
ވާށޭ މަށާ އެކީ-22
މުޅި މީހާ ދާހިތްލާ ފޯވެގެން ދިޔައިރު ކަރުގެ ނާރުތަކަށް ވަނީ ވާން ވެފައެވެ. ކައިލް ބޭނުންވީ އެމާހަޢުލުން ދުވެ ފިލާށެވެ. ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނު އިރު ކަޅި ހުރީ ދޮރާ ދިމާއަށެވެ. ތުރު ތުރު އަޅަމުން ދިޔަ އަތުން އެކި ތަންތަނުގައި ހިފަހައްޓައިގެން ކުރިއަށް ދަމުން ދިޔައެވެ. ހަށިގަނޑު ދެއަތަށް ކިރެމުން ދިޔައިރު އެމަންޒަރު ފެނުމުން ބައެއް މީހުން ދެލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ. ކައިލް އަށް އެބައިބޯ މާހަޢުލުން ނިކުމެވުނީ ކިރިޔާއެވެ. މަގުގެ ދުވާރު މައްޗަށް ފާޑަކަށް ވެއްޓުނީއެވެ.
************
ހެދުން ސާފު ކޮށްލުމަށްފަހު ވަރަށް ހަމަޖެހިލައިގެން ފާޚާނާއިން ނިކުން ރައިހާ ހުއްޓުން އެރީ ދެމީހުން އިށީނދެގެން ތިބި މޭޒު ހުސްކޮށް ހުރުމުންނެވެ. ކައިލް ކޮބައިތޯ ހިތަށް އަރާ ފަރާތް ފަރާތަށް ރައިހާއަށް ބަލައިލެވުނެވެ. ތަނުގައި މީހުން ފުނި ޖެހެމުން ދާކަން ރައިހާ އަށް ފާހަގަ ކުރެވުނީ ދެނެވެ. އަނެއްކާ މާ މީހުން ގިނަވުމުން ކައިލް ނިކުމެގެން ދިޔައީބާއޭ ރައިހާގެ ހިތަށް އެރިއެވެ. ކައުންޓަރަށް ރުފިޔާ ދައްކަމުން ފޯނު ނަގާ ކައިލް އަށް ރައިހާ ގުޅާލިއެވެ. ނަމަވެސް ފޯނު ރިންގްވެގެން ގޮސް ކެނޑުނީއެވެ. ހާސް ވެފައި ހުރި ރައިހާ އަވަސް އަވަހަށް ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަތެވެ.
އަވަސް ފިޔަވަޅުތަކެއްގައ ރެސްޓޯރެންޓްގެ ދޮރުން ނިކުން ރައިހާގެ ހިތް ހީވީ ހުއްޓުން ހެނެވެ. ދޮރުގެ އެއްފަރާތު ޕޭމެންޓް މަތީގައި ކުރުގެޅިގެން އެއޮތީ ކައިލް ނޫން ދެވަނަ މީހެއް ނޫނެވެ. ރައިހާއަށް ކައިލްގެ ނަމުން ގޮވާލަަމުން އެހިސާބަށް އާދެވުނު ގޮތްވެސް ނޭނގުނެވެ.
“ކައިލް..” ހާސްވެފައި ހުރި ރައިހާ ކައިލްގެ ގައިގާ އަތްޖައްސާލިއެވެ. އޭރުވެސް ކައިލް ދިޔައީ ފުންނޭވާތަކެއް ލަމުންނެވެ. އަނގައިން ބޭރުވަމުން ދިޔަ އަޑުން ނޭވާ ނުލެވިގެން އުޅޭކަން ދޭހަވެއެވެ. ކައިލް ރައިހާ އަށް ބަލައިލި އިރު ރަތް ވެފައިވާ ދެލޮލުން ހޯސްލާފައި ފެންގަނޑު ފައިބަނީއެވެ. އަމިއްލަ ގޮތްހުސްވެފައިވާ ހާލަތު އިޙްސާސް ކުރެވުނީއެވެ. ކައިލްގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. ނަމަވެސް ތުރުތުރު އަޅާވަރުން އެއްވެސް އެއްޗެއް ބުނެވޭވަރެއް ނުވިއެވެ.
ރައިހާ އަވަސް އަވަހަށް ކައިލްގެ އަތުގައި އިނގިލި ޖައްސާލަމުން ހިތުގެ ވިންދުބަލައިލިއެވެ. އާންމުކޮށް ހުންނަ ވަރަށް ވުރެ ހިތުގެ ވިންދު އަވަސްކަން ރައިހާއަށް އިނގިގެން ދިޔުމުން ކައިލް އަށް ޕެނިކް އެޓޭކެއް އައީކަން އޭނާއަށް ޔަޤީން ކުރެވުނެވެ.
