ނޭދެމޭ ވަކިވުމެއް-10

- by - 86- September 11, 2020

“އެކަމަކު އަޅުގަނޑު..” ޒޯޔާއަށް އައިވިން އެދުނު ކަންތަކާއި އެއްބަސްވާން އުނދަގޫވިއެވެ. އޭނާއަކީ މީހެއްގެ އަންބެކެވެ. ހިލޭ ފިރިހެނަކާއެކު އަތިރިމައްޗަށް އެކަނި ދިއުމަކީ ރަނގަޅުކަމަކަށް ނުވާނެއެވެ. މީހަކަށް ފެނިއްޖެނަމަ ހިކި ހޯލީގައި އަލިފާންހިފާލެކެއް ވުރެ އަވަހަށް ރަށު ތެރޭގައި ވާހަކަ ދަޢުރުވެގެން ދާނެއެވެ. ހާއްސަކޮށް އައިވިން ފަދަ މީހަކާއެކު އެގޮތަށް ބޭރަަށް ގޮސް އުޅެނިކޮށް ފެނިއްޖެނަމަ ދައްކާނެ ވާހަކަތައް ގިނަވާނެއެވެ. އަދި އެއަށް ފޮނި ތޮށްޓާއި ކާފޫރުތޮޅި އިތުރު ކުރާނެ ކަން ޒޯޔާއަށް ޔަޤީންވެއެވެ. އެއިން އެއްވެސް ޚަބަރެއް ޒަފަރް އަށް ލިބިއްޖެނަމަ ޒޯޔާއާ މެދު ކަންތައް ކުރާނެ ގޮތެއް ހިތަށް އަރުވާލަންވެސް އޭނާއަށް ދައްޗެވެ.

“އަހަރެން ޒޯޔާ ކައެއް ނުލާނަމޭ.. ހަމައެކަނި ޓުއަރ ގައިޑެއް ގޮތަށް ބީޗް ދައްކާލީމަ އެނިމުނީ.. ލަސްނުވެ އަނބުރާ އަންނާނަމޭ..” ޒޯޔާ އިސްޖަހައިގެން ހުރުމުން އައިވިން ވާހަކަ ދެއްކިއެވެ. އޭނާއަށް ޒޯޔާ ދާން އެއްބަސް ކުރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން މާ ކުރިންވެސް އިނގެއެވެ. އެހެނަސް އައިވިން އަކީ އޭނާ ބޭނުންވާކަމެއް ކުރުމަށް މަސައްކަތް ކުރާމީހެކެވެ. އެކަން ކުރެވޭނެ ހުރިހާ މަގެއް ކޮށާ އަލިކޮށްފައި ނޫނީ ހުއްޓާލުމަކީ އައިވިންގެ އުސޫލެއް ނޫނެވެ.

“އެންމެ ރަނގަޅު..އެކަމަކު..” ޒޯޔާ އިރުގަނޑަކު ވިސްނަން ހުރުމަށްފަހު އެއްބަސްވެއްޖެއެވެ. ހަޤީޤަތުގައި އޭނާއަށް ނޫނެކޭ ބުނަންވެސް ނުކެރުނީއެވެ. އޭނާގެ މަންމައަށް އެހީތެރިވި ފަރާތް އެންމެ ކަމަކު ބުނުމުން އެކަން ނުކޮށްދީ ދޫކޮށްލާކަށް ޒޯޔާއަކަށް ނުކެރުނެވެ.

“އެކަމަކު ކިހިނެއްވީ..؟ ” ޒޯޔާ ދާން އެއްބަސްވުމާއެކު ލިބިގެންް ދިޔަ އުފާވެރިކަމާއެކުވެސް ޒޯޔާ ދެންބުނާނެ އެއްޗަކާ މެދު އޭނާ ހާސްވިއެވެ.

“ދާ މަގު ވަރަށް އަނދިރި ވާނެ.. މައްސަލައެއް ނެތްތޯ؟” ޒޯޔާ ސުވާލު ކުރުމާއެކު އައިވިން އެއީ އެއްވެސް ކަމެއް ނޫންކަމަށް އަވަސް އަވަހަށް ބުނެލިއެވެ.

ޒޯޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ. ބޮޑުމަގުން ރަށުގެ އަތިރިމައްޗަށް ފޭބުމުގެ ބަދަލުގައި ޒޯޔާ އިޚްތިޔާރުކުރީ އަނދިރި މަގަކުން ދިޔުމަށެވެ. ރަށުގެ މީހުންގެ ލޯތަކުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާތީއެވެ. އިރުކޮޅެއްތެރޭ ތައްޔާރުވެގެން ތިރިއަށް އެބަ ފައިބަން ކަމުގައި ބުނެ ޒޯޔާ ކޮޓަރިތެރެއަށް ވަނެވެ.

އައިވިން ވެސް އަވަސް އަވަހަށް އެތެރެއަށް ވަދެ ތައްޔާރުވާން ފެށިއެވެ. ކަޅު ކުލައިގެ ޕްލޭން ޓީ ޝާޓަކާއި ކަޅު ޖީންސް އެއް ލުމަށްފަހު އައިވިން އޭނާގެ ގަޔަށް ސެންޓު ބުުރުވާލަމުން ފޯނު ހިފައިގެން ތިރިއަށް ފައިބަން އަވަސްވެ ގަތެވެ.

ގެސްޓް ހައުސްގެ ބޭރަށް ނިކުތުމަށްފަހު އައިވިން ހުރީ ގަސްތައް ކައިރީ ހުއްޓިލައިގެންނެވެ. އިރުކޮޅެއްނުވެ ގަސްތަކުގެ އަނެއްފަރާތުން މީހެއްގެ ހިލަން ވުމާއެކު އައިވިން އެދިމާއަށް ބަލައިލިއެވެ. އޭރު ޒޯޔާ އައިވިން އާ ދިމާއަށް އަންނަނީއެވެ.

މުށި ކުލައިގެ ކަކުލާ ހަމައަށް އަރާ ކުރުތާ ހެދުމަކާއި ދޫ ކަޅު ޖީންސެއް ލައިގެން ޒޯޔާ ހުރި އިރު އޭނާގެ ފަން އިސްތަށިކޮޅު ވަނީ އަސްލާލާފައެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއްގެ އަސަރު ނުވާއިރު ފެންނަނީ ނުހަނު ސާދާކޮށެވެ. އެހެނަސް އައިވިން އަށް ޒޯޔާއާ ދިމާއަށް ބަލައިލެވުނީ ކުރިން އޭނާއަށް ފާހަގަ ނުވާ ރީތިކަމެއް ޒޯޔާގެ ކިބައިން މިރޭ އޭނާއަށް ފެންނަމުން ދާތީއެވެ. ދެތިން ފަހަރަކު އައިވިން އަށް އޭނާގެ ލޯ މަރާލާފައި ހުޅުވާލެވުނީ އެއީ އޭނާއަށް ހީވާ ހީވުމަކަށް ވެދާނެތީއެވެ. އެހެނަސް އޭނާއަށް ފެންނަމުން ދިޔަ ގޮތް ބަދަލެއް ނުވިއެވެ. ޒޯޔާގެ އެ ސާދާ ސީދާ މޫނު އޭނާއަށް ރީތިވެއްޖެއެވެ. ކަޅި ރަވަ ރީތިވެފައި އެސްފިޔަތަށް ދިގުނޫނަސް އެލޮލުން އޭނާއަށް ފެންނަނީ މަޢުސޫމު ކަމެވެ. އެ ކުޑަ ކުޑަ ތުންފަތުގައި މަސްތުކުރިވަނިވި ގޮތެއް ނެތަސް އެ ތުންފަތް ހިނިތުންވުމަކަށް ދެމިލާ ކޮންމެ ފަހަރަކު އެހިތް ބޭޤަރާރުވެދެއެވެ.

“ހިންގަވަންވީނޫންތޯ..” އައިވިން އަށް ހަމަބިމަށް އާދެވުނީ ޒޯޔާގެ އަަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ބޯ ޖަހާލަމުން ޒޯޔާގެ ފަސް ފަހަތުން އައިވިން ހިނގައިގަތެވެ.

