Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-19

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 9, 2020 4 Mins Read
17 Comments

އޭރު ކައިލް އެޒުވާނާގެ މޫނުގައި ގޮށް މުށުން ޖަހަނީއެވެ. ވަގުތުން އެޒުވާނާގެ ތުންފަތް ފެޅި ލޭތަށް ފައިބަން ފެށިއެވެ. ދެލޯ ބޮޑުކޮށްލަމުން ރައިހާއަށް އެދިމާއަށް ދުއްވައިގަނެ ވުނުގޮތްވެސް ނޭނގެއެވެ..

“ކައިލް….” ހެދުން ކޮށިކޮށްލައިގެން ދުވެފައި އައި ރައިހާ ކައިލް އަށް ގޮވަމުން އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ނަމަވެސް ފަހަތްބެލުމެއްނެތި ކައިލް ރައިހާގެ އަތް ފޮޅުވާލިއެވެ. އެވަގުތު ރައިހާ ބެލެންސް ކަޓައިގެން ގޮސް އަރިއަޅާލިއެވެ. ސީދާވެލުމަށްޓަކައި ފިނިބުއިންތަށް ހުރި މޭޒުގައި އަތް އަޅާލެވުނެވެ. ހަމައެއާއެކު ކައިލް ހަލާކު ކޮށްލާފައި އޮތް ތަށީގެ ބިއްލޫރިތައް ރައިހާގެ އަތަށް ހެރިގެން ދިޔައެެވެ. ނަމަވެސް އެވަގުތު އަތަށް ވީތަދުވެސް ރައިހާ ހަނދާން ނެތްފަދައެވެ. އެއަށްވުރެ ކައިލްގެ އަމަލުތަކާ މެދު އޭނާހުރީ ހާސްވެފައެވެ. ރައިހާ އަށް ނުވިސްނުނީ ކައިލްގެ އެ ޢަމަލުގެ ފަހަތުގައި ވާ ސަބަބެވެ. އޭރު އެދިމާއަށް ޕާޓީ އަށް އައިސްތިބި މީހުންތަށްވެސް އެއްވަމުން ދިޔައެވެ.

އެ ޒުވާނުންވެސް ކައިލް އަށް ދޫކުރާކަށް ގަސްތެއް ނުކުރިއެވެ. ދެބައި މީހުން އެކަކު އަނެކެއްގެ ގަޔަށް އަތް އިސްކުރަމުން ދިޔަ އިރު އެކަން ބޮޑު ތަޅާ ފޮޅުމަކަށް ބަދަލުވަމުން ދިޔައެެވެ.

ގޮތް ހުސްވެފައިވާ މީހެއް ފަދައިން ހުރި ރައިހާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާ ދެވަނަ ފަހަރަށްވެސް މަސައްކަތް ކުރަމުން ދިޔައީ ކައިލް ހުއްޓުވޭތޯއެވެ. ރައިހާ ކުރި މަސައްކަތުން ކައިލްގެ ކަނާއަތު އޮޅަނބުށީގައި ހިފަހައްޓާލެވުނެވެ.

ކައިލް އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުން ބަލައިލެވުނީ ދެބޮމަ ގޮށްޖަހާލައިގެން ހުރެއެވެ. އައިސްފައި ހުރި ރުޅިން ހީވަނީ ހަމައިން ނައްޓާފައި ވާހެންނެވެ. ނަމަވެސް ކައިލްގެ މުޅި ދުނިޔެ ނުއަތަށް އެނބުރިގެންހެން ހީވީ އަތުގައި ހިފަހައްޓައިގެން ހުރި ރައިހާގެ ދެލޮލުގައި ބަރާވެ ފުރެމުން ދިޔަ ކަރުނަތައް ފެނުމުންނެވެ. ދެން ހުއްޓާލާށޭ ބުނާފަދައިން ރައިހާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެދެލޮލުން ކައިލް އަށް ފެނުނީ ހާސްކަމާއި ގޮތްހުސް ވެފައި ވާކަމުގެ އަސަރުތަކެކެވެ. އެދެލޮލަށް ބަލަހައްޓައިގެން ހުރި ކައިލްގެ ރުޅި ފިނިވަން ނެގީ މަދު ސިކުންތުކޮޅެކެވެ. މުށްކަވައިގެން ހުރި އަތް މަޑު މަޑުން ތިރިކޮށްލިއެވެ. ހަމަވިސްނުން ވިސްނެން ފެށީ އެވަޤުތުއެވެ. ކުރެވުނު ކަންތަކާއި ލަދުގަނެ އިސްޖަހާލެވުނެވެ.
********

ގެއަށް ވަދެވުމާއެކު ކައިލް މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. ހަޤީޤަތުގައި އޭނާގެ ގައިގާ ރައިހާ އާ ކުރިމަތި ލާނެ ހިތްވަރު ނެތީއެވެ.