“ކައިލް.. އަހަރެން އަތުގަ ހިފަހައްޓާ.. ބާރަށް..” ރައިހާގެ ވާއަތް ދިއްކޮށްލަމުން އޭނާ ބުނެލިއެވެ. އަދިކައިލްގެ ކޯތާފަތުގައި ކަނާއަތް ޖައްސާލަމުން ކައިލް އާ ނަޒަރު ސީދާކުރިއެވެ.
” އިޓްސް ގޮނަ ބީ ފައިން.. އެވްރީތިންގް ވިލް ބީ ފައިން” ވަރަށް މަޑު މައިތިރިކަމާއެކު ރައިހާ ބުނަމުން ދިޔައެވެ.
“ކައުންޓް ވިތް މީ..ވަން..ޓޫ..ތްރީ..” ރައިހާ ނަންބަރުތައް ކިޔަން ފެށިއެވެ. ކައިލް ވެސް ރައިހާ އާ ނަޒަރު ސީދާ ކޮށްގެން އިނދެ ކޮންމެ ނަންބަރެއް ކިޔުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
ލަސްލަހުން ނަންބަރުތައް ކިޔަމުން ދިޔަ އިރު ކައިލްގެ ތުރުތުރު އެޅުން މަޑުވަމުން އަންނަކަން ރައިހާއަށް ފާހަގަ ކުރެވުނެެވެ.
“މިއަދު އަހަރެމެން ކުލަ ލާން އުޅުން އިރު ކުލަ ފާޓާ ވެއްޓުނެންނު.. ކައި އެންނު އަަހަރެން ބޮލުން އެފާޓާ ނަގައިދިނީ.. ދެން ހޭން ދެށީމެންނު އަހަރެން ހުރިގޮތުން” ރައިހާ ބޭނުންވީ ކައިލްގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލާށެވެ.
ރައިހާއަށް އެކަން ކާމިޔާބުވެސް ވީމެއެވެ. ކައިލްގެ ނޭވާ އަމަޖެހި މީހާ އަމަޔަކަށް އެޅެންފެށިއެވެ. ކައިލް އަށް ތެދުވެވޭ ވަރު ވުމުން ރައިހާ ކައިލްގެ އަތުގައި ހިފައިގެން އައިސް ރަސްފަންނުގެ މީހުން އެކަހެރި ހިސާބެއްގައި އިށީނދެލިއެވެ. އަދި އެކި އެކި މަޖާ ވާހަކަ ދައްކަމުން ކައިލްގެ ހާސްކަން ފިލުވާލަން މަސައްކަތް ކުރިއެވެ.
އިރުކޮޅަކުން ކައިލް ގޮވައިގެން ކުޑަކޮށް ހިނގާލުމަށްފަހު ރައިހާ ކާރާ ދިމާއަށް މިސްރާބުޖެހީ ކައިލް މުޅިން ހަމަޔަކަށް އެޅުނުކަން ޔަޤީންވީމައެވެ.
ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސްކަމުން ރައިހާ ވެސް ވަޒީފާއަށް ނިކުންނާކަށް ނުޖެހެއެވެ. އޭނާގެ ބައްޕަ ގުޅާފައި މެންދުރުގެ ކެއުމަށް އެގެޔަށް އަންނަން ދަޢުވަތު ދިނުމުން ނޫނެކޭ ބުނާކަށް ރައިހާ އަކަށް ނުކެރުނެވެ. ކައިލް އާ ކައިވެނި ކުރިފަހުން މަންމަގެ ޚަބަރެއް ނުވާތީ ރައިހާ އަދިވެސް ނުތަނަވަސް ވެއެވެ. ނަމަވެސް މިއީ މަންމަ އާއިވެސް ބައްދަލު ކޮށްލަން ލިބޭނެ ފުރުސަތަކަށް ވުމުން ރައިހާ އެގެޔަށް ދިޔުމަށް ނިންމިއެވެ.
ރައިހާ ކައިލް ގޮވައިގެން ގެޔަށް ދިޔައީ ހުކުރުގެ ކުރިންނެވެ. ކައްކަން އުޅޭނީ އަމީނާ އެކަނިކަން އޭނާއަށް އިނގޭތީ އެކަމުގައި މަންމަ އަށް އެހީވާން އޭނާ ބޭނުންވިއެވެ.
ގެޔަށް ވަދެވުމާއެކުވެސް ރައިހާ އަށް ހިނިތުންވެލެވުނީ އަމީނާ ކައްކަމުން ދިޔަ އެއްޗެހީގެ މީރުވަސް ޖެހުމުންނެވެ. އެވަޤުތު ކޮޓަރިން ނިކުން އަހުމަދަށް ރައިހާމެން ފެނުމުން ގޮވާލިއެވެ. ކައްކަން ހުރެފައި އަމީނާވެސް ފަހަތަށް އެނބުރި ބަލައިލި އެވެ. އޭނާ އާ ދިމާއަށް ރައިހާ ބަލަހައްޓައިގެން ހުރިތަން ފެނުމުން އަވަހަށް ނަޒަރު ތިރިކޮށްލަމުން ކެއްކުމައިގެން މަޝްޢޫލުވިއެވެ.