ދެފަރާތުން ރުށްގަސް ހެދިފައިވާ ހިމަ މަގަކުން ޒޯޔާ ކުރިއަށް ދަމުން ދިޔައެވެ. އައިވިން ވެސް ފަރާތް ފަރާތަށް ކަޅި ހިންގަމުން ޒޯޔާގެ ފަހަތުން ކުރިއަށް ދަމުން ދިޔައެވެ. ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް އެމަގަކު ނުވެއެވެ. އައިވިން ހުރީ އެހިމަ، އަނދިރި މަގުން ދާންޖެހުމުން ޖެހިލުން ވެފައެވެ. އޭނާއަކީ އެފަދަ ތަންތަނަށް ދުވަހަކުވެސް އައި މީހެއް ނޫނެވެ. ފޯނުގެ އަލިން ތަނަށް އަލިކޮށްލަން ކިތަންމެ ބޭނުންވިޔަސް ޒޯޔާގެ ކުރިމަތީ އޭނާގެ ފިނޑިކަން ހާމަކުރާކަށް ބޭނުމެއްނުވިއެވެ.

ކުއްލިއަކަށް އައިވިން ކައިރިން ގަސްގަނޑެއް ހެލިލި އަޑު އިވުމުން އައިވިން ބިރުން ހިތްނުހުއްޓުނީ ކިރިޔާއެވެ.

“ކޮ.. ކޮ.. ކޯއްޗެއް އެއީ؟” އެއް އަތް މެޔާލައި ހުރަސްކޮށްލައިގެން ހުރެ އަނެއް އަތް ގަސްގަނޑަށް ދިއްކޮށްލަމުން އައިވިން ސުވާލު ކުރި އިރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ.

“ނޭނގެ.. މިއީ ވަލުތެރެ ވީމަ އެކި ކަހަލަ ދިރޭ އެއްޗެހި އުޅޭނެ..” ޒޯޔާ އަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. މަގުގެ ކުރިއަށް އަނެއްކާވެސް ޒޯޔާ ހިނގައިގަތެވެ.

އައިވިން ހިންދިރުވާލަމުން މީހާ ހަމަޔަކަށް އެޅެން މަސައްކަތް ކުރިއެވެ. ޒޯޔާ އަނދިރި މަގަކުން ދާވާހަކަ ބުންޏަސް ވަލު ތެރޭން ލާފައި އޭނާ ގެންދާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ޒޯޔާގެ ފުރަގަހުގައި ހުރެ ޒޯޔާއާ ދިމާއަށް ލޯ އަޅާލުމަށްފަހު އައިވިން ބާރަށް ހިނގައިގަތީ ޒޯޔާއާ އެއްވަރު ކުރުމަށެވެ.

“ދެން އިރުކޮޅަކުން ނިކުމެވިދާނެ އަތިރިމައްޗަށް..” ޒޯޔާ އެހެން ބުނުމާއެކު އައިވިން އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭރު ރާޅުތައް ބީއްސާއަޑު ސާފުކޮށް އައިވިން އަށް އިވެމުން ދިޔައެވެ.

މަގު ނިމޭހިސާބަށް އާދެވުން އިރު އަތިރި މަތި އޮތީ ރީއްޗަށް ފެންނާށެވެ. ޒޯޔާގެ ފަހަތުން އަތިރި މައްޗަށް ފައިބަން އައި އައިވިންގެ ކައިރީގައި ހުރި މިދިލިގަހުން ކުއްލިއަކަށް ވާތަށް ހޭރިގެންފިއެވެ. އައިވިން އަށް ވީގޮތްވެސް ނޭނގުނެވެ. ހަޅޭއްލަވައިގަތުމަށްފަހު ދުވެފައިގޮސް ޒޯޔާގެ ފަހަތުން އޭނާގެ ގައިގާ ބާރަށް ބައްދައިގަތެވެ.

