަނަވަސް ކަން ފޮރުވާލަމުން އަޑަށް އުފާވެރިކަން ގެންނަމުން ރައިހާ ބުނެލިއެވެ.

ފޯނު ބޭއްވުމަށް ފަހު ކޮޓަރީގެ ދެކޮޅަށް ރައިހާ އަށް ހިނގެން ފެށުނެވެ. ކައިލް އޭނާ އާމެދު ހިތްހަމަ ނުޖެހިފައި ހުރުމުން އެކަމާ ވިސްނަމުން ދިޔައިރު މާދަން އޭނާގެ ރަޙުމަތްތެރިޔާގެ ކައިވެނި ޕާޓީ އަށް ދާންޖެހުމުން އެކަމާ ފިކުރު ބޮޑުވިއެވެ.

ރައިހާ ކައިލް އާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުން އޭނާގެ ގިނަ ރަޙުމަތްތެރިންނަށް ލިބުނީ ޝޮކެކެވެ. ފަރުޝާ އަކީވެސް އޭގެ ތެރެއިން އެކަކެވެ. އެހެންކަމުން ކައިވެނި ޕާޓީއަށް އަންނަ އިރު ފިރިމީހާ ގޮވައިގެން އައުމަށް ފަރުޝާ އާދޭސް ކުރިއެވެ. ރައިހާ ކަންބޮޑުވަނީ ކައިލް މީހުންގެ ތެރެއަށް ނިކުމެ އުޅެން އުނދަގު ވާނެކަން އިނގޭތީއެވެ. އަނެއްކޮޅުން މިއަދު ދެކެވުނު ވާހަކައިގެ ސަބަބުން ކައިލް ޕާޓީ އަށް ދާން އެއްބަސް ވާނެ ކަމެއްވެސް ނޭނގެއެވެ.

ކައިލް ކޮޓަރިން ނިކުތީ ހަވީރުވެސް ވީ ފަހުންނެވެ. ކައިލް ނިކުތުމާއެކު ސޯފާގައި އިން ރައިހާ ފުންމައިގެން ތެދުވިއެވެ. ހީވީ ކައިލް ނިކުންނާނެ އިރަކަށް ބަލަ ބަލާ އިންހެންނެވެ.

“ކައިލް އަދިވެސް ރުޅި އައިސްފަތަ؟” ރައިހާ މަޑު މަޑުން އަހާލިއެވެ. ކައިލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ހަޤީޤަތުގައި އޭނާ އެވަގުތު ރުޅިއާދެވުނީތީ ފަހުން ދެރަވިއެވެ.

ރައިހާގެ މޫނުމަތި އުޖާލާވެގެން ދިޔަ ތަން ކައިލް އަށް ސިއްރެއް ނުވިއެވެ. “ސައި ހަދާފަ ހުންނާނެ” ކާގެ އާ ދިމާއަށް އިޝާރަތް ކުރަމުން ރައިހާ ބުންޏެވެ.

ސައި ބޮމުން ދިޔަ ގަޑީ ޕާޓީގެ ވާހަކަ ރައިހާ ކައިލްގެ ކައިރީ ދެއްކިއެވެ. އޭނާގެ އެކުވެރިޔާ ކައިލް އާ ބައްދަލު ކޮށްލަން އެދޭ ކަމަށާއި ނަމަވެސް ކައިލް ބޭނުމިއްޔާ ފަހުން ބައްދަލު ކުރާގޮތަށް ނިންމިދާނެ ކަމަށް ރައިހާ ބުންޏެވެ.

ކައިލް ރައިހާ އާއެކީ ޕާޓީއަށް ދާން އެއްބަސް ވިއެވެ. މިއަދު އިސްކުރެވުނު ރުޅީގެ ބަދަލުގައި ރައިހާ އުފާވާނެ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ކައިލް އަށް ވިސްނުނެވެ. ކިތަންމެ ޖެހިލުންވިޔަސް ރައިހާގެ އުފަލައްޓަކައި އެކަން ކުރަން ކައިލް ނިންމިއެވެ.
********

ލޯގަނޑު ކުރިމަތިން ކައިލް އޭނާގެ ސޫރަ އަށް ބަލައިލިއެވެ. ޕާޓީގެ ކަލަރ ކޯޑް ކަމަށް ބުނެ ރައިހާ ގަނެދީފައިވާ މަޑު ބިސްކުލައިގެ ގަމީސް ބެގީ ކުރެވިފައިވާ އިރު ތިރިން ލައިގެން ހުރީ ކަޅު ފަޓުލޫނެކެވެ. އަމިއްލަ ހަށިގަނޑުގެ އަނަރޫފަ ކަމަށް ހިތުގެ ކަނަކުން ރޯލިއެވެ. ކައިލް އޭނާގެ އިސްތަށިގަނޑަށް ހަދަން ވީ ގޮތެއް ނޭނގުމުން އެހުރިގޮތަށް ދޫކޮށްލިއެވެ. އޭނާއަށް މިހުރިހާ ކަމެއްވެސް ވެފައި ވަނީ އާ ކަންތައްތަކަށެވެ.

