Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-9

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 9, 2020 6 Mins Read
23 Comments

ޒޯޔާ އެނބުރި ޒަފަރްގެ ގެޔަށް އައީ ދެދުވަސް ފަހުންނެވެ. އޭނާގެ މަންމަ މުޅިން ހަމަޔަކަށް އެޅުނީމައެވެ. މަންމަ ކަައިރީގައި ދިރިއުޅެން ކިތަންމެ ބޭނުންވީނަމަވެސް އެކަމަކަށް ހާލަތު އޭނާއަކަށް ތަނެއް ނުދެއެވެ. މީހެއްގެ ފަރާތުންވެސް އޭނާ ގެޔަށް ނާންނަ ޚަބަރު ލިބިއްޖެނަމަ ޒަފަރް އޭގެ ބަދަލު އޭނާއަށް ދޭނެކަން ޒޯޔާއަށް އިނގެއެވެ.

ގެޔަށް އާދެވުމާއެކު ޒޯޔާ ބެލީ ގެފޮޅާ ސާފުކުރެވޭތޯއެވެ. ގޭގެ ދޮރުމަތި ކުނިކަހާ ގަސްތަކަށް ފެންދީ ނިންމާލެވުނު އިރު އޭނާ ހުރީ ވަރުބަލިވެފައެވެެ. މާބަނޑު ދުވަސްވަރު ކަމުން ކިތަންމެ އާދައިގެ ކަމެއް ކޮށްލިޔަސް ޒޯޔާ ހުންނަނީ މާބޫލާ ގޮތްވެފައެވެ. އެހެންކަމުން ގޭގެ ހުރިހާ މަސައްކަތެއް އެކަނި ކޮށް ނިންމާއިރު ޒޯޔާ ހުންނަނީ މާބޮޑަށްވެސް ވަރުބަލިވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ އޭނާ ޝަކުވާއެއް ނުކުރެއެވެ.

ވޯކްޝޮޕްގެ ދުވަހުގެ ތާވަލު ނިންމާލާފައި ޓެކްސީގައި އައި އައިވިން އަށް ޒޯޔާ ފެނުމުން ހުއްޓުން އެރިއެވެ. ބުނެދެން ނޭނގޭ އުފާވެރިކަމެއް އެހިތުގައި ދުވެލިއެވެ. ޤަބޫލު ކުރަން ބޭނުންނުވިޔަސް ޒޯޔާ ނުފެނި އޭނާ ހޭދަކުރި ދެދުވަހު އައިވިންގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަމެވެ. ކަމެއް ކުރާހިތްނެތި މީހާ ގަބުވެފައި އިނދެވުނީއެވެ. އެހެނަސް ޒޯޔާ ފެނުމާއެކު އޭނާގެ ނިދާފައިވާ ޖިސްމު ހޭލިފަދައެވެ. ހަށިގަނޑަށް ތާޒާކަމާއި ދިރުން ލިބިއްޖެއެވެ.
*******

ރޭގަނޑުގެ ވަޤުތެވެ. އައިވިން ހުރީ ބެލްކަނީގައި ހުއްޓިލައިގެންނެވެ. ފަހަކަށް އައިސް އޭނާގެ ހުސް ވަޤުތު ތަށް ހޭދަ ކުރެވެނީ އެތާއެވެ. އޭގެން އެންމެ ބޮޑު ބޭނުމަކީ ނޫންގޮތަކަށްވެސް ޒޯޔާ ދެކިލުމެވެ. އައިވިން އެހެން ހުއްޓާ ނޭނގި އޭނާގެ ނަސީބު އަތުގައި ހިފައިފިއެވެ.

ޒޯޔާ ބެލްކަންޏަށް ނިކުތީ ހިތްކަން އަޅާފައި ހުރި ފައިފޮހި ތަށް ނެގުމަށެވެ. އެހެނަސް އޭނާއާއި ޖެހިގެން ހުރި ބެލްކަނީގައި ހުރި އައިވިން ފެނުމުން ޒޯޔާ ގަނޑުވިކަހަލައެވެ. އައިވިންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން ޒޯޔާގެ އަތްފައި ފިނިވެގެން ދިޔަކަން އިޙްސާސްކުރެވުނެވެ.

ހަދާނެ ގޮތެއް ނޭނގައިފައި ހުރި ޒޯޔާ އަވަސް އަވަހަށް އިސްތިރި ކޮށްލަމުން ހިތްކަން އަޅުވާފައި ހުރި ފައިފޮހިތައް ނެގުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އައިވިން އަށް ޝުކުރު އަދާކުރަން ބޭނުންވިނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

“ޒޯ…ޔާ..” ޒޯޔާ ފަސް އެނބުރުމާއެކު އިޚްތިޔާރަކާ ނުލާ އައިވިން އަށް ގޮވާލެވުނެވެ. އޭނާގެ ހިތްވެސް ޒޯޔާ ކުރިމަތިން ގެއްލިގެންދާން ބޭނުންނުވާފަދައެވެ.

