
ވާށޭ މަށާ އެކީ-17
އެމަންޒަރު ބަލަން ކެންނުވެގެން ރަޔާޝް އަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ނަމަވެސް އެ އަޑު އިވުނީ ކަންނޭނގެ އެވެ. ހަމަބިމަށް އާދެވުނު ފަދައިން ދެމީހުން އެއްފަހަރާ ފަހަތަށް ބަލައިލިއެވެ. އެވަގުތު ހީރާ އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެލޯ ބޮޑު ކޮށްގެން ރަޔާޝް އަށް ބަލަން ހުރެވުނީ ފެންނަނީ ހަމަ ހަޤީޤަތުގައިވެސް ރަޔާޝް ކަން ޔަޤީން ކުރުމަށެވެ. ބިރުން ހިންދިރުވާލެވުނު އިރު ދެންވާނެގޮތަ ކާމެދު ހީރާގެ ހިތް ތެޅެމުން ދިޔައެވެ.
ހީރާ އާއި ރަޔާޝްގެ މެދުގައި ބަދަލު ކުރެވުނު ނަޒަރު ކައިރީގައި ހުރި ޖަޒީން އަށް ފެނުމުން އޭނާ އަކަށް މަޑަކުން ނުހުރެވުނެވެ.
“އޭ ބްރޯ. ކޯއްޗަކަށްތަ ދެލޯ ތަންމިނަށް ހުޅުވައިގެން ތިބަލަނީ. ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުނީތަ؟ ތީ މިގެޔަށް އައި މީހެއް ވެއްޖިއްޔާ ދެންވެސް ސިޑިން އަރައިގެން ދާން އުޅޭ!” ރަޔާޝް އަށް އަމުރުކޮށްލި އިރު ހީވީ އެއީ އޭނާގެ އަމިއްލަ ގެ ހެންނެވެ.
ޖެހި ބުދެއްހެން އަދިވެސް ރަޔާޝް ހީރާ އަށް ބަލަން ހުރުމުން ޖަޒީން ރަޔާޝް އާ ގާތް ވެލިއެވެ.
“ކައެ ހީވަނީ އަލިފާންގަނޑަކަށް ލައިފަ އަންދާލާފަ އޮތް ހިނކައްޖެއްހެން. އަދިވެސް މާ ރީތި މީހެއްކަމަށް އަންހެން ކުއްޖެއް ފެންނަ އިރަށް ލޮލުގެ ގޮބޮޅި ގަނޑު ނެރިގެން ބަލަން ހުންނާތި” ވައި އަޑުން ރަޔާޝްގެ ކަންްފަތް ދޮށުގައި ޖަޒީން އެހެން ބުނެލި އިރު އެ އަޑުގައިވެސް ވަނީ މަލާމާތެވެ. ޓްރެއިނިންގް ގައި އަވީގައި މާގިނައިން އުޅުމުގެ ސަބަބުން ރަޔާޝްގެ ހަންގަނޑު ވަނީ ނުހަނު ބޮޑަށް އަނދައިގެން ގޮށްސައެވެ. މުޅި މީހާގެ ގައިން ފެންދަމާލާފައި ވާއިރު ބޯވެސް ހުރީ އެއްކޮށްހެން ތަލަ ކުރެވިފައެވެ.
ޖަޒީންގެ ވާހަކަ އާއި އެކު ރަޔާޝްގެ އަތް ގޮށް މުއްކެވިގެން ދިޔައީ އޭނާގެ އަތުންފައިން ގޯހެއް ހަދަން ބޭނުން ނުވާތީއެވެ. ރަޔާޝް އެންމެ ހިނދުކޮޅަކު ވެސް އެތާކު ހުންނާކަށް ގަސްތެއް ނުކުރި އެވެ. އަލިފާނުގެ ބެލުމަކުން ޖަޒީނަށް ބަލައިލުމަށްފަހު ރަޔާޝް އެ ގެއިން ނިކުމެގެން ދިޔައެވެ.