އައިވިން އައިސް އޭނާގެ ގައިގާ ބައްދައިގަތުމުން ޒޯޔާއަށް ލިބުނު ސިހުމާއެކު ހުރިތަނަށް ގަނޑުވިއެވެ. ޒޯޔާގެ ކަނާއަތު ކޮނޑުގައި އައިވިންގެ ދަތް ދޮޅި ޖައްސާލާފައިވާއިރު އޭނާގެ ދެއަށް ޒޯޔާގެ މެޔާ ދިމާއިން ބަނޑުމަތީ ބާރުކޮށްލާފައި ވެއެވެ. އެވަޤުތު އައިވިންގެ ހިތުގެ ތެޅުންވެސް ޒޯޔާއަށް އިޙްސާސްކުރެވެމުން ދިޔައެވެ.

“އައި..ވިން..” ޒޯޔާއަށް ލަސް ލަހުން ގޮވާލެވުނެވެ. އައިވިން ބައްދައިގެން ހުރިލެއް ބާރުކަމުން އޭނާއަށް ހުރީ ހަރަކާތެއްވެސް ކޮށްނުލެވިފައެވެ.

ބިރުން ދެލޯ ތަގުޅިކޮށްގެން ހުރި އައިވިން އަށް ހަމަހޭވެރިކަންވީދެނެވެ. ލޯ ހުޅުވާލެވުމާއެކު އޭނާއަށް ހުރެވުނު ގޮތް ރެޔަކާލައި ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ޒޯޔާގެ ގައިން ދުރުވެލަމުން އިސްދަށަށް ޖަހާލިއެވެ. ޒޯޔާއާ ހަތަރު ކަޅި ހަމަކުރަން ނުކެރިފައި ހުރެ އައިވިން އޭނާގެ އަތް ނިއްކުރީގައި ޖައްސާލަމުން ދެލޯ މަރާލީ ކުރެވުނު ކަންތަކާއިމެދު އަމިއްލަ ނަފްސަށް އަޑުލަމުންނެވެ.

ޒޯޔާ އިސްޖަހާލައިގެން ހުރީ ދެންމެ ވީ ކަންތަކަށް ފަހު ދެން ހަދާނެ ގޮތެއް ނޭނގިގެންނެވެ. އެހެނަސް އައިވިން ހަޅޭއްލަވައިގަނެފައި އައި ގޮތް ސިފަ ވުމުން ޒޯޔާއަށް ނުހީ ނުހުރެވުނެވެ. އަވަސް އަވަހަށް ތުންފަތް ބައްދާލިނަމަވެސް ކޮންމެވެސް ވަރަކަށް ދެތުންފަތް ދޭތެރެއިން އަޑު ބޭރުވެގެން ދިޔައެވެ.

ޒޯޔާ ހީލި އަޑު އިވުންހެން ހީވެ އައިވިން ޒޯޔާގެ މޫނަށް ބަލައިލިއެވެ. އޭރު ހުނުން ހިންދަން މަސައްކަތް ކުރާހެން ޒޯޔާ ތުންފިއްތާލައިގެން ހުއްޓެވެ. އެތަން ފެނި އައިވިން އަށް އެއްމިޔަކަނުން ހީލެވުނު އިރު ލަދުވެތި ގޮތަކަށް ބޮލުގެ އިސްތަށިގަނޑާ ކުޅެލިއެވެ.

“ހި..ހިނގާ އެދިމާއަށް ދަމާ..” ކަމެއްނުވާ ކަމަށް ހަދާފައި
އައިވިން މޫދާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޒޯޔާ ވެސް ހުނުން ހިންދާލުމަށްފަހު އަވަސް އަވަހަށް ބޯ ޖަހާލީ ތިބެވުނު ލަދުވެތި ހާލަތުން އަވަހަށް ސަލާމަތްވުމަށެވެ.

އައިވިން އަށް މުޅި ސަރަހައްދަށް ނަޒަރެއް ދެވުނީ އެހިނދެވެ. ހަނދުވަރުގެ ރިހި އަލިން މޫދުގެ ލޮނުގަނޑުވަނީ ހުޅުދާން ވެފައެވެ. އުޑުމަތީގައި ބޮނޑި ބޮނޑިއަށް ފިޔަ ޖަހަމުން ދިޔަ ޔާގޫތު ތަކެއްފަދަ ތަރިތައް ފެނުމުން ހީވަނީ ހުރިހާ ތަރިތަކެއް އެއް ތަނަކަށް ޖަމާވެފައިވާ ހެންނެވެ.