އައިވިންގެ ފިރިހެންވަންތަ ބަރު އަޑު އިވިގެން ދިޔުމާއެކު ޒޯޔާ ހުރި ފިޔަވަޅު މަތީ މަޑުޖެހުނެވެ. ވަޤުތުން ދެލޯ ބޮޑުކޮށްލެވުނީ އައިވިން އޭނާއަށް ގޮވަންޖެހުނު ސަބަބަކާމެދު ސުވާލު އުފެދި ހުރެއެވެ. މަޑު މަޑުން ކުރިމައްޗަށް އެނބުރުނު އިރު އައިވިން އާއި ޒޯޔާގެ ހަތަރު ކަޅި ބައްދަލުވިއެވެ.

“މަންމަަ..މަންމަ ކިހިނެތް މިހާރު..؟” އަޅަ އަޅައިގަންނަމުން އައިވިން ބުނެލިއެވެ. އޭނާއަކީ އާންމު ގޮތެއްގައި ދޫފަރިތަ މީހެެކެވެ. މަޖިލީހުގެ ބަހުސްތަކާއި އެކި ކަހަލަ ރަސްމީ ޖަލްސާތަކުގައި ބޮޑެތި އޯޑިއެންސް ތަކުގެ ކުރިމަތީ ވާހަކަ ދެއްކުމަކީ އައިވިން އަށް ދާދި ފަސޭހަކަމެކެވެ. އެހެނަސް ޒޯޔާގެ ކުރިމަތީ އޭނާގެ ކެރުންތެރިކަން ދުވެފިލީ ކޮންތާކަކަށް ކަމެއް ނޭނގެއެވެ.

“ރަނގަޅު..” ޒޯޔާގެ ޖަވާބު ނުހަނު ކުރެވެ. ދެމީހުން ތިބި ބެލްކަނި ނުހަނު ކައިރި ނަމަވެސް ޒޯޔާ ބުނިލެތް މަޑުކަމުން އައިވިން އަށް ކިރިޔާ އަޑު އިވުނީއެވެ. އެހެންހޭ ބުނާހެން އައިވިން ބޯޖަހާލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.

“ޝުކުރިއްޔާ..” ދައްކާނެ ވާހަކައެއް ނޭނގި ބެލްކަނީގެ ތިރިއަށް ބަލަހައްޓައިގެން ހުރި އައިވިން އިސް އުފުލާލީ ޒޯޔާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ޒޯޔާ ޝުކުރު އަދާކުރީ ކީއްވެކަން އިނގޭ އިރުވެސް އައިވިން މޫނުމައްޗަށް ވެރިކުރުވީ ހައިރާންކަމެވެ. ޒޯޔާ އިތުރަށް ވާހަކަދައްކާތޯ އައިވިން މަސައްކަތްކުރީއެވެ.

“އަޅުގަނޑުގެ މަންމައަށް އެހީވެދެއްވީމަ..” ޒޯޔާ އިސްޖަހާލަމުން އިތުރަށް އޮޅުން ފިލުވައިދިނެވެ.

“އެއީ ޝުކުރު އަދާކުރަންޖެހޭވަރު ކަމެއް ނޫނެންނު.. އިންސާނިއްޔަތު ކަމެއް ހުރި ކޮންމެ މީހަކުވެސް ކަންތައްކުރާނީ އެހެންކަން ޔަޤީން..” އައިވިން ހިނިތުންވެލުން ބުނެލިއެވެ. ޒޯޔާ އިތުރަކަށް އެއްޗެކޭ ނުބުނެއެވެ. ތުންފަތް ފިއްތާލަމުން ލުއި ގޮތަކަށް ހިނިތުންވެލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

އައިވިންގެ ހިނިތުންވުން ވަޤުތުން ފިލާ މާޔޫސްކަން ވެރިވިއެވެ. ދެވަނަ ސިކުންތުގައި އޭނާ މާޔޫސްވާންޖެހެނީ ކޮންކަމަކާހޭ ކިޔާ އަމިއްލަ ނަފްސަށް އައިވިން އަޑުލިއެވެ.

“ކަމޯން އައިވިން..މޮޔަވެގެންތަ ތިއުޅެނީ..އެއީ މީހެއްގެ އަންބެކޭ..އެންޑް ޝީ އިޒް ޕްރެގްނެންޓް.. އެނޫނީ ވިސްނަން މީހަކު ނުލިބުނީތަ.. މީހަކު ވިސްނާވަރުގެ ރީތި ސިފައެއްވެސް ހުރީކީ ނޫން. ސްޓޮޕް ތިންކިންގް އެބައުޓް ހަރ.. ” އައިވިން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ. އެވަޤުތު އައިވިންގެ ހިޔާލަށް ވެެރިވީ ޖޫން އެވެ. ޖޫން ގުޅިޔަސް އޭނާ ފޯނު ނުނަގާތާ ކިތަންމެ ދުވަހެކެވެ. ސިކުނޑީގައި އުފެދެމުން އައި ހުރިހާ ޚިޔާލުތަކުން ދުރުވެލުމަށް އައިވިންއަށް އެއަށްވުރެ ރަނގަޅު މަގެއް ނުފެނުނެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ބޭރު ކޮށްލުމަށްފަހު އައިވިން ޖޫންގެ ނަންބަރަށް ގުޅާލިއެވެ.
*******

މުޅި މާޙައުލުގައި ހިފާލާފައިވަނީ މިއުޒިކާއެކު ޒުވާންފުރައިގެ ދެޖިންސުގެ މީހުންގެ ހަޅޭކުގެ އަޑެވެ. ދެޖިންސު މަސްހުނިވެ ނަށަމުން ގެންދިޔައިރު ޑީޖޭގެ އަޑާއެކު ތަނުގައި ލަވަމުން ދިޔަ ހަޅޭކުގެ އަޑުވެސް އިތުރުވަމުން ދިޔައެވެ. ނިވިދިއްލެމުން ދިޔަ އެކި ކުލައިގެ އައްޔާއި އެކުވެފައިވާ ދެޖިންސުގެ ޒުވާނުން ލައްވަމުން ދިޔަ ބަނޑިތަކުން ތަނަށްވެރިވެފައިވަނީ މަސްތުކަމެވެ.

