Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-15

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 1, 2020 5 Mins Read
12 Comments

” އަހަރެން ރައިހާ އާ މެރީ ކުރާނަމޭ ބުނެފިއްޔާއޯ؟ އޭރުންވެސް ދާނަންތަ؟” ސީދާ ރައިހާގެ ލޮލަށް ބަލަހައްޓައިގެން އިދެ ކައިލް އެހެން ބުނެލުމުން ރައިހާ އިނީ ނޭވާ ލާންވެސް ހަނދާން ނެތިފައެވެ. އެއްފަހަރާ އެތަކެއް އިޙްސާސް ތަކެއް އެހިތުގައި ދަޢުރުވާން ފެށިއެވެ. މިއީ ހުވަފެނަކަށް ނުވުމަށް އެދި ހިތާއި ހިތުން ދުޢާކޮށްލެވުނެވެ.

“ކައިލް.. ކައިލް އަހަންނާ މެރީ ކުރާނަންތަ؟” ރައިހާގެ ކަނާއަތް ކައިލް އަށް ދިއްކޮށްލަމުން ރައިހާ އެއްސެވެ. ފުން ނަޒަރަކުން ރައިހާ އަށް ބަލަން އިނުމަށްފަހު ކައިލް އެ އަތުގައި ހިފާލި އެވެ. އެހިނދު ރައިހާ އަށް އޭނާގެ ކުދި ކުދި ދަތްތަށް ފެންނަ ވަރަށް ހިނިތުންވެލެވުނެވެ. އުފާވެރިކަމުން އެދެލޯ ވިދަމުން ދިޔަ އެވެ.

“އެކަމަކު އަހަރެން ރައިހާ ދެކެ ލޯބި..” ކައިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރައިހާ ކައިލްގެ ކޮނޑުގައި ބޯ އަޅާލި އެވެ.

“އަހަރެން ނާހަމެންނު ކައިލް އަހަރެން ދެކެ ލޯބިވޭތޯ އެއް. އަހަރެން ހަމަ އެކަނި އެހީ ކައިވެންޏަށް. ކައިލް އެ އެދުން ޤަބޫލު ކުރީމަ އަހަރެންގެ އެދުން އެފުރިހަމަވީ. ދެން ހުރި ކަންކަމާ ވިސްނާނީ ފަހުން. ކައިވެންޏަކީ ހަލާލު ގުޅުމެއް. މީހުން ބުނޭ ހަޤީޤީ ލޯބި ވެވޭނީ ކައިވެންޏަށް ފަހުއޭ. އަހަރެންވެސް ބޭނުމީ އެހެންވާން” އެންމެ ފަހު ޖުމްލަ ބުނެލަމުން ރައިހާ ކައިލް އަށް ބަލައިލި އެވެ.

“ދެން އަރާމު ކޮށްލަން އޮށޯވެލާ. މިއަދު ކުރަން ޖެހޭ ބައިވަރު ކަންތައް ހުންނާނެ” ހިތަށް ލިބިފައިވާ ހިތްހަމަ ޖެހުން ރައިހާގެ އަޑުންވެސް ހާމަވަމުން ދިޔައެވެ. ނަމަވެސް ކައިލް ރައިހާގެ އަތުން ދޫކޮށްނުލާ އިންނަން ފެށުމުން ރައިހާ ގާތަށް ހިނި އަންނަ ގޮތްވިއެވެ.

“ކައިލް ބަހައްޓާފަ އަހަރެން އެއްވެސް ތާކަށް ނުދާނަމޭ. ކައިލް އަހަންނާއެކުގާ ވާން ހުރިހާ ހިނދަކު އަހަރެންވެސް ކައިލް އާއެކު ވާނަން.” ރައިހާގެ ވާހަކަ އާއެކު ކައިލްް މަޑު މަޑުން އެއަތުން ދޫކޮށްލި އެވެ. އޭނާގެ ހަޔާތުން ރައިހާގެ ގެއްލި ދާނެތީ ކައިލް ބިރުގަނެ އެވެ. ރައިހާ އޭނާއަށް ބަހައްޓާ އޯގާތެރިކަމާ އަޅާލުން ދޭނެ އިތުރު ފަރާތެއް ނުލިބޭނެކަން ކައިލް އަށް ޔަޤީންވެ އެވެ. ދެމީހުންގެ މެދުގައި ހުރި ފަރަޤުތައް ހަނދާން ނައްތާލުމަށްފަހު ރައިހާ އާ ކައިވެނި ކުރަން އެއްބަސް ވީވެސް އެހެންވެ އެވެ.
*********