ކައިލް ދިޔަ ދިމާއަށް ބަލަން ހުރި ރައިހާ އޭނާގެ ނިތްކުރީގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ކައިލްގެ ހާލަތު އިތުރަށް ގޯސްވަނީ ބާއޭ ހިތާ އެހިތް ބިރުވެރިކަމުން ފުރެން ފެށިއެވެ.

ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހުރި ކައިލްގެ މޫނު މަތިން ފެންނަނީ ކަންބޮޑު ވުމެވެ. އިރު ކޮޅަކާ ގޮށްމުށުން ނިތްކުރީގައި ޖަހާލެވުނީ އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ވަރުންނެވެ. އޭނާގެ ސަބަބުން ރައިހާ ކިހާ ލަދުގަންނާނެ ހެއްޔެވެ؟ ރައިހާގެ ހުރިހާ ރަޙުމަތްތެރިންގެ ގާތުގައި އޭނާ ފަޟީހަތްވީއެންނޫންހެއްޔެވެ. ކައިލް އަށް ވެސް އެގަޑީގައި އެހާ ގަދައަށް ރުޅި އާދެވުނު ސަބަބެއް ނުވިސްނުނެވެ. ރައިހާ އާ ދިމާއަށް މީހަކު މަލާމާތްކުރާތަން ބަލަން އޭނާއަށް ކެތްނުވީއެވެ. ޝައިޡާނާ އޭނާގެ ބޮލަށް ސަވާރުވެ ރުޅިގަނޑު ފަޅައިގެން ދިޔައީ ވާނުވާނޭނގޭހާ ބޮޑަށެވެ. ރައިހާގެ ކިބައިން މާފަށް އެދެން އޭނާ ބޭނުންވިއެވެ. ހިތްވަރުކޮށްފައި ކޮޓަރިން ނިކުމެ ރައިހާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ރައިހާގެ ކޮޓަރިއާ ދިމާއަށް ދިޔަ ކައިލްގެ ފިޔަވަޅުތައް ހުއްޓުނީ ބަދިގެއިން ރައިހާގެ ފޯނު ރިންގްވީ އަޑު އިވުމުންނެވެ. ރިންގެ ވެގެން ގޮސް ކެނޑެން އުޅެނިކޮށް ރައިހާ ފޯނު ނަގާ ހަލޯ ބުނި އަޑު އިވުނެވެ. ހީވަނީ ކޯލު ނުނަގަން ހުރެފައި
ނެގި ހެންނެވެ. ކައިލް ބަދިގެ ކައިރީ ހުއްޓިލީ ރައިހާ ފޯނު ކޯލު ނިމެންދެންނެވެ.

“ވަރަށް ބޮޑަށް ސޮރީ އިނގޭ ފަރޫ… ފަރޫގެ ވެޑިންގް ހަރާބު ކޮށްލެވުނީމަ އަހަރެން ވަރަށް ދެރަވެއްޖެ” ރައިހާގެ އަޑުގައި ވަނީ މާޔޫސް ކަމެވެ.

ރައިހާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމުން ކައިލް އަށް އިސްޖަހާލެވުނެެވެ. ރައިހާ ނުވެސް ކުރާ ކުށަކަށް މަޢާފަށް އެދެމުން އެދަނީ އޭނާގެ ސަބަބުން ކަމުގައި ޤަބޫލު ކުރެވުނެވެ. ހުރިހާ ކަމެއްވެސް ގޯސްކޮށް ހިނގީ އޭނާ އަތް އިސްކުރުމުގެ ސަަބަބުންކަން ހަނދާން ވުމުން އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.

” އޯކޭ.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ..” އެކޮޅުން ދެއްކި ވާހަކަތަކަށްފަހު ފޯނު ބާއްވަމުން ރައިހާ އަނެއްކާވެސް މަޢާފަށް އެދުނެވެ.