ޒުވާނުންތައް ނަށަމުން ދިޔަ މާޙައުލުގައި ހުރި ޑްރިިންކްސް ޓޭބަލްގެ ކައިރީ ގޮނޑީގައި އިށީނދެގެން އިނީ ޖޫން އެވެ. އޭނާގެ އެކުވެރިންތައް ނަށަމުން ދިޔަ ދިމާއަށް ބަލާލުމަށްފަހު އަނގަޔަށް ފޫހިވައްތަރެއް ޖައްސާލަމުން ޖޫން ކުރިމައްޗަށް އެނބުރި ގޮނޑީގައި ހަމަޖެހިލަމުން ވެއިޓަރަށް ގޮވާލިއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އިން ޖޫން ލައިފާވާ ކަކުލާހަަމައަށް އަންނަ ފިއްތި ހެދުމުގެ ސަބަބުން ހަށިގަނޑު ވަނާތައް އޮތީ ހާމައަށް އިނގޭށެވެ. ވެއިޓަރު އައުމާއެކު އޭނާގެ ހުސްވެފައިވާ ތަށި ދައްކާލަމުން އޭގެ އިތުރު ތައްޓެއް ގެނެސް ދިނުމަށް އެދުނެވެ. ވެއިޓަރު ދިޔުމާއެކު އެއް އަތުން ޖޫން އޭނާގެ ބުޅި އިސްތަށިގަނޑު ރީތިކޮށްލަމުން އަނެއް އަތުން ފޯނު ހުޅުވާލިއެވެ. ފޯނުގެ ސްކްރީނުން ފެންނަން އިން އައިވިންގެ ފޮޓޯއަށް ބަލާލަމުން ޖޫން ދަތްކުނޑި ވިކާލިއެވެ. އައިވިން އެދިޔަތާކަށް ދިޔަފަހުން އޭނާއަށް އެއްވެސް ގޮތަކަށް ޚަބަރެއްނުވެއެވެ. އޭނާ މިރޭ ރިސޯޓަށްވެސް އައީ އެކުވެރިން ކިޔާވަރުން މޫޑު ރަނގަޅުކޮށްލުމަށެވެ. އެހެނަސް އޭނާގެ ރަށްޓެހިން އެމީހުންގެ ލޯބިވެރިންނާއެކު ނަށަމުން ދިޔަ އިރު އޭނާ އިންނަން މިޖެހުނީ އެކަނިވެެރިވެފައެވެ. އޭނާއާއެކު ނަށާނެ ފިރިހެންކުއްޖެއް ނުލިބެނީކީ ނޫނެވެ. ޖޫންގެ ޤުދުރަތީގޮތުން ލިބިފައިވާ ކުދިބުޅި އިސްތަށިގަނޑާއި ދޮން ލޫޅާފަތި ހަށގަނޑަކީ ކޮންމެ ފިރިހެންުކުއްޖެއްގެވެސް ނަޒަރު އޭނާއަށް ހުއްޓޭ ކަންކަމެވެ. އެހެނަސް ޖޫން ބޭނުންވަނީ އައިވިންއެވެ.

ވެއިޓަރު ގެނެސްދިން ބުއިން ހުރި ބިއްލޫރި ތަށީގައި ތުންޖެހިވަޤުތު ޖޫންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއެކު ޖޫންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ތުމުގައިޖަހާފައިވާ ތަށި ވަޤުތުން މޭޒުމަތީގައި ބޭނދުމަށްފަހު ޖޫން ގޮނޑިން ތެދުވެއްޖެއެވެ. އަވަސް އަވަހަށް އޭނާ މިސްރާބުޖެހީ އެތަނުން ބޭރަށް ނިކުންނާށެވެ. އޭނާ ހުރިތަން އިނގިއްޖެނަމަ އައިވިން ހިތްހަމަނުޖެހޭނެ ވަރު ޖޫނަށް އަންދާޒާކޮށްލެވެއެވެ. ތޮށްޖެހިގެން ނަށަމުން ދިޔަ މީހުންގެ ތެރެއިން ޖާގަ ހަދަމުން ޖޫން ނިކުތީ ރިސޯޓުގެ އަތިރި މައްޗަށެވެ. އަވަހަށް މީހާ ހަމަޔަކަށް އަޅުވާލަމުން ޖޫން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

“އަޅޭ ބޭބް.. އައިމް ސޯ ހެޕީ.. ބޭބް ގުޅާނެ އިރަކަށް ކެތްމަދުވެފަ މިހުންނަނީ..އައި މިސް ޔޫ ސޯ މަޗް..” އައިވިން އެއްޗެކޭ ނުބުނަނިސް ޖޫން އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. އެ އަޑުންވެސް އޭނާ އެހުރީ ނުހަނު އުފާވެފައިކަން އެނގޭވަރުވެއެވެ.

