ވާށޭ މަށާ އެކީ-23
ކޮލެޖު ނިންމާލުމަށްފަހު ނިކުން ކައިލް ހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަފްތާގެ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހަކީ މަސައްކަތުގައި ރައިހާއަށް އެންމެ ބުރަ ދުވަސްތައް ކަމުން ކައިލް އެދުވަސްތަކުގައި ގެއަށް ދަނީ ހިނގާފައެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ކުރިއަށްދިޔަ ކައިލްގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގެ ކުރިމައްޗަށް މީހަކު ހުރަސްއެޅުމުންނެވެ. ފޯނުން ނަޒަރު ވަކި ކޮށްލަމުން ކުރިމަތި ބަލައިލި އިރު ކައިލްގެ ކައިރީ ޒުވާނަކު ހުއްޓިލައިގެން ހުއްޓެވެ.
އުމުރުގެ ގޮތުންނާއި އިސްކޮޅުން ކައިލް އާއި ދާދި އެއްވަރު ވީނަމަވެސް އެ ޒުވާނާގެ ބާމަތި ފުޅާވެފައި ހަށިގަނޑު ވަރުގަދައެވެ.
“ކައިލް..” ދެޖީބަށް އަތް ޖަހާލައިގެން ހުރެ ކައިލްގެ ނަންކިޔާލި އިރު އެތުންފަތުގައިވަނީ ވިހަ ހިނިތުންވުމެކެވެ.
ކައިލް އަށް އެޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ. އެނުދަންނަ ޒުވާނާ އަށް އޭނާގެ ނަން އިނގުނީ ކިހިނެތްބާއޭ ހިތަށްއެރިއެވެ.
” އަހަރެން މީ ކާކުކަމެއް ނޭނގުންތަ؟” މޭގާ އަތް ޖައްސާލަމުން އެޒުވާނާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލަމުން ކައިލްގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓެލިއެވެ.
“އަހަންނަކަށް ނޭނގުން ތީ ކާކުކަމެއް” ދެބޮމަ ގޮށްޖަހާލައިގެން ހުރެ ކައިލް އެހެންބުނެލި އިރު އެތަނުން ދާން ލަސްވެފައި ހުރި ކަހަލައެވެ. އެޒުވާނާ ބާރު ހިނިގަނޑެއް ޖަހާލިއެވެ.
“އަހަރެން މަތިން ހަނދާން ނައްތާލަން ހަމަ އެހާވެސް ފަސޭހައީތަ.. ކުޑަ އިރުގެ އެމަޖާ ދުވަސްތައް މިހާ އަވަހަށް ހަނދާނުން ފޮހެލީ؟” ފަހު ޖުމްލަ އެ ޒުވާނާ ބުނެލީ ވައި އަޑުން ކައިލްގެ ކަންފަތް ދޮށުގައެވެ.
އެވަޤުތު ފަހަތަށް އޮޅާލެވުނު ފިލްމެއްހެން ކުޑައިރުގެ ހަނދާންތައް ކައިލްގެ ސިކުނޑީގައި ކުލަވަމުން ދިޔައެވެ. ކުރިމަތީގައި އެހުރީ ކާކުކަން ނަގައިގަނެވުމުން ކައިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ކައިލް އަށް ވީގޮތް ފެނުމުން އެޒުވާނާގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ.
” މިހާރު ހަނދާން ވެއްޖެދޯ.” ސީދާ ކައިލްގެ ދެލޮލަށް ބަލައިލަމުން ޒުވާނާ ބުނެލިއެވެ.
ކައިލް އަށް ރުޅިއައިސް ދަތްކުނޑި ވިކާލެވުނު އިރު އެތަނުގައި އެންމެ ވަޤުތު ކޮޅަކުވެސް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ.
“އަހަރެން ދާން ވެއްޖެ..ތަން ދައްކާ!” ކައިލްގެ އަޑުގައިވަނީ އަމުރުވެރިކަމެވެ.
” އޯ ބިރުގަނެއްޖެ..” އަނގައަށް ގޮތެއް ހަދާލަމުން އައްޒާމް މަލާމާތް ކޮށްލިއެވެ.
“އިނގެ އެންނު އެހާ ފަސޭހައިން ނުދެވޭނެކަން..” ޝަހާދަތް އިނގިލިން ކައިލްގެ ނިތްކުރީގައި ޖައްސާ ފަހަތަށް ކޮއްޕާލަމުން އައްޒާމް ބުނެލިއެވެ.