މަގުގެ އެއްފަރާތުގައި ހުރި ޑަސްބިން ކައިރިއަށް އައިސް ހުއްޓުނު ރަޔާޝް ފުންނޭވާތަކެއް ލަމުން ދިޔައެވެ. ހިތުތެރޭގައި އުފެދެމުން ދިޔަ ހައިޖާނުން ދުރުވުމަށްޓަކައި ދެތިން ފަހަރު ޑަސްބިނުގައި ވެސް ގޮށްމުށުން ޖަހާލެވުނެވެ. ރުޅި އާއި ހިތާމަ އެކުވެގެން ޖިސްމުގައި އުފެދުނު ހޫނުކަން ކަރުނައިގެ ސިފައިގާ ކޯތާފަތަށް ފައިބަމުން ދިޔައެވެ. ކަރުނުން ފުރިގެންވީ ލޮލުން އަތުގައި އޮތް މާ ބޮނޑިއަށް ބަލާލި އިރު ހިފަހައްޓައިގެން ހުރި އަތުގައި މަޑު ތުރުތުރު އެޅުމެއް އުފެދިފައިވެއެވެ. ދުވަހަކުވެސް ހަޔާތުގައި މިފަދަ ކެހިވެރިކަމެއް ލިބޭނެ ކަމަކަށް އޭނާ އުންމީދުވެސް ނުކުރެ އެވެ. އެއް ހުވަފެން ކާބިޔާބު ވި އިރު އަނެއް ހުވަފެން ބިލާހަކަށް ވެގެން ދިޔައީ އެވެ. ދިރިއުޅުމަކީ ކިހާ ބޭއިންސާފު ވެރި ތަނެއްކަން ރަޔާޝް އަށް އިޙްސާސް ކުރެވުނީ އެހިނދުކޮޅު އެވެ. ނެތް ހިތްވަރު ލަމުން އަތުގައި އޮތް މާ ބޮނޑި ޑަސްބިނަށް ލުމަށްފަހު ރަޔާޝް ހިނގައިގަން އިރު އަޅާ ކޮންމެ ފިޔަވަޅެއް ހީވަނީ އޭނާގެ ހިތުގެ މަތީގައި އަޅާ ފިޔަވަޅެއް ހެންނެވެ.
ބަންގީގެ އަޑަށް ހިޔާލުތަކުން ނިކުމެ ވުނު ރަޔާޝް ފުންނޭވާއެއް ދޫކޮށްލި އެވެ. އެހިތުގައިވާ ހުސްކަން އެދުވަހެކޭ ތަފާތެއް ނެތެވެ. ނަމަވެސް މިހާރު ރަޔާޝް ވަނީ އެކަމަށް އާދަވެފައެވެ. ދުނިޔެ އެނބުރޭނީ ތޮށަލި ދުޅަޔަށެވެ. އެކަން ގަބޫލު ކުރުން ނޫންގޮތެއް އޭނާ އަކަށް ނެތެވެ. ނަމަވެސް ކޮއްކޮ ރައިހާ އަށް އޭނާ އަށް ލިބުނު ފަދަ ވޭނެއް ލިބޭކަށް އެހިތް އެއްގޮތަކަށް ވެސް ނޭދެ އެވެ. ތިމާ ލޯބި ވާ މީހާ ނުލިބުމުން ވާ ދެރަ ރަޔާޝް އަށް ރަނގަޅަށް އަންދާޒާ ކޮށްލެވެއެވެ. އޭނާގެ ދެލޮލުގެ ފިނިކަން ކަމުގައިވާ ހުރި ހަމައެކަނި ކޮއްކޮ އަށް ދުނިޔެމަތީގައިވާ ހުރިހާ އުފަލެއް ދެއްވުމަކީ އޭނާގެ ދުޢާއެވެ.