“ވާއު..” އައިވިން ހަޤީޤަތުގައިވެސް އާޝޯޚް ވިއްޔެވެ. އުޑަށް ބަލަހައްޓައިގެން ހުރި އައިވިން އަށް ބަލަން ޒޯޔާއަށް ހުރެވުނު އިރު އޭނާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ދުވެލިއެވެ.

“އަހަރެން ހިޔެއް ނުކުރަން މިހާ ރީތިވާނެ ކަމަކަށް ޒޯޔާ ބުންޏަސް… މިހާރު ހިތަށް އަރާ ކުރިން ރަށަކަށް އައިސް މިކަހަލަ ރީތި މަންޒަރެއް ބަލާނުލެވުނީ ކީއްވެބާއޭ..” މަޑު ދޮންވެލި ފަސްގަނޑުގައި ޒޯޔާއާ އެއްވަރަކަށް ހިނގަމުން އައިވިން ވާހަކަ ދެއްކިއެވެެ.

“އައިވިން ރަށްރަށަށް އައިސް ނަހަދަންތޯ؟” ޒޯޔާ ސުވާލު ކުރުމާއެކު އައިވިން ބޯޖަހާލިއެވެ.

“އަހަރެންމީ އެހާ ރަށްރަށަށް އަންނަ ހިތްވާމީހެއް ނޫން.. ގޮތެއް ނެތިގެންނޫނިއްޔާ ރަށަކަށް ނާންނަން.. ރަށަކަށް އަންނަ ފަހަރަކުވެސް ރަށު ތެރެ ބަލާލަން ގޮހެން ނަހަދަން..އަސްލު..” އައިވިން ވަކި ހިސާބަކަށް ވާހަކަ ކުރިއަށް ގެންގޮސް ހުއްޓާލިއެވެ. އައިވިންގެ ވާހަކަތައް އަޑު އަހަމުން ކުރިޔަށް އައި ޒޯޔާއަށް އައިވިން އާ ދިމާއަށް ބަލާލެވުނީ ހުރި ފިޔަވަޅު މަތީ އައިވިން ހުއްޓުމުންނެވެ.

“ކިހިނެއްވީތޯ..” ޒޯޔާ ކުޑަކޮށް ހާސްވެ ހުރެ އައިވިން ކުރެން އެއްސެވެ.
.
އައިވިން އަށް ބަލައިލެވުނީ ސީދާ ޒޯޔާގެ މޫނަށެވެ. ޒޯޔާގެ ކުރިމަތީ އޭނާގެ އިޙްސާސްތައް އެއްވެސް ހިފެހެއްޓުމެއްނެތި ބަންޑުން ކޮށްލެވެނީ ކީއްވެބާއެވެ. އެ އަންހެއްކުއްޖާގެ ކައިރީ އޭނާގެ ހުރިހާ ސިއްރުތަކާއި ވާހަކަތައް ހިއްސާކުރަން ފަސްނުޖެހެވެނީ ކީއްވެބާއެވެ. ޒޯޔާ އޭނާގެ އުސޫލުތައް ބަދަލުކޮށްލައިފިއެވެ.

އައިވިން މަޑު މަޑުން ދެފަރާތައް ބޯ ހޫރިވާލީ ކަމެއް ނުވެއޭ ބުނާ އުސޫލުންނެވެ.

“ހިނގާ ގެއަށް ދަމާ ދެން.. މާ ލަސްވެއްޖެ އެންނު..” އަތިރިމައްޗަށް އައިތާ މާގިނަ އިރު ނުވިޔަސް އައިވިން ބޭނުންވީ ގެޔަށް ދާށެވެ. ކީއްވެކަމެއް ނޭނގި އޭނާގެ ހިތަށް އުނދަގޫވަނީއެވެ. އެއްކޮޅުން ޒޯޔާއާއެކު އެތަކެއް ވަޤުތު ތަކެއް ހޭދަ ކުރުމަށް އެހިތް އެދި ގޮވަނީއެވެ. އެހެނަސް އެ އަންހެންކުއްޖާ އެއީ އެހެންމީހެއްގެ ހައްޤެއް ކަމަށް ވިސްނައިދީ އޭނާއާ ދުރުގައި ހުރުމަށް ސިކުނޑި އިންޒާރު ދެނީއެވެ.