ކައިލް ކޮޓަރިން ނިކުން އިރު ރައިހާވެސް އޭނާގެ ކޮޓަރިން ނިކުންނަނީއެވެ. ކައިލްގެ ލާން އުޅުނު ނޭވާވެސް ހުއްޓުނު ކަހަލައެވެ.

މަޑު ބިސްކުލައިގެ ފައިފޮރުވާ ވަރުގެ ދިގު ހެދުމެއްގައި ރައިހާ ހުރި އިރު އަޅައިގެން ހުރީ ގަދަ މުށި ކުލައިގެ ޝޯލެކެވެ. ލޭސް ބޭނުން ކުރެވިގެން ނުހަނު ސާދާކޮށް ފެހިފައިވާ އެހެދުން ރައިހާ އާ ނުހަނު ގުޅެއެވެ.

ރައިހާއަަށް ކައިލް ފެނުމުން ތުން އޫކޮށްލުމަށްފަހު ކައިލްގެ އިސްތަށިގަނޑަށް އިނގިލި ދިއްކޮށްލިއެވެ.

“ގެނޭ ރީތި ކޮށްދޭނަން” ކައިލްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ޑްރެސިންގް ޓޭބަލް ގޮނޑީގައި ބޭނދިއެވެ. އަދި މޭޒުގައި ހުރި ރީތިވާ އެއްޗެހިން ޖެލް ފުޅި ނަގާ ކައިލްގެ އިސްތަށިގަނޑު ރީތި ކުރަން ފެށިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރައިހާ ވަނީ ކައިލް އަށް ބޭނުންވާނެ ހުރިހާ ރީތިވާއެއްޗިއްސާ އަންނައުނު ފަދަ އެއްޗެހި ގަނެދީފައެވެ. ފިރިހެނެއްގެ އެއްޗެހި ގަންނަން ދަތިވުމުން އޭނާ ދިޔައީވެސް ރަޔާޝް ގޮވައިގެންނެވެ.

ކައިލް އަށް އިސްއުފުލައިގެން ބަލަން ހުރެވުނީ ފަރުވާތެރި ކަމާއެކު އޭނާގެ އިސްތަށިގަނޑު ރީތި ކުރަމުން ދިޔަ ރައިހާ އަށެވެ. އެހާ ކައިރީ ރައިހާ ހުރުމުން އެހިތަށް ބުނަން ނޭނގޭ ގޮތްތަކެއް ވަމުންދިޔައެެވެ. ރައިހާވެސް ކައިލް އަށް ބަލައިލި ވަޤުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ޖަހަން ފެށީ އެއް ވިންދެކެވެ. ބަސްމޮށުން ތެރިކަމަކާ ނުލާ އެދެ ހިތް ވާހަކަދައްކަމުން ދިޔައެވެ.

ހަމަހޭވެރިކަންވީ މީހެއް ފަދައިން ކައިލް އަވަސް އަވަހަށް ގޮނޑިން ތެދުވެލިއެވެ. ރައިހާވެސް ދުރަށް ޖެހިލަމުން ކައިލް އަށް ބަލައިލިއެވެ. ކައިލްގެ ރާޅުބާނި އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްލެވިފައިވާ އިރު ނުހަނު ސްމާޓްކަމަށް ދައްކައެވެ.

ޕާޓީ އަށް ވަނުމާއެކު ރައިހާއަށް ދެކޮޅަށް ބަލައިލަމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފަރުޝާ ބުނިފަދައިން ޕާޓީގައި މާގިނަ މީހަކު ނެތެވެ. ރައިހާ ކައިލްގެ އަތުގައި ހިފާލީ އޭނާ ހުންނާނީ ނުތަނަވަސް ވެފައިކަން މާކުރިންވެސް އިނގޭތީއެވެ.