ފޯނު ބޭއްވުމަށްފަހު ފުންނޭވާޔަކާ އެކީ ރައިހާ ގޮނޑީގައި އިށީނދެލިއެވެ. ކިޗެން އައިލެންޑް މަތީގައި ބޯ އަޅާލަމުން ފޯނުވެސް އައިލެންޑްގައި މަޑުމަޑުން ރައިހާ ބާއްވާލިއެވެ. ސިކުނޑިއަށް ލިބިފައިވާ ލޮޑުކަން ކުޑަކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

ބަދިގެ ކައިރިއަށް ހުއްޓިލި ކައިލް އަށް ބޯ ޖަހައިގެން އޮތް ރައިހާ ފެނުނެނެވެ. ވާއަތް ރީއްޗަށް ދަމާލައިގެން ކަނާއަތް މައްޗަށް ބޯލައްވާލައިގެން އޮތް ރައިހާގެ ވާއަތް ތިލަ އޮތީ އައިލެންޑުން ބޭރަށް އެލިފައެވެ. އެވަގުތު ކުޑަވައި އިނގލި ތިރިން އަތުގެ އެއްފަރާތަށް ހެރިފައި ހުރި ބިއްލޫރި ކޮޅުތައް ކައިލްގެ ލޮލުގައި އަޅައިގަތެެވެ. ޕާޓީ ތެރެއިން ރައިހާ ފޮޅުވާލެވުނު ކަން ވިސްނުނީ ދެނެވެ. ހާސްކަމާއެކު ދުރު ފިޔަވަޅުތަކެއް އަޅަމުން ރައިހާގެ ކައިރި އަށް ގޮސް ހުއްޓުން ކައިލް ރައިހާގެ އެ އަތުގައި މަޑު މަޑުން ހިފާލިއެވެ.

ކައިލްގެ އަތް ޖެހުމާއެކު ސިއްސައިގެން ގޮސް ރައިހާ ކޮޅަށް ޖެހުނެވެ. ކައިލް ވެސް ރައިހާ އަށް ވީގޮތް ފެނުމުން އަތުން ދޫކޮށްލަމުން އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. އޭނާގެ އަމަލުތައް ހުރިގޮތުން އަނެއްކާ ރައިހާވެސް އޭނާދެކެ ބިރުގަންނަން ފެށީބާއޭ ހިތަށް އަރާ ކައިލްގެ ހިތަށް ތަދުވިއެވެ.

ދެލޯ ބޮޑުކޮށްގެން ހުރި ރައިހާ އަށް ކައިލް ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮލެވުނެވެ. އެހެން ޚިޔާލުތަކެއްގެ ތެރެއަށް ގެނބިފައި ވަނިކޮށް ނުވިސްނާ ހުއްޓާ ކައިލް އަތުގައި ހިފުމުން އޭނާ ސިއްސައިގެން ދިޔައީއެވެ. ކައިލްގެ މޫނުމަތިން ރައިހާ އަށް ފެނުނީ ކުށްވެެރިވެެރިކަމުގެ އަސަރުތަކެވެ.

“ބަނޑުހައި ވީތަ؟” ހަމަޖެހެން މަސައްކަތް ކުރަމުން ރައިހާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކައިލް އިޝާރާތް ކުރީ ރައިހާގެ ވާއަތަށެވެ. ރައިހާ އަށް އޭނާގެ ހަލާކުވެފައި އޮތް އަތް ފެނުނީ ދެނެވެ. ގިނަ އިރު ވުމުގެ ސަބަބުން ލޭތަށް ހިކިފައިވާ އިރު ކުދި ކުދި ބިއްލޫރިކޮޅުތައް އަދިވެސް އެއަތަށް ހެރުނު ގޮތަށް ހުއްޓެވެ.

“އޯވް. އަދި ކިރިޔާ މިފެނުނީވެސް. ތަދެއްވެސް ނުވެ” އޭނާގެ އަތް ލޮލާ ކައިރި ކޮށްލަމުން ރައިހާ ބުންޏެވެ.

“އަހަރެން ބޭސް އަޅައިދެންތަ؟” މިފަހަރު ރައިހާގެ ހުއްދަ ނެތި އެއަތުގައި ހިފާކަށް ކައިލް އަކަށް ނުކެރުނެވެ.

އުފާވެރި ހިނިތުންވުމަކާއެކު ރައިހާ އޭނާގެ އަތް ދިއްކޮލަމުން ގޮނޑީގައި އިށީނެވެ. ކައިލްވެސް ބަދިގޭގައި ހުރި ކަބަޑުގައި އިން ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ރައިހާ އާޖެހިގެން އިން ގޮނޑީގައި އިށީންނަމުން އައިލެންޑް މަތީގައި ބޮކްސް ބަހައްޓާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އަތަށް ހެރިފައިވާ ބިއްލޫރި ކޮޅުތައް ނައްޓަން ފެށިއެވެ.