” ރައިހާ އާ ޔޫ ޝުއާ އެބައުޓް ދިސް؟” ކައިރީގައި އޮތް ފައިލް އަށް ނަޒަރު ހުއްޓާލައިގެން އިން ރައިހާ އަށް ފާތުމް ބަލާލީ ކަންބޮޑު ވުމުގެ ނަޒަރަކުންނެވެ. ރައިހާ އަބަދުވެސް ކައިލް އަށް ހާއްސަކަން ބަހައްޓާކަން ފާތުމް އަށް އެނގެ އެވެ. ނަމަވެސް ދުވަހެއްގައިވެސް ރައިހާ ކައިލް އާ ކައިވެނީގެ ގުޅުމަކުން ގުޅެން ވިސްނާނެ ކަމަކަށް އުންމީދެއް ނުކުރެވެ އެވެ.

“ދުވަހަކުވެސް ހަޔާތުގައި ކަމަކާމެދު މިހާ ޔަޤީނެއް ނުވެ” ފާތުމް އަށް ހިނިތުންވުމެއް ރައްދު ކުރަމުން ރައިހާ ފައިލްގައި އޮތް ފޯމްގައި ސޮއި ކޮށްލި އެވެ. އެއީ ކައިލްގެ ބެލެނިވެރިޔާ ބަދަލުވި ކަމުގެ ފޯމެވެ. އެ ފޯމުގައި ސޮއި ކުރުމަށްފަހު ކައިލްގެ ހުރިހާ ޒިންމާއެއް ރައިހާގެ ބޮލުގައި އެޅިގެންދާނެ އެވެ.

“މާދަން އަޅުގަނޑު ފުރާ އިރު ކައިލްގެ ޖާގައެއް ހަމަޖެހިއްޖެތޯ” ފައިލް ލައްޕާލާފައި ފާތުމްއަށް ހަވާލުކުރަމުން ރައިހާ ސުވާލު ކުރި އެވެ.

“އާން. ނަސީބަކުން ވަރަށް ފަސޭހައިން ޖާގަ އެއް ލިބިއްޖެ. ރައިހާ ވީމަ ކައިލްގެ މެޑިކޭޝަން އެއްކޮށް ނުނިމެނިސް ޑިސްޗާޖު ކުރަންމި އެއްބަސް ވީވެސް. އައި ނޯ ޔޫ ވިލް ޓޭކް ގުޑް ކެއަރ އޮފް ހިމް” ފާތުމް އެހެން ބުނުމުން ރައިހާ ވެސް ހިނިތުން ވެލަމުން ޝުކުރު އަދާކުރި އެވެ.

“ތި ވެދެއްވި އެހީތެރިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. ” ރައިހާގެ ވާހަކަ އާއެކު ފާތުމް ވެސް ބަދަލުގައި ހިނިތުން ވެލިއެވެ.

“ޔޫ ޑިޒަރވް އިޓް” ރައިހާގެ އަތުގައި ހިފާލަމުން ފާތުމް ހިތްހެޔޮކަމާ އެކު ބުނެލި އެވެ.
*******

ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލޯންޗު މާލޭ އެއް ނަންބަރު ފާލަމަށް ލެފިއެވެ. ރައިހާ އާއެކު ފާލަން މައްޗަށް ފޭބި ކައިލް އެކި ކޮޅު ކޮޅަށް ނަޒަރު ހިންގާލީ ހާސްވެ ހުރެގެންނެވެ. މިއީ އޭނާ މާލެ ލޮލު ކޮޅުންވެސް ފެނުނު ފުރަތަމަ ދުވަހެވެ. ހިތް އަވަސް ވެފައި ހުރިވަރުން ހީވަނީ ބަނޑުގައިވެސް ކޮކާ އުދުހޭހެންނެވެ.