“ހެލޯ ލަވް..؟ އަރ ޔޫ ދެއަރ..؟” ފޯނުގެ އަނެއްފަރާތުން އައިވިންގެ އަޑެއް ބަޑެއް ނީވުމުން ޒޯޔާ ގޮވާލިއެވެ. އެހެނަސް އައިވިންގެ ނޭވާގެ އަޑު އިވެމުން ދިޔުމުން އޭނާ އެހުރީ އަޑު އަހަންކަން ޖޫނަށް އިނގެއެވެ.

ޖޫންގެ އަޑު އިވުމުން އައިވިން ހުއްޓުން އަރާފައި ހުރެވުނެވެ. އޭނާ ހީކުރީ ޖޫން އާއި ވާހަކަ ދައްކާލުމުން އެހިތަށް ތަސައްލީއެއް ލިބޭނެ ކަމަށެވެ. އެހެނަސް ކަންވީ އެހެންނެތް ނޫނެވެ. ޖޫންގެ ތޫލި އަޑު ޖެހުމާއެކު ބުނެދެން ނޭނގޭ އުނދަގުލެއް އައިވިންގެ ހިތަށް ލިބިގެން ދިޔައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ޒޯޔާގެ މަޑުމައިތިރި މަޢުސޫމު އަޑާއި ޖޫންގެ އަޑު އަޅާކިޔާލެވުނެވެ.

“ހެލޯ..” އައިވިން އަށް ހޭވެރިކަންވީ ޖޫން އަނެއްކާވެސް ގޮވާލުމުންނެވެ.

“ކޮންތާުކު ތިއުޅެނީ..؟” ނިއްކުރީގައި އަތް ހާކާލަމުން އައިވިން ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

“މީ..މިއިނީ ގޭގެ ކޮޓަރީގަ..” ޖޫން އަވަސް އަވަހަށް ބުނެލިއެވެ. އަދި އަވަހަށް ވާހަކަ ބަދަލު ކޮށްލަމުން މާލެ އަންނަނީ ކޮން އިރަކުތޯ ސުވާލުކޮށްލިއެވެ.

އައިވިން އަށް އެއްމިޔަކަނުން މަލާމާތުގެ ގޮތަކަށް ހީލެވުނެއެވެ. ޖޫން ހީކުރަނީ އޭނާ އެއީ ތަނެއް ދޮރެއް ނޭނގޭ މޮޔައެއް ކަމަށްހެއްޔެވެ. ރާޅުގެ އަޑާއި ވައި ޖެހެމުން ދިޔަ އަޑު ފޯނުން އިވެމުންދާއިރުވެސް ޖޫން ހީކުރީ އޭނާ އެހުރިތަން އައިވިންއަށް ނޭނގޭނެކަމަށްހެއްޔެވެ.

“ކުރަން އައި ކަންތައް ނިމުނީމަ ދާނަން.. ގުޑް ނައިޓް..” އައިވިން ފޯނުކަނޑާލިއެވެ. ޖޫން ހެދި ދޮގާއެކު ވާހަކަ ދެއްކުމުގެ ރޫޙު އެއްކޮށްގެއްލުނީއެވެ.

ކުރިމަތިން ފެންނަން ހުރި ޒޯޔާގެ ކޮޓަރިއަށް ބަލަހައްޓައިގެން އިރުކޮޅަކު އައިވިން ހުއްޓެވެ. އޭނާގެ ބޮލުތެރޭގައި ދައުރުވަމުންދަނީ ކޮންކަހަލަ ޚިޔާލުތަކެއް ކަމެއް ނޭނގެއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އައިވިން ކޮޓަރިތެރެއަށްވަދެ ބެލްކަނީގެ ދޮރު ކަހާލިއެވެ.
**************

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަޤުތެވެ. ޒޯޔާ ހުއްޓިލައިގެން ހުރީ ބަނދަރު ދޮށުގައެވެ. އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ފިނި ރޯޅިތައް ޒޯޔާގެ ފަން އިސްތަށިތަކާ ގޯނާކުރަމުން ދިޔައެވެ.

“ވަރަށް މިސްވާނެ ޗަބީ މަތިން.. މާލެ ގޮއްސަ ގުޅައްޗޭ..” ޒޯޔާ އޭނާގެ އެކުވެރި ޝަބާގެ ގައިގާ ބައްދާލިއެވެ. ޝަބާ އާއި އޭނާގެ މަންމަ އެއްކޮށް މާލެ ބަދަލުވަން ފުރަނީއެވެ. މަންމަ ޤަވައިދުން ޑޮކްޓަރަށް ދައްކަން ޖެހުމާއެކު މާލޭގައި ދިރިއުޅޭ ޝަބާގެ ދޮންބެ ވަނީ އެ ދެމައިން މާލެ ގެނައުމުގެ ހުރިހާ ކަމެއް ހަމަޖައްސާފައެވެ. ދުވެފައި އައި ނަޔާވެސް ޝަބާގެ ގައިގާ ބައްދާލިއެވެ. ދެ އެކުވެރިންވެސް ތިބީ ޝަބާ ފުރައިގެން ދާތީ ނުހަނު ދެރަވެފައެވެ.