ބިއްލޫރި ކޮޅުތައް ނައްޓާ ކޮންމެ ފަހަރަކު ތަދުވެގެން ރައިހާގެ ދެލޯ މަރާލެވެއެވެ. ރައިހާގެ މޫނަށް ވެރިވާ އަސަރުތައް ފެންނަ ކޮންމެ ފަހަރު ކައިލްގެ ހިތަަަށް ހީވަނީ މީހަކު ތޫނު އެއްޗެއް ހަރާލާހެންނެވެ. އޭނާގެ ސަބަބުން ރައިހާ އަށް އަނިޔާއެއް ލިބުން ކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާ އަށެވެ.

ވަރަށް ބަލައިގެން ކައިލް ރައިހާގެ އަތުގައި ބޭސް އުނގުޅުމަށްފަހު ބެންޑޭޖް ކޮށްދިނެވެ. އެހުރިހާ އިރަކު ރައިހާ އިނީ މާނަވީ ގޮތަކަށް ކައިލްއަށް ބަލަހައްޓައިގެންނެވެ. އަތުގައި ބެންޑޭޖް އަޅާނިމުމުން ކައިލް ހިންދެމިލިއެވެ.

“ވާއު. ކައިލް ހާދަ މޮޅޭ” އަތުގައި އަޅާފައި އޮތް ބެންޑޭޖަށް ބަލައިލަމުން ރައިހާ ހިނިތުންވުމަކާ އެކު ވާހަކަދެއްކިއެވެ. ނަމަވެސް އެހިނިތުންްވުން ކަންބޮޑުވުމަަށް ބަދަލުވީ ކައިލްގެ ލޮލާ ދިމާ ކޯތާފަތް ރަތް ވެފައި ހުރިތަން ރައިހާގެ ލޮލުގައި އަޅައިގަތުމުންނެވެ.

“ކައިލް އަށްވެސް ތަދުވެފަ އެންނު މިއޮތީ” ރަތް ވެފައިވާ ތަނުގައި މަޑު މަޑުން އަތް ޖައްސާލަމުން ރައިހާ ބުންޏެވެ. ނަމަވެސް ކައިލް ރައިހާގެ އަތްތިލައިގާ ހިފަހައްޓާލިއެވެ. އެވަޤުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.

“ސޮރީ” ކައިލް އޭނާ އަށް ކުރެވުނު ކަންތަކާމެދު ދެރަވެފައިވާކަން އެލޮލުން ވެސް ހާމަވަމުންދިޔައެވެ.

“އަހަންނަށް މިއަދު ކަންތައް ކުރެވުނީ އެއްވެސް ގޮތަކަށް ރަނގަޅަށް ނޫންކަން އިނގޭ” އިސްޖަހާލަމުން ކައިލް ބުންޏެވެ.

ރައިހާ ކައިލްގެ މޫނުގައި ހިފަމުން އޭނާގެ މޫނާ އެއްވަރު ކުރުވިއެވެ.

“އިޓްސް އޯކޭ.. ކައިލް އަށް ކުރެވުނީ ގޯސްކަމެއްކަން ވިސްނުނީމަ އެ ނިމުނީ.. އަބަދުވެސް ހަނދާން ކުރާތި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން.. ރުޅި އަންނަ ހާލަތްތައްވެސް އަންނާނެ. ތިމާ ނުރުހޭ އެއްޗެހި އެހެން މީހުން ބުނަންވެސް ބުނާނެ. އެކަމަކު އަތް އިސްުކުރުމަކީ ހައްލެއް ނޫން..” މަޑު މައިތިރި ކަމާއެކު ރައިހާ ކައިލް އަށް ވިސްނައިދެމުން ދިޔައެެވެ.

“ދެންވެސް ގެނޭ ތިތާ އެއްޗެއް އުނގުޅަށް. ކައިލް އަހަންނަށް ބޭސް އަޅައިދިނީމަ އަހަރެންވެސް ޖެހޭނެ އެންނު ކައިލް އަށް ބޭސް އަޅައިދެން” ފަސްޓް އެއިޑް ބޮކްސް އިން އޮއިންޓްމެންޓް ފުޅިއެއް ނަގަމުން ރައިހާ ލާނެތް ގޮތަކަށް ބުންޏެވެ.

“އަހަރެން ބޭނުން ކިޔަވައިގެން ވަޒީފާ އަކަށް ދާން” ލޯ ކައިރީގައި ބޭސް އުނގުޅަމުން ދިޔަ ރައިހާ އަށް ބަލަހައްޓައިގެން އިނދެ ކައިލް ބުނެލިއެވެ. ކައިލްގެ ވާހަކައާއި އެކު ރައިހާ ހައިރާންވީ ނަމަވެސް ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ވިސްނާ!