ކައިލްގެ ނުތަނަވަސް ކަން ރައިހާ އަށް އިޙްސާސް ކުރެވުނީ ކަންނޭނގެ އެވެ. ކައިލްގެ ގާތުގައި ހުއްޓި އެ އަތުގައި ހިފާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އޭ ބުނާފަދައިންނެވެ. ވަރަށް އުނދަގުލުން އަތުޖެހުނު ޓެކްސީގައި ދެމީހުންވެސް ދަތުރު ފެށީ ރައިހާގެ އެޕާޓްމެންޓަށް ދިއުމަށެވެ.

ކީކާޑުން ގޭގެ ދޮރު ހުޅުވާލުމަށްފަހު ފުރަތަމަވެސް އެތެރެއަށް ވަނީ ރައިހާ އެވެ. ފަހަތުން ކައިލްް އެޕާޓްމަންޓްގެ ތެރެއަށް ވަދެ އެކި ތަންތަނަށް ނަޒަރު ހިންގާލި އެވެ. ބަލާބެލުމަށް ވަރަށް އާ އެޕާޓްމެންޓެކެވެ. އެކި ތަންތާ ފޮށި ގަނޑުތަކެއް ބެހެއްޓިފައި ހުރުމުން އަދި ގެޔަށް ބަދަލުވެ ރަނގަޅަށް ހަމަނުޖެހެވޭ ކަން ހާމަވެއެވެ.އާދައިގެ ވަރެއްގެ ޖާގައިގެ ސިޓިންގް ރޫމްގެ މެދުގައި ފުދޭވަރެއްގެ ދިގު ލަކުޑި ކާމޭޒެއް ބެހެއްޓިފައި ވެއެވެ. މޭޒުގެ ކަނާއަތް ފަޅީގެ ފާރުގައި ޓީވީ ހަރު ކުރެވިފައިވާ އިރު ކައިރީ ކޮފީ ޓޭބަލް އަކާ ޑަބަލް ސޯފާއެއް ބެހެއްޓިފައި ހުއްޓެވެ. ކާމޭޒުގެ ވާއަތް ފަރާތުގައި ހުރީ އެއްފަރާތަށް ކަހާލެވޭނެހެން ކުޑަ ދޮރު ހަރު ކުރެވިފަ އެވެ. ކާމޭޒާ ޖެހިގެން އުތުރަށް ކުޑަ ކުޑަ ބަދިގެ އެއް ހެދިފައި ވެއެވެ. ބަދިގޭގެ ކުރިމައްޗަށް ވާހެން އެއް ކޮޓަރި ހުއްޓެވެ. ދެވަނަ ކޮޓަރި ހުރީ ސޯފާގެ ފުރަގަހުގަ އެވެ.

“ކައިލް ދާންވީނު ފްރެޝް ވެލަން.” ދޮރުކައިރީ ހުރި ފައިވާން ހަރުގަނޑުގައި ބޫޓު ބަހައްޓަމުން ރައިހާ ބުންޏެެވެ. އަދި ތަޅުދަނޑި ނަގަމުން ސޯފާ އާ ދިމާ ކޮޓަރިއަށް އޝާރާތް ކޮށްލިއެވެ. މަޑު ހިންގުމެއްގައި ގޮސް ކައިލް ކޮޓަރި ހުޅުވާލި އެވެ. ކޮޓަރީގެ ފަރުނީޗަރުތަކާއި ފާރުގައި ލައިފާވާކުލަ ހުރީ ހުދާއި އަޅިކުލައިންނެވެ. މާގިނަ އެއްޗިއްސެއް ނެތުމުން ކޮޓަރި ފެންނަނީ ތަނަވަސް ކޮށެވެ. ކައިލް އަވަސް ވެގަތީ ފެންވަރާލާށެވެ.

ކައިލް ނިކުންނަން ވާއިރަށް ރައިހާ އުޅުނީ ކާއެއްޗެއް ހެދުމުގަ އެވެ. ބޭރުން އޯޑަރ ކުރާ އެއްޗެއް ކައިލް އަށް ކަމުނުގޮސްފާނެތީ އަވަސް ކޮށްލުމަށް ދެމީހުންނަށް ވާވަރަށް ނޫޑްލްސް ހަދާލި އެވެ.