“ދެން މާލެ ފެންބޮއެގެން އަހަރެމެން މަތިން ޗަބީ ހަނދާން ނައްތާލާނީކީ ނޫން..” ދެލޯ އަޅާލަމުން ނަޔާ ބުނެލިއެވެ.

“މިއޮށް ނަޔޫ ގަނޑެއް.. ދެން ތިހާ ކަންބޮޑު ވަންޏާ ހުސްނުވާ ވަރަށް މިރަށުގެ ފެން ކޭސް ޖަހާލާފަ ފޮނުވަދެންވީނު މާލެއަށް.. އޭރުން ހަމަގައިމުވެސް މާލެފެން ބޯކަށް ނުޖެހޭނެ..” ޝަބާގެ ވާހަކައާއެކު ތިން އެކުވެރިން އެއްފަހަރާ ހީގަތެވެ.

ޝަބާ ފުރުވުމަށްފަހު ޒޯޔާ އާއި ނަޔާ ރަށު ތެރެއަށް މިސްރާބުޖެހިއެވެ. ވަކި ހިސާބަކުން ނަޔާ ހޮސްޕިޓަލް އޮތް މަގަށް އެޅުމުން ޒޯޔާ ދާންޖެހުނީ އެކަންޏެވެ. މަޑު ހިނގުމެއްގައި ޒޯޔާ ގެޔާ އަރާހަމަވި އިރު ޓެކްސީއިން އައިވިންގެ ބޮޑީގަރޑް ފައިބުމަށްފަހު އައިވިން އަށް ދޮރުހުޅުވައިދެނީއެވެ. އައިވިން ޓެކްސީއިން ފޭބުމާއެކު ޒޯޔާ ފެނުނުވަޤުތު އެތުންފަތައް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. އައިވިން ހިނިތުންވެލުމާއެކު ޒޯޔާވެސް ދެތުންފަތް ކުޑަކޮށް ދަމާލިއެވެ. އަދި އަވަސް އަވަހަށް ގެޔަށް ވަންނަން ހިނގައިގަތެވެ.

ޒޯޔާ ކޮޓަރިއަށް ވަދެވުމާއެކު ދޮރުގައި ލައްވެލިއެވެ. އޭނާގެ ކަނާއަތުން ހިތާ ދިމައިގާ އަތް އަޅާލީ އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުންދާތީއެވެ. އެއީ އައިވިން ހިނިތުންވެލި ވަޤުތު ވެގެން ދިޔަގޮތެއްކަން އިނގުނު ނަމަވެސް ޒޯޔާ އެކަން ޤަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.

“އެވާނީ ބަނދަރުން ހިނގާފަ އެހާދުރަށް އައީމަ ކަމަށް..” ދެފަރާތަށް ބޯހޫރުވާލަމުން ޒޯޔާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެން މަސައްކަތްކުރިއެވެ.
*********

މިރޭވެސް އައިވިން އިންތިޒާރު ކުރަމުން ދިޔައީ ޒޯޔާ ބެލްކަންޏަށް ނިކުންނާނެ އިރަކަށެވެ. ކެތްތެރިކަން ކުޑަ މީހެއް ފަދައިން ދެތިން ފަހަރަކު ބެލްކަނީގެ ފާރުގައި ޖަހާލުމަށްފަހު އުޑަށްބަލައިލިއެވެ. ވިލާކޮޅެއްގެ އަސަރުނުވާ އުޑުގައި ބުރުހަމަ ހަނދު ޝާއްބަކަމާއެކު ރަސްކަން ކުރަމުންދިޔައެވެ. ސާދަ ފަނަރައިގެ ރެޔެއްކަމުން އުޑުމަތި ފެންނަމުން ދިޔައީ އެހެން ރޭރެއަށްވުރެ އަލިކޮށެވެ.

އިރުކޮޅަކު އުޑަށް ބަލަން ހުރުމަށްފަހު މާޔޫސްވެހުރެ އައިވިން ކޮޓަރިތެރެއަށް ވަނީ އޭނާ ރޭގަނޑު ކާގަޑި ޖެހުމުންނެވެ.

ރޭގަނޑު ފޫހިވެގެން ޒޯޔާ ބޭރަށް ނިކުންނަން ބޭނުންވިއެވެ. އެހެނަސް އައިވިން ބެލްކަނީގައި ހުރެދާނެ ކަމުގެ ބިރަށްޓަކައި ޒޯޔާ ހުރީ ބެލްކަންޏަށް ނިކުންނަށް ޖެހިލުނަވެފައެވެ. އިރުކޮޅަކު ވިސްނުމެއްގައި ހުރެފައި ޒޯޔާ ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ނުހަނު މަޑު މަޑުން ބެލްކަންޏަށް ނިކުންނަށް ހުރި ދޮރު ހުޅުވާލުމަށްފަހު ސިއްރު ސިއްރުން ބޭރު ބަލާލިއެވެ. ޖެހިގެން ހުރި ބެލްކަނި ހުސްކޮށް އޮތުމުން ޒޯޔާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އަދި ދޮރު ބޮޑަށް ފޭކޮށްލުމަށްފަހު ބެލްކަންޏަށް ނިކުމެ ފާރުގައި ދެއަތް އަޅުވާލަމުން ހަށިފުރާ ނޭވާއެއް ލިއެވެ.