ކައިލް ހުރީ ރައިހާގެ މައިންބަފައިންގެއަށް އައި ފުރަތަމަ ފަހަރު ކަމުން ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ހުކުރަށްދާން ތައްޔާރުވެގެން ކޮޓަރިން ނިކުން ރަޔާޝް ފެނުމުން އަހުމަދު ބަލައިލީ ކައިލް އަށެވެ.
“ކައިލް.. ދަރިފުޅުވެސް ހިނގާ ބައްޕަމެންނާ އެކީ މިސްކިތައް..” އަހުމަދު އެހެން ބުނުމުން ކައިލް އަށް ކުރެވުނީ ތަފާތު އިޙްސާސެކެވެ. ދަރިފުޅާ އޭ ކިޔާފައި މީހަކު އޭނާއަށް ނުގޮވާލާތާ އެތައް ދުވަހެއް ވޭތުވެއްޖެއެވެ. ހިތަށް ލިބުނު ބަޔާން ކުރަން ދަތި އުފަލާއެކު ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު ރަޔާޝްގެ ފަހަތުން ނިކުންނަން ހިނގައިގަތީ ރައިހާ އަށް ބަލައިލުމަށްފަހުއެވެ.
ކައިލްމެން ގެއިން ނިކުމެގެން ދިޔަ ދިމާ ބަލަން ހުރި ރައިހާ ހިނގައިގަތީ އަމީނާގެ ކައިރިއަށެވެ.
“މަންމާ.. ގެނޭ އަޅުގަނޑު ކޮށައިދޭނަން” ކަޓިންގް ބޯޑުގައި ފިޔާ ކޮށަން ހުރި އަމީނާ ކައިރީ ހުއްޓިލަމުން ނުކެރިފައި ހުރެވެސް ރައިހާ ބުނެލިއެވެ.
އަމީނާ ވަކި އެއްޗެއްނުބުނެއެވެ. ވަޅިން އަތް ދޫކޮށްލުމަށްފަހު ރައިހާ އަށް ފުރިސަތު ދެމުން އޭނާ ކައިރި ވެލީ އުނދުން ދޮށާއެވެ. އަދި ޕާޕަރުބޮނޑިއެއް ނަަގަމުން އެ ތެލުލަން ތެޔޮ ގަނޑަށް ހޫނުކުރަން ޖައްސާލިއެވެ.
ރައިހާވެސް މަންމަ އަށް ބަލައިލަމުން މަސައްކަތައިގެން މަޝްޢޫލުވިއެވެ. ފިޔާ ކޮށަމުން ދަނިކޮށް ވަޅި ނުބައި ގޮތަކަށް ޖައްސާލެވުމުން ޝަހާދަތް އިނގިލި ކަނޑައިގެން ދިޔައެވެ.. ރައިހާ އަށް ވެސް ކުއްލިއަކަށް ވަޅި އަތުން ދޫކޮށްލަމުން އިނގިލީގައި އަތް އަޅާ ބާރު ކޮށްލެވުނެެވެ.
ވަޅި ވެއްޓުނު އަޑަށް އަމީނާ ބަލައިލި އިރު ރައިހާގެ އިނގިލިން ލޭތައް ފައިބަނީއެވެ.
“މަގޭ ދަރިފުޅާ!” އަވަސް އަވަހަސް އުނދުން ނިއްވާލަމުން އަމީނާ ދުވެފައި ރައިހާ ކައިރިއަށް އައެވެ. އަދި އިނގިލީގައި ހިފަހައްޓާލަމުން ސިންކަން އަތް ދިމާކޮށް ފެނުން އަތް ދޮށްވާލިއެވެ. އަދި އަަވަސް ހަރަކާތާއެކީ ސިޓިންގް ރޫމް ކޮފީ ޓޭބަލް ގައި ހުރި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ކާމޭޒުމަތީގައި ބަހައްޓާލިއެވެ. ވަރަށް ފަރުވާތެރި ކަމާއެކީ ރައިހާގެ އަތުގައި ބޭސް އަޅަމުން ދިޔަ އަމީނާ އަށް ބަަލަން އިން ރައިހާގެ ދެލޯ ފެންކަޅިވެގެން ދިޔަ ނަމަވެސް އެތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ. މަންމަގެ ހިތުގައި އޭނާއާ މެދު އޮތް އަޅާލުމާއި ލޯތްބަށް ބަދަލެއް ނާންނަކަން އިނގުމުން ނުހަނު އުފާވިއެވެ.