އައިވިންގެ ޡަބީއަތަށް ބަދަލު އައިހެން ޒޯޔާއަށް ހީވިއެވެ. އަނެއްކާ ކޮށްގެން ނުވާނެ ފަދަ ސުވާލެއް އޭނާއަށް ކުރެވުނީބާވައެވެ. ނަމަވެސް ޒޯޔާ އިތުރު އެއްޗެކޭ ނުބުނެ ގެޔަށް ދިއުމަށް އެއްބަސްވެއްޖެއެވެ.

އައި ކޮޅަށް ހިނގައިގަންނަން އުޅުނު ޒޯޔާ އަށް އޭނާގެ ބަނޑުގައި އަތް ޖައްސާލެވުނީ ދަރިފުޅު މާ ބޮޑަށް ތޮޅެލުމުންނެވެ.

ބަނޑުގައި އަތް ޖައްސައިގެން ހުރި ޒޯޔާ ފެނުމުން އައިވިން ހާސްވެއްޖެއެވެ.

“ކިހިނެއްވީ؟ ބަނޑަށް ތަދުވަނީތަ..؟” ކަންބޮޑުވުމާއެކު އައިވިން އަށް ސުވާލު ކުރެވުނެ އިރު ޒޯޔާގެ ބަނޑުގައި އޭނާއަށް އަތްޖައްސާލެވުނެވެ. އައިވިން އަށް ވެސް އެ ތުއްތު ފުރާނައިގެ ހަރަކާތް އިޙްސާސް ކުރެވިގެން ދިޔަައެވެ. އެކަން ވެގެން ދިޔައީ އައިވިން އަށް މުޅިން އާ ތަޖުރިބާއަކަށެވެ. ބުނެދެން ނޭނގޭފަދަ އިޙްސާސެއް އޭނާއަށް ކުރެވިގެންދިޔައެވެ. ޒޯޔާއަށް ބަލާލެވުނު އައިވިންގެ ހިތް ކުލުނުން ފުރިގެންދިޔައެވެ.

-ނުނިމޭ-

86

Wonder

- Writing is an art. And Art is a way of survival- Author of vaashey mashaa eky.

You may also like...

33 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Hellow dear readers. Happy Friday to ur all! finally here is the 10th part of neydhemey vakivumeh.. Hope u all will like this part too.. let me know what u all think abt this part and pls point out my mistakes.. As always thank u all the readers for the support and the encouragement . Have a safe day. Enjoy reading 😊❤❤

  2. Me first thrr❤️ wow mi part vess hama awesome….. I love reading wonder ge stories😍😍….. Don’t usually comment… I guess this is my first comment on ur story…. Curiously waiting for the next… Tc❤️❤️❤️

    1. Yess. U r first NeeL. Congrats.. soo happy to know that u like my stories.. yess.. I also think this is ur first comment. Realy Happy to see a comment from a new reader. Thank u for the support.. u too tvgc 😊❤

  3. woooow this story is so nice ….. wonderrrrrr ur the best story writer … cant wait for next part
    abadhu ves wonder get stories kiyan… hehehe
    keep it up dear
    happy friday

    1. Thank u soo much rAni.. v ufaavejje dear ah mi part kamudhiyaeema.. awwn..thank u soo much for the compliment.. but actually i have a lot to improve even to get close being a great writer.😊 V ufaavejje wonder ge vaahaka thah kiyaakah ingunyma..thanks for the support. 😊❤