ޒޯޔާއަށް އެގޮތުގައި ހުރެވުނީ މަދު ވަޤުތުކޮޅެކެވެ. ޖެހިގެން ކުރިމަތީ ހުރި ބެލްކަންޏަށް އައިވިން ނުކުތުމުން ޒޯޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އެހެނަސް ހަމަ އެސިކުންތުގައި ކޮޓަރިއަށް ވަންނާކަށް އޭނާއަކަށް ނުކެރުނެވެ. އޭރުން އައިވިންއަށް ޒޯޔާ އޭނާއަށް ފިލަން އުޅޭކަން ފަޅާއަރާނެކަން ޔަޤީނެވެ.

އައިވިން އަށް ޒޯޔާ ފެނުމާއެކު އޭނާގެ ހިތްފުރިގެން ދިޔައެވެ. އޭނާ ރަނގަޅަށް ނުވެސް ކައި އަވަސް އަރުވާލާފައި އައީ ޒޯޔާ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެކަން ހާސިލް ވުމުން ބުނެދެން ނޭނގޭ ހިތްހަމަޖެހުމެއް ހިތަށް ލިބިގެން ދިޔައެވެ.

ދެމީހުންގެ ދެމެދަށްވަނީ މަރުފަދަ ހަމަހިމޭންކަމެއް ވެރިވެފައެވެ. ޒޯޔާ އިސް އުފުލާ ބަލާ ނުލި އިރު އައިވިން ހުރީ ދައްކާނެ ވާހަކައަކާ މެދު ވިސްނާށެވެ.

“ރާއްޖެތެރޭގެ ހަނދުވަރުގެ އަލިދީފަ އޮންނަ އިރު ހާދަ ރީއްޗޭދޯ..” ދައްކާނެ ވާހަކައެއް ނޭނގިގެން އުޑަށް ބަލާލަމުން އައިވިން ބުނެލީ ޒޯޔާއަށް އަޑު އިވޭނެ ވަރަށެވެ. އެހެނަސް އެއާ ވިއްދާ ޒޯޔާ އެއްޗެކޭ ނުބުނުމުން އައިވިން އަނެއްކާވެސް މާޔޫސްވިއެވެ.

“އަބަދުވެސް މިހެންތަ އުޑުމަތި އޮންނަނީ ހަނދު ބުރުހަމަ ރޭރޭ؟” އައިވިން އަނެއްކާވެސް މަސައްކަތް ކުރީ ޒޯޔާ ވާހަކަ ދައްކާތޯއެވެ. ޒޯޔާ އިސްއުފުލާލި އިރު އައިވިން އޭނާއަށް ބަލަން ހުރިތަން ފެނުމުން ހާސްވާގޮތްވިއެވެ.

“ލައްބަ.. އަދި އަތިރިމައްޗަށް މާރީތިވާނެ..” ޒޯޔާ އޭނާގެ ދެއަތް ދެއަތާ މޮޑެމުން ވާހަކަ ދެއްކިއެވެ. އެ އަޑުގައިވާ ޖެހިލުން ސިއްރުކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

“އެހެންތަ.. އެކަމަކު ވަރަށް ދެރަ.. މިރަށު ތެރެއަށް އާކަމުން ނޭނގޭނެ އަތިރިމައްޗަށް ނިކުންނާކަށްވެސް..” އައިވިން މާޔޫސްވާކަން ދައްކަމުން ބުނެލިއެވެ.

“އައިވިންގެ އަޑުގައިވާ މާޔޫސްކަން ފާޅުވުމުން ޒޯޔާ އައިވިން އަަށް އެހީވާން ބޭނުންވިއެވެ.

“އެހާ ދުރެއްނުވާނެ މިތަނަކާ..” ޒޯޔާ އަތިރިމައްޗަށް ނިކުމެވޭނެ ގޮތް އައިވިންއަށް ކިޔައިދެމުން ދިޔައެވެ. އޭރު ޒޯޔާގެ ޖެހިލުންވުންވެސް ކެނޑެމުން ދިޔައެވެ.

“ތިހެން ކިޔައިދިނަކަސް ހިޔެއްނުވެ ދާން އިނގޭނެ ހެނެއް.. މަގު އޮޅިގެން އަނބުރާ އަންނަންވެސް ނޭނގޭނީ ކަންނޭނގެ..” އައިވިން ސަމާސާ ގޮތަކަށް ބުނެލުމުން ޒޯޔާގެ ކައިރިއަށް ހިނިއައެވެ. އެހިނިތުންވުން ފެނުނު އައިވިން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

ހިނިތުންވުން އޮށްބާލުމަށްޓަކައި ތިރީ ތުންފަތުގައި ޒޯޔާ ދަތްއަޅާލަމުން ވާއަތް މުށްކަވާލުމަށްފަހު ތުންފަތުގައި ޖައްސާލި އިރުވެސް އައިވިން އަށް ހުރެވުނީ ގެއްލިފައެވެ. އެއީ ޒޯޔާގެ ފަރާތުން ހަޤީޤީ ހިނިތުންވުމެއް އޭނާއަށް ފެނުނު ފުރަތަމަ ފަހަރުކަން ޔަޤީނެވެ. އެ ހިނިތުންވުން އޭނާގެ ހިތަށް ވާސިލު ވުމުކައި ކާމިޔާބު ހޯދައިފިއެވެ.