ފަރުޝާ ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ރައިހާ ފަރުޝާގެ ގައިގާ ބައްދާލީ އެކުވެރިޔާ އާމެދު އުފާވެ ހުރެ އެވެ. އެއް އިރެއްގައި އޭނާވެސް އެފަދަ ވެޑިންގް ޑްރެސް އެއްގައި ބޮޑު ކައިވެނި ހަފްލާއެއް ބޭއްވުމަށް ހުވަފެންތައް ދެކުނެވެ. ނަމަވެސް ކައިލް އާ ބައްދަލު ވުމުން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ކައިލްގެ އުފާވެރިކަން އޭނާގެ އުފާވެެރިކަމުގެ ކުރިއަށް ނެރެވެނީ އެއްވެސް ޝަކުވާޔަކާ ނުލައެވެ. ކައިލްގެ އުފާވެރިކަމާ ހިތްހަމަ ޖެހުމަކީ އޭނާގެ އުފަލާ ހިތްހަމަޖެހުމުގެ ގޮތުގައި ދެކެވެން ފެށުނީ އިޚްތިޔާރަކާ ނުލައެވެ.

ހަފްލާ އަށް އަންނަމުން ދިޔަ މެހެމާނުންނަށް ފުރުސަތު ދެމުން ރައިހާ ކައިލް އާއެކު މާލަމުގެ އެއްފަރާތަކަށް ޖެހިލިއެވެ. އަދި އެތާނގައި ބެހެއްޓިފައިވާ ދިގު މޭޒުގައި ހުރި ފިނި ބުއިންތަކުން ދެ ތަށި ނަގާ އެއްތަށި ކައިލް އަށް ދިއްކޮށްލިއެވެ. އެވަޤުތު ފަރުޝާ ރައިހާ އަށް ގޮވާލީ އެކީގައި ކިޔަވަން އުޅުނު ކުދިބަޔަކު އައުމުން އެމީހުންނާ އެކު ފޮޓޯ ނެގުމަށެވެ. ރައިހާ އަށް ބަލައިލެވުނީ ކައިލް އަށެވެ. ކައިލް ހިނިތުން ވެލަމުން ބޯ ޖަހާލީ ދާށޭ ބުނާ ފަދައިންނެވެ.އޭނާގެ ސަަބަބުން ރައިހާގެ އުފާތަކަށް ހުރަސް އެޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ރައިހާވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ބުނެ އެދިމާއަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

ކައިލް އަށް ހިނިތުންވެގެން ބަލަން ހުރެވުނީ ކައިވެނި ކުރާ ދެމީހުން ތިބެން ހަދާފައި ހުރި ސްޓޭޖް ގައި ހުއްޓިހުރި ރައިހާ އަށެވެ. އަންހެން ކުދިންތަކަކާއެކު އެންމެ ފުރިހަަމަ ހިނިތުން ވުމުގައި ފޮޓޯ ނަގަމުން ދިޔަ އިރު ރައިހާ ފިޔަވާ އިތުރު ފަރާތެއް ކައިލްގެ ލޮލުގައި އަޅައިނުގަންނަ ފަދައެވެ.

“ބްރޯ ހޮޓް ޗިކުން ކޮޅެންނު” ކައިލް ހުއްޓި ހުރި މޭޒު ކައިރީ ހުއްޓިލި ތިން ފިރިހެނުން ފިނި ބުއިންތަކަށް އިންސާފު ކުރަމުން އެކަކު ބުނެލީ ސްޓޭޖްގައި ފޮޓޯ ނަގަންތިބި ރައިހާ މެންނަށް ބަލައިލަމުންނެވެ.

“ކީއްކުރާނީ ބްރޯ. މަ ސެޓު ކުރަން އުޅުނު ޗިކު ވެސް ކުރިން ދުވަހަކު މީހަކާ އިނދެފި” ތިންމީހުންގެ ތެރެއިން މެދަށް ހުރި
ޒުވާނާ ބުނެލިއެވެ.

“ރައު..ނޫން…ރައިހާ ދޯ ކިޔަނީ” ދެން ހުރި ޒުވާނާ ކަމެއް ހަނދާން ކުރާފަދައިން ބުނެލިއެވެ. ކައިލްގެ ކަންފަތް ހުޅުވިގެން ދިޔައީ އެވަޤުތުއެވެ. ބޭއިޚްތިޔާރުގައި އެތިން ފިރިހެނުންނަށް ބަލައިލެވުނެވެ.

” އާން ބްރޯ. ސްކޫލް ދައުރުން ފެށިގެން މަ ކުރަން އުޅުނު ކަމެއް އެއީ. ކިހާ ރީތިތަ. އާހް… އަދިވެސް ހިތަށް އަސަރު ކުރޭ” މަސްތީ ގޮތަކަށް ރައިހާ އަށް ބަލަން ހުރެ މެދަށް ހުރި ޒުވާނާ ބުނެލިއވެ. އެ އަޑު އިވުމާ އެކީ ކައިލްގެ ލޭ ކެކެން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ލޯ މަރާ ތަޤުޅި ކޮށްލީ ނަފްސު ހަމައަކަށް އެޅުވުމަށެވެ.