“ދަރިފުޅު ދެން އިނދޭ މިތާ.. މަންމަ ކައްކާ ނިންމާލަ ފާނަނަ..” ބޭސް އަޅާނިމުމުން ރައިހާ ތެދުވަން އުޅުނު ވަގުތު އަމީނާ އަވަސް އަވަހަށް ރައިހާގެ ގައިގާ ހިފެހެއްޓިއެވެ. ރައިހާ އަމީނާ އަށް ބަލައިލަމުން ހިނިތުންވެލާފައި ބޯޖަހާލިއެވެ. އަދި ސޯފާގައި އިށީނދެ ޓީވީ ހުޅުވާލަމުން ހުކުރު ޚުތުބާ އަޑުއަހަން އިނެވެ.
******
ހުކުރު ނިމުމުން އެންމެން ކައުމަށް އިންސާފު ކުރަން ފެށިއެވެ. ކައިލް އަށް ރައިހާގެ އިނގިލީގައި އަޅާފައި އިން ބޭސް މަލަން ގަނޑު ފެނުމުން ހާސްވެ ވީގޮތް ވަގުތުން އަހާލެވުނު އިރު އތުރު ބަޔަކު ތިބިކަން ވެސް ރެއަކާ ނުލައެވެ. އެމަންޒަރު ފެނުމުން އަމީނާގެ ހިތުގައި ކައިލް އާ މެދު އޮތް ނަފްރަތުކަން މަޑުމަޑުން ފޮހެވިގެން ދާން ފެށިއެވެ. ކައިލްގެ މޫނުމަތިން ރައިހާ އާމެދު ވިސްނާވަރު ހާމަވެގެން ދިޔައީތީ އެހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
**********
ކައި ނިމިގެން ރައިހާމެން ގެޔަށް ދާން މިސްރާބު ޖެހި އިރު ހަވީރު ވާން އުޅެނީއެވެ.
“ކައިލް!” ކުއްލި އަކަށް އިވިގެން ދިޔައީ ރައިހާގެ ހަޅޭކުގެ އަޑެވެ. ދެވަނަ ސިކުންތުގައި މަގުގެ މެދުން ބާރު ސްޕީޑުގައި އައި ކާރުގައި ޖެހިފައި މާދުރަށް ރައިހާ ވިއްސައިގެން ދިޔައެވެ.
މަގުގެ އެއްފަރާތުގައި ހުރި ކައިލް އަށް މިމަންޒަރު ފެނުމުން ދުވެފައި ރައިހާ ކައިރިއަށް އާދެވުނެވެ. ލެއިން ތަތް ތެޅިފައި އޮތް ރައިހާ ފެނުމުން ކައިލް އަށް ރޮއި ގަނެވުނެވެ. ރައިހާއަށް ގޮވަމުން އެމޫނުގައި ހިފާ ތަޅުވަމުން ދިޔައިރު ކައިލްގެ ހުދުކުލައިގެ ގަމީސްވެސް ލެއިން ކަޅިވަމުން ދިޔައެވެ. ދެންފެނުނީ ގަދަވަޔާއެކު ވިއްސާރަ އޮށްސާލިތަނެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތަކާއި އެކީ ކައިލް އަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ.
ފުންމައިގެން ގޮސް ކޮޅަށް ޖެހުނު ކައިލް އަށް މުޅި ކޮޓަރިއަށް ނަޒަރެއް ދެވުނެވެ. ފެނުނީ ހުވަފެނެއްކަން ޔަޤީންވީ ނަމަވެސް އޭނާގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ރަޖާގަނޑު ދުރައްޖާސަލުމަށްފަހު ދިގު ފިޔަވަޅުތަކެއްގައ ކައިލް ކޮޓަރިން ނިކުތެވެ.
ރައިހާގެ ކޮޓަރި ހުޅުވާލަމުން ކައިލް އަށް އެތެރެއަށް ވަދެވުނެވެ. އެނދުގައި އެއްފަރާތަކަށް ނިދާފައި އޮތް ރައިހާ ފެނުމުން ހިތްހަމަ ޖެހުމާއެކު ކައިލް އަށް ދެލޯ މަރާ ލެވުނެވެ. ނަމަވެސް ދެންވެސް ކޮޓަރިން ނިކުތުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ރައިހާގެ އެނދާ ކައިރިއަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް އެނދު ކައިރީ ހުއްޓިލި ކައިލް އެމޫނަށް ފުންކޮށްބަލައިލިއެވެ. ދެލޯ މަރާލައިގެން އެހެން އޮތް އިރު ރައިހާގެ މޫނު ފެންނަލެއް ނުހަނު މަޢުސޫމެވެ.