ކައިލްއަށް ހީވީ އޭނާގެ ޅަދުވަހުގެ މަންޒަރެއް ތަކުރާރު ވިހެންނެވެ. ސުކޫލު ދުވަސްވަރު އައްޒާމާއި އޭނާގެ ބޮޑު ފައުޖު ކައިލް އަށް ދިން އަނިޔާތައް ސިފަވެގެން ދިޔައެވެ. އޭނާއަކީ މޮޔައެއްކަމަށް ބުނެ ސުކޫލު އެންމެންވެސް އޭނާ ބޭކާރު ކޮށްލީއެވެ. ސުކޫލުގައި ހުއްޓާ ޕެނިކް އެޓޭކެއް އައުމުން ޖިންނި މޮޔަވެފައޭ ކިޔާ އިތުރު މަލާމާތާއި ކުރިމަތިލާން ޖެހުނީއެވެ.
ކައިލް އަށް ލޯ މަރާލެވުނީ އައްޒާމްގެ ކުރިމަތީ އޭނާގެ ހިތްސުތައް ކޮންޓްރޯލް ކުރުމަށެވެ. ފަހަތަށް އެނބުރި އޭނާ އާ ދުރަށް ދާން ހިނގައިގަތެވެ.
“ހާދަ ސަޅި ބިޓަކާ އެކީ އޭ މިއަދު ސުކޫލަށް އައީ.. އަހަންނަށް ދޭންވީނު..” ކައިލް އަށް އަޑުއިވޭނެ ވަރަށް އައްޒާމް ގޮވާލިއެވެ. އައްޒާމަށް ރައިހާ ފެނުމުން އޭނާގެ ހިތުގައި ޝަޢުޤުވެރިކަން އުފެދުނެވެ. އެފަދަ ރީތި އަންހެން ކުއްޖަކު ކައިލް އާއެކު ފެނުމުން އޭނާއަށް އެކަން ހަޖަމެއް ނުކުރެވުނެވެ.
ކުރިއަށް ހިނގަމުންދިޔަ ކައިލްގެ ރުޅިގަނޑު ހައްތަހާ ގަދަވީ އައްޒާމަށް ރައިހާ ފެނުނު ކަން އިނގުމުންނެވެ. އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން އަވަސް އަވަހަށް ކައިލް ކޮލެޖުން ނިކުތެވެ.
ދުވާރު މަތިން ހިނގަމުން ދިޔަ ކައިލްގެ ޡަބީޢަތް ވަނީ ގޯސްވެފައެވެ. މިއަދު އެހާ ފަސޭހައިން ދޫކޮށްލިޔަސް އަދިވެސް އައްޒާމް އޭނާގެ ފަހަތުން އަޅުވާލާނެ ކަން ޔަޤީނެވެ. އަދި އަމުދުން ރައިހާ އާ ދިމާކޮށްލަފާނެތީ ކައިލް ކަންބޮޑުވިއެވެ.
“ކައިލް!” ނުތަނަވަސް ވެފައި ހުރި ކައިލް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭރު ސައިކަލުގައި އިން ރަޔާޝް ކައިލްގެ ކައިރިއަށް މަޑުކުރަނީއެވެ.
“އެކަނިތަ؟” ކައިލް އާއެކު ރައިހާ ފެންނަން ނެތުމުން ރަޔާޝް ސުވާލު ކޮށްލިއެވެ.
” ރައި މިއަދު ހޮސްޕިޓަލްގަ މާ ބިޒީވީމަ” ނުތަނަވަސް ކަން ފޮރުވާލަމުން ލުއި ހިނިތުންވުމެއް ކައިލް ރައްދުކުރިއެވެ.
“އެހެންތަ.. އެހެންވިއްޔާ ހިނގާ ދޮންބެ އާއެކީ ޖިމަަށް ދާން މިގަޑީ.. ރައި ވަރަށް ސަޕްރައިޒް ވާނެ” ރަޔާޝް ދިން ޚިޔާލާ މެދު ކައިލް ވިސްނާލިއެވެ. ހަށިގަނޑުގެ އަނަރޫފަކަން ބަދަލުކުރަން އޭނާވެސް ބޭނުންވިއެވެ.