” އެކަމަކު އެއޮތީ ތެޔޮ ނާށި ކާޅު ޖަހައިގެންފަ އެންނު. މަ އަޑު އެހިން އެ މަންޖެ މެރީ ކުރީ މޮޔައަކާއޭ. ކަޑަ އެންނު. އެއޮށް ކިޔަވައިގެން ހުރި އިރު ތާކު ހުރި ސައިބޯނި ބޮތްކަކާ މެރީ ކުރީމަ. މަށަށް ހީވަނީ ރައިހާވެސް ސައިކޮލޮޖީ ކިޔެވި ކިޔެވީނުން ސައިކޯ އަކަށް ވީހެން.” ދެން ހުރި ޒުވާނާ އެހެން ބުނެލުމާއެކު ތިން ފިރިހެނުން ޕަކަ ޕަކަ ލައިފާ ހޭން ފެށިއެވެ.

ކައިލް އަށް ކެތްވީ އެހިސާބަށެވެ. ހިފަހައްޓައިގެން ހުރި ޖޫސް ތަށި މޭޒުމައްޗަށް ޖެހި ޖެހީނޫން ތަޅައިގެން ދިޔައެވެ. އެބާރު މިނުގައި އައި ގޮތަށް އައިސް އެ ޒުވާނާގެ ގިރުވާނުގައި ހިފައިގަތެވެ.

މާ އަޑުގަދަވެގެން ފޮޓޯ ނަަގަން ހުރެފައި ރައިހާ ބަލައިލި އިރު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ފުހެވިގެން ނުދާނޭ – 01 –

Next

ކުރެހުންއެޅުނޭ ހިތުގެއަޑީގައި

Next
May 7, 2020

ކުރެހުންއެޅުނޭ ހިތުގެއަޑީގައި

Previews
May 7, 2020

ފުހެވިގެން ނުދާނޭ – 01 –

9 Comments!

  1. Wonder says:
    May 7, 2020 at 12:44 pm

    Hi everyone. How r u all? I tried to make this part a bit longer. Hope it’s satisfying to all of u. N dnt forget to comment down below ur views abt this part. Have a blessed day. Tc n b safe❤❤

  2. Sherher says:
    May 7, 2020 at 12:56 pm

    V reethi Masha Allah……whn nxt prt…n waiting for nxt prt..

    1. Wonder says:
      May 7, 2020 at 2:09 pm

      Thank u so much Sherher. It’s really motivating to c ur comments Everytime. Next part In sha Allah tomorrow night ga. B safe❤?

  3. Izabell says:
    May 7, 2020 at 3:08 pm

    Alhe haadha reethi eyy mi part vx, Ma Sha Allah ❤❤❤❤❤❤❤❤❤❤❤ varah interesting kollaafa thi nimmaaly mi part vx. ????? waiting for the next part. ????? nd stay safe

    1. Wonder says:
      May 7, 2020 at 4:35 pm

      Thank u so much Izabell. Let’s see dhw dhen vany kihineh tho. I can’t wait either ?. So motivating to c ur comment Everytime. B safe❤?

  4. love_reading says:
    May 7, 2020 at 3:19 pm

    love how the story is going ❤️❤️.. varah kiyaa hiyvefa indha thi ninmaaly?.. have a great ramazaan?.. curiously waiting for the next part..?.. stay safe dear

  5. Sher says:
    May 7, 2020 at 4:06 pm

    Ooh alhe dhen kihineh baa vaani…..
    Next part kiyaa hithun nuhureveyney….
    مشاء الله mi part ves hama varah varah loabi?♥️?
    Wonder hama?????

    1. Wonder says:
      May 7, 2020 at 4:37 pm

      Awwn.Thank u so much Sher. Let’s see dhn kihineh tho vany. Wonder ves kenmadhu vefa mihiry dhn vaagoih balaalan?. Ur comment r really motivating. B safe. Next part will In sha Allah tomorrow night ga submit kohlaanan. ?❤

  6. Wonder says:
    May 7, 2020 at 7:31 pm

    Thank u so much love_reading. It’s sad that ur comment isn’t published ?. But im really happy that u liked the way story is going. U too have a blessed Ramazan and b safe. next part In sha Allah v avahah kiyaalan libeyne❤?

Comments are closed.


All Right Reserved!