ކީއްވެކަމެއް ނޭނގެއެވެ. މިރޭ ރައިހާ އާ ވަކިން ނިދާކަަށް ކައިލްގެ ހިތެއް ނޭދުނެވެ. އޭނާއަށް ހުވަފެނުން ފެނުނުހެން ރައިހާ އަށް ކަމެއް ވެދާނެތީ ހިތްނުތަނަވަސް ވީއެވެ. ރައިހާގެ ގާތުގައި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓަމުން އޮށޯވެލި އިރު ކައިލްގެ ނަޒަރު ސީދާ ވެފައިވަނީ ރައިހާގެ މޫނަށެވެ. އެހިތުގައި ރައިހާ އަށް ޓަކައި އުފެދެމުންދާ އިޙްސާސްތަކަށް ދޭނެ ނަމެއް ކައިލް އަކަށް ނޭނގުނެވެ. އިނގޭހާވެސް އެއްޗަކީ ދުވަހެއްގައިވެސް ރައިހާ އާ ވަކިވަން އެހިތް ނޭދޭ ކަމެވެ.
ކައިލްގެ އަތް މަޑުމަޑުން ރައިހާގެ ކޯތާފަތުގައި ޖައްސާލިއެވެ. އިނގިލިތައް ހަރަކާތް ކޮށްލަމުން ކޯތާފަތުގައި ފިރުމާލީ ނުހަނު ފަރުވާތެރި ކަމާއެކީއެވެ.
ދެބަދޭތެރެއިން ހޭލެވުނު ރައިހާގެ އެސްފިޔަތައް ހަރަކާތް ކޮށްލިއެވެ. އޭނާގެ ގާތުގައި މީހަކު އޮތްކަން އިޙްސާސްވީ ދެނެވެ. ކުއްލިއަކަށް އޭނާއަަށް ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ.. ނަމަވެސް ރައިހާއަށް ބަލަހައްޓައިގެން އޮތް ކައިލް ފެނުމުން އޭނާ ހައިރާން ވިއެވެ. ދެތިން ފަހަރަކު ލޯ މަރާފައި ލޯ ހުޅުވާލެވުނީ މިފެންނަނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރުމަށެވެ.
“ކައި..” ލަސްލަހުން ރައިހާ ކައިލްއަށް ގޮވާލިއެވެ. އޭރުވެސް ކައިލް އޮތީ އޭނާގެ އަތްތިލަ ރައިހާގެ ކޯތާފަތުގައި ޖައްސާލައިގެން ރައިހާގެ ކަޅިރަވަ ރީތި ބޮޑު ދެލޮލަށް ބަލާށެވެ.
“އަރ ޔޫ އޯކ… ” ރައިހާގެ ޖުމްލަ ފުރިހަމަނުކުރެވެނިސް ރައިހާގެ އުނަގަނޑުގައި ކައިލްގެ ދެއަތް ވަށާލަމުން ކައިރިއަށް ދަމާލިއެވެ. އަދި ރައިހާގެ މޭމަތީ އޭނާގެ މޫނު ފޮރުވާލަމުން ދެލޯ މަރާލިއެވެ.
ނޭވާޔާއެކުވި ރައިހާގެ ގައިން ދުވަމުން ދިޔަ މީރުވަހުން ކައިލް ވަކިން ބޮޑަށް އޭނާގެ މޫނު ފޮރުވާލިއެވެ. އޭނާގެ އަތުން ރައިހާ ބީވެގެން ހިނގައިދާނެތީ ކައިލް ޖެހިލުންވިއެވެ. ލޯބިވާ ފަރާތެއް ގެއްލި ދިޔުމުން ލިބޭ ހިތާމަޔާއި ހިތްދަތިކަން އޭނާއަށް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެދުވަސްތައް އަލުން އިޔާދަ ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ކައިލްގެ އަމަލުން ރައިހާ ހައިރާންވީ ނަމަވެސް އިތުރު ސުވާލެއް ކުރާކަށް ނުވިސްނިއެވެ. މަޑު މަޑުން ކައިލްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ރައިހާ އަށް ނިދުނު އިރެއްވެސް ނޭނގުނެވެ.