” ކޮންއިރަކުން ދަނީ..؟”ވިސްނަން ހުރެފައި ކައިލް ސުވާލުކުރިއެވެ
“މިހާރު މިދަނީ ޖިމަށް ދާން.. މިއީ ކޮންމެ ދުވަހަކުވެސް ދޮންބެ ޖިމަށް ދާގަޑި.. ކައިލް ބޭނުމިއްޔާ ހިނގާ ދާން. ރައިޑެއްްވެސް ލިބުނީ އޭރަށް” ފަހު ޖުމްލަ މަޖަލަކަށް ހަދާފައި ރަޔާޝް ބުނެލިއެވެ.
“އެއްޗެހި ބަދަލުކުރަން ގެއަށް ދާން ޖެހޭނެ” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ކައިލް ބުންޏެވެ.
ރަޔާޝް އަތް ހޫރާލަމުން އެކަމާ ދެކޮޅު ހެދިއެވެ.
“އެއްޗެހި ބަދަލު ކުރެވޭނެ ޖިމުންވެސް.. ދިޔައީމަ އިނގޭނެ.. އަރާ..” ވާނުވާގައި ހުރި ކައިލް ރަޔާޝް ބުނިހެން އޭނާގެ ފަހަތަށް އެރިއެވެ.
ރަޔާޝް ކައިލް ގެންދިޔައީ ތަނަވަސް ޖިމަކަށެވެ. އަދި އޭނާގެ ރައްޓެހިންނަށް ކައިލް ތަޢާރަފް ކުރުމަށްފަހު ކައިލް ގޮވައިގެން ގޮސް ޖިމްގައި ހުރި ރޫމަކަށް ވަނެވެ.
” މިއީ ދޮންބެގެ ރޫމެއް.. އަސްލު މި ޖިމް ހިންގަނީ ދޮންބެ އާ ފްރެންޑަކާ ޕާޓްނަރޝިޕް ހަދައިގެން.. ތި ކްލޯޒެޓް ގައި ހުންނާނެ ޖިމް ކްލޮތްސް. ބޭނުން އެއްޗެއް ނަގާ.. ދާންވީމަ މި ރޫމްގެ ފާހާނާއިން ފްރެޝް ވެލީމަ ރަނގަޅުވާނެ..” ކައިލް އަށް ޖިމް ގެ ކަންކަން ކުޑަ ގޮތަކަށް ރަޔާޝް ކިޔައި ދިނެވެ.
“ރެގިއުލާކޮށް އެކްސަސައިޒް ކުރަން ފެށީމަ މަސްތައް ޑިވެލޮޕް ވާނެ.. ދޮންބެ ވެސް ސިފައިންގެ ޓްރެއިނިންގް ހެދި އިރު ހުރީ ކައިލް ތިހުރިހެން.. ” ކައިލް އަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފާ ހުރެ އެވެ. ރަޔާޝް މިހާރު އެހެރިގޮތް ފެންނަ މީހަކު ކުރިން އޭނާ ހުންނާނީ ކައިލްހެންނޭ ނުބުނާނެްެވެ.
“ކިިހިނެއްވީ..ޤަބޫލު ނުކުރެވުނީ ދޯ.. އަސްލު
ވޯކްއައުޓް ކުރަން ފެށީ މީހަކު ދޮންބެއާ ދިމާއަށް ހިނކަންޖަކަށް ގޮވީމަ.. އެކަހަލަ އެއްޗެއް ކިޔާކަށް ނުކެރޭނެ އެންނު މިހާރު” ހިނިގަނޑެއް ޖަހާލަމުން ރަޔާޝް ބުނެލިއެވެ.
ކައިލް އަށް ޖިމްގައި ހޭދަ ކުރެވުނު ވަގުތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުރިހާ އުދާސްތަކެއް ހަށިގަނޑުން ބޭރުވިފަދަ އިޙްސާސެއް ކުރެވުނެވެ. ރައިހާއަށް ބަލައި ނާދެވޭ ކޮންމެ ދުވަހަކު ޖިމަށް އަންނަން ރަޔާޝް އަށް ގުޅުމަށް އޭނާ އެދުނެވެ.
*******
އާދުވަހަކަށް އިރު އަރާ އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. މެންދުރުފަސްވީ ވަގުތު ކާރުން ފޭބި ރައިހާ ކޮލެޖުގެ ތެރެއަށް ނަޒަރެއް ދިނީ ކައިލް ފެންނަން ހުރިތޯ ބެލުމަށެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން ރައިހާ ފަހަތް ބަލައިލިއެވެ.