އެޕާޓްމެންޓްގެ ދޮރުގައި ޓަކި ދިން އަޑު އިވުނީ ރައިހާ ކައްކާ ނިމި މޭޒު ސާފު ކުރަނިކޮށެވެ. އޭރު އަދި ކައިލްވެސް ކޮޓަރިން ނުނިކުމެ އެވެ. ސުވާލުމާކެއްގައި ހުރެ ރައިހާ ދޮރު ހުޅުވާލި އެވެ. ބޭރުގައި ހުއްޓިގެން ހުރި އަމީނާ ފެނުމުން ރައިހާ ހައިރާންވި އެވެ.

“މަންމާ” ހައިރާންވެ ހުރެ ރައިހާ ބުނެލި އެވެ.
“ދަރިފުޅު މާލެ އައި ވާހަކަ ބައްޕަ ބުނުއްވީމަ ނުހުރެވިގެން މިއައީ. މަންމަ ކައިރީ ބުނާކަށް ނުހުންނާނެ ހަނދާނެއް” އަންނަ ވާހަކަ އަމީނާ ކައިރި ނުބުނުމުން އޭނާ ޝަކުވާ ކޮށްލިއެވެ.

“މަންމަ އަށް ވާނީ ތިވަރުކަން އިނގޭތީ އޭ ނުބުނީ.” ހިނިގަނޑެއް ޖަހާލަމުން ރައިހާ ބުންޏެވެ.

” ދެން ހެޔޮ. އެކަމަކު ދަރިފުޅު ވާނެ ހަވީރު މަންމަ ކައިރިއަށް އަންނަން” އަމީނާގެ ވާހަކަ ނިމުނު ވަގުތަކީ ކައިލް ކޮޓަރިން ނިކުން ވަޤުތެވެ. އަމީނާ އަށް ކައިލް ބަލާލުމުން ނިތަށް ރޫގިނަވެގެން ދިޔައީ ދަރިފުޅުގެ އެޕާޓްމެންޓުން ފިރިހެނެއް ފެނުނީމަ އެވެ.

މަންމަގެ ފަރާތުން ކައިލް އަށް ރައްދުވި ފިނި ބެލުން ފެނުމުން ރައިހާ ކުޑަކޮށް ހާސްވާގޮތް ވިއެވެ.

” މަންމާ އެއީ ކައިލް.. މަރުކަޒުގައި އަޅުގަނޑު ޓްރީޓް ކުރި ޕޭޝަންޓެއް.” އާގަންްނަމުން ކަހަލަ ގޮތަކަށް ރައިހާ ކައިލް ތަޢާރަފް ކޮށްދިނެވެ. ދަނޑިވަޅުގެ ގޮތުން ކައިވެނީގެ ވާހަކަ ދައްކަން މާ ރަނގަޅުވާނެ ކަމަކަށް ރައިހާ އަކަށް ނުފެނުނެވެ.

އަމީނާ އެހެންހޭ ބުނާގޮތަކަށް ބޯ ހަރަކާތް ކޮށްލި އެވެ. ނަމަވެސް އެމޫނުމަތީ ވީ ކަންބޮޑު ވުން އަދިވެސް ނުފިލައެވެ. ރައިހާ ފަރުވާދޭ ބަލިމީހެއް އަމިއްލަ ގެޔަށް ގެންނަން ޖެހޭ އުޒުރެއް އަމީނާ އަކަށް ނުވިސްނުނެވެ. ނަމަވެސް ކައިލް ހުރުމާއެކު އިތުރު ސުވާލެއް ކުރާކަށް އޭނާ ގަސްތެއް ނުުުކުރިއެވެ.