*******
ފޯނުގެ އެލާމުގެ އަޑަށް ފުންމާފައި ރައިހާ އަށް ހޭލެވުނެވެ. ގަޑި ބަލައިލަމުން އަވަސް އަވަހަށް އެނދުން ތެދުވިތަނާ ކުއްލިއަކަށް ރޭގެ ހަނދާންތައް ސިކުނޑީގައި އާލާވެގެން ދިޔައެވެ. ކައިލް ކޮބައިތޯ ހިތަށް އަރާފައި ބޭރަށް ދާން އުޅެނިކޮށް ހުއްޓުން އެރީ ކޮޓަރީގެ ބެލްކަނިން ހިމަ ފޮދު ވާރޭ ވެހޭ މަންޒަރު ފެނުމުންނެވެ. ވާރޭ ތުނިކަމުން ވެހޭ އަޑެއްވެސް ނީވެއެވެ. ވާރޭ އަށް ބަލަހައްޓައިގެން ހުއްޓާ ކައިލް ރައިހާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ވާރޭ ވެހޭކަން ކައިލްއަށް އިނގުނީވެސް ދެނެވެ. ނަމަވެސް އެއްވެސް އަޑެއް ނެތި ވެހޭ ތުނި ވާރޭގެ ސަބަބުން އޭނާގެ ޡަބީޢަތަކަށް މާބޮޑު ބަދަލެއް ނައެވެ.
ކައިލް ކޮޓަރިއަށް ވަނީ ރައިހާ ހޭލައިފިތޯ ބެލުމަށްކަމުން ފަހަތަށް އެނބުރިލީ ބޭރަށް ނިކުންނާށެވެ. ނަމަވެސް އޭނާގެ އަތުގައި ރައިހާ ހިފެހެއްޓިއެވެ.
“ކައިލް ހިނގާބަލަ ބެލްކަންޏަށް.. ވަރަށް ތުނި ކޮށެންނު ވާރެ ވެސް ވެހެނީ.. އިޓްސް ގޮނަ ބީ ފަން..” ރައިހާ ބޭނުންވީ ކައިލް އޭނާ ބިރުގަންނަ ކަންތަކާއި ކުރިމަތިލައްވާށެވެ. އެކަމާ ދުރަށް ދުވެ ފިލައިގެން ވާނެ ފައިދާއެއް ނޯންނާނެ ތީއެވެ.
ކައިލް ފާޑަކަށް ވާރެއަށް ބަލަހައްޓައިގެން ހުރުމުން ރައިހާ އެކަނި ގޮސް ބެލްކަނީގައި މަޑުކޮށްލިއެވެ. ވާރެ އަކީ ކިހާ ހިތްފަސޭހަ އެއްޗެއްކަން ކައިލް އަށް ދައްކުވައިދެން އޭނާ ބޭނުންވިއެވެ.
“ސީ..” ދެއަތް ފޭކޮށްލަމުން ވާރޭ ތެރޭގައި ރައިހާ އެނބުރިލި އެވެ. އޭރު އެމަންޒަރު ބަލަން ހުރި ކައިލް އަށް އެއްމިޔަކަނުން ހިނިތުން ވެލެވުނެވެ. ވާރޭގައި ރައިހާ ފެންނަނީ ހުވެފެނީ ގޮތަކަށެވެ. ނިއުޅާލާފައިވާ އިސްތަށިގަނޑުގައި ފެންތިކިތައް ބީހިލަމުން މޫނަށް ފައިބައިގެން ދާއިރު ބަލާފޫހި ނުވާހާވެއެވެ. އެތުންފަތުގައި ވީ ހިނިތުންވުން ކައިލްގެ ހިތަށް ފިނިކަން ގެނެސް ދިނެވެ.
ކުއްލި އަކަށް ވާރޭގައ އެނބުރެމުން ދިޔަ ރައިހާ ކައިލްގެ ލޮލަށް ފުސްވަން ފެށިއެވެ. ލޯ މަރާލާފައި ލޯ ހުޅުވާލި އިރު ކުރިމަތިން ފެނިގެން ދިޔައީ އަނދިރިކަމެވެ. ބޯ ވިއްސާރައެވެ. ކުރިމަތިން ކައިލް އަށް ފެނުނީ އޭނާގެ ކުޑައިރުގެ ތަސްވީރެވެ. ވާރޭގައި އެކުޑަ ކުޑަ ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.
ތުންފަތަށް ވެރިވި ހިނިތުންވުން އެއްކޮށް ފިލައިގެން ގޮސް ފަހަތަށް ދެތިން ފިޔަވަޅު ކައިލް އަށް އަޅާލެވުނެވެ. ނަމަވެސް އަދިވެސް ސިކުނޑީގއި އެ އަޑުތައް ތަކުރާރު ވަމުން ދިޔައެވެ.
” ތިތާ ހުރޭ އިރު އަރަންދެން! އަހަރެން ކަލެއަށް އަނިޔާ ކުރާ ވާހަކަ ކަލޭ ބަފާ ކައިރީ ބުނިއްޔާ ވަކި މޮޅުތަކެއް ވާނެ ކަމަށްތަ ހީކުރި އޭ! ” ގޭ ބިއްދޮށަށް ކައިލް ދަމާ ކޫއްތާފައި ގެންނަމުން ހަމްދާ އަޑުގެ ކޮޅަށް އެއްޗެހި ކިޔައިގަތެވެ. އޭރު ގަދަ ވަޔާއެކު ބޮޑު ތިކި ވާރޭ ވެހެމުން ދިޔައެވެ.