*********
ގެޔަށް ވަތް ގޮތަށް ކައިލް އަށް ބަލާވެސް ނުލާ ރައިހާ ކޮޓަރިއަށް ވަނުމުން ކައިލް ނުތަނަވަސް ވާގޮތްވިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. ރައިހާގެ ކޮޓަރީގެ ދޮރުމައްޗަށް އޭނާއަށް އެރުނު އަދަދުވެސް ނޭނގެ އެވެ. ނަމަވެސް ޓަކި ޖަހާނެހާ ހިތްވަރު ނެތިގެން ކޮންމެ ފަހަރަކުވެސް އަނބުރާލާފައި ދަނީއެވެ.
ގަޑިން އަށެއްޖަހަނީ އެވެ. ކައިލްގެ ހާސްކަން ވީ އިތުރެވެ. އެންމެ ފަހުން އޭނާ ރައިހާގެ ކޮޓަރި އާ ދިމާއަށް ހިނގައިގަތީ ކަށިން ހިތްވަރު ނެރިގެންނެވެ. ދޮރުގައި ޓަކި ޖަހާލަން ރެޑީވި ގަޑީގައި ގޭގެ ބެލްޖެހި އަޑު އިވުނެވެ. ކައިލް ކަންބޮޑުވީ ރައިހާގެ ޚަބަރެއް ނުވަނިސް އެގެޔަށް މީހަކު އައީމައެވެ. އެއްފަހު މައި ދޮރަށް އަނެއް ފަހަރު ރައިހާގެ ކޮޓަރިއަށް ބަލާލުމަށްފަހު އެންމެ ފަހުން ކައިލް ހިނގައިގަތީ ގޭގެ މައި ދޮރާ ދިމާ އަށެވެ. ފުންނޭވާޔަކާ އެކު ގޭގެ ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ފިރިހެނެކެވެ. ކައިލް އަށް ހިންދިރުވާލެވުނީ އެފިރިހެންމީހާގެ ހަށިގަނޑުގެ ފެނުމުންނެވެ. ގަޔަށް ކޮންމެވެސް ވަރަކަށް ހިފާލާފައިވާ ޓީ ޝާޓުގައި ހުރި އިރު އަތުގެ މުލައްދަނޑީގެ މަސްތައް ހުރީ އަރާފައެވެ . އޭނާ އެކަނިވެސް ކައިލްގެ ދެމީހުން ވަރު ވެއެވެ. އެއް އަތުން ކައިލްގެ ގައިގާ ހިފާ ފާރަށް ގުޅަޔަކަށް ޖަހާކަށްވެސް އޭނާ އަކަށް މާ އުނދަގޫ ކަމަކަށް ނުވާނެކަން ޔަޤީނެވެ.
ކައިލް ހީކުރި ގޮތާ ހިލާފަށް އޭނާ ރައްދުކޮށްލީ ހިނިތުންވުމެކެވެ.
” ތިއީތަ ކައިލް އަކީ؟” ފުން ބެލުމަކުން ކައިލް އަށް ބަލަން ހުރުމަށްފަހު އެމީހަކު އެއްސެވެ. މިހާ އާ އެއްވަރަށް އަޑުވެސް ރީއްޗެވެ.
އޭނާގެ ނަން އިނގުނު ގޮތަކާމެދު ހައިރާންވިނަމަވެސް އަވަސް އަވަހަށް ކައިލް ބޯޖަހާލިއެވެ. އެމީހެއްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިތަން ކައިލް އަށް ފެނުނެވެ.
“ކޮބާ ރައި؟” މިފަހަރު އޭނާގެ ސުވާލުން ކައިލް އަކަށް ހިމޭނަކުން ނުހުރެވުނެވެ. އޭނާ އާ ރައިހާގެ ގުޅުމަކީ ކޮބައިކަން ނޭނގި މިރޭ އެދެލޮލަށް ނިދި ނާންނާނެކަން ޔަޤީނެވެ.