“މަންމަ އެކުން މިހާ ދުރަށް މިއައީވެސް މިތާހުރި ފިހާރައަކަށް ވެސް ވަންނަން ވެފަ ހުރީމަ. ކޮންމެހެންވެސް ހަވީރު އަންނާތި” އަމީނާ ދިޔުމުން ރައިހާ އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މޫނުމަތިން ފެންނަން ހުރި ހާސްކަން ފިލުވާލަމުން ކައިލް އަށް ކުރިމަތިލީ ހިނިތުންވުމަކާ އެކުއެވެ. ދެމީހުން އެކުގައި ކަމުން ދިޔަ އިރު ރައިހާ ކޮންމެވެސް ވަރަކަށް އޭނާގެ އާއިލާ ކައިލް އަށް ކިޔައިދެމުން ދިޔައެވެ. ރައިހާގެ ވާހަކަތައް އަޑު އަހަމުން އެއްޗެކޭ ބުނުމެއްނެތި ކައިލްވެސް ކަމުން ދިޔަ އެވެ. ހަޤީޤަތުގައި އޭނާ އާމެދު ރައިހާގެ އާއިލާ ދެކޭނެ ގޮތެއް ނޭނގޭތީ ކައިލް އެކަމާ ވިސްނަމުން ދިޔައެވެ.
********

ކޮޓަރީގައި ރީތިވަން ހުރި ރައިހާ ވިސްނަމުން ދިޔައީ އޭނާގެ މައިން ބަފައިން ކައިރީ ކައިލްގެ ވާހަކަ ބުނާނެ ގޮތަކާ މެދުއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ މިއަދު ގެޔަށް ގޮސް މަންމަމެން ކައިރީ އެވާހަކަ ދައްކާނެ އެވެ.

“ރަައިހާ ޔޫ ކޭން ޑޫ އިޓް!” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ރައިހާ ބޯޖަހާލި އެވެ. އަދި ހަށި ފުރާލީ ނޭވާޔާ އެކީ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“ކައިލް އަހަރެން އެބަ އަންނަން މަންމަ މެން ގެޔަށް ގޮސްލާފަ. މާ ލަހެއް ނުވާނެ.” ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓަލައިގެން ހުރި ކައިލް އަށް ބަލާލަމުން ރައިހާ ބުންޏެވެ.ކައިލް އެކަނި ބަހައްޓާފައި ދާން ރައިހާ ބިރުގަނެ އެވެ. ކައިލް އެގެޔަށް ގެންދަން ކިތަންމެ ބޭނުންވިޔަސް ފުރަތަމަ މިކަމުގައި އާއިލާ ދެކޭ ގޮތެއް ނުހޯދާ ކައިލް ގެންދިޔުމަކީ ބުއްދިވެރި ގޮތެއްކަމަކަށް ރައިހާ ނުދެކެއެވެ.
**********

ކާމޭޒުމަތީގައި އަތުރާފައި ހުރި އެކި ބާވަތްތަކުގެ ހެދިކާތަކަށް ބަލައިލަމުން ރައިހާ އަށް ހިނިތުންވެލެވުނެވެ.

“ކިހިނެއްވީ ތި އިންނަނީ ކާން ނުފަށަ. ދަރިފުޅު އަންނާތީ ހާއްސަކޮށް ހަދާފަހުރިހާ އެއްޗިހިތީ. އޭނީ ދޮންބެ ވެސް އާދޭސްކޮށްގެން ގެނެއްސަ. އެންމެން ހަަމަވާނީ މިކަހަލަ ދުވަހަކު ވިއްޔަ” ޖޯޑު ޖޯޑަށް ސައި އަޅަމުން އަމީނާ ވާހަކަ ދައްކަމުން ދިޔައެވެ.

“ދަރިފުޅު ކިހިނެއްވަނީ ދަތުރުގެ ތަޖުރިބާ؟” މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން އަހުމަދު އޭނާގެ ހަގު ދަރުފުޅާ ސުވާލުކުރި އެވެ.

“ވަރަށް ގިނަ ކަންތައްތައް ދަސްވި. ވަރަށް ބުރަކޮށް އުޅެންޖެހުނީ” ބިސްކަޓުލަހެއް އަނގައަށް ލަމުން ރައިހާ ޖަވާބު ދިނެވެ.

“ތިކަން އެނގުނޭ. ހާލަކުން ފަހަރަކު ނޫނީ މަންމަ އަކާ ގުޅާވެސް ނުލި ވިއްޔަ” އަމީނާގެ ޝަކުވާތައް އަދިވެސް ނިމޭކަށް ނޫޅެއެވެ.