ކޮޅަށް ހުރޭ މިތަނުގަ!.. އަހަރެން ކައިރީ މާ ފާޑު ފާޑެއް ނުުކުރެވޭނެ. ނިދާނެކަމެއްވެސް ނެތް.. ނިދަން ބޭނުމިއްޔާ ދޭ ކަލޭ އަމާ ކައިރި އަށް ކަށްވަޅަށް” އަސްކަނީގައި ހުރެގެން އެއްވެސް ރަޙްމެތް ނެތް ބަސްތަކެއް ހަމްދާ ކައިލް އާ ދިމާއަށް ކިޔާލުމަށްފަު ދޮރު ބަން ލާފައި ޖެހިއެވެ.
އެ އަނދިރި ރޭގައި ވާރޭގެ ތެރޭ އެކަނިމައި އެކަނި ހުރި ކައިލްގެ ދެލޮލުން ހުސްވުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. ބިރުވެރިކަމާއެކު ކަށިތައް ތޮރުފާލާފަދަ ފިނިކަން އިޙްސާސްކުރެވެމުން ދިޔައިރު މަދަދަށް އެދި އާދޭސްކުރާނެ ފަރާތެއްވެސް ނެތެވެ.
******
ލޮލުން ވެއްޓުނު ކަރުނަ ތިކި އަވަސް އަވަހަށް އަތުގެ ނުފުށުން ފޮހެލަމުން ކައިލް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. މި މަންޒަރު ފެނުމުން ރައިހާވެސް ވާރޭގައި ހުރެފައި އަވަސް އަވަހަށް އައިސް ކައިލްގެ ކައިރީ ހުއްޓުނެވެ.
“ކޮލެޖަށް ދާން ފެންވަރަން މިދަނީ.. ” ރއިހާ ސުވާލެއް ކުރުމުގެ ކުރިން އަަވަސް އަަވަހަށް ކއިލް ބުންޏެެވެ.
“ރައި ތިހެން ހުއްޓަ ބަލި ވެދާނެ..” ތެމިފައި ހުރި ރައިހާ އަށް ބަލައިލަމުން ކައިލް ބުންޏެވެ. ކައިލްގެ ދެލޮލުގައިވީ ހިތާމަ ރައިހާ އަށް ރީއްޗަށް އެވަގުތު ފެނުނެވެ. ނަމަވެސް ކައިލް ނިކުމެގެން ދަންދެންވެސް އޭނާއަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އިތުރު ކަމެއް ރައިހާ އަކަށް ނުކުރެވުނެވެ.
******
ކާރު އައިސް ކޮލެޖް ކުރިމަތީ މަޑުކޮށްލުމުން ކައިލް ދޮރުހުޅުވާލަމުން ފޭބިއެވެ. މަޑު ހިނގުމެއްގައި ކުރިއަށް ހިނގައިގަންނަމުން ފަހަތަށް ބަލައިލި އިރު ރައިހާ ވެސް ހުރީ ކާރުން ފައިބައިގެންނެވެ.
ރައިހާ ކައިލް އަށް ހަނާ އަޅާލުމުން ކައިލް ވެސް ބަދަލުގައި އަތް އުފުލާލިއެވެ. ރައިހާ އަނބުރާ ކާރަށް އަރާ ދުއްވާލުމުން ކައިލް ކޮލެޖުގެ ތެރެއަށް ހިނގައިގަންނަށް މިސްރާބު ޖެހިއެވެ. ކައިލް އަށް ނޭނގުނު ކަމަކީ އެވަޤުތު އޭނާއާއި ރައިހާގެ ހަރަކާތްތައް ބަލަން އިތުރު ފަރާތެއް ހުރިކަމެވެ.
-ނުނިމޭ-
26 Comments!
Comments are closed.
Vrah reethi maashaa Allah when nxt and stay safe
Ohh yessss finalyyyy thank you sissyyyyyyyyy waiting for the next ❤️❤️❤️❤️❤️hope u will upload the next part soon.and this part is amaaaazinggg
Raiha aai kail aai dhuru nukuraathi Plx plxxxxxx
Kithanme bodu gonjehumaka kurimathi laan jehunas hama ekani Raiha akee kail ge meehakan hadaathi Plx wonder.
Raiha aai dimaalan balan huri meehaa ah Rangalhu filhaavalheh deebala kail.
Mi vaahaka ah Coment eh mi kohlee alah.
Abadhu vx konme part eh vx kiyan and heart ah like eh dhen.
Mi vaahaka enme kiyaa hihvee Raiha ah Kail aai dimaa vi fahun, because my husband’s sisters son name is also kail.