“ކިހިނެއް ރައިހާ އިނގެނީ ؟ ތީ ކާކު؟” ބިރުން ހުރިނަމަވެސް މޫނުމަތިން ހަރުކަށިކަން ދެއްކޭތޯ ކައިލް ބެލިއެވެ. ކައިލްގެ ސުވާލުތަކާއެކު އޭނާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުން ވުމެކެވެ.
“މިއީ ދޯ ރައި ކޮޓަރި” ބަދިގެ އާ ދިމާ ކޮޓަރިއަށް އިނގިލި ދިއްކޮށްލަމުން އެދިމާއަށް އޭނާ ހިނގައިގަތީ ކައިލްގެ އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތިއެވެ.
ރައިހާގެ ކޮޓަރިއާ ދިމާއަށް އޭނާ ދާން ފެށުމުން ކައިލްވެސް ދުރުފިޔަވަޅުތަކެއް އަޅަމުން އޭނާގެ ފަހަތުން ދިޔައެވެ. އެ ފިރިހެންމީހާގެ ނިޔަތަކީ ކޮބައިކަމެއް ނޭނގޭތީ ކައިލް ހުރީ ނުތަނަވަސްވެފައެވެ. ދޮރު ހުޅުވުނު މޮޔަވެސް ސަތޭކަފަހަރު ހިތަށް އެރިއެވެ.
ކުއްލިއަކަށް ފެނުނީ ކޮޓަރީގެ ދޮރުހުޅުވާލާފައި ރައިހާ ނިކުންތަނެވެ. ނަަމަވެސް ދޮރުމަތީގައި ތިބި ދެމީހުންފެނުމުން ރައިހާ ހުއްޓުން އަރާ ގޮތްވިއެވެ.
“ދޮންބޭ.” ދޮރާ އެންމެ ގާތުގައި ހުރި ރަޔާޝް ފެނުމުން ރައިހާ ހައިރާންވި އެވެ. ރައިހާގެ ހުއްދައެއް ނެތި މައި ދޮރު ހުޅުވުމުން ކުށްވެރިއެއްހެން އިސްޖަހައިގެން ހުރި ކައިލްވެސް އިސް އުފުލާ ބަލައިލި އެވެ.
“އައި ނީޑް ޓު ޓޯކް ވިތް ޔޫ” ރައިހާ އަށް ބަލައިލަމުން އަވަސް އަވަހަށް ރަޔާޝް ބުނެލިއެވެ.
އެއީ ރައިހާގެ ބޭބެ ކަން އިނގުމުން ކައިލް އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި ދެބެއިންނަށް ވާހަކަ ދައްކާނެ ފުރުސަތު ދެމުން އޭނާ މިސްރާބު ޖެހީ އޭނާގެ ކޮޓަރި އާ ދިމާއަށެވެ.
ކައިލް ދިޔަ ދިމާ ބަލަން ހުރި ރަޔާޝް ރައިހާގެ ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލިއެވެ.
ރައިހާ ރަޔާޝް އަށް ބަލައިލީ ދައްކަން އުޅޭ ވާހަކަ ފެށުމަށް އެދިއެވެ.
” ދޮންބެ އަށް އިނގޭ ރައި ކައިލް ދެކެ ވަރަށް ލޯބިވާކަން. މަންމަ ކީ އެއްޗިއްސާ އެހާ ބޮޑަށް އަޅާނުލާ. އިނގެ އެންނު ރައި އާ މެދު މަންމަ ވިސްނާވަރު. މަންމަ ހާސް ވެފަ ހުރި ވަރުން އެހުރިހާ އެއްޗެއް އެކީ. އެކަމަކު ދޮންބެ އިރާދަ ކުރެއްވިއްޔާ މަންމަ މެންނަށް ވިސްނައިދެވޭތޯ ބަލާނަން. މަންމަ އަށް އަންޑަސްޓޭންޑް ނުވިޔަސް ބައްޕަ އަށް ވިސްނޭނެކަން ދޮންބެ އަށް ހަަމަ ޔަޤީން” ރަޔާޝް ރައިހާ އާއި މެދު ވިސްނާ ވަރު ހާމަވުމުން ރައިހާގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އޭނާ އާ އެއްކޮޅަށް އެކަކު ނެތަސް ދޮންބެ އަބަދުވެސް އޭނާ އާއި އެކު ހުންނާނެކަން އިނގުނެވެ. ބޭބެ އާއި މެދު ހިތް ޝުކުރުން ފުރުނު އިރު ލޯ ފެންކަޅިވެގެން ދިޔައެވެ.