“ސޯ.. ޒޯޔާ އަހަރެން އަތިރިމައްޗަށް ގެންގޮސްދޭން އެއްބަސްވެދާނަންތަ..” ޒޯޔާއަށް އަދިވެސް ބަލަން ހުރެ އައިވިން ސުވާލުކޮށްލިއެވެ.

ޒޯޔާއަށް އައިވިންގެ އަޑު އިވުމާއެކު ހައިރާންކަން ލިބުނެވެ. ތުންފަތުގައި ޖައްސާލާފައިވާ އޭނާގެ އަތް ތިރިކޮށްލަމުން ޒޯޔާއަށް ދެލޯބޮޑުކޮށްފައި އައިވިން އަށް ބަލާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯބީގެ ބަދަލް

Next

ފިޔަފަތް 24

Next
September 9, 2020

ފިޔަފަތް 24

Previews
September 8, 2020

ލޯބީގެ ބަދަލް

23 Comments!

  1. Wonder says:
    September 9, 2020 at 1:21 am

    Salaam dear readers.. Hope u all will like the 9th part of neydhemey vaikumeh.. i have tried to make this part longer so hope it would b satisfying.. let me know what u guys think abt thia part and pla point out my mistakes .. enjoy reading and have a safe day?❤

  2. Lam ? says:
    September 9, 2020 at 5:49 am

    ❤️❤️❤️Wow Maasha allah v reethi mi part vx
    Curiously waiting for the nxt part dear
    Stay safe n Tc sis
    ❤️❤️❤️❤️❤️❤️Lyyyssssmmmmm

    1. Wonder says:
      September 9, 2020 at 10:47 am

      Thank u soo much Lam.. v ufaavejje mi bai ves dear ah kamudhiyaeema.. Next part In sha Allah avahah up kohleveythoa balaanan ingey.. u too tvgc n stay safe dear..lymmm?❤

  3. Sher says:
    September 9, 2020 at 6:46 am

    Alhey wonder haadha molhey?????????????????????????????????? ماشاءالله♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????????????????? Wonder hama magic hadhanee tha?? sifa kohdheyn mihadhaa gotheh ves neynge???????????? Hama soni vettijje reethi kamun??? asluves mi part varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah looooooooooooooooaaaaaaaaaaaaaaaabi
    ??????????????? Urgg Zafar gandu nugennahchey ehaa avahah????? zoya aa Aivin hinithun velaa irah ves hiy furey hama???????????????
    Fen case majaa????? June ves dhoguhadhan molhey dho????
    ???????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????????????????????????????????????????????????????????????????
    ???????????????
    ???????????????
    ??????????????????????????????????????????????️?️?️?️?️?️?️?️?️?️?️?️?️?️?️??????????????????????????????????????????????????????????????????????????????????????????
    Mihurihaa maleh wonder ah mi?? wonder molhuveema? aslah nudheveyne ennu magumathee jehifa dhiyas kon kujjeh kan neyngengna?????????????????

    1. Wonder says:
      September 9, 2020 at 10:50 am

      Hehe.. awwwn..soo happyy to know that u liked this part so much.. wonder try mikurany hama kiyuntherin soni vehtey varu kureveythoa ingeyy.. hehe.. v ufaavejje ekan kaamiyaabu veema? yess.. wonder ves beynumeh nun ehaa avahah zafar annaakah..hingaa dhw balamaa ekam vaagotheh.. awwn..i love flowers..even tho this is not real thank u soo much..?❤

  4. ?Black pink says:
    September 9, 2020 at 7:56 am

    Alhey Zoya ge heyne aivin athiriah gendhan….. Hehehe… ????Dhemeehun vs like vey dhw mihaaru…vvvvvvvv❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Nice n wonder mibai ves…. ???????Curiously waiting 4 nxt prt of yours….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Hope wonder will upload soon… TC?????????

    1. Wonder says:
      September 9, 2020 at 10:52 am

      Hehe..hingaa dhw zoayaa hadhaagotheh balamaa.. yess dhww..it seems like bothe of them have feelings foe each other.. let’s find out more.. v ufaavejje dear ah mi part ves kamudhiyaeema.. Thank u black pink.. In sha Allah avahah up kohla dheveythoa balaanan .. u too tvgc dear?❤

  5. ?Flower ? says:
    September 9, 2020 at 8:00 am

    Wow varah reethi mi part ves masha ❤️❤️❤️❤️❤️Allah I hate zafar ????I think zafar ah vure aivin zoya aa gulheehen
    Waiting for the next

    1. Wonder says:
      September 9, 2020 at 10:54 am

      Thank u soo much Flower.. v ufaavejje dear ah mi part ves kamudhiyaeema.. wonder ah ves heevey thihen aslu?. In sha Allah v avahah kiyaalan libeyne next part ingey dear?❤

  6. Saheena Saleem says:
    September 9, 2020 at 8:17 am

    V reethi

    1. Wonder says:
      September 9, 2020 at 10:55 am

      Thank u soo much Saheena.. v ufaavejje mi bai kamudhiyaeema ?❤

  7. ?Aashko?? says:
    September 9, 2020 at 11:57 am

    Maasha Allah…. v reethi mi part ves??.. mi story eba kiyan feshigen ekm adhi comment ehmikury. . Keep it up..