Alhey warahh reethi❤️❤️.really love your stories
Thank u so much Azu. I just saw ur comment.. really sorry for the late reply..thanks for the support.. always motivated by seeing comments from new readers. B safe. Ly?❤
wowwwwwwwwww this part is awesome love itttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt
Thank u so much kylie. Really appreciate it..Happy to c a comment from a new reader.. b safe n ly..n sorry for the late reply ?❤
Hellowww dear readers.. How r u all Doing?.. hope everything is fine.. Finally 22nd part of the story is out.. there was a bit delay in uploading this part.. I apologise for that.. But Hope u all will like this part too.. Leave out a comment about what u think.. b safe and ly all!?❤❤
In reply to Mint comment.. So happy to knw that u always read this story and was giving out support.. v ufaavjje dear ge comment eh finally fenunyma.. And Raiha n kail ge relationship dhaagoih ves ingeyne vaahaka kuriah dhaavarakah.. let’s see dhw in the end kihineh thoa vaanyy.. Ohh n u knw a kail.. that’s awesome.. wonder ah v reethi name eh veema mi vaahakaiga beynun kury.. Thanks again for ur lovely comment.. Ly and stay safe❤?
Yess Larkuu.. Finallyy up v dhww hehe.. Glad u liked this part so much.. N ur wc dear.. Next part tomorrow night ga In sha Allah submit kohlaanan.. ly and stay safe dear?❤
So happy to see ur comment Een. V ufaavejje mi part kamudhiyaeema.. As always it’s motivating to see comments from a new reader. Next part tomorrow night ga In sha Allah submit kohlaanan.. u too stay safe dear..n ly?❤
Ma Sha Allah, mi part vx varah varah varah reethi.????????????????????????????? Yourrrrr sooooooooooooooo talentedddddddd ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤plus varah interesting ingey mihaaru ???????????????????????????????? Raiha nd Kail ge character varah lwbi ?????????????????????????????? when is next part?? Curiously waiting for next part ???????????????????????????????????????? stay safe. ??????????lysm
Awwn Thank u for the sweet words Izabell. N so nice to c such a colorful comment.. v ufaavejje mi part ves dear ah kamudhiyaeema.. next part In sha Allah tomorrow night ga.. u too stay safe and lym?❤
Aaah Wonderrrrrrrrr kiriyaa eyy birun halaaku nuvee heekuree aslah ves Raiha maruvee kamah??????♀️?♀️?♀️?♀️?? hehe aslah anekka maraa nulahche??? مشاء الله mi part ves varah loabi???????
Ahaha.. anehkaa Sher heart attack eh nujehehcheyy???. Let’s see dhw.. Raiha marunuveythoa Sher dhua kurahcheyy..hehe. v ufaavejje dear ah mi part ves kamudhiyaeema.. stay safe n ly?❤
alhamdulillah,im doin good.. and the stry is goin awesome..❤️❤️.. varah brugai aslu, i thought rai ah gotheh vany kama but yaa i didn’t like that.. مشاء الله.. waiting for nxt part ?.. edhe kail an raikha dhuru nukura chey ingeyyy?..
Glad to know u r Doing fine love_reading. Ahaha. huvafeneh kan ingunyma hinhama jehun kamah unmeedhu kuran. Naseebakun raiha ah kameh nuvi dhw. I actually brought it as a twist to the story.. v ufaavejje mi part ves dear ah kamudhiyaeema. Stay safe n ly
V reethi mi part ves!!! Comment nukuriyas baraabarah kiyan!! Varah salhi!!! Whn nxt part???? Curiously waiting!! Stay safe!!!
Thank u so much
No one. mi story abadhuves kiyaakan ingunyma v ufaavejje.. n happy to finally see a comment from u dear. Mi part ves kamdhiyaeema v ufaavjje.. Thanks for the support.. stay safe n ly❤❤
Next part In sha Allah mirey submit kohlaanan..
Wonder submit kohffintha??? Pls pls Ava’s kohba ingeyy…:-[❤️❤️❤️
I have submitted the part last night dear.. hopefully tonight it will b uploaded..?❤
Alheyy larkuu.
Hehe.. It’s nice to know that u like the story so much.. It’s submitted last night.. but again i was a bit late?. But hopefully it will b uploaded tonight.. Yes vaahaka kuriah dhaavarakah In sha Allah kail n Raiha ge romance parts ves gina vaane?. I dnt use Pinterest anymore dear..sorryy?. And im 18 years old. Lym?❤
masha allah ..salhi varah..wonder thikuraa hihvarah saabass…
Thank u so much thai. V ufaavejje anehkaaves new reader ehge comment fenunyma. So Happy u liked this part.. b safe n ly?❤
Comment nukuriyas baraabarah hama mi story kiyan … I laav this and varah lwbi mi part… ??