“ތެންކިޔު ދޮންބޭ” ހިތުގައިވީ ހުރިހާ އިޙްސާސް ތަކެއް ރައިހާގެ ލޮލުން ފެނުނު އިރު ރަޔާޝްގެ ގައިގާ ބައްދާލިއެވެ.
“ދެންވެސް ތި ރުއިން ހުއްޓާލާފަ ކައިލް ކައިރި އަށް ދޭބަލަ” ރައިހާގެ ކޮލުގައި ހިފާ ދަމާލަމުން ރަޔާޝް ބުނެލި އެވެ. ސިފައިންގެ އަށް ދާން ޖެހޭކަމަށް ބުނަމުން އިތުރަށް ރަޔާޝް މަޑެއް ނުކުރިއެވެ. ރަޔާޝް ނިކުންނަތަން ބަަލަން މައިދޮރުގައި ލައްވެލައިގެން ރައިހާ ހުއްޓެވެ.
“ބައިދަވޭ އައި ލައިކް ހިމް” ސިޑިން ފައިބަން އުޅެފާމެ ފަހަތަށް އެނބުރި ރައިހާ އަށް ބަލައިލަމުން ރަޔާޝް ބުންޏެވެ. ރައިހާގެ ގާތަށް އައީ ހިންޏެވެ. ދޮންބެ ކައިލް އާ މެދު ހިތްހަމަޖެހުމުން އެހިތަށް ތަސައްލީ އެއް ލިބިގެން ދިޔަ އެވެ.
“ދޮންބެ އަކަށް ނުލިބޭނެ. ހީޒް މައިން” މަޖަލަކަށް ހަދާފައި ރައިހާވެސް ސިޑިން ފައިބައިގެން ދިޔަ ރަޔާޝް އަށް އަޑު އިވޭވަރަށް ގޮވާލިއެވެ. އަދި ފުންނޭވާޔަކާ އެކީ އެނބުރި ކައިލްގެ ކޮޓަރިއަަށް ބަލައިލިއެވެ. އޭނާގެ ހަބަރެއް ނުވެގެން ކައިލް ހުންނާނީ ކަންތައްބޮޑު ވެފައިކަން އިނގެއެވެ. ނަމަވެސް މަންމަ ދެއްކި ވާހަކަ ތަކުން އޭނާގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ކައިލްގެ ކުރިމައްޗަށް އަރާނެ ހިތްވަރުވެސް އޭނާ އަކަށް ނުލިބުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ކައިލްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ހިތަށް ވިސްނައިދެމުންނެވެ. ކުރިއެކޭވެސް އެއްފަދައިން އޭނާގެ އަމަލުތައް ބަހައްޓަން ރައިހާ ނިންމިއެވެ. އޭނާގެ އާއިލާ އާ ދޭތެރޭ މިއަދު ވީކަންތަށް ކައިލް އަށް ސިއްރު ކުރަން ނިންމި އެވެ.
********
އަވަސް ހިނގުމެއްގައި މަގުގެ އެއްފަރާތުން ހިނގަމުންދިޔަ ރައިހާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔަ އިރު މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. ހެނދުނު ހެނދުނާ އަހުމަދު ގުޅާފައި ގެޔަށް އައިސްދިނުމަށް އެދުމުން ރައިހާގެ ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. ކައިލް އަށް ސައި ހެދުމަށްފަހު އަވަސް އަވަހަށް ގެޔަށް ދިޔުމަށް މިސްރާބު ޖެހީ ދެން ވާނެ ގޮތަކާ މެދު ވިސްނަމުންނެެވެ.