އެންމެން ސަޔަށް އިންސާފު ކުރަމުން ދިޔަ އިރު ރައިހާ ވިސްނަމުން ދިޔައީ އޭނާގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ މެދުއެވެ.

“މަންމާ. ބައްޕާ. ދޮންބޭ.” ރައިހާ ފަހަރަކު މީހަކަށް ގޮވާލުމުން އެންމެންގެ ސަމާލުކަން ރައިހާ އަށް ހުސްވެގެން ދިޔައެވެ.

“އަޅުގަނޑު ބޭނުން މީހަކާ އިންނަން” ނުތަނަވަސް ވެފައި ވާ ހިތަކާއެކު ވަކި ވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލަމުން ރައިހާ ބުންޏެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތް ކަލާއަށް އެދޭތީ 5…

Next

ލޯ ފޮހެލާދޭށެ މަގޭ 6

Next
May 1, 2020

ލޯ ފޮހެލާދޭށެ މަގޭ 6

Previews
May 1, 2020

ހިތް ކަލާއަށް އެދޭތީ 5…

12 Comments!

  1. Izabell says:
    May 1, 2020 at 3:23 pm

    Awwwwwwn ❤❤❤ mi part vx varah reethi, Ma Sha Allah ???????????? varah curious vey eba. Varah varah reethi neynge bunaane ehchei vx. ????? Alhe Kail nd Raiha ah dhera gothei nuhadhahchey. Love birds viyya ??????? btw kon irakun next part up kollaani. Am waiting nd stay safe ingey.

  2. Wonder says:
    May 1, 2020 at 4:44 pm

    Awwn. Soo happy u liked this part dear. Ahaha. let’s see dhw dhen vaaane gotheh. Next part tommorow night ga In sha Allah submit kohlaanan. So happy to see ur comment ??❤❤

  3. Wonder says:
    May 1, 2020 at 4:46 pm

    Hi dear readers. Here is the 15th part of vaashey mashaa ekyy.. what do u think abt the new cover? Hope u all will like it. Thanks for all who commented to the 14th part. published plus pending comments were worth it. Thank u all for the support!stay safe?❤❤❤

    1. Izabell says:
      May 1, 2020 at 5:17 pm

      Cover pic hama perfect.?????❤❤❤❤❤❤❤❤

    2. Wonder says:
      May 1, 2020 at 7:35 pm

      Glad u liked it?❤

  4. Imkko says:
    May 1, 2020 at 8:21 pm

    Maasha allah … hama wow … i feel like im inside the story .. love it soooo much … hope raiha and kail gulheyne kamah … aaahhhh… so excited for the next part … love this storyyyyy ❤

    1. Wonder says:
      May 1, 2020 at 8:55 pm

      Thank u so much Imkko. Story ehaa kamudhiyaeema v uffavejje. Next part In sha Allah v avahah kiyaalan libeyne. Happy to see ur comment ?❤❤

  5. Sara says:
    May 1, 2020 at 9:16 pm

    My godd..this story is amazinggg..I love it
    next part thankolheh dhigu kohdhehcheyyy curiouslyy waitin….

  6. Sherher says:
    May 1, 2020 at 10:06 pm

    V reethi mi part vx..waiting for nxt part…
    #stay safe

    1. Wonder says:
      May 1, 2020 at 10:30 pm

      Thank u Sherher. V ufaavejje mi part ves kamudhiyaeema. Next part Tomorrow night ga submit kohlaanan. Happy to see ur comment ?❤❤

  7. Sher says:
    May 1, 2020 at 11:50 pm

    مشاء الله
    Mi part ves hama varah loabi..
    ????????????????❤️?❤️?❤️?❤️?❤️?❤️?❤️???????????????????????????????
    Stay safe☺️

  8. Wonder says:
    May 2, 2020 at 12:18 am

    Thank u Sher. Such a colorful comment.. so happy that u liked this part. Happy to c ur comment. U too stay safe dear ❤❤?

Comments are closed.


All Right Reserved!