  4. Omg😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Wonder🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 Hama huvaa bunaane ekahches hithakah nai😘😘😘😘😘😘😘😘😘😘 ماشاءالله💕💕💕💕💕💕💕💕💕💕💕💕🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤💯💯💯💯💯💯💯💯💯💯💯💯💯💯💯 Mihaaru neynge reethi thankolhehves faahaga kuraakah mi vaahakaige konme manzareh sifa kohdheefa hunna leh varah varah varah varah varah varah varah varah varah varah varah varah Furihama💯💯💯💯💯💯💯💯💯💯💯 Wonder thee hama best💕💕💕💕💕💕 aah Aivin aa Zoya👌👌👌 so cute ❣️❣️❣️ Rai aa Kai mathin miss vejjey😭😭😭😭😭😭😭😭😭😭😭😭😭😭😭 Wonder mihaaru hama varah varah varah molhuvejje🤩🤩🤩🤩🤩🤩🤩🤩🤩💕💕💕💕💕💕💕💕💕💕💕💕💕💕💕💝💝💝💖💖💖💗💗💗💓💓💓💞💞💞💕💕💕💟💟💟❣️❣️❣️❤️❤️❤️🧡🧡🧡💛💛💛💚💚💚💙💙💙💜💜💜👏👏👏💐💐💐💐🌸🌸🌸🌸💮💮💮💮🏵️🏵️🏵️🏵️🌹🌹🌹🌹🥀🥀🥀🥀🌺🌺🌺🌺🌻🌻🌻🌻🌼🌼🌼🌼🌷🌷🌷🌷 Tc&stay safe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘😘😘😘

    1. Hehe..thank you thank you soo much sher.. ur compliments really made my day but honestly i believe that i still have a lot to improve😊. Same dear.. i still miss my first story and the characters.. i guess first will always be special dhww. Dear ah mi bai ves kamudhiyaeema v ufaavejje.. thanks again n u too tvgc and stay safe dear 😊❤

  5. O wow wonderful…. Varah happy night eh
    Dhw…. Aivin n Zoya ah… Zoya vihan v tha…
    BTW varah wonder…. Curiously waiting….. TC…..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank u soo much Black pink..yess dhw.. it’s gonna b a memorable night for both of them. No dear.. adhi she is only 5 montha pregnant.. they just felt the baby moving. Next part avahah up kohla dheveythoa balaanan ingey. U too tvgc dear😊❤

  6. ❤️Mi part ves vrh Sali ❤️
    ❤️Masha Allah❤️
    ❤️Aivin govaagen Hama beach ah dhaan ❤️jehuny dhw zoyaa ah heheh❤️
    ❤️Aivin haadha fidi ey dhw❤️
    ❤️And aivin zoyaa gaa gaa bahdaali❤️ thankoo ❤️vrh cute and lwbi hehheehh❤️
    ❤️Last thankoo ves cute vrh ❤️
    ❤️Waitin❤️for the next part❤️
    ❤️Luv uuuu❤️
    ❤️Stay safe sis❤️

    1. Sis
      Aish personal reason akaa hadhaagen cmnt eh nukurevey and Aish buny sis kaari bunaashoo sis deke loabi veyoo vrh bodah and miss ves vaane yooo and Aish ge full support libeyne vaahak dhen vakivaan jeheythee dera vaahaka ves buni and cmnt nukuriyas mi stry kiyaane vaahaka ves buni

    2. Alhey.. If u can pls tell her that I’ll miss her a lot.. and the comment section v falhuvaane ey bunaathi Aish ge comment aa nulaa.. tell her I’ll be waiting to c a comment from her soon.. n tell her that im really very thank ful for the support she’s giving for the story.. n say that i love her morre😊❤

    3. Yahh Wonder sis Aish personal kameh dhimaavegen Aish ah comment nukureveyne vaahaka buny..Ekam vaahaka gavaidhun kiyaanamey buni.. N Aish sis dheke V V loabi veyo

    4. Yess.. Tell her i love her more ingey if u can dear. N tell her that im really thankful for the support and I’ll miss her a lot..😊❤

    5. Thank u soo much Ril.. v ufaavejje dear ah mi part ves kamudhiyaeema.. yess..wonder ah noonekey bunaakah nukerun dhw..hehe.. i tried to make there presence a bit funnyy..glad u find it cute. Next part avahah up kohleveythoa balaanan ingey. Lym dear..u too stay safe😊❤