ގޭތެރެއަށް އަޅާލެވުނު ފުރަތަމަ ފިޔަވަޅާ އެކުވެސް ރައިހާ އަށް ބަލައިލެވުނީ މަންމަ ފެންނަން ހުރިތޯއެވެ. ނަމަވެސް މުޅި ސިޓިންގްރޫމް ފަޅުކޮށް އޮތުމުން ރައިހާ އަށް ހައިރާންކަން ލިބުނެވެ.
“ދަރިފުޅާ” ކޮޓަރިން ނިކުން އަހުމަދު ގޮވާލުމުން ރައިހާވެސް އެދިމާއަށް ބަލައިލިއެވެ.
“ހިނގާ ބެލްކަންޏަށް” އަހުމަދު އެހެން ބުނަމުން ސިޓިންގް ރޫމް އިން ނިކުމެވެން ހުރި ބެލްކަންޏާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރައިހާވެސް ބަސް އަހައިގެން ހުރި ކުޑަކުއްޖެއްހެން އޭނާގެ ބައްޕަގެ ފަހަތުން ދިޔައެވެ.
ބެލްކަނީގައި ހުރި ގޮނޑިއެއްގައި އަހުމަދު އިށީންނަމުން ޖެހިގެންހުރި ގޮނޑީގައި އަތް ޖައްސާލަމުން ރައިހާ އަށް އިށީނުމަށް ދެއްކިއެވެ.
“ދަރިފުޅު ކޮން އިރަކުން ކައިވެނި ކުރަން ބޭނުންވަނީ؟” ރައިހާ އިށީނދެ ހަމަޖެހުމުން އަހުމަދު ސީދާ މަޢުޟޫއަށް ދިޔައެވެ.
ރައިހާ އަށް ދެލޯ ބޮޑުކޮށްލާފައި ބައްޕަ އަށް ބަލައިލެވުނީ ފުރަތަމަވެސް އެފަދަ ސުވާލެއް ކުރާނެ ކަމަށް އުންމީދު ކުރެވިފައި ނެތުމުންނެވެ.
ދަރިފުޅުގެ މޫނު މައްޗަށް ވެރިވި ކުލަވަރުތައް ބަލަން އިން އަހުމަދު ހިނިތުންވެލަމުން ރައިހާގެ ބޮލުގައި ފިރުމާލިއެވެ.
“ބައްޕަ އަށް އިނގޭ ދަރިފުޅު ގޯސް ނިންމުމެއް ނުނިންމާނެ ކަން. އަނެއްކޮޅުން ދަރިފުޅުގެ ދޮންބެ ވެސް ބައްޕަ އާ ވާހަކަ ދެއްކި. ދޮންބެ ވަރަށް ހިތްހަމަ ޖެހިފަ ހުރީ ދަރިފުޅުގެ ހޮވުމާ މެދު. ބައްޕަ ބޭނުމެއް ނޫން ދަރިފުޅު ތިހާ ކުރަން ބޭނުންވާ ކަމަކަށް ހުރަސް އަޅާކަށް” ބައްޕަގެ ވާހަކައިން ރައިހާގެ ދެލޯ އުފަލުން ފެންކަޅި ވިއެވެ.
“އެކަމަކު މަންމަ” ރައިހާ އޭނާގެ މަންމަ ވިސްނާނެ ގޮތަކާ މެދު ކަންބޮޑު ވިއެވެ.