“ހާއި..” ފުޅާހިނިތުންވުމަކާއެކު އަތް ހިއްލާލަމުން އައްޒާމް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ ރައިހާގެ މޫނަށެވެ. ބީރައްޓެހި ނަޒަރެއް ދެމުން ރައިހާ އައްޒާމަށް ބަލައިލިއެވެ.
“އޯ އަދި އިންޓްރޮޑިއުސް ނުވެވޭ ދޯ.. މީ އައްޒާމް.. ކައިލްގެ ޗައިލްޑްހުޑް ފްރެންޑެއް..” އައްޒާމްގެ ވާހަކަ ހުރީ ރައިހާގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ފަދަ ގޮތަކަށެވެ. ކަންވީވެސް އެހެންނެވެ.. ރައިހާގެ ތުންފަތަށް ކުއްލި އަކަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކައިލްގެ ރައްޓެއްސެއް ހުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރައިހާ އަށް ނޭނގުނު ކަމަކީ އޭނާގެ ކުރިމަތީ އެހެރީ ދޮގާއި މަކަރުވެރިކަމުން ފުރިފައިވާ މީހެއްކަމެވެ.
އައްޒާމް އޭނާގެ ތަޢާރަފަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ.
“ވަރަށް އުފާވެއްޖެ ކައިލްގެ ފްރެންޑަކާ ބައްދަލުވީމަ… މިއީ ކައިލްގެ ވައިފް.. އޯލްރެޑީ އިނގިފަ ކަންނޭނގެ ދޯ އޮންނާނީ..” ރައިހާގެ ވާހަކައާއި އެކު އައްޒާމްގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. ރައިހާ އަކީ ކައިލްގެ އަނބިމީހާ އަށް ވެދާނެއޭ އޭނާ ހިޔެއް ނުކުރެއެވެ. އެވަޤުތު ކައިލް އާ މެދު ހަސަދައިގެ ހުޅުކޮޅެއް ހިތުގައި އުފެދެން ފެށިއެވެ. ކައިލްފަދަ ބޭކާރު މީހަކަށް ރައިހާ ކަހަލަ ރީތި ކުއްޖެއް ލިބިގެން ނުވާނެއޭ ހިތްބުނަމުން ދިޔައެވެ. ނަމަވެސް މޫނު މައްޗަށް ވެރިވި ބަނަކަން ވަރަށް މޮޅަށް ފޮރުވާލަމުން ރައިހާގެ އަތުގައި ހިފާ ސަލާމްކޮށްލިއެވެ.
ކޮލެޖްއިން ނިކުން ކައިލް އަށް ހުއްޓުން އެރީ ފުޅާ ހިނިތުންވުމަކާއެކީ އައްޒާމްގެ އަތުގައި ހިފައިގެން ހުރި ރައިހާ ފެނުމުންނެވެ. ހިތަށް ކުރި އަސަރުން ކައިލްގެ ދެލޮލުން ދިލަ ނަގައިގެން ދިޔައެވެ.
ސަލާމްކޮށްލުމަށްފަހު އެއްލި ކަޅިއަކުން އައްޒާމަށް އޭނާއާއި ރައިހާ އަށް ބަލަހައްޓައިގެން ހުރި ކައިލް ފެނުނެވެ. އެންމެ ހެޔޮ އެދޭ ރަޙުމަތްތެރިއެއްހެން އޭނާ ކައިލްގެ ނަމުން ގޮވާލަމުން ހަނާ އަޅާލިއެެވެ. ކައިލް އަށް ފުރަގަސްދީގެން ހުރި ރައިހާވެސް އެނބުރި ބަަލައިލިއެވެ.
އޭރު ކައިލް ހުރީ ހިތްހަލާކުވެފައިވާ ފަދައަކުން ރައިހާ އަށް ބަލަހައްޓައިގެންނެވެ. ދެންފެނުނީ ނަޒަރު ތިރިކޮށްލަމުން ކައިލް ހިނގާފައި އައިސް ކާރަށް އެރި މަންޒަރެވެ. ރައިހާ ހައިރާން ކަމާއެކީ އެއްފަހު އައްޒާމަށް އަނެއްފަހަރު ކާރަށް ބަލައިލެވުނެވެ. އައްޒާމް އަކީ ކައިލްގެ ގާތް ރަޙުމަތްތެރިއެއްނަމަ މަޑުނުކޮށް ކައިލް ދިޔައީ ކީވެކަމާމެދު އެހިތުގައި ސުވާލު އުފެދުނެވެ.