    1. Wonder says:
      September 9, 2020 at 12:26 pm

      Thank u soo much Aashko.. v ufaavejje mi part kamudhiyaeema.. Adhi mi story kiyaakan ingunyma v ufaavejje… N soo happy to see a comment finally ?. Thanks dear for the support ?❤

  8. Livy says:
    September 9, 2020 at 12:11 pm

    Alheyy mi part ves Varah Varah Varah Varah Varah Varah Varah Varah Varah Varah reethi sifa Kurun thah ves ehaaa furihama❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ maa sha Allah ❤️ curiously waiting waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love you wonder ❤️ take care ❤️❤️❤️❤️❤️
    ❤️❤️❤️Stay home and stay safe ❤️❤️❤️❤️

    1. Wonder says:
      September 9, 2020 at 12:28 pm

      Thank u soo much livy.. v ufaavejje dear ah mi part ves kamudhiyaeema.. and sifa kurunthah kamudhiyaeema v hinhama jehihje..Next part avahah up kohla dheveythoa try kuraanan ingey.. lymm dear..u too tvgc n b safe ?❤

  9. ?AISH? says:
    September 9, 2020 at 1:05 pm

    Finally finally dhuaa ijaaba kurahvvaifi ??Alhamdhu li Allah. Aivin Zoya ah fall veytho dhuaa kurevunu adhadhuvx neynge????phew thank you Sooooooo much wonder dhoonigandaaaa❣️❣️❣️❤️❤️❤️❤️❤️???????…. Naseebakun Thiya zafarehge undhagulaa nulaa mi bai kiyaalevihjje??Alheyy mi joonaa mii haadha foni bodu miihekey???hama Aivin Kanfathah v goe Aish anga ahvx vii E Joon ge Adu ivuniima?OMG OMG OMG ????Zoya dheyba Aivin govaigen beach ah???Pls Pls plss Zoaya dhahchey????Alhey dhen Mihaaru Haadha curious ey Aivin aa Zoaya aa dheytherey?????love you more N more wonder dhooniii???????❤️❤️❤️❤️❣️❣️❣️???❤️❤️❣️❣️❤️??missing U hetaka????????????stay safe dhen hama geyga tyibelaa mi dhuvas kolhu?Aivin kairy vx buney ehaa ginain beach ah nudhachey?????love u again

    1. ?AISH? says:
      September 10, 2020 at 2:58 pm

      ?????Waiting for your reply wonder dhooniiiii

    2. Wonder says:
      September 10, 2020 at 7:36 pm

      Sorryy aish dhooni.. miadhu bxy kamun reply laa vee

    3. Wonder says:
      September 10, 2020 at 7:35 pm

      Hehe.. soo happy Aish ge dhua ijaaba veema.. Al’hamdhulillah.. hingaa dhw zoayaa hadhaa gotheh ves balamaa.. yess.. zafar nethyma v bolah faseyha dhww.. Awwn… Lymmmm dear.. n miss u a lot too.. hehe..okay bunelaanan ingey Aivin kairi.. Wonder bunaagoih mihaaru nahadhaane kanneynge..zoayaa bunaagoih kanneynge hadhaanyy ?. U too stay safe dear ?❤

  10. Epiphany says:
    September 10, 2020 at 1:59 pm

    Maashaa Allah this part also v v v v v nice…….. I like it…..so sorry I could not comment sometimes but I read regularly….. I’m busy with studies that’s why…… Anyway keep it up…. Love you sisyy….

    1. Wonder says:
      September 10, 2020 at 7:38 pm

      Thank u soo much Epiphany..v ufaavejje mi part kamudhiyaeema.. it’s okay dear.. u should concentrate to ur studies.. when u r free just read the story.. that’ll b fine.. lym dear..?❤

  11. ?Ril? says:
    September 10, 2020 at 5:01 pm

    ❤️❤️Wow ❤️mi ❤️part ves ❤️vrh Sali ❤️
    ???Masha Allah????
    ❤️❤️Mihaaru aivin ah balcony gaa Kuda bed akaa❤️❤️ kaane meyzehves harukuran vefaa dhw huree❤️?????? hehhehe aan ehenyaa????????????
    ??Joon Kada ves vaane hehhe????
    ???Zoya dheybala beach ah aivin govaagen ❤️❤️❤️
    ❤️❤️❤️Ekamaku filaagen dhaany❤️❤️ meehaka nufenaane❤️❤️ hen zafaru gadah ingihijehyaa❤️❤️ kanthakaa jehuny egen dhw sis??? hehehe????????
    ♥️♥️Waiting for the❤️❤️ next part ???
    ❤️❤️❤️Luv uuu ❤️❤️❤️❤️❤️❤️
    ❤️❤️❤️Stay safe sis❤️❤️❤️

    1. Wonder says:
      September 10, 2020 at 7:41 pm

      Thank u soo much Ril dear.. v ufaavejje mi bai ves kamudhiyaeema.. hehe dear thibunyy hama thedheh.. faahaana thashi ves balcony ga baindhaavaru vefa hama?. Hingaa dhw zoayaa hadhaa gotheh ves balamaa.. In sha Allah tomorrow story up kohleveythoa balaanan ingey. Lym dear.. u too stay safe?❤

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-10←


All Right Reserved!