“ބައްޕަ ވަރަށް ވިސްނައިދިނިން މަންމަ އަށް. މިހާރު ކުރިންހާ މިކަމަށް ދެކޮޅެއް ނުވާނެ މަންމައެއްވެސް. ދަރިފުޅަށް ވެސް އިނގެ އެންނު މަންމަގެ ގޮތް. އެހާ ބޯހަރު ވާނެ. ދުވަސްކޮޅަކުން މަންމަ އަށް ވެސް ވިސްނޭނެ. މަންމަ އަށް ވަޤުތު ކޮޅެއް ދިނުން އެންމެ ރަނގަޅުވާނީ” ބައްޕަ ގެ ވާހަކަ އަށް ރައިހާ ބޯ ޖަހާލީ އޭނާ އަށްވެސް އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ފެންނާތީއެވެ.
“އަދި އެބައޮތޭ ދަރިފުޅަށް އޮތް ސަޕްރައިޒް އެއް. ހިނގާބަލަ” ބައްޕަގެ ވާހަކަ އާއި އެކު ރައިހާ އަށް ހައިރާން ކަން ލިބުނު ނަމަވެސް އެއްޗެކޭ ނުުބުނެ ހިނގައިގަތެވެ
އަހުމަދު ގޮސް ހުއްޓުނީ އިމާރާތުގެ ތިރީގައި ހުރި ގަރާޖް ކުރިމަތީގައެވެ. އޮޓަމެޓިކް ލޮކް އިން ހުޅުވޭ އެގަރާޖް ހުޅުވާލުމާ އެކީ ރައިހާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ.
ގަރާޖްގެ ތެރޭގައި އޮތީ އޮފް އަރައަރާ އޮތް ހުދު ކުލައިގެ ރީތި ކާރެކެވެ.
“ތިއީ ދަރިފުޅު ކިޔަވަން ފުރި ދުވަހުން ފެށިގެން ބައްޕަ ދަރިފުޅަށް ދޭން ގަސްތުކޮށްގެން ލާރި ދައްކަން ފެށި ކާރެއް. އިއްޔެ މިކޮޅަށް ގެނެވުނީ. ” ރައިހާ އަށް އޭނާގެ ބައްޕަ އަށް ބަލައިލެވުނީ ލޯތްބާއެކުވެ.
“ޝުކުރިއްޔާ ބައްޕާ. އަޅުގަނޑަށް ތިކޮށްދޭ ހުރިހާ ކަމަކަށްވެސް” އަހުމަދުގެ ކޮނޑުގައި ބޯ އަޅާލަމުން ރައިހާ ބުނެލިއެވެ.
“ދަރިފުޅު އުފަލުގަ ހުރިއްޔާ ބައްޕަ އަށް އެނިމުނީ. ވަރަށް އުޅުނިން ރީނދޫ ކުލައިގެ ކާރެއް ގަންނަންވެގެން. ދަރިފުޅަށް އެންމެ ކަމުދާ ކުލައަކީ އެއީވިއްޔަ”
“ނޫން ބައްޕާ. ހުދުވީމަ މާ ރަނގަޅު. ކައިލް އަށް ރީނދޫ ކަމަކު ނުދާނެ” އަހުމަދުގެ ވާހަކަ ނުނިމެނިސް ރައިހާ އަވަސް އަވަހަށް ބުނެލިއެވެ.
އަހުމަދަށް ހިނިތުންވެފައި އޭނާގެ ދަރިފުޅަށް ބަލައިލެވުނީ ކައިލް ދެކެ އެ ދަރިފުޅު ވާ ލޯބި ދައްކާ ވާހަކައިންވެސް ހާމަވަމުން ދާތީއެވެ.
“ދަރިފުޅު އަދިވެސް ކައިވެނި ކުރާނެ ތާރީޙެއް ނުބުނަމެންނު.” ރައިހާ އަށް ބަލަހައްޓައިގެން ހުރެ އަހުމަދު އެއްސެވެ.
“ވީ އެންމެ އަވަހަކަށް” ރައިހާގެ ޖަވާބު ކުރެވެ. ނަމަވެސް އެހިތުގައި އޭނާ އާއި ކައިލްގެ ކުރިމަގު ރާވަމުންދިޔަ ތަސައްވަރު ކުރެއްނޫނެވެ.