“ވަރަށް ވަރުބަލި ވެފަ ކަންނޭނގެ ކައި އެހެރީ.. ބާއި..” ނުތަނަވަސްވީ ހިނިތުންވުމެއް އައްޒާމަށް ރައްދުކުރުމަށްފަހު އޭނާގެ ޖަވާބަކަށްވެސް މަޑުކޮށްނުލާ އަވަސް އަވަހަށް ކާރާ ދިމާއަށް ރައިހާ ހިނގައިގަތެވެ.
ކާރަށް އަރާ ހަމަޖެހިލަމުން ހުންގާނުގައި ރައިހާ ހިފާލިއެވެ. އަދި ޖެހިގެން އިން ސީޓުގައި އިން ކައިލް އަށް ބަލައިލިއެވެ. އޭރު ކައިލް އޮތީ ސީޓުގައި ލެނގިލައިގެންނެވެ. ހެޑްސެޓް ކަންފަތަށް ޖަހާފައިވާއިރު ދެލޯ މަރައިގެން އޮތުމުން ރައިހާ އުނދަގޫކުރާކަށް ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ކާރު ސްޓާޓް ކޮށްލީ ކައިލް އަރާމުކޮށްލަން ބޭނުންވެފައި އޮތްހެން ރައިހާއަށް ހީވުމުންނެވެ.
ކާރު ލޮލުކޮޅަށް ގެއްލުނު މަންޒަރު ބަލަން ހުރި އައްޒާމްގެ ކަތުރު ކަށިގަނޑަށް ވާންވެ ދެއަތް މުށްކެވުނެވެ. ކައިލް ކާރަށް އެރުމުން މަޑުވެސް ކޮށްނުލާ ރައިހާ ދިޔަގޮތުން އެހިތުގައ ކައިލްގެ މައްޗަށް އޮތް އިޙްސާސްތައް ދެނެގަންނާކަށް އޭނާ އަކަށް އުނދަގުލެއް ނުވިއެވެ. ހަސަދަ ވެރިކަމުން އެހިތް ފުރިގެން ދިޔައީ އޭނާއަށް ވުރެ ކައިލްގެ ނަސީބު ރަނގަޅު ކަމަށް ހިތް ބުނުމުންނެވެ. އޭނާއަށް ނުލިބޭ އެތައް އުފަލެއް ކައިލް އަށް ލިބިފައިވާކަމަށް ޤަބޫލު ކުރެވުމުން އެ އުފާތައް ފޭރިގަަންނަން ބޭނުންވިއެވެ.
ގެއަށް ވަދެވުމާއެކު އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް ކައިލް ގޮސް ކޮޓަރިއަށް ވަނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ރައިހާވެސް ހުއްޓުން އަރާފައި ހުރީ ކައިލްގެ އަމަލުން ނަގަންވީ މާނައެއް ނޭނގިފައެވެ. އެހެން އެވީ ކައިލް މާވަރުބަލިވެފައި ހުރުމުންކަމަށް އަމިއްލަ ޒަމީރު ވިސްނައިދިން ނަމަވެސް ހިތުގެ ކަނަކުން ބުނަމުންދިޔައީ ކައިލް އެހުރީ ކަމަކާމެދު ހިތްހަމަނުޖެހިފައި ކަމަށެވެ. އިރުކޮޅަކުން ކައިލް ހަމަޖެހޭނެ ކަމަށް ވިސްނާފައި ރައިހާވެސް އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ކައިލްގެ މޫނުމަތިން ފެންނަނީ ކަމަކާ އުނދަގޫވެފައި ހުރި އަސަރުތަކެކެވެ. އައްޒާމް ރައިހާގެ އަތުގައި ހިފައިގެން ހުރިގޮތް ސިފަވުމުން ރުޅިއާއެކު ހިތާމަ އެ ދެލޮލުން ފާޅުވަމުން ދިޔައެވެ. އެއީ އައްޒާމް ނޫން ފިރިހެނެއް ނަމަ އޭނާއަށް އެކަމާ ރުޙެވުނީހެވެ. ނަމަވެސް އައްޒާމްގެ ނިޔަތް އޭނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ކުރިއެކޭވެސް އެއްފަދައިން މިހާރުވެސް އޭނާއަށް އުފަލެއް ލިބުމަށް އައްޒާމް ނޭދޭނެކަން ޔަޤީނެވެ. ކައިލް އެންމެ ހާސްވީ އޭނާގެ އަތުން ރައިހާ ބީވެދާނެތީއެވެ. އޭނާ އާ ޚިލާފަށް އައްޒާމް ހަށިގަނޑުގެ ގޮތުން ރީތިވެފާ އަންހެން ކުދިން ހިތްކަތިލުވާނެ އުކުޅުތައް ދަންނާނެއެވެ. އެފަދަ ޚިޔާލުތަކެއްގައި ކައިލް އަށް މުޅި ދުވަސް ހޭދަ ކޮށްލެވުނެވެ.
ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށްފަހު ރައިހާ ގޮސް ކައިލްގެ ކޮޓަރީ ޓަކި ދިނެވެ. ދެތިން ފަހަރަކު ދޮރުގައި ޖަހާލުމުން ކައިލް ދޮރު ހުޅުވާލިއެވެ.
“ކާން އަންނަންވީނު..” ރައިހާ ބެލީ ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ބެހެއްޓޭތޯއެވެ. ކައިލް ބަހެއް ބުނުމެއްނެތި ކޮޓަރިން ނިކުމެ ކާމޭޒު ދޮށަށް މިސްރާބު ޖެހިއެވެ. ރައިހާވެސް ކައިލްގެ ފަހަތުން އައިސް ގޮނޑީގައި ހަމަޖެހިލިއެވެ.
ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ރައިހާއަށް އިރުކޮޅަކާ ކައިލް އަށް ބަލައިލެވެއެވެ. މިރޭ ކައިލް ފެންނަނީ އެހެން ރޭރެ އަށްވުރެވެސް ހަމަހިނމޭން ކޮށެވެ. އެ ހަމަހިމޭންކަން ރައިހާއަށް އުނދަގޫ ކުރަމުން ދިޔަަނަމަވެސް މަޑުކޮށްގެން އިނީ ކައިލް ކައި ނިމެންދެންނެވެ.
ކައިލް ކައި ނިމިގެން އަތްދޮންނަން އިސްކޫރުދޮށަށް ކައިރިވެލުމުން ރައިހާވެސް އަވަހަށް ކެއުން ނިންމާލަމުން ކައިލްގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ކައި… އައްޒާމްް އެއީ..” ރައިހާގެ ވާހަކަ ޖެހުނީ މެދުކަނޑާލާށެވެ.
” ވަރަށް ވަރުބަލިވެފަ މިިހިރީ..ނިދަން މިދަނީ..” ކައިލް ރައިހާ އަށް ބަލައިލުމެއް ނެތި އައިސް ކޮޓަރިއަށް ވަނެވެ. ކޮޓަރި ދޮރު ޖެހުމާއެކީ ފާރުގައި ގޮށްމުށުން ޖަހާލެވުނެވެ. އައްޒާމްގެ ނަން އިވޭއިރަށް އޭނާގެ ލޭ ހޫނުވެގެންދެއެވެ. ހާއްސަކޮށް ރައިހާގެ ދުލުން އެނަން ބޭރުވުމުން އެހިތަށް ތަދުވެގެން ދިޔައެވެ.
ޖެހިގެން އައިދުވަހު ކޮލެޖުން ކައިލް ފެނުމާއެކީ އައްޒާމް އޭނާގެ ވިހަ ހިނިތުންވުމާއެކީ ކައިލްގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ސޯ ސޯ ސޮފްޓް..” އަމިއްލަ އަތް ހިތްލާލަމުން އެއަތަށް ބަލަހައްޓައިގެން ހުރެ އައްޒާމް ބުނެލި އިރު މޫނުމަތިން ފެނުނީ މަސްތުކަމެވެ.
ކައިލް އަށް ވަގުތުން އައްޒާމް ބުނި ޖުމްލައިގެ މާނަ ނަގައިގަނެވުނެވެ. އެދައްކަނީ ރައިހާގެ އަތުގެ ވާހަކަ ކަން އިނގުމުން ކައިލް އަށް މިފަހަރު ހިމޭނަކުން ނުހުރެވުނެވެ. އައްޒާމްގެ ގިރުވާނުގައި ހިފާލަމުން ފަހަތުގައި ހުރި ފާރަށް އޭނާ ތަތްކޮށްލިއެވެ.