  7. Wow….maashaa Allah this part is really nice
    Varah dhuvahah fahu dhw comment eh mi kohlevuny
    School work ga busy kamun I don’t get time to comment
    But story kiyan
    Hurihaa part thakeh vxx really really nice
    Curiously waiting for the next part
    Lysm and tc
    Wonder
    💜💜💞💞💕💕♥️♥️🥰🥰😍😍😘😘💯💯💯💯

    1. Hellloww Een..yesss.. v gina dhuvasfahun dear ge comment eh mi fenunyy.. vvv ufaavejje comment eh kohleema.. n soo happy that u liked this part.. it’s okay dear.. kiyavaa iru v bsy vaane kan ingey..focus on study’s ingey.. free time ga vaahaka kiyaaleema rangalhu vaane. Lym dear.. u too tvgc😊❤

  8. ❤️❤️❤️❤️Ohh wow Maasha allah v reethi mi part vx sis
    Aivin maa rangalhu Zoya ah.. Zoya Aivin aa marry kuran veenu avahah.. Plx Zoya aa Aivin aa marry kohba.. Aivin maa rangalhu vaane kaneyge baby ah vx
    Curiously waiting for nxt part sisoo
    Stay safe dear
    ❤️❤️❤️❤️Lyyyyyyysssssmmmmm

    1. Thank u soo much LamHaa.. v ufaavejje dear ah mi part kamudhiyaeema. Hehe..hingaa dhw zoaya and Aivin ge life kuriyah dhaagoih balamaa.. i think the same dear.. He’ll b wayyyy better than zafar dhw.. u too stay safe dear. Lymmmm😊❤

  9. Masha allah😍😍😍😍😍😍😍😍😍😍😍😍😍 varah varah reethi mi part vx❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯💯💯💯💯 comment nukuriyas hurihaa part ehvx kiyan😁😁.. fav story thaku thereyn eh story mee💙💙💙💙💫💫💫💫💫💫… waiting for the next part😙😙😙.. when next?
    Luv u wonder.. #stay safe, #stay home💋💋

    1. Thank u soo much maii. V ufaavejje mi bai kamudhiyaeema.. n soo happy to knw that u read this store and is one of ur fav. Next part day after tomorrow up kohla dheveythoa mi balany.. lym dear.. u too stay safe😊❤

  10. Alhey wonder dhooney v v reethi mi part vx Hama thali hikifa.. OMGGG.. AIVIN???? Keehthikuree.. Ohh God Haadha bireh ganeyey dhw😀😀😀😀😀😀😀Hehehe.. Zafar aa Hama ah thivaahaka nufoaraafihyya Kithanme Haa vx rangalhu.. Love you so much dhoonigadooo.. No one can image how much i will miss my wondering wonder
    😭😭Aish buny wonder sis kaireega bune dheebalaashw.. N Aish buny comment thah kiyaafa V dheraveyo

    1. Wonder sis mi comment mi kury Aish buni gothah.. Aish buny wonder sis mathin v v miss vaane.. Love you so much sis..

    2. Wonder ah ingijje ey kiyaalaafa ves Aish ge comment eh kan.. will miss herr a lot too.. Hope I’ll b able to c a comment from her soon😊❤

    3. Awwwn.. Aish I’ll miss u too dear.. Even tho i dnt knw ur personal reason i hope u’ll soon b able to comment for the story… Will really miss u dear.. N lymmm.. thanks LamHaa for this dear😊. Tell her that im really happy that she liked this part too😊❤

  11. Varah Varah Varah Varah reethi ❤️❤️❤️❤️
    Maa sha Allah ❤️🥀❤️🥀❤️🥀❤️🥀❤️🥀❤️
    Curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️Aivin so cute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love you wonder ❤️❤️ take care ❤️❤️❤️
    ❤️❤️❤️❤️Stay home and stay safe❤️❤️❤️

    1. Thank u soo much Livyy . v ufaavejje mi bai ves dear ah kamudhiyaeema.. hehe.. yes he is cute dhw.. lym dear.. u too stay safe n tvgc😊❤

  12. I hope nxt part will be come soon…
    Varah ufaavey avahah story up kohdheythee…..
    Im very proud of u…. ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Thanks wonder…… TC.. Again..

Leave a Reply

Your email address will not be published.