Next

ފިދާވާނަމޭ ޔާރާއޭ

Next
May 9, 2020

ފިދާވާނަމޭ ޔާރާއޭ

Previews
May 9, 2020

ވިސްނާ!

17 Comments!

  1. Wonder says:
    May 9, 2020 at 1:59 pm

    hellow readers. This is the 19th part of vaashey mashaa eky. I want to apologise as this part will b really short.but In sha Allah I’ll make it upto u guys in next part. I’ll surely try to make it longer. But i hope u all will like this part too. Tell me my mistakes so that i can correct them. Enjoy!??

  2. LAZY_QUEENY says:
    May 9, 2020 at 3:15 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. Next part thankolheh avahah up kohdhehchey… ?????

    1. Wonder says:
      May 9, 2020 at 6:44 pm

      Hi LAZY_QUEENY. missed seeing ur comments ?. So happy that u liked this part dear. In sha Allah next part tomorrow night ga submit kohlaanan. Dhedhuvahun ehdhuvahu vaahaka up kohdheveythoa mi balanyy.. stay safe dear??

  3. Izabell says:
    May 9, 2020 at 5:33 pm

    Aaawwwwwwnnnnnn❤❤❤❤❤❤❤❤❤ wow, haadha reehchey mi part vx, Ma Sha Allah ???????? varah interesting ingey mihaaru????????? varah curious vey eba. Nd your so talented, Ma Sha Allah ❤????? Avahah up kollahche next part. Varah kiyaa hithun mi hury. Lysm

    1. Wonder says:
      May 9, 2020 at 6:45 pm

      thank u soo much Izabell. Can’t thank u enough for ur endless support for this story. Really happy to c ur motivating words. Next part In sha Allah tomorrow night ga. Stay safe dear??❤

  4. love_reading says:
    May 9, 2020 at 7:15 pm

    varah varah reethi mi part vx??… waitin for nxt part❤️❤️❤️… i think its a bit short, but still.. varah reethi..??

    1. Wonder says:
      May 10, 2020 at 1:16 am

      Thank u so much Love_reading. Really happy to c ur comment again n glad u liked this part. I also knw it’s a bit short?. But In sha Allah will try to make next part bit longer. Thank u for the support and b safe?❤

  5. Sher says:
    May 9, 2020 at 11:37 pm

    مشاء الله???????????????????????????
    Kykey tha dho bunaani aslu mi vaahaka reethi kamun neynge yey bunaane ehcheh?
    Hama heevani film eh balaaleveyhen mi bai ves varah loabi ingey wonder♥️
    Stay safe?

    1. Wonder says:
      May 10, 2020 at 1:18 am

      Awwn Sher. Can’t thank enough for ur kind words. It’s really motivating to here such nice compliments. V ufaavejje ehaa kamudhaa story eh genes dheveythy. U too b safe dear?❤

  6. Reesh says:
    May 10, 2020 at 1:05 am

    Woww v salhi mi part vex ❣️ ? curiously waiting for next part ♥️

  7. Wonder says:
    May 10, 2020 at 2:29 pm

    Thank u so much Reesh. It’s always nice to v comments from new readers. Glad u liked this part. B safe?❤

  8. Plssss says:
    May 10, 2020 at 11:34 pm

    Kon irakun anrh pt,?

    1. Wonder says:
      May 11, 2020 at 4:10 am

      Next part submit kohlaifin mihaaru. Hopefully miadhu up vaane. Thanks for the comment dear. Stay safe?❤

  9. As says:
    May 10, 2020 at 11:35 pm

    Haadha kurey.mee mihaaru emme inthixaaru kurevey story.ekam kuru veema v dheravejje..maaaaabodahves kuru.paragrafeh hen heevee.

  10. Wonder says:
    May 11, 2020 at 4:12 am

    Im really sorry As. I also knw it’s really short?. But i have submitted the next part. Unmeedhu kuran 20th part kamudhaane kamah. I’m really happy that u like this story.. thank u for the support. Stay safe?❤

  11. Aish says:
    May 11, 2020 at 5:05 am

    Mi part ves hama habeys ??? sorry kuryge part ah comment nukurevunyma? and when next ♥️♥️♥️♥️

    1. Wonder says:
      May 11, 2020 at 2:24 pm

      It’s okay Aish. V ufaavejje Aish ge comment eh fenunyma anehkaa ves. And so happy u liked this part. Next part mihaaru eothyy up vefa. Kamudhaane kamah unmeedhu kuran. B safe dear?❤

Comments are closed.


All Right Reserved!