“ބުނަން.. އަހަރެންގެ އަންހެނުންނާ ނުބެހި ހުރޭ! ތިކުރާ ކަމެއް އަހަންނަށް ކުރަންޏާ ކޮށްބަލަ.. ދެން ރައިހާގެ ގައިގަ ބީހިލިޔަސް އަހަރެންވެސް ކަލޭ ދުލެއް ނުކުރާނަން..” ކައިލްގެ ވާހަކަ އާއެކު އައްޒާމް ޖަހާލީ ހިނިގަނޑެކެވެ.
“ކީއްކުރެވޭނީ.. އަމިއްލަ ހަށިގަނޑު ލޯގަނޑު ކުރިމަތީ ހުރެފަ ބަލާލަބަލަ… އަހަރެން ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރާނީ” ކައިލް ފޮޅުވާލަމުން ފަހު ޖުމްލަ އައްޒާމް ބުނެލީ އިންޒާރެއް ފަދައިންނެވެ.
ކައިލް އުޅުނީ އަނެއްކާވެސް އައްޒާމްގެ ގައިގާ ހިފަހައްޓާށެވެ. ނަމަވެސް އެތަނަށް އައި ލެކްޗަރާ ދެމީހުންނަށް ކްލާހަށް ދިއުމަށް އެންގިއެވެ. އެކަކު އަނެކަކަށް ލޯ އަޅާލަމުން ދެމީހުން ދެފަރާތަށް ހިނގައިގަތެވެ.
ކައިލް ބަލާ އައިސް ކާރު ހުއްޓާލި ރައިހާ ކާރުން ފޭބިއެވެ. މިއަދު ކޮންމެހެނެއް ހަދާފައިވެސް ކައިލް އާ ވާހަކަ ދައްކަން ރައިހާ ބޭނުންވިއެވެ. ކައިލް އަށް އައި ބަދަލުގެ ހަޤީޤަތް ނުހޯދާ އޭނާއަށް ހިތްހަމަޖެހުމެއް ނުލިބޭނެވެ.
ކޮލެޖުން ނިކުން އައްޒާމަށް ޕޭމެންޓް މަތީ ހުރި ރައިހާ ފެނުމުން އަވަސް އަވަހަށް އެތެރެއަށް ބަލައިލީ ކައިލް ފެންނަން ހުރިތޯއެވެ. ކައިލްގެ ކްލާސް އަދި ނުނިމޭކަން އިނގުމުން އައްޒާމަށް ވިހަ ގޮތަކަށް ހިނިތުންވެލެވުނެވެ.
“ރައިހާ..” ރައިހާއަށް ބަލައިލެވުނީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭރު އައްޒާމް ފައި ކޮރު ޖަހަމުން ރައިހާ އާ ދިމާއަށް އަންނަން މަސައްކަތް ކުރަނީއެވެ. އޭނާގެ އަޑާއި ހަރަކާތުން ވަރަށް ބޮޑަށް ފަޔަށް ތަދުވާކަން ފެންނަމުން ދިޔައެވެ.
“ކިހިނެއްވީ ފަޔަށް..” ކަންބޮޑުވެފައި ރައިހާއަށްވެސް އައްޒާމާ ދިމާއަށް ދެވުނެވެ.
“ސިޑިން ފުރުޅާލީ.. އެއްޗެކޭ ހީނުކޮށް އަހަރެން ގެއަށް ލައި ދީފާނަންތަ؟” އައްޒާމް އޭނާގެ މޮޅު އެކްޓު ޖައްސަމުން މަޅީގައި ރައިހާ ޖައްސަން މަސައްކަތް ފެށިއެވެ.
“ކޮބާ ކައިލް..” ރައިހާ އަށް ދެފަރާތަށް ނަޒަރު ހިންގާލެވުނީ ކައިލް ބަހައްޓާފައި ދާން އެހިތް ނޭދޭތީއެވެ.
“ކައިލް ގެޔަށް ދާން ހިނގައިގެންފި އިރުކޮޅެއް ކުރިން” އައްޒާމް އޭނާ ހަދަމުން ދިޔަ ދޮގުގެ މައްޗަށް އަނެއްކާވެސް ދޮގެއް ހަދާލިއެވެ.