-ނުނިމޭ-
15 Comments!
Comments are closed.
Hey, how’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ story up vey thoa balaala balaala mi onnani hama, kiyaahithun. Neynge bunaane ehchei mi story hama varah salhi aslu ???????????? nd when in next part? Can’t wait avahah up kollahche. ?????????? nd be safe
Im doing great dear. Hope u r too. N ur compliment about the story is really motivating to hear. v ufaavey ehaa kamudhaa story eh genesdheveythy. Next part In sha Allah tomorrow night. B safe.ly?❤
Salam readers. What do u think abt the 17th part of vaashey mashaa eky? Hope u all will like it. And as always pls point out my mistakes and lemme knw what to correct. This part might b a little short but In sha Allah will try to make next part a bit longer. Thanks everyone who is showing support to this story. Ly all?❤❤
Wowwww…Masha Allah…. mi prt vx vv reethi…
Be safe..
Thank u so much Sherher. It really means a lot. You too stay safe dear. Ly?❤
Salhi yey salhi yey ☺️ ibaaraai kurun vex ehvana❤️❤️❤️ curiously waiting for the next part
مشاء الله❤️♥️❤️♥️❤️♥️❤️♥️❤️♥️❤️
Mi part ves hama varah varah varah varah varah varah varah varah varah reethi?????????????
Next part kiyaala hithun hureveniyyeh nun?????????????
Alhey.haha. so happy to c ur comment Sher. Next part In sha Allah tomorrow night ga submit kohlaanan. Hope u’ll wait. B safe dear. Ly?❤
Thank u Aish even though ur comment isn’t published. I donno why ur comment is not getting published Everytime ?. It’s really sad. But thanks for all the kind words. I did reply to the previous part too. Hopw u saw it. Stay safe ly?❤
Yaa I saw it 14 & 15 ves kiyaalai fin Hama very nice ???when next ♥️
Kihinettha vaahaka liyan fashany Wonder??? I really want to write story???
Hey Aish. If u really wanna write a story and if u have interest u can start anytime! furathama kamakah vaahakaige plot eh raavan vaane. Eii vaahakaige haadhisaa. vaahakaige feshunaa, mahsala ufedhun,kunnu, mahsala falhaa erun,ninmun mi baithah hunnan vaane vaahaka ehga. Dhn dhivehi baskoshaaru muhsandhi vumaky vaahaka liyan v ehyvaane kameh. Gina dhivei liyun thah kiyaa adhi professional vaahaka liyun therin liyefa hunna vaahaka kiyaa hedhidhaane. Adhi mauloomaathu libey foihthah ginain kiyumakee vaahaka liyan gina hiyaalu libeyne kameh. U can still ask me if u want to knw more. Hope this will b of some help to u. Hopw I’ll b able to c a story from u one day?❤
Ahh thank u so much wonder??? varah ufaa vehjje wonder ge faraathun help libeyne vaahaka bunyma….. Aish aky school ga ulhun iruves dhivehssah v molu kuhjjekey dhivehi teachers buney dhivehy ge konmme dhaairaa akun ves kuri ah dhevey ney bunedhey egothun vaahaka liyumaa kiyumakee Aish varah kuraa hiy vaakameh ☺️☺️ vaahaka liyumuge kurin kuran jehey kanthah ves Hama iraadha kurehviyya ingey and thank you for reminding me those things ?? insha Allah mihaaru liyumuge kurin kuran jehey hurihaa kameh ves nimihjje dhen othy liye shaa iu kirun??????? ummeedhu kuran wonder ge support ves libeyne kamah
Finally ur comments got published dhww. Im more than happy to b any kind of help to u. U will always have my support. N can’t wait to read ur story❤❤
Yah finally ??? wonder I want to know esfiya site ga vaahaka liyan fashaane gotheh vaahaka liyaakah noon dear ☺️☺️??