ރައިހާ ހައިރާންވީ ނަމަވެސް އައްޒާމް ދެއްކި ވާހަކަ ޤަބޫލުކުރެވުނީ ކައިލްގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން އިނގިފައިވާތީއެވެ. އެހިތް މާޔޫސްވީ ކައިލް އޭނާ އާ މެދު ހިތްހަމަ ނުޖެހިފައި ހުރިކަން ޔަޤީންވީމައެވެ. ވަގުތުން ކައިލްގެ ކައިރިއަށް ގޮސް އޭނާ އާމެދު ހިތްހަމަ ނުޖެހުނު ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް ކުރިމަތީގައި ހުރި އައްޒާމަށް ބަލާލުމަށްފަހު އެހެން ކަންތައް ކުރާކަށް އޭނާއަކަށް ނުކެރުނެވެ. އަމުދުން ކައިލްގެ ރަޙުމަތްތެރި އަކަށް އެހީނުވެ ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ.
“ހިނގާ ދާން..” ފުންނޭވާއެއް ލުމަށްފަހު ކާރާ ދިމާއަށް ރައިހާ ހިނގައިގަތެވެ. އެވަގުތު އައްޒާމްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެހިނިތުންވުމުން އެކަނިވެސް އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ދޭހަވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Salaam readers. Here is 23rd part of Vaashey mashaa eky.. let me knw ur opinions about this part too.. As always i really appreciate all ur support for this story.. B safe all and ly❤❤
oh no??.. plxx rai ah gothe nahadhaathi.. btw,mi part vx varah varah reethi.مشا الله??❤️ whn nxt part??
Also i noticed that i missed to reply some comments of 22nd part of this story.. i have now replied to all the comments..my apologies ?❤
no prob ?
Yesss varah reethi dhera gotheh nahadhachey Rai ah dhen Anna part dhigu kolladhecheyy ❤️❤️❤️❤️❤️❤️❤️❤️
Vrah vrah vrah reethi maashaa Allah ♥️♥️and it’s so interesting
مشاء الله❤️?❤️?❤️?❤️?❤️?❤️?
Mi part varah varah varah varah reethi vefa loabi??????????? Azzam gandaa Kail aa nubehibala?????????
Your right Sher. Azzam gandu Kail are nubehi hurebala dhw.??????????? Azzam gandu dheke haadha rulhi aadhey eyy
Hehe.. Izabell n Sher aa ehgothah wonder ves v rulhi aissa mi hunnayy Azzam dheke?
Thank soo much Sher. V ufaavejje mi part ves kamudhiyaeema.. ahaha.. dhw.. Azzam ah eba jeheyy rangalhu filaavalheh dheyn.. again so happy to c ur comment dear.. B safe n luv u?❤
Mashaa allah kaiel aie deragothae den nahadhacheyy abadhu aiegothae vaakae nuvaanu a fakeyrae. V strong kohlabala kaiel den kuriyae shaabaie thakuga
Ma Sha Allah, mihaaru varah varah reethi mi story mi dhaa goiyy ❤❤❤❤❤❤❤❤❤❤❤❤❤❤❤ varah interesting vejje ??????????????? when is next part ?????????? Am curiously waiting for next part ????????? ly
Thank sooo much Izabell.. Next part In sha Allah mirey submit kureveythoa mi balanyy.. thanks for ur undying support and love.. lym n b safe?❤
Varah habeys!!! Azzam Rai ah kameh kuriah nudhehchey!!! Whn nxt part??? Curiously waiting!!! Luv ya!!!
STAY ?
STAY SAFE
Thank u soo much No one. Hingaaba dhw Azzam kuran ulheyy kameh ves balaalan.. Next part In sha Allah tonight.. Happy to c ur comment again dear. Ly n b safe?❤
Replying for the pending comments. First Liyaa. Soo happy u liked this part dear.. kail n Raiha ah vaagotheh ves hingaa dhw balamaa.. kail strong kureveythoa wonder ves mi masaihkah kuranyy?. Kuriah huri parts ahves inthizaaru kuraane kamah unmeedhu kuran.. ly n b safe ?❤
Thank u soo much Ean.. v ufaavejje mi baives kamudhiyaeema.. happy to c ur comment again..let’s see what’s gonna happen next?.. B safe n ly?❤
Thank u soo much Love_reading. Raiha ah vaagoih hingaa dhw balamaa.. dhn oih baiga ingigen dhaane hama.. v ufaavejje dear ah mi part ves kamudhiyaeema.. really appreciate ur support.. next part tonight In sha Allah.. b safe n ly?❤
Hi Larkuu.. Soo happy that u likes this part.. Thank u soo much dear.. Raiha ag vaagotheh hingaa dhw balamaa.. Next part try kohlaanan ingey dhigu kohleveythoa.. ly n stay safe?❤